އަވާމެންދުރު 2
އެވަގުތުގެ ޗެޓް ދެގަޑިއިރު ދެމިގެން ދިޔައެވެ. އެކަކު އަނެކެއްގެ ކޮމަން ވާހަކަތަށް ޝެއަރ ކުރުމުގައެވެ. ހޮބީސްތަކާ ބެހޭގޮތުންނެވެ. ދެމީހުން ލައިކްވާ ކަންތަކާ ހިތްހަމަ ނުޖެހޭ ކަންތައް ތަކުގެ ވާހަކައެވެ. އެންމެ ބަލާފޫހި ނުވި ފިލްމުގެ ވާހަކައެވެ. އެހާހިސާބަށް ދިޔުމުން ދެމީހުންނަށްވެސް ހީވީ އެކަކު އަނެކަކު ދަންނަތާ އަހަރުތަކެއް ވެއްޖެ ހެންނެވެ. ޔާނިޝް އަކީ ވަރަށް އުފެއްދުންތެރި މީހެއްކަހަލައެވެ. ޔާނިޝް އާއި ސިމްރަންގެ ވަރަށްގިނަ އެއްގޮތް ކަންތައް ހުރިކަމަށްވިއެވެ. ޑާންސުކުރުމާއި، މިޔުޒިކް،ފިލްމާއި ދަތުރު ދުރު ތަންތަނަށް ދިޔުން މިއީ ދެމީހުންގެ ވެސް ކޮމަންކަންތައް ތަކޯލައެވެ.
ކާއެއްޗެތިން ސިމްރަން ބޭނުންވަނީ ޗައިނީސް ކެއުމެވެ. ޔާނިޝް ބޭނުންވަނީ އިޓަލީ ކެއުމެވެ. ޔާނިޝް ބޮޑަށް ލޯބިކުރަނީ ކުރަހާށެވެ. އެކަމަކު ޕުރޮފެޝަން އެއްގެ ގޮތުގައި ކުރެހުން ނެގޭކަށް ނެތެވެ. މަންމަ،މެން ޤަބޫލް ނުވީމައެވެ. ދުވަސްތައް ފާއިތު ވިވަރަކަށް ދެމީހުންގެ ގުޅުން ބަދަހިވަމުން ދިޔައެވެ. އަދި ވާހަކަ ދައްކާ ވަގުތު ގިނަވަމުން ދިޔައެވެ. މީގެ ކުރިން ހުސްފޮތްތަކާއެކު ވަގުތު ހޭދަ ކުރި ސިމްރަންއަށް ލެޕްޓޮޕްއާއި ނުލާ ނުވެސް ކެވެއެވެ. ފޮތްތައް ވީ އެއްފަރާތުގައެވެ. ލެޕްޓޮޕް އޮންނަނީ އަބަދުވެސް ސިމްރަންގެ އަތުގައެވެ.
ޔާނިޝް: އެއްވެސް މީހަކާ ރައްޓިހިނުވަންތަ އަދި؟
ސިމްރަން: ނުވަން ކިހިނެތްވީ، ޔާނިޝްގެ ވާހަކަ ކިޔާބަލަ އެއީނު ޓޮޕިކް އަދި
ޔާނިޝް: ތަންކޮޅެއްކުރިން ހަމަ ރާއްޖޭ ކުއްޖަކާ ރައްޓިހިވިން، އެކަމަކު މިހާރު ބުރޭކް ވިތާ ދުވަސްކޮޅެއްވެއްޖެ. ރާއްޖޭގެ އަންހެން ކުދިންނަށް އިތުބާރެއް ނުކުރެވޭ، ސިމްރަން ކީއްވެ މީހަކާ ރައްޓިހިނުވެ ހުންނަނީ. ހާދަ ޤަބޫލެއް ނުކުރެވެޔޭ. ތިހާ ރީތި މޮޅު ކުއްޖަކު އަދި އެއްވެސް މިހަކާ ވާހަކަ ނުދައްކަމޭ ބުނީމާ ޤަބޫލް ކުރާނީ ހަމަ މޮޔައިން
ސިމްރަން: ނޫނޭ އަދި ލަސްވެފަ ނެތެއްނު. އަދި އަހަރެންނާ އެކަށީގެންވާ މީހާ ނުފެންނާތީ ހުރީ ކަމަށް ހީކޮށްލާ.
