Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ހިތްވަރު…

hash Level 1
August 14, 2018 One Min Read
18 Comments

މާގަނޑުން ފައިބަމުންދިޔަ ފެންތަށް އެރީތި އޮމާން ދޮންމޫނުގައި ޖެހިފައި އޮހޮރިގެން އެދަނީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ.   މާގަނޑުދަށުގައި އެހެން އޭނާ ހުންނަތާ މިހާރު ކޮންއިރެއް ހެއްޔެވެ؟ ހީވަނީ އެއްވެސް މަންޒިލެއްނެތި ދަތުރުކުރާ މުސާފިރެއްހެން ނެވެ. ލޮލުން ކަރުނަ އަޔަސް، އެކަރުނަތަށް ދަނީ އޮހޮރެމުންދާާ ފެންތަކާއި އެކުވެގެންނެވެ. ނަޔާގެ މުޅި ހަޔާތް އެވަނީ ވީރާނާ ވެފައެވެ. މިއޮއް ހުރިހާދުވަހު ބިނާކުރަމުން އައި ހުވަފެންތައް އެވަނީ ބިލާހަކަށް ވެފައެވެ. މުޅި އުމުރަށް ވޭނާއި ކެކުޅުން ތަކުގައި އުޅެން ޖެހިފައެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީއަނިޔާގެ ތީރުތަށް އޭނާއާ ދިމާލަށް ދިއްކުރާ ތަނެވެ. އެހެން ހީނުވާންވި ސަބަބެއް ނެތެވެ. އާއިލާގައި ހުރިހަމައެކަނި ދައްތަގެ ފިރިމީހާގެ ޝިކާރައަކަށް   އެމައުސޫމް ކުއްޖާވާތާ މިހާރު 3 އަހަރު ވަނީއެވެ. މީހެއް ކައިރީ ބުނާނީވެސް ވަކި ކިހިނަކުން ހެއްޔެވެ؟ ގޭގައި އިތުރު    މީހަކު ހުރީކީނޫނެވެ. ބައްޕަ ސާހީން އަކީ ދުބާއީގައި މަސައްކަތް ކުރާ ވިޔަފާރި ވެރިއެކެވެ. މަންމަ ހާފިޒާ އަކީ އޭޑީކޭ ގައި މަސައްކަތް ކުރާ ޑޮކްޓަރެކެވެ. ދެމީހުންކުރެ އެކަކުވެސް  ނަޔާއަށް ދޭންޖެހޭވަރަށް ވަގުތެއް ނުދެވެއެވެ. އެހެންނޫނަސް އެމީހުން ވަގުތު ދޭނެހެއްޔެވެ؟ ނަޔާގެ ކިޔެވުން ހަލާކުވުމުން މަންމަމެން ނަޔާ ބާކީ ކޮށްލިއެވެ. އެމީހުން ގެ ހަޔާތުންނާއި އެމީހުން ގެ ދަތުރުތަކުން ނަޔާ ބާކީކުރީ އެހެން މީހުން ކުރިމަތީގައި އެމީހުން ލަދު ގަންނާތީކަން ނަޔާގެ ސިކުނޑިއަށް ވިސްނުނެވެ. އެކަމަކު އެހެންވާން ޖެހުނީ ކީއްވެގެން ހެއްޔެވެ.؟ ދައްތަ ގެއަށް ވެއްދި މީހާގެ ސަބަބުންނެވެ. އޭނާގެ ވަކިތަކުގެ ދަށުގައި ނަޔާ ވާންފެށި ފަހުން ކިޔަވަން ޖެހޭވަރަކަށް ނުކިޔެވުނެވެ. ގްރޭޑް 9 އިން ފަށައިގެން “ޑީ” ރިޕޯޓް އަކައް ވެއްޓުނެވެ. އެންމެފަހުން އޯލެވެލް އިންވެސްް ފާސްވީ އެންމެ 2 މާއްދާ އިންނެވެ. ކޮންމެ ދުވަހަކު އެއަނިޔާތަކާ ކުރިމަތިލާން ޖެހޭއިރު ކިޔަވާނީ ކިހިނެއް ހެއްޔެވެ. ދޮންތަ މަސައްކަތް ކުރަނީ ކްލިނިކެއްގައެވެ. ގެއައް އާދެވެނީ ދަންވަރުއެވެ. އެނުބައި މިހާ ނަޔާއަށް ހަދާނެގޮތެއް ހަދާން ކިހާވަގުތެއް ލިބޭނެ ހެއްޔެވެ؟

