Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 42

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
February 6, 2026 13 Mins Read
20 Comments

އެއް އަތުން ކުޑަ ހިފައިގެން އަނެއް އަތުން ފޮށި ދަމަމުން އަރީން މަގުމަތީގައި ހިނގައިފައި ދިޔައީ ޙާލެއްގައެވެ. ވަކި މިސްރާބެއް ނެތި ހިނގަމުން ދިޔަ އިރު އެ ހިތުގައިވީ ރިހުން ކަރުނައިގެ ސިފައިގައި ބޭރުވަމުން ދިޔައެވެ. ވަކި ހިސާބަކުން ކަފިހި ހުރަސް މަތިން ހިނގާފައި ދަނިކޮށް އޭނާގެ އަތުން ކުޑަ ދޫވެގެން ވަޔަށް ގޮސް ގަހެއްގައި ހަރުލިއެވެ. މިހާރު ވެސް ވާވަރަށް ތެމިފައިވުމުން އަރީން އެ ކުޑަ ބަލައިދާކަށް ގަސްތެއް ނުކުރެއެވެ. އެ ވަގުތު އޭނާގެ މޫނުމައްޗަށް ދުއްވާ އުޅަނދެއްގެ އަލި އެޅުނެވެ. ހުރެވުނީ ރަނގަޅު ވިސްނުމެއްގައި ނޫން ކަމުން އޭނާއަށް ދެލޯ މަރާލެވުނީއެވެ.

އާފިޔާ އަށް އަރީން ކުއްލިއަކަށް ފޮއްޓެއް ހިފައިގެން ނުކުތް މަންޒަރު ފެނުނީ ކޮޓަރިން ނުކުތް ވަގުތެވެ. ދުވެފައި ގޮސް ގެއިން ނުކުތް އިރު އަރީން ޖެހުނުތާ ލަކުނު ވެސް ނެތެވެ. މި ވީ ގޮތެއް އޮޅުން ފިލުވަން އޭނާ ސިޑިން މައްޗަށް އަރާ ޒަވިއަންގެ ކޮޓަރިއަށް ވަނެވެ. އާފިޔާ އަށް ފެނުނީ އިސްތަށިގަނޑަށް އަތް މަހާލައިގެން ގެއްލިފައި އިން ޒަވިއަނެވެ.

“ދަރިފުޅާ! ކިހިނެއް ވެގެންތަ މި އުޅެނީ؟ ކީއްވެތަ އަރީން ނުކުމެގެން ދިޔައީ؟” އާފިޔާ އެއްސެވެ. ޒިޔާދު އައިސް އެ ކޮޓަރިއަށް ވަނީވެސް އެ ވަގުތެވެ.

