Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ – 87

Listen to this story Audio · 7:21 Powered by Esfiya Voice
0:00 7:21

“ހެހެ ޔާ… އަމް… ދާއި… އެއްޗެއް އަހާލަންތަ..؟ ދެންމެ ލަޝް ކާން އިންދަ ދޮންބެ ދައްތަ ދައްކައިފި ވަރަށް އެހެން ކަހަލަ ވާހަކައެއް…” ސީރިޔަސް ވެލަމުން ލަޝްކާ ބުނެލިއެވެ.

(87 ވަނަ ބައި)

“ހޫމް؟؟ ބުނެލަބަ.. ކިހިނެތްވީ..؟” ދާއިޔަލްގެ ހުރިހާ ސަމާލު ކަމެއް ލަޝްކާ އަށް ހުއްޓަމުން ދާއިޔަލް ބުނެލިއެވެ.

“ދޮންބެ ދައްތަ ބުނި މިއަދު ދޮންބެ ހުރީ ވަރަށް ފާޑަކަށޭ.. އެހެން އުޅޭނީ އާންމުކޮށް ދޮންބެ ކަމަކާ ބޯ ގޮވީމައޭ.. ދޮންބެއާއި ދާއި އާއި ޒުވާބެއް ކުރީތަ..؟” ލަސް ލަހުން ލަޝްކާ އަހައިލިއެވެ.

“ނޫނޭ.. އަހަރެމެން ހަމަ އޯިކޭ.. ލަޝް އެކަމާ ނުވިސްނަބާ ދެން. ހާސް ނުވެބަލަ. އިންޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ” ދާއިޔަލް ލަޝްކާގެ ނިތުގައި ބޮސް ދިނެވެ.

“ދާއި.. އަހަރެން ބޭނުން އެލާރާގެ ދަރިފުޅު ކައިރިއަށް ގޮސްލަން..” ދާއިޔަލް އާއި ހަތަރު ކަޅި ހަމަކޮށްލަމުން ލަޝްކާ ބުނެލިއެވެ. “މިއަދު ލަޝް އަށް މިހެން މިއުޅެވެނީ އެޒިކިއެލް އާއި އެލާރާގެ ބުރަ މަސައްކަތުން. އަހަރެން ގަބޫލު ކުރާ ގޮތުގައި އަހަރެން ޖެހޭނެ އެ ދަރިފުޅު ދެކިލަން ދާން..”

“އަސްލުވެސް ދާއި ވެސް ތިހެން ބުނަން މިހުރީ. ހިނިތުންވެލަމުން ދާއިޔަލް ބުނެލިއެވެ. “މިއަދު ހަވީރު ވާނެ ދާން.” ދާއިޔަލް މިހެން ބުނުމުން ލަޝްކާ ބޯ ޖަހައިލިއެވެ.

އަސުރު ނަމާދަށް ބަންގި ގޮވި އިރު އެޒިކިއެލް ހުރީ ފާހާނާގައި ފެންވަރާށެވެ. ނަމާދަށް ދާން ތައްޔާރު ވެގެން ނިކުން އެޒިކިއެލް، އަލައިރާ އުރާ ލުމާއި އެކު އެކުއްޖާ ފަރާތުން އެޒިކިއެލްއަށް ލިބުނީ ‘ހޮޑު’ ގެ ހަދިޔާއެކެވެ. މުޅި މީހާ ހުރީ ހޮޑުން ފޯވެފައެވެ. އެހެން ކަމުން އޭނާއަށް ޖެހުނީ އަލުންބަލުން ފެންވަރާށެވެ.

ފެންވަރައިގެން ވުޟޫ ކޮށްލައިގެން ނިކުން އެޒިިކިއެލް އަށް އޭނާގެ ގަމީހެއް އިސްތިރި ކުރަން ހުރި މިކްޔާ ފެނި ދަތްކުނޑި ވިކައިލެވުނެވެ. “އޭ! ކާކުތަ ބުނީ ކަލޭ ކައިރީ މަގޭ އެއްޗެހި އިސްތިރި ކުރަން؟؟؟” ބަރުހެލި ފިޔަވަޅުތަކެއްގައި ގޮސް އެޒިކިއެލް މިކްޔާގެ އަތުގައި ހިފާ ދުރު ކުރުވިއެވެ.

