Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ނަޖާ (ސާދަވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
September 21, 2015 4 Mins Read
26 Comments

ގަޑިން 1:45 ވީތަނާހެން ދޮރުގައި މީހަކު މަޑު މަޑުން ޓަކި ޖަހާލިއެވެ. މަސްތުގައި ތިބި އެއްވެސް މީހަކަށް އެ އަޑު ނީވޭ ކަހަލައެވެ. އަނެއްކާވެސް ކުރިއަށް ވުރެއް ބާރަށް ޓަކިޖަހާލިއެވެ.

ނިވާކަމެއް ނެތް ނީޝްގެ ހަށިގަނޑު މަތިން ޝާޑް ތެދުވިއެވެ. އޭނާއަށް އެއީ ޒަހާމެން ކަން އިނގޭތީއެވެ.

އޮފީހުގައި މަސައްކަތް ކުރާތާ މިހާ ދުވަސް ވީ އިރުވެސް އަދި ޒަހާއާއި ރަމްޝާގެ ފިޔަތަކުން ފޮނި ބޯލުމުގެ ފުރުސަތު ލިބިފައި ނުވާތީ މި ފުރުސަތުގައި ހުރިހާ ލައްޒަތަކާއި އަރާމެއް ލިބިގަތުމުގެ ބޭނުމުގައި ގޮސް ދޮރުގައިވާ ތަންޑު ނައްޓާ ދޮރު ހުޅުވާލީ ވަރަށް އުފަލުން ހުރެއެވެ.

ރިފްދާގެ ޕްލޭން
ތިން މީހުން އެކީގައި އައީ ނަން މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ މޭރީ ބްރައުނަށެވެ. ކައުންޓަރާއި ކައިރިވެ ބޭނުންވާ ކާއެއްޗިއްސަށް އޯޑަރ ދިނުމަށް ފަހު ޑްރިންކްސް ނަގައިގެން އެމީހުން އެތެރޭގައި ހުރި މޭޒެއްގައި އިށީނެވެ.

އޯޑަރުކުރި އެއްޗިހި ވެއިޓަރު ގެނެސް ދިނުމުން އެންމެން ކެއުމާއިގެން އުޅުނެވެ. ނަމަވެސް ފަޔާޒް އިނީ ކާއެއްޗެއް އަނގަޔަށް ލާން ބޭނުން ނުވެފައެވެ. ކެއުމާ ގަޔާނުވެ ހުރެ ނަމަވެސް ރިފްދާ ދޭ ކެއުމަކަށް ވާތީ ތެލުލާފައިވާ އަލުވިކޮޅުތައް މަޑު މަޑުން އަނގަޔަށް ލާ ކަމުން ދިޔައެވެ.

“ފަޔާ…. ކިހިނެއް ވެފައި ތީނީ؟…. ހާދަ މޫޑީ އޭ….” ރިފްދާއަށް ފަޔާޒްގެ ފަރާތުން މި ފެންނަ އާދަޔާ ޚިލާފު ގޮތްތައް ފާހަގަވުމުން އަހާލިއެވެ.

“މިހާރު އެއޮއް މެންދުރު ފަސްވެ ހަވީރު ވަނީ… އަދިވެސް ޝިޔާނާގެ އެއްވެސް ޚަބަރެއް ނުލިބޭ… އަހަރެން މިހުރީ ވަރަށް ކަންތައް ބޮޑުވެފައި… އަނެއް ކޮޅުން ޝިޔާނާގެ މަންމަ….” ފަޔާޒަށް މިހިސާބަށް ބުނެވުނު އިރު ކަރުގައި އަޅައިގަނެއްޖެއެވެ. ރިފްދާ އަވަހަށް ކައިރީގައި ހުރި ފެން ތަށި ދިއްކޮށްލިއެވެ. ނާއިފް ފަޔާޒުގެ ބުރަކަށީގެ ދެ ބޮނޑި ޖަހާލިއެވެ.

ފަޔާޒް ފެން ބޮއި ނިމިގެން ހަމައަކަށް އެޅުމުން ރިފްދާ ވާހަކަ ދައްކަން ފެއްޓިއެވެ. “ފަޔާ… ތިވަރަށް ނުވިސްނާ…. މިތަނުން ނިމިގެން އަހަރެމެން އައިންތުއަށް ގުޅާލާނީ… އޭރުން އެނގިދާނެއްނު ޝިޔާނާގެ ހާލެއްވެސް….”

