އަވާމެންދުރު 3
ކުރެވޭ ނުކުރެވޭ ކަމެއް އޭނައަށް ނޭނގެއެވެ. ބާރު ބާރަށް ހޭންވެސް ފެށިއެވެ. ނިދުނީ އޭނާއަށް ކޮންފަދަ ހާލެއްގަ ކަމެއް އޭނަށް ނޭގުނެވެ. މުޅި ރޭގަނޑު އޭނާ އޮތީ ޔާނިޝްގެ ހުވަފެނުގަ އެވެ.
ދުވަސްތަށް އަމާން ކަމާއެކު ދިޔައެވެ. ފައިނަލް އެގްޒާމަށް ހުރިހާކުދިން މަސައްކަތް ކުރަމުން ދިޔައެވެ. ފޮތެއް ހިފައިގެން ދެކޮޅަށް ދުވާކުދިން ނޫން ކުއްޖެއް ނެތެވެ. ކޮންމެވެސް ކަނެއްގަ ދެތިން ފޮތެއް ހިފައިގެން ފިލާވަޅު މުތާލިއާ ކުރާކުދިންވެސް ފެނެއެވެ. މިތަނުގެ ގަވާއިދުގެ ގޮތުން ބޭރުގެ ކުންފުނިތަކުން ސީދާ ކުދިންނާ ބައްދަލު ކުރަން އަންނާނެ އެވެ. އިންޓަވިއު ކުރުމަށްފަހު ވަގުތުން ވަޒީފާ ކޮންޓުރެކްޓް ވެސް ދެޔޯލަ އެވެ. ސިމްރަން މޫނުން ކުލަ ފަނޑުވެގެން ދިޔަ އެވެ. ހުރިހާ ކަމެއްހުއްޓާލާފަ އޭނާ ފޮތްތަށް ނެގި އެވެ. އިންޓަވިއުއަށް ބޭނުންވާ ހުރިހާ ސުވާލެއް ފަށްފަށްކޮށް އޭނާ ބެލިއެވެ. ފަނޑު ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ކުޅުނެވެ. ސިމްރަން އިންޓަވިއުއަށް ތައްޔާރުވަމުން ދިޔައެވެ. ފިޔާތޮށި ކުލައިގެ ޓޮމީ ޓީ ޝާޓެއް އޭނާ ލިޔެވެ. އަދި ކަޅުކުލައިގެ ޖިންސެއް އެއާއެކު ގުޅުވާލިއެވެ. މަތިން ކޯޓް ލުމާއެކު ޚުދު އޭނާއަށްވެސް އޭނާ ނޭގުނު ކަހަލައެވެ. ހުރިހާ ކުދިންގެ ތެރެއިން އޭނާފަހަގަވެ އެނގެން ހުއްޓެވެ.
މަންމަމެން އޭނާއަށްގުޅިއެވެ ހިތްވަރުދިނެވެ. ޓީޗަރުން އޭނާއަށް ގުޑްލަކް ކިޔާ ހިތްވަރު ދިނެވެ. އިންޓަވިއު ރޫމަށް ވަންއިރު ސިމްރަން ހުރީ ވަރަށް އުފާވެފައެވެ. އޭނާގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނުފެނެއެވެ. އިންޓަވިއުގެ 20 މިނިޓަށްފަހު ހިނިތުންވުމާއެކު ސިމްރަން ހޯަލަށް ނިކުތެވެ. ނަތީޖާ އިއުލާން ކުރަން ވަގުތުކޮޅެއްނަގާނެތީ ކޮންމެ ދެކުއްޖަކު ތިންކުއްޖަކަށް ހޯލުގެެ ކަނެއްގަ ވާހަކަ ދައްކަން ތިއްބެވެ. ބައެއްކުދިންގެ މޫނުމަތިވަނީ މިލާފައެވެ. ކޮންމެވެސް ކަމެއް ރަނގަޅު ނޫންކަން އެނގެއެވެ. އެކުދިންނަށް ހިތްވަރު ދެމުންދިޔަ ކުދިންވެސް ފެނެއެވެ.
