Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

އަވާމެންދުރު 1

Rozy Level 210 Stories
September 14, 2016 3 Mins Read
13 Comments

މުސްނިފާ ރޯޒީ ޝަރީފް

އަވާމެންދުރު

24އަހަރުގެ ސިމްރަންއަކީ ލާމު އަތޮޅު އުފަންކުއްޖެކެވެ. އޭނާ ކިޔަވަނީ އަމީނީޔާ ސުކޫލްގައެވެ. ސިމްރަންއަކީ އާދަޔާޚިލާފަށް ވަރަށް ރީތި އަންހެންކުއްޖެކެވެ. ގުދުރަތުން އޭނާއަށް އަސަރުގަދަ ބޮޑު ދެލޮލާއި ރަތް ތުންފަތެއް ހަދިޔާއަށް ލިބިފައިވެއެވެ. އޭނާގެ ހަށިގަނޑަކީވެސް ހިމަތޮޅި ހަށިގަނޑެކެވެ. 5 5 އިންޗިގެ ރީތި އިސްކޮޅެކެވެ. ދޮންކަމާ، ޅަބާޅަ ކަމުން ފަތްމިންޏެކޭ ކިޔޭހާވެއެވެ. ހަމައެހެންމެ ދެމަފިރިއެއްގެ ހުރިހަމައެކަނި ދަރިފުޅުވެސް މެއެވެ. ބޭރުފުށުގެ ރީތިކަމާއެއްވަރަށް އެތެރެއިން ވެސް އޭނާއަކީ ރީތި ކުއްޖެކެވެ. ރީތި ހިތެއްގެ ވެރިއެކެވެ. ކޮންމެ މީހަކަށްވެސް އެހީވުމުގައި ދަންނަ މީހެއްތޯ، ނުދަންނަ މީހެއްތޯ އޭނާނުބަލައެވެ. ކައިރިޔަށް އައިސް ވާހަކަ ދައްކާ ކޮންމެ މީހަކާ އެކު ހިތްހެޔޮކަމާއެކު އޭނާ ވާހަކަދައްކައެވެ.

ރައްޓެހިން ހޯދަންވެސް ސިމްރަން އެހާ ކުޅަދާނައެވެ. ހުރިހާ ސޯޝަލް މީޑީޔާއެއްގަ ސިމްރަންގެ އައިޑީ ހުރެއެވެ. އެކަމަކު އޭނާ އެންމެ ގަޔާވަނީ ފޭސް ބުކް އެވެ.

ސިމްރަންގެ މަންމައާއި ބައްޕައަކީ އައިޖީ އެމްއެޗްގެ ދެޑޮކްޓަރުންނެވެ. ސިމްރަންއަކީ އެދެމީހުންގެ ލޮލުގެ ނޫރުފަދައެވެ. ސިމްރަން ބޭނުންވާހުރިހާ ފެސިލީއެއް އެމީހުން ސިމްރަންއަށް ހޯދާދެއެވެ. އެކަންއެހެން ނުވާންވީ ކީއްވެތޯއެވެ. ކިޔެވުމަށްވެސް ސިމްރަން އެހާ ގަދައެވެ. މުޅި ސުކޫލް ސިމްރަން އާއި މެދު ފަޚުރު ވެރިވެއެވެ. ކޮންމެ އެގްޒާމަކުން މީހުން ސިހޭކަހަލަ ނަތީޖާ ސިމްރަން ހޯދައެވެ. އެހެންވެ ހުރިހާ ޓީޗަރުންވެސް ސިމްރަންދެކެ ވަރަށް ލޯބިވެއެވެ.

