Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (ހަތްވަނަ ބައި)

riya Level 2100 Comments10 Stories
January 22, 2018 6 Mins Read
10 Comments

އާލިން ބޭރުގައި އުޅުމަށްފަހު ގެއަށް އައި ވަގުތެވެ. މިސައިބާ ސިޓިންގ ރޫމުގައި ހިންދީ ޑްރާމާ ސީރީޒްގެ ތެރެއަށް ގެއްލިފައި އިނެވެ. އާލިން ގެއަށް އައިސް ވަން ކަމެއް މިސައިބާ އެގުނު ހެނެއް ހިޔެއް ނުވެއެވެ.

“އަލްޔަން ކޮބައިތަ؟” އާލިންގެ އަޑަށް މިސައިބާ ބަލާލިއިރު އާލިން އައިސް ސޯފާގައި އިށީންނަނީއެވެ.

“ކޮޓަރީގައި. ރޭގަވެސް ގެޔަކަށް ނާދޭ. ހެނދުނު ގެއަށް އައިގޮތަށް ނިދާފަ އަދި ނުހޭލާ” މިސައިބާ ސީރީޒް ބަލަމުން ވާހަކަ ދެއްކިއެވެ.

“އޮފީހަށް ނުދާތާގައި ރަނގަޅަށް އުޅޭނަމަ އެއްކަމެއްނު.. ކޮންގޮތަކަށް އުޅެންތަ އަލްޔަން އެއުޅެނީ. އަހަރެން އުޅުނު ގޮތެއް ނޫން އެއީކީ” އާލިން ވާހަކަ ދެއްކީ ހިސާބަކަށް ހިތްހަމަނުޖެހިފައެވެ.

“ދެން އާލިން ތިބުނީ އޭނަގެ އުޅުން އެހުންނަނީ އަހަރެންގެ އުޅުން ހުންނަ ގޮތަށޭތަ؟” މިސައިބާ ބުނެލީ ކުޑަކޮށްބާރަށެވެ.

“މަށަށް ކޮންއިރަކުތަ ތިހެން ބުނެވުނީ… އަލްޔަން ކައިރީގައި ބުނާތި މާދަމާ ހެނދުނުން ބައްޕައާއެކީ އޮފީހަށް ދާންވާނެޔޭ. ހިނގާބަލަ ކާންހަދަން. ވަރަށް ބަނޑުހައިވެއްޖެ” އާލިން ބަނޑުގައި އަތްހާކާލަމުން ބުނެލިއެވެ.

“ހޫމް.. މަޑުކޮށްބަލަ.. މިތަންކޮޅު މިނިމެނީއޭ.. ނިމުނީމަ މިދަނީ” މިސައިބާ އެހެން ބުނެލުމުން އާލިން އިތުރަށް އެއްޗެކޭ ނުބުނެ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

ނީލާ އިންތިޒާރުކުރަމުން ދިޔައީ ރުއާންއަށެވެ. އަށެއް ޖަހާއިރަށް ބަލައި އަންނާނެ ކަމަށް ބުނުމުން ތައްޔާރުވެގެން ހުންނަތާ އެތައް އިރެއްވެއްޖެއެވެ. ނީލާ އެތައް ފަހަރަކު ރުއާންގެ ފޯނަށް ގުޅޭތޯވެސް މަސައްކަތްކޮށްފިއެވެ. ނަމަވެސް ފޯން ނިންވާލާފައި އޮތުމުގެ ސަބަބުން ނީލާއަށް ރުއާންއަށް ގުޅޭގޮތެއް ނުވިއެވެ. ނީލާއަށް ހިތާހިތުން ޝަކުވާ ކުރެވުނެވެ. ރުއާންއަށް ކަމެއްވީ ބާވައޭ ހިތަށް އަރާ ކޮންމެ ފަހަރަކު އެފަދަ ގޮތެއް މެދުވެރި ނުކުރެއްވުން އެދި ދުއާކުރެވުނެވެ. ރުއާންގެ ރަހްމަތްތެރި އާހިލްގެ ފޯނަށްވެސް ގުޅުނު އަދަދެއް ނޭނގެއެވެ. ރިންގުވެގެން ގޮސް ކެނޑޭއިރުވެސް އާހިލްގެ ފޯނަކަށް ޖަވާބެއް ނުދެއެވެ.