ޖެހިގެން އައިދުވަހު ނޯޓިސްބޯޑަށް ނަތީޖާ ޢިއުލާން ކުރިއެވެ. ސިމްރަންއަކީ މުޅި ކޮލެޖުން އެއްވަނަ ލިބުނު ދަރިވަރެވެ. ބައެއްކުދިން ސިމްރަންއަށް މުބާރަކު ބާދު ދެމުން ސިމްރަން ކާރިޔަށް އައެވެ. ބައެއްކުދިން ހަސަދަވެރި ކަމުގެ ބެލުމުން ސިމްރަންއަށް ބަލަމުން ދިޔައެވެ އެހެނަސް އެއްޗެކޭ ނުބުނެއެވެ.
މާބޮނޑިތަކުން ސިމްރަންގެ މޭޒު ފުރުނެވެ. މަންމަމެންވެސް ގުޅާފަ އުފާފާޅު ކުރިއެވެ. މުޅި ރާއްޖޭގެ ނަން ސިމްރަންގެ ސަބަބުން ވިދާލީއެވެ. މިއީ ކުޑަކަމެއް ނޫނެވެ.
މާބޮނޑިތަކުން ސިމްރަންގެ މޭޒު ފުރުނެވެ. މަންމަމެންވެސް ގުޅާފަ އުފާފާޅު ކުރިއެވެ. މުޅި ރާއްޖޭގެ ނަން ސިމްރަންގެ ސަބަބުން ވިދާލީއެވެ. މިއީ ކުޑަކަމެއްނޫނެވެ. އެއީ ތަޢުލީމީ ހަޔާތުގައި ސިމްރަންއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ދުވަސްވެސްމެ އެވެ. ސިމްރަން ޔާނިޝްއަށް ގުޅާފަ އުފާ ފާޅު ކުރިއެވެ. ސިމްރަން އާއެއްވަރަށް އޭނާގެ ބެސްޓު ފުރެންޑު ނަދާވެސް ކާމިޔާބު ހޯދި އެވެ. ނަދާއަކީ އިންޑިޔާ ކުއްޖެކެވެ. އެހެންނަމަވެސް ސިމްރަންގެ މަންމަމެން ނަދާއަށް ގުޅާފަ މުބާރަކްބާދު ދިނެވެ.
ޔާނިޝް ސިމްރަންގެ އިސްތިގުބާލުގަ ތާޖް ހޮޓެލްގަ ބޮޑު ޕާރޓީއެއް ބާއްވާ ދިނެވެ. ނަދާވެސް މިޕާރޓީގަ ބައިވެރިކުރި އެވެ. ސިމްރަންގެ މައިންބަފައިންނާ ގާތްތިމާގެ މަދު ބަޔަކުވެސް މިހަފްލާއަށް އައެވެ. ސިމްރަން އުފަލުން ވަރެއްނެތެވެ. އޭނާ ﷲ އަށް ޝުކުރު އަދާކުރި އެވެ. މަންމަމެންވެސް ހަފްލާނިމުމާއެކު ފުރައިގެން ދިޔައީ އެވެ. ކުލިނިކް ކަންތަށް އޮތީމަ ތިބެވޭކަށް ނެތޭބުނަމުންނެވެ. މަންމަމެންނާއެކު ޢާއިލާގެ އެހެންމީހުންވެސް ފުރީ އެވެ.
