ހަދަމުން ދިޔަ ބްރިޖްއާއި ދިމާލަށް އަހަރެން ބަލަހައްޓައިގެން އިނީމެވެ. މިދިޔަ ހައަހަރު ތެރޭގައި މާލެއަށް އައިސްފައިވާ ބަދަލުތައް ފެނުމުން އަހަރެން ކުޑަކޮށް ހައިރާންވެގެން ދިޔައެވެ. ނަމަވެސް އެކަމާއި ވިސްނުމަށްވުރެއް ބޮޑަށް އަހަރެންގެ ސިކުނޑީގެ ތެރޭގައި ހިގަމުން ދިޔަ ހަގުރާމަ މާ ބޮޑެވެ. އަހަރެން ދެލޯ މަރާލީމެވެ. އެވަގުތު ލޯ ކުރިމަތީގައި ސިފަވެގެން ދިޔައީ އަހަރެންގެ އަންހެނުންނާއި ދަރިފުޅުގެ ތަސްވީރެވެ. އެދެމީހުންގެ ހިނިތުންވެފައިވާ މޫނެވެ. ޖޭސްމީންއާއި ދާވޫދްގެ މައުސޫމް މޫނެވެ. އެދެމީހުން އަހަރެންނަށް އެންމެ ފަހުން ފެނިފައިވަނީ ތިންދުވަސް ކުރިންނެވެ. އެއީ ހެނދުނުގެ ވަގުތެވެ. އާދައިގެ މަތިން އަހަރެން ތެދުވިއިރު ޖޭޒްމީން އަހަރެންނާއި ކުރިމަތިލީ އޭނަގެ އެންމެ ފުރިހަމަ ހިނިތުންވުމާއި އެކުގައެވެ. ކުޑަކުޑަ ދާވޫދް ނިދާފައި އޮއްވައި އޭނަ ހޭލައްވާލީ އަހަރެންނެވެ. އަހަރެން މަސައްކަތަށް ދިއުމުގެ ކުރިން އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް އަހަރެން ދާވޫދްއާއި އެކު ކުޑަވަގުތުކޮޅެއް ކުޅުމުގައި ހޭދަކުރަމެވެ. އަހަރެން ކުޑައިރުކޮޅެއް ދަރިފުޅާއި އެކު ހޭދަކުރުމަށްފަހު މަސައްކަތަށް ދިއުމަށް އެދުވަހު ގެއިން ނިކުތީ ނުވައެއް ޖަހަން އުޅެނިކޮށެވެ. ލޯބި ލޯބިން ދަރިފުޅަށާއި އަންހެނުންނަށް ދޮނެއް ދިނުމަށްފަހު އަވަހަށް އަންނާނަމޭ ބުނުމަށްފަހުއެވެ.

އޮސްޓްރޭލިއަރ ގެ ބިޒީ މަގުތަކުން ހިގަމުން އަހަރެން ދިޔައީ އަހަރެން މަސައްކަތް ކުރާ ފިހާރައަށެވެ. އަހަރެން މަސައްކަތް ކުރާ ފިހާރައަކީ ދުއްވާއެއްޗެއްސަށް ތެޔޮ އަޅާތަނެއްގައި ހުންނަ ފިހާރައެއްކަމުން އަހަރެން ކޮންމެ ދުވަހަކުވެސް ތަންކޮޅެއް އަވަހަށް އަންނަން ޖެހެއެވެ. އެތަނުގައި މަސައްކަތް ކޮށްފައި އަހަރެން ގެއަށް އަންނަންނިކުތީ އެތަނުގައި މަސައްކަތް ކުރާ އެޑްމަންޑް އައުމުން، އަހަރެންގެ ބްރޭކް ގަޑީގައެވެ. އެއީ ދޭއް ޖެހި ފަހުންނެވެ. އަހަރެން ގެއައް އަންނަމުން އެތާ ކައިރީގައި ހުރި މާ ވިއްކާ ފިހާރައަކަށް ވަދެ ޖޭސްމީންއަށް އެންމެ ކަމުދާ އޯކިޑް މާ ބޮޑިއެއް ގަތީމެވެ. އެއީވެސް އާއްމު ކަމެކެވެ. އަހަރެން ކުޑަކޮށް ލަސްވާ ދުވަސްތަކުގައި ޖޭސްމީން ހިތްހަމަޖައްސައިދިނުމަށްޓަކައި މާބޮޑިއެއް ޗޮކޮލެޓްއެއް ކަހަލަ އެއްޗެހި އަހަރެން ގަންނަމެވެ.

