Skip to content
އެސްފިޔަ

ލޯބި – 5

Listen to this story Audio · 11:38 Powered by Esfiya Voice
0:00 11:38

*”އަނެއްކާ ކިހިނެއް ވެފަ ހުރީ ދުވަހެއް. ނުބައި ކޮޅަކުން އިރު އެރީބާ.” ރިޝްފާ ސަމާސާކޮއްލި އެވެ.*

“މަންމާ. އަހަރެން ރަނގަޅު މޫޑް އެއްގަ ހުރީމަ މަންމަ ވެސް އުފަލެއް ނޫންތަ ވާންވީ.” މާޔާ ތުންދަމާލަމުން ބުންޏެވެ.

“ބޭރުންތަ ތިއައީ؟” މާޔާގެ ފަހަތުން ވަދެގެން އައި މިންހާ ފެނިފައި ރިޝްފާ އަހައިލި އެވެ.

“ހިމް. ބޮޑު ފަތިހާ ތެދުވެ ސަންރައިޒް ބަލަން ދާން ހިނގާށޭ ކިޔާތީ އެއްކޮށް ގޮއްސަ މިއައީ.” ގޮޑިއެއްގައި އިށީންނަމުން މިންހާ ބުންޏެވެ.

“އެހެން ނޫނިއްޔާ ބުނާނެ ސަންރައިޒް ބަލާކަށް ނުދެވޭނޭ. މިއަދު އަނެއްކާ ކިހިނެއްބާ ވީ.” ރިޝްފާ ގޮސް ބަދިގެ އަށް ވަނެވެ.

“އަހަރެން ވެސް މިހިތަށް އަރަނީ ތިހެން. ކިހިނެއްބާއޭ މިވީ؟” ލާނެތް ގޮތަކަށް ހިނިއައިސްފައި ހުރެ މިންހާ ބުނެލީ ރިޝްފާ އަށް އަޑުއިވޭ ވަރަށެވެ.

“ކަމެއްވީތަ؟” އެވަގުތު ވަދެގެން އައި ޒައިދުއަށް މިންހާ ބުނި އެއްޗެއް އަޑުއިވިގެން އަހައިލިއެވެ.

“އެނގެން ޖެހޭ ވަރުގެ ކަމެއް ވެއްޖެއްޔާ ބުނާނެ.” މިންހާ ކައިރީގައި އިށީންނަމުން މާޔާ ބުންޏެވެ.

“މާޔާ. އެއްޗެކޭ ނުބުނި ނަމަ މާ ރަނގަޅުވީސް. ދެން ގޮސް މާމަ ކައިރީ ކިޔާނެ.” މިންހާ ހިތްހަމަނުޖެހިފައި މާޔާގެ ކަންފަތް ދޮށުގައި ބުނެލި އެވެ.

“ހެޔޮ. މިއަދު އެކަކަށް ވެސް އެއްކަމެއް ވެސް ނުކުރެވޭނެ.” މާޔާ ރައްދުގައި ބުންޏެވެ.

“ޔޫ އަރ ކްރޭޒީ.” ދެފަރާތަށް ބޯ ހޫރާލަމުން މިންހާ ބުންޏެވެ. މާޔާ އުޅޭ ގޮތުން އޭނާ ގާތަށް ހުރީ ހިނިއައިސްފައެވެ.

ކާމޭޒު ދޮށަށް އެންމެން އައުމުން އެކުދިންނަށް ޖެހުނީ ވާހަކަ މެދުކަޑައިލާށެވެ.

“މަންމާ. ކޯޓު އިއްވުން މާދަމާ އޮވޭ. މަންމަ ވެސް ދާން ވާނެ އަހަރެންނާއި އެކު.” ޒައިދު ބުންޏެވެ.

“އިންޝާ ﷲ. ދަރިފުޅު ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނިމޭނީ.” މަރިޔަމް ހިނިތުން ވެލަމުން ބުންޏެވެ.

