ކުރީގެ އަދަދާއި ގުޅޭ: ” ހުމްމް.. ވަރަށް މިސްޓީރިއަސް.. އެކަމަކު ދެން ތިހެން ކިޔަންޏާ އަހަރެން ދެންއޮތް ބައި ނުވެސް ކިޔާދޭނަން އިނގޭ..” ޖެއްސުންކުރުމުގެ ރާގެއްގައި ޒާރާވެސް ބުނެލިއެވެ.
” އުނހު.. އުނހު.. ދެން ތިހެން ހަދާކަށް ނުވާނެއެއްނު.. އޭރަށް އަހަރެން ކިހާ ދެރަވާނެ.. ތިވާހަކަތައް ޖެހޭނެ ކޮންމެހެންވެސް އަހަންނަށް ކިޔާދޭން.. ” ދެރަވެފައިވާ ރާގެއްގައި ރިޔާ ބުނެލިއެވެ.
” ހެހެ.. ދެން ރިޔާވެސް ދޯ.. ” ރިޔާ އުޅޭގޮތުން ޒާރާއަށް އަނެއްކާވެސް ހެވުނެވެ.
” އޭ ދައްކަބަލަ އޭނަގެ ފޮޓޯއެއް.. ވައިބާއަށް ފޮނުވަބަލަ.. މަ ވެއްޖެ އިރުފާންއަށްވެސް އޭނަ ދައްކާލަން.. ” ޔަޒްދާންގެ ފޮޓޯއެއް ދެއްކުމަށް ރިޔާ އެދުނެވެ.
” އުނހު.. އިރުފާންބެއަށް ދައްކާނެކަމެއް ނެތް.. އަނެއްކާ އިރުފާންބެ ދާންއަށް ސްޕައިކޮށްފާނެ އެއްނުދޯ.. ހެހެ.. ” ޒާރާ ހެމުންހެމުން ފޮޓޯއެއް ނުދައްކާނެކަމަށް ބުނެލިއެވެ.
” ހުމްމް.. އަސްލު ބަލާލަން ޖެހޭނެއެއްނު.. ކާކުތޯ.. ރައްޓެހިންނަކީ ކޮންބައެއްތޯ.. ކޮންބަޔަކާތޯ ގުޅިގެން އުޅެނީ.. ގެއިން ބޭރުގައްޔާއި ވަޒީފާއިން ބޭރުގެ މާހައުލުގައި އުޅެނީ ކިހިނެއްތޯ.. ޕޮލިހުގައި އުޅުނަސް އެއީ ހަމައެކަނި އަދި އަދާކުރާ ވަޒީފާއެއް.. މީހާއަކީ ރަނގަޅުމީހެއްތޯ ނުބަލައި އުޅެނިކޮށް ކިތަންމެ ބޮޑު ލަނޑެއްވެސް ލިބިދާނެ.. ކިތަންމެ ރަނގަޅުހެން ހީވިއަސް އަސްލު އެއީ އޮޅުމަކަށްވެސް ވެދާނެ.. އަހަރެން މިހެން މިބުނީ ޒާރާއަށް ދެރަގޮތެއްވާން ނޭދޭތީ.. އިރުފާން ގާތުގައި ބުނަނިކޮށް ކުޑަކުޑަކޮށް ބަލާލަދީފާނެ.. ” ރިޔާ ވިސްނައިދިނެވެ.
” ތިއީވެސް ތެދެއް.. އެކަމަކު އަހަރެން ދާންއަށް އިތުބާރުކުރަން.. ދާންއަކީ ޕޮލިހެއްވީމަ އިރުފާންބެ ސްޕައިކުރަން ހަދައިގެން ދާންއަށްވެސް އެކަން އެނގިދާނެ.. އެހެންނޫނަސް އެހާބޮޑަށް ސްޕައިކުރާހިތެއް ނުވޭ އަސްލު.. އަހަރެން ދާންދެކެ ވަރަށް ލޯބިވޭ.. އެކަމަކު އިނގޭ އަހަރެން އަހަންނަށްޓަކައި ވިސްނަންޖެހޭނެކަން.. ފޮޓޯއެއް ފޮނުވާނަން އިނގޭ.. ފަހުން.. ” ޒާރާވެސް އެންމެފަހުން ފޮޓޯއެއް ފޮނުވަން އެއްބަސްވިއެވެ.