އަހަރެން އާދައިގެ މަޑު ހިގުމެއްގައި ގެއާއި ދިމާލަށް ދިޔައީމެވެ. އާދައިގެ ހިނިތުންވުމެއް މޫނުމަތީގައި ހުރީ އަހަރެން މިދުނިޔެއިން އެންމެ ލޯބިވާ ދެމީހުން އަލުން ފެންނާނެތީއެވެ. ނަމަވެސް.. އަހަރެން ސިހިގެން ދިޔައީ ހުޅުވާފައި ހުރި ގޭގެ ބޮޑު ދޮރު ފެނުމުންނެވެ. އެއީ ދުވަހަކުވެސް މީގެ ކުރިން ހުރި ގޮތެއް ނޫނެކެވެ. ޖޭސްމީން ދުވަހަކުވެސް ދޮރުހުޅުވާފައެއް އެއްވެސް ތާކަށް ނުދާނެއެވެ. ބޭރަށް ދާނަމަވެސް ދާނީ ގޭ ދޮރު ލައްޕާ ތަންޑުއަޅުވާފައެވެ. އަދި އެއަށްވުރެއް ބޮޑަށްވެސް އަހަރެން ސިހުނީ ގޭތެރެއަށް ވެފައިވާ ގޮތް ފެނުމުންނެވެ. ހީވަނީ ކުޑަވަރެއްގެ ތޫފާނެއް އަރާފައިވާ ތަނެއް ހެންނެވެ. އަހަރެން މަޑުމަޑުން ދޮރު ހުޅުވާލީމެވެ. “ޖޭސް..” އަހަރެން ޖޭސްމީންއަށް ގޮވާލީމެވެ ސިޓިންރޫމްގައި ހުރި ސޯފާމަތީގައި ހުރި ހުރިހާ ކުޝަންއެއް ވަނީ އުކާލާފައެވެ. އެތަނުގައި ހުރި މޭޒުމަތީގައި ރީއްޗަށް ބަހައްޓާފައި ހުރި ވާސްއަކާއި އަދިވެސް ދެތިންވައްތަރެއްގެ އެއްޗެއް ވަނީ ވެއްޓި ތެޅިފައެވެ. އަހަރެން ހާސްކަމާއި އެކު ތެރެއަށް ވަނީމެވެ. “ޖޭސް.. ޑޭވް.. ވެއަރ އާ ޔޫ ގައިސް” ބިރުން ހުރެ އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. އަދި އަވަސްކަމާއި އެކު ކޮޓަރިއަށްދާން ހުރި ސިޑިއާއި ދިމާލަށް ދިޔައީމެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ހުރި ލޭތައް ފެނިގެން ދިޔައެވެ. އެވަގުތު ހީވީ އަހަރެންގެ ހިތްވެސް ނިކުންނެވެ. ދުވެފައި ކަހަލަ ގޮތަކަށް މައްޗަށް އެރި އިރު މަތީގެވެސް ހާލަކީ އެއީއެވެ. ކޮޓަރީތެރޭގައި ހުރިހާ އެއްޗެއް ވަނީ އުކާލެވިފައެވެ. އަދި ކޮޓަރީގެ އެނދު ކައިރީގައި ބައިވަރު ލޭތަނެއް ހުއްޓެވެ. އަދި އެތަނުގެ ވަޅިއެއްވެސް އޮތެވެ. އަހަރެން ހައިރާންވެ ހުރެ އެލޭތަކާއި ކައިރިވެލީމެވެ. އެވަގުތަކީ ކުއްލިއަކަށް ކޮޓަރީ ތެރެއަށް އޮސްޓްރޭލިއަރގެ ސިފައިން ވަދެގަތް ވަގުތެވެ. އަހަރެންނަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އެމީހުން އަހަރެން ވައްޓާލާ އަހަރެންގެ އަތުގައި ބިޑިއެޅުވިއެވެ.

