
ކުރުވާހަކަތަކުގެ ގުލްޒާރު 1 (ފިލާވަޅެއްގެ ދަތުރު) – 3

ހީލުމުން…
“ލޯބީގެ އެރި އޮޅުމެކެވެ”.
ދަރިކޮޅުން ނިންދަވަން ހަނާލީ ތައްޔާރުވެލިއެވެ. އެނދުމަތީ ދެކުދިން ބާއްވާލަމުން ނާނާއެއް ކިޔައިދޭން ފެށިއެވެ. އެނާނާއަކުން އެކުދިން ނުނިދިއެވެ. ވާހަކައެއް ކިޔައިދޭން ރޯން ފެށިއެވެ.
” ވާހަކައެއް އަބަދު އަބަދު ލަވައެއް ނޫން ” ދެކުދިން ބޮޑާހާކަށް ފެށިއެވެ.
ހަނދާނެ ގޮތެއް ނޭނގިގެން ހަނާލީ ވިސްނާލާފައި ބުނެލިއެވެ.
” މިރޭ މި ކިޔައިދެނީ ބައްޕަ އާއި މަންމަގެ ލޯބީގެ ވާހަކަ އިނގޭ އަޑު އަހައްޗޭ ދޫނި ތަށް” ވަރަށް ލޯބިން ހަނާލީ ދެދަރިންނަށް ބަލާލިއެވެ.
“ގަސްތަކުގެ ތެރެއިން ފުރޭނެ މުން އައި ދޯދިތަކުން ހެނދުނުގެ ހިތްގައިމުކަން ހިތަށް ވެރި ކުރުވިޔަސް، އެ މާހައުލުގައި އެއްވެސް ދިރުމެއް ނެތެވެ. އަހަރެން ވަށައިގެން ނަޒަރު ހިންގާލީމެވެ.”
ނާލް އެހެން އޮވެފައި މަންމަ ކުރެން ސުވާލުކުރިއެވެ. “މަަންމާ! ފުރޭނުމަކީ ކޮބާ؟”
“އެއީ އިރުއަރާއިރު، ގަސްތަކު ތެރޭން ލާފައި ދާވަހަކަ” ޖަވާބު ދެމުން މަންމަ ހީނލާފައި ކިޔައިދޭން ފެށިއެވެ.
“ލޮލުގައި އެވަގުތު އަޅައިގަތީ ޒުވާން ފުރާގެ އަންހެން ކުއްޖެކެވެ. އެއްވެސް ދިރުމެއްނެތް ފަތްމިންޔެކެވެ.
ކުޑަ ކުޑަ ނައިލް އަހާލިއެވެ.
“ފަތްމިނިއޭ އެ ކޯންޗެއް…