“އެމީހާ އަށް ލާރި ދީގެން ކަންނޭނގެ މިހާރު އުޅެނީ ވެސް.” މާޔާ މަޑުމަޑުން މިންހާ ކައިރީ ބުނެލި އެވެ. މިންހާ ހިތްހަމަނުޖެހިފައި މާޔާ އާއި ދިމާލަށް ބަލައިލި އެވެ.

“އަހުމަދުމެން ވެސް މިކޮޅުގައި އުޅޭތާ ދެ މަސް ދުވަސް ވަނީ ދޯ.” އަހުމަދު އަށް މުހާތަބުކޮއް މަރިޔަން ބުނެލިއެވެ.

“އާނ. ދެން މިހާރު މިކޮޅުގަ ކުރަން ހުރި މަސައްކަތްތަށް ވެސް ނިމެނީ. ރަށް ފުށު ހިތްފަސޭހަ ކަމުން ހަގީގަތުގައި މާލެއަށް ދާހިތް ވެސް ނުވަނީ.” އަހުމަދު ބުންޏެވެ.

“ދެން އެހެން ވީއިރު ގިނަގިނައިން މިރަށައް އަންނަންވާނެ.”

“މިހާރު މިވިސްނަނީ އަދިޔަން އަށް ހުރިހާ ކަމެއް ހަވާލުކޮށްފަ އަހަރެން ރަށް ބަދަލުވާން ބޭބެ ކައިރީ އަށް. އަހަރެން ވެސް ދެން މިހާރު މުސްކުޅިވީއެއްނު.”

މާޔާ ދެލޯ ބޮޑުވެފައި އަދިޔަން އަށް ބަލައިލި އެވެ. އަދިޔަންގެ މޫނުމަތިން އެއްވެސް ހައިރާންކަމެއް ނުފެނެ އެވެ.

“ތީ ހަގީގަތުގައި ވެސް ވަރަށް ރަނގަޅު ހިޔާލެއް. އަދިޔަން އަކީ ވިސްނުންތޫނު ކުއްޖެއް އޭނާ އަށް އެކަން ވާނެ.” އަހުމަދުގެ ހިޔާލަށް ތައުރީފުކުރަމުން ނަދީމް ބުންޏެވެ.

“މިހާރު އޮތީ އެންމެ ކަންބޮޑުވުމެއް.” އަހުމަދު ނިތަށް ރުއަރުވައިލަމުން ބުންޏެވެ.

“އެއީ އަނެއްކާ ކޮންކަމެއް؟” ނަދީމް އަހައިލި އެވެ.

“އުމުރުން 27 އަހަރުވަނީ. މަސައްކަތަށް އަދިޔަންގެ ހުރިހާ ޝައުގުވެރިކަމެއް ހުރީ.” އަހުމަދު ބުންޏެވެ.

“ބައްޕާ…” އަދިޔަން ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“ބަލަ ބައްޕަ ބޭނުމޭ ދަރިފުޅު ހަތަރެއް ފަށާތަން ބަލަން. އަދިޔަންއާއި އެއްއުމުރެއް މިންހާ ވެސް. މިންހާ މާދަން އެއުޅެނީ މީހަކާ އިންނަން. އަދިޔަންގެ މަންމަ ހުރި ނަމަ ނުޖެހުނީސް މިކަމާ ވިސްނަން.” އަހުމަދު ބުންޏެވެ.

“މަންމައޭ ކިޔައިގެން ބްލެކް މެއިލް ނުކޮއްބަލަ.” އަދިޔަންގެ މޫނުމަތިން އުދާސްކަން ފާޅުވިއެވެ.

“މިހާ ދުވަހު މިރަށުގަ އުޅުނު އިރު…ކަމުދާ ކަހަލަ އަންހެން ކުއްޖެއް ނުފެނުނުތަ؟” މަރިޔަމް އަހައިލި އެވެ.

“ފެނުނު.” އަދިޔަން ބުނެލި ހަމައެކަނި މިހެންނެވެ. އޭނާގެ މޫނުމަތިން އެއްވެސް ކުލަވަރެއް ފަޅެއް ނުވެއެވެ.

މިންހާ މޭޒުދަށުން މާޔާގެ އަތުގައި ކޮއްޓައިލި އެވެ. މާޔާ މިންހާގެ އަތް ފޮނުވައިލި އެވެ.

