ދަތްކުނޑި ވިކައިގެން ހުރެ ވާހަކަ ދައްކަމުން އައި ނާއިފްގެ ވާހަކަ މެދުކަނޑާލީ ފަޔާޒުގެ ފޯނު ރިންގުވާން ފެށުމުންނެވެ. ފަޔާޒް އޭނާގެ ޖީބުން ފޯނުނަގާ އަވަހަށް އެކޯލަށް ޖަވާބުދިނެވެ. “ސަރ…. ޝިޔާނާ ހޭ އަރައިފި….” އެކޮޅުން ވާހަކަ ދެއްކީ އައިންތުއެވެ. ސާނިޔާގެ ދުލުން….. ފަޔާޒަށް ލިބުނު އުފަލާއި ހައިރާން ކަމާއި އެކު އަހާލެވުނެވެ. “ކީކޭ އައިންތޫ…. މިހާރު ޝިޔާނާ ރަނގަޅުތަ؟… މަށަށް ވާނުވާ އަންގަމުން ދާތި….” “ސަރ… ޝިޔާނާގެ ހާލު މުޅިން ރަނގަޅެކޭވެސް ނުބުނެވޭނެ….. ޑޮކްޓަރުން އަންގަނީ ވީ […]
ގަޑިން 1:45 ވީތަނާހެން ދޮރުގައި މީހަކު މަޑު މަޑުން ޓަކި ޖަހާލިއެވެ. މަސްތުގައި ތިބި އެއްވެސް މީހަކަށް އެ އަޑު ނީވޭ ކަހަލައެވެ. އަނެއްކާވެސް ކުރިއަށް ވުރެއް ބާރަށް ޓަކިޖަހާލިއެވެ. ނިވާކަމެއް ނެތް ނީޝްގެ ހަށިގަނޑު މަތިން ޝާޑް ތެދުވިއެވެ. އޭނާއަށް އެއީ ޒަހާމެން ކަން އިނގޭތީއެވެ. އޮފީހުގައި މަސައްކަތް ކުރާތާ މިހާ ދުވަސް ވީ އިރުވެސް އަދި ޒަހާއާއި ރަމްޝާގެ ފިޔަތަކުން ފޮނި ބޯލުމުގެ ފުރުސަތު ލިބިފައި ނުވާތީ މި ފުރުސަތުގައި ހުރިހާ ލައްޒަތަކާއި އަރާމެއް […]
“އަޑު އެހިންތަ ހުޅުމާލެއިން މީގެ ދެ މަސް ކުރިން މީހަކު މަރާލި އަންހެނެއްގެ ވާހަކަ….. އެއީ އަހަރެންގެ ދޮންތަ…. އެ ހާދިޘާއަށް ފަހު އަހަރެން ވަރަށް އެކަނިވެރިވި…. އަހަރެންނަށް އުޅެން ވަރަށް އުނދަގޫވި….. އަހަރެންގެ އެކަނިވެރިކަން ފިލުވައިދޭ އެކުވެރިޔަކީވެސް އަހަރެންގެ ދައްތަ….. ނަމަވެސް އޮފީހުގައި މަސައްކަތް ކުރަން އަލަށް އައި ދެކުދިން ވީ ވަރަށް ނައިސް ބަޔަކަށް…. އެއީ ރަމްޝާ އާއި ޒަހާ…. އެމީހުންނާއެކީ ވަގުތުތައް ހޭދަކުރަމުން އައިސް އަހަރެންގެ ހެދުން އެޅުމާ ސްޓައިލަށް މި ހުރިހާ […]
އެހިސާބަށް ވާހަކަ ދިޔައިރު ވަހީދާ އެނދުމަތި ކުރެވިފައިވާ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ފަޔާޒް އެކޮޓަރިން ނުކުތީ ދެލޯ ނިއްކުރި މައްޗަށް ލައިގެން ހުރެއެވެ. މީހާ ވަނީ ހާސްވެފައެވެ. ނިއްކުރިމަތިން ފެންނަމުން ދިޔަ ދާ ތިކި ތަކުން ފަޔާޒް ހާސް ވެފައިވާ މިންވަރު ރަގަޅަށް ސިފަވަމުން ދިޔައެވެ. އަނގައިން އެއްވެސް ބަހެއް ނުބުނެ އޭނާއަށް އެހެން ހުރެވުނީއެވެ. ކަރު އެލުވާލައިގެން ހުރި ފަޔާޒްގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ފަޔާޒަށް ވެފައި ހުރިގޮތް ފެނި ކަމެއް ގޯސް […]
“ދެން އެންމެ ރަގަޅު ކޮއްކޮ ދިޔަޔަސް…. ބޭބެ މިތާ މަޑުކޮށްލާނަން…” ފުއާދު މިހެން ބުނުމުން ފަޔާޒް މަޑުނުކޮށް ހިނގައިގަތީ ޝިޔާނާ އެނދުމަތި ކުރެވިފައިވާ ކޮޓަރިއާއި ދިމާލަށެވެ. ޝިޔާނާގެ ހާލު އަދިވެސް ހަމަ އެފަދައެވެ. ކިރިޔާ ލޯހުޅުވި ހޭ އަރާ އިރަށް ސްޓްރޯކު ޖެހެނީއެވެ. އެހެން ކަމުން މިހާރު ޝިޔާނާ ބާއްވަނީ ނިދާ އިންޖެކްޝަން ޖަހާ ނިންދަވާފައެވެ. 5 ދުވަސް ވުމުން ކުރިން ކުރި ހުރިހާ ސްކޭންތަކާއި ޓެސްޓުތައް ތަކުރާރު ކުރުމަށް ޑޮކްޓަރުން ބުނެފައިވެއެވެ. ބަދަލުވުން ދުވަސްތައް ފާއިތުވަމުން […]
