Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 14

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 16, 2018 5 Mins Read
13 Comments

އިސްރާ އަވަހަށް ގުދުވެލާފައި އެމީހާއަަށް ކޮތަޅު ނަގާދިނެވެ. އެކޮތަޅު ދިނުމަށްޓަކައި އެމީހާގެ މޫނަށް ބަލާލިއިރު ފެނުނު ސޫރައަކުން އޭނާ ލާންއުޅުނު ނޭވާ އަރުތެރޭތާށި ވިހެން ހީވިއެވެ.

އޭނާގެ ކުރިމަތީގައި އެހުރީ އަހުސަމްގެ މަންމައެވެ. ބަލާނުލާ ނުކުންނަން ހަދާގެން އޭނާއަށް ލައިގަނެވުނީ އަހުސަމްގެ މަންމަގެ ގައިގައެވެ. އުނަދަގުލާއެކު އިސްރާ ހިންދިރުވާލުމަށްފަހު އަހުސަމްގެ މަންމައަށް ހިނިތުންވުމެއް ހަދިޔާކުރިއެވެ.

ކުރިމަތީގައި ހުރި ކުއްޖާ ކޮންމެސްތާކުން އޭނާދުށް ހަނދާނެއް އާލާވިއެވެ. އޭނާގެ ސިކުނޑީގެކަނަކުން އެއީ ކޮންތާކުންކަންވެސް ބުނެދޭން މަސައްކަތްކުރަމުން ދިޔައެވެ. އިސްރާ މަޑުމަޑުން ސޮރީއޭ ބުނެލިއެވެ. އެއަަންހެން ކުއްޖާގެ އެރީތި ސިފައިގެ ސަބަބުން އާލާގެ ހިތް އެކުއްޖާއަށްޓަކައި ހުޅުވާލެވުނެވެ.”އެއީ އެއްވެސް ކަމެއްނޫން. ކޮންމެސްތާކުން ފެނުނުހެން ހީވޭ.” އިސްރާއާ އެކީ މަގުމައްޗަށް ނިކުންނަމުން އާލާގެ ހިތުގައިވި ސުވާލު އޭނަކޮށްލިއެވެ. އާލާ ރީތިކޮށް ވާހަކަދެއްކިއެއްކަމަކު އިސްރާ ދާހިއްލަމުންދިޔައެވެ. އެގޮތަށް އަހުސަމްގެ މަންމައާ ދިމާވި މީ ފުރަތަމަ ފަހަރެވެ. “މީމީ… ވެދާނެ… މާނީމެންގެއިން ކަމަށް” “އާނ އަފޫމެންގެއިން ފެންނަކުއްޖެއްދޯ. ތީ ނަވްޔާ.. އުނހު ނަވްޔާއަކީ ރައުފާގެ މަންޖެ. ތީ އިސްރާދޯ؟” ވަރަށް ހަނދާންކޮށްފައި އޭނަ އިސްރާގެ ނަން ބުނެލިއެވެ. އަފްރާގާތަށް ގޮސްއުޅޭ ދުވަސް ދުވަހު އޭނާއަށްވަނީ އެކުދިން ފެނިފައެވެ. އަހުސަމްއާ އަކްމަލް އެއްކުލާހެއްގައި އުޅުމުން އޭނައަށް ނަވްޔާ އެނގެއެވެ. ދެން މާނީމެންނާ އެއްކޮށް އުޅޭ ކުއްޖާއަށް ކިޔަނީ އިސްރާކަން އަހުސްމްއާއި އަފްރާގެ ފަރާތުން އޭނާއަށްވަނީ އިނގިފައެވެ. އިސްރާ މަޑުމަޑުން ބޯޖަހާލިއެވެ. އޭނާގެ އަތް ތުރުތުރު އަޅަމުން