މުޅި ހިތް ބޭޤަރާރު ވެއްޖޭ-13
“މަންމަ ވެސް އެތިކޮޅެއް ނަގާ..” ޒާޔާގެ އަނގައިން ބޭރުވި މިޖުމްލަ އާއި އެކީ ޒައިނާގެ ހިތް އުފަލުން ނަށައިގަތެވެ. އެއް އަހަރު ދުވަސްފަހުން އޭނާގެ ހަމައެކަނި ހުރި ދަރިފުޅު އޭނާ އާއި ވާހަކަދެއްކު މުންނެވެ. ހިތަށް ފިނިކަމެއް ލިބުނެވެ. އުފާވިވަރުން ދެލޮލުން ކަރުނަ ހިލުނެވެ.
“މަންމާ ކީއްވެ ރޮވެނީ..؟” ޖައިލަމް ތެދުވެފައި ޒައިނާ އަތުގައި ހިފާލިއެވެ. ޒާޔާ އިނީ ވާގޮތެއް ނޭނގޭތީވެ ޒައިނާ އާއި ދިމާއަށް ފާޑަކަށް ބަލަހައްތައިގެންނެވެ.
*ޕާރޓް-13*
ޒައިނާ ހިނިތުންވެލާފައި ކަރުނަތަށް ފޮހެލިއެވެ. އަދި ކަމެއް ނުވާކަމަށް ބުންޔެވެ. ޒައިނާ ޒާޔާ އާއި ދިމާއަށް ބަލާލާފައި ޒާޔާ ކައިރީ އޮނދޯލީގައި އިށީންދެެލިއެވެ. ޒައިނާ ޒާޔާގެ ބޮލުގައި މަޑުމަޑުން ފިރުމާލި އެވެ. ޒާޔާ ކުއްލިއަކަށް ޒައިނާގެ އާއި ދުރަށް ޖެހިލިއެވެ. ޒައިނާ އިނީ ހުއްޓުން އަރާފައެވެ. ޒާޔާ ދުރައްދިޔައީމައެވެ. ޒައިނާ ދެރަވިއެވެ. ލަސްލަހުން އަތް ތިރިކޮށްލާފައި އޭނާ ޖައިލަމް އަށް ބަލާލިއެެވެ.
ޖައިލަމް އައިސް ޒާޔާގެ އަނެއް ފަރާތުގައި އިށީނެވެ. އަދި ޒާޔާގެ އަތުގައި ހިފާލިއެވެ.
“ޒާޔާ އެއީ ޒާޔާ މަންމަ އެއްނު.. އެހެން ފިރުމާލިއަކަސް ނުވާނެ ދުރައްދާކަށް..” ޖައިލަމް ޒާޔާ އަށް ވިސްނާ ދިނުމުގެ ގޮތުން ބުނެލިއެވެ.
“މަންމަ ދުވަހަކުވެސް އަހަރެންނަކާއި ވާހަކަ އެއް ނުދައްކަ.. ދެން ކުއްލިއަކަށް އައިސް އަހަރެން ގަޔަށް އަތްލީމަ އެވީ ކޯއްޗަކަށް..” ޒާޔާ ބުނެލިއެވެ. އޭނާ އިނީ ޒައިނާ އާއި ދިމާއަށް ނުބަލަންވެގެން އަތުގެ އިނގިލިތަކާއި ކުޅެމުން އަތަށް ބަލާށެެެވެ. ޒައިނާގެ ދެލޮލުން ކަރުނަ ތިއްކެއް ކޯތާފަތް މަތީ ދަތުރު ކޮށްލިއެވެ. މިއޮށްހާ ދުވަސް ވަންދެކަށް އޭނާ އާއި ވާހަކަނުދައްކާ އެހުރީ ޒާޔާ އެވެ. އޭނާ ޒާޔާ އާއި ވާހަކަ ދެއްކިއަސް ޒާޔާ އަޅައެއް ނުލާނެއެވެ. ދަނީއެވެ. ދަންނަމީހެއް ކަމަށްވެސް ނަހަދައެވެ. ގެޔަށް އަޔަސް ކޮޓަރިން ބޭރަކަށް ނުނުކުންނާނެ އެވެ. މިހުރިހާ ކަމެއް ކޮށްފަވެސް ޒާޔާ ބުނަނީ އޭނާ ޒާޔާ އާއި ވާހަކަ ނުދައްކަނީ ކަމަށެވެ.