“އޭނާ ނުކުމެގެން ދިޔައީނުން. ދެން ތުރާ ކުރާކަށް ނާންނާނެ ކަންނެ.” ޒަވިއަން އަސަރެއް ނެތް ގޮތަކަށް ބުނެލިއެވެ. ޒިޔާދު އައި ރުޅިން އަޑަށް ބާރުލައިފައި ޒަވިއަނަށް ގޮވާލިއެވެ. “ކީއްވެގެންތަ ތިހެން ތި އުޅެނީ؟ ރީއްކޮ އަކީ ކިހާ ރަނގަޅު ކިޔަމަންތެރި ކުއްޖެއްތަ؟ އެކަހަލަ ޖަވާހިރެއް ލިބުނު ކަމަށް ޝުކުރުވެރިވާން ޖެހޭނެ.” ޒިޔާދު ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“ބައްޕަމެންނަށް ޖަވާހިރަކަށް ވިޔަސް މަށަށް އެއީ އަގެއް ނެތް އެއްޗެއް. އަޒާގެ ގާތިލާއި ކައިވެނި ހަމަޖެއްސުން އެއީ މަންމަމެންގެ މައްސަލައެއް. ކީއްކުރަންތަ އޭނާ ރައްކާތެރި ކުރަން ބޭނުންވެގެން އުޅެންޏާ މަށާ ކައިވެނި ކުރުވީ؟ އޭނ. މި ކައިވެނި ނުކުރިނަމަ މިކަހަލަ ކަމެއް ނުވީސް.” ޒަވިއަން ރައްދުގައި ބުނެލިއެވެ. ހިތްހަމަނުޖެހިފައި ހުރި ނަމަވެސް އަރީންގެ މޫނު ހުރިގޮތް ލޯމައްޗަށް ސިފަވުމުން އެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. ކުށްވެރިކަން އިހުސާސް ކުރެވޭން ފަށައިފިއެވެ. އަރީނާއި ދިމާލަށް މިއަދު އެހެން ބުނެވުނު ކަމާއި މެދު ދެރަވެއްޖެއެވެ. އެ އެޅުވުނީ ނުޙައްޤު ޒިނޭގެ ތުހުމަތެއް ކަން ރެއަކާ ލުމުން މޭގައި ތޫނު ރިހުމެއް އުފެދިއްޖެއެވެ. ކިތަންމެ ނަފުރަތު ކުރިޔަސް އެ ބަނޑުތެރޭ އޮތީ އޭނާގެ ދަރިއެކެވެ. ކުށެއް ނެތް ޅަ ފުރާނައެކެވެ. އަރީނަށް ކުރާ ނަފުރަތު އެކުއްޖާ އާއި އަމާޒުކުރަން އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟

“ޒަވިއަން! ކިތައް ފަހަރު ބުނެގެންތަ އަޑު އިވޭނީ ޒައްކޮ މަރާލީ ރީއްކޮއެއް ނޫނޭ. ވަރަށް މަސައްކަތް ކުރިން ޒަވިއަނަށް ޙަޤީޤަތް ނުބުނެދީ ހުރެވޭތޯ. މިހާރު ނެތް ކަންނެ ނުބުނެ ހުރެވޭކަށް. ނިކަން މި ބަލާފަ އަޑު އަހާބަލަ.” ޒިޔާދު އޭނާގެ ފޯނުން ސްކްރީންޝޮޓާއި ވީޑިއޯތަކެއް ހުރި ފޯލްޑާއެއް ހުޅުވައިފައި ދިނެވެ. އެ އެއްޗެހި ބަލަމުން ދިޔަ ވަރަކަށް ޒަވިއަންގެ މޫނުމަތީގައި ހުރި ކުލަވަރު ބަދަލުވަމުން ދިޔައެވެ. މުޅި މީހާ ދާހިއްލާލައި ހަށިގަނޑުން ތުރުތުރު އަޅަމުން ދިޔައެވެ. އެ ހާދިސާގެ ޙަޤީޤަތް އެނގެމުން ދިޔަ ވަރަކަށް އޭނާގެ ގައިން ވަރު ދޫވަމުން ދިޔަހެން ހީވިއެވެ.

“ކީއްވެ؟ ކީއްވެހޭ މި އެއްޗެހި ކުރިން ނުދެއްކީ؟ މި ކަހަލަ މުހިންމު ކަމެއް ސިއްރު ކުރީ ކީއްވެ؟ ރީން…  އަހަރެން އަނދިރީގަ ބެހެއްޓީމަ އެ ކުއްޖާ އަށް ހާދަ ވަރެއް ކުރެވިއްޖޭ. އަހަރެންނަކީ އެއް އިރެއްގަ ވެސް ރުޅި ކޮންޓްރޯލް ކުރެވޭ މީހެއް ނޫން. އަރީން ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ލޯ މައްޗަށް ސިފަވަނީ ޒައްކޮ. އެހެންވެ…” ޒަވިއަން ވާހަކަ ދައްކަމުން ގޮސް ލޮލުން ކަރުނަ އައެވެ. އަމިއްލަ ނަފްސަށް އަޑުލަމުން އޭނާ މޭގައި ތަޅައިގަތެވެ. އޭނާ އަރީނާއި ދިމާލަށް ބުނެލާ ވިހަގަދަ ބަސްތައް އެ ސިކުނޑީގައި ގުގުމަމަން ފެށިއެވެ. އަރީން ދެރަވެ ހިތާމަ ކުރާނެ ވަރު ހިތަށް އަރާ ފުރަތަމަ ފަހަރަށް އޭނާގެ ކޮންޓްރޯލް ކުރަން އުނދަގޫ ރުޅިއަށް ނަފްރަތުކުރެވުނެވެ. އަމިއްލަ ދޫ ކަނޑިއެއްހާ ތޫނު ވުމުގެ ނަތީޖާ ހިތިކަން މިއަދު އިހުސާސްވެއްޖެއެވެ.