ރުއާން ގޭގައި އިނދެގެން ވިސްނަމުން ދިޔައީ ނީލާއާއި ދޭތެރޭގައެވެ. ނީލާ އޭނާދެކެވާ މަތިވެރި ލޯތްބާއި މެދުގައެވެ. އެފަދަ ރަނގަޅު މާތް އަހްލާގެއްގެ ވެރި ކުއްޖަކަށް އޮޅުވާލެވޭތީ އަމިއްލަ ނަފްސްވެސް ކުށްވެރި ކުރެވުނެވެ. ލޯބިވެޔޭ ކިޔައިގެން ނީލާ ކައިރީގައި ކުޅެމުންދާ ޑްރާމާގެ ނިމުން އަންނަ ދުވަހު ނީލާއަށް އޭނާ ދައްކާނީ ކޮން މޫނެއް ހެއްޔެވެ. ރުއާން ނީލާދެކެ ލޯބި ނުވިޔަސް އެކުގައި ހޭދަކުރޭވޭ ވަގުތުތަކުގައި ރުއާންގެ ހިތަށް ހަމަޖެހެން ލިބެއެވެ. ނަމަވެސް މިއަދު އެގޮތަށް ކަންތައް ކުރަން ރުއާންއަށް ވަނީ ފާޑަކަށް މަޖުބޫރުވެފައެވެ.

ޒީކް ފޮތް ހިފައިގެން ހިނގައިގަތީ ފަތާ ފެންގަނޑު އޮންނަ ދިމާލަށެވެ. ފިލާވަޅު ދަސްކުރުމަށް ހަމަހިމޭން މާހައުލު ފަސޭހަވުމާއެކު ރޭގަނޑުގެ ވަގުތުތަކުގައި ގޭގެ އެކަކުވެސް އެތަނަށް ނިކުމެ ނޫޅޭތީއާ އެކުގައެވެ. ޒީކްގޮސް ފެންގަނޑުގެ ކައިރި ފަށުގައި ފެންގަނޑުގެ ތެރެއަށް ދެފައިލައިގެން އިށީނެވެ. އެސާފު ފެންގަނޑަށް ހަނދުގެ އަލި އެޅިފައި ވުމުގެ ސަބަބުން ވިދަމުންދަނީ ރިހި ފަތްގަނޑެއް ފަދައިންނެވެ.

އިޔާން ޒީކް ހޯދަމުން އައިސް އެދިމާލަށް ނިކުމެވުނު ވަގުތު ފެންގަނޑުގެ ތެރެއަށް ދެފައިލައިގެން ފައި ހަލުވާލަ ހަލުވާލާ އިން ޒީކް ފެނުމުން ސަމާސާ ކޮށްލާހިތްވިއެވެ. އިޔާން މަޑުމަޑުން ހިނގާފައިގޮސް އެތާގައި ހެދިފައި ހުރި ގަސްތަކުގެ ފަހަތަށް ވަނެވެ. އަދި މީހަކަށް ނުފެންނާނެހެން ތިރިވެލިއެވެ. ދެން ފާޑު އަޑުއަޑު ލައްވަން ފެއްޓިއެވެ.

ފޮތް ލައްޕާލަމުން އެކިދިމަ ދިމާއަށް ޒީކް ބަލަންފެށިއެވެ. އަޑު އިވެނީ ކޮންދިމާލަކުން ކަމެއް ނޭނގިގެންނެވެ. ނަމަވެސް ޒީކްއަށް އެއެއް ދެނެއެއް ނުގަނެވުނެވެ. އިރުއިރުކޮޅާއި އިވެމުންދިޔަ އަޑުތައް މިހާރު އިވެނީ މާދެތެރެ ކައިރިކޮށް ކަމުން ޒީކް ބިރުގަންނަގޮތް ވާން ފަށައިފިއެވެ. އަދި އިވޭ އަޑުތައް ބާރުވާން ފެށުމުން ޒީކް އަށް އިހްސާސް ކުރެވުނީ އެއަޑު ލައްވާ އެއްޗެއް ޒީކްއާ ކައިރިވަމުން ދާކަމެވެ.