މިއަދަކީ ކޮލެޖްގެ އެންމެ ފަހު ދުވަހެވެ. ހުރިހާ ކުދިން އެކަކު އަނެކަކަށް ވަދާޢުގެ ސަލާމް ކުރަމުންދިޔަ އެވެ. ހިމޭން ކަމާއެކު ކަރުނަ އަޅާހާލުގަ އެވެ. އެކުދިން ވަކިވާން ބޭނުން ނުވާކަހަލަ އެވެ. ކޮންމެ ކުއްޖަކުވެސް ލޯފޮހެލާތަން ފެނެއެވެ. ކުދިން އެކަކު އަނެކަކަށް ބައްދާލާފަ ކަރުނަ އަޅަމުންދިޔަ އެވެ. ވަކިނުވާނެކަމާއި ކީޕިން ޓަޗްގެ ޕުރޮމިސްތަށް ވަމުންދިޔަ އެވެ. ގުރޫޕް ގުރޫޕަށާއި ބެޗްތައް ވަކިވަކިން ފޮޓޯ ނަގަމުންދިޔަ އެވެ. ކޮންމެ ކުއްޖަކުވެސް އޮޓޯޯގުރާފެއް ހިފައިގެން އެކަކު އަނެކެއްގެ ނަމްބަރ އަދި ގޭގެ އެޑްރެސް ލިޔަމުންދިޔަ އެވެ. އެކުދިންނަކީ އެކިއަަވަށްތަކުގެ ކުދިންނެވެ. ސިމްރަން އާއެކު ދިވެހިތިބީ ހައެއްކަ ކުދިންނެވެ. ދެންހުސްއިންޑީޔާގެ އެކި ހިސާބުތަކުގެ ކުދިންެނެވެ.
ސިމްރަންގެ ފުލައިޓް އޮތީ ރޭގަނޑު 8:30 ގައެވެ. ސިމްރަން ކެތްތެރި ކަމެއްނެތި ޔާނިޝްއަށް އިންތިޒާރު ކުރަމުން ދިޔަ އެވެ. މިރޭ އޭނާ ފުރަނީ އެވެ. އޭނާ ބޭނުންވީ މުޅިދުވަހު ޔާނިޝްއާއެކު ހޭދަ ކުރާށެވެ. މާކުރިން އޭނާ ލަގެޖްތަށްވެސް އެއރޕޯޓަށް ފޮނުވާފި އެވެ. ފާއިތުވި މަދުދުވަސްކޮޅުގަ ސިމްރަންއާއި ޔާނިޝް ވަރަށް ގާތްކަންބޭއްވި އެވެ. އެމީހުންގެ ބައްދަލުވުން ތަކަކީ އުފަލުން ފުރިގެންވާ ބައްދަލު ވުންތަށް ކަމަށް ވިއެވެ. ވަކިވާ ކޮންމެ ފަހަރަކު އެމީހުން ވަކިވަނީ ދެންބައްދަލު ކުރާނެ ތަނަކާއި ގަޑިއެއް ހަމަޖައްސާފަ އެވެ. އެތަށްކަރުނަ ތަކެއްވެސް ދެމީހުން ބަދަލު ކުރި އެވެ. ވަކިވާތީ ހިތާމައިގެ ކަރުނަ އެވެ. އެމީހުން އެދުވަހު ބައްދަލުކޮށްފަ ދިޔައީ މެންދުރު ކެއުމަށްފަހު ފިލްމެއް ބަލާށެވެ. ޔާނިޝް ސިމްރަންއަށް ޕުރޮޕޯސްކުރީ އެދުވަހު އެވެ. އެވަގުތަކީ ސިމްރަންއަށްވެސް ވަރަށް ނާޒުކް ވަގުތެކެވެ. ފުރަތަމަ ފަހަރަށް އޭނާގެ ކައިވެނި އެދި މީހަކު ބުނީއެވެ. ޔާނިޝް ޕުރޮޕޯސް ކުރިގޮތްވެސް ސިމްރަންއަށް ވަރަށް ކަމުދިޔަ އެވެ. ޔާނިޝް އޭނާގެ ކޯޓުގެ ޖީބުން ފިނިފެންމަލެއް ނެގިއެވެ އަދި ބިންމަތީގަ ކަކޫޖަހާފަ އެމާ ސިމްރަންއަށް ދިއްކޮލަމުން ވިލްޔޫ މެރީމީއޭ ބުނެލި އެވެ. ސިމްރަންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އުފަލުންނެވެ. ސިމްރަން އާއެކޭ ބުނެ ބޯޖަހާލަމުން ޔާނިޝްގައިގަ އޭނާއަށް ލެވުނުހާ ބާރެއްލާފަ ބައްދާލި އެވެ. ކޮލެޖުން ލިބުނު އެޗީވްމަންޓަށްވުރެ މިއަދު ލިބުނު އުފާ މާބޮޑު ކަމަށް އޭނާއަށް ހީވި އެވެ. އޭނާގެ ހުރިހާ ޑުރީމެއް ފުރިހަމަވީ ކަހަލައެވެ.
