އާލިން ބޭރުގައި އުޅުމަށްފަހު ގެއަށް އައި ވަގުތެވެ. މިސައިބާ ސިޓިންގ ރޫމުގައި ހިންދީ ޑްރާމާ ސީރީޒްގެ ތެރެއަށް ގެއްލިފައި އިނެވެ. އާލިން ގެއަށް އައިސް ވަން ކަމެއް މިސައިބާ އެގުނު ހެނެއް ހިޔެއް ނުވެއެވެ. “އަލްޔަން ކޮބައިތަ؟” އާލިންގެ އަޑަށް މިސައިބާ ބަލާލިއިރު އާލިން އައިސް ސޯފާގައި އިށީންނަނީއެވެ. “ކޮޓަރީގައި. ރޭގަވެސް ގެޔަކަށް ނާދޭ. ހެނދުނު ގެއަށް އައިގޮތަށް ނިދާފަ އަދި ނުހޭލާ” މިސައިބާ ސީރީޒް ބަލަމުން ވާހަކަ ދެއްކިއެވެ. “އޮފީހަށް ނުދާތާގައި ރަނގަޅަށް އުޅޭނަމަ އެއްކަމެއްނު.. […]
ދުވަސްތައް ފާއިތުވަމުން ދަނީ ނުހަނު އަވަހަށެވެ. އެޔާއި އެކު އަޝްވާއާއި ޝަނުމްގެ ގުޅުން އިހުނަށްވުރެ ރަގަޅުވަމުން ދެއެވެ. ޑިޔުޓީގައި ނޫޅޭ ވަގުތެއް ނަމަ ޝަނުމް ވަގުތުތައް އަޝްވާއާއި އެކީ ހޭދަކުރެވޭތޯ ބަލައެވެ. އީޝް ބަލަމުން ގޭތެރޭ ކަންތައްކޮށްދިނުމުގައި ޝަނުމްގެ އެހީތެރިކަން ނުބުންޏަސް އަޝްވާއަށް ލިބެމުން ދެއެވެ. ޝަނުމް އޭނާއާއި ދޭތެރޭ ބަހައްޓާ ގާތްކަން ފެނި އަޝްވާއަށް އިތުރަށް ޝަނުމްގެ ސިފަތައް ދެކެ ގަޔާވެވެން ފަށައެވެ. އަޝްވާ ކެތްމަދުވެފައި ހުންނަނީ ޝަނުމްގެ ފަރާތުން އޭނާ ދެކެ ލޯބިވާކަމުގެ އިޝާރާތެއް […]
ހަވީރުގެ ވަގުތެވެ. އިންޝާހުރީ ނިހާގެ އިންތިޒާރުގައެވެ. ނިހާގެ ކޮޓަރިއަށް މީހަކު ވަތް ވާހަކަ ނިކާލް ބުނިފަހުން އޭނާ ދެފައި އެއްތާކު ނުޖަހައެވެ. އިރުއިރު ކޮޅާ ގަޑި ބަލާލައެވެ. ބޭރަށް ނުކުމެ މަގުމަތިވެސް ބަލާލައެވެ. 04 ޖަހާއިރު ނިހާގެ ޑިއުޓީ ނިމޭނެއެވެ. 05 ޖެހި އިރުވެސް ނިހާ ގެޔަށް ނައުމުން އޭނާ ކަންބޮޑުވިއެވެ. އިންޝާ ގޯތި ތެރެއަށް ނުކުތެވެ. ނިހާ މައިގޭޓުން ވަންތަން ފެނިފައި އޭނާގެ ފިޔަވަޅުތައް ހަލުވިކޮށްލިއެވެ. އޭނާ ގޮސް ނިހާގެ ގައިގާ އޮޅުލައިގަތެވެ. އިންޝާގެ ކަންބޮޑުވުން […]
ހަދަމުން ދިޔަ ބްރިޖްއާއި ދިމާލަށް އަހަރެން ބަލަހައްޓައިގެން އިނީމެވެ. މިދިޔަ ހައަހަރު ތެރޭގައި މާލެއަށް އައިސްފައިވާ ބަދަލުތައް ފެނުމުން އަހަރެން ކުޑަކޮށް ހައިރާންވެގެން ދިޔައެވެ. ނަމަވެސް އެކަމާއި ވިސްނުމަށްވުރެއް ބޮޑަށް އަހަރެންގެ ސިކުނޑީގެ ތެރޭގައި ހިގަމުން ދިޔަ ހަގުރާމަ މާ ބޮޑެވެ. އަހަރެން ދެލޯ މަރާލީމެވެ. އެވަގުތު ލޯ ކުރިމަތީގައި ސިފަވެގެން ދިޔައީ އަހަރެންގެ އަންހެނުންނާއި ދަރިފުޅުގެ ތަސްވީރެވެ. އެދެމީހުންގެ ހިނިތުންވެފައިވާ މޫނެވެ. ޖޭސްމީންއާއި ދާވޫދްގެ މައުސޫމް މޫނެވެ. އެދެމީހުން އަހަރެންނަށް އެންމެ ފަހުން ފެނިފައިވަނީ ތިންދުވަސް […]