ޒީކްއަށް ވަމުންދާ ގޮތްފެނިފައި ބާރަށް ހީނުގަނެ އިޔާންއަށް ކެތްކޮށްލައިގެން ހުރެވެނީ ހަމަކިރިޔާއެވެ. ޒީކް ބިރުން ދުއްވައިގަތުމުން ފަހަތުން ގޮސް ޒީކް ހިފަހައްޓައިފިއެވެ. އެފަދަ ކަމަކަށް ނުވިސްނައި ހުރި ޒީކްއަށް އަޑުގެ ނެތްތަނަށް ހަޅޭލަވައި ގަނެވުނެވެ. އިޔާން ޒީކްގެ އަނގަމަތީގައި އަތްނޭޅި ނަމަ އަދިވެސް އޭނާ ހަޅޭލެވީސް ކަންޔަގީނެވެ.

“ޒީކް މީ މަށޭ.. އިޔާން” އިޔާން ޒީކްގެ އަނގަ މަތިން އަތް ނަގަމުން ބުނެލިއެވެ.

“އިޔާ ދޯ؟ ފާޑު ފާޑުގެ އަޑުއަޑު ލެއްވީ..” ޒީކްގެ ނޭވާ ހަމައަކަށް އަޅުވާލަމުން ބުނެލިއެވެ.

“މާ ބިރުނުގަންނަ މީހަކަށް ވެގެން އެބަ އުޅެއެއްނު.. ފާޑެއްގެ އަޑެއް އިވިގެން ވިއްޔަ ނަގޫޖެހިތާގަ ބޯޖަހާފަ އެދިޔައީ” އިޔާން ހެމުން ވާހަކަ ދެއްކިއެވެ.

“އަނދިރިއެއް ނޫންތަ؟ އެތާގަ ފޮތްކިޔަން އިންނަން” އިޔާން އަނެއްކާވެސް ވާހަކަދެއްކިއެވެ.

“އަނދިރިއެއް ނޫނޭ.. ފޮތުގަ ހުންނަ އެއްޗެހި އިނގޭ” ޒީކް ބުނެލިއެވެ.

“އަނދިރީގަ ފޮތްކިޔަންޏާ ލޯހަލާކު ވެދާނެ.. ތިރީތި ދެލޮލަށް ކަމެއް ވެއްޖެއްޔާ އަހަރެން ވަރަށް ދެރަވާނެ” ޒީކްގެ އަތުގައި ހިފައިގެން ފެންގަނޑު ކައިރީގައި ބަހައްޓާފައި ހުރި ގޮނޑިތަކާއި ދިމާލަށް އިޔާން ހިނގައިގަތެވެ.

އިޔާން އެތަނުން ގޮނޑިއެއްގައި އިށީނެވެ. އަދި ޒީކް އަތުގައި ހިފާގެނެސް އޭނާގެ ފައިމަތީގައި ބޭންދިއެވެ. އިޔާންގެ އެއަތުން ޒީކްގެ ހަށިގަނޑު ވަށައިލިއެވެ.

“ކިހާ ރީތި ހަނދުވަރެއް މިރޭ މިދެނީ” އިޔާން ޒީކްގެ ކަންފަތާއި އަނގަ ކައިރިކޮށްލަމުން ބުނެލިއެވެ.

“މިކަހަލަ ރެއެއްގަ ބީޗްގަ ދެމީހުން ހިނގާލަން ވަރަށް ރޮމޭންޓިކް ވާނެ” ޒީކް އިޔާންގެ އަތުތެރޭގައި ހަމަޖެހިލަމުން ބުނެލިއެވެ. އެކިއެކި ވާހަކަތައް ދައްކަން އެދެމީހުންނަށް ތިބެވުނީ ކިހާއިރަކު ކަމެއް ނޭނގެއެވެ.

