Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

( އެހަނދާން… ނުފިލާނޭ …)

sindhitha Level 1
May 31, 2013 2 Mins Read
4 Comments

ޢައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ
އާދެ މިވާހަކަ އަކީ އަޅުގަނޑުގެ ފުރަތަވާހަކަ. މިވާހަކަގެ އަލީގައި އަޅުގަނޑު އަލަށްމިފަށައިގަންނަ މިމަސައްކަތަކީ ތިޔަ އެންމެ ކިޔުންތެރިންނަށް ރީތި ވާހަކަތަކެއް ގެނެސް ދިނުމުގެ މަޤުޞަދުގައި ފަށައިގަންނަ މަސައްކަތެއް. ވުމާއެކު އަޅުގަނޑަށް ތިޔަ އެންމެ ކިޔުންތެރިންގެ އެއްބާރު ލުމާއި އެހީތެރިކަން ލިބޭނެ ކަމުގެ އުންމީދުގައި އަޅުގަނޑުގެ ފުރަތަމަ ވާހަކައިގެ ފުރަތަމަ ބައި ތިޔަކިޔުންތެރިންނާއި ހަމައަށް ގެނެސް ދެން:
މިވާހަކައަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްލިޔެވިފައިވާ ވާހަކައެއް. ނަމަވެސް މިވާހަކައިގާ ހިމެނޭ ނަންތަކާއި ތަންތަންކީ އަސްލު ނަންތަކެއް ނޫންކަން މިފުރުސަތުގައި ފާހަގަ ކޮށްލަން؛

( އެހަނދާން….. ނުފިލާނެ…… )
އެލީނާއާއި އެލީނާގެ ކޮއްކޮ ސަމީނާ ކުޅެން އެދެކުދިންގެ އެކުވެރިންނާއި އެކު މަގުމަތީގައި ތިއްބެވެ. އެލީނާގެ މަންމަގެ ރައްޓެހި ޒުބައިދާ އެލީމެން ދެކުދިންނަށް ގޮވާލުމުން ދެކުދިން އެކުގައި ޒުބައިދާ ކައިރިއަށް ދިޔައެވެ. ޒުބައިދާ ދެކުދިން ގޮވައިގެން އެދެކުދިން ދިރިއުޅެމުންދާ ލ. ގަން/ ކަރަންކާގެއަށް ވަނެވެ. އެލީނާގެޔަށް ވަނުމާއެކު އެލީނާގެ ކަންފަތުގައިޖެހުނީ އެލީނާގެ މަންމަގެ ގިސްލުމުގެ އަޑެވެ. އެލީނާ އަވަހަށް އެއަޑު އަންނަދިމާއަށް ސަމީނާގެ އަތުގައި ހިފައިގެން ދުއްވައިގަތެވެ. ދުވެފައި ގޭގެ މެދުގެތެރެއިން ލާފައި އުނދޯލިގެޔަށް ނުކުމެވުނުއިރު އެލީނާގެ މަންމަ އުނދޯލީގައި އިނދެގެން ރޮނީއެވެ. މަންމަކައިރީ މަންމަގެ އެންމެގާތް ރަހުމަތްތެރިޔާ ޝައްޒިޔާއާއި އައިސާނިކެ ތިއްބެވެ. އެމީހުން ނަސޭހަތްދެމުން ދެއެވެ. ” މީ ކޮންމެ މީހަކަށްވެސް އަންނާނެދުވަހެއް… އެއްވެސް މީހަކު މިދުނިޔޭގައި އަބަދަކު ނުހުންނާނެ.. ދުނިޔެއަކީ ވަގުތީ ޢާލަމެއް… ކެއްތެރިވާންވާނެ… ” މިބަސްތައް އަޑުއިވުމުން އެލީނާއަށް ކޮންމެވެސް މީހަކު މަރުވެގެން އުޅެނީކަން އެނގުނެވެ. އެލީނާ މަންމަކައިރިޔަށް ގޮސް ހުއްޓުމުން މަންމައެލީނާއާއި ސަމީނާގެ ގައިގާ ބައްދައިގެންފައި ބާރަށް ރޯންފެށިއެވެ. އަދި ބެދިފައި އަޑަކުން “ދަރިފުޅުމެންގެ ބައްޕަ މިދުނިޔެއަކު ނެތް…. ބައްޕަ ނިޔާވެއްޖް..” މިބަސްތަކުން އެލީނާއަށް ފުންއަސަރުތަކެއް ކުރުވިއެވެ. އެލީނާއަށް ރޯން ނޭނގުނުކަހަލައެވެ.
އެލީނާގެ ބައްޕައަކީ މާލޭގައި ވަޒީފާއަދާ ކުރާމީހެއްކަމުން ރަށަށް އާދެވެނީ ވަރަށް މަދުންނެވެ. އެލީނާ އަކީ އުމުރުން އެންމެ 12 އަހަރުގެ ކުއްޖެކެވެ. ނަމަވެސް އެލީނާގެ މައިންބަފައިން ދީފައިވާ ތަރުބިއްޔަތާއި ލޯބީގެ ސަބަބުން އެލީނާ ބޮޑުވަމުން އައިސްފައިވަނީ ވަރަށް ތުއްތުކުއްޖެއްފަދައިންނެވެ. އެލީނާގެ ކޮއްކޮ ސަމީނާއަކީ އެލީނާއަށްވުރެ 3 އަހަރު ހަގު ކުއްޖެއްކަމުން ސަމީނާއަށް މިވެގެން އުޅެނީ ކީއްކަމެއް އިހުސާސް ނުކުރެވެއެވެ.
އެލީނާ އެލީނާގެ މަންމަގެ ލޮލުންފައިބަމުންދިޔަ ކަރުނަތައް ފޮހެދެމުން މަންމަގެ ގައިގާ ބާރަށް ބައްދާލިއެވެ. އެވަގުތު އެލީނާގެ އެންމެ ކުޑަކޮއްކޮ ޝާހީން އެތަނަށް ނިކުތެވެ. ޝާހީންއަށް ކިރިޔާ 3 އަހަރުފުރުނީއެވެ. އެލީނާ މަޑުމަޑުންގޮސް ކޮއްކޮ އުރާލައިގެން ބޭރަށްނިކުތެވެ. ގެއިން ބޭރަށް ނިކުމެގެން އެލީނާ މިސްރާބުޖެހީ އަތިރިމައްޗަށެވެ. އެލީނާގެ ގޭހުންނަނީ އަތިރިޔާ ވަރަށް ކައިރީގައެވެ. އެލީނާ އަތިރިމައްޗަށް ނިކުމެ ކޮއްކޮގެ މައުސޫމް މޫނަށް ބަލާލިއެވެ އަދި ކޮއްކޮގެ ކޮލުގައި ބޮސްދިނެވެ. އެވަގުތު އެލީނާގެ ލޮލުގެތެރެއިން ހޯސްލާފައި ކަރުނަތައް އެލީނާގެ ކޯތާފަތް މައްޗަށް ފައިބަންފެށިއެވެ. އެލީނާ އަތިރިމަތީ ދޮންވެލިގަނޑުގައި ކޮއްކޮބެހެއްޓުމަށްފަހު ދެކަކޫމައްޗަށް ތިރިވިއެވެ. އެގޮތަށްހުރެ އެލީނާއަށް ރޮވުނުވަރެއްވެސް ނޭނގެއެވެ. އެތަށް އިރެއްފަހުން އެލީނާ ކަރުނަތައް ފުހެލާފައި ކޮއްކޮގެ އަތުގައި ހިފައިގެން ގެޔަށްދާން ހިނގައިގަތެވެ. އޭރުވެސް އެލީނާއަށް ގިސްލެވެއެވެ………..
(…… ނުނިމޭ )