**********

“ނަވީލް” އަހަރެން ސިހިގެން ދިޔައީ ވަރަށް ކައިރިން މީހަކު އަހަރެންނަށް ގޮވާލީމައެވެ. އަހަރެން ކުޑަކޮށް އެބުރި ބަލާލާފައި އަނެއްކާވެސް މޫދާއި ދިމާލަށް މޫނު އަބުރާލީމެވެ. “އިޓްސް ބީން ސިކްސް އިޔާޒް ސިންސް އައި ހާޑް ދެޓް ނޭމް” އަހަރެން އެހެން އިދެ ބުނެލީމެވެ. “ކިހާއިރެއްތަ ނިރްމާންއަށް ގޮވާތާ.. އެކަމަކު.. މިފަދަ އަވިގަދަ ގަޑިއެއްގައި މިފަދަތަނެއްގައި ހާދަ ބޮޑު ވިސްނުމެއްގައޭ ތިއީ” އަހަރެން ކައިރީގައި ހުއްޓެލަމުން ތައުސަމް ވާހަކަ ދެއްކިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. “ލުކް މޭން” ތައުސަމް އަނެއްކާވެސް ވާހަކަ ދައްކަން ފެށުމުން އަހަރެން ތައުސަމްގެ މޫނަށް ބަލާލީމެވެ. އަހަރެން ބަލާލުމުން ތައުސަމްއަށް އަހަރެން ހިތްހަމަނުޖެހިފައިވާކަން ފާހަގަ ކުރެވުނެވެ. އެހެންކަމުން ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެއެވެ. “މަދީހްއަށް އަހަރެން މަސަލަސް ކުރަން އޭނަގެ އަޅު ނޫނީ ފޮނުވަން ނޭނގުނީތަ” އަހަރެން ބުނެލީމެވެ. “ލުކް.. އަހަރެންނަކީ އެއްވެސް މީހެއްގެ އަޅެއް ނޫން.. އެންޑް އަހަރެން ކޮންމެހެން މިތަނަށް މިއައީ ނިރްމާން މަސަލަސް ކުރާކަށްވެސް ނޫން.. މިހެން ދަމުން އަހަރެން ހިތަށް އެރީ ބްރިޖް ހަދާގޮތް ބަލާލަން މިތަނަށް ގައި ކޮށްލާނީއޭ” ފޫހި ކަމާއި އެކު ތައުސަމް އެހެން ބުނެލަމުން އަހަރެންނާއި ކައިރީގައި އިށީދެލިއެވެ.