ދިޔައެވެ. “އަހުސަމްއާ ވެސް ރައްޓެހިދޯ! އެހެންނު ވާނީ އަހުސަމް އަބަދު އުޅޭނީ އެގޭގަ ވިއްޔާ” އާލާ އެހެން އެހުމުން އިސްރާ އިތުރަށް ދާހިއްލަން ފެށިއެވެ. އިސްރާއަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އެހެންކަމުން ހިނިތުންވުމަކުން އޭނާ ފުއްދާލީއެވެ. “އެކަނިތަ ތިއުޅެނީ؟” ދެމެދަށް ވެރިވެފައި ހިމޭންކަން އާލާ ނައްތާލިއެވެ. ޖަވާބުދޭން އުޅެނިކޮށް ނައުޝާދް އޭނާގެ ޖޯޒީ ހިފައިގެން ނުކުތެވެ. “ދަރިފުޅާ އަން ދަރިފުޅު ބުނި ގޮތަށް 20ނަންބަރު ޖަހާފަ މިއޮތީ.” ނައުޝާދް ފިހާރައިން ނުކުތް ގޮތަށް އިސްރާއަތަށް ޖޯޒީ ދިއްކޮށްލިއެވެ. އާލާ ހުއްޓައި ނައުޝާދް އޭގެ ޖޯޒީގައި ޖެހި ނަންބަރުގެ ވާހަކަ ބުނުމުން އިސްރާ ލަދުންގޮސް ހަލާކުވާވަރުވިއެވެ.ވާނީވެސް އެހެންތާއެވެ. ވިހިއެއީ އަހުސަމްގެ ޖޯޒީ ނަންބަރެވެ. އާލާގެ ހިތަށް އެއްޗެއް ނާރާފިއްޔާވެސް ވާރަނގަޅެވެ. “ބައްޕަތަމީ؟ ވަރަށް އުފާވެއްޖެ އިނގޭ ދިމާވީމަ މިހާރުދެން ފްރެންޑް ވެވުނީނު ދޯ. ދައްތަވެސް މިއައީ ޖޯޒީއެއް ގަންނަންވެގެން. އިސްރާއަށް އެނގޭތަ އަހުސަމްގެ ނަންބަރަކީވެސް 20. ދެން ދަނީ އިނގޭ މިރޭ ޖޯޒީ ނުގެންދެވިއްޖެޔާ އަހުސަމްގެ ކޮއްކޮ ދެން ނުވެސް ނިދާނެ” އިސްރާގެ ބޮލުގައި ފިރުމާލުމަށްފަހު އާލާ ފިހާރައެތެރެއަަށް ވަނެވެ. “އެއީ އިނގޭނު މާނީގެ ކަޒިން އާރާޝް. އާރާޝްމެންނާއެއްކޮށް އުޅޭނެ އަހުސަމް އަޅުގަނޑުމެން ސްކޫލުން ކިޔެވީ އެކުއްޖާ މަންމަ އެއީ ދެން އަފްރާދައްތަގެ ބެސްޓްފްރެންޑް. އެހެންވެ އެގެއަށް ދާދުވަސްދުވަހު އެދައްތައަށް އަޅުގަނޑު ފެނިފަހުރީ އެހެންވެ އެވާހަކަދެއްކީ” މޫނު މަތިން ހާސްކަން ފޮރުވަމުން އިސްރާ އާލާއަކީ ކާކުކަން ބުނެދިނީ ނައުޝާދް ހުރިގޮތުންނެވެ. ނައުޝާދް އެހެންހޭ ބުނުމަށްފަހު ސައިކަލާދިމާއަށް މިސްރާބުޖެހިއެވެ. ވިހިނަންބަރު އެއީ އޭނާގެ އަބަދުވެސް އެންމެ ގަޔާވާ ނަންބަރަށްވީކަން އެއީ ނަސީބެކޭ ހިތަށްއެރިއެވެ. އެހެންނޫންނަމަ ނައުޝާދަށް އެއްޗެށް ވިސްނުނީސްކަން ޔަގީނެވެ.