“މަންމަ މެންނަށް މާފު ކުރޭ. ލޯބިނުވާއިރު ކައިވެންޏަށް ބާރު އެޅުމަކީ ނުރަނގަޅު ކަމެއް ކަން މިއަދު ވިސްނިއްޖެ. މަންމަމެންނަށް މާފުކުރޭ. ދަރިފުޅު މި މީހުންނާ ދެކޮޅަށް ގޮސްފާނެތީ މި ކަންތައްގަނޑުގެ ޙަޤީޤަތް ނުބުނީ. މަންމަގެ ދެން ހުރި ހަމައެކަނި ދަރިފުޅު ގެއްލިގެން ގޮސްފިނަމަ މޮޔަވެދާނެ. ރީއްކޮ އާއި މި އާއިލާ އަށް އިތުރު ދެރައެއް ލިބެން ބޭނުން ނޫން ނަމަ އެމީހުންނާއި ކުރިމަތިނުލާތި. އަހަރެމެން ގޮތުގައި ހިފެހެއްޓީމަ އެހުރީ ޒައްކޮއަށް ހަދާލި ގޮތް. ދަރިފުޅު އިތުރަށް ދެކޮޅަށް ނުކުތިއްޔާ ދެން އެ ޙާލުގައި އޮއްވާ ފެންނާނީ ރީއްކޮ ނޫން ކަމެއް ނޭނގެ.” އާފިޔާ ޒަވިއަންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“އަހަރެންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅުނަސް ހެވޭ! މި ކަންތައް ސިއްރު ނުކުރިނަމަ އަހަރެންގެ ނަފުރަތު އަރީނަށް އަމާޒު ނުވީހޭ. އާހް. މަށާ ހެދި ރީ…ން. ރީންގެ ވާހަކަތައް އެހުނު ނަމަ. ޙަޤީޤަތް ހޯދަން މަސައްކަތް ކުރެވުނު ނަމަ. އެހާ ނާޒުކު ފައްތަރެއްގައި ގުޅުން އޮއްވާ ކައިވެނި ނުކުރެވުނު ނަމަ.” ފުން ނޭވާތަކެއް ލަމުން ޒަވިއަން ފަހަތަށް ޖެހެމުން ގޮސް މުށިގަނޑު މައްޗަށް ތިރިވެވުނެވެ.

އަރީން ދެލޯ ހުޅުވާލީ މީހަކު ގޮވާލި އަޑަށެވެ. އޭރު ކުރިމަތީގައި ހުރީ ގޮތް ނޭނގޭ ފިރިހެނެކެވެ. އިސްތަށިގަނޑު އޮތީ ކުރުކޮށް ކޮށާލައިފައެވެ. ތުނބުޅި ވަނީ ތުނިކޮށް ޓްރިމް ކޮށްލެވިފައެވެ. “ތިއީ ހަމަ އަރީން ދޯ. އެހެން ހީވެގެން މި ނުކުތީ. ކާރަށް އަރަން ވީނުން. ބުނާ ތާކަށް ގެންގޮސްދޭނަން. މިހެން ވާރޭގަނޑު ތެރޭގައި ހުއްޓާ ބަލިވެދާނެ.” ކުޑައަކުން އަރީންގެ ބޯމަތި ހިޔާކޮށްލަމުން އެ މީހާ ބުނެލިއެވެ. “ސޮރީ. އެކަމަކު ތިއީ ކާކު ކަމެއް ނޭނގުނު.” އަރީން ބުނެލިއެވެ. “މިއީ ރައުފާނޭ. ބަދަލުވެފަ ހުރީމަ ނޭނގުނީ ދޯ. ދެން ވެސް ލަސްނުކޮށް އާދޭ.” ރައުފާނު ބުނެލިއެވެ. އަރީނަށް އެއީ ރައުފާނު ކަން އެނގުމުން އަޖައިބުވެ އަންތަރީސް ވާ ވަރު ވިއެވެ. އެ ޕާޓޭ ވައްތަރު ޖަހާ މީހާ ތަފާތު ކަމުން މީހަކަށް ވަކި ކުރަން ވެސް އުނދަގޫ ވާހާ ވެއެވެ. އަރީން ގޮސް އެ ކާރުގެ ފަހަތު ބަޔަށް އެރުމުން ރައުފާނު އަރީންގެ ފޮށި ޑިކީ އަށް ލިއެވެ.

