Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 41

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
February 2, 2026 11 Mins Read
39 Comments

Warning: Contains explicit references to domestic violence and abusive language

ބެލްކަންޏަކީ އެއްވެސް ވަރަކަށް ހިޔާ ނުކޮށް ހުންނަ ތަނަކަށް ވުމުން އިސާހިތަކު ވެހެމުން ދިޔަ ވާރެއިން އަރީން އެކަށް ތެމި ފޯވިއެވެ. ދޭތެރެއަކުން ޖަހާލާ ބާރު ގުގުރީގެ އަޑަށް އެ ހިތް ނުހުއްޓި ހުންނަނީ ކިރިޔާއެވެ. ގިސްލަ ގިސްލައިފައި ރޮމުން އޭނާ ތިރީގައި އިށީނެވެ. ބެލްކަނީގެ ބިއްލޫރި ދޮރުގައި މޫނު ޖައްސާލައިގެން އޭނާ ޒަވިއަނަށް ގޮވަމުން ދިޔައެވެ. ޖެހެމުން ދިޔަ ބާރު ވައި ރޯޅިތަކުގެ ފިނިކަމަށް ހީގެންފައި އިން ވަރުން އަރީން ދިޔައީ ތުރުތުރު އަޅަމުންނެވެ. ގައިގައި ހެދުން ތަތްލަވައިފައި ވުމުން އޭނާގެ ބައްޓަން ހުރީ ވަރަށް ރަނގަޅަށް ހާމަ ވާށެވެ. އިހުގައި ހިމަތޮޅިކޮށް ހުރި ކުއްޖާ ފަލަވެފައި ހުރި ސަބަބު އެ ހުރީ ފެންނާށެވެ. ހަ މަހަށް އަޅައިފައިވީ ބަނޑުގައި އަތް އަޅާލައިގެން އަރީން އެ ދޮރުގައި ޓަކި ޖަހަމުން ދިޔައީ ޒަވިއަންގެ ހިތަށް ކޮންމެވެސް ރަޙުމެއް ވަދެގެން އައިސް ހުޅުވާލާނެ ކަމުގެ އުންމީދުގައެވެ. އެހެނަސް… އެހެނަސް ޒަވިއަނަކީ އަރީނަށް ރަޙުމް ކުރާނެ މީހެއް ހެއްޔެވެ؟ މި ހުރިހާ ދުވަހަކު ނިކަމެތި އަރީނަށް ބަހާއި އަމަލުން އެތައް ގޯނާއެއް ކުރަމުން ދަނީ އެ ހިލަ ހިތުގައި ރަޙުމާއި ކުލުނުގެ ކުނޑިފުށެއްގެ މިންވަރު ވެސް ނެތީމަ ތާއެވެ.

***

“ރީއްކޮ އަދިވެސް ނުހޭލަނީތަ؟” ޒަވިއަން ކަސްރަތު ނިންމައިފައި ގެއަށް ވަނުމާއި އެކު އާފިޔާ އެހިއެވެ. އޭނާ އަރީންގެ މަތިން ހަނދާންވީ ވެސް ދެނެވެ. އެއްޗެއް ނުބުނެ އޭނާ ގޮސް މައްޗަށް އެރިއެވެ. ކޮޓަރީގެ ދޮރު ލޮކް ކޮށްލައިފައި އޭނާ ފުރަތަމަ އުޅުނީ ފެންވަރާށެވެ. އަރީން ކޮޓަރިއަށް ވެއްދުމަށް ވުރެ އެ ކަން ވެސް އޭނާއަށް މާ މުހިންމު ކަހަލައެވެ.

އޮފީހަށް ދާން ތައްޔާރު ވެލުމަށް ފަހު އޭނާ ގޮސް ހުއްޓުނީ ބެލްކަނި ކުރިމަތީގައެވެ. ދޮރުފޮތި އެއް ފަރާތަށް ކަހާލައިފައި އޭނާ ބޭރު ބަލައިލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ބިއްލޫރި ބިތަށް ލެނގިލައިގެން ކުރުގެޅިގެން ނިދިފައި އޮތް އަރީނެވެ. ޒަވިއަން އެ ދޮރު އެއް ފަރާތަށް ކަހާލުމުން އަރީން އެތެރެއަށް ވެއްޓުނެވެ.

“އޭތް. އަންހެނާ. ތެދުވަންނަންވީއޭ.” ފައިން އަރީންގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ޒަވިއަން ގޮވިއެވެ. އެ ވަރުން ނުހޭލުމުން އަރީނާއި އެއް ހަމައަށް ތިރިވެލައިފައި އެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. އަރީން އެސްފިޔަ ޖަހާލަމުން ލޯ ހުޅުވާލީ އެ ވަގުތެވެ.

“ކަލެއަށް މަންމަ އެބަ ގޮވާ.” ޒަވިއަން ތެދުވަންނަމުން ފަރުވާކުޑަ ރާގަކަށް ބުނެލިއެވެ. އޭނާ އަރީންގެ ހަށިގަނޑަށް ރަނގަޅު ނަޒަރެއް ދިން ނަމަ ބަނޑުބޮޑު ކަން އެނގުނީހެވެ. އަރީން ބޮލުގައި ހިފަހައްޓާލަމުން ކޮޅަށް ތެދުވިއެވެ. ފާޑަކަށް ބުރާންތި ކައިފައި ހުރުމުން އޭނާ އަށް ފާޚާނާ އަށް ވަދެ ފްރެޝްވެލަން ގިނަ އިރު ނެގިއެވެ. އެ ފަކީރު ކެއްސާ ކެއްސާ އަނގަ ނުޖެހެއެވެ. ރޯގާ ޖެހިފައި ވުމުން އަރީނަށް މޫނު ކުނިކޮށްލެވުނެވެ. ކޮޓަރިން ބޭރަށް ނުކުތުމުން ވެސް ހީ ނުފިލުމުން އޭނާ ހައިރާންވިއެވެ. ބޮލަށް ބަރުވެފައި ހުރި ވަރުން އޭނާއަށް ފެންނަނީ ވެސް ފުސް ގޮތަކަށެވެ. ސިޑިން ތިރިއަށް ފޭބީ ވެސް ދެކޮޅަށް ކިރެމުން ކަހަލަ ގޮތަކަށެވެ. ތިރިއަށް ފައިބައިފައި އޭނާ އަށް ކުރިއަށް ދެވުނީ ކުޑަ ތަންކޮޅަކަށެވެ. މޫނުމައްޗަށް އަނދިރިވެގެން އަރި އަޅާލައިފިއެވެ.

ބަދިގެއިން ނުކުތް ފާތުމައަށް އަރީން ސިޑިން ތިރިއަށް އައި ގޮތް ފެނި ބިރު ގަތެވެ. އޭނާ އަރީނާއި އަރާ ހަމަކުރެވުނު ވަގުތު އެ ކުއްޖާ އަރި އަޅާލުމުން ހަޅޭއްލަވައިގަނެވުނެވެ. ބިމަށް ޖެހުމުގެ ކުރިން ފާތުމަ އެ ހަށީގައި ހިފަހައްޓާލިއެވެ. އަރީން ބަރު ކަމުން ކޮޅަށް ނުހުރެވިގެން ފާތުމަ ތިރީގައި އިށީނެވެ. އެ ބޯ އުނގަށް ލައިފައި އަރީންގެ މޫނުގައި މަޑުމަޑުން ޖަހާލަމުން ގޮވަން ފަށައިފިއެވެ. އެހެނަސް އަރީން ހިރިވެސް ނުލާ އޮތީއެވެ. ހެޔެއް ނެތެވެ.

“އާފިޔާ! އާފިޔާ. ނިކަން އަވަހަށް އާދެބަލަ. ރީއްކޮ… ރީއްކޮ ހޭނެތިގެން މި އުޅެނީ.” ފާތުމަ އަޑަށް ބާރުލައިފައި އާފިޔާ އަށް ގޮވަން ފެށިއެވެ.

