ޒާޔާ (ސައްބީސްވަނަ ބައި)
ކޮންމެއަކަސް ނުގުޑާފަދަ ވަރުގަދަ ޢަޒުމެއް ހިތުތެރޭ އަށަގަންނުވަމުން ލިއަމް އޭނާގެ ފޯނު ހިފައިގެން މިޞްރާބު ޖެހީ ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާލަށެވެ.
“އައްސަލާމް ޢަލައިކުމް.” ދަރުމަވަންތަ ހޮސްޕިޓަލަށް ވަދެ ރިސެޕްޝަން ކަައިރިއަށް ގޮސް އެތަނުގައި އިން އަންހެން ކުއްޖާ އަށް ބަލައިލަމުން ލިއަމް ސަލާމް ގޮވައިލިއެވެ. އެކުއްޖާ ސަލާމް ބަލައިގަންނަމުން ހަދައިދޭންވީ ކިހިނެތްތޯ އަހައިލިއެވެ “މީ މި ހޮސްޕިޓަލަށް މީގެ އިރުކޮޅެއް ކުރިން އެމަރޖެންސީކޮށް ގެނައެއްނޫންތޯ އަންހެން ކުއްޖެއް؟ އެކުއްޖާ ބާއްވާފަ އޮތީ ކޮން ފްލޯއެއްގަ ހުރި ކޮން ރޫމެއްގަތޯ؟ ލިއަމް އޭނާ އޮޅުންފިލުވަން ބޭނުންވާ ކަންތައް އެ ކުއްޖާއާއި ޚިއްޞާ ކޮށްލިއެވެ. “މަޑުކޮށްލައްވައްޗޭ.” ލިއަމް ބޯ ޖަހައިލުމުން އެ ކުއްޖާ ޓެލެފޯނުން ނަމްބަރަކަށް ގުޅައިލަމުން ކަންފަތުގައި ޖައްސައިލިއެވެ.
“އެކާވީސްވަނަ ބައިގަ. އެބަޔަށް ދެވުނީމަ އުސްމާން ކިޔާ ބޭފުޅެއް ތިބޭފުޅާ ކައިރިއަށް ދުރުވާނެ.” އެކުއްޖާ ތަފްޞީލު ކިޔައިދިނުމާއިއެކު ލިއަމް އެ ކުއްޖާއަށް ޝުކުރު އަދާކުރުމަށްފަހު ލިފްޓަށް އަރަން ހިނގައިގަތެވެ.
“ލިއަމްތަ؟” ލިފްޓު ހުޅުވުމާއިއެކު ލިފްޓު ދޮރުމަތީ ހުއްޓި ހުރި އުސްމާން އަހައިލިއެވެ. “އާދެ! އުސްމާން ދެއްތޯ.” ލިއަމް އަދަބުވެރިކަމާއިއެކީ ސުވާލުކުރިއެވެ. “އާނ. ހިނގާ ދާން.” އުސްމާން ހިނގައިގަތުމާއިއެކު ލިއަމް އުސްމާންގެ ފަހަތުން ހިނގައިގަތެވެ.
ޒާޔާ ބާއްވައިފައި އޮތް ރޫމާއި ދިމާލަށް ދެވުމާއިއެކު އުސްމާން ދޮރުމަތީ މަޑުކުރާނީ ކަމަށް ބުނެ ލިއަމް ގާތުގައި އެތެރެއަށް ވަނުމަށް ބުންޏެވެ. ލިއަމް ލުއި ގޮތަކަށް ހިނިތުންވެލުމަށްފަހު ދޮރު ހުޅުވައިލައިފައި އެތެރެއަށްވަނެވެ.