“އިޔާ.. ހިނގާ ދެންދާން… މާދަން ކްލާހަށްވެސް ދާންޖެހޭނެ އެއްނު” ޒީކް ތެދުވަމުން ބުނެލިއެވެ. ޒީކް ހިނގައިގަތުމުން ޒީކްގެ އަތުގައި އިޔާން ހިފެހެއްޓުމުން ޒީކް އިޔާންއާ ދިމާލަށް އެނބުރުނެވެ. އިޔާން މަޑުމަޑުން ޒީކްއާ ކައިރިވެލަމުން މޫނުމައްޗަށް ވެއްޓިފައި ހުރި އިސްތަށިތައް އެއްފަރާތް ކޮށްލަމުން ޒީކްގެ ދަތްދޮޅީގައި ހިފާ އުފުލާލިއެވެ. ދެމީހުންގެ މޫނާއި މޫނު ޖެހިގެންދިޔަ ވަގުތު ދެމީހުންނަށްވެސް ކުރެވިގެން ދިޔައީ މުޅިން ތަފާތު އިހްސާސެކެވެ. ނޭނގޭ އިހްސާސްތަކެއް ހޭލައްވާލި ކަހަލައެވެ.

އަލްޔަން ހެނދުނު ގެއަށް އައިގޮތަށް ރޭގަނޑު ވަންދެން ނިދުމަށްފަހު ގޭގެ ބިއްދަށް ފަރާތަށް ނިކުމެލީ ސިކުނޑި ހަމަޖައްސާލުމަށެވެ. ޒީކްގެ އެފަދަ މަންޒަރެއް ފެނިދާނެ ކަމަކަށް ނޫނެވެ. ޒީކް ފިރިހެނެއްގެ އަތުތެރޭގައި އުފާކުރަމުން ދިޔަ މަންޒަރު ފެނުނު ވަގުތު އެމީހެއްގެ ނަސީބާ ދޭތެރޭ ހަސަދަވެރިވިއެވެ. ޒީކްގެ މޫނަށް އަލިއެޅިފައިވިޔަސް އިޔާންގެ މޫނު ޒީކްއަށް އިނދެވުނު ގޮތަކުން އަލްޔަންއަކަށް ނުފެނުނެވެ. ޒީކްއާއި ދޭތެރޭ އަލްޔަންގެ ހިތުގައި ޝަކުވާ އުފެދުނެވެ. އަދި ޒީކްގެ އުފާވެރި ކަމާއެކު ހެމުން ދިޔަ މަންޒަރު ފެނުމުން ޒީކްދެކެ ރުޅިއާދެވުނެވެ.

އަލްޔަން ކޮޓަރިއަށް ވަންނަން ދިޔަތަން ފެނުމުން މިސައިބާވެސް އަލްޔަންގެ ފަހަތުން އައެވެ.

“ދަރިފުޅާ… ބައްޕަ ބުނި މާދަން އޮފީހަށްދާން ފަށަން ވީ ނޫންހޯ. ދަރިފުޅެއްނު ބައްޕަ ނެތް ދުވަހަކުން މި ވިޔަފާރި ހިންގަންހުރީ.. ބައްޕައާއެކުގައި މަސައްކަތްކޮށްލީމަ ދަސްވާނީވެސް” މިސައިބާ އަލްޔަންގެ ބޮލުގައި ފިރުމާލިއެވެ.

“އެންމެ ރަނގަޅު… އެކަމަކު މާދަމާ އެއް ނޫން. އަހަރެން ބޭނުމީ އެކަނިވެލަން މަންމަ ދޭ ދެން ނިދަން” އަލްޔަން އެހެން ބުނުމުން މިސައިބާ ނިކުމެގެން ހިނގައްޖެއެވެ. ހިތްހަމަޖެހިފައި ހުރެގެނެވެ. އަލްޔަން އޮފީހަށް ދިޔުމަށް އެއްބަސްކުރެވުނީތީއެވެ.