ޒީކް މިއަދުވެސް މަޑުކޮށްގެން ހުރީ ނީލާގެ އިންތިޒާރުގައެވެ. ނީލާ އަންނަ ގަޑި ޖެހުމުންވެސް ނައުމުން ހިނގާފައި ޔުނިވަރސިޓީއަށް ދެވުނުއިރު ގަޑި ޖެހިއްޖެއެވެ. އަދި ކްލާހަށް ދިޔައިރު ނީލާ ކްލާހުގައި އިންތަން ފެނުމުން ހައިރާންވިއެވެ. ނަމަވެސް ކިޔަވައި ދެމުންދާތީ އެވާހަކަ ފަހަށް ބޭއްވީއެވެ. ކްލާސް ނިމުމުން ޒީކް ނީލާއަށް ގޮވަގޮވާ ހުއްޓާ ނިކުމެގެން ދިޔައީއެވެ. ޒީކް ނީލާގެ ފަހަތުންގޮސް ނީލާގެ އަތުގައި ހިފިއެވެ. “ތި މުޑުދާރު އަތުން އަހަރެންގެ ގައިގާ އަތްނުލާތި” ޒީކުގެ އަތް ނައްޓާލަމުން ނީލާ ބުނެލިއެވެ. […]
ވާހަކަ ނުގެނެސްދެވި މެދުކެނޑުނީތީ މާފަށް އެދެމެވެ. އަޅުގަނޑު ރަށުން ބޭރަށް ދާނަ ޖެހުމާއި ވަރަށް ބޮޑަށް ބަލިވުމުގެ ސަބަބުން ވާހަކަ ނުލިޔެވުނީއެވެ. ވަރަށް އަވަހަށް ވާހަކަ ގެނެސްދޭނަ ފަށާނަމެވެ.
“ސުބުހާނައްﷲ.. އަޝްވާ އެކަނިވީމަ ފަލަ ކުލަބަށް އެހެންމީހުންވެސް ވައްދަން ދޯ ތިއުޅެނީ” އެވަގުތު އެތަނަށް އައި ކާއިންއަށް މޭޒުމަތި ފެނުމުން ހައިރާން ކަމާއި އެކީ ބުނެލިއެވެ. އޭނާއަށް ހުރިހާ އެއްޗެއް ހުސްނުވާނެތީ ކާއިން އައުމުން ޝަނުމް އޭނާއާއި އެކީ ބައިވެރިވެލުމަށް ދައުވަތު ދިނެވެ. ޝަނުމް ކާއިން ކެއުމުގައި ބައިވެރިކުރުވި ނަމަވެސް އަޝްވާ ކާއިން އެތަނަށް އައުމުން ކުޑަކޮށް ހިތްހަމަނުޖެހުނެވެ. ޝަނުމް ހުންނަ ތަންތަނުގައި ކާއިން އޭނާއަށް ކުރާ މަލާމާތް އިތުރުވާތީއެވެ. އަދި މިހާރު ޝަނުމްއާއި ކާއިންގެ އޮންނަ […]
ކައިއާގެ ދަބަހުން ނެގި ދެދަޅު ކޮފީއިން އެއްދަޅު ކޮފީ ޔާނިސްއަށް އެއްލަމުން އޭނާގެ ސީޑީ ދިނުމަށް އެދުނެވެ. “މިމީހުން ކޮފީއަށް ޕްރޮމިސްކުރާ ގޮތްތަ؟” ޔާނިސް ބޭނުން ގޮތަށް ކަންތައް ނުވުމުން ހިތްހަމަނުޖެހިގެންހުރެ ބުނެލިއެވެ. ދެމީހުން ތިބީ އެކަނިކަން އެނގުނު ހިނދު ބުނެދޭން ނޭނގޭ ގޮތްތަކެއް ޔާނިސް އަށް ވެގެންދިޔަ އެވެ، “އަހަރެންގެ އެއްޗެއް އަހަރެންނަށް ނުދީ މިތާގައި މަޑުކުރުވުމުގެ ބޭނުމަކީ ކޮބައިތަ؟” ކައިއާ ހިތްހަމަ ނުޖެހޭގޮތް ދައްކާލަމުން ބުނެލި އެވެ. ހަގީގަތުގައި އޭނައަށް ވެސް އޭނަގެ އަމިއްލަ […]
“ފާތުން ހާދަ ސަޅި ބިޓެއް އެއޮށް އަންނަނީ ” ޔޫހާ މެން ތިބި މޭޒާ ދިމައިން އާހިލް އަންނަ ތަން ފެނުމުން ޔޫހާ ސިއްރުން ފާތުން ގާތު ބުންޔެވެ.. ދޮން ރީތި ފިރިހެނެކެވެ. އިސްތަށިގަނޑު ހުންނަނީ ރީތި ވަރަކަށް ދިގު ކޮށްފައެވެ.. ބޮލުގެ ރީތި ކަން ގެނުވާފައި ވަނީ ރީތި ބުޅި އަކުންނެވެ.. ކަޅު ސޯޓަކާ ފެހި ގަމީހެއް ލައިގެން ހުރުމުން އާހިލް ގެ ފިރިހެންވަންތަކަން ދައްކުވައިދެ އެވެ. އާހިލް ފެނުމުން ހިތް ކިޔާނެ ކިތަންމެ […]