Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޯލޯބިއެހެނަސް..11

Uhthoo Level 210 Stories100 Comments100 Login
February 10, 2018 5 Mins Read
21 Comments

ކައުޗްގައި އިން ޔަޒިންގެ ނޭފަތުގައި މަޑު މަޑު އަންހެން ސެންޓެއްގެވަސް ޖެހުމުން އިސް އުފުލައި ބަލާލިއެވެ. ކައިރިއަށް އައިސް ހުއްޓުން ރީމާފެނި އެސްފިޔަ ޖަހަން އުނދަގޫވިއެވެ. ގުދުރަތުން އެހައިރީތި ސިފައެއް ދެއްވާފައިވީނަމަވެސް ރީމާ އެވަރަށް މޭކަޕްކުރަނީ ކީއްވެބާއެވެ…؟ އެރީތި ސިފަ ފޮރުވަނީ ކާކަށްބާއެވެ..؟ މީހަމަ ރީމާބާއެވެ..؟ ދިރުމެއް ނެތް އެމޫނު އުޖާލައިވެފައިވިއެވެ. އެ ފެހިލޯ އެއީ އަސްލުބާއެވެ..؟ “އިޓްސް ފޯޜ ނައު….” ޔަޒިންގެ ނަޒަރުން ސަލާމަތްވާން ބޭނުންވެފައި ހުރި ރީމާ އެދުނެވެ. “ޔަހް ލެޓްސް ގޯ…..” ތެދުވެގެން ހިނގައިގަތުމުން ޔަޒިންގެ ފަހަތުން ރީމާވެސް ހިނގައިގަތެވެ. ރީމާ ގަދަކަމުން ކާރަށް އެރިއެވެ. އެރެއަށްފަހު ފުރަތަމަފަހަރަށް ކާރަކަށް ރީމާ އެރި މީ ފުރަތަމަފަހަރެވެ.

އެހިތާދެކޮޅަށް ނަމަވެސް އެހެންމީހެއްގެ އެދުމަށް އިޖާބަދެވުނުވެސް މީ ފުރަތަމަފަހަރެވެ. ލޯބިވާ މީހާއަށްޓަކައި ދެއަހަރެއްހައި ދުވަސް އޭނާ އެ ހޭދަކުރީ ވޭނާކެކުޅުމުގައެވެ. ސަކަރާތްޖެހުން އެއީ ކޮންކަމެއް ކިހިނެތް ކުރާކަމެއްވެސް އޭނާއަކަށް ނޭނގޭކަހަލައެވެ. އާދައިގެ ސްޕީޑެއްގައި ދުއްވަމުން ދިޔަކާރުތެރެއިން އިވެނީ އެފްއެމްގެ އަޑެވެ. މަޑުމަޑުން އިން ރީމާގެ ހިތް އަޑުން އަޑުނަގައި ރޮމުންދެއެވެ. ހިތް ރުޔަކަސް މޫނުން ހިނިތުންވެގެން ހުންނަން އިންސާނަކަށް ކިހައި އުނދަގޫވާނެހެއްޔެވެ؟ ކެތްތެރިކަން އިންތިހާއެވެ……………..*ހާދަ ލޯބިންނޭ ހިނިތުންވަނީއެ އޭނާ…..ސިއްރުސިއްރުންނޭ ބަލަނީ ޒުވާނާ…….ފެނިފައި ލޯބިވެވިއްޖޭ ދެލޮލާ ރީތިމޫނާ…..ގެއްލި ހިތްވަރު ކުޅެނީއެ ހަނދާނާ…..ފެނުނީއްސުރެ އޭނާ…. ހިތްއެދެނީ  ބައްދަލް ވެލުމޭ…. ނިދި ގއްލިއްޖޭ…ކިޔެމުން މިދަނީ މިތުރާގެ ނަމޭ….ކިހިނެތްހޭ ހާލު ބަޔާންކޮށްދޭނީ ލޯބިންދެން…..ތިޔަ ސޫރަ ހިތުން ނުފިލާނޭ ކެރިހުރެ ވައުދުވަމޭ….ފުންހަދާނުން ވެއްޖޭ ދިވާނާ…..ސިއްރުސިއްރުންނޭ ބަލަނީ ޒުވާނާ…..ތިޔަ ލޯބިން ހިތްއަދު ޒަޙަމްވަނީވެސް ލޯބިންނޭ…..މިތުރާ ތިބަލާލާ ސީދާ ސާދާ ނަޒަރުންނޭ… ލޯބިން ވާހާ ފެނުނީމާ ދީވާނާ……………… ޔަޒިންގެ ހިތް މަސްތުން ފުރުނީ އެފްއެމް އިން އައި ލަވަ އަޑުއިވުމުންނެވެ. ހަގީގަތުގައިވެސް އޭނާއަށް ރީމާއަށް އެދެވެންފެށުނެވެ. އެ ލޯބި އެނބުރުން ފަރުބަދައެއްކެނޑުންހައި ބުރަވިޔަސް އޭނާއަށް ފަރުވާލެއްނެތެވެ. ރީމާ ހާސިލްކުރަން އޭނަ ބޭނުންވެއެވެ.