“ކޮން ތަނަކަށް ގެންގޮސްދޭންވީ؟” ރައުފާނު އެއްސެވެ. ވިސްނާލުމަށް ފަހު އަރީން ބުނީ ޑައިމަންޑް ސްކައި ހޮޓެލަށް ގެންގޮސް ދިނުމަށެވެ. އެތަނުގައި އޭނާގެ ނަން މަތީގައި ވީއައިޕީ ރޫމެއް ހުންނާނެއެވެ. އެއީ ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި އަރީނަށް ޒިޔާދު ދިން ރޫމެކެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭ އޭރު އެހީވި ކަމަށް. އަހަރެންނަށް މިއައި ހެޔޮ ބަދަލުގެ ފަހަތުގައި ވަނީ އަރީން. ހިޔެއް ވެސް ނުކުރަން ރީހެބިލިއޭޝަން ނަގައިގެން މަސްތުވާތަކެއްޗާއި ދުރުހެލިވެވިދާނެކަމަކަށް.” ކާރުގައިވީ ހަމަހިމޭންކަން ނައްތާލީ ރައުފާނެވެ. އަރީން ވަކި އެއްޗެއް ނުބުނެއެވެ. ދެރަވެފައި ހުރި ވަރުން އޭނާ އަށް ބުނާނެ އެއްޗެއް ނޭނގުނީއެވެ. ރައުފާނު ވެސް އިތުރަށް ވާހަކަ ނުދެއްކީ އަރީންގެ މޫނުމަތީގައި ވީ ހިތާމަވެރިކަން ފާހަގަވުމުންނެވެ. މަންޒިލާއި ހަމައަށް ފޯރުމުން ޝުކުރު އަދާކޮށްލައިފައި އަރީން ނުކުމެގެން ދިޔައީއެވެ.

“ވީއައިޕީ ރޫމް ނަންބަރ 2 ގެ ކީ ކާޑް ލިބިދާނެތަ؟” ފޯނު ނަގާ ޑޮކިޔުމެންޓެއް ދައްކާލަމުން އަރީން ބުނެލިއެވެ. “އޯހް. އާނ. މި އޮތީ. މިސް އަރީން. އަޅުގަނޑާއި އެކު ހިންގަވާ.” ރިސެޕްޝަންގައި އިން ކުއްޖާ އަށް އެ ފެނުމުން ތެދުވެ ހިނގައިގަތެވެ. އެ ކުއްޖާ އަރީންގެ ފޮށީގައި ހިފައިފައި ގޮސް ލިފްޓަށް އެރިއެވެ.

އެ ޔުނިޓަށް ވަދެ ދޮރު ލޮކް ކޮށްފައި އަރީން ވަނީ ކޮޓަރިއަށެވެ. ހެދުން ބަދަލު ކުރާކަށް އޭނާ ނޫޅުނެވެ. މާބަލް ތަޅުން މަތީގައި އިށީނދެ އޭނާ ހިތަށް ލުއި ވޭތޯ ހިފަހައްޓައިގެން ހުރި ކަރުނަތައް ދޫކޮށްލިއެވެ. މޭގައި އަތް އަޅައިގެން ގިސްލަ ގިސްލައިފައި ރޮމުން ދިޔަ އިރު ޒަވިއަން ބުނެލި ވިހަގަދަ ބަސްތައް އެ ސިކުނޑީގައި ގުގުމަމުން ދިޔަހެން ހީވެއެވެ.

