ރަސްކަލަކަށް ވަރަށް ރީތި އަންހެން ދަރިޔަކު ލިބިގެންވިއެވެ. މިއަންހެން ކުއްޖާ އެއްފަހަރަކު އޭނާގެ ބައްޕަމެންނާއި އެކީ ޝިކާރަކުރަން ގޮސް އުޅުމުގެ ތެރޭގައި ގެއްލިއްޖެއެވެ. ދެން މިއަންހެން ކުއްޖާ ހިނގަމުން ހިނގަމުން ދަނިކޮށް ފެނުނީ ވަރަށް ނިކަމެތި ޖިފުޓިގަނޑެކެވެ. އެތަނުގެ އެތެރެ ބަލާލިއިރު ވަރަށް ޒުވާން، ފިރިހެން ކުއްޖަކު ނަމާދު ކުރަން ހުއްޓެވެ. ޒުވާނާ ގެ ނަމާދު ނިމެންދެން އަންހެން ކުއްޖާ އެތަނުގައި މަޑުކުރިއެވެ. އެ ޒުވާނާއަށް އެއީ ގެއްލިފައިވާ ކުއްޖެއްކަން އެނގުމުން ކާނެ އެއްޗެހީގެ އިތުރަށް، ނިދުމަށްޓަކައި […]
ނާދިޔާގެ ބުޅަލަކީ ވަރަށް ބަސްއަހާ، ގޮތްދޫނުކުރާ، ބޯހަރު ވަރަށް ވިޔާނުދާ ބުޅަލެކެވެ. އެހެން ކަމުން ނާދިޔާ އެބުޅާ ދެކެ ވަރަށް ލޯބި ވެއެވެ. އިލޮށިފަތިން ކުރަތްޕަށް ނުކުރާވަރަށް ނާދަޔާ އެބުޅަލަށް ލޯބި ކުރެއެވެ. ނާދިޔާގެ ބުޅަލަށް ކާންދެނީ ކޮންކްރިޓާއި ކޮންކްރިޓް ގަށާ މެޝިނާއި އުވައޮޑިއާއި އުދެއްޔާއި އިސްކޫރު ފަދަ އޮއްޓަރުލީ ކާނާއެވެ. ނާދިޔާ ތަނަކަށް ދާނަމަ ބުޅާ ވެސް ނާދިޔާ ފަހަތުން ދެއެވެ. ނާދިޔާގެ ފަހަތުން އެބުޅާ ދަނީ ލޮނުމެދު ކައިގެންދާ ގިތާ އެއްޗިހި ދާހެންނެވެ. ބުޅާ […]
މަންމާއެވެ! އަޅުގަނޑު މި ވާހަކަތައް ކިޔައިދޭނީ ކާކުގެ ގާތުގައި ހެއްޔެވެ؟ މަންމަ، އަޅުގަނޑާއި ކޮއްކޮ އާއި ބައްޕަ ދޫކޮށްފައި ތިޔަ ދިޔައީ ހާދަހާ ދުރަަށެވެ. ގެއިން ހޮސްޕިޓަލަށް ދަމުން ކޮއްކޮއެއް ބަލައި ދަނީއްޔޭ މަންމަ ބުނީމެންނޫންހެއްޔެވެ؟ އެހެނަސް ހޮސްޕިޓަލުން ސަލާމަތުން އެނބުރި ގެއަށް އަންނާނީ ހަމައެކަނި ކޮއްކޮކަމަށް އަޅުގަނޑު ހީކުރާނެ ހެއްޔެވެ؟ މަންމާ އެވެ! މަންމަ ދެން ދަނީއްޔޭ ބުނީ އަނބުރައި ނާންނަންކަމަށް އަޅުގަނޑަށް ހީވެދާނެ ހެއްޔެވެ؟ މަންމާއެވެ! މަންމަ ވަޅުލި އިރު ވެސް އަޅުގަނޑު ކައިރީގައި […]
މިގޮތަށް މިސުރުހީ ލިއުނުއިރު މިއަށް ފުރައްސާރައާއި މަލާމާތް ރައްދުވާނެކަން އެއީ އަޅުގަނޑަށް މާކުރިންވެސް ކަށަވަރު ވެފައި އޮތްކަމެކެވެ. އެއީ ހަގީގަތާ ކުރިމަތި ލާން ނުކެރޭ ފިނޑިން އަޅުގަނޑުމެން ތެރޭގައި އުޅޭތީއެވެ. ހަގީގަތަކީ ބައެއް ފަހަރު ހިތި އެހެނަސް ކޮންމެ މީހަކުވެސް ކުރިމަތި ލާން ޖެހޭނެ އެއްޗެކެވެ. އެހެން ކަމުން މި ހަގީގަތަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ޒުވާނުންނަށް ވިސްނިފައި އޮންނަ ގޮތުގައި މާބުރެއްހެން ލޯބޮޑު އައިނެއް އަޅާ، ބޮލުގެ އިސްތަށިގަނޑު ކަރަންޓުގައި ޖައްސާ […]