ރީމާގެ ހިތަށްވެސް އެލަވައިން އަސަރުކޮށްފިއެވެ. އޭނާވެސް ހާދަ ކެތެއްކޮށްފިއެވެ. މަޑުމަޑުން ޔަޒިންއަށް ހިތް ލެނބޭކަމުގެ އިހުސާސް ކުރުވިއެވެ. ނަމަވެސް ސިކުނޑި އެކަމަށް ތަންދޭން ބޭނުންނުވީ ކީއްވެކަމެއް ނޭނގުނެވެ. “ހިނގާ ކޮފީއަކަށްދާން … ފެމިލީރޫމަށް ދާނީ…އެތަނުން ކުރިން ރެއެއްގަ ބޮވުނު ވަރަށް މީރު ކޮފީއެއް…ހެވް އިޓް ޔޫ ޓޫ..ޔަޣީން ދެވަނަ ދުވަހުވެސް ބޯހިތްވާނެ…” ރީމާ އިތުރުވާހަކައެއް ނުދައްކައެވެ. “ރީމާ އަބަދުވެސް ހަމަ ތިހައި ސައިލެންޓްތަ؟” ޔަޒިން ކޮށްލީ ތަފާތު ސުވާލެކެވެ. “ހޫމް…” “ހެހެ..ރީމާއަށް އިނގޭތަ؟ލަންކާގެ މަގުތަކާ ހުޅުމާލޭގެ މިމަގުތަކާ ހާދަ އެއްގޮތޭ… މީރާއްޖޭގައި އޮންނަ ލަންކާ ދޯ…” ޔަޒިން ރީމާއަށް ދޯދެމުން އެބުނި އެއްޗަކުން ރީމާ ސުވާލް އުފެދުނެވެ. “ޔަޒިން އުޅުނީ ލަންކާގައިތަ؟” “ޔަހް…ހަނދާން ހުންނަން ފެށިއްސުރެ….” ނިތްކުރިއަށް ރޫ ޖައްސަމުން ޔަޒިން ބުންޏެވެ. “ރާއްޖޭގެ ސަގާފަތް ނޭނގޭނެ ދޯ އެހެންވީމަ އެހާވަރަކަށް….؟” ރީމާގެ މޫޑު މަޑުމަޑުން ބަދަލުވަމުން އަންނަކަން ޔަޒިންއަށް ފާހަނގަ ކުރވުނެވެ. “އަސްލުވެސް ދޯ… ރީމާ ކިޔައިދޭންވީއެއްނު….ހެހެ…” ހިނިތުންވުމެއް ރީމާގެ ތުންފަތަށް ވެރިކޮށްލުމުން ޔަޒިން ދިޔައީ ސިއްސައިގެންނެވެ. އެހެރަ އަޑިކޮޅެއްގެ ފުރިހަމަ ކަމާއެވެ. ރީމާގެ މޫނުން ގެއްލިފައިވި އެހުރިހައި ކަމެއް ފުރިހަމަ ކުރުމުގެ ޢަޒުމް ޔަޒިންގެ ހިތުގައި ވިއެވެ.