” އޯކޭ. އޭ އަނީގާ އެބަ އަހަންނަށް ގޮވާ.. މިވަގުތު ބާއްވަނީ އިނގޭ.. ” އެހެންބުނެފައި ރިޔާ ފޯނުބޭއްވިއެވެ.
” ދާން ގާތުގައި ނުބުނެ ދެން އަހަންނަށް އެންމެ ފަސޭހައިން ދާންގެ ފޮޓޯއެއް ލިބޭގޮތްވާނީ ޝައިހާ އަތުން ކަންނޭނގެ ” ދާންގެ ފޮޓޯއެއް ހޯދާނެ ގޮތަކާމެދު ޒާރާ ވިސްނާލިއެވެ.
އެކަމާ ކުޑަކޮށް ވިސްނާލުމަށް ފަހު ޒާރާ ވަފިއްޔާގެ ކޮޓަރިން ނިކުތެވެ. އަދި ޝައިހާގެ ކޮޓަރިދޮރު މައްޗަށް އަރާފައި އެކޮޓަރީގެ ދޮރު ހުޅުވާލިއިރު ޝައިހާ އެނދުމަތީގައި ކުޅެން އިނެވެ.
އެކޮޓަރިއަށް ވަދެފައި ޒާރާ ދޮރުލައްޕާލިއެވެ. އެއަޑަށް ޝައިހާވެސް ބަލާލިއެވެ. ކޮޓަރިއަށް ވަތް ޒާރާ ހަމަ ފެނުމާއެކު ޝައިހާއަށް ވަރަށް ބޮޑަށް ހިނިތުންވެލެވުނެވެ.
” ޒާރާދައްތާ.. އާދޭ ޝައިކޮ ކުޅޭތަން ބަލަން..” ޝައިހާ ޒާރާއަަަަށް ދައުވަތުދިިިނެވެ. ” އާނ.. އެކަމަކު އަސްލު މިއައީ ކަަަމަކު.. ” ޝައިހާ ގާތުގައި އިށީންނަމުން ޒާރާ ބުނެލިއެވެ.
” އެހެންތަ.. ކޮންކަމެއް.. ޝައިކޮ ކޮށްދޭނަމޭ..” ޝައިހާ އިނީ އެއީ ކޮންކަމެއްތޯ އޮޅުންފިލުވާ ހިތުންނެވެ.
” މިއީ ސީކްރެޓެއް އިނގޭ.. އެއްވެސް މީހެއް ގާތުގައި ނުބުނައްޗޭ.. ” ފުރަތަމަ ޝައިހާ ލައްވާ ވައުދެއް ކުރުވަން ޒާރާ ބޭނުންވިއެވެ.
” އާނ. ޔަގީން. ނުބުނާނަން.. ” ޝައިހާވެސް ވަގުތުން އެއްބަސްވިއެވެ.
” ޝައިކޮ ދޮންބެގެ ފޮޓޯއެއް އެބައޮތްތަ؟ ” ޒާރާ އަހައިލިއެވެ.
” އެއްކަލަ ކެމެރާގަ އިން ފޮޓޯ އިންނާނެ..” ކެމެރާގައިވާ ޔަޒްދާންގެ މޭކަޕްކޮށްފައިވާ ފޮޓޯމަތިން ޝައިހާ ހަނދާންވިއެވެ.
” ހެހެ.. ތި ފޮޓޯއެއް ކަމަކު ނުދާނެ.. ޝައިހާ ދޮންބެ މޫނު ރީތިކޮށްއިން ފޮޓޯއެއް ނެތްތަ؟” ކެމެރާގައިވާ ފޮޓޯގެ ވާހަކަ ބުނުމާއެކު ހީލާފައި ޒާރާ ބުނެލިއެވެ.
އެހެންބުނުމުން ޝައިހާ ގެންގުޅުނު ފޮއްޓެއްގެ ތެރޭގައި ހުރި އެއްޗިހިތަކެއް ހާވާލާފައި ޔަޒްދާންގެ އައިޑީ ކާޑް ސައިޒް ފޮޓޯއެއް ޒާރާ އަތަށް ދިނެވެ.
އެފޮޓޯ އެނދުމަތީގައި ބޭއްވުމަށްފަހު ފޯނުން ޒާރާ އޭގެ ފޮޓޯއެއް ނެގިއެވެ. އެއަށްފަހު ފޮޓޯ އަނެއްކާވެސް ޝައިހާ އަތަށް ދިނެވެ.
