“ޔާން..” ބޮޑު ވާހަކައެއް ބުނަން އުޅޭ ފަދަ ގޮތަކަށް ލައިނީ ގޮވައިލުމާ އެކީ ޔާނިއުގެ ހުރިހައި ހިއްސުތަކެއް ތައްޔާރުވެލިއެވެ. ލައިނީގެ ދެއަތްތިލައިގައި ހިފައި ބާރުކޮށްލަމުން ޔާނިއު ބޯޖަހައިލީ ބުނާށޭ ބުނާ ފަދަ ގޮތަކަށެވެ. އެއާއެކު ލައިނީ ފުން ނޭވާއެއް ދޫކޮށްލަމުން އަނގަ ހުޅުވައިލީ ދެ އަހަރު ވާންދެން އެހިތުުގައި ފޮރުވިފައިވީ ސިއްރުތަކާއި، ޝަކުވާތައް ޔާނިިއުގެ ކުރިމަތީގައި ބަންޑުންކޮށްލުމަށެވެ. ހިތްވަރުކޮށްލާފައިި ހިތުގައިވީ ވާހަކަތައް ޔާނިއު ގާތު ބުނަން ލައިނީ ހުޅުވައިލި އަނގަ ލައްޕައިލަން ޖެހުނީ އެވަގުތު ގެއަށް ވަން […]
ފުށާއި، ހަކުރާ، ބިހުން ވިރުވާ އަޅައިދޭ ކޭކަކީ ފޮނި ކާއެއްޗެކެވެ. ކޮންމެ އުފާވެރި މުނާސަބާއެއް ފަޅުފިލުވައި ދޭ ބައިވެރާއެވެ. ހަޔާތުން ފުރޭ ކޮންމެ އަހަރަކާއި ކައިވެނީގެ ހަފްލާތަކުން ފެށިގެން ދަސްވެނިވުމުގެ އެއީ ދިރުމެވެ. ހުރިހާ މެހެފިލެއްގެ ރާނީއަކީ ކޭކެވެ. މޯޅިވެފައިވާ ހިތްތަކަށް އުފާ ގެނެސްދިނުމުގައި އެއީ ކާމިޔާބު ހަތިޔާރެކެވެ. ކޭކެއް ނެތް ނަމަ ހަފުލާތަކަށް ފަޅުކަން އިހްސާސު ކޮށްދޭނެވެ. ކޮންމެވެސް ސިފައެއްގައި ކޭކު ހުންނަން ޖެހޭނެއެވެ. އިންސާނާގެ ބަދަލުވާ މޫޑް ރަނގަޅުކޮށްދީ ހަކަތަ އިތުރު ކޮށްދޭނެއެވެ. ކެލްސިއަމް، […]
“ދަރިފުޅާ؟ ކިހިނެތްވީ ދޫނީ؟” ޒާލާގެ ކޯތާފަތުގައި ހިފާ އޭނާއާއި ދިމާލަށް ޒާލާގެ ނަޒަރު ހުއްޓުވަމުން ނައުރީން އެހިއެވެ. “މަންމާ… އަކޫ… އަކޫ…” ޒާލާއަށް ބުނެވުނީ އެވަރަށެވެ. ދެން ފެނުނީ ނަރުރީންގެ އަތުތެރެއަށް ޒާލާގެ ހަށިގަނޑުން ދެމުން މަންޒަރެވެ. (49 ވަނަ ބައި) “ޒާލާ؟ ޒާލާ؟ ދަރިފުޅާ؟ ލޯ ހުޅުވަބަލަ. ދަރިފުޅާ. ކިހިނެތްތަ ވީ؟ ހެޔޮނުވާނެ ދަރިފުޅާ…” ނައުރީންގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ. ޒާލާގެ ހަށިގަނޑު އުފުލާލަމުން ގެންގޮސް ކޮޓަރީގައި އިން ސޯފާގައި އޭނާގެ ހަށިގަނޑު […]
ކޮޓަރިއަށް ވަންއިރުވެސް ޔޫލީގެ ރުޅިގަނޑު މަތައެއް ނުވެއެވެ. ވަން ގޮތަށް ބާރަށް ހަޅޭއްލަވައިގަތެވެ. އެ އަޑަށް ސިހުނު ވަރުން ނިދާފައި އޮތް ޝިފްނާވެސް ކޮޅަށް ޖެހުނެވެ. އެ އަޑު ބޭރުގައި ހުރި މާންއަށްވެސް އިވޭނެކަން ގައިމެވެ. ޝިފްނާ އަވަސް އަވަހަށް ޔޫލީއާއި ގާތްވެލިއެވެ. އޭނާވަނީ ވަރަށް ހާސްވެފައެވެ. ޔޫލީ އޭނާއަށް އެ ވާހަކަ ކިޔާދިނުމުން ހާސްކަން ފިލާ އޭނާއަށް ހީގަނެވުނެވެ. ޝިފްނާ ހޭންފެށުމުން ޔޫލީ ތުން އޫ ކޮށްލާފައި ދެން އެއްވެސް ވާހަކައެއް ނުކިޔާދޭނަމޭ ބުންޏެވެ. ޝިފްނާ […]