“ކޮންކުއްޖެއް؟” މަރިޔަމް ފުޅާ ހިނިތުން ވުމަކާއި އެކު އަހައިލި އެވެ. އެންމެން ތިބީ އެނގޭ ހިތުންނެވެ. އަދިޔަންގެ ޖަވާބެއްގެ އިންތިޒާރުގައެވެ.

މާޔާ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އަދިޔަން ބުނާނެ އެއްޗެއް ނޭނގޭތީ އެވެ.

“ހާއްސަ ކުއްޖެއް.” އަދިޔަން ބުނެލީ ހަމައެކަނި މިހެންނެވެ.

“އެސޮރު ލަދުގަތީ.” ސަމާސާކޮއްލަމުން ރައުފާ ބުންޏެވެ. އެންމެން ހޭންފެށިއެވެ. އަދިޔަން އާއި މާޔާ އެހެން އެކަކަށްވެސް ނޭނގޭނެހެން ނަޒަރު ބަދަލު ކުރިއެވެ.

އެރެއެވެ. ގަޑިން ނުބަލައި ބައިވަނީ އެވެ. ސިޓިންރޫމުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހަނާ ބޭރައް ނުކުތެވެ.

“ހަނާ؟ ދަރިފުޅާ ކޮންތާކަށް؟” ބޭރު ޖޯލީގައި އޮތް ޒައިދުއަށް ހަނާ ފެނުމުން އަހައިލިއެވެ.

“ބައްޕަ ހޯދަން.” ޒައިދު ކައިރީގައި އިށީންނަމުން ހަނާ ޖަވާބުދިނެވެ.

“ބައްޕަ މިހުރީ މިތާ. ކިހިނެއްވީ؟”

“ވާހަކަ އެއް ދައްކާލަން.”

“އަވަހައް ބުނޭ.”

“ބައްޕާ…” ހަނާ އަޑު އަޅައިގަންނަ ގޮތް ވިއެވެ. “އަ…އަޅުގަނޑު…ބައްޕަ ކުރަން ތިއުޅޭ ކަމެއް ހުއްޓާލާ…”

“ބައްޕަ ކުރާ ކަމެއް މިކުރަނީ ދަރިފުޅަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދޭން. ދަރިފުޅު ދެން އެވީ އަނެއްކައި ވެސް މާލެއަށް ބަދަލުވާން.”

“ބައްޕާ… އަޅުގަނޑަށް ވެސް އެނގޭ ބައްޕަ ބޭނުންވަނީ އަޅުގަނޑަށް އެންމެ ރަނގަޅު ގޮތްކަން. އަޅުގަނޑު ބޭނުންވާ ގޮތް ބައްޕަ އެންމެ ފަހަރަކު ވެސް އަހައެއް ނުލާ. އަޅުގަނޑު އުފަލުގައި ހުންނާނީ ކޮންގޮތަކަށް ކަންތަށް ކުރިމަތީ އެއް ބައްޕަ އެއް ނުވިސްނަ. ބައްޕާ…އަޅުގަނޑު ބޭނުން ވަނީ ތުއްތަ އާއި އެކު އުޅެން. އަޅުގަނޑު ބޭނުމެއް ނޫން ދޮންމަންމައެއް. ތުއްތަ އަޅުގަޑަށް ވަރަށް ރަނގަޅު. އަޅުގަނޑު އޭރު ވެސް އެއީ ގޮތް ނޭނގޭ ވަރު ކުޑަ ކުއްޖެއް ނޫން. ބައްޕަ ކުރިކަންތަކަށް ފަހު ވެސް ތުއްތަ އަޅުގަނޑު ގެންގުޅުނީ އަމިއްލަ ދަރިއެއް ފަދައިން. އަޅުގަނޑު މިހާރު ވެސް މިއުޅޭ ގޮތައް އުފަލުގައި އުޅުނިއްޔާ ދީ. ޕްލީޒް.” ވާހަކަ ދައްކާ ނިމުނު އިރު ހަނާގެ ދެލޮލުން ކަރުނަ ފައިބެއެވެ. ޒައިދު އަށް އިތުރު އެއްޗެއް ބުނެވުމުގެ ފުރުސަތެއް ނުދީ ހަނާ ގޭތެރެއަށް ވަދެގެން ދިޔައީ އެވެ.