“އޯކޭ… ސޯ ކިޔައި ދޭންވީނުން މި ފަސް ކުށްވެރިން ރެޑްކޮށް ހައްޔަރު ކުރި ޕްލޭން” ކެތްމަދު ވެފައިވާ ނާއިފް އަވަހަށް އަހާލިއެވެ.

“އަހަރެން މި މަޑުކުރަނީ ރީޝާއާއި ޒިދްނާއާއި އަންމަޑޭ އާދޭތޯ؟…. އެއީ މި ކޭސްގައި އަހަރެންގެ ޕާޓްނާސް….” މިހިސާބަށް ވާހަކަ ކިޔައިދީ ނިމުނު އިރު ކައުންޓަރ ކައިރިން ތިން ޒުވާނަކު އެމީހުން ތިބި މޭޒާއި ދިމާލަށް އަންނަތަން ފެނުމުން ރިފްދާ އެމީހުންނަށް އަތުން ހަނާ އަޅާލުމަށް ފަހު އެތަނަށް އައުމަށް އިޝާރާތް ކޮށްލިއެވެ.
އެއީ ވަރަށް ޒުވާން ތިން ކުދިންނެވެ. ބަލާ ބެލުމަށް ފުލުހުންގެ ބައެއްހެން ހިޔެއް ނުވެއެވެ. ބޮލުގައި ކުލަ ޖައްސާ ހެދުން އެޅުމުގެ ސްޓައިލުންވެސް އެމީހުން ހީވަނީ ޒަމާނީ ފެޝަނަށް އުޅޭ ޅަފުރައިގެން ޒުވާނުންތަކެއް ހެންނެވެ. އެމީހުން އައިސް ފަޔާޒުމެންގެ މޭޒު ކައިރީ ހުރި ހުސް ގޮނޑިތަކުގައި އިށީނެވެ. އެ ވަގުތު ރިފްދާ އެ ތިން ޒުވާނުން ތަޢާރަފް ކޮށްދިނެވެ.

“ފަޔާޒްމެން މީގެ ދުވަސްތަކެއް ކުރިން އަހަރެންނާ ބައްދަލުކޮށްފައި މަތީނުމެން ކުންފުނީގެ ޕޯޓްފޯލިއޯ ހަވާލު ކުރީމެއްނު…. އެ ދުވަހަށްފަހު އަހަރެން އައީ އެ އޮފީހުގައި ހިނގާ ކަންތައްތަކަށް ފާރަލަމުން…. އެހިސާބުން އެނގުނު އެމީހުން ވަޒީފާއަށް ދެ އަންހެން ކުދިން ބޭނުންވެގެން އުޅޭކަން….. ރީޝާއާއި ޒިދްނާ އެ އޮފީހަށް ވަޒީފާއަށް އެދިގެން ދިޔައީ ފޭކް ސެޓްފިކެޓްތަކަކާއި އެކީ ރަމްޝާއާއި ޒަހާގެ ނަމުގައި…. އަންމަޑޭ އުޅުނީ ދުރުދުރުން އެމީހުންނަށް އެހީތެރިވުމުގެ ގޮތުން އެހެން ކަންތައްތައް ޕްލޭން ކުރުމުގައި…. އެ ކުންފުނިން ކުރަމުން އަންނަ އެތައްކަމެއް ވަނީ މި ވޭތުވެދިޔަ ދޮޅުމަސް ތެރޭގައި ފަޅާ އަރާފައި…. ބޭރުން މުދާ އެތެރެ ކުރާއިރު މަސްތުވާ ތަކެތި އެތެރެކޮށް ބްލެކް މާކެޓްގައި ވިޔަފާރި ކުރަމުން ދާކަން އެނގޭ… ރިސޯޓްތަކަށް ގޮސް ނުބައި އެކި ޢަމަލުތައް ކުރުމުގައި އެމީހުން އުޅޭ….. އެމީހުން އެ އުޅެނީ ހަމަ ޔޫރަޕް ސްޓައިލުގެ ދިރިއުޅުން….” ރިފްދާ ވާހަކަ މިހިސާބަށް ބުނުމަށް ފަހު ކުރިމަތީ ހުރި ކޯކުތަށިން ކޯކުފޮދެއް ބޯލާ ކަރު ތެއްމާލިއެވެ.
“ވާއު….. ދެން…. ދެން ކިހިނެއްވީ؟” ނާއިފް ދެން ވީގޮތް އޮޅުންފިލުވަން ސުވާލުކޮށްލިއެވެ.
އެ މިޝަން ކާމިޔާބު ކުރިގޮތް ރީޝާއާއި ޒިދްނާ ކިޔައިދޭން ފެށިއެވެ.
*** *** *** *** *** ***