ދެ ބުރިއަށްނަގާފައިވާ ބޮޑުގޭގެ އެތެރެއަށް ވަދެގެންދިޔަ އާލާގެ އަތުގައި ފުރާ ބާޒާރުކޮތަޅުތައް ހުއްޓެވެ. އެހެނަސް އެއްވެސް ވަރުބަލިކަމެއްނެތި އޭނާ އެކޮތަޅުތައްހިފައިގެން ގޭތެރެއަށްވަނެވެ. އޭރު ގޭގެ ތަނަވަސް ސިޓިންރޫމްގައި ބަހައްޓާފައި ހުރި ސޯފައިގައި ހަވަރަކަށް އަހަރުގެ އަންހެންކުއްޖަކާއި ޒުވާން ފިރިހިނަކު ހުއްޓެވެ. ކުޑަ އަންހެން ކުއްޖާ އުނގަށްލައިގެން އިނދެ ފިރިހެންމީހާ ކޮންމެސް ވާހަކައެއް ދައްކަމުން ދިޔައެވެ.”ހަމަ ނުނިދާ ދޯ މިއުޅެނީ ޕިސްޕިސް ދެން ކިހިނެއް މާދަން ދޮންބެ މެޗުކުޅެންވާއިރަށް ހޭލާނީ.” ސޯފާގައި އިށީންނަމުން އާލާ އޭނާގެ ހަގު އަންހެން ދަރިފުޅު އަންޖަލްއަށް ބުނެލިއެވެ. “މަ ކިޔާ ކިޔާވެސް އަންޖަލް ނިދާކަށް ނުދިޔަ ބުނީ މަންމަ އައިމަޔޯ ނިދާނީ.” ސޯފާގައި އޮށޯވެލަމުން އާލާގެ ފިރިމިހާ އައްމާރު ބުންޏެވެ. އާލާ ދެ ފަރާތަށް ބޯހޫރުވާލިއެވެ. “އެހެންރޭރޭގަ ބުނާނެ ޑެޑީ އައިމައޭ ނިދާނީ އެކަމު މިރޭ ޑެޑީހުރީމަ ބޭނުންމެއްނުވި ދޯ ޑެޑީއާ އެއްކޮށް ނިދާކަށެއް މިވާ ކުއްޖެއް ސަހާދެއް” އާލާ ބުނި ރާގުން އަންޖަލްއަށް ހެވުނެވެ. އާލާ އެހެން ބުނީ ރުޅިއައިސްގެން ނޫންކަން ކިތަންމެ ކުޑަޔަސް އަންޖަލްއަށް އެނގެއެވެ. “މަންމި ގެނައިންތަ ދޮންބެ ކަހަލަ ޓީޝާޓް؟” އަންޖަލްގެ ކުޑަކުޑަ އަޑުން އަހާލިއެވެ. އަންޖަލްބުނި ގޮތުން އާލާ އަދި އައްމާރަށްވެސް ހެވުނެވެ. އެހެނަސް ދެމީހުންވެސް ހުނުން ހިފަހެއްޓިއެވެ. “މަންމަ ނުގެންނަން ދޮންބެ ކަހަލަ ޓީޝާޓެއް ދެންވެސް ނިދަން ހިނގާ. އައްމާރު މި ކޮތަޅުތައް ލައިދިބަ އަހޫ ކޮޓަރިއަށް” އާލާ އަންޖަލް އުރާލައިގެން ދެވަނަ ބުރިގައި ހުރި އެމީހުންގެ ކޮޓަރިއަށް ދިޔައެވެ. އަންޖަލް ހުރީ ނިދާހެދުން ލައިގެންކަމުން އާލާއަކަށް އިތުރަށް އޭނަ ރީތިކުރާކަށް ނުޖެޖުނެވެ. އެނދުގައި ބާއްވާއިރަށް އަންޖަލަށް ނިދުނެވެ. އަންޖަލް ނިދުމާއެކު އާލާވެސް ހެދުން ބަދަލު ކޮށްލައިގެން ނިދަން އައެވެ. އޭރު އައްމާރު އަންޖަލްގެ ކަނާއަތް ފަރާތުގައި އޮށޯންނަނީއެވެ.