” ތެންކިއޫ ޝައިކޮ.. ނުކިއައްޗޭ އިނގޭ.. ” ޝައިހާއަށް ހިނިތުންވެލަމުން ޒާރާ ބުނެލިއެެވެ.
” ޒާރާ ދައްތަ ތިހެން ބުނެފިއްޔާ ޝައިކޮ ނުކިޔާނަމޭ.. އިނގޭތަ އެއީ ދޮންބެގެ ތަންކޮޅެއް ކުރީގެ ފޮޓޯއެއް.. ޝައިކޮއަށް ފެނުނީމަ އަވަހަށް ފޮރުވީ.. ” ވަރަށް ފުޅާ ހިނިތުންވުމަކާއެކު ޝައިހާ ބުނެލިއެވެ.
” އެހެންތަ.. އެކަމަކު ތިހެން ހަދާކަށް ނުވާނެއެއްނު.. ޝައިކޮ ވާނެ ތި ފޮޓޯ ދޮންބެއަށް ދޭން.. ” ޒާރާ ބުނެލިއެވެ. އެއަށްފަހު ފޯނުންނެގި ފޮޓޯ ޒާރާ ވައިބާއިން ރިޔާއަށް ފޮނުވާލިއެވެ.
” އޯކޭ.. ޒާރާ ދައްތަ ބުނީމަ މިފޮޓޯ ދޮންބެއަށް ޝައިކޮ ދޭނަން.. ” ޝައިހާ އެހެން ބުނެލީ އަނެއްކާވެސް ހިނިތުންވެލަމުންނެވެ.
***********************
” ޒާރާ ވަރަށް ހައިރާންވިދޯ ކުރީދުވަހު އަހަރެން ޔުނީފޯރމްގަ ފެނުނީމަ.. ” ޔަޒްދާން އަހާލިއެވެ. އޭރު ޒާރާއާ ޔަޒްދާން ވާހަކަ ދައްކަން ތިބީ އެގޭ ސޯފާގައެވެ.
” ހުމްމް.. ” ޒާރާ ކުރު ޖަވާބެއް ދިނެވެ. “ނުބުނީމަ ހިތްހަމަ ނުޖެހިފަތަ؟ ” ޔަޒްދާން އަަަަަނެއްކާވެސް ސުވާލުކޮށްލިއެވެ.
” އުނހު.. އެހެންވެއެއް ނޫން.. އޯކޭ ހަމަ.. ” ޒާރާ ޖަވާބުދިނެވެ. ” އަސްލު ބުނާނެ ގޮތެއް ނޭނގިފައި ހުރީ.. ނުބުނާކަށް ނޫން.. ދެން ފެނުނީމަ ރަނގަޅުތާ ދޯ.. ” ޔަޒްދާން ހީކުރީ ޒާރާ އަދިވެސް ހިތްހަމަނުޖެހިފައި އިނީ ކަމަށެވެ.
” ހުމްމް.. އެކަހަލަ އެއްވެސް ކަމެއް ނުވޭ.. އެކަމަކު ވަރަށް އަޖައިބުވިދޯ.. ” ޒާރާ އޮޅުންފިލުވައިދިނެވެ.
” އަސްލު އެހެންވީމަ ސްކޫލުގަ އުޅުނުއިރު ޒާރާ ނާހަންދޯ އަޑެއް އެ ސެޝަންގަ؟ އެހެންނޫންނަމަ އެނގޭނެއެއްނު ޕޮލިހުގެ ފަރާތުންކަން އައީ.. ފަހުން އަހަންނަށް ހީވިއޭ ނޭނގޭހެން.. ” ޔަޒްދާން އަހާލިއެވެ.
” އާނ.. ކިހިނެއްތަ އަޑުއަހާނީ.. އެވަރަށް އުދަގޫވި އަދި ފޫހިވެސްވި.. އެކަމަކު ރީޒަންސް އެހެންކުދިންނާ ތަފާތުދޯ.. ” ޒާރާ އެހެންބުނެލީ ޔަޒްދާންގެ މޫނަށް ބަލާލާފައި ހިނިތުންވެލަމުންނެވެ.
” ހެހެ.. އަހަރެން ވަރަށް ސީރިއަސް ސުވާލެއް ކޮށްލަންތަ؟ ” ހުނުން މަތަކޮށްލާފައި ޔަޒްދާން އަހާލިއެވެ.
” ހުމްމް.. ” ޒާރާވެސް އިނީ ޔަޒްދާން ބުނަން އުޅޭ އެއްޗެއް އަޑުއަހަން ތައްޔާރުވެގެންނެވެ.