ނީޝްގެ ޕާޓީއަށް ދާން އޮތް ރެއަކީ ސާނިޔާއާއި މަތީނު ވަރަށް ގަދަޔަށް ޒުވާބު ކުރި ރެޔެކެވެ. ޝާޑުއާއި އެކީ ރަމްޝާ (އަސްލު ނަމުން ނަމަ ރީޝާ) އާއި ޒަހާ (އަސްލު ނަމުން ނަމަ ޒިދްނާ) މަތީނުމެންގެ އެޕާރޓްމަންޓަށް ދިޔައިރު ސާނިޔާއާއި މަތީނު ޒުވާބު ކުރާ އަޑު ދޮރުމަތީ ހުރި އެންމެންނަށް ސާފުކޮށް އިވުނެވެ.

“މަތީނު…. މަށަށް އިނގޭ ތިއުޅެނީ އެ ޒަހާއާއި ހެދި ހޭބަލިވެގެން ކަން…..” ސާނިޔާގެ މި ޖުމްލަ އަޑުއަހަން ހުރި މަތީނު ސާނިޔާގެ ކޯމަތީ ބާރު އެތިފަހަރެއް ޖެހިއެވެ. ސާނިޔާ އައިސް ހުރި ރުޅީގައި ގޮސް އެޕާޓްމަންޓުން ނުކުތުމަށް ދޮރު ހުޅުވާލި ވަގުތު ކުރިމަތީގައި މިތިބީ ރަމްޝާއާއި ޒަހާއާއި އެކު ޝާޑުއެވެ.

ސާނިޔާގެ ޖަންބުކުލަ އަރާފައިވާ މޫނު މަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ސާނިޔާއަށް ވެފައި ހުރިގޮތް ފެނުމުން ޝާޑް ވަރަށް ކަންތައް ބޮޑުވިއެވެ. ޝާޑް މިރޭގެ މި ޕާޓީއަށް ދިޔުން ކެންސަލް ކުރަން ބޭނުން ނުވާތީ، ޒަހާއާއި ރަމްޝާ ގާތު މަތީނުއާއި އެކު އައުމަށް އެދެމުން ޝާޑު ސާނިޔާ ގޮވައިގެން ވަކިން ސައިކަލުގައި ޓާރމިނަލަށް ދާން މިސްރާބު ޖެހިއެވެ.

މަތީނު ހުރީ ވަރަށް ރުޅިގަދަ ވެފައެވެ. ސާނިޔާގެ ޖުމްލަތަކުން އޭނާއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ރަމްޝާއާއި ޒަހާއަށް މަތީނު ރުއްސައިގެން މި ޕާޓިއަށް ގެންދަން މަސައްކަތް ކުރިއެވެ. ޒަހާ ވަރަށް ގައިގޯޅިވެ މަތީނަށް ވިސްނައި ދިނުމުން މަތީނު އެ ޕާޓީއަށް ދިޔުމަށް އެއްބަސް ވިއެވެ. މަތީނު ރީތިވެ ޓީޝާޓަކާއި ޖީންސެއް ލައިގެން ޒަހާ މެންނާއެކީ މާލެ ދިއުމަށް ޓަރމިނަލަށް ދިޔައިރު ރޭގަނޑު 10:30 ވަނީއެވެ.