ޒާޔާ ބާއްވައިފައި އޮތް އެނދާއި ކައިރިއަށް ދަމުން ލިއަމް އެތަނަށް ނަޒަރު ހިންގައިލިއެވެ. ވެންޓިލޭޓަރަށް ޒާޔާ ލެވިފައިވީއިރު އެކިއެކި މެޝިންތަކުގެ ހޮޅިތައްވެސް ވަނީ ޒާޔާގެ ހަށިގަނޑަށް ގުޅައިފައެވެ. މަރުވެފައިވާ މައްޔިތެއްހެން ޒާޔާ އޮތްއިރު އެ ހަށިގަނޑުގައި އެއްވެސް ދިރުމެއް ހުރިހެނެއް ހިއެއް ނުވެއެވެ. ނަމަވެސް ކައިރީގައި ހުރި މެޝިނުން ދޭތެރެއަކުން ކިޔާ އަޑުން ޒާޔާ އަދިވެސް ދިރި އެބަ އޮތްކަން އެނގެއެވެ.
“ޒާޔާ… ކީއްވެ ތިހެން ހެދީ؟ އަހަންނަށް ނޭނގި އެވަރުކަމެއް ކުރެވުނަސް ޒާޔާ ނުޖެހެއެއްނު ކަނޑަށް ފުންމާލާކަށް. އަމިއްލަ މަރުވާން އުޅޭކަށް ނުޖެހެއެއްނު.” ރިހުން އެކުލެވިފައިވި އަޑަކުން ލިއަމް ބުނެލިއެވެ. ލިއަމް އުންމީދުކޮށްގެން ހުރީ އެވަގުތުވެސް ޒާޔާ ލޯ ހުޅުވައިލާނެ ކަމަށެވެ. ނަމަވެސް އެ ރީތި ދެލޮލުގެ އެސްފިޔަވެސް ތަޅުވައިނުލައެވެ. ލިއަމް ގޮނޑީގައި އިށީންނަމުން ޒާޔާގެ މޫނަށް ބަލައިލިއެވެ. ނިޔަނެތިކަމާއި މައުސޫމްކަން ނޫން އެހެން އެއްޗެއް އެ މޫނުމަތިން ދޭހައެއް ނުކޮށްދެއެވެ. ޒާޔާގެ މޫނަށް ބަލަހައްޓައިގެން އިން ލިއަމްއަށް އޭނާގެ އަތް ނަގައި ޒާޔާގެ މޫނުގައި ފިރުމައިލެވުނުއިރުވެސް ނޭނގުނެވެ. ލިއަމްއަށް އެކަން ރޭކައިލީ ރޫމްގެ ދޮރު ހުޅުވައިލައިފައި ޑޮކްޓަރަކު އެތެރެއަށް ވަނުމުންނެވެ.
ޑޮކްޓަރު އެތެރެއަށްވަދެ ހިނިތުންވެލައިފައި ލިއަމް ގާތުގައި އެތަނުން ނުކުތުމަށް ބުނެލިއެވެ. ޒާޔާގެ މޫނަށް ބަލައިލައި ލިއަމްގެ ލޮލުން ފޭބި ކަރުނަތިކި ފުހެލަމުން ލިއަމް ރޫމުން ބޭރަށް ނުކުތެވެ.
“ތީތަ ޒާޔާ އާ ވާހަކަދެއްކި މީހަކީ؟” ލިއަމް އެތަނުން ގޮނޑިއެއްގައި އިށީނުމުން އުސްމާން އައިސް ލިއަމް ގާތުގައި އިށީންނަމުން އަހައިލިއެވެ. ލިއަމް އިސްދަށަށް ޖަަހައިލަމުން އޭނާގެ ދެލޯ މަރައި ބާރުކޮށްލިއެވެ. އޭނާ އެވާހަކަތައް އުސްމާނަށް ކިޔައިދޭނީ ކޮން ދުލަކުން ހެއްޔެވެ؟ އުސްމާނަކީ ކާކުކަންވެސް އެންމެ ފުރަތަމަ ލިއަމްއަކަށް ނޭނގެއެވެ. އަނެއްކާ އުސްމާނަކީ ޒާޔާގެ ބައްޕަ ބާވައެވެ؟
“ތީ ޒާޔާގެ ކާކު؟” ލިއަމްއަށް އެ ސުވާލުކޮށްލެވުނީ އޭނާގެ އިޚްތިޔާރުން ބޭރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އުސްމާން އެވަގުތު ލިއަމްއަށް ބަލައިލި ގޮތުން ލިއަމް ފާޑަކަށް ރަކިވެސް ވިއެވެ. ލިއަމްއަށް އެ ސުވާލުކުރެވުމުގެ މޮޔަ ހީވިއެވެ.