ފާތުމަގެ އަޑަށް ކޮޓަރިން ނުކުތް އާފިޔާ އަށް އަރީން ފެނި އެ ދިމާލަށް ދެވުނު ގޮތެއް ވެސް ނޭނގުނެވެ. އެ މޫނުގައި ހިފާލައިފައި އެކީ އަތް ދަމައިގަނެވުނީ ހޫނު ކަމުންނެވެ. އަރީން ފަކީރު އޮތީ ހުމާ ފިހިފިހިއެވެ. “ހީވަނީ އެނބުރުން އެރީ ހެން.” ފާތުމަ ބުނެލިއެވެ.

ޒިޔާދަށް ގުޅައިގެން އާފިޔާ މިސްރާބު ޖެހީ ހަސްފަތާލަށް ދާށެވެ. އަރީންގެ ބޯ އުނގަށް ލައިގެން އެ ބޮލުގައި ފިރުމާލަފިރުމާލާ އިން އިރު އެ މޫނުމަތީގައި ވަނީ ކަންބޮޑުވުމެވެ. އެހެން އިންދާ އޭނާ ސިހުނީ އަރީންގެ ބަނޑުން އިޝާރާތެއްވީ ހެން ހީވުމުންނެވެ. ހެދުން މަތިން އާފިޔާ އެ ބަނޑު މަތީގައި އަތް ހިންގާލިއެވެ.

“ހާދަ ހީވެޔޭ ރީއްކޮ ބަނޑުބޮޑުހެން. މިފަހަރު ގޮސް ސްކޭންކޮށް ބަލައިލަންވީ.” އާފިޔާ ހިތާހިތުން ބުނެލިއެވެ. އޭނާއަށް އެ ކަން ޝައްކުވާތާ ކިތަންމެ ދުވަހެކެވެ. އޭނާ ފުރަތަމަ ބޭނުންވީ އަރީން އަމިއްލައަށް އިސްވެ ބުނަންދެން އެއްޗެކޭ ނުބުނެ ހުންނާށެވެ. އެހެނަސް ފަހުން ނުސީދާކޮށް އެހުމުން ވެސް އަރީން އެއަށް ޖަވާބެއް ނުދިނެވެ. ހީވަނީ ގަސްތުގައި އެ ކަން ސިއްރު ކުރަން އުޅޭ ހެންނެވެ.

“އަނެއްހެން ގޮތެއް ނުވޭ. ހުން އައިސްގެން ގޮސް އެނބުރުން އެރީހެން ހީވަނީ. އައިވީ ފުޅި ހުސްވީމަ ދޫކޮށްލެވޭނެ. ސްކޭންގެ ނަތީޖާ ލިބޭނެ ތިރީހަކަށް މިނެޓު ފަހުން.” ޑަކުޓަރުގެ ޖަވާބުން އާފިޔާ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ވޯޑުގައި އެނދެއްގައި ނިދިފައި އޮތް އަރީން ގާތަށް ދިއުމަށް އޭނާ މިސްރާބު ޖެހިއިރު ޒިޔާދު ދިޔައީ ބޭރަށެވެ. ގޮނޑި ދަމާލައިފައި އިށީންނަމުން އާފިޔާ އަރީންގެ މަޑު އަތްތިލައިގައި ހިފާލިއެވެ.

“ރީއްކޯ. ރޭގަ ކިހިނެއް ވީތަ ހުން އައިސްގެން އެނބުރުން އަރަން. ޒެވް މަސައްކަތަށް ދިއުމުގެ ކުރިން ބުނެލިނަމަ. ކީއްވެތަ ރީއްކޮ އެހާ ބަލިވެ އުޅޭ އިރު ވެސް ކަމެއް ވީކަމަށް ހަދާނުލާ ދިޔައީ؟” އާފިޔާ އަރީންގެ ބޮލުގައި ފިރުމާލަމުން އެހިއެވެ. އޭނާ ހުރީ އަރީނަށް މި ވީ ގޮތަކުން ހާސްކަމެއްގެ ތެރޭގައެވެ.

“ހަލޯ. ރީއްކޮ ހަސްފަތާލަށް ގެނެސްގެން މި އުޅެނީ. އަންނަންވީނުން.” ޒިޔާދު ކެންޓީނުން ނުކުންނަމުން ބުނެލިއެވެ. އޭރު އޭނާ ހުރީ ޒަވިއަނަށް ގުޅައިގެންނެވެ. “ހުން ފިލާފާނެ މާދަން އިރު އަރަން ވާއިރަށް. އަހަރެންނަކަށް ނެތް ދެވޭކަށް. އެނގެއެއްނު ކިހާ ބުރަކޮށް ކަން އަހަރެން ވަޒީފާގައި އުޅެނީ.” ޒަވިއަންގެ ޖަވާބު އިވިފައި ޒިޔާދު ހިތްހަމަނުޖެހުނެވެ. އެހެނަސް އިތުރަށް އެއްޗެއް ބުނަން ވާއިރަށް ޒަވިއަން ފޯނު ކަނޑާލައިފިއެވެ. ޒިޔާދު ބޯ ހޫރާލައިފައި މިސްރާބު ޖެހީ އަރީން ބާއްވައިފައި އޮތް ވޯޑާއި ދިމާލަށެވެ.

އަރީނަށް ހޭވެރިކަން ލިބުމުން ދެލޯ ހުޅުވާލިއެވެ. އެއަށްފަހު ވަށައިގެން ކަޅި ހިނގާލިއެވެ. އަތަށް ގުޅައިފައިވީ އައިވީ އާއި އެހެން އެއްޗެހި ފެނުމުން އޭނާ އަށް މި އޮވެވުނީ ހަސްފަތާލެއްގައި ކަން އެނގުނެވެ. އަރީން ތެދުވަންނަން އުޅުމުން ހުއްޓުވީ އާފިޔާއެވެ.

“މަންމާ. ކިހިނެއްވީ އަހަރެން މި ތަނަށް ގެންނަން. އޮފީހަށް ވެސް ދާން ޖެހޭނެއްނު.” އަރީން ސުވާލުގެ ރާގަކަށް ބުނެލިއެވެ. “ހުން އައިސްގެން ގޮސް އަވަދިވާ އިރު ވެސް ރީއްކޮ ވިސްނަނީ މަސައްކަތާއި މެދުގަތަ؟ މިއަދު އޮފް ނަގާ. ބަލިވެ އުޅޭ އިރު އަމިއްލަ ނަފްސަށް ފުރަތަމަ ސަމާލުކަން ދީ.” އާފިޔާ ނަސޭހަތުގެ ރާގަކަށް ބުނެލިއެވެ. ޒިޔާދު ކާނެ އެއްޗެހި ހިފައިގެން އައީ އެ ވަގުތެވެ. އާފިޔާ އަރީން ތެދުކޮށްފައި އެ ސެލެޑު ތަށީގެ މަތި ނެގިއެވެ. ސަމްސަލުން އެތިކޮޅެއް ނަގައިފައި އޭނާ އަރީންގެ އަނގަޔަށް ލަވައިދިނެވެ. އާފިޔާމެން އޭނާ އަށް އަޅާލާ މިންވަރު ފެނި އަރީނަށް އުފަލުން ރޮވުނެވެ. ޒަވިއަން ކިތަންމެ އަނިޔާވެރި ވިޔަސް މައިދައިތަ އާއި ބަފައިބެ އަކަށް ލިބިފައި މި ވަނީ އަމިއްލަ މަންމަ އާއި ބައްޕަ ފަދައިން އޭނާ ދެކެ ލޯބިވާ ދެމީހުންނެވެ. އެހާ ވެސް ހިތް ހެވެވެ.