” މިވާހަކަ ނުދައްކަން އަހަރެން މިހުންނަނީ.. އެކަމަކު.. މިނޫން ގޮތެއްވެސް ނެތް.. ޒާރާއާ އަހަރެންގެ ކައިވެންޏާ ގުޅުން ހުރި ވާހަކައެއްމީ.. ޒާރާ ބޭނުމިއްޔާ މިހިސާބުން ނުދައްކާވެސް ހުރެވިދާނެ.. އަދިވެސް ފަސްކޮށްލެވިދާނެ.. ހަމަ ޒާރާ ބޭނުންގޮތެއް އޮތީ.. ” ޔަޒްދާން ޒާރާއަށް އޮޅުންފިލުވައިދިނެވެ.
” އޯކޭ ބުނެބަލަ.. ބޭނުން އަޑުއަހަން.. ” ޒާރާ އިނީ ޔަޒްދާން ބުނަން އުޅުނު އެއްޗެއް ނުބުނެގެންނެވެ.
” ޒާރާ ބޭނުންގޮތެއް އޮތީ މިކަމުގައިވެސް.. ޒާރާ ބޭނުންވަނީ ވަލީވެރިއެއްތަ؟ ނޫނީ ވަލީވެރިއަކާ ނުލާ ކައިވެނި ކުރަންތަ؟ މިކަމުގައި ދެގޮތެއް އެބައޮތް.. ޒާރާ ކޮންމެ ގޮތެއް ބުނިކަމުގައިވިއަސް އަހަރެން ގަބޫލުކުރާނަން.. ” ޔަޒްދާން ބޭނުންވަނީ ޒާރާ އެދޭގޮތަކަށް އެކަން ކޮށްދޭށެވެ.
” ވަލީވެރިޔާ.. ” ޒާރާ އެހެން ބުނެލީ ލަސްލަހުން ވަރަށް މަޑުމަޑުންނެވެ.
އިޔާޒް ކިތަންމެ ނުބައިގޮތަކަށް ޒާރާއާމެދު ކަންތައް ކުރި ކަމުގައިވިއަސް ޒާރާގެ ގައިގައި ހުންނަނީ އިޔާޒްއާ އެއްލެޔެކެވެ. ޒާރާގެ ހިތުގެ ވަރަށް އަޑީގައި ބައްޕައަށްޓަކައި އަދިވެސް ލޯބިފޮރުވިފައިވެއެވެ.
ވާނީ އެހެންނެއް ނޫން ހެއްޔެވެ. ޒާރާއަކީ އިޔާޒްގެ ދަރިއެކެވެ.
” ކާކު؟ ” ޔަޒްދާން ސުވާލުކޮށްލިއެވެ.
” އެކަމަކު ބައްޕަ ޖަލުގަ ހުންނަ މުއްދަތު ހަމަވީމައެއްނު.. އަދި ބާކީ 15 އަހަރަށްވުރެ ގިނަ އަހަރު އެބައޮތް. ތިމާގެ މީހަކު ނާންނާނެ.. ބައްޕަ ހައްޔަރު ކުރިކަން އެނގުމުން އެމީހުންވަނީ އެއީ އަހަރެންނާއި ހެދި ވީގޮތެއް ކަމަށް ބުނެފައި.. ދެބޭންގެ ދެދަރި ކުދިންވެސް ތިބޭނެ.. ވަލީދެވޭކަހަލަ ކުދިން.. އެކަމަކު.. އެކުދިންގެ މައިންބަފައިން.. އެއީ ބައްޕަގެ އެއްބަނޑު އެއްބަފާ ބޭބެމެން އޮތީ އެކުދިން ގާތުގައިވެސް އަހަންނާ ގުޅުން ކަނޑާލާށޭ ބުނެފައި.. އަހަރެން ބުނާ އެއްވެސް ކަމެއް ނުކޮށްދޭށޭ ބުނެފަ.. އެކުދިން އެކަމަކު އަހަންނާ ވާހަކަދައްކާނެ.. ބުނެފިއްޔާ ވަލީވެސް ދޭން އުޅެފާނެ.. އެކަމަކު އޭރަށް އެކުދިންގެ މައިންބަފައިން އަނެއްކާވެސް ރުޅިއައުން ނޫން ކަމެއް ނުވާނެ.. ޑައިރީ ކީމަ ދާންއަށް އޮންނާނީ މިހާރު މިކަންތައް އެނގިފަ.. އަހަރެން ބޭނުމެއް ނޫން.. އެކުދިން އެހެންވާކަށް.. އެކުދިންދެކެ މައިންބަފައިން ރުޅި އަންނާކަށް. ދެން ހިނގާ ވަލީވެރިޔަކާ ނުލާ ކައިވެނިކުރަން.. ” އެތައް ވާހަކައެއް ދައްކާދައްކާފައި އެންމެފަހުން ޒާރާ އެހެންބުނެލިއެވެ.