“އަހަންނަކީ ޒާޔާގެ ބައްޕަގެ އެންމެ ގާތް ރަހުމަތްތެރިޔާ. އަނެއްހެން ޒާޔާގެ އެއްވެސް މީހެއްނޫން. އާއިލީގޮތުން އެއްވެސް ގުޅުމެއް ނޯންނާނެ.” އުސްމާން އޭނާއާއި ބެހޭގޮތުން ކުރު ތަޢާރަފެއް ލިއަމް އަށް ދިނެވެ. ލިއަމް އަށް އެވަގުތު ފުން ނޭވައެއް ދޫކޮށްލެވުނެވެ. ޒާޔާއާއި އެއްވެސް ގޮތަކުން އާއިލީ ގުޅުމެއް އޮތް މީހަކަށް އުސްމާން ނުވުމުންނެވެ. “ދެން އަހަރެން ކުރި ސުވާލަށް ޖަވާބުދީބަލަ.” އުސްމާން އަނެއްކާވެސް އެ މަޢުޟޫޢަށް ވާހަކަދެއްކުމުން ލިއަމްގެ ދެލޯ ބޮޑުވިއެވެ. އެހެނަސް އޭނާ މިފަހަރު އަމިއްލައަށް ހަމައަކަށް އެޅެމުން އެ ސުވާލުގެ ޖަވާބު ދޭން ތައްޔާރުވެލިއެވެ.
“އާނ. އެކަމަކު މިކަމުގަ ޒާޔާގެ އެއްވެސް ކުށެއް ނެތް.” ލިއަމް ދެވަނައަށް ބުނެލި ޖުމުލަ އިވިފައި އުސްމާނަށް ލިއަމް އާއި ދިމާލަށް ބަަލައިލެވުނެވެ. “ދެން ތިބުނީ..؟” އުސްމާނަށް އޭނާ ކުރަން އުޅުނު ސުވާލު ފުރިހަމަ ނުކުރެވެނީސް ލިއަމް ބޯ ޖަހައިލިއެވެ. “އާން. މީގަ ޒާޔާގެ އެއްވެސް ކުށެއް ނެތް. ޒާޔާގެ ނަމުގަ އެހެން މީހެއް އަޅުގަނޑާ ވާހަކަ ދެއްކީ.” ލިއަމްއަށް އެ ޖުމުލަ ބުނެވުނީ ވަރަށްވެސް އުނދަގުލުންނެވެ. މިހާރުވެސް އެ މަޢުޟޫޢަށް ވާހަކަ ދެކެވެން ފެށުމުން ލިއަމްގެ ހިތަށް އުނދަގޫވާން ފަށައިފިއެވެ. އުސްމާން އިތުރަށް ސުވާލުކުރަން ފެށުމުން ލިއަމް އަށް އާދޭހާއިއެކު އެ ވާހަކަތައް ހުއްޓައިލުމަށް ބުނެވުނެވެ.
“ކިހިނެތްވީ؟” އުސްމާނަށް އެ ސުވާލު ކުރެވުނު ވަގުތަކީ އޭނާއަށް ރަނގަޅަށް ލިއަމްގެ މޫނަށް ބަލައިލެވުނު ވަގުތެވެ. ލިއަމްގެ މޫނުމަތިން އުސްމާނަށް ފެނިގެން ދިޔައީ ކޮންމެވެސް ކަހަލަ އުނދަގޫތަކެއް ވެގެން އުޅޭކަމުގެ ކުލަވަރުތަކެވެ. ލިއަމް ގަދަކަމުން ހިނިތުންވެލައިފައި އެތަނުން ދާން ހިނގައިގަތެވެ. އުސްމާން އިނީ ވާނުވާގައެވެ. ގައިމުވެސް ލިއަމްއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އުސްމާނަށް ޔަޤީންކުރެވުނެވެ.
ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ގޮސް ތިން ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އަދިވެސް ރަށުތެރޭ ދެކެވެމުންދާ ވާހަކަތައް ހުއްޓުމަކަށް ނާދެއެވެ. އެކަމާ ހެދި ނިހާން އަށް ވަނީ ގެއިން ބޭރަށް ނުކުންނަންވެސް ނުކެރިފައެވެ. އެއްބަޔަކު ނިހާނަށް މަލާމާތްކުރަމުން ދިޔައިރު އަނެއްބަޔަކު ދިޔައީ ނިހާން އެގޮތަށް ޒާޔާ އާއި ދޭތެރޭ ކަންތައް ކުރުމުން އެކަމުގެ ނުރުހުން ނިހާނަށް ބައިލަމުންނެވެ.
އުސްމާން ވަނީ މީގެ އެއްދުވަސް ކުރިން ލިއަމްއަށް ޒާޔާ ބަލަން ޙަވާލުކޮށް ރަށަށް އައިސްފައެވެ. އުސްމާން ލިއަމްގެ އަތަށް ޒާޔާ ދޫކޮށްލީ ލިއަމް ވަރަށް ގިނައިން އުސްމާން ގާތުގައި އާދޭސްކުރުމުންނެވެ. އަދި ލިއަމްގެ ފަރާތުން ޒާޔާއަށް އެއްވެސް ކަހަލަ ދެރަގޮތެއް ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ލިއަމް އުސްމާނަށް ދިނުމުންނެވެ. އުސްމާން ރަށަށް އައުމުގެ ކުރިން ވަނީ ލިއަމްގެ ކިބައިން ވަޢުދެއް ވެފައެވެ. އެއީ ޒާޔާ ބައްޕަ ގާތުގައި ޒާޔާވީ ލިއަމް ގާތުގައިކަން ނުބުނުމަށެވެ. ޚުދު ލިއަމްވެސް ވަނީ އުސްމާން ގާތުގައި ވަޢުދެއް ވެފައެވެ. އެއީ ލިއަމްގެ ފަރާތުން ޒާޔާއަށް ދެރަގޮތެއް ނުވާނެކަމަށާއި ޒާޔާ ބަލާނެކަމަށް ކުރި ވަޢުދެވެ. އުސްމާނަށް ކިރިޔާވެސް ރަށަށް އެ އާދެވުނީ އޭނާއަށް މިވީ މަދު ދުވަސްކޮޅު ތެރޭ ލިއަމް އަށް އިތުބާރުކުރެވުނީތީއެވެ.
އުސްމާން ރަށަށް އައުމުން ނޫމާން ހީކުރީ އުސްމާން އަންނާނީ ޒާޔާ ގޮވައިގެން ކަމަށެވެ. އެހެނަސް ޒާޔާ ނެތުމުން ނޫމާންގެ ހިތުގައި ސުވާލު ފަތިވަރެއް އަމުނައިލެވިފައިވިއެވެ. “ބައްޕާ. ކޮބާ ޒާޔާ؟ ކީއްވެ އޭނަ ނުލާ ތިއައީ؟ އޭނަ ރަނގަޅުތަ؟” އުސްމާނަށް ގެއަށް ވަދެވުމާއިއެކުހެން ނޫމާން ސުވާލުކުރަން ފަށައިފިއެވެ.