ކެފޭގެ ހިތްގައިމު ހިސާބަކުން ދެމީހުންނަށްވެސް ޖާގަ ލިބުނެވެ. ކުރިމަތީގައިވި މޫދަށް ނަޒަރު ހުއްޓައިގެން ރީމާއިނެވެ. ޔަޒިން 2 އެމެރިކާނޯ އަށް އޯޑަރު ދެމުން ރީމާގެ ހަނދެއްފަދަ އެ މޫނަށް ބަލާލިއެވެ. “ޖޯކެއް ކިޔައިދެނަތަ؟ ” ރީމާ ބޯޖަހައިލިއެވެ. ޔަޒިން އެމީހުން ކޮލެޖްގައި އުޅުންދުވަސްވަރުގެ ދެތިން ޖޯކު ކިޔައިދިނެވެ. ރީމާވެސް އެ ޖޯކުތަކުގައި ބައިވެރިވެ ހުނެވެ. އަދި ވާހަކަވެސް ފުދޭވަރަކަށް ދެކެވި އެދެމެދުގައިވި ބީރައްޓެހިކަން ރައްޓެހިކަމަށް ބަދަލުވިއެވެ. މަޑުމަޑުން ރީމާގެ ހިތުގައި ޔަޒިންގެމައްޗަށްވި ފޫހިކަން ނެތެމުން ދިޔައެވެ. ރީމާގެ ހިޔާލުވެސް ބަދަލުވެ މީހާ ހަމައަކަށް އެޅެމުން ދިޔައެވެ. ކަނޑުން އަންނަ ފިނި ރޯޅިތަށް ރީމާގެ މޫނަށް އެޅެމުން ދިޔަތަން ބަލަން ޔަޒިންއަށް އިނދެވުނީ ކަޅީވެސް ޖަހާލަން ނޭނގިފައެވެ. ހިތްއެދެވުނީ އެ މޫނުނައްޗަށް ބޮސްދެމުންދިޔަ އިސްތަށިކޮޅު އެއްފަރާތް ކޮށްލުމަށެވެ. ” ޔޫ ނޯ ވަޓް… އޯން ބިޒްނަސްއެއް ލައިކް މިކަހަލަ ސްމޯލް ކެފޭ އެއް އިޒް ވަން އޮފް މައި ޑްރީމް… ޑޫޔޫ ހެވް އެނީ ޑްރީމް ލައިކް ދެޓް….” އިސްޖަހާލަމުން ރީމާ ބޯޖަހައިލިއެވެ. “އަ ފްލަރވަރ ޝޮޕް… ބަޓް އައި ތިންކް އައި ހެވް ޓު ލީވް މައި ޑްރީމްސް ކަޒް ފައިނޭންޝިއަލީ ނޮޓް ޕޮސިބަލް….” “އޯހް… އައި ތިންކް މައިންޑް އިޒް ޗޭންޖިންގް… އެންމެ ކަމެއް މިހާރު ހުވަފެނަކީ…އެ ކާމިޔާބު ކުރެވިއްޔާ ދެން ވަރަށް ރަނގަޅު.. ދެން ބަލަމާ ދޯ…” ހަގީގަތުގައި އެބުނީ ރީމާ ހާސިލް ކުރުމުގެ ވާހަކައެވެ. ރީމާއަށް ނުވިސްނުނަސް ޔަޒިން އެ ދެއްކީ އޭނާގެ ވާހަކައެވެ.