“ގަ.. ގަމަތް ދޭ ގަޑި ކައިރިވާތީ… އަވަސް ކޮށްލަ ދޭންވެގެން…” މިކްޔާގެ އަޑު ނިކުތީ ތުރުތުރު ލަމުންނެވެ.

“މަ ބޭނުމެއް ނޫން ތިކަހަލަ މުޑުދާރު މީހުންގެ އެހީތެރި ކަމެއް. ރައްކާވޭ މައޭ ލޯ ކުރިމަތިން. މިކްޔާ ކޮށްޕާލަމުން އެޒިކިއެލް އަމިއްލައަށް އިސްތިރި ކުރަން ފެށިއެވެ. “ކަލޭ ހީކުރީތަ މަށަކަށް އިސްތިރި ކުރާކަށް ނޭނގޭނޭ..؟ މަށަށް ވެސް އިނގެޔޭ. ނޭނގެންޏާ ދެވަނަ އަންބެއް ގެނައީމަ އެވީ ނުން؟”

އެޒިކިއެލް އެހެން ބުނުމުން މިކްޔާ ރޯން ފެށިއެވެ. އަދި އެޒިކިއެލްގެ ފައިބުޑަށް ތިރިވިއެވެ. “ނޫންން ހެޔޮނުވާނެ ނޫން.. ތިހެން ނުބުނޭ. އެއްލު ޕްލީޒް..” މިކްޔާ ރޮމުން ރޮމުން ބުނެލިއެވެ.

“ރައްކާވޭ. މަ ނުޖެހޭ ކަލޭ ބުނާހެން ހަދާކަށެއް. ކަލެއަށް އެހެން ފިރިހެނުން ކައިރިއަށް ދެވެންޏާ ކީއްވެ މަށަށް އެހެން އަންހެނުން ކައިރިއަށް ނުދެވެންވީ؟ އަދި ބުނަން؟ ތި ކަރުނަ ބޮނޑިތައް މަގޭ މަންމައަށް ނުދައްކާތި!” އެޒިކިއެލް އަމުރު ކޮށްލީ، ފައިން މިކްޔާ ކޮށްޕާ ލަމުންނެވެ. ކަރުނަ ފުހެލަމުން މިކްޔާ ކޮޓަރިން ނިކުން ތަން ފެނި އެޒިކިއެލްގެ ހިތަށް ތަދު ވިޔެވެ. ސިކުނޑި ބުނިއެވެ. ތިހެން ނަހަދާށެވެ. ނަމަވެސް ހިތް ބުންޏެވެ. އެކަހަލަ ބޭވަފާ ތެރިންނަށް ހައްގީ ވެސް ކަރުނައެވެ. ވޭނެވެ.

އެ ހިޔާލުގައި ހުރި އެޒިކިއެލް އަށް ހަމަ ބިމަށް އާދެވުނީ ދުން ވަސް ދުވަން ފެށުމުންނެވެ. އަސްތާ. ކަމަކު ދާކަށް ނެތެވެ. އެއްކަލަ ގަމީސް ވެސް އެ ވިރުނީއެވެ. “ހޫން. ހުރިހާ ކަމެއް ހަމަވީމި ދެން” ކަޅި އަނބުރާލަމުން އެޒިކިއެލް ގޮސް އަލަމާރިން ހޫޑީއެއް ނެގިއެވެ.

ޑިއުޓީ ނިންމާފައި ގެއަށް ވައިން ޒެން ހުރީ ވަރަށް ހައި ބޮޑު ވެފައެވެ. އަބަދުވެސް ބަނޑުހައި ވުމުން ޒެން އަކީ ރުޅިގަދަ މީހެކެވެ. އެހެންކަމުން ކަމަކާ ނުލާ ވެސް ގެއަށް ވައިން އިރު އޭނާ ހުރީ ރުޅި އައިސްފައެވެ.