“ކިހިނެއްވީ؟ ތަނަކަށް ތަދުވަނީތަ؟” އަރީންގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލަމުން އާފިޔާ އެއްސެވެ. “ކަމެއް ނުވޭ.” އަރީން ހީނލަމުން ހަމަޖެހިލިއެވެ. ކެއުމަށް ފަހު ޖޫސް ޕެކެޓު ބޯލުމުން އަރީންގެ ގައިގައި ވަރު ޖެހުނެވެ. އައިވީ ފުޅި ހުސްވުމުން ނޫނީ ގެއަށް ނުދެވޭނެކަން އެނގޭތީ އޭނާ ފޯނު ނަގާ ސަލާމުގެ ސިޓީއެއް ޓައިޕްކުރަން ފެށިއެވެ.

“މި އޮތީ ސްކޭންގެ ރިޒަލްޓް. އަރީންގެ ބަނޑަށް ހަތާވީސް ހަފްތާ. ދެވަނަ ޓްރިމިސްޓާގެ ފަހުކޮޅު މިއީ.” ނަރުހެއް އައިސް އާފިޔާ އަށް އެ ކަރުދާސް ދިއްކޮށްލިއެވެ. އެއާއެކު ސިޓީ ލިޔަން އިން އަރީންގެ އަތުން ފޯނު ދޫވެގެން އުނގަށް ވެއްޓުނެވެ. އޭނާ އިތުރު ޙަރަކާތްތެއް ކޮށްލަންވާއިރަށް އާފިޔާ އައިސް އަރީންގެ ހަށިގަނޑުގައި ދެއަތް ވަށާލިއެވެ.

“އަލްޙަމްދުލިއްލާހި. ދަރިފުޅުމެން ހާދަ ރަނގަޅު ހަދިޔާ އެކޭ ތި ދިނީ. ކީއްވެތަ ކުރިން ނުބުނީ؟” އާފިޔާ ފުޅާ ހިނިތުންވުމެއް ރައްދުކޮށްލަމުން ބުނެލިއެވެ. އަރީނަށް ބުނާނެ އެއްޗެއް ނޭނގުމުން ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ. ޙަޤީޤަތުގައި އޭނާ އެކަމަށް ޓެސްޓު ކުރެވުނު ފުރަތަމަ ފަހަރަކީ މިއީއެވެ. ނިމިދިޔަ ދުވަސްތަކުގައި އޭނާގެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުން އޭނާ އަށް ބަނޑުބޮޑު ކަން ޔަޤީންކުރެވުނެވެ. އެހެނަސް އެކަކާއި ވެސް އެކަން ހިއްސާ ނުކޮށް ހުރީ އޭނާ އާއި ޒަވިއަންގެ ގުޅުން ރަނގަޅު ނޫން ވީމައެވެ. ކުޑަމިނުން ޒަވިއަނަށް ވެސް އެކަން ނޭނގޭނެއެވެ.

އާފިޔާ އެ ގަނޑުގެ ފޮޓޯއެއް ނަގައިފައި ޒަވިއަނަށާއި ޔަނާލާއި ސުމައްޔާ އަށް ފޮނުވާލިއެވެ. އެހެން އެކަކަށް ވުރެ އޭނާ އެކަމަށް ފޯރި ހުރިހެން ހީވިއެވެ. މާމަ ދަރިއެއް ލިބެން އުޅޭތީ އޭނާ އުފަލުން ގޮތެއް ނެތެވެ.

ސުމައްޔާ ރައުންޑިން ނިންމާފައި އައިސް އޭނާގެ ފޯނު ނަގައި ފޮނުވައި ހުރި މެސެޖުތައް ކިޔާ ރިޕްލައި ދޭން ފެށިއެވެ. އެހެން ގޮސް އާފިޔައްތަގެ ޗެޓަށް ވަނެވެ. “ވަޓް އިން ދަ ވޯރލްޑް؟” އާފިޔާ ފޮނުވައިފައިވީ ފޮޓޯ ފެނި އޭނާގެ ދެލޯ މުދުނަށް އެރިއެވެ. އެ ކަން ޤަބޫލުކުރަން ދަތިވެފައި ފޯނަށް ބަލަން ހުރި ބިރެއް ފެނިގެން އުޅޭހެންނެވެ.

“ކިހިނެއްތަވީ؟” “ކޮން އެއްޗެއް ފެނިގެން ތިއުޅެނީ؟” “މައްސަލައެއް ދިމާވީތަ؟” އަކްމަލްމެން އެއްފަހަރާ ކަހަލަ ގޮތަކަށް އެއްސެވެ. އިޙުސާނު ވެސް މި ވާނުވާ ބަލާ ހިތުން އައިސް ސުމައްޔާގެ ފޯނު އަތުލާ ބަލައިލިއެވެ. “ކަލޯ ގަޔާ ސަޓަންޏާ.” އިޙުސާނަށް ވެސް ވީ ހަމަ އެ ކަހަލަ ގޮތެކެވެ. ވާނުވާ ޑޮޓްކޮމްގައި ތިބި އެހެން މީހުން އެ ވެގެން އުޅޭ ގޮތެއް އެނގޭ ހިތުން ހަލާކުވަނީއެވެ. އެހެނަސް ޝޮކްވެފައި ހުރި ވަރުން އިޙުސާނާއި ސުމައްޔާ އަށް ހުއްޓުން އަރައިފައި ހުރެވުނީއެވެ.

“ދެން ވެސް އެއްޗެކޭ ބުނެބަލަ. ވީގޮތެއް އެނގެން އަހަރެން ވެސް ބޭނުމޭ.” އަފާފް ނުހުރެވިގެން އެއްސެވެ. “އޮހް. މި… ދިޔައިމެއްނު އަހަރެންގެ ފްރެންޑެއްގެ ވެޑިން އަށް. އެ ފްރެންޑް ބަނޑުބޮޑު. ހަތާވީސް ހަފްތާ ފާއިތުވި ފަހުން މި އެނގުނީ. ދެން އަޖައިބުވާނެއްނު.” އަރީން އާއި ޒަވިއަންގެ ގުޅުން ހީނަރު ވާހަކަ ނުބުނަން ސުމައްޔާ ޖަވާބު ދިނީ އެ ގޮތަށެވެ. އިޙުސާނު އަވަސް ނަޒަރެއް ދީފައި ސުމައްޔާގެ އަތުގައި ހިފައިގެން ގޮސް ވަނީ އޭނާގެ ކެބިނަށެވެ.

“އަޅެ ރީނަށް ގުޅާބަލަ ވީ ގޮތެއް ހޯދަން. ޒަވިއަން އެހާ ވަރަށް އަރީނަށް ނަފުރަތު ކުރާ އިރު މި ކަހަލަ ކަމެއް ވާނީ ކިހިނެއް ތޯ ބަލަން ވާނެއްނު. ސޫމޯ އަކަށް އެއްވެސް ހިންޓެއް ނުލިބެތަ. ބެސްޓީ ޕްރެގްވިތާ އެހާ ދުވަސް ފަހުން އެނގޭނީ ރީން ގަސްތުގައި ސިއްރު ކުރީމަތާ.” އިޙުސާނު ބުނެލިއެވެ. “ރީންގެ ސިފައަށް ބަދަލުތަކެއް އަންނަމުން ދިޔަ ކަން ފާހަގަވި. އެކަމަކު ދުވަހުގެ ކޮޅުން ވެސް ހިތަށް އަރައިފާނެތަ މިކަން. އެ ދެމީހުންގެ ގުޅުން އޮތް ގޮތުގެ ސަބަބުން ޤަބޫލުކުރެވޭނެތަ މިކަހަލަ ކަމެއް ވެދާނެކަން.” ސުމައްޔާ އެހެން ބުނެލަމުން ފޯނު ނަގާ އަރީނަށް ގުޅާލިއެވެ.