ހަވީރުވަމުން އައި ވަގުތެވެ. އިޔާން އާއި ޒީކް ހިނގަމުން ދިޔައީ ވިލިނގިލީ އަތިރިމަތީގައެވެ. އެތައް ދުވަހަކަށްފަހު ތާޒާ ވައިގެ ތެރެއަށް ނިކުމެވުން ޒީކްގެ މޫނު މަތިން ފެންނަމުން ދަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ދެމީހުން އެކުގައި ފޮޓޯ ނަގަމުން މަޖާކުރަމުން ދިޔައެވެ. ދެމީހުން އެކުގައި ވަގުތުތައް ހޭދަކުރަމުން ދިޔައިރު ގަޑިތައް ފާއިތުވެގެން ދިޔަ ގޮތްވެސް ނޭނގުނެވެ. އަމިއްލަ ދުނިޔެއެއްގައި ދެޒުވާނުން އުޅެމުން ދިޔައިރު އެދެޒުވާނުންގެ ކޮންމެ ހަރަކާތަކަށްވެސް ކޮންމެވެސް މީހަކު ފާރަލަމުން ދިޔައެވެ. ހިޔަނިތައް ދިގުވާން ފެށުމުން ޒީކް އެންމެފަހުން ގެއަށް ދިޔުމަށް އެދެން ފަށައިފިއެވެ.

“ޒީކް އަދިވެސް އަހަރެންދެކެ ލޯބިވާ ވާހަކައެއް ނުބުންމެއްނު” އިޔާން ޒީކްގެ އަތުގައި ހިފައިގެން ފެރީއާ ދިމާއަށް ހިނގައި ގަންނަމުން ވާހަކަ ދެއްކިއެވެ.

“ދުލުން ކޮންމެ އެއްޗެއް ބުނަން މަޖުބޫރުތަ؟” އިޔާންގެ މޫނަން ބަލައިލިއެވެ.

“އޭ ކިޔުޓީ އެބައަންނަން ފެންފުޅިއެއް ގަނެގެން. މިތާ މަޑުކޮށްލާ އިނގޭ” ފެރީޓާމިނަލް ކައިރީގައިވާ ރަނިކަގަހާ އަރާ ހަމަވަމުން އިޔާން ބުނެލިއެވެ.

ޒީކް ރަނިކަގަހުގެ ވަށައިގެން ރާނާފައިވާ ފާރުބުރި މަތީގައި އިޔާން އަންނާނެ އިރެއްގެ އިންތިޒާރުގައި މަޑުކޮށްލިއެވެ. އިޔާން ފެންފުޅި ގަނެގެން އައިސް ރަނިކަގަސް ކައިރީ މަޑުކޮށްލިއިރު ޒީކް ފެންނާކަށް ނެތެވެ. އިޔާން ގަސް ވަށައިގެން ޒީކް އަށް ގޮވަމުން ހިނގިއެވެ. މުޅި ސަރަހައްދު ބެލިއިރުވެސް ޒީކްގެ ހިލަންވެސް ނުވިއެވެ. އިޔާންއަށް ހަދާނެގޮތް ހުސްވިކަހަލައެވެ. ޒީކްއަށް ކަމެއްވީބާވައޭ ހިތަށް އަރަމުންދިޔައެވެ. ޒީކް އެކަނި ބަހައްޓާފައި ދެވުމުން އަމިއްލަ ނަފްސް ކުށްވެރި ކުރެވުނެވެ.

ޒީކް ގަޑި ބަލަބަލާ ފެރީ ޓާމިނަލް ތެރޭގައި އިށީދެލައިގެން އިނެވެ. ފެރީތައް އައިސް ގޮސްވެއެވެ. މާލެއިން އަންނަ މީހުންނާއި މާލެއަށް ދާންވެގެން އަންނަ މީހުންތައް އައިސް ގޮސްވެއެވެ. އިޔާން މާބޮޑަށް ލަސްވުމުން ޒީކް މަޑު ހިނގުމެއްގައި ގޮސް ފެރީ ޓާމިނަލުން ބޭރަށް ނިކުތެވެ. އޭރު އިޔާން ރަނިކަގަސް ވަށައިގެން ރާނާފައިވާ ފާރުބުރި މަތިގައި އިށީދެލައިގެން އިނެވެ. އިސްޖަހާލައިގެން ދެއަތުން ބޮލުގައި ހިފަހައްޓާލައިގެން އިންއިރު އޭނާއިނީ ހަދާނެގޮތް ހުސްވެފައިކަން އެނގެއެވެ.