ޒަވިއަން އޭނާގެ ސިކުނޑިއަށް ބާރުކުރަމުން ދިޔަ ޚިޔާލުތަކުގެ ސަބަބުން ކޮޓަރިން ނުކުތީ ދުވެފައެވެ. ގެއިން ބޭރަށް ނުކުމެ ވެހެމުން ދިޔަ ވާރޭތެރޭގައި އޭނާ ދުވަމުން ދިޔައީ އަރީންގެ ހިލަމެއް ވޭތޯއެވެ. ބެލްކަނީގައި ބަންދު ކޮށްލެވުނު ރޭގެ ސަބަބުން ހަސްފަތާލަށް ދާންޖެހޭ ވަރަށް ހާލު ދެރަވާނީ ފިންޏަށް ކިހާ ބަލިވީމައޭ ހިތަށް އެރުމުން ޒަވިއަނަށް ރޮވުނެވެ. އޭގެ އިތުރުން ވެސް އޭނާ އަށް އަރީނަށް ދެވިފައި ހުރި އަނިޔާތަކުގެ ހަނދާން އާވާން ފެށުމާއި އެކު އޭނާ އަށް ކަރުބުޑުން ޙަޅޭއްލަވައިގަނެވުނެވެ. ދެވޭ ނުދެވޭ އެއް ނޭނގި އޭނާ އަށް ގޮސް ނުކުމެވުނީ އަތިރިމައްޗަށެވެ.

ބާރު ވައިރޯޅިތަކާއި އެކު އަންނަ ރުޅިވެރި ރާޅުތައް އަކިރިތަކުގެ މައްޗަށް މުގުރެމުން ދާ އަޑު ވެހެމުންދާ ވާރޭގެ ތެރެއަށް ގަދަވެގަނެއެވެ. ޒޫން އަޑަކުން ގަސްތައް ހޫރެމުން ދިޔައީ ނާމާން ގޮތަކަށެވެ. ދޭތެރެއަކުން ވިދާލުމަށް ފަހު އިވޭ ހޮނުގުގުރީގެ އަޑު ގުގުމައިގެން ދަނީ ހިތް ގުޑައިގެން ދާނެ ފަދަ ގޮތަކަށެވެ.

