“ބަލަ.. އަނެއްހެން ބުނަންޏަ އެކުއްޖާ ނުވެސް ދަންނަ މީހެއް ދޯ ދައްތައަކީ. އެކަމަކު އެކުއްޖާއަށް ހުރިހާ ވާހަކައެއް ދައްތައަށް ކިޔާދޭން ފަސޭހަވީ ކީއްވެ؟ އެ ކުއްޖާއާމެދު ދައްތަގެ އަމަލުތައް ބެހެއްޓި ގޮތުން. އަދިވެސް ދައްތަދެކެ ލޯބިވާ އެތައް ބައެއް ތިބޭނެކަން ޔަގީން.. ޝެލީން ދޯ އެކުއްޖާއަށް ކިޔަނީ؟” ޒާޔާއަށް އެކުއްޖާއަށް ކިޔާ ނަން ނޭނގޭ ކަމަށް ބުންޏެވެ. ޝަޒާ ދެއްކި ވާހަކަތަކާމެދު ޒާޔާއަށް ވިސްނެމުން ދިޔައެވެ. ޝަޒާ ބުނިހެން އޭނާދެކެ ލޯބިވާ އެތައް ބަޔަކު އެބަ […]
އިމާރާތަށް ވަންނަން ޒާމިލް ހިނގައިގަތީ، ހިތުން އިޒްވާއާ ދިމާލަށް އެތައް އެއްޗެއްސެއް ގޮވަމުންނެވެ. މިހާރުން މިހާރަށް އިޒްވާއާ ދިމާލަށް އެއްޗެހި ގޮވަން ޒާމިލް ބޭނުންވެފައިވިއެވެ. އެކަމަކު، ތަހުޤީޤީ ފުލުހެއްގެ ޙައިޞިއްޔަތުން ޒާމިލަށް ކުރިން ދަސްވެފައިވި ކަންކަން އޭނާގެ ސިކުނޑި ހަނދާންކޮށްދޭން ފެށިއެވެ. އެއީ ހިތުގައި ޝައްކު އުފެދިފައިވާނަމަ އެ ޝައްކު ފިލުވައިލުމަށެވެ. އަދި އެއްފަހަރާ ހުރިހާ ކަމެއް ހޯދަން އުޅުމުގެ ބަދަލުގައި މަޑުމަޑުން ކަންކަން ތަހުޤީޤު ކުރަމުން ދިޔުމަށެވެ. ހިތުތެރޭ އެތައް ކަމެއް ރާވަމުން ޒާމިލް […]
ޒަމްލާގެ ޙަޔާތަށް އަންނަން އުޅޭ ވަރުގަދަ ތޫފާނުގެ ވާހަކަ ޒާޔާ ގާތުގައި ބުނާނީ ކިހިނެތް ހެއްޔެވެ؟ ލިއަމް ގާތުގައި އެވާހަކަ ބުނާނީ ކިހިނެތް ހެއްޔެވެ؟ ވިސްނަންޖެހޭ ކަންތައް އިންތިހާއަށް ގިނައެވެ. ކުރިއާ ޚިލާފަށް މިއަދު މަލައިކާ ބަލިކަށިވީ ހިނދު އޭނާ ގާތުގައި ހިތްވަރުދޭކަށް މާލިކެއް ނެތެވެ. މަލަކާއެއް ނެތެވެ. މަލައިކާގެ ބާރުތައް ކިތަންމެހާ ގަދަވިޔަސް، އެ ހިތް ބަލިކަށިވެގެން ދިޔުމުގެ ސަބަބުން ނާއުއްމީދުގެ ބަނަ ވިލާތަކުން މަލައިކާގެ ޙަޔާތް އަނދިރިވެގެން ހިނގައްޖެއެވެ. ޒާޔާގެ ފަރުވާ ފެށި […]
ފޮތިގަނޑު ބާއްވާފައި އިޒްވާގެ އަތަށް ގުޅާފައިވި އައިވީ ޗެކްކޮށްލުމަށްފަހު ނަރުހުން ވަރޑުން ނުކުމެއްޖެއެވެ. އިޒްވާ އޮށޯންނަން އަޒްރާ އެހީވެދިނެވެ. އިޒްވާގެ ފަރާތުން މިރޭ ފެނުނު ސިފަތަކާމެދު އަޒްރާ ހުރީ ހައިރާންވެފައެވެ. ބޮޑެތި ޓްރެއިނިންގް ހަދައިގެން ހުރި ފުލުހަކު އެފަދައިން އުޅުނު މަންޒަރު ފެނުމުން، އަޒްރާއަށް އެ މަންޒަރު ޤަބޫލުކުރަން ދަތިވީއެވެ. އިޒްވާއަށް އެނދުމަތީ ހަމަޖެހިލެވުނު ވަގުތަކީ ސަލާމް ގޮވައިލުމަށްފަހު ޒާމިލް އެ ވަރޑަށް ވަތް ވަގުތެވެ. އެ ސޫރަ ފެނުމާއެކު، އިޒްވާގެ ހިތުގައިވި ބިރުވެރިކަން ދިޔައީ […]