އަހަރެން ތައުސަމްއާއި ދިމާލަށް ބަލާލީމެވެ. ތައުސަމްވެސް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަދި އޭނަގެ މޫނު އަޅަމުން ދިޔަ ބްރިޖްއާއި ދިމާލަށް އަބުރާލިއެވެ. “ކިހިނެއްތަ މިތަނަށްވަނީ.. އައި މީން ދިސް އިޒް ރެސްޓްރިކްޓް އޭރިއާ އެއް” ތައުސަމްއެހެން އިދެ އަހާލިއެވެ. “މިތާ މަސައްކަތް ކުރާ މީހަކަށް 20 ޑޮލަރު ދެމުން އަހަރެން ބުނިން އަހަރެން އޭގެން އެއްވެސް މީހަކަށް އުނދަގުލެއް ނުކުރާނަމޭ” އަހަރެން ބުނެލީމެވެ. ތައުސަމް ހިނިގަނޑެއް ޖަހާލިއެވެ. “ދެން އެމީހުން މިތަނަށް ވެއްދީތަ” އަހަރެން އިނީ ބްރިޖް އަޅަން ބަންދުކޮށްފައިވާ ތަނަށް ވަދެކަމުން ތައުސަމް އެސުވާލު ކުރާނެކަން އަހަރެންނަށް އެނގެއެވެ. “ކާކު މިޒަމާނުގައި ލާރި ދިނީމަ ކަމެއް ނުކުރާނީ” އަހަރެން ބުނެލީމެވެ. ތައުސަމްގެ މޫނުމަތީގައި އެވަގުތު ކުޅެލީ ފަޑު ހިނިތުންވުމެވެ. އެއީ އަހަރެން އޭނައަށް ދިމާލަށް އެއްލި ބަހެއްކަން އޭނައަށް އެނގޭނެއެވެ. އަހަރެން އަޅައެއްނުލައެވެ.

ކުޑަވަގުތު ކޮޅެއް އެއްޗެއް ނުބުނެ އަނެއްކާވެސް ދެމީހުން ތިބީމެވެ. ހަގީގަތަށް ބުނަނީނަމަ އަހަރެން އެއްވެސް މީހަކަށް ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެކެވެ. އަހަރެން ބޭނުންވަނީ އެކަނިވެލާށެވެ. އެއީ އަހަރެންގެ އާދައެވެ. އަބަދުވެސް ދެރަވާ، ރުޅިގަދަވާ ފަދަ ކަމެއްވާނަމަ އަހަރެން ބޭނުންވާނީ ވަގުތުން އެކަނިވެރިވެލާށެވެ. “ވަޓް ހެޕެން ނަވީލް.. ޔޫ ނޯ ޔޫ ކޭން ޓެލް މީ އެނީތިން ރައިޓް” ތައުސަމް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ނަވީލް.. ހުހް.. ނަވީލް ޑައިޑް.. މީގެ ހައަހަރު ކުރިން.. ރިމެމްބަރ” އަހަރެން ތައުސަމްގެ މޫނަށް ބަލާލީމެވެ. ތައުސަމް ބުމައަރުވާލީ އޭނައަށް އަހަރެންގެ ހިތުގެ ތެރޭގައި އެބުރެމުން ދިޔަ ޝަކުވާތަށް ރަނގަޅަށް އެނގެއޭ ބުނެލާފަދަ ގޮތަކަށެވެ. އަހަރެން އަނެއްކާވެސް އެދިމާލަށް މޫނު އަބުރާލީމެވެ. “މަދީހް ކިޔާ ނުދޭތަ” އަހަރެން އަހާލީމެވެ. “ނޫނޭ.. ކިޔައިދިން.. އެކަމަކު ނަވީލްއަށް އެނގެއެއްނުން.. ވާހަކަ ދެއްކީމަ ހިތަށް ކޮންމެވެސް ވަރަކަށް ހަމަޖެހުން ލިބޭކަން.. ތި ހިތުގައި ހުރި ހުރިހާ އެއްޗެއް އަމިއްލައަށް އިދެ ސިކުނޑީގައި އެކި ގޮތްގޮތަށް އެބުރިޔަސް ވާނެ ފައިދާއެއް ކޮބާ.. އަޑުއަހާނެ ކަންފަތެއް ހުރިއްޔާ ކިޔާލަބަލަ.. މަ އަޑުއަހާނަމޭ” ތައުސަމް ބުނެލިއެވެ. އަހަރެން ހިތްދިރުވާލީމެވެ. އެވަގުތު އަހަރެންގެ ލަގޮޑީގައި ރިއްސަމުން ދިޔަ ވަރު އަހަރެންނަށް އިހްސާސް ކުރެވުނެވެ. އާއެކެވެ. އަހަރެންގެ ހިތުގައި ޝަކުވާ ވަރަށް ގިނައެވެ. އެކަމަކު އަހަރެންގެ ޝަކުވާ މިއަދު އަޑުއަހައިގެން ވާނެ ފައިދާއަކީ ކޮބާ ހެއްޔެވެ. މީގެ ހައަހަރު ކުރިން އަޑު ނާހާފައި މިހާރު ކީއްކުރަން ހެއްޔެވެ.