“އަހަންނަށް ވަރަށް ހީވޭ އަހަރުމެންގެ އަހޫ ބޮޑުވެއްޖެހެން” އާލާ ބުނީ ކީކޭ ކަމެއް އައްމާރުއަކަށް ނުވިސްނުނެވެ. “މިބުނީ މަށަށް ހީވަނީ އަހުސަމް އުޅެނީ ކުއްޖަކާ ރަށްޓެހިވެގެންހެންނޭ” އާލާ އައްމާރުއަށް އިސްރާގެ ވާހަކަ ކިޔާދިނެވެ. އިސްރާއަށް ވަމުންދިޔަ ގޮތުން އާލާއަށް އެދެމެދުގައި ގުޅުމެއް ވާކަމަަށް ޝައްކުވަމުން ދިޔައެވެ. އާލާގެ ތަޖުރިބާގެ އަލީގައި އިސްރާއަަށް ވަމުންދިޔަ ގޮތް އޭނާ ދިޔައީ ދެނެގަންނަމުންނެވެ. އާލާއަކީ ސައިކޮލޮޖިސްޓެއްކަމުން އެކަންތައް ދެނެގަންނާކަށް އޭނާއަށް އުނދަގުލެއްނުވިއެވެ. އެހެނަސް އަހުސަމްގެ ފަރާތުން އެކަހަލަ އިޝާރާތެއްވެސް އޭނާއަށް ނުބުމުން ކުޑަކޮށް ހައިރާންވިއެވެ. “ހެހެ ދެން އެސޮރަށްވެސް މިހާރު އަށާރައެވީނު. އެހެންވީމަ މަައްސަލައެއް ނެތެންނު. އަހަރުން މެރީކުރީވެސް އެއިޓީންގައެއްނު.” އައްމާރު އާލާއާ ދިމާއަށް އެއްލޯ މަރާލަމުން ބުނެލިއެވެ. ނަވާރަ އަހަރު އެކީގައި އުޅެވުނު އިރުވެސް އައްމާރުގެ ލާނެއްކަން ކުޑައެއް ނުވެއެވެ.”އޭރާ މިހާރާ ހާދަ ތަފާތޭ އައްމާރު. އަހުސަމްގެ އުމުރުން އަށާރަ ވިއަސް އޭނަގެ ވިސްނުން އަަދި އަށްއަހަރު.މަ ބޭނުމެއް ނޫން އަހުސަމްގެ ފަރާތުން އެއްވެސް ެެެެެެެެެެެެެެެެެެެެެެެެ އަންހެންކުއްޖަކަށް ގެއްލުމެއް ލިބޭކަށް.އަދި ހާއްސަކޮށް އިސްރާއަށް ބަލާބެލުމަށް އެއީ ވަރަށް ރަނގަޅު ކުއްޖެްްއް ނޭންގެ މީ ކިތަށްވަނަ ކުއްޖާކަމެއްވެސް އެސޮރު ރަށްްްޓެެހިވި.” “އެސޮރު މިކޮޅަަަށްްއަަައިިމަ ދެެެން ތިިިވާާހަކަ ދައްކާނީ މިހާރު. ވިިިސްނަން ނީީީީީންދެ ނިދާ” އައްމާރު ނިދުމާއެކު އާލާވެސް ބެލީ ނުވިސްނާ ނިދޭތޯއެވެ. އޮށޯތްތާ ދިހަވަރަކަށް މިނެޓްތެރޭ އާލާއަށް ނިދިއްޖެއެވެ.

އިސްރާގެއަަށް އައިގޮތަށް އައިސް ޖޯޒީ ދޮވުނެވެ.ޖޯޒީ ދޮވެވުމުން ހިއްކަން އަޅާފައި އޭނާ ކޮޓަރިއަށްވަނެވެ. އޭނާ މާވަރަކަށް ފުޓުބޯޅަވެގެން އުޅޭތީ ފަރުހާ ހުންނަނީ ހިތްހަމަނުޖެހިފައެވެ. އެހެންވެ އިސްރާ ބަލާނީވީހާވެސް ގިނައިރު ފަރުހާއަށް ނުފެނިއުޅެވޭތޯއެވެ. އިސްރާހުރީ އަހުސަމްގާތު އާލާއާ ދިމާވި ވާހަކަ ބުނަންބޭނުންވެފައެވެ. އެހެނަސް އަހުސަމަށް އުނދަގޫވެދާނެތީވެ އެވާހަކައެއް ނުބުނެއެވެ. ފައިނަލް މެޗު ކުރިމަތީގައި އޮއްވައި އަހުސަމްގެ ބޯހާސްކުރާކަށް އިސްރާބޭނުމެއްނޫނެވެ.