“ޒާޔާ އަދިވެސް ހަމަ އެ ޙާލެއްގަ. ހޭނާރާ އަދިވެސް. އެކަމަކު އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ. ޑޮކްޓަރުން އުންމީދު ކަނޑައެއްނުލާ…. ދެން ޒާޔާ އާ މީހަކު ހަވާލުވީމަ ބައްޕަ މިއައީ.” އުސްމާން ފަހުން ބުނި ޖުމުލައިން ނޫމާނަށް އޭނާ އިން ތަނުން ކޮޅަށް ތެދުވެވުނެވެ. “ކާކާ ހަވާލުކޮށްފަ؟ އިތުބާރުކުރެވޭ މީހަކާތަ ހަވާލުކުރީ؟ އެކަމް އެގޮތަށް…” ނޫމާން ބުނަން އުޅުނު ޖުމުލަ މެދުކެނޑުނީ އުސްމާން ވާހަކަ ދައްކަން ފެށުމުންނެވެ. “ދަރިފުޅު ހާސްނުވޭ. ލިއަމް ޒާޔާ ބަލާނެކަމުގެ ޔަގީންކަން ދީފަވަނީ. ބައްޕައަށް ޔަގީން ލިއަމް ޒާޔާއަށް ރަނގަޅުވާނެކަން. ޒާޔާއަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭނެކަން.” އުސްމާން ދެއްކި ވާހަކަތަކުގެ ތެރެއިން ލިއަމްގެ ނަން އިވިފައި ނޫމާން ހިސާބަަކަށް ހުއްޓުން އަރާގޮތްވިއެވެ. “ލިއަމް….؟ ލިއަމް ސަރ ތަ؟” ނޫމާން އެ ސުވާލުކޮށްލުމާއިއެކު އުސްމާން ބޯ ޖަހައިލިއެވެ. އުސްމާން އެތަނުން ދިޔައީ ނޫމާންގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދިފައިވަނިކޮށެވެ.
“ޒާޔާ ޕްލީޒް. ލޯ ހުޅުވާލަބަލަ. އަހަރެން ޒާޔާ ތި ޙާލުގަ އުޅުނިޔަކަ ނުދޭނަން. ޒާޔާ ހިތާމަކުރިޔަކަ ނުދޭނަން. އަބަދުވެސް އުފަލުގަ ބަހައްޓަދޭނަން. ޕްލީޒް. ލޯ ހުޅުވާލާފަ ހިނގާ އަހަންނާއެކު ގެއަށް.” ޒާޔާ ގާތުގައި އިން ލިއަމް ޒާޔާގެ މޫނަށް ބަލަން އިނދެ ހިތާއި ހިތުން އެ ހުރިހާ ވާހަކައެއް ދައްކަމުން ދިޔައެވެ. އެ ހުރިހާ ވާހަކަތަކެއް ހިތާއި ހިތުން ދައްކަން އިންދައި ކުއްލިއަކަށް ލިއަމްގެ ހިތަށް އެރި އެއްޗަކުން އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. “އަނެއްކާ އަހަންނަށް ޒާޔާ ދެކ… ނޫން ނޫން. އެހެން ވެގެން ނުވާނެ. އަހަރެން މިހުރީ ޒާޔާއަށް އެހީތެރިވެދޭން. މިކަހަލަ އިހުސާސްތައް އުފެދިގެން ނުވާނެ.” ޒާޔާގެ މޫނުން ނަޒަރު ވަކިކޮށްލަމުން ލިއަމް އޭނާގެ ހިތުގައި އުފެދެމުން ދިޔަ ގޮތްނޭނގޭ އިޙުސާސްތަކަށް ބާރުފޯރުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
ރޭގަނޑުގެ ވަގުތެވެ. ނަމާދަށް ބަންގި ގޮވުމުން ލިއަމް ދިޔައީ މިސްކިތަށެވެ. ޒާޔާ ބަލަން ނަރުހަކު ޙަވާލުވުމުން ލިއަމް ލަސްނުކޮށް މިސްކިތަށް ދިޔައީއެވެ.