އެސް އީސީ ގުރޭޑް 12 ނިންމާފައި ސިމްރަންދިޔައީ ދިއްލީއަށެވެ. މަތީ ތައުލީމް ހާސިލް ކުރާށެވެ. ކޮލެޖަކުން ސިމްރަންއަށް ފަސޭހަ ކަމާއެކު އެމް. ބީ .އޭ ހެދުމުގެ ޖާގަ ލިބުނެވެ. ހޮސްޓެލްލައިފް އާއި ސިމްރަން ވަރަށް ގަޔާވިއެވެ. ގިނަކުދިންނާއެކު އެއްކޮޓަރިއެއްގައި ދިރިއުޅުން ސިމްރަންއަށްވީ މަޖާކަމަކަށެވެ. މާލޭގައި މީހުންއުޅެނީ ތޮއްޖެހިގެންނޭ ބުންޏަސް ސިމްރަންއުޅުނީ ވަރަށް ތަނަވަސް ކަމުގައެވެ. ވަކި ކޮޓަރިއެއްގައެވެ.މައިންބފައިންވެސް ވަކިން ކޮޓަރި ހުރެއެވެ. ދެމީހުންގެ ދެކުލިނިކް އެގޭގައި ހުރެއެވެ. ސިޓިންރޫމް ހީވާނީ ބައިސިކަލް ދުއްވަން ހުސްކޮށްފައި އޮންނަ ތަނެއްހެންނެވެ. ސޯފާ އާއި ޓީ. ވީ ހުއްޓަސް އެހާވެސް ޖާގަ އޮވެއެވެ. އެކަމަކު މިއަދު ދިއްލީގެ ޔުނިވަރސިޓީން އޭނާއަށް ލިބުނީ އަންހެންކުދިންގެ ހޮސްޓެލް އެކެވެ. އެއްހޯލެއްގަ ހަތަރު ކުދިން ނިދުމުގެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. ކޮންމެ ކުއްޖަކަށް ވަކިން ހެދުން ކަބަޑަކާ މޭޒަކާ ގޮނޑި ހުރެއެވެ. އަދި އެމޭޒްގައި ކިޔަވާއިރު ދިއްލާ ލޭންޕެއް ހުރެއެވެ. މޭޒްގެ އެއްފަރާތުގައި ފޮތްތައް ބެހެއްޓޭ ގޮތަށްހުއްޓެވެ. ސިމްރަން އުފަލުން ހިނިތުންވެލިއެވެ. އޭނާއަށް މިއަދު މިލިބުނީ މާރީތި ކޮޓަރިއެކޭ އޭނާހިތަށް އެރިއެވެ. މަންމަމެންގެ ގޭގައި އޭނާއަށް އެކަނިވެރިކަމާއި ފަޅުކަން އިހްސާސް ކުރެވުނެވެ. މިއަދު އޭނާއަށް ލިބުނު ތަނުގައި އޭނާގެއުމުރުގެ ހަތަރު ކުދިންތިބޭނެއެވެ. ނިދެންވަންދެން އޭނާއަށް ވާހަކަ ދެއްކޭނެއެވެ.

ފުރަތަމަ ދުވަހު ކުލާހަށް ގޮސްއައިސް ސިމްރަން ވަރަށް ވަރުބަލިވިއެވެ. ޔުނިފޯރމް ބޭލުމަށްފަހު ސިމްރަން ތާޒާވެލިއެވެ. ސިމްރަން ހުދުކުލައިގެ އެޑިޑާރސް ޓީ ޝާރޓަކާއި ފިޔާތޮށި ސޯޓެއްލިއެވެ. އެނދުގައި ދިގުދެމިލީމާ އޭނާގެ ހިތަށް އެރީ މާލޭގައި އޭނާ ނިދި އެނދެވެ. އެނއެނދުގައި ތިންމީހުންނަށް ނިދޭނެއެވެ. އެކަމަކު މިއެނދު ހަމައެކަނި ފިޓްވަނީ ސިމްރަންއަށާއި ސިމްރަންގެ ދެޓެޑީ ބެޔާއަށެވެ. އެބެޔާވެސް ތަންފުކެއް ބޮޑުނަމަ ޖެހޭނީ ދުރަށް ލާށެވެ.