ކޮފީގެ ވަގުތުކޮޅު ނިމިގެން ޔަޒިން ރީމާ ގޮވައިގެން ދިޔައީ ސެންޓްރަލް ޕާރކަށެވެ. ކާރު ޕާރކް ކުރުމަށްފަހު މަޑު ހިނގުމެއްގައި ޕަރކް ތެރެއަށް ވަދެގެން ދިޔަ ދެމީހުންނަށްވެސް އެއްފަހަރާ ވާހަކަ ދައްކަން ފެށުނެވެ. ދެން ހޭދަވީ ހުނުމުގެ ވަގުތުކޮޅެކެވެ. ރީމާ ހެމުންދިޔަ މަންޒަރުބަލަން ޔަޒިންއަށް ހުރެވުނެވެ. އަޅެ ހޫރެއްބާއޭ މީ އޭނާގެ ހިތަށް އެރި އަދަދެއްވެސް ނޭނގެއެވެ. އިރުއޮއްސި ރަންކުލައިން ޕާރކްތެރެ ދިއްލިގެން ދިޔައެވެ. ފުދޭވަރަކަށް މީހުންވެސް މަދެވެ. ދުވަން އައިސް އުޅޭ މީހުން މަދުން ފެނެއެވެ. މަޑު މަޑުން ގޮސް ބްރިޖްމަތީ ދެމީހުންވެސް މަޑުކޮށްލިއެވެ. ފަޅި ހަނދު ދިމާ އުޑު މެދުގައި ބަބުޅަމުން ދިޔައެވެ. ރީމާއާ ޖެހިގެން ހުރި ޔަޒިން އިތުރު ވާހަކައެއް ނުދައްކާ ހިމޭންކަމަށް ދައުވަތު ދިނެވެ. “ވަރަށް ދުވަސް ވެއްޖެ މި ޕާރކަށް ނާންނަތާ…..” ރީމާ ވާހަކަ ދައްކަންފެށިއެވެ. “އެހެން…. ނަސީބެއްދޯ މިތަނަށް އާދެވުންކަން….ހެހެހެ..” އެލާނެތް ހުނުންކޮޅު ކޮންމެ ޖުމްލައަކަށްވެސް ޔަޒިން ލައެވެ. ފެންގަނޑަށް ބަލަން ހުރި ރީމާ ހުރީ ނުހަނު ހިތްހަމަޖެހިގެންކަން ބަލާލީ ކޮންމެ މީހަކަށްވެސް ޔަގީންވާނެވެ. ޔަޒިންގެ މަގްސަދު ކާމިޔާބުވަމުން އަންނަތަން ފެނުމުން ކާމިޔާބީ ހިނިތުން ވުން އެ ތުންފަތަށް ވެރިވިއެވެ.

ފަޒާއަށް ޖެހެމުންދިޔަ ފިނި ރޯޅިތަށް ނުހަނު ހިތްގައިމެވެ. ހަނާ ގޭދޮރާށި ކައިރިއަށް ނުކުތީ އަހުނަފް ގެ ދައުވަތު ގަބޫލު ކުރަމުންނެވެ. ކާރުގައި އައި އަހުނަފް އެތާ ކާރު ޕާރކް ކުރަމުން ހަނާ ކައިރިއަށް ގޮސް ހުއްޓުނެވެ. ހިނގައިފައި ދާން މާ ހިތްހަމަ ޖެހޭނެ ނޫންހޭ ބުނުމުން ހަނާ ބޯ ޖަހައިލިއެވެ. “އަހޫ އަސްލު ކީއްވެ ދިން ދައުވަތެއްމީ؟” “ހެހެހެ…” ހުނުމަކުން އަހުނަފް ފުއްދާލިއެވެ. އަހުނަފްގެ ގައިން ދުވާ މީރުވަހުން ހަނާ ހުރީ އަޖައިބުވެފައެވެ. ހުދު ގަމީހާއެކީ ކާކި ކުލައިގެ ފަޓްލޫނު ހާދަހާ އަހުނަފާ ގުޅެއެވެ. މި ހިޔާލުތަކުގައި ހަނާ ވީއިރު އަހުނަފްވެސް ވަނީ ހިޔާލެއްގައެވެ. ވިސްނެމުންދިޔައީ އަހުނަފްގެ ކައިރީގައި މިހިރީ ޖާދޫގަރެއްބާއެވެ.؟ އަހުނަފަށް  ވިސްނުމާ ދެކޮޅަށް ނަމަވެސް ދައުވަތުދެވުމުން ހިތް ނަށާކަމެވެ. ހަނާ ފެނުމުން އެ ހިތް ނަށައެވެ. މީހަމަ ފަންމިނަޏެކެވެ. ދެވަނައެއްނުވާފަދަ ހޫރެކެވެ. ނިކަން ބަލާލަބަލާށެވެ. އެ މާނަވީ ހީލުމުގެ ސާދާ އަޑެވެ. އެ ފަރި ބެލުންތަކެވެ. ލައިފައިވި އަޅިކުލައިގެ ޓޮޕްކޮޅާއެކީ ލައިފައިވި ކަޅު ޖީންސްގައި އެއީ ހަމަ ހޫރެއްފަދައެވެ. ހިތަށް ކުރާ އަސަރެއްގެ ބޮޑުކަމުން ވަގުތުން ހަނާއަށް ލޯބި ހުށަހަޅަން ހިތްއެދުނެވެ. ނަމަވެސް ކެތްކުރީ ރަނގަޅު ދަނޑިވަޅަކަށް ބަލަމުންނެވެ.