ސިޓީ ލިޔެ ނިންމާލުމާއި އެކު އަރީންގެ ފޯނަށް ސުމައްޔާ ގުޅަން ފެށިއެވެ. ފުން ނޭވާއެއް ލަމުން އޭނާ ފޯނު ނެގިއެވެ. “ރީންން. ހަމަ އަސްލަށް ވެސް ބަނޑުބޮޑީތަ؟ ތި ދެމީހުން އެހާ ކްލޯޒްވީ ކިހިނެތް ކޮން އިރަކުތަ؟” ސުމައްޔާ ފައްޗަކަށް ސުވާލުތައް އަމުނާލިއެވެ. “ހޫމް ބަނޑުބޮޑު. ޒެވް… އެއް ރެއަކު… އަމްމް. ފަހުން ބައްދަލުކޮށްލާފަ ވީގޮތް ކިޔައިދޭނަން.” އަރީނަށް އެ ވާހަކަ ދައްކަން އުނދަގޫވިއެވެ. ސުމައްޔާ ހާލު އަހުވާލު އެހުމަށް ފަހު ފޯނު ކަނޑާލީ އެހެންވެގެންނެވެ.

“އެއްޗެއް އެނގުނުތަ؟” ސުމައްޔާ ފޯނު ކަނޑާލުމުން އިޙުސާނު އެހިއެވެ. ސުމައްޔާ ބޯ ހޫރާލީއެވެ. “ފަހުން ބުނާނަމޯ. ހަމައެކަނި ބުނީ އެއް ރޭ ޒެވް. އިތުރު އެއްޗެއް ނުބުނެ. އަހަރެންނަށް ޔަޤީން އަދިވެސް އެ ގުޅުން ހީނަރުކަން. ރީނަށް ހާދަ ގޮތްގޮތް ހަދާލަޔޭ މިހާރުވެސް. އެހާ ވަރަށް އަތުން އަނިޔާ ނުކުރިޔަސް ބަސްތަކުން ރީން ކޮށާނުލާ ދުވަހެއް ނުދާނެ. އާދައިގެ މީހަކު ނަމަ ނަފްސާނީ ވާނެ. މަ ނަމަ ފަހަތުން ދެގުނަ އިތުރަށް ބޮން އަޅާލާނަން. ފައިކަށިތައް ވެސް ބިންދާލާފަ ދޫކޮށްލާނީ.” އަތް މުއްކަވާލަމުން ސުމައްޔާ ބުނެލިއެވެ. އިޙުސާނު އިސްޖަހާލީއެވެ. ޒަވިއަންގެ ގާތް އެކުވެރިޔާ އަށް ވެ ހުރެ މިގޮތަށް ކަންތައްވާ އިރު ވެސް ހެޔޮ ބަދަލެއް ނުގެނެވޭތީ ލަދުގަތެވެ.

ސުމައްޔާ އަށް އަރީނާއި ބައްދަލުކުރަން ދެވޭ ވަރު ވީ ހަވީރުވީ ފަހުންނެވެ. މޭވާ ކޮތަޅެއް ހަދިޔާ ކޮށްފައި އޭނާ ސޯފާގައި ދެފައި ވަށްކޮށްލައިގެން އިށީނީ އަރީންގެ ވާހަކަ އަހާށެވެ. ސުމައްޔާ ކެތްމަދުވެފައި އިން ވަރު ފެނި އެ ނާޒުކު ޙާލަތުގައި ވެސް އަރީނަށް ހެވުނެވެ. “ދެން ވެސް ނުހީ ބުނެބަލަ.” ސުމައްޔާ ކުޑަ ކުއްޖެއް ހެން ތުން އޫކޮށްލިއެވެ. “އެންމެ ރަނގަޅޭ. އަހަރެމެން ދިހައެއްގަ އުޅެނު އިރު ޝައުލާ އާއި އެކު އަހަރެންނަށް ބެހުނެއްނު ޔޫލީނެއް. އޭނާ އެއް ރޭ އިންޒާރު ދީފަ ބުނީ ބޭރަށް ނުކުންނަން. އާންމުކޮށް ޒެވް ގެއަށް އަންނަ ވަގުތު އެއީ. އޭނާ ފުރަތަމަ އަހަރެންނަށް ދުލަށް އައިހާ އެއްޗެއް ކިޔަން ފެށީ. އޭރު އެއްޗެއް ނުބުނެ ހުރީން. އެކަމަކު މަންމަމެންނާއި ބެހޭގޮތުން ދޮގު ވާހަކަ ތަކެއް ދައްކަން ފެށީމަ އަހަރެންނަށް ނަފްސު ކޮންޓްރޯލް ނުކުރެވުނީ. އެހެންވެ އޭނާގެ މޫނު މަތީގައި ޖެހުނު.” އަރީން ފެށިއެވެ. “ސަޅި. މޫނުން ދިލަ ނަގާ ވަރު ކޮށްގެން ފިލާވަޅެއް ދެވޭނި.” ސުމައްޔާ އަތްޖަހާލަމުން ބުނެލިއެވެ.

“ދެން އެ މަންޒަރު ފެނުނީ ޒެވް އަށް. ޔޫލީން ދޮގު ވާހަކައެއް ހަދައިފައި ވިކްޓިމްގެ އެކްޓެއް ޖެއްސީ. ދެން އެނގެއެއްނު ޒެވް އަހަރެންނަށް ނަފުރަތު ކުރާ ވަރު. އަހަރެންގެ ބަހަކަށް ވުރެ އެހެން މީހަކު ބުނާ އެއްޗެއް ޤަބޫލުކުރާނެ. އެހެންވެ… އެ ރޭ ގަދަކަމުން އެ ކަން ކުރީ. ހަމައެކަނި އެރޭ. ދެން ނަސީބު ހުރިގޮތް ތާ. އަހަރެން ޕްރެގްވީ.” އަރީން އިސްޖަހާލަމުން ބުނެލިއެވެ. ސުމައްޔާ ތެދުވެ އަރީންގެ ހަށިގަނޑުގައި ބައްދާލިއެވެ.

“ރީން. ޕްލީޒް. ހަމައެކަނި މިފަހަރު އަހަރެންނަށް ފުރުސަތެއް ދީ. އެ ނުލަފާ ޒަވިއަންގެ ކިބައިން ބަދަލު ހިފާލާނެ ފުރުސަތެއް ދީ. ކައިވެނި ކޮށްގެން އުޅުނެއް ކަމަކު ގަދަކަމުން އަނިޔާވެރި ކަމާއި އެކު ގުޅުން ހިންގުމަކީ ރީނަށް ކިހާ ވޭނެއް ލިބޭނެ ކަމެއްތަ؟ ކީއްވެތަ އެކަން ކުރި ދުވަހު ނުބުނީ. އަވަހަށް ބުނެލި ނަމަތާ ކޯޓުގައި އެކަން ސާބިތުކޮށްދޭން ފަސޭހަވާނީ. މައްސަލަ ކޯޓަށް ގެންދަން ބޭނުން ނޫނިއްޔާ އެންމެ ކުޑަމިނުން އޭނާއަށް ބަދަލުގައި އަނިޔާ އެއް ދޭން ބޭނުން. މި ދެއަތުން އެ ނުބައި ފިރިހެނާ އަށް ފިލާވަޅެއް ދީގެން ވިޔަސް މައިތިރިކޮށްލަން ބޭނުން.” ސުމައްޔާ ދެއަތް މުއްކަވާލަމުން ބުނެލިއެވެ.