ރޭގަނޑުގެ ފްލައިޓުން ނަވްޔާމެން ބަންގްލަދޭޝަށްއައެވެ. އެމީހުންވެސް ތިބެން ހަމަޖެހިފައި ވަނީ މާނީމެން ތިބޭ ހޮޓެލްގައެވެ. އަރްޝާދް ވަނީ އެމީހުން ތިބޭ ދެރޫމްއާ ޖެހިގެން ހުރި ރޫމް ދާނިޝްމެންނަށް ބުކްކޮށްދީފައެވެ. ނަވްޔާ ބޭނުންވީ މާނީމެންތިބި ރޫމްގަައި ހުންނާށެވެ. ދާނިޝްއާ އަރްޝާދް އެއް ރޫމަށް ބަދަލުވުމަށްފަހު އަފްރާއާ އަފްރީންގެ އިތުރުން ރައުފާ ދެންއިން ރޫމްގައި ތިއްބެވެ. އަޝްވާ ބޭއްވީ މާނީމެން ގާތުއެވެ.

ތިން އެކުވެރިން ނިދަން ތައްޔާރުވެގެން އެނދަށް އަރާ ތިއްބެވެ. އެ އެނދުގައި އަޝްވާ އޮތެއްކަމަކު ތިންކުދިންނަށްވެސް ރީއްޗަށް ތިބެވެއެވެ. ނަވްޔާ އެނދުގެ އެންމެ ބިއްދޮށުގައި އޮތްއިރު އޭނާއާ ޖެހިގެން އޮތީ މާނީއެވެ. މާނީއާ ޖެހިގެން އަޝްވާއޮތްއިރު އިޝްމާއޮތީ އެނދުގެ އެންމެ މަގަތުގައެވެ. “އަޅެ އިސްރާ ހުރި ނަމަ ކިހާ ސަޅިވާނެ” މާނީ އިސްރާ މަތިން ހަނދާންވިއެވެ. މާނީގެ އިތުރުން ނަވްޔާއާ އިޝްމާވެސް އިސްރާމަތިން ހަނދާންވެގެން އެވާހަކަ ދެއްކިއެވެ. “މާދަން އެމީހުން ވަރަށް ސަޕްރައިޒް ވާނެ ދޯ އަހަރުން ފެނުނީމަ. އައި މީން އެމީހުން އެކްސްޕެކްޓެއް ނުކުރާނެ ދޯ މިގޮތަށް އަހަރުން އައިސްދާނެކަމަކަށް. އިނގޭތަ އިސްރާ ބުނީ މާއިޒް އުޅުނޯ ކަންބޮޑުވެގެން އަހަރުންގެ ހަބަރެއް ނުވެގެން. ދެން އަހޫ ނިކަން މޮޅު ސްޓޯރީއެއް ހަދާލިއްޔޯ އަހަރުން ސްކޫލްގަ ބީޒީއޭ ކިޔާފަ” މާލެއިން ފުރުމުގެ ކުރިން އިސްރާ ނަވްޔާާގާތު ބުނިވާހަކަ އަނެއް ދެކުދިންނާ އޭނަ ހިއްސާކުރިއެވެ. އެކުދިން އެތައް ވާހަކައެއް ދައްކަން ދަންވަންދެން ހޭލާތިއްބެވެ. މާދަމާ ދަނޑުން އެމީހުން ފެނުމުން މާއިޒްމެންނަށް ވާނެގޮތް އަމިއްލައަށް އަންދާޒާ ކުރަމުން ދިޔައެވެ. އެކުދިންނަށް ނިދުނީ ކިހާއިރަކު ކަމެއް ހުދު އެކުދިންނަށްވެސް ނޭންގެއެވެ.