ހީކަރުވާހެން ހިވުމުން ނަޔާ އަވަސް ކޮށްލައިގެން ގައިގައި ހުރިފެން ތަށް ފުހޭން އަވަސްވެގަތެވެ. ނަޔާގެ އެނާޒުކު ހަށިގަނޑުގެ އެތަން ތަނެއް ދުޅަވެ ބަޑި އަރައިފައި ވެއެވެ. “ބާތު ރޮބް” ގަޔަށް ހެޔޮވަރުކޮށްލައި އެނދުމަތީއޮތް ފާޒިލް ފެނިފައި ނަޔާ ހުއްޓުން އެރިއެވެ. ދެލޯ ބާރަށް ފިއްތާލީ އެވޭންތަށް މިރޭވެސް ތަހަންމަލް ކުރަން ޖެހޭނެތޯ ހިތާއި ސުވާލު ކުރަމުންނެވެ. އެޖާދުވީ ދެލޮލުން ކަރުނަ މުތީތަކެއްހެން ވިދަމުން ދިޔައިރުވެސް  ފާޒިލް އައިސްފައިވާ ނުލަފާހިންޏަކަށް ބަދަލެއް ނާދެއެވެ. އެނދުގައި އޮތް ބެޑްޝީޓް އެއްކައިރި ކޮށްލީ އަންނާށޭ ބުނާ ފަދައިންނެވެ. ނަޔާގެ ދުލުން އެއްޗެކޭ ނުބުންޏަސް އޭނާގެ އެފެހި ކަޅިން ފާޒިލް އާދިމާލަށް ނުބަލައިވޭތޯ ބެލިއެެވެ. އެންމެފަހުން ފާޒިލް އެނދުން ތެދުވެ ނަޔާކައިރިއަށް އައިސް ނަޔާއެނދާ ދިމާލަށް ގެންދާން މަސައްކަތް ކުރިއެވެ. އޭރުވެސް ނަޔާ ދިޔައީ ގަދަދައް ނަމުންނެވެ. ރޮމުން އާދޭސް ކުރަމުން ނެވެ..

ކުއްލިއަކަށް ދޮރުހުޅުވާލި އަޑަށް ދެމީހުންނަށް ވެސް ބަލާލެވުނެވެ. ދޮރުމަތީ ދެލޯބޮދުކޮށްގެން އެހުރީ ނަޔާގެ ދޮންތައެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުން އޭނާ ބަލައިލީ ބިންމަތީއޮތް ފާޒިލް ގެ ގަމީހަށެވެ. އަދި ނަޔާގެ މުހިފައިވާ “ބާތު ރޯބް” އަށެވެ. ދޮންތަގެ ހައިރާންކަން ރުޅިއަށް ބަދަލުވީ ނަޔާގެ ލޮލުން އޮހެރެމުންދާ ކަރުނަތަށް ފެނިފައެވެ. ފާޒިލް ގަމީސްނަގައި ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. ދޮންތަ ދޮރުމަތީ ހުރިނަމަވެސް އޭނާގެ ގަދަކަން މަތީ ދިޔައެވެ.ނަޔާއަށް ވެސް ދިޔައީ އިސްދަށަށް ޖަހައިގެން ހުރެގިސް ލެވެމުން ނެވެ. ދޮންތަ ފާޒިލްގެ ކުރި ބެއްދި އެވެ. ދެންއިވުނީ ފާޒިލްގެ ކޯމަތީ ދޮންތަގެ އަތްތިލައިން ވިއްލައިލި ހުނު އެތިފަހަރުގެ އަޑެވެ. ނަޔާ ބަލައިލިއިރު ފާޒިލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދޮންތަ ސިޓިން ރޫމްއަށް ނިކުމެ ވަގުތުން ޕޮލިހަށް ގުޅިއެވެ. މަންމައަށް ވެސް ގުޅައިގެން ގެނައެވެ.އޭރުވެސް ނަޔާ ދިޔައީ ގިސްލާ ރޮމުންނެވެ. 3 އަހަރު ފަހުން ނަޔާގެ އުފާވެރި ހަޔާތް އަނދާއަޅިއަށް ވިގޮތް އެންމެން ކުރިމަތީ ނަޔާ ކިޔާދިނެވެ.އެދުވަހަކީ މަންމަ އާއި ބައްޕަގެ ހިމާޔަތުގެ ދަށަށް ނަޔާ އައި ދުވަހެވެ.. މިކަން މިގޮތަށް މެދުވެރިވާން ޖެހުނި ދެމީހުންގެ ފަރުވާކުޑާކަމުންކަން ހާފިޒާ އާއި ސާހީން އަށް އެނގުނެވެ. ޖެހިގެން އައި ދުވަހު ނަޔާގެ ބައްޕަ ސާހީން ވެސް މާލެ އައެވެ. އެދުވަހު ފާޒިލްގެ މައްސަލަ ތަހުޤީގު ކުރަން ފަށައި އޭނާގެ ބަންދަށް 2 މަސްދުވަސް ޖެހިއެވެ.