“މޭން.. ޔޫ ހޭވްޓް ލެޓް ސަމްވަން އިން.. ޖަސްޓް” “އައި ޑިޑް.. ބަޓް ދޭ ޓުކް ހާ.. އެންޑް ސްޓޮޕް ކޯލިންމީ ނަވީލް..” އަހަރެންނަށް އެހެން ބުނެވުނު އިރު އަހަރެންގެ އަޑުވެސް ތުރުތުރު އަޅަމުންދިޔަކަން އަހަރެންނަށް އެނގުނެވެ. “ދޭ ޑްރެގް ހާ.. ވިތް މައި ކިޑް.. އެމީހުންގެ ކުށަކީ ކޮބާތަ” އަހަރެން ތައުސަމްއާއި ދިމާލަށް ބަލާލިއިރު ކަރުނައިގެ ސަބަބުން އަހަރެންނަށް ތައުސަމް ފެނުނީ ފުސްކޮންނެވެ. އެހެންކަމުން ވަގުތުން އަހަރެން މޫނު އަބުރާލާ އަތުން މޫނުފޮހެލީމެވެ. އަހަރެންނަކީ ކިހާ ބޮޑު ފިޑިއެއް ހެއްޔެވެ. އަހަރެންގެ އަންހެނުންނާއި ދަރިފުޅުވީ ބަޔަކުގެ އަތްދަށުގައެވެ. އެމީހުން ހޯދަން ނޫޅެ އަހަރެން މިއިނީ ކަނަކަށްވަދެ ރޯށެވެ. “އައި އޭމް ސޮރީ މޭން” ތައުސަމް ބުނެލިއެވެ. އަހަރެން ފުން ނޭވާއެއް ބޭރުކޮށްލީމެވެ. އަދި އެދުވަހުގައި ވީ ކަންތައް ކިޔައިދޭން ފެށީމެވެ.

*********

އޮސްޓްރޭލިއަރ ގެ ފުލުހުންގެ ދެމީހަކު އަހަރެން ގެންގޮސް އިންޓްރޮގޭޝަން ރޫމް ޖަހާފައި އިންތަނަކަށް ވައްދާ އެތަނުގައި އިން ގޮޑިމައްޗަށް އަހަރެން ވައްޓާލިއެވެ. އަދި އަހަރެންގެ އަތާއި އެކު އެތަނުގައި އިން މޭޒުގެ ދަށުގައި އިން ދަގަނޑުގަޑާއި އެކު ބިޑި އެޅުވުމަށްފަހު އެމީހުން އެތަނުން ނިކުތެވެ. އަހަރެން އިސްޖަހާލަމުން ލޯމަރާލީމެވެ. އެވަގުތު އަހަރެންގެ ގޭގެ މަންޒަރުތައް އަހަރެންގެ ލޯކުރިމަތީގައި ނަގާފައިވާ ފޮޓޯތަކެއްގެ ސިފާގައި ފެންނަން ފެށިއެވެ. އަހަރެން އެހެން އިދެ އެކިތަންތަނަށް ވަކިވަކިން ބަލަމުން ދިޔައީމެވެ. “މުޙައްމަދު ނިރްމާން” މީހަކު ފައިލްއެއް ހިފައިގެން އައިސް އަހަރެން ކުރިމަތީގައި އިށީނީ އަހަރެން އެހެން އިންނަތާ ފަނަރަ މިނެޓް ފަހުންނެވެ.