“ދަރިފުޅާ.. މަންމަ ކޮންމެ ދުވަހަކު ވެސް ދަރިފުޅާއި ވާހަކަދައްކަން.. އެކަމު ދަރިފުޅު މަންމަ އަކަށް ވާހަކައެއް ނުދައްކަ.. ކުޑަމިނުން މި މަންމަ އާއި ދިމާއަށް ބަލާވެސް ނުލަ.. ދުވާލުދާ ހަތަރު ދަމު ޒާޔާ އުޅެނީ ގެއިން ބޭރުގަ.. ހަމަ އެކަނި ގެޔަށް އަންނާނީ ރޭގަނޑު ދަންވީމަ، ނިދަން.. މަންމަ ކޮންމެ ދުވަހަކު ރޮން.. ދަރިފުޅު މަންމަ އާއި ވާހަކަ ނުދައްކާތީވެ.. އެނގޭ ޒާޔާ ތީނީ މަންމަމެން ދެކެ ރުޅި އައިސްކަން.. އެކަމު މިހާރު ދެން އެކަން އެނިމުނީނު.. ޒާޔާ އަށް އެނގޭތަ.. ޒާޔާގެ ބައްޕަ ކޮންމެ ދުވަހަކު މަންމަ ކައިރީ އަހާނެ ޒާޔާ ކޮބާހޭ..؟ ޒާޔާ ވާހަކަ ދެއްކިހޭ..؟ ޒާޔާ މިހާރު ގެޔަށް އައިސް އިހޭ..؟ އަދިވެސް ޒާޔާ އެއިނީ ބައްޕަ ދެކެ ރުޅި އައިސްހޭ..؟ މަންމަ ދޭނީ ކޮންޖަވާބެއް.. ޒާޔާ ތިހެން ދަރިފުޅު ނުބުނޭ..” ޒައިނާ އަށް ހިތުގެ ހުރިހާ ޝަކުވާ އެއް ބަންޑުން ކޮށްލެވުނެވެ. އޭރު ހުއްޓުމެއް ނެތި ޒައިނާގެ ލޮލުން ދިޔައީ ކަރުނަ އަންނަމުންނެވެ. އެހާ ގިނަ ދުވަސްކޮށްފައި އަމިއްލަ ދަރިފުޅު އަނގައިން ބުނެލުމުން މައެއްގެ ހިތަށް ކުރި އަސަރުން ޝަކުވާތަށް ބަންޑުން ކޮށްލެވުނީއެވެ.
ޒައިނާ ރޯތަން ފެނުމުން ވެސް ޒާޔާ އަކަށް ގޮތެއް ވިހެނެއް ހިޔެއް ނުވެއެވެ. އޭނާ އިނީ ބަލާށެވެ. އެހެން ބަލަން ހުރެފައި ޒާޔާ ފުންމައިގެން ތެދުވިއެވެ. ޖައިލަމް ވެސް އިނީ ވާނުވާގައެވެ. ޒާޔާގެ އުޅުމަށް އައިސް ހުރި ބަދަލު ތަކެވެ.