ފާޔާޒް ފުއާދަށް ހިއްވަރު ދިނުމުގެ ގޮތުން ކޮނޑުގައި ހިފާލިއެވެ. އަދި ހުރިހާ ކަމެއްވެސް މާތް ﷲގެ އިރާދަފުޅުން ރަގަޅު ވަމުންދާނޭ ކަމަށް ބުނުމަށްފަހު ހޮސްޕިޓަލުން ނުކުތުމަށް މިސްރާބު ޖެހިއެވެ. ޖީބުގައިވާ ފޯނު ރިންގުވާން ފެށުމުން ފާޔާޒް ފޯނު ނެގިއެވެ. އެ ކޮޅުން އެގުޅީ ނާއިފެވެ. “ހަލޯ!… އަވަހަށް އާދެބަލަ…. މަށަށް މިއިންވެސްޓިގޭޝަންގެ ދެވަނަ ޓާގެޓް އެނގިއްޖެ….މަމީނީ ފަޔާޒް ކާރުކައިރީ…” ފަޔާޒް ނާއިފްގެ ކޯލު ކަނޑާލުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި ފަޔާޒުގެ ކާރު ޕާރކު ކޮށްފައިވާ ޒޯނަށް ދިޔުމަށް ހިނގައިގަތެވެ. […]
ވީޑިއޯ ކްލިޕް ނިއްވާލުމަށްފަހު ފަޔާޒަށް ބަލާލެވުނީ ކައިރީގައި ހުރި އޭނާގެ އެކުވެރި ނާއިފަށެވެ. ދެމީހުންވެސް ތިބީ މިފެނުނު މަންޒަރުން ބުނެދޭން ނޭނގޭ ކަހަލަ އިޙްސާސްތަކެއް ކޮށްފައެވެ. ޝިޔާނާގެ ހަޔާތުގައި ހިނގަމުންދާ ތޫފާނުގެ އޮއެވަރުގެ ބާރުކަން އިހްސާސްވެ މި ތޫފާނަށް ނިމުމެއް ގެންނައުމަށް ދެމީހުން އަޒުމް ކަނޑައެޅިއެވެ. ގޮނޑިން ތެދުވެ ލެޕްޓޮޕް ގެ ސްކްރީން ލައްޕާލަމުން ފަޔާޒް ބުންޏެވެ. “މި ކޭސް އިތުރަށް އިންވެސްޓިގޭޓް ކުރަން ލަސްނުކޮށް އަހަރެމެން ޝިޔާނާގެ ގެއަށްދާން ފެނޭ” ނާއިފްވެސް ފަޔާޒް ދެއްކި ވާހަކައަށް […]
ފަޔާޒް ހުރީ އިންތިހާއަށް ދެރަވެފައެވެ. އޭނަ ހޯދަން ޝިޔާނާ އެއަރޕޯޓަށް އަންނާނެ ކަމަކަށް ފަޔާޒް އުންމީދެއް ނުކުރެއެވެ. “ނާއިފް، ވަރަށް ބޮޑަށް ސޮރީ… އަހަރެން އެކޮޅަށް ދިޔައިރު މަންމަގެ ހާލު ވަރަށް ސީރިއަސް… އަނެއްކޮޅުން ޔުނިވަރސިޓީއަށް ވަނުމަށް ފޯމު ފުރުމާއި އިންޓަރވިއުތަކުގައި އަވަދިނެތި އުޅެން ޖެހުނީ….. ދެތިން މަސް ފަހުން މެއިލް ޗެކް ކުރަން ބެލިއިރު އަހަރެންގެ އީމެއިލް އައިޑީ އިނީ ހެކްކޮށްފައި… ސޯ.. އާ އައިޑީއެއް ހެދީ… ޝިޔާނާގެ ނަންބަރަށް ގުޅިއިރު ފޯނު ނިވާލާފަ އޮތީ….” ފަޔާޒް […]
ފަސްޓް ފްލޯރގެ އޮފީސް ބަޔަށް ވައިން އިރު އޮފިސަރ އައިންތު ފެނުމުން ފަޔާޒް ނާއިފް ކޮބައިތޯ ސުވާލުކޮށްލިއެވެ. އައިންތު މުޅި އެ ކޮޓަރިތެރެއަށް ކަޅި ހިންގާލުމަށް ފަހު ބުންޏެވެ. “ދެންމެ މިތާ އުޅުއްވި؟… ސަރ.. އަޅުގަނޑު ބްލަޑް އަދި ޔޫރިން ސާމްޕަލް ނަގާ އިންވެސްޓިގޭޝަނަށް ފޮނުވައިފިން…. މާދަމާ ހެނދުނު ފަޔާޒް ސަރ ދުރުވަންވާއިރަށް ބަޔާންވެސް ނިންމާލާނަން” ފަޔާޒް ފަސް އެނބުރުނީ ފޯނުނަގާ އަނެއްކާވެސް ނާއިފަށް ގުޅާލަމުންނެވެ. އެވަގުތު އެ ކޮރިޑޯގެ އަނެއް ފަރާތުގައި ހުރި ކުށްވެރިން ބަހައްޓާ […]