“ނޫން. ސުމީ އެހެން ނުހަދާތި. ކޯޓާއި ހަމައަށް މައްސަލަ ގެންދިޔައިއްޔާ ބަދުނާމު ވާނީ އަހަރެން. އަނެއްކޮޅުން މަންމަމެން.. އަހަރެން ބޭނުމެއް ނޫން އެމީހުންނަށް މިއިން ކަމެއް އެނގޭކަށް. އޭރުން… އޭރުން އެމީހުން ކިހާ ވަރަކަށް އަމިއްލަ ނަފްސު ކުށްވެރިކުރާނެ. ކިހާ ދެރަވާނެ. ޒެވްގެ މައިންބަފައިންނޯ. އެމީހުންނަށް އަހަރެންގެ މައިންބަފައިންނާއި ހަތަރު ކަޅި ހަމަކުރަން ވެސް ކެރިދާނެތަ؟ އެ ދުވަސްވީ އެކުވެރިކަމާއި ގުޅުން ހީނަރުވާނެ ސަބަބަކަށް އަހަރެން ވެގެން ދިޔައިއްޔާ މޮޔަ ވެދާނެ. އެ ކަންކަމާ ޑީލް ކުރުމަށް ވުރެ އަހަރެންނަށް އެ ކަންތައް ފަސްއަޅާ ފޮރުވާލަން މާ ފަސޭހަ. ވީ ކަމެއް ވެނިމި ދިޔައީ. ކިތަންމެ ވަރެއް ކުރިއަސް މި ޙާލަތު އަނެއްކޮޅަށް އަނބުރާލެވޭނެތަ؟ މި ކުއްޖާ ހެޔޮ ޙާލުގައި ވިހެއިއްޔާ އަހަރެންނަށް އެ ކަންތަކުގެ މަތިން ހަނދާން ނެތޭ ވަރަށް އުފާވާނެ. އެ އަނިޔާގެ ބަދަލުގައި މި ލިބުނު ހަދިޔާ އަހަރެންނަށް ވަރަށް ކަމުދޭ.” އަރީން ރައްދުގައި ބުނެލިއެވެ.

“ދެން ރީއީން. އެހެން މީހުންނަށް އަންގަން ބޭނުން ނޫނިއްޔާ އަހަރެން ސިއްރިޔާތުގައި އެ ސޮރަށް ގެއްލުމެއް ދޭން ބޭނުމޭ. ރީން އަށް ވަރިހަމަ ވިޔަސް އަހަރެންނަކަށް ކެތެއް ނުވެޔޭ ތި ޙާލުގައި އުޅޭ މަންޒަރު ދެކެން އަތް އުރާލައިގެން ހުންނާކަށް. ހެޔޮނުވާނެ. އެންމެ ފުރުސަތެއް. މަރާނުލާ ދޫކޮށްލެވިދާނެ. ޖަސްޓް އަ ފިއު ސްޓެބްސް އެންޑް ހިޓްސް. އެ ** ރީނަށް ކުރާ އަނިޔާ އާއި ބަލާފަ މިއީ ކުޑަ މިންވަރެއް.” ސުމައްޔާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. މިއާއި އެކު އަރީންގެ ދެލޯ މުދުނަށް އެރިއެވެ.

“ސުމައްޔާ! ތިހެން ނުވިސްނާ. ޒެވް އަށް އެ ވަރުގެ އަނިޔާއެއް ލިބުނިއްޔާ އަހަރެން… އާހް. އައި ކާންޓް ހޭނޑްލް ދެޓް. ޒެވް އަށް ތިޔަ ކަހަލަ އަނިޔާއެއް ލިބުނިއްޔާ އަހަރެން ކިހާ ދެރަވާނެ. ސުމީ އަހަރެންނަށް އަޅާލަންޏާ ޒަވިއަން ދޫކޮށްލާ. ސުމީ އަށް ޤަބޫލުކުރަން ދަތިވިޔަސް ޒެވް އަށް ޓަކައި މި ހިތުގައިވީ އިހުސާސްތައް އަދިވެސް ބަދަލުނުވެ ތާޒާކަން މަތީވޭ. ނޭނގޭ ކީއްވެކަމެއް. އަހަރެންނަށް އަމިއްލަ އިޙުސާސްތަކަށް ބާރެއް ނުފޯރުވޭ.” އަރީން ސުމައްޔާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ސީރިއަސްލީ؟ އަދިވެސް އެ **** ދެކެ ރީން ލޯބިވަންތަ؟ ތިޔަށް ކިޔަނީ ލޯބީގައި ކަނުވުން. ގައިމު ހަމަ ވިސްނުން ހުރި މީހަކު ވިއްޔާ ޒަވިއަން އެ ކުރާ އަނިޔާގެ ބަދަލު ދީފިތާ ކިތަންމެ ދުވަހެއް ވީސް. ހައު އޭމް އައި ސަޕޯޒްޑް ޓު އަންޑަސްޓޭންޑް ޔުއަރ އިމޯޝަނަސް؟” ސުމައްޔާ އަރީންގެ ކޮނޑުގައި ހިފާލަމުން ހަތަރު ކަޅި ހަމަކޮށްލިއެވެ.

“ޚުދު އަހަންނަށް ވެސް އަމިއްލަ ނަފްސް ދެނެގަންނަން އުނދަގުލޭ ސުމީ. ޒަވިއަން ދެކެ އަހަރެންގެ ނަފްސު މި ވަނީ ދުވަހަކު ވެސް އަހައިފައި ނުވާ ޒާތެއްގެ ވަރުގަދަ ލޯތްބެއް. އެކަން އަހަރެންނަށް އެނގެނީ. ދެން މި ވާހަކަ ހުއްޓާލަމާ. ޒެވް އަށް އެއްޗެހި ނުކިޔާ. ސުމީ އެހެން އެއްވެސް މީހަކަށް މި ދެއްކި ވާހަކަ ހިއްސާކޮށްގެން ނުވާނެ. އިންކްލޫޑިންގ އިޙުސާން.” އަރީން ބުނެލިއެވެ.

“އާރގް… ފައިން. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް މި ކުއްޖާގެ ފުރަތަމަ ބެސްޓީ އަކަށް ވާނީ އަހަރެން. ލަވް ބަސްއަހައިގެން އޮންނައްޗޭ. މަންމިއަށް އެހާ އުނދަގޫ ނުކުރައްޗޭ. ލަސްނުކޮށް ދެން އަވަހަށް ނުކުންނަންވީ” އަރީންގެ ބަނޑުގައި ކަންފަތް ޖައްސައިގެން އިނދެ ސުމައްޔާ ވާހަކަ ދައްކަން ފެށިއެވެ. “ކޮން ކަހަލަ ކުއްޖެއްތޯ ބެލިންތަ؟” ސުމައްޔާ އެހިއެވެ. “ހޫމް. އަންހެން ކުއްޖެއް.” އަރީން ރައްދުގައި ބުނެލިއެވެ.

“އެހެންވިއްޔާ ލަވް ޖެހޭނެ ހިތްވަރު ގަދަ ކުއްޖަކަށް ވާން. މަންމަ ގޮތަށް މާ ބޮޑަށް މައިތިރި ނުވާތި. ގޮތުގަ ހިފަހައްޓާފަ ބޯލްޑް ވާތި. ދައްތަ އެހެން އުޅެން ދަސްކޮށްދޭން ކުލާސް ނަގައިދޭނަން.” ސުމައްޔާ އަނެއްކާ ވެސް ބުނެލިއެވެ. ސުމައްޔާގެ ޙަރަކާތްތައް ބަލަން އަރީން ހީލަހީލާ އިނީއެވެ.

ޒަވިއަން އޭނާގެ ޕާރސަނަލް ފޯނު ނަގާ މެސެޖުތައް ބަލަން ފެށީ ދިހައެއް ޖެހި ފަހުންނެވެ. އާފިޔާ ފޮނުވައިފައިވީ ފޮޓޯ ފެނި އޭނާ އަށް ދަތްކުނޑި ވިކާލެވުނެވެ. މަސައްކަތް ނުނިމުނެއް ކަމަކު ކޮންޕިޔުޓަރު ނިވާ ލައިފައި އޭނާ ގޮސް ހަރުގައި އަޅުވާލެވިފައި ހުރި ކަޅު ކުލައިގެ ކޯޓު ލިއެވެ. ކާރު ތަޅުދަނޑި ހިފައިގެން ދުން ޖަހައިފައި އެ ތަނުން ނުކުމެގެން ދިޔަ އިރު ވެސް ހިތްހަމަނުޖެހިފައި ހުރި ވަރު އެނގެން ހުއްޓެވެ.