“އޭ މިހިރަ ލަދުކުޑަ އަންހެނާ.. ކަލޭ ކޮން ދޮގު ތަކެއް ހަދާކަށްތަ..؟ ބަލާބަލަ މަށޭ ކިޔައިގެން ހަދާ ހަޔާތް ކުޑަ ދޮގުތަށް.. ބަލަ މަތަ ކަލޭމެންނާ ވާހަކަ ނުދައްކަނީ..؟ މަ ބާކީ ކޮށް އެކަހެރި ކޮށްލާ ތާކުއެއް މަށެއް ނުހުންނާނަން.. ހަޔާތް ކުޑަ.. ދެން މަށޭ ކިޔައިގެން އެއްމެ އެއްޗެކޭ ބުންޔަސް އެނގޭނެ ހަދާލާނެ ގޮތް.. ދެން ކަލޭގެ ތިޔަ ލޯދިބާ ފިރިމީހާ ކާރީ ބުނޭ، މަ ކޮންމެ ގޮތަކަށް އުޅުނަސް އޭނަޔަކަށް ކިޔެއްހޭ.. ކަލޭ މެން ދެމީހުންނެއްނު މަ އެކަނި ކޮށް މަށާ ވާހަކަ ނުދައްކަނީ..” ޒަޔާ ހަރުކަށި ރާގެއްގައި ބުނެލިއެވެ. އޭނާގެ ދުލުން ބޭރުވި ބަސްތަށް އަޑުއިވިފައި ޖައިލަމް އާއި ޒައިނާ ތިބީ ހައިރާންވެފައެވެ. މިއީ އަނެއްކާ ހަމަ އޭނާ ބަނޑުއަޅައި ވިހޭ ޒާޔާ ހެއްޔެވެ؟
ފޯނާއި އޭނާ ކާން އިން ޕެކްޓް ހިފައިގެން ޒާޔާ ވަދެގެން ދިޔައީ ގޭތެރެއަށެވެ. ޒައިނާ އިނީ ގަނބު އަރާފައެވެ. ޒާޔާ އަށް އެވީ ކިހިނެއް ހެއްޔެވެ؟ ޒާޔާ އެކިޔަނީ ކީކޭ ހެއްޔެވެ؟ އޭނާ އަށް ހަމަ ޔަޤީނެވެ. ޒާޔާ އެއްމެ ދުވަހަކު ވެސް އޭނާ އާއި އަސްރަފް އަށް އަނގައިން ވެސް ބުނެ ނުލައެވެ. މިހާރު ޒާޔާ އެވާހަކަތައް މުޅިން އިނދިކޮޅަށް ޖެހީއެވެ.
ޖައިލަމް ވެސް ޒާޔާ ފަހަތުން ހިގައިގަތެވެ. އޭނާ ވެސް އިނީ ޒާޔާ ދެއްމެ ކަންތަށް ކުރިގޮތުން ހައިރާންވެ އަންތަރީޒް ވެފައެވެ. އޭނާ އަށް ވެސް ޤަބޫލު ކުރެވުނީ ޒައިނާ ދެއްކި ވާހަކައެވެ. ޒާޔާ އަކީ ދެފަހަރު ހަމައަކަށް ގޭގައި ހަރުނުލާ ކުއްޖެކެވެ. މައިންބަފައިންނާއި އަނގައިން ނުބުނާތާ 1 އަހަރު ވެދާނެއެވެ. އޭނާ ވެސް އެކަން ދަނެއެވެ.
އާކިފް ތައްޔާރު ވަމުން ދިޔައީ ކައިސާން އާއި އެކީ ހަވީރު ބޭރަށް ގޮސްލުމަށެވެ. ކައިސާން ކައިރީގައި އޭނާ ސެހްރިޝް އާއި ކައިވެނި ކުރަން އުޅޭ ވާހަކަ ބުނަން އޭނާ ބޭނުމެވެ. އެކުވެރިޔާގެ ހިޔާލު އަހާލަން އޭނާ ބޭނުމެވެ. ގަދަ ނޫކުލައިގެ އަތް ދިގު ޓީޝާޓް އަކާއި އެކީ ޖިންސް އަކާއި ހާވާލެވިފައިވާ އިސްތަށިގަނޑުން އާކިފް ފެންނަނީ ފުރާވަރު ކުއްޖެއް ހެންނެވެ. ގަޔަށް ސެންޓް ކޮޅެއް ބުރުވާލާފައި ފޯން އާއި ކާރު ތަޅު ދަނޑި ހިފައިގެން އާކިފް ނުކުތީ ބޭރަށެވެ. އޭރު ސިޓިން ރޫމް ތެރެ ރީތި ކުރުމުގައި ލިވީ އުޅެއެވެ. އާކިފް އަންނަތަން ފެނުމުން ލިވީ އަވަހަށް އެއް ފަރާތަށް ޖެހުނެވެ. އާކިފް ނުކުމެގެން ދަމުން ދިޔައީ ލިވީ އާއި ދިމާއަށް ހިނިތުންވެލާފައެވެ.
