
ސާރާ 18

“އަހަރެން ބައްޕަ އަށް މާފު ކޮށްފާނަން. އެކަމު ގޮތެއްގެ މަތިން..” އަފީފާއި ދިމާލަށް ބަލައިލަމުން އަފާ ބުނެލިއެވެ.
“ކޮން ގޮތެއް؟ އަފާގެ މާފު ހޯދަން ބައްޕަ ކޮންމެހެންވެސް ބޭނުން. އަފާ މާފު ކޮށްފިއްޔާ ބައްޕައަށް އަފާ މަންމަގެ މަގުވެސް ލިބޭނެ. އަވަހަށް ބުނޭ.” އަފީފު ހީވަނީ ކެތްތެރިކަން ކުޑަވެފައިވާ މީހެއް ހެނެވެ.
“ހަލޯ!…. އާނ.. ދެމީހުން ގޮސްލާނަން އިރުކޮޅަކުން… ގެއަށޭ؟… ދެން ބަލާނަން.” ފޯނަށް ޖަވާބު ދިނުމަށްފަހު އަހަރެން މަޑުކޮށްލީ އަފާގެ ޝަރުތު އަޑު އަހައިލުމުގެ އުންމީދުގައެވެ.
“އަހަންނަށް ހީވަނީ މަންމަވެސް ބައްޕަ ވެސް އަހަރެން ދެކެ ވަރަށް ލޯބިވާނެހެން. އެހެންވީމަ އަހަރެން ބޭނުންވަނީ ބައްޕަ އަނެއްކާ މަންމަ އާއި އަލުން ކައިވެނި ކުރަން.” އަފާ ބުނެލިއެވެ.
އަފާގެ ޝަރުތު ބޮޑެވެ. އަފީފަށް ބަލައިލެވުނީ ނިޝާމާގެ މޫނަށެވެ. ނިޝާމާއަށް ބަލައިލެވުނީ އަފީފުގެ މޫނަށެވެ. އެއީ އަފާވެސް އޭނާގެ މަންމަ އާއި ބައްޕައަށް ވިސްނުންތެރި ކަމާއެކު ބަލަމުން ދިޔަ ވަގުތެވެ. އެވަގުތު ސާރާ ވެސް ހުރީ އަފާ އާއި ނިޝާމާ ފަދައިން އަފީފުގެ ސާފު ޖަވާބެއްގެ އިންތިޒާރުގައެވެ.
“ދެން… މަންމަ..؟ ތިކަހަލަ ކަމެއް ވީމަ، އަފާގެ މަންމަ ގ…