ކަންފަތުގަ ހެޑްފޯނު ޖަހާލުމާއެކު އޭނާ ލެޕްޓޮޕް ހުޅުވާޅިއެވެ. ފޭސްބުކް، ޓުވިޓަރ . ޖ.މެއިލް އަދި ޔާހޫ ގެ ސައިޓްތައް އޭނާ ހުޅުވާލިއެވެ. ފޭސްބުކްއިން އިން ހައެއްކަ ނޯޓިފިކޭޝަންތައް އައިސް ހުއްޓެވެ. ދެމެސެޖްވެސް އޮތެވެ. އޭނާއަވަސްކަމާއެކު މެސްޖް ބުލޮގް ހުޅުވާލުމަށްފަހު ބަލާލިއެވެ. ނުދަންނަ މީހަކު ފޮނުވާފައި އޮތް ފުރެންޑް ރިކުއެސްޓެކެވެ. އެރިކުއެއެސްޓާއެކު އެމީހެއްގެ ފޮޓޯވެސް އައެވެ. ރީތި އިސްކޮޅެއް ހުރި ދޮން، ހުރިހާ އަންހެންކުދިން މިކިޔާކަހަލަ ސުމާރޓް މީހެކެވެ. ކަޅުކުލައިގެ ނައިކް ޓީ ޝާރޓަކާއި ނޫކުލައިގެ ޑެނިމް ލައިގެން ވަރަށް ސާދާކޮށް ގިޓާއެއްހިފަހައްޓައިގެން ހުރި މީހެކެވެ.  ސިމްރަން ވަގުތުން އެމީހާއާއި ބެހޭގޮތުން ބަލާލިއެވެ.

ދިރިއުޅެނީ ދިއްލީގައެވެ. ހައިރާންކަމާއެކު ސިމްރަން އޭނާގެ ރިކުއެސްޓް އެކްސެޕްޓު ކުރިއެވެ. އޭނާގެ ނަމަކީ އަހްމަދު ޔާނިޝް އެވެ. ސިމްރަންއާއި ޔާނިޝްގެ ކޮމަން ތިން ފުރެންޑުންވެސް ލިސްޓުގައި ތިއްބެވެ.

އޭނާ ރިކުއެސްޓް އެކްސެޕްޓު ކުރިތާ ފަސްމިނިޓްތެރޭ “ހާއި” ޖަހާފަ ޔާނިޝް ވާހަކަ ދައްކަން ފެށިއެވެ.

ސިމްރަންވެސް ޖަވާބުދިނެވެ. ހާލު ކިހިނެއްހޭ އަހާލުމާއި އާދައިގެ ވާހަކަދެއްކުމެއް ދިޔައެވެ. އެކޮޅުން އަހަމުން ދިޔައީ އޭނާ ކުރަނީ ކީއްތޯ އާއި ކިޔެވުން ކިހިނެތްތޯއެވެ. ގާތްގަޑަކަށް 20 މިނިޓް ވާހަކަ ދެއްކުމަށްފަހު ސިމްރަން ލޮގްއައުޓް ކޮށްލާފައި ލޯމަރާލިއެވެ. މާބޮޑަށް ވަރުބަލިވެފައި ހުރީމައެވެ.

ފައިނަލް އެގްޒާމްދުވަސްކޮޅެވެ. ސިމްރަން މަސައްކަތް ކުރަމުންދިޔައީ ރާއްޖޭގަ ލިބޭކަހަލަ ވަނައެއް ހޯދާށެވެ. އެޗް އާރު މާއްދާއަކީ އޭނާ ވަރަށް ކިޔަވާހިތްވި މާއްދާއެކެވެ. ސައިންސުގެ މާއްދާތަށް ކިޔެވިއިރު މަންމަޔާ ބައްޕަގެ ފުރިހަމަ ޓިޔުޝަން އޭނާއަށް ލިބުނެވެ. މިއަދު އެކަންތައް އޭނާ ވަރަށް މިސްވެގެން އުޅެންޖެހުނެވެ. މަންމަޔާ ބައްޕަ ޑޮކްޓަރުންނަށް ވިޔަސް އޭނާއަކީ ޑޮކްޓަރަކަށް ހަދާކަށް އެދެމީހުންވެސް ބާރެއްނާޅައެވެ. އޭނާ ބޭނުންވާ ކެރިޔައެއް ނެގުމަށް އޭނައަށް ފުރިހަމަ މިނިވަންކަން އެމީހުންދިނެވެ.