މުޅިން އާދުވަހަކަށް އިރު އަރައިގެން އައިރު ރާއްޖެއަަށް ހީވަނީ އީދެއް އައިސްގެން އުޅޭހެނެވެ. ރާއްޖޭގަޑިން އިރުއޮއްސި ހަތެއް ޖަހާއިރުފެށޭ ފައިނަލްމެޗު ބެލުމަށްޓަކައި މާލޭގެ ހުސްބިންތަކުގަޔާ ޕާކުތަކުގަ ބޮޑުސްކްރީން ބެހެއްޓުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. މާލޭގަ މަގުތައް މަތީގައި ހުރި އެކި ކުލަކުަލައިގެ ދިދައިގެ ބަދަލުގައި މުޅި މާލެވަނީ ރަތްދިދައިން ޒީނަތްތެރި ކޮށްފައެވެ.

ޓީވީތަކުން އަށެއް ނުޖަހަނީސް ޕްރީޝޯ ދައްކަންފަށާފިއެވެ. ޕްރީޝޯތަކުގައި އެންމެ އަޑުހަރުކޮށް ދެކެވެމުން ދިޔައީ ޒުވާންތަރި އާރާޝްގެ ވާހަކައެވެ. ގިނަ ބަޔަކު އާރާޝްގެ ކުޅުމަށް ތައުރީފުކުރަމުން ދިޔައެވެ.

އޭކިއު ސްކޫލްގައިވެސް ވަނީ ބޮޑުސްކްރީން ބަހައްޓާފައެވެ. ސްކޫލްގެ ގޯތިތެރެ މެޗާ ގުޅޭ ގޮތަށް ޒީނަތްތެރި ކުރުމަށް ސްކޫލްގެ އިސްދަރިވަރުން އަވަދިނެތި މަސައްކަތްކުރަމުން ދިޔައެވެ. ސްކޫލް ހޯލްގެ ދޮރުގައިވަނީ އާރާޝް,އަހުސަމް،އަކްމަލްގެ އިތުރުން މާއިޒްގެ ބޮޑު ޕޯސްޓަރެއް ތަތްކޮށްފައެވެ. އަންހެންކުދިންތަ ޕޯސްޓަރުތައް ކައިރީ ތިބެގެން ސެލްފީ އެކިގޮތްގޮތަަށް ނަގަމުން ދިޔައެވެ. އެކަން ކުރުމުގައި އެންމެ އިސްކޮަށް އުޅެނީ ސުމާއެވެ. އެކި ޕޯސްތަކަށް ހުރެ ފޮޓޯނެގުމަށްފަހު އެހުރިހާ ފޮޓޮއެއް އާރާޝް ޓެގްރުމަށްފަހު އިންސްޓަކުރިއެވެ.

“ޕިސްޕިސް ސުމާ މޮޔަވެގެންތަ މިއުޅެނީ ބަލާބަލަ މިއޮށް ކަމެއް” އިންސްޓަގްރާމް ހުލުވާލިއިރު މާނީއަށް ސުމާލާފަ ހުރި ފޮޓޯތައްފެނުމުން މާނީގާތަށް ރުޅިއައެވެ. އާރާޝްގެ ޕޯސްތަރަކާއެކީ ވިއަސް ސުމާ ފޮޓޯނަގާކަށް ނުޖެހެއްނޫންހެއްޔެވެ؟ އަދި ފޮޓޯނެގިއސް އާރާޝް ޓެގްކޮށްފައި އެފޮތޯތައް އިންސްޓަ ކުރާކަށް ނުޖެހޭނޫންހެއްޔެވެ؟ ނަވްޔާއަށާ އިޝްމާއަށް އެފޮތޯތައް ދައްކަމުން ދިޔައިރު މާނީ ދިޔައީ ސުމާއަ ދިމާއަަށް ކުދިކިޔަމުންނެވެ. އޭނަ ކިޔާ އެއްޗިހިން އިޝްމާއާ ނަވްޔާ ތިބީ ހިހީ ބިނދިފައެވެ. މާނީ ހީވަނީ ސުމާ ނޮޅާލައިގެން ކައިފާނެހެންނެވެ. އޭނާއަށް ނުހުރެވިގެން ގޮސް އަފްރާއަށްވެސް އެފޮޓޯތައް ދެއްކިއެވެ.