ކާރު ގޮސް މަޑުކޮށްލީ ތާރާ މެން ގޭ ކުރިމައްޗަށެވެ. އޭރު ސެހްރިޝްގެ އިންތިޒާރުގައި ތާރާ އިނީ ޕޭމެންޓްގެ އެއްފަރާތުގައި އިންދާފައިވާ ފިތުރޯން ގަހުގެ ހިޔަލުގައެވެ. “ޗުސް” ކަޑާލާފައި ތާރާ އައިސް ކާރަށް އެރިއެވެ. ތާރާ އެރުމުން ސެހްރިޝް ދުއްވާލިއެވެ.
“ހޫމް ކިހިނެކޯވީ..؟ ކޮބާޔޭ ބޮޑު ހަބަރަކީ..؟” ތާރާ ސީޓް ގައި ހަމަޖެހިލުމަށް ފަހު ސެހްރިޝް އާއި ދިމާއަށް އެނބުރުނެވެ.
“މިއަދު ހެނދުނު އަހަރެން މަންމަމެން ކާރީ ބުނީ ކައިވެންޔަށް އެއްބަސް ވާހަކަ ދޯ.. ދެން ބައްޕަ ވެސް މަންމަ ވެސް ވަރަށް އުފާވި..” މަގަށް ނަޒަރު ސީދާ ކޮށްގެން ހުރެ ސެހްރިޝް ކިޔާދެމުން ދިޔައެވެ.
“ދެން އަހަރެން މިއެހީ ދޯ ކާކާހޭ މެރީ ކުރަނީ.. އެންޑް ގެސް ވަޓް ހީ ސެޑް..؟” ސެހްރިޝް އަޑަށް ބާރު ލާފައި އަހާލިއެވެ.
“ކާކު..؟” ތާރާ އިނީ ކާކުތޯ އިނގެން ކެއްމަދު ވެފައެވެ.
“އާކިފް..” ސެހްރިޝް އެހެން ބުނުމުން ތާރާ އަކަށް ނޭނގުނެވެ.
“ކައިސާންގެ ބެސްޓީ..” ސެހްރިޝް އެހެން ބުނުމާއި އެކީ ތާރާ އަށް އެނގުނެވެ. އޭނާ ހީގަތެވެ. ސެހްރިޝް އަށް މަލާމާތް ކުރާ ކަހަލަ ގޮތަކަށެވެ.
“މަޖައެއް ނޫން.. އެއީ އަހަރެންގެ ފްރެންޑް އެކޭ.. ދެން ކުއްލިއަކަށް މެރީ ކުރީމަ ހާދަ.. އީރްރް އޭ..” ސެހްރިޝް މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ.
“އައި އަންޑަސްޓޭންޑް..” ތާރާ ހުނުން ކޮންޓްރޯލް ކުރަމުން ބުނެލިއެވެ.
ދެމީހުން ވެސް އިށީންދެލައިގެން ތިބީ މޫދުފެންނަގޮތަށް ބަނދަރު ކައިރީ ޖަހާފައި ހުރި ބެންޗް ތަކެއްގައެވެ. ދެމީހުން އަތުގަ ވެސް ދަޅެއް އޮތެވެ. އެކަކުވެސް ވާހަކަ އެއް ނުދައްކައެވެ. ދެމީހުން ވެސް ތިބީ ކުރިމަތިން ފެންނަން އޮތް ގުދުރަތީ ރީތި މަންޒަރަށް ގެއްލިފައެވެ.
އިރުއޮށްސެމުން ދާއިރު އިރުގެ ދަޅަތަށް އެޅިފައިހުރީރު އޭގެ ރިފްލެކްޝަން އޮތީ މޫދަށް އެލީފައެވެ. މޫދުގެ ކުދި ކުދި ރާޅު ބާނި ތަކާއި އެކީގައި އިރު ފެންގަނޑުން ފެންނަން އޮންނާއިރު ވަރަށް ވެސް ހުވަފެނީއެވެ.
“ދެން މެރީ ކޮށްގެން ނޯމަލް ދިރިއުޅުމެއް އުޅެން ޓްރައި ކުރޭ..” އެއްމެ ފަހުން އެދެމެދުގައިވީ ހަމަހިމޭން ކަން ދުއްވާލީ ކައިސާންގެ އަޑުންނެވެ.
