މާލޭގެ މަގުތަކުގައި ދުއްވާފައިދިޔަ މަދު އުޅަނދުތަކުގެ އަޑު ފިޔަވައި މުޅި ސިޓީ އޮތީ ނިދާފައެވެ. ނަމަވެސް އަފްލާޒްގެ ސައިކަލުގެ ދުވެލި ހުރީ އާދަޔާ ޚިލާފަށް ބާރުކޮށެވެ. އޭނާގެ ދެލޮލުން ކަރުނަ ފައިބަމުންދިޔައިރު، ހިތް ބާރަށް ތަޅެމުންދިޔައެވެ. އައިޖީއެމްއެޗް ހޮސްޕިޓަލުގެ އިމާރާތް ފެނުމާއެކު އޭނާ ސައިކަލު ޕާކުކޮށްފައި އެމާޖެންސީ ރޫމާ ދިމާއަށް ދުއްވައިގަތެވެ. އެތަނަށް ވަތްއިރު، ޔައިޝްގެ ކޮއްކޮ އާއި އާއިލާގެ ބައެއް މީހުން ރޮއެރޮއެފައި ތިއްބެވެ. އެމާޖެންސީ ރޫމްގެ ރަތް ބައްތި ދިއްލިފައި ހުރީ އެތެރޭގައި ހިނގަމުންދާ […]
“މިއީ ހަމަ އަސްކަރީ ފެންވަރުގެ ސެކިއުރިޓީއެއް. ބްރޯ، ތާރިގަކީ ހަމައެކަނި ރިސޯޓް މަހުޖަނެއް ނޫން. އޭނާ މި ހިންގަނީ ވަރަށް ނުރައްކާތެރި، ވަގު ނެޓްވޯކެއް!”. ޒަޔާން ހާސްވެފައިހުރި ފާޑަކަށް ބުނެލިއެވެ. *** ނާއިލް އޭނާގެ ފައިބުޑުގައި އޮތް ފޮށީގެ ތެރޭގައި އޮތް ފެންޖެހި މިލައިފައިވާ ކަރުދާސް ފޮތް ހުޅުވާލިއެވެ. އޭގައިވާ ލިޔުންތައް ހުރީ ފަނޑުވެފައިވާ ނޫކުލައިގެ ދަލަކުން، ތުރުތުރުލާ އަތަކުން ލިޔެފައެވެ. އޭގައި ހުރީ މީހުންގެ ނަންތަކާއި، ތާރީޚުތަކާއި، ކަނޑުމެދުގެ ކޯޑިނޭޓްތަކުގެ އިތުރުން، އެތައް ސުންތަކެއް ހިމެނޭ […]
ގެނުވައިފިއެ މަޑުމޮޅިކަން އެކުގައި ނެތުމުން އަލިކަން ދެލޮލުގެ ގޮއްސިއޭ ނިމިގެން އުމުރަށް ދިއުމުން ނޫރޭ ތިޔައީ މަންމަގެ ދޫންޔާއޭ، މިހަޔާތް އެކީ ގުޅިގެން ވާ ވަކިވީ އަސަރާ ހުވަފެން، ހިތަކުން ހަމަ ނުފިލާނޭ ވޭނާއި ރިހުން ދީފައި، ވަކިވީ އެހިނދުން ދެރަވާނޭ މަންމަ އެއްގެ ވޭނީ އަޑު އިވުނަސް ހިތް ފަޅަ ފަޅައިގެން ގޮސްދާނެ އެވެ. “ބާސިލު މަންމަ: މަންމަގެ ދޫނި… ދަރިފުޅާ…” އެ މަންމަގޮވަމުންދިޔަ ގޮވާލުމުން ކަރުނަ އެކަކުގެވެސް ނުހިފެހެއްޓުނެވެ. ބޮޑުކުރި ލޮލުގެ ނޫރުވެ. ހަޔާތުގެ […]
ސްކޫލް ހޯލްވޭގައި ކްލާސްތަކުގެ މެދުގައި ތޮއްޖެހިފައި ހުއްޓެވެ. މަޑުމަޑު މުށިކުލައިގެ އިސްތަށިގަނޑަކާއި ކަޅުކުލައިގެ ދެލޮލުގެ ކުޑަކުޑަ ލަދުވެތި އަންހެންކުއްޖަކު، އަޒްކާ އަތުގައި ހިފައިގެން އެތައް ފޮތެއް ހިފައިގެން އެއްވެ ތިބި މީހުންގެ ތެރެއިން އަވަސްވެގަތީ އޭނާގެ ކުލާހާ ދިމާއަށް ދިޔުމަށެވެ. އެއްވެސް މީހަކަށް ފާހަގަ ނުކުރެވޭނެ ކަމުގެ އުންމީދުގައި ބޯ ތިރިކޮށްލައިގެން ހުއްޓެވެ. ނަމަވެސް، އޭނަ މީހެއްގެ ފުޅާ، ހަރު، މޭމައްޗެއްގައި ޖެހުނެވެ. އޭނާގެ ފޮތްތައް ތަޅުންގަނޑު ހުރަސްކޮށް ބިންމައްޗަށް ވެއްޓުނެވެ. “އަـއައިމް ސޮރީ!” އޭނަ ލަދުވެތިގޮތަކަށް […]