Share Article

Follow Me Written By

sindhitha

Level 1

Other Articles

Previous

ހުޅުކޮޅެއްގެ ނިވަލުގައި ޒިނޭއަށް ފަރުދާވެގެން

Next

ހިތް ނުރޮއްވާ…

Next
June 1, 2013

ހިތް ނުރޮއްވާ…

Previews
May 31, 2013

ހުޅުކޮޅެއްގެ ނިވަލުގައި ޒިނޭއަށް ފަރުދާވެގެން

4 Comments!

  1. ހައީ says:
    May 31, 2013 at 10:22 pm

    ހީވަނީ ރީތިވާނެހެން..

  2. ހަމްނާ says:
    May 31, 2013 at 11:23 pm

    ހްމްމްމް.. ސަޅި.. ދެންއޮތްބައި ކޮންދުވަހަކުން އަޕްވާނީ..

  3. މިޒޫ says:
    June 2, 2013 at 2:04 pm

    ައަބަދު އެލީނާ ނުކިޔައި ތިންވަނަ ނަމެއް ބޭނުން ކުރިއްޔާ ތަންކޮޅެއް ކިޔަން ފަސޭހަ ވާނެހެން ހީވަނީ

  4. ކިއުޓީ says:
    June 12, 2013 at 1:03 pm

    އަލަށް ވާހަކަ ލިޔާ ކުށްޖަކާ އަޅާބަލާއިރު ވާހަކަ ހަމަ ހަބޭސް!!!!!!!!!!!
    ކީޕް އިޓް އަޕް(؛

Comments are closed.


All Right Reserved!