ޔާނީޝް: ބުނަންތަ ރުޅިނައަންނާތި؛ އަހަރެންނަށް އެންމެ ކަމުދަނީ ސިމްރަންދެ ލޯ. އަސްލު ތީވަރަށް ރީތި ކުއްޖެއް.
ސިމްރަން: ތޭންކުސް.
ޔާނިޝް: ކޯޗެއްލައިގެން ތިހިރީ މިހާރު؟
ސިމްރަން: ކަޅު ސޯޓަކާއި ފެހި ޓީ ޝާޓެއް.
ޔާނިޝް: އަހަރެންނަށް އެބަ ސިފަކުރެވޭ ތިޔަރީތި ފެހި ޕަރީ
ސިމްރަންގެ ހަޔާތުގެ މިބާބުގައި އޭނާއަށް އިތުރު ފޮނިކަމެއް ލިބުނު ކަހަލައެވެ. ކޮންމެ ރެޔަކު ދަންވަރަކީ ޔާނިޝް އަށް ވަގުފު ކޮށްފައި އޮންނަ ވަގުތެއް ކަހަލައެވެ. ،މީގެ ކުރިން މަންމަމެން އޮންލައިނުން ނުގުޅާތީ ޝަކުވާކުރާމީހާ މިހާރު މަންމަމެން ކޮބާތޯ ބަލާވެސްނުލާ ދެތިން ދުވަސް ދެއެވެ. މަންމަމެންވެސް ސިމްރަންއާއި ތަންކޮޅެއް ދުރުވެގެންދިޔަ ދުވަސްތެކެވެ. ނަތީޖާއަކަށްވީ ފޭސްބުކް ޗެޓްއިން ޔާނިޝްއާއި ސިމްރަންގެ ނަމްބަރު ބަދަލުކުރެވުމެވެ. މިހާރު ފޭސްބުކްއިން ވައިބަރޔަށް ބަދަލުވީއެވެ.
ޔާނިޝް: ކީއްތަ ތިކުރަނީ ހާދަ ލަހުންނޭ ޖަވާބު އަންނަނީ
ސިމްރަން: އަހަރެން ފިލާވަޅުވެސް ދަސްކުރަމުންނޭ މިދަނީ ދެކަން އެއްފަހަރާ ކުރާއިރު ލަސްވާނެނު
ޔާނިޝް: އަޅެ، އަހަރެންވެސް މިހިރީ ދިއްލީގައި ހިނގާބަލަ ބައްދަލު ކޮށްލަން މާދަމާ
ސިމްރަން: އަހަރެން އަދި އައިފަހުން ބޭރަށް އެކަނި ނުދަން ހީވަނީ މިތަނުން ހުއްދަ ހޯދަން ޖެހޭނެހެން
ޔާނިޝް: މަށަށް ތިހިސާބު އެނގޭ ހީވާގޮތުން ތިތަނާ މާދުރު ނޫންހިސާބެއްގައި ކޮފީ ބޯތަންތަން ހުންނާނެ 5 ޖަހާއިރު އަހަރެންވެސް ކުލާސް ނިންމާފައި ތިތަނަށް ދާނަން އޯކޭތަ؟
ސިމްރަން: އޯކޭ. އެކަމަކު މަގޭ ލެކްޗަރ އޮންނާނެ 5 ގަ އެނިމޭނީ 6 ގަ އެހެންވެ ހަދާ 30؛6 އަށް
ޔާނިޝް: އޯކޭ 30؛6 ވާނީ އަހަރެން ތިކޮލެޖް ގޭޓް ކާރީ ހުއްޓާ؛ އިރު އަނެއްކޮޅުން އެރިޔަސް ދުރަކަށް ނުދާނަން