އަރީން އިނީ ސިޓިންރޫމުގައި އާފިޔާ އާއި އެކު ޓީވީ ޕްރޮގްރާމެއް ބަލާށެވެ. ދިހަ ގަޑި ބައި ވުމުން އާފިޔާ ޓީވީ ނިވާލިއެވެ. އެ ވަގުތު ގޭތެރެއަށް ވަދެގެން އައި ޒަވިއަން ފެނި އަރީނަށް ކުޝަނުގައި ބައްދައިގަނެވުނެވެ. ގެއްލިފައި ހުއްޓާ ޒަވިއަން އައިސް އަރީންގެ އަތުގައި ހިއްޕެވެ. އާފިޔާ ވާނުވާ ނޭނގި ހުއްޓާ ޒަވިއަން އަރީންގެ އަތުގައި ހިފާ ދަމަމުން ސިޑިން މައްޗަށް އަރައިގެން ދިޔައެވެ.

“ޒިޔާދޫ. ޒަވިއަން ދެންމެ ވަރަށް ރުޅިއައިސްގެން އަރީންގެ އަތުގައި ހިފާ ދަމަމުން ގޮސްފި. އަނެއްކާ ކަމެއް ވީބާ. އެއީ ދުވަހަކު ވެސް އުޅުނު ގޮތެއް ނޫން.” ކޮޓަރިއަށް ވަދެފައި އާފިޔާ ޒިޔާދަށް ގޮވާލަމުން ބުނެލިއެވެ. “ކީކޭ؟ އަނެއްކާ ކޮންމެވެސް ނުބައި ކަމެއް ވީބާ.” ޒިޔާދު ތެދުވެ ހިނގައިގަތެވެ.

“އިރުކޮޅަކުން ދާން ހުންނަންވީ ކަންނެ. ދެމަފިރިން ވިއްޔާ ދެމެދުގައި މައްސަލަ ޖެހިދާނެއްނު. ދެކުދިން ވެގެން ހައްލުކުރެވޭހާ ވީމަ ދާނީ. ދާއިރު ވެސް ޙައްލު ނުވަންޏާ އަހަރެމެން އެއްޗެއް ބުނަން ވާނީ.” އާފިޔާ ޒިޔާދުގެ އަތުގައި ހިފާ ހުއްޓުވިއެވެ. ޒިޔާދަށް ވެސް މި ޚިޔާލު ކަމުދިޔައެވެ.

ޒަވިއަން ކޮޓަރިއަށް ވަދެ ދޮރު ތަޅުލައިފައި އަރީންގެ އަތުން ދޫކޮށްލާ އެ ކަންކަށިމަތީގައި ޖެއްސެވެ. އަރީންގެ މޫނުން ދިޔައީ ތަރި ބުރައިގެންނެވެ. “އަންހެނާ. މަށަށް ސިއްރުން ކަލޭ ކޮންކަހަލަ މުޑުދާރު ކަމެއްތަ ތި ކުރަނީ. ކަލެއަށް ހަމަ ނީވެނީތަ އަހަރެންނަށް ހުތުރު ނަމެއް އަންނާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނޭ ބުނާ އަޑު. ބަނޑުބޮޑުވެ އެހާ ދުވަސް ވެގެން ދިޔައިރު މި ކަން ސިއްރުކުރަން ކުރި މަސައްކަތް ބޭކާރު ވީމަތަ ތި ރޮނީ. ބުނޭ. ކަލޭ ކާކާ ގުޅުން ހިންގައިގެންތަ ތި އުޅެނީ؟ ތި ބަނޑު ތެރޭ ތި އޮތީ ކާކުގެ ހަރާން ދަރިއެއް ހޭ!” ޒަވިއަން އަޑަށް ބާރުލައިފައި އެއްޗެހި ކިޔައިގަތެވެ. މި ލަފުޒްތައް އިވިފައި އަރީން ދިޔައީ ތަރި ބުރައިގެންނެވެ. ބަނޑުގައި އޮތް ދަރިފުޅަށް ނިސްބަތްކޮށް އެފަދައިން ވާހަކަ ދެއްކުމުން އެ ހިތަށް ލިބުނު ވޭން ބަރުދާސްތުކުރަން ދަތިވިއެވެ. މިފަހަރު ހިތާމައިގެ މައްޗަށް ރުޅިވެރިކަން އިސްވެގެން ދިޔައީ ޚުދު އަރީނަށް ވެސް ހައިރާންކަން ގެނުވަމުންނެވެ.

“ޒަވިއަން! އަހަރެންނާއި މެދު އެހާ ދަށު ދަރަޖައަކުން ނުދެކިބަލަ. މި އުފަންނުވާ ކުއްޖާ އަށް ނިސްބަތް ކޮށް ތިޔަހާ ހަޑިކޮށް ވާހަކަ ދައްކަން ޒަވިއަނަށް ކޮން ޙައްޤެއްތަ އޮތީ؟ މި ބަނޑުތެރޭ މިއޮތީ އެހެން މީހެއްގެ ދަރިއެއް ނޫނޭ. މިއީ ހަމަ ޒަވިއަންގެ ލޭ. ހަމަ ހަނދާން ނެތީތަ އަހަރެން އެހާ ވަރަށް އެކަން ނުކުރުމަށް އާދޭސް ކުރި އިރު ވެސް ބީރު ކަންފަތެއް ދީފަ އަހަރެންގެ ކިބައިން އުފާ ހާސިލުކުރީ ރޭ މަތިން. ކުރިން އަހަރެންނާއި ދިމާލަށް އެހާ ވަރަށް އެއްޗެހި ކިޔާ އަނިޔާ ކުރިޔަސް އެންމެ ފަހަރަކު ވެސް ޝަކުވާ ކުރިންތަ؟ ތި ދުލުން ބުނެލާ ކޮންމެ ވިހަގަދަ ލަފުޒަކުން އަހަރެންގެ ހިތަށް ހަންޖަރެއް ހަރާލާ ކަހަލަ. އަތުން ކުރާ އަނިޔާ ވެސް އެއަށް ވުރެ ހޭންޑްލް ކުރަން ފަސޭހަ. އަހަރެން ވަކި ބޭނުންވެގެނެއް ނޫނޭ މި ކައިވެނި ކުރީ. ކޮންމެ ފަހަރަކު ތިހެން އުޅޭ ސަބަބަކަށް އަޒާޔާގެ ޤާތިލަށް އަހަރެންވީމައޭ ބުނާއިރު އަހަރެންގެ ހިތުގައި ރިހޭނެ ވަރާއި މެދު ވިސްނާލިންތަ؟ އަޒާ އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއޭ. ޤަބޫލުކުރަން ބޭނުން ނުވިޔަސް އެ ކަން ކުރީ އަހަރެންނެއް ނޫނޭ. އަހަރެންނަށް އެކަން ތަފްސީލު ކޮށްދޭން އެންމެ ފަހަރަކު ވެސް ޒަވިއަން ފުރުސަތެއް ދިނިންތަ؟ އަހަރެންނަކީ ވެސް އިހުސާސްތައް ހުރި އަންހެނެކޭ. ދެރަވެ ރުޅި ވެސް އާދެވެޔޭ. އެކަމަކު މި ހުރިހާ ދުވަހަކު މަޑުން މި ހުރީ އަހަރެންނަށް ތިދޭ ނަފްސާނީ އަދި ޖިސްމާނީ ގެއްލުމަށް ކެތްތެރިވެވޭތީ. އެކަމަކު މި ދަރިފުޅަށް ނިސްބަތްކޮށް ތިހެން ވާހަކަ ދައްކާ ނަމަ އެހެން މައިތިރި ވެގެނެއް ނުހުރެވޭނެ. ޒަވިއަން ބޭނުން ނޫނިއްޔާ މިއީ ހަމައެކަނި އަހަރެންގެ ދަރިއެއް ކަމަށް ބަލައިގެން އުޅެފާނަން. އަހަރެން ބޭނުމެއް ނޫން ދެން އެންމެ ސިކުންތަކު ވެސް މި ތަނުގަ ހުންނާކަށް. މިރޭ މިގެއިން ނުކުމެގެން ދާނަން.” ދެލޮލުން ކަރުނަ އޮހޮރެމުން ދިޔަ ޙާލު ފުރަތަމަ ފަހަރަށް އަރީން އޭނާގެ އަމިއްލަ ނަފުސުގެ ދިފާޢުގައި ވާހަކަ ދެއްކިއެވެ.