ނާއިލް، ޒަޔާނަށް އިޝާރާތްކުރީ ފާލަންމަތީގައި ރަފީގަށްް ބަލަހައްޓައިގެން ހުރުމަށެވެ. އަދި އޭނާ ފީފާއާ ގާތްވިއެވެ. ރަފީގަށް ފާރަވެރިވެ ހުރެ، ވަރަށް ސަމާލުކަމާއެކު، ނާއިލް އެ ބަރު ފޮށީގެ ދެ ތަޅު ނައްޓާލިއެވެ. އެއާއެކު، ބަންދުވެފައި ހުރި ވައިގެ އަޑާއެކު ފޮށި ހުޅުވިގެން ދިޔައެވެ. ***** ފޮށީގެ ތެރޭގައި، ކަޅުކުލައިގެ ފޯމުގަނޑެއްގެ މަތީގައި އޮތީ ތިން މިލިއަން ޑޮލަރުގެ އަލިމަހެއް ނޫނެވެ. އޭގެ ބަދަލުގައި އޮތީ ރިހިކުލައިގެ ސެޓެލައިޓް ޑްރައިވެއްގެ އިތުރުން، ފެން ޖެހި ހަލާކުވެފައިވާ ކަރުދާސް ފޮތަކާއި، […]
ރޭގަނޑުގެ އެ ހަލަބޮލި ވަގުތުގައި ހެންވޭރުގެ ހަނި، ގުދު ގޯޅިތަކުގެ ތެރޭގައި، ކުލަ ފަނޑުވެފައިވާ ނޫކުލައިގެ ފާރުތަކުގެ ކައިރިން ސައިކަލުތައް ދުއްވާފައި ދާއިރު، ނާއިލް އިނީ މަގުގެ އެއްފަރާތުގައި މަޑުކޮށްލައިގެން އޮތް، ކަޅު ބިއްލޫރި ޖެހި ނޫކުލައިގެ ‘ހިޔުންޑާއި’ ކާރެއްގެ ތެރޭގައެވެ. ކާރުގެ އިންޖީނު މަޑުމަޑުން ހިނގަމުން ދިޔައީ، އިކުއޭޓަރުގެ ތެތްފިނި ހޫނުމިނުން ސަލާމަތްވުމަށް އޭސީގެ ފިނިކަން ހިފެހެއްޓޭ މިންވަރަށެވެ. ބޭރުގައި، މޫސުމީ ބޯވާރޭގެ ފެންގަނޑުތައް ޓިނު ފުރާޅުތަކުން އޮހެމުން ގޮސް، މަގުގެ ކައިރީގައި ހުރި ކުނިބުންޏާއި […]
ގަސްތަކުގެ ތެރެއިން ފުރޭނިގެން އައި ނަލަ ދޯދި ތަކުން ހެނދުނުގެ ހިތް ފަސޭހަކަން ހާމަ ވިޔަސް އިޔާސްގެ މޫނުމަތިން އުފާވެރި ކަމެއް ނުފެނެއެވެ. ހީވާ ގޮތުން ވިއްޔާ މާޒީގައި ފީނަނީއެވެ. އެ މޫނުމަތިން ސިފަވަނީ އޭފަދަ އަސަރުތަކެކެވެ. އިޔާސްއަކީ ސާހުބާޒާއި ސަމުއްސުއް ނިޝާގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. އެދެމަފިރިން އެ ދަރިފުޅަށް ވަރަށް ފޮނި އުންމީދުތަކެއް ކުރެއެވެ. އާއިލާ ފަހުރުވެރި ވާނެ ފަދަ ބަލިމީހުންނަށް ހިދުމެތްދޭ ޑޮކުޓަރަކަށް އިޔާސް ވުމަކީ އެދެމަފިރިންގެ އެންމެ ބޮޑު […]
” ލީނިޔާ: މާފެއް ނުދެވޭނެ. މަގޭ ގެ މުޅި ޒުވާން އުމުރު ހަނާކޮށްލީ ކަލޭ ތީ. މިހިތައް ނެތް ތަސައްލީއެއް ކަލޭ ދުނިޔޭގައި ހުރެގެން.” ބާރުބާރަށް ބުނަމުން ބާސިލު ނަގާ އުފުލާލި އެވެ. ތަނުގެ ވަހާއި ކުލަ ކުނިގޮޑަކަށް ވިއެވެ. މަސް ލޭ ކުނިވަހުން ނޯއްދަމާލަށް ދައްޗެވެ. މައްޗަށް ނަގާފައި ތިރިއަށް ބާސީލު ވައްޓާލިއެވެ. ދެން ބާސިގެ ކުރިމަތިން ފެންނަށް ފެށީ އޭނާ ލޯބީގެ ގޮތުން ގުޅުނު އަންހެން ކުދިން ތަކެވެ. ފަހުގެ ހަމަލާއާއެކު ބޮޑު ރަތް […]
ކޮލެޖުގެ މައި ހޯލުގެ ތެރޭގައި ވެރިވެފައި އޮތް ފިނި ހަމަހިމޭންކަން މުގުރާލަމުން، ލިޔުޝާ ދިއްކޮށްލި ރަން ފަށައް ބަލަން ޔައިޝް ހުރީ ބުނާނެ އެއްޗެއް، ގެންނާނެ ހަރަކާތެއް ނޭނގިފައެވެ. އެ ފަށަކީ އެމީހުންގެ ދެ އަހަރުވީ އުފާވެރި ލޯބީގެ އެންމެ ފުރަތަމަ ރަމްޒެވެ. ރަށުން މާލެ އައިސް، ދިރިއުޅުމުގެ އާ ސަފުހާއެއް ފެށިއިރު ޔައިޝް އޭނާގެ ފުރަތަމަ ޕޮކެޓް މަނީން ގަނެދިން އެ ފަށް އަތަށް ލިބުމާއެކު، ޔައިޝްގެ ހިތް އެއްކޮށް ކުދިކުދިވެ، މުޅި ދުނިޔެއަށް ބާކީވި […]