” ޒާރާ ބޭނުމިއްޔާ ޒާރާގެ ބައްޕަގެ ހާޒިރުގައި މިކައިވެނިކުރެވޭނެ.. އަހަރެން އެގޮތް ހަދާދީފާނަން.. އެކަމަކު އެއީތަ ހަމަ ޒާރާ ބޭނުންގޮތަކީ؟ ” ޔަގީންކަމެއް ހޯދުމުގެ ގޮތުން އަނެއްކާވެސް ޔަޒްދާން އަހާލިއެވެ.
” އާނ.. ބައްޕައަކީ އަސްލު އަހަރެންގެ ވަލީވެރިޔާ.. އަހަންނަށްވެސް ބައްޕައަށް ހިތާހިތުން އެއްޗިހި ކިޔައިގެން ބަދަލުހިފާ ހިތުން ކުރީގައި އެއުޅެވުނު ގޮތަކީ އެންމެ ރަނގަޅު ގޮތް ނޫންކަން އަހަންނަށް މިހާރު އެނގޭ.. އެއީ ބައްޕަ އަމަލުކުރިގޮތަކީ މާާތް ﷲ އަހަންނާ ކުރިމަތިިިިިިިކުރެއްވި ވަަަރަށް ބޮޑު އިމްތިހާނެއް. އެއިމްްްްްތިހާނު އަަަަަހަންނާ ކުުުުރިމަތިކުރެެެއްވީީ އަހަރެން ހަަަދަނީ ކިިިިހިނެއްތޯ ބަލަން.. އަަަަހަރެންގެ ކެތްތެރިކަން ބަލަން.. އެެެެެހެންވީމާ ކުރީގައި އަހަރެން އެއޮތީ އެެ އިމްތިހާނުން ރަނގަަަަޅަށް ފާސްނުވެެެެެފައި.. ބައްްްޕަގެ ސޫރަދެކެން ބޭނުންނުވުމާ.. ބަދަލު ހިފާ ހިތްވެގެން އަހަރެން އެ އުޅުނު ގޮތަކީ އަސްލު ރަނގަޅު ގޮތެއް ނޫން.. އެެެެއީ އެއިމްތިހާނުންް އަަަަަަަހަރެން ފާސްނުވި ސަަަަބަބަަަކީވެސް އެއީ.. އަސްްްްލު ރަނގަަަަޅު ގޮތަަަކީ ބައްްްްްޕައާމެެދުވެސް ނުބައިކޮށް ނުުުުުުުދެކުން.. އަަަަދި އެއީ ބައްޕަ އަހަންނާމެދު ކޮންމެ ގޮތަކަށް ކަންތައް ކުރިކަމުގައި ވިއަސް .. އަހަރެން ބަަައްޕައާމެދު ދެެެެެކެން ޖެހޭނީ އަަަަަަަބަދުވެސް ހެޔޮކޮށް.. އެ އިިިމްތިހާނުގައި ފާާާާާސްވީކަމަށް މާާތް ﷲ ބައްލަވާނީ އޭރުން.. އެކަމަކު އަސްލު މީީީީީީހަކު އެކަހަލަ ކަަަަަަމެއްކުރީމާ ގިނަ މީހުންނަށް ހަމަ އެމީހަކާ މެދު ހިތް ނުބައި ކުރެވޭ ގޮތްވޭ.. އަހަންނަށްވެެެސް ކުރިންްްވީ އެހެން. އެއީ އިންސާނީ ތަބީއަތު.. އެކަން އަސްލު އިމްތިހާނަކަށް އެވަނީވެސް އެހެންވެގެން.. އެެެެކަމަކު މިިިިިިހާރު އަހަންނަަށްވެސް ވިސްނޭ.. އެހެންވީމަ ބަަައްޕައަަަށް ވަަަލީވެރިޔާގެ މަގާމްދީގެންވެސް އަދިިިިިވެސް އަހަންނަށް އެެެެެއިމްތިިިިިިހާނުން ފާސްްްްްްްްްވެވިދާނެ.. މިހާރު އަހަރެެެެން ބޭނުމެއްވެސް ނޫން ބައްޕައާމެދު ނުބައިކޮށް ހީކުރާކަށް.. އެެެއީ ވަަަަަރަށް ގޯޯޯސް ސިފައެެެެއް.. އަހަރެން ބައްޕަ ޖަަަަަލަށްލީ ތަނާހެން އަސްލު ބަަައްޕަަައަށް މާާާފުވެެެެސް ކޮށްްްްްފިން.. ” ހިތުގައި ފޮރުުުުުުުވިފައިވާ އިިިހްސާސްތައް ޒާާާާރާ ދާންއަަަަށް ކިޔާދިނެެެވެ.