“ޒަވިއަނަށް އެނގޭތަ؟ އަހަރެން އެންމެ ރިގްރެޓް ކުރަނީ ކޮން ކަމަކާ ކަން؟ ތިކަހަލަ އަނިޔާވެރި މީހެއް ދެކެ ލޯބި ވެވުނީމަ. އަމިއްލަ އިޙުސާސްތަކަށް ބާރު ފޯރުވައިގެން ހިތް އަނބުރާލަން ވެސް އަހަރެން މަސައްކަތް ކުރިން. އަހަރެން ޙަޤީޤަތުގައި ވެސް ހިތާމަ ކުރަން މި ހުރިހާ ވަރެއް ކުރާ އިރު ވެސް ތި އަނިޔާވެރި ފިރިހެނާ ދެކެ ލޯބިވެވޭތީ.” ކަރުނަ ފުހެމުން އަރީން ގޮސް ވަނީ ވޯޑްރޯބަށެވެ. އޭނާގެ ފޮށި ނަގާ އެއްޗެހި އަޅަމުން ދިޔަ އިރު ވެސް ހުއްޓުމެއް ނެތި އެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. އެކަން ކޮށް ނިންމާފައި އެ ކޮޓަރިން ނުކުމެގެން ދިޔައީ ޒަވިއަނަށް ބަލާނުލައެވެ.

މިއަދު ހަމަ ރަނގަޅަށް ވެސް އަރީންގެ ހިތުގައި ޖެހިއްޖެއެވެ. ބަނޑުގައި ފިރުމާލެވުނު އިރު ހަނދާންވީ ޒަވިއަން އެ އުފަން ނުވާ ކުއްޖާ އަށް ނިސްބަތްކޮށް ދެއްކި މުޑުދާރު ވާހަކައިގެ މަތިންނެވެ ކިތަންމެ އުނދަގޫ ވިއަސް އެ ފޮށި ތިރިއަށް ބާލައިފައި ގޮސް ގޭގެ ބޮޑު ދޮރު ހުޅުވާލިއެވެ. އެ ގޭތެރެއަށް އަވަސް ނަޒަރެއް ދީފައި އޭނާ ނުކުމެގެން ދިޔައީ ހިތް މަތީ ގާގަނޑެއް ބާއްވައިފައެވެ.

އަރީންގެ ނަސީބު ދެރައީ އެވެ. ޖޫން ޖުލައިގެ ވާރޭގެ އަސަރު އޮގަސްޓް މަހަށް އެޅުނު އިރު ވެސް ތާޒާ ކަން މަތީ ދެމި ހުއްޓެވެ. މިރޭ ވެސް ވާރޭ ހުއްޓާލާނެ ހެންނެއް ހިޔެއް ނުވެއެވެ. ކުޑައެއް ނަގައިފައި އޭނާ ކުރިއަށް ދިޔައީ ދެން ފަހަތަށް ނުޖެހޭށެވެ. މިހާރު ވާ ވަރަށް ޒަވިއަންގެ އަނިޔާވެރިކަމަށް ކެތްތެރި ވެވިއްޖެއެވެ. ސުމައްޔާ މިއަދު ދިން ނަސޭހަތް ސިކުނޑީގައި ގުގުމާލުމާއި އެކު އޭނާ ދެން ފަހަތަށް ނުޖެހޭން އަޒުމް ކަނޑައެޅިއެވެ.

އަރީން ކޮޓަރިން ނުކުތް އިރު ޒަވިއަން ހުއްޓުން އަރައިފައި ހުރީއެވެ. ފުރަތަމަ ފަހަރަށް އަރީންގެ ކިބައިން ފެނުނު ހިތްވަރުން އާޝޯހުވެފައެވެ. އެ ވޭނީ ދެލޯ ފެނި އެ ހިތަށް ނުބައި ގޮތެއް ވެއްޖެއެވެ. ކޮންމެވެސް ވަރަކަށް ކުށްވެރިކަން އިހުސާސް ކުރެވޭން ފެށިއެވެ. އަރީން ބުނިހެން އޭނާ އެއް ރެއަކު އަރީންގެ ކިބައިން އުފާ ހާސިލު ކުރިއެވެ. ވަގުތާއި އެކު އެކަން އޭނާގެ ހަނދާނުން ކައްސާލައިގެން ދިޔައީއެވެ. އެހެނަސް މި ކަހަލަ ކަމެއް ވެދާނެ ކަމަކަށް ހިޔެއް ނުކުރެއެވެ. އިސްތަށިގަނޑަށް އަތް ލައްވާލައިފައި އޭނާ އެނދުގައި އިށީނެވެ. ކުރާނެ ކަމެއް ނޭނގި ގޮތް ހުސްވެފައެވެ.

އެއް އަތުން ކުޑަ ހިފައިގެން އަނެއް އަތުން ފޮށި ދަމަމުން އަރީން މަގުމަތީގައި ހިނގައިފައި ދިޔައީ ޙާލެއްގައެވެ. ވަކި މިސްރާބެއް ނެތި ހިނގަމުން ދިޔަ އިރު އެ ހިތުގައިވީ ރިހުން ކަރުނައިގެ ސިފައިގައި ބޭރުވަމުން ދިޔައެވެ. ވަކި ހިސާބަކުން ކަފިހި ހުރަސް މަތިން ހިނގާފައި ދަނިކޮށް އޭނާގެ އަތުން ކުޑަ ދޫވެގެން ވަޔަށް ގޮސް ގަހެއްގައި ހަރުލިއެވެ. މިހާރު ވެސް ވާ ވަރަށް ތެމިފައިވުމުން އަރީން އެ ކުޑަ ބަލައިދާކަށް ގަސްތެއް ނުކުރެއެވެ. އެ ވަގުތު އޭނާގެ މޫނުމައްޗަށް ދުއްވާ އުޅަނދެއްގެ އަލި އެޅުނެވެ. ހުރެވުނީ ރަނގަޅު ވިސްނުމެއްގައި ނޫން ކަމުން އޭނާއަށް ދެލޯ މަރާލެވުނީއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

އަލުން ލޯބިން
Previous

އަލުން ލޯބިން – 3

Next

އަބަދުވޭ ހިތުގާ މަގޭ 2 (23)

Next
February 2, 2026

އަބަދުވޭ ހިތުގާ މަގޭ 2 (23)

Previews
February 2, 2026

އަލުން ލޯބިން – 3

އަލުން ލޯބިން

39 Comments!

  1. Anonymous says:
    February 2, 2026 at 10:04 pm

    Zel and teen dhuru nukurahcheyyy.. plzzz
    Vrh reethi maashaa Allah….
    When next?

    1. Svetlana says:
      February 3, 2026 at 12:35 am

      I don’t think she should stay with him after what he did.would get them divorced if I was the author and would leave Zavian to regret it for the rest of his life.but I don’t think that’s how it’s going to be in this story.Happy ending akah dhanyyaa she will forgive him.ehn viyyaa it’s sad in true sense but…author ge choice Dhww

    2. White rose White rose says:
      February 3, 2026 at 6:26 am

      Kinda looks like they will
      IA next Friday
      Shukran Anonymous ✨✨

    3. White rose White rose says:
      February 3, 2026 at 6:27 am

      Thats understandable, but let’s see how it goes
      Shukran Svetlana ✨✨

  2. Aish says:
    February 2, 2026 at 10:41 pm

    Alhey reen ah dhera gotheh viya nu dhehchey… Vrh reethi mi bai ves.. when next ?

