އިބްރަހިމް މިސްކިތަށް އަރާ ދުޢާ ކުރަން ފެށިއެވެ. “ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ.. މިއަޅާ އަށް 20 ރުފިޔާ ދެއްވާންދޭވެ..” އިބްރާހިމް ދުޢާ ކުރީ މިސްކިތުގައި ދެން ތިބި މީހުނަށްވެސް އިވޭވަރަށެވެ. މިހެން އިރުގަނޑެއްގައި ދުއާުކުރަން އިނުމަށްފަހު މިސްކިތުން ފައިބައިފިއެވެ. އިބްރާހިމްގެ މޫނަށް ހިނިތުންވުމެއް ގެނުވީ އަހުމަދު ގޮވާލުމުންނެވެ. އަހުމަދު ގާތަށް ދިޔުމުން އަހުމަދުގެ ވޮލެޓް ބަލާލާފައި 15 ރުފިޔާ ދިއްކޮށްލިއެވެ. ލިބުނު ލާރިކޮޅު ހިފައިގެން އިބްރާހިމް އަނެއްކާވެސް އެރީ މިސްކިތަށެވެ. އަދި ކުރި އެކޭ އެއްގޮތަށް އަނެއްކާވެސް […]
އަހަރެން ހުރީ އަހަރެންގެ ގާތް ރަހުމަތްތެރިޔާ ހަމްދު އާއި އެކު ފެން ކޫލަރު ކައިރީގައި ފެންބޯށެވެ، އަހަރެން ކުއްލިއަކަށް ސިއްސައިގެން ދިޔައެވެ. އެއީ ފިޒިކްސް ޓިޗަރުގެ އަޑެވެ. ‘ހަވަރ ޔޫ ފަޒީން’ ފިޒިކްސް ޓިޗަރ އެހިއެވެ. ގިނަ ދުވަސް ތަކަކަށް ފަހު ފެނުމުން އަހާލަން ބޭނުންވީ ކަންނޭގެއެވެ. ‘ހަވަރ ޔޫ’ ދަމާލައިފައި ފިޒިކްސް ޓިޗަރ ސުވާލު ތަކުރާތު ކުރިއެވެ. އަހަރެން ހަގީގަތުގައިވެސް އެއްޗެކޭ ބުނަން ބޭނުން ނުވީއެވެ. ނަމަވެސް ތަކުރާރު ކުރުމުން ޖަވާބު ދިނިމަށް މަޖުބޫރު ވީއެވެ. […]
މިއީ އަހަރެންގެ އެކުވެރިންގެ މެދުގައި ކިޔާ އުޅުނު ޖޯކެކެވެ. މިފަދަ ސައިޓެއްގައި ހިއްސާކޮށް ލަން ބޭނުންވީ އެވެ. އަދި މި ޖޯކުގެ އަސްލަކީ ކޮބައިކަން ނޭންގެއެވެ. ނަސީރު އާއި އިސްމާލު އަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. މި ދެރަހުމަތްތެރިންގެ ގާތް ކަން އުފެދުމުގެ އެންމެ ބޮޑު ސަބަބަކީ އެކުގައި ކޮފީ ބޮއި، ސިގިރޭޓް ބުއިމެވެ. އެއްދުވަހެއްގެ ހެނދުނުގެ ކޮފީ އެއްގައި އިނުމަށް ފަހު ނަސީރު އިސްމާލާއި ސުވާލު ކުރިއެވެ. “އަހަރެމެން ދެ މީހުންނަކީ ވަރަށް ގާތް […]
ހަސީނާ އޭނާގެ ގެއިން ނިކުތުމަށް ފަހު ބޭރުބަލާލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ހުދު އަދި ދިގު ތުނބުޅިއެއް ހުރި ތިން މުސްކުޅި ފިރިހެނުން ގޭގެ ކުރިމަތީގައިވާ ހުސްތަނުގައި އިށީދެގެން ތިއްބައެވެ. އެކަމަކު އެއީ ކޮން ބައެއްކަމެއް އޭނާއަކަށް ނޭންގުނެވެ. ފާހަގަ އެއް ނުކުރެވުނެވެ. ހަމަ ޔަގީނުންވެސް އެޢީ ނުދަންނަ ބައެކެވެ. ހަސީނާ، އެ ތިން މީހުންނަށް ބުންޏެވެ. “ތިޔައީ އަޅުގަޑު ދަންނަ ބަޔަކު ހެނެއް ހިއެއްނުވޭ. ތި ތިއްބެވީ ބަނޑުހައި ވެފައިތޯ؟ އެތެރެއަށް ދުރުވެ، ކޮންމެވެސް އެއްޗެއް […]