މޫދާއި ދިމާލަށް ކަޅި ހުއްޓާލައިގެން ހުރި ޒަވިއަންގެ މޫނުމަތީގައިވަނީ ބަޔާން ކުރަން ދަތި އަސަރެކެވެ. އެ ދެލޮލުން އޮހޮރެމުން ދިޔަ ހޫނު ކަރުނަތައް ވާރޭ ތިކިތަކާއި އެކުވެ ކޯތާފަތް މަތިން ތިރިއަށް ދަތުރު ކުރަމުން ދިޔައިރު އެ ސިކުނޑި ތެރޭގައި ވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. އެ ޚިޔާލު ތަކުގައި ކުލަޖެހި ރޯލުވަމުން ދިޔައީ އަމިއްލަ ދެއަތުން އަރީނަށް ކުރެވުނު އަނިޔާއެވެ. އެ ނިކަމެތި ކުއްޖާ ބަލިކަށި ކޮށްލެވުނު ގޮތެވެ. އެ ހިތްހެޔޮ މަޑުމައިތިރި ކުއްޖާގެ ހިތް ޤަތުލު ކުރެވުނު ގޮތެވެ. ކުށެއް ނެތް އެ މައުސޫމް އަންހެން ކުއްޖާގެ ނަން ހުތުރުކޮށް، ޙައްޤު ނޫން ތުހުމަތުތަކެއް ކޮށް އެކުއްޖާ ނަފްސާނީގޮތުން ހަލާކުކޮށްލެވުނު ގޮތެވެ. އާދެވުނު ރުޅިއެއްގައި ދަހިވެތި ސިންގާ އެއް ފަދައިން އެ ނާޒުކު ހަށިގަނޑުގެ މައްޗަށް ގަދަވެގަނެވުނު ގޮތެވެ. ޒަހަރަށް ވުރެ ނުރައްކާތެރި ވަށްބަހުން އަރީންގެ ހިތް ކުދިކުދި ކުރެވުނު ގޮތެވެ. އޭނާއަކީ ރަހުމެއްނެތް ވަލުޖަނަވާރަކަށް ވުރެ ނުބައި އަނިޔާވެރިއެއްކަން އިޙުސާސްވެ ޒަވިއަންގެ މޭގައި ތޫނު ރިހުމެއް އުފެދިއްޖެއެވެ. އޭނާގެ ނަފްރަތުގެ ހުޅުގައި އަނދާ އަޅިޔަށްވަމުން ދިޔަ އިރު ވެސް އަރީން ދެކޮޅަށް އިނގިލި ކުރިވެސް އުފުއްލާލައިފައި ނުވާކަން ހަނދާންވުމުން އަކިރިތަކުގެ މަތީގައި ގޮށްމުށުން ތަޅައިގަނެވުނެވެ. އަތް މެށި ލޭއަންނަމުން ދިޔަ ނަމަވެސް އޭނާގެ ފަރުވާލެއް ނެތެވެ. މި ވަރުގެ ކުޑަކުޑަކަމެއް ޒަވިއަންގެ ސަބަބުން އަރީން ތަޙައްމަލު ކުރަމުން ދިޔަ ވޭނާއި ނުބައްދަލެވެ.

“ވައި. ކީއްވެ. ކީއްވެތަ ރީން އަހަރެންގެ އަނިޔާވެރިކަމަށް ކެތްތެރިވެ އަހަރެންގެ ކުރިމަތީގައި ކުޑަވަނީ. ކަންތައް މި ހިސާބަށް އައުމުގެ ކުރިން އަހަރެންގެ މައްޗަށް ބަދަލުގައި އަތް އިސްކޮށް ހަޅޭއްލެވި ނަމަ. މައްސަލަ ބޮޑުކޮށްލާ އަހަރެންނަށް އެ ރޭގެ ޙަޤީޤަތް ކިޔައިދިންނަމަ. ތިއީ ލޯޔަރެކެއްނު، ދެން ކީއްވެ، އަހަރެންގެ އަނިޔާވެރިކަން ހުއްޓުވާފަ ކޯޓަށް ނުގެންދިޔައީ ކީއްވެ؟ ރީން ބުނިހެން ޙަޤީޤަތުގައި ވެސް އަހަރެން ދެކެ ލޯބިވާތީތަ. އެކަމަކު އަހަރެން ކަހަލަ ރަޙުމް ކުޑަ އަނިޔާވެރިއެއް ދެކެ ރީނަށް ކިހިނެތްތަ ލޯބިވެވޭންވީ. ޒައްކޯ. އައި މެސްޑް އަޕް. އައި ޓާރންޑް ޔުއަރ ބެސްޓީސް ލައިފް އިންޓު އެ ލިވިން ހެލް. ދޯސް *** ***** ހޫ ޓާރންޑް މީ އިންޓު ދިސް ޑެވިލް ބައި ފްރޭމިންގ ހަރ. އައިމް ގޮނަ ޑިސްޓްރޯއީ ޔޫ.” ދެރައާއި ރުޅިއާއި ހިތާމަ އެކުލެވިގެންވާ އަޑަކުން ޒަވިއަން އެ ހިތުގައިވީ ބަސްތައް ދުލާއި ހަމައަށް ގެނައެވެ.