“ބޭބެ މައްސަލަ ކޯޓުން ނަގައިފި.” ޖެހިގެން އައި ދުވަހު ހެނދުނު އޮފީހަށް ދިއުމަށް ތައްޔާރު ވާން ހުރެފައި ނަދީމް ރައުފާ ކައިރީ ބުންޏެވެ.

“އޭން؟ މައްސަލަ ނެގީ އޭ؟ އޭގެ މާނަ އަކީ ކޮބާ؟” ރައުފާ ހައިރާންވެފައި އެހިއެވެ.

“ނޭނގެ. ބޭބެ އާއި ވާހަކަ ދައްކާލަން ޖެހޭނީ.” ނަދީމް ވެސް ހުރީ ހައިރާންވެފައެވެ.

“އަހަރެންނަށް މުހިންމު އަހަރެންގެ ދަރިފުޅު އުފަލުގައި ހުރުން ވެސް. އަހަރެންނަށް އެނގޭ އަހަރެންނަށް ކުރެވުނީ މަޢާފު ކުރެވޭވަރުގެ ކުށެއް ނޫންކަން. އެކަމަކު ވެސް މަޢާފަށް އެދޭނަން… އަދި އަހަރެން ދެދުވަހެއް ތެރޭ މާލެ ދާން މިއުޅެނީ.” ހެދުމުގެ ނާސްތާ އަށް އެންމެން ކާމޭޒު ކައިރީ އަށް އެއްވި ވަގުތު ޒައިދު ބުންޏެވެ.

“އެހާ އަވަހަށް ދަނީ. މިންހާގެ ކައިވެންޏަށް މަޑުކޮށްލަން ވީ އެއްނު.” މަރިޔަމް ބުންޏެވެ. އެއްބަސް ވުމުގެ ގޮތުން ހަސަން ބޯޖަހައިލިއެވެ.

އެވަގުތު އަހުމަދު އާއި އަދިޔަން އައުމުން އެމީހުން ދައްކަމުންދިޔަ ވާހަކަ މެދުކަނޑައިލި އެވެ.

*ދެ ހަފްތާ ފަސް*

މުޅި މާހައު ވަނީ ހަލަބޮލިވެފައެވެ. ހުދު ކުލައާއި ކްރީމް ކުލައިން ޒީނަތްތެރި ކުރެވިފައިވާ ހޯލު ފުރައި މީހުން ކޮޅުކޮޅުމައްޗަށް ހިނގަމުން ދިޔައެވެ. އެއްބަޔަކީ ފޮޓޯ ނަގަމުން ދިޔައިރު އަނެއްބަޔަކީ އަލަތު ކައިވެނި ކުރެވުނު ދެމަފިރިންނަށް މަރުހަބާ ކިޔަމުން ދިޔައެވެ. އެންމެގެ މޫނުމަތިން ވެސް ފެންނަމުން ދަނީ އުފާވެރިކަމެވެ.

“ބައްޕަ އަބަދު އަހަރެން ކައިރީ އަހައޭ ކޮންކުއްޖެއްހޭ.” އަދިޔަން ބުންޏެވެ.

އަދިޔަން އާއި މާޔާ ތިބީ މީހުން މަދު ހިސާބެއްގައި މޭޒެއްދޮށުގައި އިށީންދެގެންނެވެ.

“އައި ތިންކް ޔޫ ޝުޑް ޓެލް ހިމް ނައު.” ހިނިތުންވުމަކާއި އެކު މާޔާ ބުންޏެވެ.

“ބައްޕަ ކައިރީ ބުނިނަމަ މިއަދު އެތާ ތިބޭނީ މިންހާ އާއި ނާއިލް އެކަންޏެއްނޫން. އަހަރެމެން ދެމީހުން ވެސް ތިބޭނެ.” އަދިޔަން ހިނިއައިސްފައި ހުރެ ބުންޏެވެ.

