Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

މާމަ އާއި ކާފަގެ ހަރުދަނާ ކައިވެނި.

Xim Level 110 Stories
October 7, 2013 One Min Read
1 Comment

މި ލިއުމަކީ އަޅުގަނޑުގެ ކާފަ އަލްމަރުޙޫމް ކުޑަކަތީބު އަލިފުޅާއި އަޅުގަނޑުގެ މާމަ އަލްމަރުޙޫމާ ހައްވާ މޫސާ މީގެ 55 އަހަރު ކުރިން ހިޖުރީ ގޮތުން 1379 ވަނަ އަހަރު ކޮށްފައިވާ ކައިވެނީގެ ސެޓްފިކެޓް ގައިވާ ކައިވެނިކުރެވޭ ދެމީހުނަށް އަންގާފައިވާ ލިއުންތަކެވެ. މި ކައިވެނީގެ ސެޓްފިކެޓްގައިވާ ލިއުންތަކުން އަޅުގަނޑަށް އެނގުނީ އޭރުގެ ކައިވެނިތައް ކޮށްދީފައިވަނީ ހަރުދަނާ އުސޫލުތަކެއްގެ މަތީގައި ކަމެވެ. ވުމާއި އެކު ކައިވެނި ތަކުގައި ގޮށްޖަހަމުން ދާ ފަރާތްތަކަށް މިފަދަ ކައިވެނި ތަކުގެ ހަރުދަނާކަމުންވެސް އިބްރަތެއް ނުވަތަ މައުލޫމާތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އަޅުގަނޑު މިލިއުން ހުށަހަޅާލަދެމެވެ. އަޅުގަނޑު މި ލިޔެފައި މިވަނީ އޭގެ އަސްލަށް އެއްވެސް ބަދަލެއް ނުގެނެސް އޭގައިވާ ގޮތަށެވެ.

ދެން ތިރީގައި މި ބަޔާން ކުރަނީ މިކައިވެނީގެ ސެޓްފިކެޓްގައިވާ ކައިވެނިވާ ދެމީހުނަށް އަންގާފައިވާ އެންގުންތަކެވެ.

ކައިވެނިވާ ދެމީހުނަށް އަންގާ އެނގުންތަކެއް.

1. ކައިވެނި މަތީ ތިންގަޑެތި ދިނުން ލަސްކޮށްގެން ނުވާނެއެވެ.

2. މާތްރަސްކަލާންގެ ކިބައަށް އުރެދުމެއް ވެދާނޭ ކަމެއްގައި މެނުވީ، އަބިމީހާ، ފިރިމީހާއަށް ކިޔަމަންކަން އަދާކުރަންވާނެއެވެ.

3. އަބިމީހާ ކިޔަމަން ކަމުގައި އިންހާ ހިނދަކު، އެމީހާއަށް އިންނާނޭ ގެއަކާއި، ކައި، ބޮއެ، ހިނައި ޠާހިރުވެ، އުނުއަނދެ ނިވާވެ އުޅެވޭނޭ ޚަރަދު ބަރަދު ދޭންވާނެއެވެ.

4. އެއްވެސް ބާވަތަކުން އަނިޔާއެއްކޮށް، ހުތުރު އެއްޗެތިގޮވައި، އަނިޔާވެރިވެގެން ނުވާނެއެވެ.

5. ފިރިމީހާ އަނިޔާގެ ގޮތުން ކަމެއް ކުޅައަސް އޭގެ ބަދަލުގައި ކަމެއްނުކޮށް، ފިރިމީހާ އާއި ދެކޮޅުވެރިނުވެ، އެކަން ނައިބު ގެއަށް އަންގައިގެން ޞުލްޙަ އެއް ހޯދާނީއެވެ.

6. އަބިމީހާ ނުކިޔަމަންތެރިވެގެންފި ހިނދަކު، އެމީހާއަށް ފިރިމީހާ ދޭންވާ، ޚަރަދު ބަރަދު ނުދޭނަމަ، ނުދީ ހުންނާންވާނީ، އެކަން ނައިބު ގެއަށް ސާބިތު ކޮށްދިނުމަށްފަހު ގައެވެ. އެކަން ސާބިތުކޮށްދިނުމަކާއި ނުލައި، ޚަރަދު ނުދީ ޞުލްޙައެއް ނުވެ، ހުރެއްޖެ ނަމަ، އަބިމީހާ ދަޢުވާ ކޮށްފިއްޔާ، ޚަރަދު ނުދީ ހުރިހާ ދުވަހަކަށް، ޚަރަދު ލައްވާނެއެވެ.

7. ދެމީހުން ކުރެ ކޮންމެ މީހަކުވެސް، މި އެންގިގޮތާއި ޚިލާފުވެއްޖެކަން ސާބިތު ވެއްޖެނަމަ ނައިބު ގެއިން އަދަބު ލިބޭނެއެވެ.

13 .8 .1379 ހިޖުރީ
12 .2 .1960 މީލާދީ

ނަކަލުކޮށް ލިއުނު ތާރީޚް: 9 ނޮވެމްބަރ 2010 ވަނަ ދުވަހު.
ނަކަލުކޮށް ލިއުނީ : ޙަސަން ޢާޒިމް (ޒިމް)

Share Article

Follow Me Written By

Xim

Level 110 Stories

I am a freelance writer, who always love to write about different topics.

Other Articles

Previous

ނުރުހުމުން.

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 44

Next
October 7, 2013

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 44

Previews
October 6, 2013

ނުރުހުމުން.

One Comment

  1. midnight girl says:
    October 29, 2015 at 7:17 am

    Hey nice one… but nw thtx too changed right?

Comments are closed.


All Right Reserved!