ހިތުގައި ޖަހާ ކޮންމެ ވިންދެއް
އިރު އޭގެ އެންމެ ފުރިހަމަ ވާޖިބު އަދާކުރުމަށް ފަހު ދުނިޔެއަށް އަލްވަދާުއު ކިޔަމުން ދިޔައީ ބައެއްގެ ހިތްތަކަށް އުފާވެރިކަން ގެނުވާފައި ނަމަވެސް ، އަހަރެންގެ ހިތުގައި ލެވިފައިވާ ފާރުގަނޑަށް އިތުރު ޒަޚަމެއް ގެނުވާފައެވެ.އަހަރެންގެ މުޅި ހަށިގަނޑާއި ފުރާނަ ،އެއްވެސް ސުވާލެއް ކުރުމެއްނެތި އޭނާއަށް ވެދުން ކުރީ ,ލޯތްބަކީ ކޮބައިކަން އަހަރެންނަށް ފުރަތަަމަ އިހުސާސް ކުރެވެން ފެށީއްސުރެ އަހަރެން ލޯބިވަމުން އައި ހަމައެކަނި ފިރިހެނަކީ އެއީ ކަމަށް ވާތީއެވެ.
ލޯތްބަކީ ނަސީބުވެރިންގެ ހައްގެކޭ މީހުން ބުނާތީ އަހަރެން އަޑުއެހީމެވެ.އެނަސީބުވެރިންގެ ތެރޭގައި އަހަރެން ހިމެނުނު ކަމުގައި ދެކުނީ އޭނާ އަހަރެންގެ ހަޔާތަށް އައުމުންނެވެ.ރެޔާދުވާލު އޭނާ އަހަރެންނަށް އެކި އަވާމެންދުރު ތައް ދައްކަމުން ދިޔައިރު ބުނި ވަގުތަކު އޭނާގެ އެނދު ފަޅުފިލުވާދެމުން ދިޔައީ އޭނާ ދެކެ ވެވުނު ލޯތްބާއި ،ކުރެވުނު އިތުބާރެއްގެ ބޮޑުކަމުންނެވެ.ތަކުރާރުކޮށް އޭނާ ގާތު ކައިވެނީގެ ވާހަކަ އަހަރެން އަހަމުން ދިޔައީ އަހަރެންގެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކާއި ، ކުރެވެމުން ދިޔަ ކުށްހީތަކެއްގެ ސަބަބުންނެވެ.
ދުވަހެއް ދުވަހަކަށް އަހަރެންގެ ހާލަތު ދަށްވަމުން ދިޔައިރުވެސް ، އެކަންތައް މައިންބަފައިންގެ ގާތުގައި ނުބުނެ ސިއްރު ކުރީ , އަހަރެން އިނީ ބަލިވެ ކަން ހިއާ ގާތަށް ޔަގީން ވާތީއެވެ.ނަމަވެސް،އެވާހަކަ އަހަރެން އޭނާއަކަށް ސިއްރެއް ނުކުރަމެވެ.އަހަރެންނާއި ކައިވެނި ކުރުމަށް އޭނާއަށް އިތުރަށް ބާރުއަޅަމުން ދިޔައީ ، ރަށުތެރެއަށް ބަދުނާމުވެ ، މަންމަ އާއި ބައްޕަ ލަދުގަނެ ، މިދުނިޔެ މައްޗަށް ފަލީހަތްވާން ނޭދޭތީއެވެ.ނަމަވެސް، އޭނާ މިރަށުން ފުރައިގެން އޭނާގެ އަމިއްލަ ވަޒަނަށް ދިޔައީ މައިންބަފައިންގެ ރުހުމާއި އެކު ކައިވެނީގެ ހުރިހާ ތައްޔާރީތަކެއް ނިންމާ އަހަރެން ގާތަށް އަންނަން ވަޢުދު ވަމުންނެވެ.