“ތިހެން ވެސް ހެދިދާނެ.. އެކަމު އަހަރެންނަށް ސެހްރިޝް ދެކެ ލޯބި ވެވިއްޖެއްޔާ..؟” އާކިފް ކައިސާން އާއި ދިމާއަށް ބަލާލީރު އެމޫނުމަތިން ނުތަނަވަސް ކަން ފެންނަން ހުއްޓެވެ.
“އޭރުން ރަގަނޅެއްނު.. އެކަމު ހާދަ އަވަހަކަށް ލޯބިވަނީ އޭ ތިކިޔަނީ.. މަށަކަށް ހިޔެއްނުވޭ ކަލޭ ސެހްރިޝް ދެކެނީ ހަމައެކަނި އެކުވެރިއެއް ގޮތުގަ ހެނެއް..” ކައިސާން ލާނެތް ގޮތަކަށް ހީލަމުން މަޖާވެ ހުރެމެ އަހާލީ އާކިފް އާއި ދިމާއަށް ޝަހާދަަތް އިނގިލި ދިއްކޮށްގެން ހުރެއެވެ.
“އޭ ތިކަޑަވަނީ އޭ.. މީހަކު ދެން ހިތުގައި އޮންނަ އޮންނަ އެއްޗެއް ބުނެލަފާނެ ދޯ..” އާކިފް އަމިއްލަ މީހާގެ ދިފާއުގައި ބުނެލިއެވެ.
“އުހުން އުހޫން.. ތިހެން ބުންޔަކަސް ޤަބޫލެއް ނުކުރެވެ.. އެކަހަލަ އެއްޗެހި ހިތަށް ވެސް އަރާނީ ހަމަ އެހެންކަމެއް ހިތުތެރޭ އޮތީމަ..” ކައިސާން ހެމުން ހެމުން ކިޔަމުން ދިޔައެވެ.
“ކަލޭ ތިހެން ކިޔަންޔާ މަށަށް ވެސް މިހެން ކިޔުމަށް ހައްޤު އެބައޮތް..” އާކިފް އެހެން ބުނެލުމުން ކައިސާން ހުނުން ހުއްޓާލާފައި ބަލާލިއެވެ.
“ކީކޭ..؟”
“ކަލޭ ތާރާ އޭ ކިޔައިގެން އަބަދު އަނގަތަޅަނީ ކަލޭ ވެސް ތާރާ ދެކެ ލޯބިވީމަ..” އާކިފް އެހެން ބުނެ ހޭންފެށިއެވެ.
“އާން.. މަ އޭނަ ދެކެ ލޯބިވެއޭ ބުނެފިއްޔާ ކަލޭ ކީއްކުރާނީ..؟” ކައިސާން މޭމަތީގައި ޖަހާލަމުން އަހާލިއެވެ.
“ކުރެވޭނެ ކަމެއް ނެތް އެކަމު ދެން ތި އެއްބަސްވީއޭ އިނގޭ..” އާކިފް ނުލަފާ ގޮތަކަށް ހިނިތުންވެލަމުން ކައިސާން އާއި ދިމާއަށް ބަލާލިއެވެ.
ދެއެކުވެރިން ވެސް ހީސަކަރާތް ޖަހަމުން ދިޔައިރު ދުރުނޫން ހިސާބެއްގައި ލަޔާން ބަލަން ހުއްޓެވެ. ކައިސާން ފެނުމުން ލަޔާން އަަކަށް ނޭނގުނެވެ. އަނެއްކާ އެއީ ކާކުހޭ އޭނާގެ ހިތަށް އެރިއެވެ. އެހެންމަ ލިވީ ބުނީ ހަމަތެދެކެވެ. އާކިފް ހަމަ އަސްލަށް ވެސް އެއުޅެނީ ކައިވެނި ކުރާށެވެ. އެކަމު އަދި އާކިފް ކައިވެނި ކުރާރަށް އޭނާގެ މަސަށްކަތެއް ނުފަށާނެއެވެ. މިހާރު ދާނީ ގާތުން ބަލަމުންނެވެ. ދެނެގަންނަމުންނެވެ. އެނގިގަންނަމުންނެވެ. ފަހުން ފިޔަވަޅެއް ނަގާނީ އެވެ. އާކިފް އާއި ސެހްރިޝްގެ މެދުގައި ލޯބި އުފެދުނީމައެެވެ. ލަޔާން އަށް އެނގޭހާވެސް ކަމަކީ އެކަންތަށް ވުމަށް މާގިނަ ދުވަހެއް ނުވާނެ ކަމެވެ. އޭރުން އޭނާ އާކިފް އަށް ބަދަލު ހިފާނީ އެވެ. ދުވަހަކު ވެސް އާކިފް ހީނުކުރާ ގޮތަކަށެވެ.