ބްރިޖްމަތީ ހުރި ރީމާއަށް އެދިމާއަށް އައި ހަނާއާ އަހުނަފް ފެނުނެވެ. އަދި އެ ޖޯޑުގެ ފުރިހަމަކަން ހިތަށް ވެރިވުމުން ފެންކަޅި ވިއެވެ. އޭނާގެ ލޯބިވާ ކޮށްކޮއަށް ދެރަގޮތެއް މެދުވެރި ނުވުމަށް އެދި ހިތާހިތުން ދުޢާ ކުރެވުނެވެ. ލޯބީގައި އެންމެންނަކަށް ކާމިޔާބެއް ނުލިބޭނެއެވެ. އޭނާއަށް އެހެންވިޔަސް އޭނާގެ ކޮށްކޮ އެހެރީ ނަސީބުވެރިންގެ ދުނިޔޭގައެވެ. އަހުނަފް ހަނާގެންގުޅޭނީ ނުހަނު އުފަލުގައިކަމާމެދު ރީމާ ޝައްކެއް ނުކުރެއެވެ. ރީމާ އެހިޔާލުތަކުން މޫޑު ސަކަރާތް ވިޔަސް އެހިތުން ޖާގައެއް މީހަކަށްޓަކައި ނޭނގިވިޔަސް ހުސްކުރެވެމުން ދިޔައެވެ. “ކޫ…އާރ ޔޫ ހިޔަރ؟؟” ބްރިޖްމައްޗަށް އެރި ހަނާގެ ލޮލުގައި އަޅައިގަތީ ރީމާއެވެ. “ހެހެ ގައިސް ހައު ގޮއިން.. ލޯންގް ޓައިމް ނޯ މީޓިން ދޯ އަހޫ… މަޗް ސްމާރޓް ނައު….ހެހެ” ރީމާ އަހުނަފަށް ތައުރީފް ކޮށްލިއެވެ. އަހުނަފްވެސް އެވާހަކަ ތަކަށް ހީލިއެވެ. ހަނާ ބަލާލީ ރީމާ ކައިރީގައި ހުރި ޔަޒިންއަށެވެ. ހަނާ އަކަށް އެހައި ގަޔާވެވޭ ގޮތެއް ނުވިއެވެ. ނޭނގޭ ޝައްކެއް ހިތުގައި އުފެދިފައިވެއެވެ. ހަނާގެ ހިތްބުނަނީ ޔަޒިން ގެ ކުއްލި ހިނިތުންވުމުގެ ފަހަތުގައި ނުބައި ރޭވުމެއް ވެދާނޭ ކަމަށެވެ.

ކުޑައިރުކޮޅެއްފަހުން ރީމާ އެދުނީ ޔަޒިން ކައިރިން ހިނގައިފައި ގެއަށް ދާންބޭނުންވާކަމުގައެވެ. ޔަޒިންވެސް އަވަހަށް ހިނގާށޭ ބުނެލިއެވެ. “ކާރު…؟؟” “ކާރު ބަލައި އާދެވިދާނެއްނު ފަހުންވެސް…” ހަނާ ކައިރި ދަނީއޭ ބުނެ ޔަޒިންއާއިއެކު ރީމާ ހިނގައިގަތެވެ ހަނާގެ ނަޒަރު ހުއްޓިފައިވީ އުޑަށެވެ.  ތަރިއެއްހައި ވެސް ފެންނަން ނެތުމުން ބަނަކޮށް އޮތީކަމުގައި ހަނާ ދެކުނެވެ. ޖެހެމުންދިޔަ ފިނި ވައިރޯޅިތަށް ހަށިގަނޑަށް ހަމަލަދެމުންދިޔައެވެ. ހިނދުކޮޅެއްގެ ތެރޭގައި އެ ވައިރޯޅިތަށް ބާރުވާން ފެށިއެވެ. “ހިނގާ މިހިރަތަނަށް ވާރޭވެހެން އެއުޅެނީ….” އަހުނަފް ހަނާގެ އަތުގައި ހިފައިގެން ދުއްވައިގަތެވެ.