ޕާޓީއަށް އާދެވުނު އިރު ޝާޑްއާއި އެކީ ސާނިޔާ ހުރިތަން ފެނުނެވެ. މަތީނުއާއި ސާނިޔާއާއި ދެމެދު ހިނގި ހަމަނުޖެހުމަށް ފަހު މަތީނު އުޅުނީ ސާނިޔާ އާއި ވަރަށް ދުރުދުރުންނެވެ. މަތީނު ދުރުގައި ޒަހާއާއިއެކު ހުރިތަން ފެނުމުން، އެ ޕާޓީ ތެރޭގައި ހުރި އެންމެ ރީތި އެއް ޒުވާނާ ކަމަށްވާ ޒިމޯއާއި ސާނިޔާ ކައިރިވެލާ ވަރަށް ފަސޭހައިން އެދެމެދުގައި އޮތް ގުޅުން ގާތްވެގެން ދިޔައެވެ. ޒަހާމެން ކައިރީހުރި މަތީނަށް މަންޒަރު ބަލަންހުރެ ވަމުންދާ ގޮތް ފާހަގަވިއެވެ.

އެ ޕާޓީގައި ތަފާތު އެކި ކަންތައްތައް ހިނގަމުން ދިޔައެވެ. މަސްތުވާތަކެތި ބޭނުން ކުރުމާއި ޑީ.ޖޭ ގައި ދެ ޖިންސުގެ ޒުވާނުން މަސްތުގެ ޙާލުގައި ތިބެ ނަށަމުން ދިޔައެވެ.

ޝާޑުމެން ހެދި ޑްރިންކް ތަށިތައް ހިފައިގެން ޒަހާއާއި ރަމްޝާ ޑާންސް ފްލޯގެ ތެރެއަށް ގޮސް އެތާ އަރިމަތީ ހުރި މާގަސް ޕޮޓެއްގެ ތެރެއަށް ހުސްކޮށްލިއެވެ. އަދި ވާހަކަ ދެއްކުމުގަޔާއި އުޅޭ އުޅުމުގައި ބޮއިގެންހުރި މީހެކޭ އެއްފަދައިން އަނގައިން ވާގި ދޫކޮށްގެން ވާހަކަ ދައްކަމުން ދިޔައީ މަތީނުމެންނަށް ޝައްކެއް ވެދާނެތީއެވެ.
ރޫމެއް ބޭނުންވެގެން ތަނަކަށް ނުގުޅިގެން ޝާޑް މަސައްކަތް ކުރަމުން ދިޔަ ހިސާބުން ޒަހާއަށް ފުލުހުންގެ ރޭވުމަށް މިރޭގެ ހުރިހާ ކަމެއްވެސް އަނބުރާ ލެވިދާނެކަން ޔަޤީންވިއެވެ. އެހެންވެ އަވަހަށް ފޯނުނަގާ އަންމަޑޭއަށް ގުޅާލުމަށް ފަހު ރޫމް ހަމަޖައްސަން ވާހަކަ ދެއްކީ މަސްތުވެފައިވާ ހާލެއްގައި ހުރެ އެކްޓު ކުރަމުންނެވެ. އަންމަޑޭއަކީ އެމީހުންގެ ތިންވަނަ ޕާރޓްނާއެވެ.

އަންމަޑޭއަށް މަޑޭގެ ނަމުން މުޚާތަބުކޮށްގެން އެ ގެސްޓް ހައުސަށް ގޮސް ރަމްޝާއާއި ޒަހާ ދިޔައީ މަޑޭއަށް ކަމެއް ކޮށްދީފައި ޝާޑްމެންގެ ކޮޓަރިއަށް ދިޔުމަށް އެއްބަސް ވެފައެވެ. ޝާޑްމެން ކޮޓަރިއަށް ވަދެ މަސްތުގައި ތިބެ ނުބައި ޢަމަލުތައް ހިންގަމުން ދިޔަ ދަނޑިވަޅުގައި ރަމްޝާމެން ފުލުހުންގެ އޮޕަރޭޝަން ޓީމަށް ގުޅިއެވެ. އެވަގުތު އެ ގެސްޓް ހައުސަށް ރިފްދާ ފުލުހުންގެ ޓީމަކާއި އެކު އައުމުން ކޮޓަރި ދެއްކުމަށް ފަހު ހަދަންވީ ގޮތް ބުނެދީ ރަމްޝާއާއި ޒަހާއާއި މަޑޭ އެ ތަނުން ނުކުމެގެން ފުލުސް އޮފީހަށް ބަޔާން ދިނުމަށް އަވަސް ވެގަތެވެ.