“އަދިޔަން ބައްޕަ ހަމަ އެހާ ވެސް އެކްސައިޓެޑް ތަ؟”

“ޔޫ ކާންޓް އިވެން އިމޭޖިން.”

“ހެހެ. ބެޑް އައި ޑޯންޓް ވޯންޓް ޓު ޝެއަރ މައި ބިގް ޑޭ.”

“އައި ވިލް މޭކް ޝުއަރ ޔޫ ހޭވް ޔޯ ޑްރީމް ވެޑިންގް.” މާޔާގެ އަތްތިލަ އޭނާގެ އަތުތެރެއަށް ލަމުން އަދިޔަން ބުންޏެވެ.

“މިތިބީ ދޯ؟ ކޮން އިރެއް ހޯދާތާ.” މާޔާ ކައިރީ އަށް އައިސް ހުއްޓިލަމުން ހަނާ ބުންޏެވެ.

“ކިހިނެއްވީ؟” މާޔާ އަހައިލީ ނުރުހިފައި ހުރި ރާގަކަށެވެ.

“ފޮޓޯ ނަގައި ދޭން އައިސް ބަލާށޭ ބުނާނަން އުޅުނީ. އައި ވިލް ކަމް ލޭޓަރ.” އަދިޔަން މާޔާގެ އަތުގައި ހިފައިލައިގެން ހުރިކަން ފެނިފައި ހަނާ ބުންޏެވެ.

“ބަނޑުގަ ރިއްސާތަ؟ އެއްވެސް އުނދަގުލެއް ވޭތަ؟ އެއްވެސް އެއްޗެއް ބޭނުންތަ؟” ގޮޑިއެއްގައި އިށީންދެލައިގެން އިން މިންނަ ކައިރި އަށް އައިސް ރައުފާ އަހައިލި އެވެ.

“ނޫން. ދެންމެ ތިއްތަ ވެސް އައިސް އަހާފަ އެދިޔައީ.” މިންނަ ބުންޏެވެ.

ހަފްލާ ނިމި މީހުން މަދުވާން ފެށިއެވެ. ވިއާމް އަވަސް ވެގަތީ މިންނަ ގެއަށް ގެންދިއުމަށެވެ. ނުކުންނަށް ދަނިކޮށް މިންނަގެ ބަނޑަށް ތޫނު ތެދެއް އެރިއެވެ. އޭނާގެ އަނގައިން ވޭނީ އާހެއްވެސް ނުކުތެވެ.

“އެއުޅެނީ ވިހަން.” ދެވަނަ ފަހަރަށް އެރިތަދާއިއެކު މިންނަ ރޮއިގަތުމުން އައިޒާ އަވަސް އަވަހަށް ބުންޏެވެ.

“އަވަހަށް ހޮސްޕިޓަލަށް ދާންހިނގާ.” ރައުފާ އަވަސް އަވަހަށް ބުންޏެވެ.

“މިން. ގެއަށް ގޮސް ހަމަޖެހިލާ. އައި ވިލް ހޭންޑަލް ދިސް.” އައިޒާ ނުކުންނަން ދަމުން ބުންޏެވެ.

“އައި ވޯންޓް ޓު ބީ ދެއަރ.” މިންހާ ބުންޏެވެ.

“ކޮޅަށް ހުރެހުރެ ވަރުބަލި ވެފަ ހުންނަނީ. ގެއަށް ގޮސް ރެސްޓް ކޮއްލާފަ ދާނީ. ވަރަށް ގިނައިރު ވެސް ވެދާނެ އެއްނު.” ނާއިލް މިންހާ އައް ވިސްނައިދިނުމުގެ ގޮތުން ބުންޏެވެ.

“އައިމް ނޮޓް ޓަޔަރޑް.”

“އޯކޭ. އެކަމަކު ތިހެން ހުރެ އެއް ނުދެވޭނެ އެއްނު. މިން ގެއަށް ގޮސް ޗޭންޖް ކުރީމަ ގެންގޮސްދޭނަން.” މިންހާ ހޮސްޕިޓަލަށް ދާން ބޭނުން ވެފައި ހުރި ވަރުން ނާއިލް އެއްބަސްވިއެވެ.