ރަންކުލަވެރިވެފައިވާ މަގުން ފުދޭވަރަކަށް މީހުންފެނެއެވެ. އެކިވާހަކަ ތަކުގައި ހީ ސަކަރާތްޖަހަމުންދިޔައެވެ. ކުއްލިއަކަށް ރީމާގެ ލޮލުގައި އަޅައިގަތީ އަޔާޒެވެ. ބޮލުގައި ކޯރިއެއް އަޅައިގެން ރީމާގެ ކައިރިންލައިފައި އެދިޔައީއެވެ. އެންބުރިފައި ބާރަކަށް އެދިޔަ މީހާއާ ދިމާއަށް ރީމާ ހިނގައިގަތެވެ. ޔަޒިން ހުރީ ރީމާގެ ހަރަކާތްތަކަށް ބަލަން ހައިރާންކަމާއެކުއެވެ. ރީމާ އެދިޔަގޮތަށް ގޮސް އެމީހާގެ ކުރިމައްޗަށްއެރިއެވެ. ހީކުރިގޮތާ ޚިލާފެވެ. އެއީ އަޔާޒެއް ނޫނެވެ. ރީމާގެ ކުށްހީއެކެވެ.

ގަދަވަމުން އައި ވަރޯޅިތައް ބާރުވެ ތުނިވާރޭ ވެހެންފެށިއެވެ. ރީމާ އަމިއްލަ މޮޔަކަން ހިތަށް ގެނުވަމުން ޔަޒިން ކައިރިއަށް އައެވެ. “ވާއު…އައި ލަވް ދަ ރެއިން…” ރީމާ ތެންމަމުންދިޔަ ވާރެއަށް ދެއަތް ނަގަމުން ބުނެލިއެވެ. “އެހެން…؟ އިޓްސް މައި ފެވްރިޓް ޓޫ…..” ރީމާގެ ހިތަށް ބަޔާންކުރަން ދަތިވާ ގޮތްތަކެއްވިއެވެ. އޭނާވެސް ހިތްހަމަޖެހުމާ އަޅާލުން ބޭނުންވާނެ ނޫންހެއްޔެވެ؟  ލޯބިން އެ ހިތުގައި ފިރުމައިލާނެ ބައިވެރިއަކު ބޭނުންވާނެ ނޫންހެއްޔެވެ؟ ވެހެމުން ދިޔަ ވާރެތެރޭގައި ކުޑަކުއްޖެއްހެން ނަށަމުން ފުމެމުން ދިޔަ ރީމާއަށް ނަޒަރު ދީގެން ޔަޒިން ހުއްޓެވެ. ރީމާގެ އެ ބަދަލުން ޔަޒިން ހުރީ ހަގީގަތުގައިވެސް އުފާވެފައެވެ. ރީމާމެން ގޭޔާ އަރައި ހަމަވިއިރުވސް ރީމާއަކަށް ނޭނގެއެވެ. “ހެއި ޔޯރ ހޯމް..” ރީމާގެ އަތުގައި ހިފައިލަމުން ޔަޒިން ބުނެލިއެވެ. ރީމާ ދާން ހިނގައިތެވެ. ވެހެމުންދިޔަ ވާރޭ އިތުރަށް ބޯކޮށް ގުގުރާލި ވަގުތެވެ. ސިއްސައިގެންގޮސް ރީމާއަށް އަށް ބައްދާލެވުނީ ޔަޒިންގެ ކަރުގައެވެ. ޔަޒިންވެސް ރީމާއަށް ހިމާޔަތް އިހުސާސް ކޮށްދިނުމުގެ ގޮތުން އެ ހަށިގަނޑުގައި  އަތްވަށާލިއެވެ. ރީމާގެ ކިރިޔާ ނުޖެހި އިން މޫނަށްޔަޒިންގެ ހޫނު ނޭވާތައް އެޅެމުން ދިޔައެވެ. އެ ދެމީހުންނަށް ނޭނގިވިޔަސް އެހެން ދުނިޔެއަކަށް ދައުވަތުދެވުނު ހިނދުކޮޅެކެވެ. ރީމާއަށް އެ ކުރެވުނު އިހުސާސުން ދެލޯމަރާލެވުނެވެ. ބާރު ގުގުރީގެ އަޑުން ސިއްސައިގެން ގޮސް ޔަޒިން ދުރުކޮށްލެވުނެވެ. އަދި ގޭތެރެއަށް ދުއްވައިގަނެވުނެވެ.