ހެނދުނު ހޭލިފަހުން ވިއްސަކަށް ފަހަރު އާރާޝް ފޯނުބަލާފިއެވެ. އެހެނަސް އޭނާގެ މަންމަ އެންމެ މެސެޖެއްވެސް ކޮށްލާފައެއް ނެތެވެ. ފައިނަލް މެޗުކުޅޭ ދުވަހު މަންމަގެ ފަރާތުން ހިތްވަރުގެ ބަހެއް ނުލިބުމުން އާރާޝްގެ ހިތްވަނީ މާޔޫސްވެފައެވެ. މަންމަގެ އިތުރުން މާނީވެސް އޭނައަށް މެސެޖެއްވެސް ކޮށްނުލައެވެ. ފައިނަލަށް ޓީމުދިޔަ ދުވަހު މާނީ ހީވަނީ މޮޔަވެގެން އުޅޭހެންނެވެ. ސިކުންތަކުން ސިކުންތަކުން އޭނާއަށް މެސެޖެއް ފޮނުވައެވެ.

އަކްމަލްގެ ހާލަކީވެސް އެއީއެވެ. އިޝްމާގެ ހަބަރެއް ނުވާތާ ދެދުވަސްވީއެވެ. އޭނާ އެންމެ ފަހުންކުރި މެސެޖަށް ސީން އަރުވާފަ ރިޕްލައި ނުކުރުމުން އިތުރަށް މެސެޖްކުރާކަށް ނުކެރުނެވެ. އޭނާގެ ހިތްވެސް ވަނީ މާޔޫސްވެފައެވެ. އެހެނަސް އެކަމުގެ ސަބަބުން މެޗަށް އެއްވެސް އަސަރެއް ކުރާކަށް އަކަމަލް ބޭނުމެއް ނޫނެވެ.

އިސްރާއަށް ހިތެއް ފޮނުވުމަށްފަހު އަހުސަމް ފޯނުން މަންމައަށްވެސް ހިތެއް ފޮނުވާލިއެވެ. އާއިލާގެ ފަރާތުންނާއި އިސްރާގެ ފަރާތުން ލިބުނު ހިތްވަރުގެ ސަބަބުން އޭނާއަށް ވަނީ އެހެން ކަހަލާ ޖޯޝާ ފޯރިއެއް ލިބިފައެވެ.

މާއިޒް އޭނާގެ އަތުގައި އޮތް މިހްރާންއާ އަފްޝަންގެ ފޮޓޯ ގަނޑަށް ބޮސްދިނެވެ. އިންޝާﷲ ބައްޕަ ބޭނުންވި ކަހަލަ މޮޅު ކުޅުންތެރިއަކަށް އަޅުގަނޑުވާނަން. ލަވް ޔޫ މަމް އެންޑް ޑޭޑް” ހިތާހިތުން އެހެން ބުނުމަށްފަހު މާއިޒް ފޮޓޯގަނޑު އޭގެ މަގާމުގައި ބޭއްވިއެވެ.

ކަޅުހެދުމުގެ މަތިން ޖާޒީ ލާގެން މާނި ތައްޔާރުވެލިއެވެ. އަޅާފައިހުރި ފެހި ޝޯލްގައި އެންމެ ފަހު ޕިން ހަރުކޮށްލުމަށްފަހު ގަޔަށް ސެންޓު ޖަހާލިއެވެ. މާނީއެކޭ އެއް ފަދައިން ނަވްޔާވެސް ހުރީ ކަޅުހެދުން މަތިން ޖާޒީ ލައިގެން ފެހި ޝޯލެއް އަޅައިގެންނެވެ. މަނީގެ ޖޯޒިގައި މާއިޒް ޖަހާފައި އިން އިރު ނަވްޔާގެ ޖޯޒީގައި އިނީ އަކްމަލް ޖަހާފައެވެ. ނަވްޔާ ކިތަންމެ ބޭނުންވިއެއް ކަމަކު މާއިޒްގެ ޖާޒީ ލެވޭކަށް އަދިއެއް ނެތެވެ. އެދެކުދިންނާ ހިލާަފަށް އިޝްމާހުރީ ކަޅުހެދުން މަތިން ޖާޒިއެއް ނުލައެވެ. އަދި ފެހިކުލައިގެ ޝޯލްގެ ބަދަލުގައި އިޝްމާހުރީ ރަތް ޝޯލެއް އަޅާގެންނެވެ. އެމީހުން ތިބޭ ހޮޓެލުން ދަނޑަށް ދިއުމަށްޓަކައި ދެގަޑިއިރު ހޭދަވެއެވެ. އެހެންކަމުން ހަތަރެއް ޖެހިއިރު އެންމެން ރީތިވެގެން ތިރިއަށް ދިޔައެވެ.