ނަމާދުން ނިމިގެން ލިއަމް ޒާޔާއަށްޓަކައި އެތައް ދުޢާއެއް ކުރިއެވެ. ލިއަމްއަށް ކުރެވިފައިވާ ހުރިހާ ފާފައެއް ފުއްސަވާ ޒާޔާ ދުނިޔޭގައި ހުއްޓައި ޒާޔާއަށް އިންސާފު ހޯދައިދިނުމަށް އެދި އެތައް ފަހަރަކު ިލިއަމް ދުޢާ ކުރިއެވެ. އެގޮތަށް ދުޢާކޮށް ކަރުނަ އަޅައި ރޯން މިސްކިތުގައި އިނުމަށްފަހު ލިއަމް އަނެއްކާވެސް ޒާޔާ ކައިރިއަށް ހޮސްޕިޓަލަށް ދިޔައެވެ.
ދުނިޔޭގެ ބިމުގައި މަލައިކާގެ ފައި ޖެހުމާއިއެކު މަލައިކާއަށް ކުރިން ނުލިބޭ ފަދަ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ޒާޔާ ކައިރިއަށް ދެވެން އުޅެވޭ ކަމުގެ އިޙުސާސެއް މަލައިކާއަށް ކުރެވެމުން ދިޔައެވެ. ނަމަވެސް މަލައިކާއަށް ރަށުތެރެއަށް ވަދެވުމާއިއެކު އޭނާއަށް އިވެން ފެށީ އެހެން ވާހަކަތަކެކެވެ. ޒާޔާ ރަށުން ބޭރުގައިވި ވާހަކައެވެ. ކޮންމެއަކަސް މިރަށުން ބޭރަށް ދިޔުމަކީ މަލައިކާއަށް ވަރަށް އުނދަގޫވާނެކަމެކެވެ. އެހެންކަމުން މަލައިކާ ނިންމީ ޒާޔާ އަންނަންވާއިރަށް އޭނާއަށް ނޭނގި ހިނގައިފައި ހުރި ހުރިހާ ކަމެއްގެ ޙަޤީޤަތް ހޯދުމަށެވެ. އަދި ޒާޔާ އަންނާނެ ދުވަހަކަށް އިންތިޒާރުކުރުމަށެވެ.
“ޑޮކްޓަރ. އެއްވެސް ކަހަލަ ކުރިއެރުމެއް ލިބޭތޯ؟” ޒާޔާ ބަލަން އައި ޑޮކްޓަރު ގާތުގައި ލިއަމް އަހައިލިއެވެ. “ޔެސް. މާ ބޮޑަށް ހާސްނުވޭ. ވަރަށް އަވަހަށް ހޭއަރާނެ އިރާދަކުރެއްވިއްޔާ.” ލިއަމްގެ ކޮނޑުގައި ކުޑަކޮށް ޖަހައިލަމުން ޑޮކްޓަރު ބުނެލިއެވެ. ޑޮކްޓަރު އުންމީދުން ފުރިގެންވާ އަޑަކުން އެހެން ބުނެލުމުން ލިއަމްއަށް ވަރަށް ބޮޑު ހިތްވަރަކާއި ހިތަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ޑޮކްޓަރު ރޫމުން ނުކުތުމާއިއެކު ލިއަމް ޒާޔާގެ މޫނަށް ބަލައިލިއެވެ. އެއާއިއެކު ލިއަމްގެ ތުންފަތަށް ފައުޅުވީ ފުން ހިނިތުންވުމެކެވެ.
“ނިހާން. ކޮންކަމަކާ ތި ވިސްނަނީ؟” ސިޓިންގް ރޫމުގައި ބޮޑު ފިކުރެއްގެ ތެރޭ އިން ނިހާން ގާތުގައި އިށީންނަމުން ޖަމީލާ އަހައިލިއެވެ. “ކަމަކާއެއް ނޫން.” ޖަމީލާގެ ކޮނޑުގައި އަތް އަޅުވައިލަމުން ނިހާން ހިނިތުންވެލިއެވެ. “މަށަށް އިނގޭ ކޮންކަމަކާ ކަން ތި ވިސްނަނީ. ޒާޔާ އާ ދޭތެރެގައެއްނު ދޯ…. އަޅާނުލާ. އަދި މިގެއަށްވެސް ކުޑަކުޑަ ރަންދޫންޏެއް އަންނާނެ.” ޖަމީލާ އެހެން ބުނެ ނިހާން ގައިގައި ބައްދައިލިއެވެ.