ހުވަފެނެއް ފެނިގެން ތެޅޭހެން އަޔާޒު ތެޅެމުން ދިޔައެވެ. ކައިރީގައި އޭނާގެ ބައްޕަ އިނެވެ. ނަމަވެސް އެކަމެއް އިޝާމަކަށް ރޭކާވެސްނުލައެވެ. އެ ގުގުރީގެ ސަބަބުން ސިއްސައިގެން ގޮސް އަޔާޒަށް ހޭލެވުނެވެ. ރީމާއޭ ކިޔައި ހަޅޭއްލަވައިގަނެވުނެވެ. ނިދިތާއްޔާ ޖެހި ޖެހި އިން އިޝާމްވެސް ދިޔައީ ސިއްސައިގެންނެވެ. އަޔާޒުގެ ބޮޑުވެފައިވި ލޯ އަނެއްކާވެސް މެރިގެން ދިޔައެވެ. އިޝާމް އަވަސް އަވަހަށް ޑޮކްޓަރުން ގެނައެވެ. އަދި ވީގޮތް ކިޔައިދިނުމުން ޑޮކްޓަރު އޭނާކައިރިން ބޭރުގައި މަޑުކުރުމަށް ބުންޏެވެ.

ގޭތެރެއަށްވަން ރީމާ ގޮސް ކޮޓަރިއަށްވަދެ ލެވެމުންދިޔަ ފުންނޭވާތަށް ކޮންޓްރޯލް ކުރަން އުޅުނެވެ. ރީމާ ތެތް އެއްޗިހި ބަދަލު ކުރިއިރުވެސް ވަނީ ކޮންމެސް ކަމަކަށް ގެއްލިފައެވެ. އިރުކޮޅެއްފަހުން ފާތުމަ ގޮވާލިއެވެ. “ރީ ނުކުމެބަ ވަރަށް އަވަހަށް ހޮސްޕިޓަލަށް ދާން …” ދޮރު ހުޅުވާލައި ރީމާ ސުވާލުގެ ނަޒަރަކުން ބަލައިލި އިރު ކޮޅުންލައި ނުފެންނަހައި ފާތުމަގެ މޫނުން އުފާވެރިކަން ފެންނަން ހުއްޓެވެ. “އަޔާއަށް ހޭލެވިއްޖެ…” ފާތުމަގެ އެ ޖުމްލައިން ރީމާގެ މެއަށް ހީވީ ފެންއެއްޗެއް އޮއްސާލިހެންނެވެ. ފާތުމައާ އެކީ ރީމާ ހޮސްޕިޓަލަށް ދިޔައީ އޭނާގެ  ހިތާމަތަކަށް  ނިމުން އައީ  ކަމުގައި ޔަގީންކޮށްގެންނެވެ.  ހޮސްޕިޓަލަށް  ވަދެގެންދިޔަ  ރީމާ  ފެނުމުން އިޝާމް އެ ޚަބަރު ދިނެވެ. އަދި ޑޮކްޓަރުން ބަލަމުންދާކަން ބުނެދިނެވެ.