ދާނިޝްއާ އަރްޝާދް ޖޯޒީލައިގެން ތިބިއިރު އުމުރަށްވުރެ ހަގުކަމަށް ދައްކައެވެ. ވިއްސަކަށް އަހަރުގެ ކުދިންނަށް އެދެމީހުން ދޫނުކުރާނެއެވެ. ވޭން އަންނަންދެކަށް ތިރީގައި މަޑުކޮށްގެން ތިބިއިރު އެތައް އަންހެން ކުދިންނެއްގެ ލޯތައް އެދެމީހުންނަށް އަމާޒުވަމުން ދިޔައެވެ.

ނުނިމޭ

 

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

އުމުރަށް ތިޔަ ނަމުގައި…..

Next

ދޮންކަމަނަ 3

Next
July 16, 2018

ދޮންކަމަނަ 3

Previews
July 16, 2018

އުމުރަށް ތިޔަ ނަމުގައި…..

13 Comments!

  1. Stry Kiyaa Man says:
    July 16, 2018 at 10:15 pm

    First thr

    1. Kiyara says:
      July 16, 2018 at 10:30 pm

      Yes ur first STM congra

    2. Stry Kiyaa Man says:
      July 16, 2018 at 10:30 pm

      masha allah.great work.n thanks dear 2 part up kohdhiny ma.hama feel kurevey e foari gadu hehe.avahah next part up kohla dhehchey.
      waiting 4 nw part.
      -salaam-???

  2. aki says:
    July 16, 2018 at 10:16 pm

    haadha rangalhey alhe

    1. Kiyara says:
      July 16, 2018 at 10:30 pm

      Thanks aki

  3. Kiyara says:
    July 16, 2018 at 10:29 pm

    Slm readers miothy mi stry ge 14vana part. Mistakes fudheyvaraka huredhaane. Mi part vx hurihaa kudhinnah kamudhaane kamah ummedhu kuran

  4. maya says:
    July 17, 2018 at 12:39 pm

    aww so sweet vvv habeyyyyyyyyyys

  5. Eekkoo says:
    July 17, 2018 at 1:51 pm

    Yay I m third dhw and your stry are very beautiful. Keep it up kiyas???

  6. Eekkoo says:
    July 17, 2018 at 1:53 pm

    *kiya

  7. Unknown girlll.. says:
    July 17, 2018 at 2:30 pm

    Alhugandah ok kommekujjaka guluviyas its ur choice ..vaahaka reethi vanikoh minimuny…mihaarru u have gained my luv.. so dont u ever loose it..???❤❤❤ good luck..luv ya.

  8. Akuu says:
    July 17, 2018 at 2:44 pm

    OMG. Adhi mi kiyunyy.. thnx mi prt ves iyye up koh dhinyyma. nd.. 15th vana bai up kodhdhey miadhu.. Plz plz plz.. vrh rythi stry eh ♥️♥️ juss luv this! Kiyaa.. plz plz ingey up kohdheythi stryy vrh nice ??

  9. unique says:
    July 19, 2018 at 10:05 pm

    vvv reethi im so slow dhw i knw heheh

  10. ❤Shim❤ says:
    August 17, 2018 at 8:53 am

    Kiyaaa rocks

Comments are closed.


All Right Reserved!