“އިޔާ…. މިތާގަ ކީއްތަ ތިކުރަނީ” ޒީކް އެތާ ކައިރިއަށް ގޮސް ހުއްޓެމުން ބުނެލިއެވެ. އިޔާން އަށް ގޮވާލި އަޑު އިވުމުން އިސްއުފުލާ ބަލާލިއެވެ. އެވަގުތު ކައިރީގައި ހުއްޓި ލައިގެން ހުރި ޒީކް ފެނުމުން ފުންމައިގެން ތެދުވެވުނެވެ. އަދި ހަމަ އެސިކުންތުގައި ޒީކް އޭނާގެ އަތުތެރެއަށް ގެނެސް ފިއެވެ. ދުވަހަކުވެސް ދޫނުކުރާނަމޭ ބުނާ ފަދައިންނެވެ. ޒީކް ސަލާމަތުން ހުއްޓާ ފެނުމުން ލިބުނު އުފަލެއްގެ ބޮޑުކަމުން އިޔާންއަށް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގޭ ކަހަލައެވެ.

“އިޔާ… މީ މަގު މައްޗޭ. ދޫކޮށްލަބަލަ” ޒީކް އެހެން ބުނުމުން އިޔާން އަށް ހުރެވުނުތަނާ ކުރެވުނު ކަންތަކާ މެދު ވިސްނާލެވުނެވެ.

“ޒީކް… ކޮންތާކުން ތިޔައައީ.. ނުބުނެ ތަންތަނަށް ދިޔައީމަ އަހަރެން ކަންބޮޑު ވާނެ ވަރެއް ނޭނގޭތަ؟ ކަމެއްވި ނަމަ އަޅެ ކީއްކުރީހީ” އިޔާން ޒީކްގެ އަތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ.

“އިޔާ ލަސްވީ އަހަރެން ނުފެނިގެންތަ؟ އެތާ ގަސްކައިރީ އިށީދެގެން އިންދާ ފާޑެއްގެ ފިރިހެން ގްރޫޕެއް އައިސް ފާޑަކަށް ވާހަކަ ދައްކަން ފެށީމަ އެތާގަ މަޑުނުކުރަން ވެގެން ފެރީ ޓާމިނަލް އެތެރެއަށް ވަނީ… ދެން ހޯދިއިރުވެސް އެތާގަ އިންތޯވެސް ބަލާލިނަމަ ދޯ” ޒީކް ފެރީޓާމިލާ ދިމާއަށް ދަމުން އިޔާން އަށް ބުނެލިއެވެ.

“ތި ތަންކޮޅު ނުވިސްނުނު އޭރަކު… އެހެން ހުރިހާ ތަނެއް ބެލިން. ދެން އެންމެ ރަނގަޅޭ ހިނގާ އަވަހަށް ދާން. މިހާރުވެސް ލަސްވެއްޖެ” އިޔާން އެހެން ބުނެލަމުން ހިނގުން ބާރުކޮށްލިއެވެ.

“މުއްސަނދި ކަމައިގެން ހޭބުއްދި ފިލާފައި ހުންނަ އަންހެނެއް އެއީ. ލާރި ލިބެންޏާ މުސްކުޅިއަކަސް ވަރިހަމަވާނެ. އެހެންނު ވާނީ އޭނާގެ މަންމަވެސް އުޅުނީ އެވައްތަރަށް ވިއްޔަ” ރުއާން ކިޔަމުންދިޔަ އެއްޗެހި ހުއްޓުނީ ކައިރީގައިން އިން އާހިލް ލެކްޗަރ ކްލާހަށް އަންނަތަން ދެއްކުމުންނެވެ.