ނަމަވެސް މިހާރު ވަގުތު ފާއިތު ވެއްޖެއެވެ. ވެދިޔަ ކަންކަން އަނބުރައި އިއާދައެއް ނުކުރެވޭނެއެވެ. ނަޔާ މީހުންގެ ތެރެއައް ނިކުތުމަށް ބޭނުންވަނީ ކުޑަ ހިއްވަރެކެވެ. އެއީ ނަޔާ 3 އަހަރު ވާދެކަށް ކުރި ހިއްވަރެވެ. މިއަދުވެސް އޭނާގެ ލޮލުގައި ފިޔަޖަހަމުން އެދަނީ ހަމަ އެހިއްވަރެވެ.

Share Article

Follow Me Written By

hash

Level 1

hi all.. I am 15 and i study grade 10 in Maavashu school.. i love reading and writing... hope u guys will like my stories..plx leave a feedback.. ur feedback is always my success..??

Other Articles

Previous

ކުށަކާނުލައި – 5 ވަނަބައި

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 6

Next
August 14, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 6

Previews
August 14, 2018

ކުށަކާނުލައި – 5 ވަނަބައި

18 Comments!

  1. yaakko says:
    August 14, 2018 at 9:33 am

    nice

    1. hash says:
      August 14, 2018 at 3:27 pm

      thanks..?

  2. Naafi says:
    August 14, 2018 at 12:30 pm

    Really wonderful story.. And 15 year ge kuhjakaa balaafa habeys.. Hope will get more storys from u.. Gud luck.. And best wishes.. ????

    1. hash says:
      August 14, 2018 at 3:29 pm

      aww… thnks for the swwt comment naafi.. yes insha allah ithuru vaahaka thah ves ebahuri…thx for reading…??

  3. Musai Fa ? says:
    August 14, 2018 at 6:04 pm

    Hey Hash…. Nice story… Waiting 4 ur new story… Maasha allah…. ?

    1. hash says:
      August 14, 2018 at 6:47 pm

      thnkx dear.. insha allah v avahah new story eh up kohdheynan.. are u musaifa???? from maavah??

    2. Musai Fa says:
      August 15, 2018 at 11:04 am

      Hmm miyo ma… hehe…

  4. hash says:
    August 14, 2018 at 6:50 pm

    hi all…. this is my first kuruvaahaka.. i know spelling mistake hurikan cuz check nukok up vee..?? any way hope u guys will like it and plx leave a feed back..thnks for reading..???

  5. ? says:
    August 14, 2018 at 10:42 pm

    Koba ‘mashakyves myheh’ ge nxt part

    1. hash says:
      August 14, 2018 at 11:17 pm

      sorry for the delay..school buxy v ma nukiyunee..mihaaru midhanee liyamun..??

  6. Sausan ?? says:
    August 15, 2018 at 8:40 am

    Hash dear v loabi mi story.. I know 10 ga ulhemyn v undhagoo vaanekan ekamuves thikahala story genes dheythi.. ??V happy vi sis ge hashko story liyan fesheema.. Study well.. ??sis abadhuves edheny kaamiyaabah.. See u in November.. ??

    1. hash says:
      August 16, 2018 at 8:02 pm

      alhey so touched sausan sis??..hmm insha allah test thah ninmaalaafa v gina story upkohlaanan..thanks for ur support..ya cant wait to see u in november..miss u sooooo much sissy..???????

  7. rappe says:
    August 17, 2018 at 2:51 pm

    V salhi story

    1. hash says:
      August 17, 2018 at 4:42 pm

      thnks rapppe..??

  8. Dhaan ? says:
    August 18, 2018 at 7:11 am

    Babe. This is so much better than I expected from you. Adhi, improve vaane! Kuda hiyvareh! Alhugandu ge help abadhuvess hash ah libeyne!-cox you are my girl! N you will always be! V v loabivey! ❤?

  9. hash says:
    August 18, 2018 at 7:19 am

    awwn thnk u soo much dhaan..love u 2..?

  10. meeheh says:
    August 20, 2018 at 1:58 am

    hey hash do you know athoof and anooh from maavashu

  11. hash says:
    August 20, 2018 at 12:10 pm

    sorry dear..thi name kiyaa kijjeh noolhey maavashaku.. thanks for reading?

Comments are closed.



All Right Reserved!