ގަޑިޔަކީ ރޭގަނޑުގެ ދަންގަޑިއެކެވެ. އޭނާ މިހާރުވެސް ފިލާވަޅުދަސްކުރާތާ ފުރިހަމަ ހަތަރު ގަޑިއިރު ވީއެވެ. އެއްވެސް ބުރޭކެއް އޭނާ ނުނަގައެވެ. ކޮންމެ ފިލާވަޅެއް ހުޅުވުމާއެކު އިތުރު ޖޯޝާއެކު އޭނާ ފިލާވަޅު ދަސްކުރަމުންދިޔައެވެ. ރޫމްގެ އެހެންކުދިން ތިބީ ގަދަ ނިދީގައެވެ. ބައެއްކުދިންގެ ނޭވާގެ އަޑު ރީތިކޮށް އިވެމުންދިޔައެވެ. ވާރޑުން ދެފަހަރަކު އައިސްބަލާލިއެވެ. އޭނާ ފިލާވަޅު ދަސްކުރަން އިނުމުން ޖޫހާ ކާއެއްޗެތި ގެނެސްދިނެވެ. މިއީ މަންމަވެސް ކުރާކަމެކެވެ.

“ދަރިފުޅާއެވެ. ދެން ކުޑަކޮށް އަރާމު ކޮށްލާށެވެ” އޭނާގެ ޒަމީރު ބުނިކަހަލައެވެ އޭނާ ހިނދުކޮޅަކަށް ފޮތް ލައްޕާޕިއެވެ.

ފޮތްލައްޕާ ލުމާއެކު އޭނާއަށް ފެނުނީ އޭނާގެ ލެޕްޓޮޕްއެވެ. އިނގިލި މައްޗަށް ނަގާފަ އޭނާ ގުނާލިއެވެ. ހުޅުވަންވީތަ؟ ނުހުޅުވާނަން. ހުޅުވަންވީތަ؟ އެންމެ ފަހު އިނގިޔަށް އައީހުޅުވަންވީ… ހިނިތުންވެލާފައި އޭނާ ލެޕްޓޮޕް ހުޅުވާލިއެވެ.

އެކުވެރިންގެ ތެރޭގައި ތިބި ރާއްޖޭގެ ފަސްކުދިން އޮންލައިންގައި ތިއްބެވެ.  އޭނާގެ ފުރެންޑު ލިސްޓުގެ 445 މީހުން ތިއްބެވެ. މި ރާއްޖޭގެ ކުދިން ނުވެސް ނިދަނީބާ؟ އޭނާ ތުން ތަޅުވާލިއެވެ. ރަނގަޅަށް އޭނާ ބަލާލިއިރު ޔާނިޝް ވެސް އޮންލައިންގައި އިނެވެ. ގައިމު މިހާރު ދިއްލީއަށް 4 ހަޖަނީ އެވެ. މީނަ އޮންލައިންގައި މިކުރަނީ ކީއްބާއެވެ؟  ކުއްލިޔަކަށް ޔާނިޝް ވާހަކަ ދައްކަން ފެށިއެވެ.

ޔާނިޝް: ހާދަ ލަސްވެފައި ހުއްޓާ؟

ސިމްރަން: އާނ އެގްޒާމް ކާރިވާތީ ފިލާވަޅު ދަސްކޮށްލީ. ކުޑަކޮށް ބުރޭކެއް ނަގަން ކަމަށް ބަލާފައި ލެޕް ހުޅުވާލީ، ޔާނިޝް ކީއްކޮއްލަނީ މިގަޑީގަ؟

ޔާނިޝް: އަހަރެން ނިދަން އޮށޯވެ މިއޮތީ މިއަދު އޮފީސްކަންތައް އެހާ ހިތްހަމަ ނުޖެހުނީމާ ނުނިދިފައި އަދި އޮތީ. ކުއްލިޔަކަށް ސިމްރަން އޮންވިތަން ފެނުނީމާ މަވެސް ތެދުވެ އިށީނީނު. އަހަރެން މިހާރު ބޭނުންވަނީ ފުލްޓައިމް މަސައްކަތް ކިޔަވަމުންވެސް ފުލްޓައިމް މަސައްކަތް ކުރެވިދާނެ.