    1. White rose White rose says:
      February 3, 2026 at 6:28 am

      IA next Friday
      Shukran Aish ✨✨

  3. k says:
    February 2, 2026 at 11:10 pm

    Oh no oh nooooo noooooo alhe plsss dhn noooooo areeeee

    1. White rose White rose says:
      February 3, 2026 at 6:28 am

      Shukran k ✨✨

  4. 🌺 says:
    February 3, 2026 at 12:23 am

    Plsplsplspls iwanna read the next part sooo baaddllyyy cant wait pls i wanna reead the next episode
    this is just soo amaizing just like hageegaih hoadhume story
    I always luv ur stories n your hard work
    Waiting impatiently😭😭💜💜

    1. White rose White rose says:
      February 3, 2026 at 6:29 am

      More than happy to hear that 😄😄
      Lets wait a little until Friday
      Shukran 🌺 ✨✨

  5. Diva_gurly says:
    February 3, 2026 at 6:06 am

    Areen salamai kurahcheyyyy!!!
    Mibai varah salhi
    Whn next?????

    1. White rose White rose says:
      February 3, 2026 at 6:30 am

      Let’s see if she’s saved ot or not
      IA next Friday
      Shukran Diva_gurly ✨✨

  6. Your fav bab Your fav bab says:
    February 3, 2026 at 12:37 pm

    Alhey this part is hama literally the best👏
    Lolun karuna annahaavey😭😭
    Finally reen stood up for herself!! just bravo!! Aafiyaa mennah ves dhen engunythaa reen preg kan! But reen zev dheke e vaa loathbeh dhw.. Pis.pis.pis..
    Sumy hama hes kiyaafa reen ge baby ah session nagachey. She needs to have an attitude like sumy and reen can call her daughter minibestie😂
    Well.. Loved this part sm! And yh reen ah dhera gotheh nahadhacheyy😭
    When next?

    1. White rose White rose says:
      February 3, 2026 at 2:08 pm

      Yhh, she finally stood up to herself 😌😌
      Aan, thi session thah konmehen ves nagan jeheyne
      IA next Friday
      Shukran Your fav bab ✨✨

  7. Shiu says:
    February 3, 2026 at 1:33 pm

    Mi part vx varah Reethi Masha Allah… Hama heevee story thereyga ulheveyhen 🥴 love this smm 🥰
    Allheyyy, noooo Zavianoooo Reen fakeerah ehn nahadhabalaaaaa 😭💔 Sumee E buny hama thedhehm E Zev gandu dheke Areen E vany aadhaige loehbeh noon, evarah aniya kuraairu vx Keh kohlaigen E hunnany Loabi vaathy, Ekam Dhn ekujja fakeerah vx kehvaany vaki varakah dhw 💔 Nah Sumee, few stabs and hits won’t work, If I was Areen I’ll fricking break him 😤 Ewwwwww Zevvvv, that’s Sooo disgusting, amilla dhari aaa dhimaalah, haraan dhariey govan kerunkan 🤬 Reen Ehedhee hama rangalhah, Mihaaru dhn hunnany ehcheh visnifa thaa, Areen Accident vee tha???? Nooo Reen ah dhera gotheh nahadhacheyy, Pls 🥺🙏
    When Nexxxt??? Next part kiyaahithun Mihaaru hureveny eh nun,😁 Appreciate your hard work 🥰
    Lyssm 🤍

    1. White rose White rose says:
      February 3, 2026 at 7:40 pm

      So glad to hear that 😄😄
      Asluves, areen e vany aadahige loaibeh noon
      Dhww, he’s too heartless with words 🤧🤧
      Let’s see whether its an accident or not, stay tuned
      IA next Friday
      Vrh ufaavejje mi comment kiyaalaafa, Shukran Shiu ✨✨✨
      Lyt darl 🫶🏻🫶🏻🫶🏻

  8. Miss jennie says:
    February 3, 2026 at 2:02 pm

    Mi part ves varah reethi. Areen hama rangalhah thihedhee. Zavian kahala meehaku deserve eh nuvey thikahala loaybeh. Sumee and isse so cute. Areen ge kurimachchah eree kaaku baa? Pls dont tell me its nail. Curiously waiting for next part???

    1. White rose White rose says:
      February 3, 2026 at 7:42 pm

      Yeaa, she finally did the right thing to protect herself 😄😄
      Naail ah ves vedhaane dhw, aslu vaa gotheh engidhaanethaa next ep in, stay tuned
      Shukran Miss jennie ✨✨

  9. Anonymous says:
    February 3, 2026 at 2:14 pm

    Ahey no no no
    Pls don’t do that areen
    Just for your child
    Zev thy ro understand go find areennnnn

    1. White rose White rose says:
      February 3, 2026 at 7:43 pm

      Zev dhiyaiyya rangalhu dhw, ekm heeveytha ehen vaane hen 🤔🤔
      Shukran Anonymous ✨✨

  10. .............!. says:
    February 3, 2026 at 8:19 pm

    White roseeeerr…….. I have something to say…….. Welll…….. Ummmmm…… Do you mind uploading the next up this Thursday🙊…..

    1. White rose White rose says:
      February 4, 2026 at 7:55 am

      I don’t think I can, nexp ep is gonna be longer than my usual limit. I could try to submit Thursday night.
      Shukran ………….!. ✨✨

  11. Shiuny says:
    February 4, 2026 at 7:59 am

    kiyuntherinnah gift eh gothuga maadhamaa up kohlladheeba next part plss.canttttt waittttt frrrr

    1. White rose White rose says:
      February 4, 2026 at 11:37 am

      I will try my best to wrap it up and submit tmr
      Shukran Shiuny ✨✨

  12. Anonymous says:
    February 6, 2026 at 5:54 am

    Pls fast

    1. White rose White rose says:
      February 6, 2026 at 7:08 am

      Iyye hendhunu submit kohlin Thursday ge vaguthehga upload veythoa, but still pending ga 😒😒
      Shukran Anonymous ✨✨

  13. The GHOST says:
    February 6, 2026 at 10:26 am

    Bruh miadhu iru ariyas up eh nuvey dhw? Admin kada ingey….🙄

    1. White rose White rose says:
      February 6, 2026 at 4:14 pm

      Adhi up nuve 🥀🥀
      Shukran The GHOST ✨✨

  14. Anonymous says:
    February 6, 2026 at 12:33 pm

    Alhey admin heyo nuvaane… keehve tha vhk thah up kuran ehaa iru vany… adhi vx mi sitega enme mqboolu vhk thah…

    1. White rose White rose says:
      February 6, 2026 at 4:15 pm

      I’m also waiting for it to be uploaded 💔
      Shukran Anonymous ✨✨

  15. Rh says:
    February 6, 2026 at 1:30 pm

    Still????😭

    1. White rose White rose says:
      February 6, 2026 at 2:06 pm

      Yeaa 💔
      Shukran Rh ✨✨

  16. Diva_gurly says:
    February 6, 2026 at 2:23 pm

    Adhives pending ga tharrrr????

    1. White rose White rose says:
      February 6, 2026 at 2:28 pm

      Yhh 🥀🥀
      Shukran Diva_gurly ✨✨

  17. Anonymous says:
    February 6, 2026 at 3:31 pm

    STILL PENDING?????
    PLS PLS FAST
    KIYAA HITHUN KEH MADHUVEFA MIHUREE

    1. White rose White rose says:
      February 6, 2026 at 4:16 pm

      Yes, pending ga 🥀🥀
      Shukran Anonymous ✨✨

  18. Anonymous says:
    February 6, 2026 at 3:41 pm

    Adhi vx pending ga tha haadha kiyaa hithunney mihunnanee pls fast

    1. White rose White rose says:
      February 6, 2026 at 4:16 pm

      Yeaa, adhi pending ga 🥀🥀
      Shukran Anonymous ✨✨

  19. White rose White rose says:
    February 6, 2026 at 4:34 pm

    Heii dear readers.
    Story mihaaru ebain upload vefa, ekm date glitch vefa in gothun site ge front ga fennaakah neiy
    Vhk kiyaalan comment section thireega blue shape ga next episode in thanah fithaaalaa

Comments are closed.

Next Episodeދެވުނީ ވޭނޭ 42←


All Right Reserved!