ކޮޓަރިއަށް ވައިން އިރު މަޒީނާ އޮތީ އެނދުގައެވެ. ނިދިފައެވެ. މި މަންޒަރު ފެނި އޭނާގެ ރުޅިގަނޑު ހައްތަހާ ގަދަވެގެން ދިޔައެވެ. ދަތްކުނޑި ވިކައިލަމުން އޭނާ ބަރުހެލި ފިޔަވަޅުތަކެއްގައި ގޮސް މަޒީނާގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އަދި އަތަށް ލެވުނުހާ ބާރެއް ލާފައި އޭނާގެ ކަންކަށިމަތީގައި ވިހެލިއެވެ.

“ކަލޭ ކައިރީ ކިތައް ފަހަރުތަ މަ ބުނާނީ މަ އޮފީހުން އަންނަންވާއިރަށް ކައްކާފަ، މަގޭ އިންތިޒާރުގަ، ކާގޭގައި އިންނާށޭ!؟ އޭނ؟؟ ކީއްވެތަ ކަލެއަށް ދުވަހަކުވެސް މަ ބުނާހެން ނުހެދެނީ؟؟؟” ޒެން އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ.

“ސޮ.. ސޮރީ.. މިއަދު ހެނދުނު ވަރަށް ހޮޑު ލެވުން.. އެހެންވެ…”

“އާނ… އަބަދުވެސް ތިހެންވެ ހަމަ.. މިހާރު ކަލޭ ބަނޑުގަ ތި އޮތް ކުއްޖާއާއި ހުރެވެސް ބޮޑު މުސީބާތެކޭނުން؟ އަދި މިއުޅެނީ ކުއްޖާ ދުނިޔެއަށް ނުވެސް އައިސް. ދުނިޔެއަށް އައިސް މިކުއްޖާ މަށަށް ކިހާ އުނދަގުލެއް ކުރާނެ ބާއޭ ހީވޭ. ހުރެބަލަ ނިކަން. ކުޅި ދައްކާލާނަމޭ!” ކުނިކޮޅެއް އެއްލާލާހެން މަޒީނާ ބިންމައްޗައް ހޫރާލަމުން ޒެން ބުނެލިއެވެ.

“ހެޔޮނުވާނެ ޒެން… މަށަށް ޓަކާ ތިހިތުގައި ރަހުމެއް ނެތް އިރު މި ދަރިފުޅަށްޓަކައިވެސް ތި ހިތުގައި ކުލުނެއް ހަމަ ނެތީތަ؟؟ ހެޔޮނުވާނެ ތިހާ ހިތްހަރު ވާން…” މަޒީނާ އަޑުން އަޑު ނަގާ ރޯން ފެށިއެވެ.

މަޒީނާ ދެއްކި ވާހަކަތައް ޒެން އަށް އިވުން ހެންވެސް ހިޔެއް ނުވެއެވެ. ފިޔަވަޅުތައް އަވަސްކޮށްލަމުން ގޮސް ޒެން މަޒީނާގެ ބަނޑުގައި ކޮޅުފައިން ޖެހިއެވެ. އަވަސް ކަންމަތީގައި ކިތަންމެ ފަހަރަކު އޭނާ ޖެހިއެވެ. އެ ވޭނަށް ކެތް ކުރަން މަސައްކަތް ކުރި މަޒީނާ އޮތީ ގުޑާވެސް ނުލެވިފައެވެ. ބަނޑުގައި އޮތް ދަރިފުޅަށްޓަކައި ތެދުވެ ދުއްވައިގަންނާނެ ވަރުވެސް އެ ހަށިގަނޑުގައި ނެތެވެ. އެހެން އޮވެ އިސްޖަހާލި ވަގުތުގައި ޓައިލްސް މަތީގައި ހުރި ލޭތައް ފެނި އޭނާގެ ދެލޯ ބޮޑުވިއެވެ. “ނޫންންން…!” މަޒީނާގެ ހިތުގައި އުފެދުނު ބިރުވެރިކަމާއި އެކު ބުނެވުނެވެ…