އެވަގުތުގެ ޗެޓް ދެގަޑިއިރު ދެމިގެން ދިޔައެވެ. އެކަކު އަނެކެއްގެ ކޮމަން ވާހަކަތަށް ޝެއަރ ކުރުމުގައެވެ. ހޮބީސްތަކާ ބެހޭގޮތުންނެވެ. ދެމީހުން ލައިކްވާ ކަންތަކާ ހިތްހަމަ ނުޖެހޭ ކަންތައް ތަކުގެ ވާހަކައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rozy

Level 210 Stories

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

އެހެނަސް

Next

އަވާމެންދުރު 2

Next
September 14, 2016

އަވާމެންދުރު 2

Previews
September 14, 2016

އެހެނަސް

13 Comments!

  1. lol says:
    September 14, 2016 at 4:55 am

    fettun varah alhaigaiy… 24 aharuge simran kiyavanee aminiya schoolun.. hows that posible… kiyevee in namaves ok vees. dhen varah ingireysi bas gina.. overall story is interestin…. keep it up

  2. yaana says:
    September 14, 2016 at 9:17 am

    Reethi

  3. ifa says:
    September 14, 2016 at 9:30 am

    For gods sake plus don’t write stupid things… 24 aharuge kuhjjeh amyniyyaa ga… Is this a joke o what…

  4. ifa says:
    September 14, 2016 at 9:31 am

    Plys*

  5. annoyed says:
    September 14, 2016 at 12:04 pm

    English bas thah gina v ma varah vai

  6. Madhy says:
    September 14, 2016 at 1:35 pm

    Vaahaka v salhi ?

  7. Nooo says:
    September 14, 2016 at 2:04 pm

    Asluvx dhw…atleast write something that make sense…n ehaa asarehvx kiyamun dhaairaku nuhureyy mi storyy thakehga..bt thy renowed author eko..i dnt knw…try khfiya miah vure ragalhu vaane thwchh

  8. faz says:
    September 14, 2016 at 2:50 pm

    Mashah mi story varah reethi..mistakeh inas story hama habeys..and by the way english words ehaa varah use kohffa eh neh..mithaa up kuraa ehen vaahaka thakuga maa ginain use kohffa hurey eng words..thi meehunnah alhaagannany baeh meehunge stories dhw..datz too much guys..if u cant say anythin positive keep ur mouth shut on negatives too..dont u ppl ever make mistakes or u got 100% in everythin??if so dhen u shud nt b here readind this kinda stories..get hel out of here..huh..

  9. dhatha says:
    September 14, 2016 at 2:51 pm

    24 aharuge kiyavaa kujjae nu hun naane raajjege avess schoolaega vv ra hama nujehay dhen furathama vaahakae liyan fashaairu vv ra viss nan jehayne kiyun therin balaigan nagotha husha helhey tho

  10. Gems says:
    September 14, 2016 at 4:06 pm

    Furathama folhuvaiy kiyaaleema ves foohi vejje ithurah kiyan.

  11. Nux says:
    September 14, 2016 at 6:12 pm

    V nice interesting story don’t worry 4 comment mistakeh vess hedhi dhaane dhw ?????

  12. Naabe says:
    September 17, 2016 at 9:51 pm

    Varah intresting vaahaka eh!!. Mistakes thah madhu kohlyma habeyx vaane. V.Good. Keep it up!! :P:D.

  13. someone says:
    October 21, 2016 at 10:31 pm

    not interesting

Comments are closed.

Next Episodeއަވާމެންދުރު 2←


All Right Reserved!