“ޕްރޮމިސް؟” މިންހާ ޔަގީންކުރުމުގެ ގޮތުން އަހައިލި އެވެ. ނާއިލް ހިނިތުން ވެލަމުން ބޯޖަހައިލި އެވެ.

ދަންވަރުން އަނބުރައި އެކެއް ޖަހަނީއެވެ. އޮޕަރޭޝަން ތިއޭޓަރު ދޮރު ހުޅުވައިލައިފައި މިންހާ ނުކުތީ ބްލޭންކެޓް އަކަށް ލައިފައި އޮތް ކުއްޖެއް އުުރައިލައިގެނެވެ. އެންމެންގެ އެ ދިމާލަށް ބަލައިލި އެވެ. މިންހާ ގޮސް އެކުއްޖާ ވިއާމްގެ އަރުތެރެއަށް ލައިދިނެވެ.

“މިންނަ ކޮބާ؟” އެކުއްޖާ އުރައިގެން ހުރެ ވިއާމް އަހައިލިއެވެ.

“އިރުކޮޅަކުން ނެރޭނެ.” މިންހާ ބުންޏެވެ.

ގިނައިރުތަކެއް ނުވެ މިންނަ ޕްރައިވެޓް ރޫމް އަކަށް ބަދަލުކުރެވުނެވެ. އާއިލާގެ އެންމެންހެން މިންނަ ކައިރި ތިއްބެވެ.

“ވަރަށް ލޯބި. ނަމެއް ހޯދައިފިން ތަ؟ މިންނާ. ބޭބީ އެކަނި ވެދާނެތީ ނޫޅެއްޗޭ. އެއްކޮށް ކުޅޭނެ ކުއްޖެއް އަންނާނެ ދުވަސް ކޮޅަކުން.” މައިހާ އެކުއްޖާ އުރައިލައިގެން ހުރެ ބުންޏެވެ. އެންމެން ސުވާލުގެ ނަޒަރަކުން ބަލައިލުމުން މައިހާ އޭނާގެ ބަނޑުގައި އަތް ޖައްސައިލި އެވެ.

“ދެން ޕޭޝަންޓް ރެސްޓް ކޮއްލަން ވީ އެއްނު؟” އެވަގުތު އައިޒާ ރޫމް އަށް ވަންނަމުން ބުންޏެވެ. އެންމެން މައިހާ އާއި މިންނަ އަށް މަރުހަބާ ކިޔުމަށް ފަހު ދިޔައެވެ.

“މިން ވެސް ދޭ ގެއަށް. އައި ވިލް ޓޭކް ކެއަރ އޮފް އެވްރިތިންގް.” މިންހާ އޭނާގެ ބަލިމީހުން ބަލާ ކޮޓަރީގައި އިންދައި އައިޒާ އައެވެ.

“އިރުކޮޅަކުން މިދަނީ އޭ.” މިންހާ ބުންޏެވެ. އެވަގުތު އެތެރެއަށް ވަން ނާއިލް އަށް މިންހާ އެހެން ބުނި އަޑު އިވުނެވެ.

“އެއްވެސް ބަހަނާ އެއް އަޑުއަހާކަށް ބޭނުމެއްނޫން. ވި އަރ ގޮއިން ހޯމް އެންޑް ޔޫ އަރ ގޮއިން ޓު ރެސްޓް.” މިންހާގެ އަތުގައި ހިފައިލަމުން ނާއިލް ބުންޏެވެ.

“ނޯ.” އެއްޗެކޭ ބުނަން މިންހާ އަނގަ ހުޅުވައިލުމުން ނާއިލް ބުންޏެވެ. މިންހާ ވެސް އިތުރު އެއްޗޭ ނުބުނެ ނާއިލް އާއި އެކު ދިޔަ އެވެ. އައިޒާ ހުރީ އެދެމީހުންނަށް ބަލަން ހިނއައިސްފަ އެވެ.

-ނިމުނި-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.