ޒާޔާ ކިޔައިދިން ވާހަކަތަކާ މެދު ވިސްނަން އޮތް ޝަޒާއަށް ކުއްލިއަކަށް އޮތްތަނުން ތެދުވެވުނެވެ. ސޯފާގައި ރަނގަޅަށް އިށީންދެ، ޝަޒާ ވިސްނަން އިނީ ކޮންމެވެސް ކަމެއް ދެނެގަންނަން މަސައްކަތް ކުރާ އުސޫލުންނެވެ. “މަގާމުން ވަކި ކުރުން. އެއްވެސް އިދާރާއަކުން ޖަވާބު ނުދިނުން. އެސްޕެޝަލީ ޕޮލިސް. އެންޑް… ލިއަމްބެ އާ ޒަމްލާ ގެއްލުނީ ވެސް އެއްދުވަހެއްގަ..” ޝަޒާ މަޑުމަޑުން ކިޔަމުން ދިޔައެވެ. ޕަޒްލް އެއް ރާވާ އުސޫލުން ޝަޒާ ސިކުނޑި ތެރޭ އެ ކަންތައް އެއްކޮށްގެން ނަތީޖާއަކާ ހަމައަށް ފޯރާތޯ […]
ދެލޮލުން ލޭ ތިކިތައް ފައިބަމުން ދާ ޙާލު، މަލައިކާ، އޭނާގެ ދެ އަތުގެ އިނގިލިތައް ބޮޑަށް ހުޅުވައިލިއެވެ. އޭރު އެ އިނގިލިތަކުގެ ނިޔަފަތިތައް ދިގުވެ، ކަނޑިއެއްގެ މިޔަހާ، ތޫނުވެއްޖެއެވެ. މަލައިކާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ކޮން ކަންތައްގަނޑެއްކަމެއް ނޭނގެއެވެ. އެހެނެއްކަމަކު، އިނގިލިތަކުގެ ނިޔަފަތިތަކަށް ބަލައިލުމަށްފަހު، ދެން މަލައިކާގެ ތޫނު ނަޒަރު އަމާޒުވީ ބިންމަތީގައި ހޭހުސްވެފައި އޮތް އިންސާނާއަށެވެ. ********* މެންދުރުގެ އެންމެ ހޫނުގަދަ ވަގުތު އޭޑީކޭ ހޮސްޕިޓަލުން މީހުން ވަދެ ނުކުމެ ވެއެވެ. ބަލި […]
ޒާޔާ އެނދުން ތެދުވެ ލޯގަނޑު ކުރިމައްޗަށް ގޮސް ބޮލުގައި އަޅާފައި އޮތް ބޮޑު ބުރުގާ ރީތިކޮށްލިއެވެ. އެވަގުތު ލޯގަނޑުން ފެންނަން ހުރި އޭނާގެ ސޫރައަށް ބަލަހައްޓައިގެން ހުރެވުނެވެ. އެ ސޫރަ، މަލައިކާ ދެންމެ ދެއްކި ކޮންމެ ވާހަކައެއް ކިޔައިދެމުން ދިޔަ ކަހަލައެވެ. މަލައިކާ ދެއްކި ހުރިހާ ވާހަކައެއް ހަނދާންވި ވަރަކަށް ޒާޔާއަށް މަޑުމަޑުން ހިނިތުންވެލެވުނީ ދެން އަންނަން އޮތީ އުފާވެރި ދުވަސްތަކެއް ކަމަށް އެ ހިތަށް ޔަޤީންވެ، ވަރަށް ބޮޑު ހިތްވަރެއް އެ ހިތަށް ލިބުމުގެ ސަބަބުންނެވެ. […]
މާލޭގެ މަގުތަކު މަތިން އަލި ދަތުރުކުރާހާ ބާރުމިނުގައި މަލައިކާ ހިނގަމުން ގޮސް އިޒްވާ ދިރިއުޅޭ ގެއާ އަރާ ހަމަކޮށްފިއެވެ. އޭރު އެ ގޭގެ ބޭރުން ފަނޑު އަލިކަމެއް މުޅިތަނަށް ފަތުރާލާ ބޮތްކެއް ދިއްލައިފައިވިއެވެ. އެ ބޮތްކަށް މަލައިކާ ދިނީ އެންމެ ނަޒަރެކެވެ. ހަމަ އެހިނދު އެ ބޮކި އަނދައިފިއެވެ. މަގުގެ ދެކޮޅު ބަލައިލުމަށް ފަހު މަލައިކާ ހުރިތަނަށް ޣައިބުވިއެވެ. ސިކުންތުކޮޅެއްގެ ތެރޭ މަލައިކާ އެ ގޭތެރެއަށް ފާޅުވެއްޖެއެވެ. އޭރު ދުރުން ކޮންމެވެސް މީހަކު ވާހަކަދައްކާ އަޑު […]
“އާނ… އަދި އެއް ވާހަކަ. ކަލޭ ޖެހޭނެ ޒާޔާ ވަރިކުރަން ވަރަށް އަވަހަށް. އެހެންނޫނީ، އޭނާ ދުނިޔޭގަ ހުންނާނެކަން ކަލޭ ހަނދާން ނައްތާލައްޗޭ.” އިޒްވާގެ ފަރާތުން އިވުނު ބަސްތަކުގެ ސަބަބުން ލިއަމްގެ ދެލޮލުން ކަރުނަތައް އޮހިގެން ފައިބައިފިއެވެ. މިއަދަކު އޭނާއަށް ކުރެވޭނެ އެއްކަމެއް ވެސް ނެތީއެވެ. އޭނާގެ އެއްވެސް ބާރެއް ނެތީއެވެ. އޮތްހާވެސް ގޮތަކީ، އޭނާގެ މައްޗަށް ބާރުފޯރުވާ މީހުން ބުނާ ކޮންމެ ގޮތެއް ހަދައިގެން އުޅުމެވެ. ގޮޅި ތެރޭގައި ލިއަމް އެކަނިވުމާއެކު އޭނާއަށް ހުރިތަނަށް […]