ނިޝްވާ ފޯން ބަލާލިއިރު ދެ މިސްޑް ކޯލާއި މެސެޖެއް އިނެވެ. ލޮކް ކޯޑް ޖެހުމަށްފަހު ފޯން ހުޅުވާލިއެވެ. ގުޅާފަ އޮތީ ކުރިންވެސް ގުޅި ނަންބަރުންނެވެ. މެސެޖް ހުޅުވާލިއެވެ. އެނަންބަރުން އައިސްފަ އޮތް މެސެޖެކެވެ. “… މަ ގުޅީމަ ފޯން ނުނެގިޔަސް މިރޭ އަށެއް ޖަހާއިރަށް ކުޑަކުދިން ބަގީޗާ ކައިރިއަށް އަންނާތި.. ނޫނީ މިރޭވެސް ތިގެޔަށް ދާންވީތަ؟ ނަޢުމާ ބޭނުން ގޮތެއް.. އަށެއް ޖަހާއިރަށް ނައިސް ފިޔާ މަ ބަލާނީ މިރޭ ތިގެޔަށް ދާންވީ ކަމަށް..” މެސެޖް ކިޔާ […]
“ބަންގާޅީން” ދިވެހި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިި ކުރާ ގިނަ އިގްތިޞާދީ މަސައްކަތްތަކުގައި ބިދޭސީ މަސައްކަތްތެރިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އެންމެކުޑަމިނުން، ޒަމާނުއްސުރެ ދިވެހިން ކުރަމުން އައި މަސްވެރިކަމުގައިވެސް ބިދޭސީންގެ ބޭނުން އޮޑިވެރިން މިހާރު ވަރަށް ބޮޑަށްހިފައެވެ. ނަމަވެސް މިބިދޭސީންގެ ފަރާތުން އަހަރެމެން ދިވެހިންނަށް ލިބޭފަސޭހަތައް ހަނދާނުގައި ހުންނަނީ މަދުބައެކެވެ. އެމީހަކީ ބަންގްލަދޭޝް މީހަކަށްވިޔަސް، ނުވަތަ އެމީހަކީ އިންޑިއާ ނުވަތަ ސްރީލަންކާގެ މީހެއްކަމުގައި ވީނަމަވެސް، ބުރަމަސައްކަތް ކުރާބިދޭސީންނަށް ގިނަ ދިވެހިން މިހާރު ކިޔާއުޅެނީވެސް ބަންގާޅީންނެވެ. އެއްވެސް ޙާލެއްގައި އެމީހުންކުރާ […]
“..ދޮންތައަށް ކިހިނެއްވީ އޭ.. ކޮބާ އަރީކާ؟” ޝަހީން އެހިއެވެ. ނިޝްވާ އޭނާއަށް އެނގޭ މިންވަރަށް ހުރިހާ އެއްޗެއް ކިޔާދިނެވެ. “..ކީއްވެ ޕޮލިހަށް ނުގުޅީ.. ކީއްވެ މަށަށް ނުގުޅީ” ޝަހީން ހިތްހަމަ ނުޖެހުނީ އެވަރު ބޮޑުކަމެއް ވީ އިރުވެސް އޭނާއަށް ނޭންގީމައެވެ. “..ދޮންތަ ބޭނުންނުވީ ޕޮލިހަށް ގުޅަން..” ޖަވާބު ދިނީ ނިޝްވާއެއް ނޫނެވެ. އަރީކާއެވެ. ޝަހީން ފަހަތްބަލާލިއެވެ. “..އަހަރެން ގުޅަން އުޅުނީމަވެސް ހިފެހެއްޓީ…” “..އެއީ ކީއްވެ؟..” ޝަހީން އެހިއެވެ. “..ދޮންތައަށް އެއީ ކާކުކަން ނޭގޭތީ ދޮންތަ ބޭނުން ނުވީ […]
ަޔަށް ދިޔުމަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ކުރަމުން އައި، އަދި މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ. ޒަމާނުގެ ތަރައްޤީއާއި ތަހުޒީބުގެ ތެރެއިން ގޭގެ ބޮޑުއަށިތަކާއި ކާމޭޒުތަކުން ނިކުމެ ސައިބޯ ހޮޓާތަކާއި ކެފޭތަކުން އެއްޗެއް ކަޅެއް ބޮމުންއައިސް، މިހާރު މިވަނީ ކޮފީއަށް ދިޔުމަށް ބަދަލުވެފައެވެ. ކުރިން ސައެއްބޯލުމަށް ވަންނަނީ ބަނޑުހައި ފިލުވާލުމަށްކަމުގައި ވީނަމަވެސް، މިހާރު އާންމުކޮށް މީހުން މިކިޔާ ކޮފީތަކަށް ގޮސްއުޅެނީ، ރައްޓެހިންނާއި ބައްދަލުކޮށްލާށެވެ. ނުވަތަ ތިމާގެ އަމިއްލަ ވާހަކައެއް އެހެންމީހަކާއި އެކު، ނޫނީ ބަޔަކާއި އެކު ހިއްސާކޮށްލުމުގެ […]