ސިމްރަން އޭގެ ފަހުން އުޅުނީ ވާނުވާ ނޭނގޭ ހާލުގައެވެ. އެއީ އަލަށް އޭނާ މިހަކާ ގަޑިކިޔައިގެން ބައްދަލު ވާފަހަރެވެ. ހެދުންތަކުގެ ކައިރީ އޭނާ ދެގަޑިއިރު ހޭދަކޮށްފި އެވެ. ލާންވީ ކޮން ހެދުމެއް ކަމެއް އޭނައަށް ނޭގިފައެވެ. އެހެންކުދިންވެސް ހައިރާންވެފައި ސިމްރަން އުޅެމުންދިޔަގޮތް ބަލަމުން ދިޔައެވެ. ސިމްރަން އެތަކެއް ހެދުމެއް ލައިފަ ބާލަމުން ދަނީ އެވެ. ފުއްޖަހާ މޭކަޕް ކުރަނީއެވެ. އެންމެ ފަހުން އޭނާއަށް ހެދުމެއް ހޯދުނެވެ. ދަނބު ކުލައިގެ ކަކުލު ހުޅާހަމަޔަށް އޮތް ރީތި ހެދުމެކެވެ. އެއީވަރަށް ފަހުން މަންމަ އޭނާއަށް ފޮނުވި ހެދުމެކެވެ. އެހެދުން އެދުވަހު ކުރުވެގެން މަންމައާއި ދިމާލަށް އޭނާ އެތައްޖޯކެއް ޖެހިއެވެ. އަދި އޭތި އޮތީ ނުލާންވެގެން ބާއްވާ ހެދުން ބަހައްޓާ ބަޔަށް ލާފައެވެ އެކަމަކު މިއަދު އެހެދުން އެވީ އޭނަށް އެންމެ ކަމުދިޔަ ހެދުމަށެވެ. އަދި އެހެދުން ފޮނުވީތީ މަންމަޔަށް އޭނާ ޝުކުރު ކުރިއެވެ.
ސިމްރަންއަށް ކުލާސް ނިންމާލާފައި ރީތވެގެން އައިއިރު 15 މިނިޓް ލަސްވިއެވެ. ޔާނީޝް އެއްފަރާތުގަ ކާނޭޝަން މާބޮޑިއެއް ހިފައިގެން ސައިކަލް މަތީ އިނެވެ. ސިމްރަން ލަދުން ރަތްވިއެވެ. ޔާނިޝް ސަލާން ކޮށްލަން އަތްދިއްކުރުމުން ސިމްރަންވެސް އަތްދިއްކުރިއެވެ. ޔާނިޝްގެ ހަލުއި ހަރަކާތުގަ އޭނާ ސިމްރަން ގެނެސް އޭނާގެ މެޔާލާ ބޮނޑި ކޮށްލިއެވެ. ސިމްރަން ގަދައެއް ނަހަދައެވެ. އަދި ޔާނިޝްގެ މިހަރަކާތް ވީ ސިމްރަން ވަރަށް ޤަބޫލް ހަރަކާތަކަށެވެ.
ޔާނީޝް: އަހަރެން ހީކުރި ވަރަށްވުރެ ފުރިހަމަވެފަ ރީތި,
ސިމްރަން ލަދުން މޫނުގަ އަތް އެޅިއެވެ. އަދި ސިއްރުން ވައިއަޑުން ތެންކިޔު ބުނެލިއެވެ. ދެމީހުންވެސް ތިބީ ނާވަސް ވެފައިކަން ނޭގެއެވެ. ސިމްރަން ދެއަތަށް ދެއަތަށް މާބަޮޑި ބަދަލު ކުރުމުގަ އަވަދި ނެތި އުޅުނެވެ. އަދި ދެމީހުންވެސް ވަރަށް ގިނަފަހަރު އެކަކު އަނެކަކަށް ބަލާފަ ގެއްލެއެވެ. ސައިކަލް ދުއްވަމުން ދިޔައިރުވެސް ލޯގަނޑުންވެސް ދެމީހުން ދެމީހުނަށް ބަލަމުން ދިޔައެވެ. ކޮފީޝޮޕަށް ވަދެ ޔާނިޝް އައިސް ކޮފީއަށް އޯޑަރު ދިނެވެ. ސިމްރަން ކައިރިން ނުވެސް އަހާ އޭނާ ސިމްރަންގެ ފޭވަރިޓް ބޯއެއްޗެތި ގެނައީ ސިމްރަން އަށް އޭނާއަށް ސިމްރަން އެނގޭކަން އަންގާލާށެވެ. ކޮފީ އާއި އެކު ބިސްކޯދު ގެނައެވެ.