Share Article

Follow Me Written By

Uhthoo

Level 210 Stories100 Comments100 Login

"Treat others as you wish to be treated" mom says.. dream it.. achieve it.. love to read.. love to be an author...❤️

Other Articles

Previous

ނޫރު (ސައުރަތިރީސްވަނަ ބައި)

Next

ހަޔާތުގެ ދިރުން

Next
February 10, 2018

ހަޔާތުގެ ދިރުން

Previews
February 10, 2018

ނޫރު (ސައުރަތިރީސްވަނަ ބައި)

21 Comments!

  1. Hana says:
    February 10, 2018 at 10:24 am

    Ayaa and reema gulheyne dw

    1. thuhoo says:
      February 10, 2018 at 10:29 am

      Vedhaane thihen vess ? see dhw next part

  2. EHLEE says:
    February 10, 2018 at 10:35 am

    Wow v reeti mi part vaxx. Ayaa rangahlu veetha eh eeh dhen

    1. thuhoo says:
      February 10, 2018 at 10:44 am

      Hehe ehenthaa eveee… Dhwww dhn balamaa vaagotheh….thanks EHLEE

  3. aish says:
    February 10, 2018 at 10:47 am

    When next part ?
    Waiting for next part . story was awesome❤??

    1. thuhoo says:
      February 10, 2018 at 11:12 am

      now um writing that. Nimunhaa avahakah upload kuraanan inshallah thnks dear?☺??

  4. Icy♡ says:
    February 10, 2018 at 11:13 am

    Dhn kihineh baa vaany
    Avahah up kohdheebaa
    Curious to know what will happen next
    …Lots of love

    1. thuhoo says:
      February 10, 2018 at 11:17 am

      yes um writing now … ebaintha idea eh dhn vaane gothuge… mihaaru reemaa gr hiyy yazin ah dhevifa vee…so?

  5. ishnash says:
    February 10, 2018 at 11:25 am

    Mi part vx vvvv rythi dhn yazin ah vaany kihinehh

  6. Beauty?? says:
    February 10, 2018 at 11:31 am

    Ayaaz and reema gulhey ne kamah heekuran , next part ga egothah vaanebaa

    1. thuhoo says:
      February 10, 2018 at 12:53 pm

      thanks.nash? neynge dhw yazin ah vaanegoihh…

    2. thuhoo says:
      February 10, 2018 at 12:55 pm

      vedhaane gotheh hama thee ves beauty?

  7. Sana says:
    February 10, 2018 at 11:38 am

    Alhey varah furihama story eh
    Pls today adhi one part up kohdeeybaa pls pls pls
    Kiyaa hithun pls

    1. thuhoo says:
      February 10, 2018 at 12:56 pm

      trying my best sana.. thankooo❤❤❤?

  8. Pinky shifoo says:
    February 10, 2018 at 11:49 am

    Hii thuhoo ??.. Mi part vx varah varah varah reethi ???… I really like it ??… Kury part ah vx commenteh kohlin bt adhivx publish nuvey… Knme faharaku comment publish nuviyas regular koh mi story kiyan… Varah kiyaalaahihvey mi story mihaaru… Varah inthizaaru kurevey mi story ah… Keep up the good work thuhoo ?????… Sifakurunthah gina vyma vaahaka varah reethi vaane… ???… Waiting for next part…

    1. thuhoo says:
      February 10, 2018 at 1:13 pm

      Wow. thanks shifoo ❤️ regular koh Kiya ehmenah ves varah thanks … mashallah.. sifakurunthah veehaa ves ginain furihama koh geneveythw balaanan inshallah ❤️❤️

  9. Yehtaf says:
    February 10, 2018 at 3:42 pm

    Pls pls ayaa n ryma ingey

    1. thuhoo says:
      February 10, 2018 at 4:30 pm

      Hehe vedhaane thihen vessssssss ?

  10. luba says:
    February 10, 2018 at 5:45 pm

    އަޔާ އާ ރީމާ އާ ބޭނުމީ….. ވަރަށް ރީތި މިބައިވެސް..

    1. thuhoo says:
      February 10, 2018 at 7:05 pm

      Hehe see next part a

  11. Mary says:
    February 10, 2018 at 8:16 pm

    Ayaa n reema gulhuvahchey plx plx..

Comments are closed.


All Right Reserved!