ޒީކު މޭޒުމަތީގައި ބޯޖަހާލައިން އޮތެވެ. ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް ހިންދާލެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ކްލާސް ފެށިގެން ކުރިއަށް ދިޔަކަމުގައި ވިޔަސް ޒީކުއަށް ފިލާވަޅަށް ސަމާލުކަމެއް މިއަދަކު ނުދެވުނެވެ. ރުއާން އޭނާއާ އެގޮތަށް ދިމާކުރާތާ ދެހަފްތާވަނީއެވެ. ޒީކު ވިސްނާ ވިސްނާވެސް އޭނާއަށް ކުރެވުނު ކަމެއް ނޭނގުނެވެ. ރުއާން އޭނަދެކެ ރުޅިއަންނަން ޖެހުނު ސަބަބެއް ނުވިސްނުނެވެ. ކްލާހުގައި އިނދެގެންވެސް ވިސްނަމުންދިޔައީ ރުއާން އެގޮތަށް ކަންތައްކުރާ ސަބަބާ ދެތެރޭގައެވެ. ރުއާންގެ ސަބަބުން އެހެން ކުދިންވެސް އޭނާއާ މިހާރު ދިމާކުރަން ފަށައިފިއެވެ.

“އޭ އެއޮށް ދަނީ އެއްކަލަ މަންޖެ… މަށަށްވެސް ވާނެ ކަންނޭނގެ އަތުގަ ލާރި ހުރިއްޔާ” ޒީކް ލެބާ ދިމާއަށް ދަނިކޮށް ކުއްޖަކު ބުނެލިއަޑު އިވުނެވެ. ޒީކް އަޑުއިވުނު ކަމަށްވެސް ނުހަދައި ހިނގުން ބާރުކޮށްލިއެވެ. އެވަގުތު އެތަނުން ލާނެއް ކުއްޖަކު އައިސް ޒީކްގެ ކުރި މައްޗަށް އަރައި ޒީކްގެ އަތުގައި ހިފާލިއެވެ.

“އޭ މިއޮތީ މަގޭ ނަންބަރު… ފްރީ ވީމަ ގުޅާލާ” ޒީކްގެ އަތަށް މޮބައިލް ނަންބަރެއް ލިޔެލާފައިވާ ގަނޑުކޮޅެއް ލައިދެމުން ބުނެލިއެވެ. އެވަގުތު ހުރިހާ ކުދިން އެއް އަޑަކުން ހޭންފަށައިފިއެވެ. އެވަގުތު ޒީކްއަށް ރުއާން އެތަނަށް އަންނާތީ ފެނުނެވެ. ޒީކްގެ އޭނާގެ އަތްދަމައި ގަނެވޭތޯ މަސައްކަތް ކުރަނީއެވެ. ރުއާން ކައިރިއަށް އައިސް ހުއްޓުނު އިރުވެސް ޒީކްއަކަށް އޭނާގެ އަތް ސަލާމަތެއް ނުކުރެވުނެވެ. އޭނާ ހިފަހައްޓާފައި ހުރީ އެއަށްވުރެ ބާރަށެވެ. ޒީކްގެ އަތަށް ތަދުވަމުން ދިޔައެވެ. ރުއާން ޒީކްގެ ސަލާމަތުން އޮތް އަތުގައި ހިފަހައްޓާލިއެވެ. އަދި ޒީކްގެ މޫނާ މޫނު ކައިރިކޮށްލިއެވެ. އެއީ ނީލާއަށްވެސް އެތަނަށް އާދެވުނު ވަގުތުކަމުން ނީލާއަށް ނުރުހިފައި ރުއާންއަށް ގޮވާލެވުނީ ވަރަށް ބާރަށެވެ. ނީލާގެ އެއަޑަށް އެތާގައި ތިބި ހުރިހާ ކުދިން ސިއްސައިގެން ދިޔައެވެ. ރުއާން ޒީކްގެ އަތުން ދޫކޮށްލަމުން ޒީކްއާ ދުރަށް ޖެހިލިއެވެ.