ޔާނިޝް: މީ އިނގޭ މިރަށު ހެދިކާ ‘
ޔާނިޝްގެ މިވާހަކައަށް ދެމީހުންވެސް ބާރަށް ހީގަނެވުނެވެ. ކޮފީ ނިމުނު އިރު ދެމީހުންވެސް ތިބީ އެކަކު އަނެކަކާއެކު ވާހަކަ ދައްކަން ފަސޭހަ ވެފައެވެ. ދެމީހުން ކޮފީ ނިންމާފަ ދިޔައީ ހިނގާލާށެވެ. ހިނގަމުން ދިޔައިރު ޔާނިޝް ގަސްތުގަ ސިމްރަންގެ އަތުގަ އަތްޖައްސާ އެެންމެ ފަހުން އަތުގަ ހިފިއެވެ. ސިމްރަން ކަރަންޓުގަ ޖެހުނީމާ ވާގޮތަށް ތެޅިގަނެއެވެ. އަދި ހީލާފަ ރަކިވެލިއެވެ. އަދި އޭނާގެ އަތުގައި ހިފައިގެން ބަސްއަހާ ކުއްޖެއްހެން ދިޔައެވެ. ޔާނިޝް ކުރިޔަށް އަރާފަ ސިމްރަން ގެނެސް އޭނާގެ މެޔާލައި ބޮނޑިކޮށްލިއެވެ.
ސިމްރަންގެ ހޮސްޓެލް ހުންނަނީ އެމީހުން ކޮފީ ބުއިތާ 30 މިނިޓް ކައިރި ހިސާބެއްގައެވެ. ޔާނިޝް ވަކިވުމުގެ ކުރިން އެދުނީ ކިސްއެެއް ދިނުމަށެވެ. ސިމްރަން ހުރިގޮތަށް ޔާނިޝްގެ މޭގައި ބޯއަޅައިގެން ލޯމަރާލިއެވެ. ޔާނިޝް ޤަބޫލް ކުރީ އެއީ ހުއްދަ ދިނުން ކަމުގައެވެ. ސިމްރަން ހޮސްޓެލްއަށް ވަނުމާއެކު ޔާނިޝް ދިޔައީއެވެ.
އެއީ ސިމްރަންގެ ހަޔާތުގެ ފުރަތަމަ ކިސް އެވެ. އަދި އެއީ މުޅިން އޭނާގެ ހަޔާތުގެ އާ މަންޒިލެކެވެ. އެމަންޒިލުން އޭނާއަށް މީރުކަަމާއި އުފާލިބިގެން ދިޔައެވެ. މިއޮތް ހުރިހާދުވަހު އޭނާއަށް މިފަދަ ކަމެއް ނޭނގުނީ ކީއްވެ ބާވައެވެ. އޭނާ ހިނިތުން ވެލިއެވެ. އެއީ ކާމިޔާބީގެ ހިނިތުންވުމެވެ. ކޮޓަރިޔަށް ވަނުމާއެކު އޭނާ އެނދު މަށްޗަށް ދެމުނެވެ. ބާލީހުން މޫނު ފޮރުވިއެވެ. ދެފައި މައްޗަށް ނަގާފަ ތަޅުވާގަތެވެ އަމިއްލަ ތުންފަތުގަ އަތްހޭކިއެވެ. ކުރެވޭ ނުކުރެވޭ ކަމެއް އޭނައަށް ނޭނގެއެވެ. ބާރު ބާރަށް ހޭންވެސް ފެށިއެވެ. ނިދުނީ އޭނާއަށް ކޮންފަދަ ހާލެއްގަ ކަމެއް އޭނަށް ނޭގުނެވެ. މުޅި ރޭގަނޑު އޭނާ އޮތީ ޔާނިޝްގެ ހުވަފެނުގަ އެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


vv reethi..??
vv reethi..???
VV reethi
V nice
V reethi enehkaa kiyevunvess gehlayne baa avaamendhuruga jehifaa ????????
wow.. dialogue style