“..އޭތް… ހަމަ މިހާރު ދޮންތަ ގައިން ދޫކޮށްލާ..” އެމީހާގެ ޚަރަކާތް ހުއްޓުމަކަށް އައީ ފަހަތުން މީހަކު ހަޅޭ ލަވާގަތް އަޑަށެވެ. ނަޢުމާއަށް އަޑުން އެއީ ކާކުކަން އެނގުނެވެ. އޭނާ އަޑުއައި ދިމާލަށް ބަލައިލިއެވެ. އަދި އަވަސް އަވަހަށް އެމީހާއާ ދުރައްޖެހިލިއެވެ. އޭރު އަރީކާ އޭނާ ކޮޓަރި ދޮރުމަތީގައި ހުއްޓެވެ. އަތުގައި ދަނޑިބުރިއެއްވެސް އޮތެވެ. އެއީ މޮޕްގެ ދަނޑިއެވެ. އޭނާ ހުރީ ހާސްވެ ބިރުގެންފައެވެ. އަދި އެހާމެ ރުޅިވެސް އައިސްފައެވެ. ހިސާބަކަށް ތުރުތުރުވެސް އަޅައެވެ. އެމީހާ ހުރީ އަރީކާއަށް […]
“..އަހަރެންނަށް ހަމަޖެހިގެން އުޅެވޭނީ ކޮން ދުވަހަކުންތަ؟..” ނަޢުމާ ދެއަތުން ބޮލުގަ ހިފަހައްޓާހެންހުރެ އުޑުފައިން އިށީނެވެ. އަދި ފާރުގައި ލައްވިއެވެ. އޭނާގެ ދެލޯވަނީ ރަތްވެފައެވެ. އޭނާ ގިސްލަމުން ދެކަކޫމަތީ ބޯ އަޅާލިއެވެ. ************* ނިޝްވާ މޫނު ދޮވެލާގެން އައިސް އެނދުގައި އިށީނެވެ. ހަމަ އިށީނުމާއިއެކުހެން އިޝާން ގުޅިއެވެ. ކުޑައިރުކޮޅަކު ފޯނަށް ބަލަން އިނުމަށްފަހު ނިޝްވާ ފޯން ނެގިއެވެ. “..ހަލޯ.. ކީކޭ އިޝާން..” ގިނައިރު ރުއިމުގެ ސަބަބުން ނިޝްވާގެ އަޑުގައި ކުރަކި ކަމެއް ހުއްޓެވެ. “..ލޯބި އަޑަށް ކިހިނެއްވެފަ…ނިދަނީތަ؟؟…” އިޝާންއަށް […]
ނައުމާ ގައިގާ ބައްދާލިއެވެ. ނީޝްވާ އެކަންކުރީ ހިތުން ރުހުމަކުން ނޫނެވެ. ރީޝާ ކުރިންވެސް އުޅުން ގޮތަށް އުޅެވޭތޯ ބެލުމަށް ބުނެފައިވާތީއެވެ. އެގޮތަށް އުޅެގެން ހަޤީގަތް ހޯދުމުގެ އަޒުމާވެސް އެކުގައެވެ. ރީޝާ ބުނިގޮތަށް އެރޭ އިޝާން އާ ބައްދަލުކޮށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. އެންމެ ވާހަކަ އެއް ފިޔަވައެވެ. ދޮންތަ ހިތަށް އެރުވި އެހުތުރު ޢަމަލު ފިޔަވައެވެ. އެވާހަކަ ބުނެގެން އިޝާން ދޮންތައަށް ކުރާ ޤަދަރު ކުޑަކޮށްލަން އޭނާ ބޭނުންނުވީއެވެ. އިޝާންވެސް ބުނީ ހަމަ ރީޝާ ބުނިހެންނެވެ. ކުށްހީއަކަށް […]
ކުއްލިއަކަށް ނަޢުމާ ލޯ މަރާލީ ނިދާފައި އޮތް ޝަޙީން ތެދުވުމުންނެވެ. އޭނާ ތެދުވެގެން ގޮސް ކޮޓަރިން ބޭރަށް ނެކުތެވެ. އިރުކޮޅަކު ނަޢުމާ އޮތުމަށްފަހު އެނދުން ތެދުވިއެވެ. އަދި މަޑުމަޑުން ކޮޓަރި ދޮރާ ދިމާލަށް ހިނގައިގަތެވެ. ދޮރު ހުޅުވާލުމަށް ތަޅުގައި އަތްލުމާއެކު ނިދާފައި އޮތް ޝާން ބާރަށް ރޮއި ގަތެވެ. ނަޢުމާ ފުންނޭވާއެއް ބޭރުކޮށްލަމުންގޮސް ޝާން ނަގާއުރާލައިގެން ގޮސް އެނދުގައި ޖައްސާލިއެވެ. ޝަހީން ކޮޓަރީ ދޮރު ހުޅުވާލީ އެވަގުތެވެ. ނަޢުމާ ހައިރާނެއް ނުވެއެވެ. ޝާން ރޮއެ ގަތުމުން އޭނާ […]
“މަށަށް ވެސް ހީވަނީ އެއީ އެމަންޖެ ހެން..ވަރަށް ވައްތަރު” އިމާދު ވާހަކަ ދެއްކީ ޝައްކެއްގެ މަތީ ހުރެގެން ކަހަލަ ގޮތަކަށެވެ.. “އެކަމް އެންމެ ފަހުން މަށަށް އެމަންޖެ ފެނުނު އިރު ބަނޑުވެސް ބޮޑު.. އޭޑީކޭ ތެރެއިން މަށަށް ފެނުނީ.. އެދުވަހު އޭނަ ކައިރީގަ އިތުރު ފިރިހެން ޅާޔަކު ހުރީމަ ވާހަކަ ދެއްކޭގޮތް ނުވީ.. އެއީ އިޝަންޓޭ އެއް ނޫން ގައިމުވެސް..” “..ބަނޑުބޮޑޭ..” އިލްހާމް ބުންޏެވެ. “..ތިވާނީ ކައެއަށް ހީވިގޮތަކަށް.. އޭނަ ސުކޫލުގަނުންތަ އެއުޅެނީވެސް…” “..ވެދާނެ..މަށަށް ބަނޑުބޮޑުހެން ހީވީކަމަށް..ވަރަށް […]