ކާރުގަ ދެމީހުން އެއާޕޯޓަށް ދިޔައެވެ. ސިމްރަން އިނީ ވަރަށް ހިމޭނުންނެވެ. ފުރަންވީމާ އޭނާ ދެރަވިއެވެ. އޭނާއަށް ހީވަނީ އޭނާގެ އެންމެ އަގުބޮޑު އެތި ދިއްލީއަށް ދޫކޮށްފަ ދެވޭހެންނެވެ. ސިމްރަންއެކޭ އެއްގޮތަށް ޔާނިޝްވެސް އިނީ ހިމޭނުންވެ. ދޭތެރެއަކުން ކަރުނަ ފޮހެލައެވެ. އެކަމަކު ކަރުނަ އެޅުމަކީ ފިރިހެންމީހާގެ އަގު ދަށްވާކަމެކޭ އޭނާއަށް ހީވި އެވެ. އެހެންވެ ވަރަށް ހިތްވަރުކޮށްފަ ސިމްރަންއާއި ވަދާޢުގެ ސަލާމް އޭނާ ކުރިއެވެ. މިސަލާމަކީ ސިމްރަންގެ ހަޔާތުގެ އެންމެ މާނަފުން ސަލާމެވެ. ކާރު ދުއްވަން އިންޑުރައިވަރު ވެސް ހިނިތުންވެލި އެވެ. ލަގެޖް ހިފައިގެން ޓާމިނަލް ކާރިޔަށް ދެމީހުންދިޔަ އެވެ. ހުރިހާ އިރަކުވެސް ޔާނިޝް ސިމްރަންގެ އަތުންދޫކޮށް ނުލަ އެވެ. ލޯތްބާއެކު އަތަށް ފިއްތަމުން ދިޔައެވެ. ވަކިވާ ވަގުތު ޖެހުމުން ސިމްރަންގެ ބަޑިފަޅައިގެންދިޔަ އެވެ. ބާރަށް ރޯންފެށި އެވެ. ޔާނިޝް ސިމްރަން ގެނެސް އޭނާގެ މެޔާލާ ބޮނޑި ކޮށްލި އެވެ. އަދި ސިއްރުން އެއްޗެކޭ ބުނެފަ ސިމްރަންގެ ނިތްމަތީ ކިސްކޮށްލި އެވެ. ސިމްރަން ލޯފެހެމުން އެތެރެއަށް ވަނެވެ. ޔާނިޝްވެސް އެނބުރި ކާރާދިމާލަށް ދިޔައެވެ. ނުފެންނަ ހިސާބަށް ދަންދެން އޭނާ ސިމްރަންއަށް އަތުން ބާއި ކިޔަމުން ދިޔަ އެވެ. ކާރީގަ ތިބިމީހުންވެސް ތިބީ ހައިރާންވެފަ ބަލަންށެވެ.
ދިއްލީން ކޮލަންބޯއަށް 3 ގަޑިއިރު ފުލައިޓްގަ އިންއިރު ސިމްރަން ހަމަރޮނީ އެވެ. އެއްވެސް އެއްޗެއްވެސް އޭނާ ނުކައެވެ. ހޮސްޓެސް ކުޑަކޮށް އޭނާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު އެއީވަރަށް ޢާންމު ކަމެކޭ ކިޔާފަ ދޫކޮށްލި އެވެ.
ކޮލަންބޯއިން 1ގަޑިއިރުން މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށް އާދެވުނެވެ. އޭރު ސިމްރަން ހުރީ ކުޑަކޮށް އޯކޭ ވެފައެވެ. ރާއްޖޭގެ މަލަމަތި ފެނުމުން ﷲއަށް ސިމްރަން ޝުކުރު އަދާކުރި އެވެ.