“ރުއާން.. އަހަރެން ރުއާންގެ ފަރާތުން ތިހާ ދަށު ދަރައިޖައިގެ އަމަލެއް ފެނިދާނެ ކަމަކަށް އުއްމީދެއް ނުކުރަން” ނީލާ އެހެން ބުނުމަށްފަހު ލެބާ ދިމާއަށް ދުއްވައިގަތެވެ، ރުއާންއަށް ނީލާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ނުތަނަވަސްވެފައެވެ. އޭނާ ނީލާ ހުއްޓުވަން ބޭނުމެވެ. ހުރިހާ ވާހަކައެއް ތެދުތެދަށް ކިޔައިދޭން ބޭނުމެވެ. އެކަމަކު އޭރުން އޭނާގެ މިޝަންއަށް ވާނީ ކިހެނެއް ހެއްޔެވެ. ރުއާންއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އެއަށްފަހު ޒީކްއާ ދިމާއަށް އެނބުރެވުނެވެ. ހުރިހާވެސް މައްސަލައަކީ ޒީކްއެވެ. އެންމެންގެ ހިތްތައް ކަތިލާފަދަ ޒީކްގެ ރީތި ސޫރައެވެ.

“ޒީކް އިޔާންއާ އޮތް ގުޅުން ކަނޑާލާ.. އެހެން ނޫނީ އިޔާންއަށް.. އިޔާންއަށް ކަމެއްވިޔަސް އަހަރެން ކުށްވެރި ނުކުރާތި” ރުއާން އޭނާގެ އަނގަ ޒީކްގެ ކަންފަތާ ކައިރިކޮށްލަމުން ވައިއަޑުން ބުނެލިއެވެ. ހަމައެކަނި ޒީކްއަށް އަޑުއިވޭ ވަރަށް އެހެން ބުނެލުމަށްފަހު ރުއާން ހިނގައްޖެއެވެ. ރުއާން ދިޔުމާއެކީ އެތަނަށް އެއްވެފައި ތިބި ކުދިންތައްވެސް އެކިފަރާތް ފަރާތައް ގޮސް އަވަދިވެއްޖެއެވެ. ޒީކްއަށް ހިލައިގެ ބުދެއްހެން ހުއްޓިފައި ހުރެވުނީއެވެ.

Share Article

Follow Me Written By

riya

Level 2100 Comments10 Stories

Other Articles

Previous

ކޮންމެ ދުވަހަކު އެތައް ހަދިޔާއެއް ލިބޭ ޕްރޮމޯޝަނެއް “ފަހިޕޭ” އިން ފަށައިފި!

Next

ބީނިޝް… 07

Next
January 22, 2018

ބީނިޝް… 07

Previews
January 21, 2018

ކޮންމެ ދުވަހަކު އެތައް ހަދިޔާއެއް ލިބޭ ޕްރޮމޯޝަނެއް “ފަހިޕޭ” އިން ފަށައިފި!

10 Comments!

  1. Icy♡ says:
    January 22, 2018 at 5:16 am

    WOW

    1. riya says:
      January 22, 2018 at 4:13 pm

      Thank u ICY

  2. ??? says:
    January 22, 2018 at 6:29 am

    ???❤

    1. riya says:
      January 22, 2018 at 4:15 pm

      ?

  3. Maaaa ? says:
    January 22, 2018 at 7:38 am

    ????

    1. riya says:
      January 22, 2018 at 4:18 pm

      ???

  4. Pinky shifoo says:
    January 22, 2018 at 8:23 am

    Very nice ?????.. Waiting for next part

    1. riya says:
      January 22, 2018 at 4:19 pm

      thank u shifoo

  5. Rammu says:
    January 22, 2018 at 11:48 am

    Kaaku bunegen kuraa kameh tha

    1. riya says:
      January 22, 2018 at 4:21 pm

      kuriah huri baithah kiyaalyma engeyne, lets see

Comments are closed.


All Right Reserved!