ނަމާދުން ފައިބައިގެން އެޒިކިއެލް ނިކުތީ ހިނގާލާށެވެ. ހިތްހަމަ ޖައްސާލާށެވެ. ކުރިން މިކްޔާ ފެނުމުން އުފަލުން ފުރޭ ހިތަށް މިހާރު މިކްޔާ ފެނުމުން ކުރެވެނީ ކޮން ކަހަލަ އިހުސާސެއް ކަމެއް ބުނަންވެސް ދައްޗެވެ. ރުޅި އާދެ ވެޔެވެ. ފެނުނަސް ރުޅި އާދެއެވެ. ވާނަމަ އޭނާއާއި އެތް ވައެއްގައި ނޭވާ ލާކަށްވެސް މިހާރު އެޒިކިއެލް ބޭނުމެއް ނޫނެވެ. އެހާވެސް ރުޅި އާދެއެވެ.

“އެޒީ؟” އެހިޔާލު ތަކުން އޭނާއަށް ނިކުމެވުނީ ފަހަތުން އަންހެއް ކުއްޖެއްގެ އަޑު އިވުމުންނެވެ.

އޭރު އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހެވިފައި އަންހެއް ކުއްޖަކު ހުއްޓެވެ. ބެލެވޭ ގޮތުންނަމަ އެއީ ހަމަ އޭނާއާއި އެއް އުމުރުގެ ކުއްޖެކެވެ. މުށި ކުލައިގެ ގަޔަށް ބާރު ޓޮޕް ކޮޅެއް ލައިގެން ހުރި އިރު ކަރު ބޮޑު އެ ހެދުން ކޮޅުން އޭނާގެ މޭމަތީގެ ބޮޑުބައިވަނީ ހާމަވެފައެވެ. ޓޮޕްކޮޅު ކުރުކަމުން އޭނާގެ ބަނޑާއި އުނަގަނޑުންވެސް ބައެއް ފެންނަމުން ދިޔައެވެ. ލައިގެން ހުރި ކަޅު ކުލައިގެ ޖިންސުންވެސް އޭނާގެ ވަނާތައް ފައުޅުވަމުން ދިޔައެވެ. ކުރު އިސްތަށިކޮޅު ‘ކްލޯ ކުލިޕް’ އެއްގެ އެހީގައި ހައްޔަރު ކޮށްލާފަ ވީ އިރު މޭކަޕު ކޮށްލާފައިވެސް ހުރީ އިންތިހާއަށެވެ.

އެޒިކިއެލްގެ މޫނުމަތީގައި ހުރި އަސަރުތަކުން އެއީ ކާކުކަމެއް އޭނާއަކަށް ނޭނގުނު ކަން އެ އަންހެން ކުއްޖާއަށް އެނގުނެވެ. އެކަން އެނގުމުން އޭނާ ތުންކޮޅު އޮޅާލިއެވެ. “އައުޗް… ވަރަށް ދެރަވެއްޖެ.. އެޒީއަށް ފަލަކް ފެނުނީމަ ނުވެސް އެނގުން ދޯ؟” ތުއި ވެލަމުން ފަލަކް ބުނެލިއެވެ.

(ނުނިމޭ)

އައްޑިހައަށްވަނަބައިގެ ތެރެއިން:

“މީ އަލައިރާ.. އެލާރާގެ ދަރިފުޅު” އަލައިރާ އުރާލަމުން އެޒިކިއެލް ބުނެލިއެވެ. ދުރުގައި އެމަންޒަރު ބަލަން ހުރި މިކްޔާ ހުރީ ހިތް ފުނޑުފުނޑު ވާ ހާލުގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. MaZy

    Poor mikya😭

    1. shihaamaa ali
      MaZy

      Ikrrr😓😓

  2. Your fav bab

    Luv it!!💗
    Miky then norr😭! Ellu js listen to her once😭
    Hoooonnnn!! Mihaaru kon anheneh tha eii?? Falak? If ellu even think about teasing miky with her, then Vrh kada vaane🤦
    When next?
    LYSM N TC✨

    1. shihaamaa ali
      Your fav bab

      Jazaakillah khair your fav bab🩶🩶
      Ikrr 😭 men and their egos.. tsksts
      Falakkkk… welll.. lets see dhw.. now 88 out you’ll know more abt her there
      Ilyt🩶

Comments are closed.