ސިމްރަންގެ މަންމަޔާ ބައްޕަ އާއި އަދި ސިމްރަންގެ ގާތްތިމާގެ ގިނަޢަދެއްގެ މީހުންނާ ގިނަރައްޓިހި ކުދިން ސިމްރަންއަށް މަރުހަބާ ކިޔާ ސަލާމްކުރަން އެއަރޕޯޓަށް އައިސް ތިއްބެވެ. ސިމްރަންއަށް ލިބުނު ވެލްކަމްއަކީ އިންތިހާއަށް ވީ. އައި. ޕީ ވެލްކަމް އެކެވެ. މުބާރަކް ބާދީގެ މާތަކުގެ ހާރުން ސިމްރަންގެ ކަރު ފަޅުފިލުވާ ދިނެވެ. ސިމްރަން މަންމަ ގައިގާ ބައްދާލި އެވެ. ބައްޕަ ގައިގަވެސް އޭނާ ބައްދާލި އެވެ. ހުރިހާ މީހުންނާ ވަކިވަކިން ސިމްރަން ސަލާމް ކުރިއެވެ. އަންހެން ކުދިންނާ ކަރާކަރުޖައްސާ ސަލާމްކުރި އެވެ. ފިރިހެން ކުދިންނާ އަތާއަތްޖޯޑުކޮށް ސަލާންކުރި އެވެ.
20 ދުވަސްތެރޭ ސިމްރަން ހޮވުނު ކޮމްޕެނީއަށް ވަޒީފާއަށް ސިމްރަން ދާންޖެހޭނެ އެވެ. 20 ދުވަސް ވަރަށް ހަލުއިކޮށް ދިޔަ އެވެ. ހީވީ ލޯހުޅުވާފަ ލޯމަރާލީ ހެންނެވެ. އަދިވެސް ޢާއިލާގެ ބައެއްމީހުނާ އޭނާބައްދަލުކޮށް ނުނިމެވެ. އެހެނަސް އޭނާ ދާންޖެހޭނެ އެވެ. 20 ދުވސް ފާއިތުވި ގޮތެއްވެސް ނޭނގުނެވެ.
ސިމްރަން ފުރަންދާން ތައްޔާރުވާން އޭނާގެ ކޮޓަރީގަ އޭނާގެ ކަބަޑް ހުޅުވައިގެން ހުއްޓެވެ. އޭނާގެ އަތުގަ ގިނައީވަރަށް ބުރޭންޑެޑް ހެދުމެވެ. ޓޮމީހިލްފިގާރ ބުރޭންޑެވެ. އެއީ ހައްތާ އޭނާގެ މަންމަމެންގެ ކަލެކްޝަންއެވެ. ލޯގަނޑު ކުރިމަށްޗަށް ހުއްޓިފަ އޭނާ އަލަށްލިބުނު އައިނު އަޅާލި އެވެ. އެވެސް އެހާބުރޭންޑެޑް އެއްޗެކެވެ. ގުޗީގެ ޝޭޑްތަކުން އޭނާގެ ލޮލަށް ފިނިކަމެއް އިޙްސާސްވި އެވެ. ގޮތްގޮތަށް އޭނާ ލޯގަނޑު ކުރިމަތީ އެނބުރި ލިއެވެ. އެވަގުތު އޭނާގެ މަންމައާއި ބައްޕަ އެކޮޓަރިޔަށް ވަނެވެ.
އެވަގުތު އޭނާގެ މަންމައާއި ބައްޕަ އެކޮޓަރިޔަށް ވަނެވެ. އެދެމީހުންގެ ލޮލުންވެސް ކަރުނަ ފާއްދާލަފަ ހުއްޓެވެ. އަނެއްކާވެސް އެމީހުންގެ ލޯބިވާ ދަރިފުޅު އެމީހުންނާ ވަކިން މާދުރަށް ފުރަނީ އެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


vv reethi..??
vvv reethi…???
Vvvv reethi
Mivaahaka v salhi. Ekm v gina bai thah repeat vefa eba huri.
Reethi dhivehi bahun bunevey vaahakathah ingireysin huryma v udhagoo kiyan,,,,, hope you will do better next time,,,,,
Rahtihi kudhinneh noon, rahttehi kudhin