އަހަރެންގެ ނަން ބުނުމާއި އެކު އަހަރެން އިސްއުފުލާލީމެވެ. “އިޓްސް ބީން އަ ވައިލް” އަހަރެން ބަލާލުމާއި އެކު ޑިކެޓްޓިވް ޖޯންއެވެ. މީގެ ހަ އަހަރު ދުވަސް ކުރިން އަހަރެން ހިފަހައްޓާ ޖޯންވަނީ ކޮންމެވެސް ކަމެއްގައި ސުވާލުކޮށްފައެވެ. އޭގެ ފަހުން އަބަދުވެސް އަހަރެންގެ ފަސްބައި ބަލަމުން ޖޯން ދުވާކަން އަހަރެންނަށް އެނގެއެވެ. އަހަރެން ފަޑު ހިނިތުންވުމެއް ރައްދުކޮށްލީމެވެ. “ސޯ ޓެލްމީ.. ވަޓް ހެޕެން ޔުއަރ ވައިފް.. އެންޑް ކިޑް” އަހަރެންގެ ކުރިމަތީގައި ކްރައިމް ސީން (އަހަރެންގެ ގޭ) ގެ ފޮޓޯތައް އަތުރާލަމުން ޖޯން ސުވާލުކުރިއެވެ. “ޔޫ ޓެލް މީ.. ޔުއަރ ދަ ޑިޓެކްޓިވް” އަހަރެން ފޮޓޯތަކަށް ނަޒަރު ހިންގާލަމުން ބުނެލީމެވެ. އެވަގުތު ޖޯން ހިނިތުންވެލިއެވެ. “ސޯ ޔޫ ހޭވް ނޯ އައި ޑިއަ” އެހެން ބުނެލަމުން އަނެއްކާވެސް އެހެން ފޮޓޯތަކެއް ކުރިމަތީގައި އަތުރާލިއެވެ. އަހަރެން އެހެން އިދެ އިސްއުފުލާލަމުން ޖޯންއާއި ދިމާލަށް ބަލާލިއެވެ. “ޑޫ ޔޫ ނޯ ވަޓް އިޒް ދިސް” އެތަނުގެ ފޮޓޯގަނޑެއްގައި އިނގިލި ޖައްސާލަމުން ޖޯން އަހާލިއެވެ. “ޑޫ އައި ހޭވްޓް” އެހެން ބުނެލަމުން އަހަރެން އެފޮޓޯގަނޑަށް ބަލާލީމެވެ.

އަހަރެން އެވަގުތު ހައިރާންވެގެން ދިޔައެވެ. އެކަމަކު އެކަން މޫނުމަތިންއެއް ނުދައްކަމެވެ. އެތަން އެހެން އިންނަންވީ ކީއްވެ ހެއްޔެވެ. އެކަމަކު.. އަހަރެން ހިތްދިރުވާލަމުން ޖޯންއާއި ދިމާލަށް ބަލާލީމެވެ. އޭނަ އޭރު ހުރީ އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ. އޭނަ ކިތައްމެ ވާހަކައެއް ދެއްކިއެވެ. އަހަރެން އޭނަ ދެއްކި ހުރިހާ ވާހަކައަކަށް ރައްދުން ދެމުން ދިޔައީ ޖެއްސުން ކުރުމުގެ ގޮތުންނެވެ. އެންމެ ފަހުން އަހަރެންގެ އަނގައިން ނިކުންނަ ކޮންމެ ބަހެއް އަދި އަހަރެންގެ އަމަލުތައްވެސް ކޯޓުގައި އަހަރެންނާއި ދެކޮޅަށް ބޭނުން ކުރެވޭނެކަމަށް ބުނެ އިންޒާރު ދިނުމުން އަހަރެން އިތުރަށް އެއްވެސް އެއްޗެއް ނުބުނަމެވެ. ނަމަވެސް އަހަރެން ވަޒީފާއަށް ދިޔަ ގަޑިއާއި އަހަރެންނަށް އަންހެނުންނާއި އެންމެ ފަހުން ވާހަކަ ދެއްކެވުނު ގަޑިއާއި އަހަރެން ފިހާރައިން ބްރޭކްއަށް ނިކުންގަޑިއާއި އެޑްމަންޑްގެ ނަމާއި މާވިއްކަން ވަތް ފިހާރައިގެ ހުރި މިހާގެ ވާހަކައާއި ހުރިހާ އެއްޗެއް ކިޔައިދިނީމެވެ. އެހެންކަމުން އަހަރެންގެ ވާހަކައިގައި ހުރީ ކިހާ ތެދެއްކަން ބަލަން ޖޯން ބޭރަށް ނިކުތެވެ. އަހަރެން އިސްޖަހާލަމުން ދެލޯމަރާލީމެވެ. އެވަގުތު ޖޯން އަހަރެންގެ ކުރިމަތީގައި އަތުރާލީ ހުރިހާ ފޮޓޯތަކެއް ފެންނަން ފެށިއެވެ.