ދެ އަހަރު ފަސް****
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.





Dhonthy i am the first dho. Aslu bala bala mi hunnany vaahaka up vehjethoa. Ehn huttaa dhemme fenunyma kiyaa mi nimuny. This part ves varah reethi. Mashaa Allah varah ves reethi. ??????. Curiously waiting for the next part too. ??????????????????????????????????????????????. U know some people think that i am a boy, because of my name. They say it’s a boy name. But i am still a girl hehehe ????. Funny dho. Stay safe. Dhonthy how are you?
Story lover 🙂 🙂 🙂 Yes you’re first. Congrats!
And thank you so much Story lover <3 And yes! Keep waiting curiously for the next episode 😀 😀 😀 Hehe. Janaan is a girl name ennu dhw 🙂 🙂 Btw it's a very beautiful name Maasha Allah! <3 <3 <3 Stay safe and dhonthige haalu iraadhakurevviyyaa hama rangalhu. Alhamdhulillah! 🙂 🙂 🙂
Masha allah.. Varah Varah reethi mi part ves ❤️❤️?
Curiously waiting for the next part… ☺️☺️
Stay home and stay safe….
Noo_ra 🙂 🙂 🙂 Thank you so much dear. And yes! Keep waiting for the next episode. Stay home and stay safe <3 <3 <3 <3
Maasha allah vvvvv reethi mibai vess❤❤❤❤❤❤❤❤❤???????
Rsm 🙂 🙂 🙂 Thank you so much <3 <3 <3 <3
Thanks somuch dhonthy.????
Welcome story lover 🙂 🙂 🙂 <3
Darling ???Maasha Allah ??V Vvvvvvvvvvreethi Mi part ves ??????????????????????????????????????????????
???????curiously waiting ?????????????stay home n safe ???
TC DHONTHY ??
RYN 🙂 🙂 🙂 Thank you so much dear. And yes! Keep waiting curiously for the next episode 🙂 Stay safe and stay home. Take care <3 <3 <3 <3 <3 <3 <3 <3 <3
Maasha allah.. V. Salhi mi part ves… Aslu zaayaa ge story ah reply nudhevunee alun shyn mi vaahaka fashaigen kiyaathy ve.. Sry for that.. But i always support u dhonthy ???
shyn 🙂 🙂 🙂 Thank you so much dear. And it’s totally okay dear. Once again thank you so much dear 🙂 🙂 <3 <3 <3 <3
I think next part varah interesting vaanehen dho dhonthy. Aslu kiyaa part kiyaa kiyaa foohives nuvey. ????❤❤??????????❣❣??????????
Story lover 🙂 🙂 🙂 Next part interesting waawareiy ingeynee e bai kiyaalewuneema dhw dear 🙂 🙂 🙂 vvv ufaawey thikahala supportive reader eiy libuneema 😀 😀 😀 😀 Thank you dear <3 <3 <3 <3 <3
I am always supportive. You know but i have only one friend. That was my classmate. Now after school i can’t talk her. I always stay home. Boring and thinking about my life. Anyway now i am your friend. That’s why i am happy now. Stay home stay safe???????????. Dhonthy Thoddoo tha?. I am Nadella. Happy to talk you
Story lover 🙂 🙂 🙂 Once again thank you so much dear. Don’t think that much okay dear. Just stay calm and keep smiling 😀 😀 😀 Stay home and stay safe <3 <3 <3 <3
My kudabe dhatha aky thoddoo meeheh. She is still in thoddoo.
😀