ޒާޔާ މެން ކޮޓަރި ތަޅުގައި ހިފާލީރު ހުރީ ތަޅުލާފައެވެ. ޖައިލަމް މަޑުމަޑުން ޓަކިދިނެވެ. އެތެރެއިން ކާކުހޭ އަހާލި އަޑުއިވުމުން އޭނާ އެއަށް ޖަވާބު ދިނެވެ. ޒާޔާ އައިސް ދޮރު ހުޅުވާލުމުން ޖައިލަމް އަށް ހިތްހަމަ ޖެހުމުގެ ނޭވާ އެއް ދޫކޮށް ލެވުނެވެ.
“ވަންނާނީތަ ނޫނީ އަނެއްކާ ތަޅުލާންވީތަ..؟” ޒާޔާ އެހެން ބުނުމުން ޖައިލަމް ޒާޔާ އާއި ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ. ޒާޔާ ވަގުތުން ފަހަތަށް ޖެހުނެވެ. ޖައިލަމް ކުރަން އުޅޭ ކަމެއް ނޭނގޭތީވެ އޭނާ އިނީ ވިސްނައިގެންނެެވެ. ޖައިލަމް ކުރިޔަށް އެޅި ކޮންމެ ފިޔަވަޅަކާއި އެކީ ޒާޔާ ނަގަނީ ޖައިލަމް އާއި ދުރަށް ފަހަތަށް ފިޔަވަޅެކެވެ. ޖައިލަމް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ކުރިން ޒާޔާގެ މޫނު މައްޗަށް އަރާ ރުޅި ވެރިކަމުގެ އަސަރެއް މިހާރަކު ނުފެނެއެވެ. އެކަމާއި ވެސް ޖައިލަމް ކުޑަކޮށް ހައިރާންވިއެވެ.
އެގޮތަށް ފަހަތަށް ފަހަތަށް ޖެހެމުން ގޮސް ޒާޔާ ޖެހުނީ ޑްރެސިންޓޭބަލްގައެވެ. ޖައިލަމް އައިސް ޒާޔާ އާއި ދާދި ކާރީ ހުއްޓިލާފައި އޭނާގެ ދެއަތް ޑްރެސިންޓޭބަލްގެ ދެފަރާތުގައި އަޅުވާލިއެވެ. ޒާޔާ އިނީ ޖައިލަމް އާއި ޑްރެސިންޓޭބަލް އާއި މެދުގައި ހައްޔަރު ވެފައެވެ. އިރުކޮޅަކު ބަލަން ހުރެފައި ޒާޔާ އޭނާގެ ދެއަތް ވެސް ޖައިލަމްގެ ކަރުގައި ވަށާލިއެވެ. އަދި ލޯބިން ފުރިގެންވީ ނަޒަރަކުން ބަލާލިއެވެ. ޒާޔާގެ މިއަމަލުން ކިތައްމެހާ ވެސް ހައިރާންކަން ޖައިލަމް އަށް ލިބުނެެވެ. ހަމައެއާއި އެކީ ހިތަށް ހަމަޖެހުންވެސް ލިބުނެވެ. ޒާޔާ ބަލަން އިންގޮތުން އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން ޖައިލަމް އަށްވީ އުނދަގޫ ކަމަކަށެވެ.
“ޒާޔާ ކީއްވެ މަންމައަށް އެހެން ހެދީ..؟” ޖައިލަމް އަހާލިއެވެ.
“އަހަރެން ގާތަށް ރުޅި އައީ މަންމަ ދޮގުހެދީމަ..” ޒާޔާ ޖައިލަމްގެ ކޮލުގައި މަޑުމަޑުން ފިރުމާލަމުން ބުނެލިއެވެ. ޖައިލަމް އަށް ކެއްކުރަން އިތުރަށް އުނދަގޫވިއެވެ.