އޭނާ އެރަށަށް ގޮސްވީ ފުރަތަަމަ 2 ހަފުތާ ތެރޭ އޭނާގެ 4 ސިޓީއާއި ދެތިން ފޯނު ކޯލު އަހަންނަށް ލިބުނެވެ.ނަމަވެސް،އޭގެ ފަހުން އޭނާގެ ސިޓީ ގަނޑެއް ހައިވަރު ވެސް ނުލިބުނު ތާނގައި، އޭނާ ހެޔޮހާލުގައި ދުނިޔޭގައި ހުރިކަމެއްވެސް އަހަރެންނަށް އެނގިފަކައެއް ނެތެވެ.އަހަރެންގެ ހިތާމައިގެ ފަށްޗައް އިތުރު ބޮޅެއް އެކުވިއެވެ.ޕ
ދުވަސްތައް އޭގެ އެންމެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައިރު އަހަރެންގެ ބަނޑުވެސް ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.އަހަރެން ކިތަންމެ ބޭނުންނުވިޔަސް މައިންބަފައިން ގާތު އެވާހަކަ ބުނީ އިތުރު ގޮތެއްވެސް އަހަރެންނަށް ނެތީމައެވެ.އެހެނީ،އޭނާ އެނބުރި އަހަރެންގެ ގާތަށް އަންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ.މަންމަ އާއި ބައްޕަ އެހާ ހިތްދަތިވެފައި،ރޮނިކޮށް އަހަރެން ދުވަހަކު ވެސް ނުދެކެމެވެ.ނަމަވެސް،ކުރާނީ ވަކި ކީއްހެއްޔެވެ ؟ އެފާފަ ވެސް މިއޮތީ ކުރެވިފައި ވިއްޔާއެވެ.
ކަޅުފޮއި އެހާމެ ވިއްސާރަ ރެއެއްގެ މެންދަން ވަގުތުގައި އެތައް ވޭނަކާއި ، ކެކުޅުމުއް ބަރުދާސްތު ކުރުމަށްފަހު ،ކުޑަކުޑަ ލޯބި ލޯބި ފިރިހެން ކުއްޖެއް އަހަރެން މިދުނިޔެއަށް އުފަން ކުރީ، އަހަރެން އެޅި ކަހަލަ ކަތި ފިޔަވަޅެއް އެދަރިފުޅު އެޅިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށް އަހަރެންގެ އަމިއްލަ ނަފްސަށް ވަޢުދުވަމުންނެވެ.
ހިޔާލުގެ ފުން ކަނޑަކުން އަހަރެންނަށް ނުކު މެވުނީ ، އަހަރެންގެ ލޮލުން ފޭދުނު ކަރުނަ ތިކި ،ކޯތާފަތުގައި ބީހުމުންނެވެ.އަހަރެންގެ ވަށައިގެންވާ މާހައުލު ވެސް ހީވަނީ އަހަރެންގެ ހިތާމައިގައި ބައިވެރިވާ ހެންނެވެ.އަހަރެންގެ ހަޔާތުގެ މި އަނދިރި ސަފުހާ އިން އަހަރެންނަށް އެތައް ޢަޒުމަކާއި އެތައް ފިލާވަޅުތަކެއް ލިބުނެވެ.އަދި އަނެއްކާވެސް އާ ސަފުހާއަކަށް އަހަރެން ކުރިމަތި ލާނީ މިފަދަ ކަތި ފިޔަވަޅެއް ނޭޅުމުގެ އަޒުމުގަޔާއި،އަހަރެންގެ ފުރާނަ ފަދައިން ލޯބިވާ ދަރިފުޅަށް ރަގަޅަށް ތަރުބިއްޔަތެއް ދިނުމުގެ އަޒުމުގައި އާ ހިތްވަރާއެކުއެވެ.
ـނިމުނީ ـ
ވާހަކަ އެއް ގެނެސްދެވުން ލަސްވީތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ.ތިޔަ ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލެއްވުމަކީ އަޅުގަނޑު ގެ ކުރިއެރުމެވެ.ތިޔަ ދެއްވާ އެއްބާރުލުމަށް ފަށްފަށުން ޝުކުރުދަންނަވަމެވެ.
12 Comments!
Comments are closed.

Salhi vhk ae💯
Maasha Allah 🫶❤️
The story is incredible…🙈✨
May Allah SWT bless you with more confidence on your Hardwork…🖤🖤🖤
“Actually this story is A lesson for Teen Girls & Women’s Who’re in This part of their lives….”🖤✨
I even get a big lesson from Ur story…I’m so so proud of you ,Author 🖤🥀
Bye,Tc of yourself
Tysm
Lysmm
Thank you @kaakubaa✨
Vrh bodah thank u @anonymous..may Allah bless u too..♥️♥️✨✨take care of your self too..
its perfect …mashaallah
OMG …it’s perfect girl
I love your every hard work and I appriciate it…
lysm,.tc…miss u 2 😘❤💕💕💕
Vrh Reethi vhk
Va hhhh ..,,mashaallah . ….sis lysm…💖
Thank you @looth
Thank you @shyn 😊♥️
Thank you @ain ❤️❤️
hey author kon iraku dhn new story eh upload kureveynee
@kiyerrn
Inshallah roadha hadhiyaa eh gothah vhk eh nerela dheynan….adhi thankolheh buxy koh ulhey theeve