ޓަކި ޖެހުމުން ދޮރު ހުޅުވާލީ ޝާޑެވެ. ލިބުނީ ހައިރާންކަމެކެވެ. ދޮރު ކުރިމަތީގައި މިތިބީ ފުލުހުންނެވެ. އޭރު ޝާޑުއާއި އޭނާގެ އެކުވެރިން މިތިބީ ބަރަހަނާ ހާލުގައި މަސްތު ކަންމަތީގައެވެ.

ފުލުހުން ވަދެ މުޅި ކޮޓަރި ޗެކް ކުރިއިރު ކޮޓަރިން މަސްތުވާ ތަކެތި ފެނުނެވެ. މި މީހުން ތިބި ހާލު ފެނުމުން މި ތިބީ ބަދުއަޚްލާގީ އަމަލުތަކެއް ކުރުމުގައި ކަމާއި މަސްތުގައި ތިބިކަން އެނގި އެމީހުން އަންނައުނު ލައްވައިގެން އެ ގެސްޓް ހައުސްއިން ނެރުނީ އަތުގައި ބިޑި އަޅުވައިގެންނެވެ. މަގުމަތީގައިވާ ފުލުހުންގެ ޖިޕަށް މި ފަސް ކުށްވެރިން ލުމަށް ފަހު އަތޮޅު ވެއްސަށް ގެންދެވުނެވެ.

*** *** *** *** *** ***

ފަޔާޒާއި ނާއިފް މޭރީ ބްރައުންއިން ނުކުމެ މަޑުކޮށްލީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ކުދިންތަކެއް ވޮލީ ކުޅެމުންދާ މަންޒަރު ފެނިގެންނެވެ. ފަހަތުން ނުކުތް ރިފްދާއާއި އޭނާގެ އެކުވެރިން ދަނީޔޭބުނެ އަތޮޅުވެއްސާއި ދިމާލަށް މިސްރާބު ޖެހިއެވެ.

“ރިފްދާ…. އޭނާ އެ ހިންގާލީ ހާދަ ވަރުގަދަ އޮޕަރޭޝަންއެކޭ…. ޝީޒް ސްމާޓް…” ނާއިފް ހުރީ އެމީހުންގެ ޕްލޭން އެނގި އާގަމަ ކައިފައެވެ.
ނާއިފް އައީ ރިފްދާ ކުރި މަސައްކަތްތަކަށް ތަޢުރީފް ކުރަމުންނެވެ. ނަމަވެސް ސާނިޔާ މިފަދަ ނުބައި ކަންތައްތަކެއްގައި ޝާމިލްވެފައި ވާތީ އެކަމާ ނާއިފް ވަރަށް ދެރަވިއެވެ. “ކޮންފަދަ ރަގަޅު ކުއްޖެއްތަ އެއީ؟….. ޝިޔާނާ މީހަކު މަރާލި ކަމަށް އެބުނާ ޚަބަރުން އޭނާއަށް ވީ ގޮތްދޯ…. މަތީން ސާނިޔާ ހިމާޔަތް ކުރުމުގެ ބަދަލުގައި ނުބައި މަގަށް މަގު ހުޅުވައިދެމުން އެ އައީ… އެއީ ކޮންކަހަލަ ނުބައި މީހެއްތަ؟…. އޭރުވެސް މަގޭ ހިތަށް އެރި މަތީނަކީ ނުބައި ނުލަފާ ފިރިހެނެކޭ….. ހިތަށް އަރާ..”
ދަތްކުނޑި ވިކައިގެން ހުރެ ވާހަކަ ދައްކަމުން އައި ނާއިފްގެ ވާހަކަ މެދުކަނޑާލީ ފަޔާޒުގެ ފޯނު ރިންގުވާން ފެށުމުންނެވެ. ފަޔާޒް އޭނާގެ ޖީބުން ފޯނުނަގާ އަވަހަށް އެކޯލަށް ޖަވާބުދިނެވެ.