“އެކަމު ޒާޔާ އަމިއްލަ އަކަށްނު މިއޮށްހާ ދުވަސްވީއިރުވެސް މަންމަ އާއި އަނގައިން ނުބުނެ ހުރީ..” ޖައިލަމް ބެލީ ޒާޔާ އަށް ވިސްނައިދެވޭތޯއެވެ.
“ޖައިލަމް ވެސް ނަގަނީ މަންމަ ފަރާތްތަ..؟ އަހަރެން ދައްކާވާހަކައެއް ޖައިލަމް އެއް ގަބޫލެއް ނުކުރަން ދޯ..” ޒާޔާގެ ދެލޮލުން ފެނިގެން ދިޔަ މައުސޫމް ކަމުން ޖައިލަމް އަށް އިންކާރު ކުރާކަށް ނުކެރުނެވެ. އޭނާ ލަސްލަހުން ބޯ ހޫރާލިއެވެ.
“އެކަމު ދެން ޒާޔާ ތިގޮތަށް އެއްޗެހި ކީމަ މަންމަ ކިހާ ދެ-” ޖައިލަމް އަށް ޖުމްލަ ފުރިހަމަ ނޮކޮށް މަޑުކޮށްލަން މަޖުބޫރުވީ ކުއްލިއަކަށް ޒާޔާ އޭނާގެ ތުންފަތަށް ބޮސް ދިނުމުންނެވެ. ޖައިލަން އިނީ ޤަބޫލު ނުކުރެވިފައެވެ. މިއީ ހަމަ ޒާޔާހޭ އޭނާ ހިތަށް އެރިއެވެ. ނަމަވެސް ދެނެއް އޭނާ އަކަށް ކެތެއް ނުކުރެވޭނެ އެވެ. ކެއްކުރަންވެގެން ހިފާއްޓާލަންގެން ހުއްޓާވެސް ޒާޔާ އެކަންވެސް ފުޑުފުޑު ކޮށްލީއެވެ. ވަގުތުން ޖައިލަމް ދެމީހުންގެ ތުން ގުޅުވާލިއެވެ. ޒާޔާ ވެސް ދިޔައީ އެއަށް ރައްދުދެމުންނެެވެ. ޒާޔާގެ ރުހުމާއި އެކީ މިފަހަރު ޖައިލަމް އަށް ކަންތަށް ކުރެވެމުން ދާތީވެ އޭނާ އިނީ އުފަލުންނެވެ. އެހެން ނޫނީ އޭނާ ކަންތަށް ކުރަނީ ޒާޔާ ދެކޮޅު ހަދައި ގަދަ ދައްކަނި ކޮށެވެ. ޖައިލަމް ޒާޔާގެ އުނަގަނޑުގައި ހިފައި އޭނާ އާއި ގާތަށް ލަފާލިއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Zaayaa and jailam so cute 🙂
Alhey zaaya mom men ah ehn nuhadhabala dhen 😓
By the way I am first….
Curiously waiting for next part
Whn nxt..!????
Lysm and Tc my lovely author 😄😍
V loabi dhw edhekudhin! 😊
You are first, again!! 💜
Next part will be after sunday!! 😭
Love you more! 😘
You also take care! 💚
Awwnn Zaya and jailam wauu 💖
Aakif and sehrish ah ves Adhi lwbi veveyne
Kaisaan vx Tara dheke lwbi vey dhw.. 😉
Zaya mom ah ehen nuhadhaa hadha dhera vaane eyy
Curiously waiting for the next part when’s next??
Lyyy and Tc gurllyy 💗
They are cute dhwww!! 💙😭
Igenethaa dhw sehrish and aakif ah vaane goii! 🤭
Yaa he likes tara!! 😄
Next part after sunday!! 😭
Love you more and you also take care my babyy!! 💜💚💙
Muxo I ‘m buxy now that’s why I don’t have time for anything…!!!💛💛
Free vee dhuvahakun Dude, I ll give some lovely comment section…xxx 😁
Bye ,Tc if you r self
Tysm
🖤🖤🖤🖤
Its okay.. Take your time my dear! 🥰