ކެމިސްޓްރީ ގަޑި ނިމި ދެން އޮތީ ބްރޭކް ގަޑިއެވެ. ގިނަ ކުދިންތައް ކްލާހުން ނުކުމެގެން ދިޔައީ ބެލްގެ ރިންގް އަޑު ނުކެނޑެނީހެންނެވެ. ކުދި ކިޔަމުން ކެމިސްޓްރީ ޓީޗަރު އޭނާގެ ސާމާނުތައް ހަމަކުރުމުގައި އުޅުނެވެ. ކައިރާ ފޮތްތައް ހަމަކުރުމުގައި އުޅެނިކޮށް ލިއާ މަޑުމަޑުން ކައިރާގެ ފައިގަ ޖަހާލުމުން އިސްއުފުލާލިއިރު ލިބުނީ ހައިރާންކަމެކެވެ. ކައިރާގެ ޑެސްކުގައި އަތް އަޅުވާލައިގެން އެހުރީ އަލީޝާއެވެ. އެހެންޏާ ފެންނަ ބޮޑާ ހިނިތުންވުމުގެ ބަދަލުގައި މިއަދު ހުރީ އެކުވެރި ހިނިތުންވުމެއްގައެވެ. ކައިރާ އެއްބުމަ އަރުވާލިއެވެ. “ވާވް…އައެމް […]
ލޯބީގެ ރީތި ކަމާއި ފޮނިކަމުގެ އާހުގައި ޚުބާބު ގެ ހިތް ވަނީ ހުއްޓިފައެވެ. ގޮތް ނޭނގޭ ކަންތައް ގަނޑެއްގެ ތެރޭ ގައިދުވެފައެވެ. ” ހާދަހާ ވޭ ކުރާހިތް ސަމާސާ ރީތި ހީލުންތަކުން ވޭ ދިލާސާ ހާދަހާ ވޭ ކުރާހިތް ސަމާސާ ރީތި ހީލުންތަކުން ވޭ ދިލާސާ ތި އަރާމާ އެދޭ މީރު ފޮނިކަން ވޭނެކޭ ހިތް ނިކަން، ތިޔަ ނަލަ ފަރިކަން ނާޒުކީ ރީތިކަން، ތިޔަ ނަލަ […]
އެވަގުތު އެތަނައް ދުވެފައި ކަހަލަ ގޮތަކަށް އެތަނަށް އަކިޔަލް ވަނެވެ. އެލާރާއާއި އެކު ‘ސީން’ އަށްި ދިޔަ ފުލުހަކީ އަކިޔަލްއެވެ. “އެލާރާ… އަނެއްކާ…” އަކިޔަލްގެ ނޭވާ ވަނީ ކުރުވެފައެވެ. އެކަމުންވެސް އޭނާ އެތަނަށް އެއައީ ދުވެފައިކަން އެނގުނެވެ. (48 ވަނަ ބައި) “ކިހިނެތްވީ؟ އަނެއްކާ ކިހިނެތްވީ؟” ޔައުލާން ހާސްވެފައި ތެދުވިއެވެ. “އަނެއްކާވެސް… އެހެން ކޭސްއެއް. 19 އަހަރުގެ ކުއްޖެއް. އަލޫކާ… ހަމަ ވަރަށް އިހާނަތިކޮށް މަރާލާފަ…” އަކިޔަލްގެ އަޑުއައީ ކެނޑިކެނޑިގެންނެވެ. އަކިޔަލްގެ ވާހަކަ އިވި އެލާރާގެ ހަށިގަނޑު […]
“އާރގް. ވައި؟ ހާދަ އަންފެއާރ އޭ. ކީއްވެތަ އެ ނާއިލްމެންގެ ކޮޅަށް އަބަދުވެސް މޮޅު ލިބެނީ. ހަމަ އިންސާފު ހޯދަން އެހާ ގާތްވެފައި ވަނިކޮށް މިހުރީ ކޮށްލި ކަންކަން. އަހަރެމެންގެ ބަލި ފައިގައި ހިފައިގެން އަހަރެމެންގެ މައްޗަށް ބާރު ހިންގަނީ. އަހަރެންނަށް މިއިން ކަމެއް އެހެން މީހަކާ ހިއްސާ ކުރެވޭކަށް ނެތް. ކުރިން ހުރި ނަމަ ވެސް މީހަކީ ރީން. މިހާރު ރީންގެ ހަނދާންތައް ގެއްލުނީމަ އެއްވެސް ކަމެއް ހިއްސާ ކުރެވޭކަށް ނެތް. ކީއްވެތަ އިންސާފު ހޯދުމަށް […]
ޒިވްޔާގެ ވާހަކައިގައި އައިކަންގެ ޝަޙުސިއްޔަތަށް އެތައް މަލާމާތެއް ކުރެވެމުން ދިޔައެވެ. ____________ “އައިކަން އަކީ އޭނާގެ ސިފަތައް ފެނިފައި އެންމެންވެސް އެއްވެސް ސުވާލެއްނެތި ބަސްހުއްޓިފައި ބަލަހައްޓައިގެން ހުންނާނެފަދަ މީހެކެވެ. ކަޅުކަންގަދަ ބުޅި އިސްތަށިގަނޑެކެވެ. ބޯ ބުމައާއި އެހާމެ ބޯ ވެފައި ދިގު އެސްފިޔަތަކެކެވެ. މޫނުމަތި އެހާ އޮމާންވެފައި ފާޅުކަންބޮޑު ކަތުރުކަށިގަނޑެއް ލިބިފައިވެއެވެ. އޭނާގެ އަޅިކުލައިގެ ދެލޮލުން ތެރޭގައި ތޫފާނެއް ދައްކާދޭ ކަހަލައެވެ. އެހާވެސް އަޅިކަން ގަދަވެފައި ދަމާ ބާރު ވަރުގަދައެވެ. ޔަގީނުން ވެސް އޭނާގެ ހަމަ އެންމެ […]