” ޒާރާއަށް ވަރަށް ވިސްނޭ.. އަހަރެން ވަރަށް އުފާވޭ ޒާރާ އަހަރެންގެ ހަޔާތަށް އަންނަން އުޅޭތީ.. އަހަރެން ޒާރާގެ ބައްޕަ ގެނެވޭ ގޮތެއް ހަދާނަން.. އެކަމާ ޒާރާ ހާސްނުވޭ.. ޒާރާގެ ވަލީވެރިއަކަށް ވާނީ ޒާރާގެ ބައްޕަ.. ޖަލުން ދޫކޮށްލާ މުއްދަތު ހަމަ ނުވިއަސް އެކަން ކުރެވޭނެ ގޮތްތައް އެބަހުރި.. ” ޔަޒްދާން އިތުރަށް އޮޅުންފިލުވާދިނެވެ.
34 Comments!
Comments are closed.
Varah reethi maakury
Sorry hairaan.. dhen in part thankolheh dhigu koh genesdheynan.
Thankyou ☺???
varah hairaan vehge ?
Mi story vrh furihama ??❤❤
Ekm maakury . . . thankolheh dhigukoh genesdhyba pls
Thankyou Aish.. dhen part eh thankolheh dhigu kohla dheynan ???☺
Chaaley chaaley thankolhe kury adhi miahvuren dhigukuraane Kamah ummeeedhu kuran ?????
Bappa dhiri huhtaa eheh myhakah valyveriakah nuveveyne
Thy kuh hiyeh.bappa eguniyya huhtas velvet kan kureveyne kithahme bayakah..ehen noonas nervously vaahaka eh.
Aslu Bappa huree aa Valeee dhinun hahgu Kan border Bappa ah.
Thankyou Shiu ☺???
Hahggu Kan bodee*
Thy kuh hiyeh bappa dhuniyeyga hutas valyverikan ehen meehunves kuraey.
Yeah.. Bappa huhdha dheefiyya dhen thibi valeevaerinnah ves Valerie dhevyne
Valee*
Reethi ??
Thankyou shuhu ???
V reethi mi story Kon irakun next part?
Hehe iraa .. avahah genesdheveytho mibalanee ?Thankyou ???
Maashaa Allah varah furihama but Haadha kurey
Pls today adhi one part up kohdeeybaa pls pls kiyaa hithun hama ???????????????
Thankyou Sana ☺???
…Varah furihama when next part up kohdeyny
Thankyou nashko ☺???
Umm my comment was in no way meant to upset you or put you down. It was merely meant as a suggestion so that you can improve that point in the future. But clearly have ended up upsetting you so for that I am really very sorry and wanted to say I won’t say anything in the future. Continue the good work and clearly fan eh v ma I’m reading this story from the beginning to end
…
Hey umm my comment was in no way meant to put you down or upset you. It was merely meant as a suggestion so that you can improve on that point in the future. But clearly I have upset you and for that I really am very sorry and wanted to say I won’t say anything in the future. Clearly I’m a fan of your work, which is why I’m reading this story from beginning to end. Continue with the good work 🙂
It’s ok.. im not upset .. but ehen kiyuntherin ge faraathun ves thikahala konmment eh aisfaanethy bunelee. And believe kohfaanethy.. not everything about a story is true.. it’s ok .. khiyaalu faalhu kureveyne .. Thankyou curious ☺???
vvvvv salhi story eh
kiyaa foohinuvey so dhen anna part dhigukhla dheeba
Thankyou juma ☺???
Comment post nuvegen double vefa eheree lol
It’s ok ☺
Hii crystal ??.. Mi part vx varah reethi… Waiting for next part..
Thankyou shifoo ??☺?
Kba26