ޖޯން އެބުރި އައީ އަހަރެން އެހެން އިންނަތާ ހަތަރުގަޑިއިރު ފަހުންނެވެ. ދޮރުހުޅުވާލިއަޑަށް އަހަރެން އިސްއުފުލާ ބަލާލީމެވެ. “ޔުއަރ އެލަބައިސް ޗެކްޑް އައުޓް.. ޔުއަރ ފްރީ ޓު ގޯ” ޖޯން އަހަރެންގެ އަތުގެ ބިޑި ނައްޓާލަމުން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ތެދުވީމެވެ. އަދި މަޑުނުކޮށް އެތަނުން ނިކުތީމެވެ. އަހަރެން ފިޔަވަޅުތަކަށް ހުއްޓުން އެރީ އެތަނުގެ ތެރޭގައި ހުރި ގޮޑި ބަރީގައި އިން މީހާ ފެނުމުންނެވެ. “މަދީހް” އަހަރެންނަށް މަދީހްގެ ނަން ކިޔާލެވުނެވެ.

 

 

ނުނިމޭ…

28

9 Comments

  1. Fantasy

    January 21, 2018 at 9:36 am

    ކިހިނެއްތަ ހުރިހާ ކިޔުންތެރިން.. މި ނަމުގައި ވާހަކައެއް ގެނެސްދޭނަމޭ ބުނެ ލަސް ކުރެވުނީތީ މާފަށް އެދެން.. އެކަމަކު އެވާހަކަ ވަރަށް ބޮޑަށް ބަދަލު ކޮށްލީމަ ލަސްވީ.. މި ވާހަކަ ހުރިހާ ކިޔުންތެރިންނަށް ކަމުދާނެކަމަށް ހީކުރަން.. ހުރިހާ ކިޔުންތެރިންގެ ހިޔާލު ތަކަށް މަރުހަބާ ކިޔަން 🙂

  2. pinkish

    January 21, 2018 at 10:36 am

    Vaahaka v reethi

    • Fantasy

      January 22, 2018 at 9:05 am

      thnks Pinkish 🙂

  3. Pinky shifoo

    January 21, 2018 at 12:01 pm

    Nice ?☺️

    • Fantasy

      January 22, 2018 at 9:05 am

      thnks Pinky Shifoo 🙂

  4. niha

    January 21, 2018 at 5:46 pm

    wow! varah reethi!
    waiting for the next part

    • Fantasy

      January 22, 2018 at 9:04 am

      thnks niha 🙂

  5. rifa

    January 21, 2018 at 8:28 pm

    Alhey me msg post kuran ulheythaa haadha irekey kobaa emme fahun fantasy aee dho wellcome fantasy v kamudhey fantasy ge vaahaka keep it up

    • Fantasy

      January 22, 2018 at 9:04 am

      thnks rifa 🙂 v dhuvas kohlaafa dhimaa vejje dhow 🙂

Comments are closed.