“ސަރ…. ޝިޔާނާ ހޭ އަރައިފި….” އެކޮޅުން ވާހަކަ ދެއްކީ އައިންތުއެވެ.
= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ހިތަކުން ހަމަ ނުފިލާނޭ…

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 12

Next
September 21, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 12

Previews
September 21, 2015

ހިތަކުން ހަމަ ނުފިލާނޭ…

26 Comments!

  1. Fakko says:
    September 21, 2015 at 10:37 pm

    Haadha kurukoh… Ekm v reethi.

  2. fareeaaa says:
    September 21, 2015 at 10:41 pm

    vvvv sahi

  3. fareeaaa says:
    September 21, 2015 at 10:42 pm

    v kuru ekm.vvv habeys

  4. fathun says:
    September 21, 2015 at 10:48 pm

    Hama habeys.but too short.waiting for next.

  5. ken? says:
    September 21, 2015 at 11:49 pm

    tooooooo short….next part dhigukohlaathi..???

  6. zai says:
    September 21, 2015 at 11:58 pm

    V salhi

  7. aish says:
    September 22, 2015 at 1:27 am

    V sali

  8. Shax Lyn says:
    September 22, 2015 at 1:30 am

    next episode miah vureh dhigukollaanan… 🙂 thank you for reading NAJAA….. @ken @zai @fathun @fareeaaa @fakko 🙂 🙂 happy holidays to all my readers

    1. Anonymous says:
      September 23, 2015 at 1:11 pm

      Kon irakun nxt prt?

  9. gurey says:
    September 22, 2015 at 2:58 am

    Saabahey…….. Mee hitu vaahakaeh huvaaa…. Aalu kurin dhiya baithakaa balaafa mi bai kuru….. Keep it up…. Next part kon irakun 🙂 😀

  10. shaz says:
    September 22, 2015 at 3:01 am

    V v v v v obi. Dhiguko genesdhiniyya rangalhu. Maa kury Pls pls pls avaha upkohdheythi. Happy holidays to u too.

  11. Shau says:
    September 22, 2015 at 9:11 am

    Mi part ekyhve eha kuru koh thi genesdhinii??? But still this part is also habeys! Thank u Shax… Plxx upload the nxt part soon!

  12. San says:
    September 22, 2015 at 9:27 am

    wowww…kiya hithun huhta nimihje maa avahah,waiting for next episode

  13. mary says:
    September 22, 2015 at 10:14 am

    Vvvv shali dhenanna part dhigu kurun edhen

  14. sira says:
    September 22, 2015 at 11:33 am

    V obi, mi vaahakaya filmeh hadhaifiyya yageenun ves super hitakah vaane

  15. kiyuntheriya says:
    September 22, 2015 at 11:38 am

    filmeh hedhiyas mi vaahakaiga sifa kohdhyfa huri kahala kudhin libeynebaa mi raajein / its an amazing story /
    I also wish if I cud see NAJAA as a movie 🙂

  16. angle says:
    September 22, 2015 at 12:29 pm

    Hama v habeys… story eh.. cant wait for the nxt part ?

  17. ifaa says:
    September 22, 2015 at 2:11 pm

    V salhi story eh … love it

  18. shania says:
    September 22, 2015 at 3:09 pm

    Plx ma jalun neredhy☺☺golheega v foohi

  19. Anonymous says:
    September 22, 2015 at 5:17 pm

    Kury baithakuga faahaga kohdheefa huri kuhthah mibaiga ves vany thakuraaru vefa… Ragalhu kureema faidhaa vaany ves hama thimaa ah..

  20. shania says:
    September 22, 2015 at 7:32 pm

    Fayaxbe nettha helpeh vattaaleveykah☺

  21. Naaif says:
    September 22, 2015 at 7:51 pm

    why did u break my heart Saaniya I hate u now 🙁 🙁

  22. Fayaz says:
    September 22, 2015 at 8:53 pm

    Shiyana kairy ahaafa engeyny..Naaif ah gulhaa?

  23. shiyana says:
    September 22, 2015 at 9:06 pm

    I’m speechless ?

  24. Neesh says:
    September 22, 2015 at 9:39 pm

    Daddy Rescue me n saaniya

  25. maddeline says:
    September 30, 2015 at 10:12 am

    UMM I WILL KEEP MY MOUTH SHUT UNTIL THE END

Comments are closed.

Next Episodeނަޖާ (ފަނަރަވަނަ ބައި)←


All Right Reserved!