ވިސްނެމުން ދިޔަ ވަރަކަށް ޒަވިއަނަށް އޭނާގެ އަމިއްލަ ނަފްސަށް ނަފުރަތު ކުރެވެމުން ދިޔައީ އިންތިހާ އަށެވެ. ގަޑީގެ ކަށި ފަހަތަށް އަނބުރާލެވޭނެ ނަމައޭ އޭނާ ހިތަށް އެރިއެވެ. އަރީނަށް އެހެން ނުހެދުނު ނަމައޭ ހިތަށް އެރިއެވެ. އިންސާނާގެ ރުޅިއަކީ އޭނާގެ އެންމެ ބޮޑު ދުޝްމަނޭ ބުނާ ބުނުމުގެ ހަގީގަތް އޭނާއަށް މިހާރު ކަށަވަރުވެއްޖެއެވެ. އެހެނަސް ފާއިތުވެގޮސްފައިވާ ވަގުތަކީ އަނބުރާ ގެނެވޭނެ އެއްޗެއް ނޫނެވެ. “ދި ޑެމޭޖް އިޒް ޑަން. އަހަރެން ދެން ކިހިނެއް ހަދާނީ؟ ރީން… އަހަރެންނަށް ދުވަހަކު ވެސް އަމިއްލަ ނަފްސަށް މާފެއް ނުކުރެވޭނެ. އެކަމް… ރީން ހިތްހަމަޖައްސައިދޭން ބޭނުން. ރީންގެ ހިތަށް ފަރުވާދޭން ކިހިނެއް ހަދާނީ. ދުވަހަކު ވެސް ހިތުގައި އެ ލައްވާލެވުނު ފުން ޒަޚަމު ފަސޭހަވާނެތަ؟ އާހް.” ޒަވިއަނަށް ކުއްލިއަކަށް އިސްތަށިގަނޑު ތެރެއަށް ލައްވާލެވިފައިވީ އަތަށް ވާން ކޮށްލެވުނީ އަރީންގެ ހިތްދަތި މޫނު ލޯމައްޗަށް ސިފަވިހެން ހީވުމުންނެވެ. އެ ރަތް ވެފައިވާ ދެލޮލެވެ. އެ ދިރުމެއް ނެތް މޫނެވެ. އެ އާދޭހުގެ ނަޒަރެވެ. އޭނާ ފެންނައިރަށް ބިރަށް ސިހޭ ގޮތެވެ.

ނިދައިފައި އޮއްވާ ފޯނު ރިންގުވާ އަޑަށް ހޭލެވި އެ ކަންފަތުގައި ޖަހާލުމާއި އެކު ޒިޔާދުބެ ދެއްކި ވާހަކައިން އިޙުސާނުގެ ދެލޮލުގައިވީ ނިދި ހަވަޔަށް އަރައިގެން ދިޔަ ކަހަލައެވެ. އެނދުން ފުންމައިގެން ތެދުވެ އޭނާ ގުޅާލީ ލީވާނަށެވެ. “އޭތް ބްރޯ. ވަރުގަދަ ކަންތައްގަނޑެއް މި ޒެވް ހިންގާލައިގެން އެބަ އުޅޭ. އާދެބަލަ މަށާ އެއްކޮށް އެ ގޮލާ ފެނޭތޯ ބުރެއް އަޅާލަން. ދާނެހެން ހީވާ ތަންތަނަށް ގޮސްލަން.” އިޙުސާނު ކާރު ތަޅުދަނޑި ހިފައިގެން ގެއިން ނުކުތީ ފޯނު ކަންފަތުގައި ޖަހައިގެން ހުރެއެވެ.

ދެ މީހުންނަށް ޒަވިއަން ފެންނަ ވަރުވީ ވަރަށް ޙާލުންނެވެ. ކުޑައެއް ނަގައިގެން ޒަވިއަނާއި ދިމާލަށް މިސްރާބު ޖެހިއިރު ދެ ހިތުގައި ވެސް ބިރުވެރިކަމުގެ ރާޅެއް ދުވެލައިފިއެވެ. އަޒާޔާ ނިޔާވި ދުވަހަށް ފަހު ޒަވިއަން މިހާ ބަލިކަށި ސިފައެއްގައި ފެނުނު ފުރަތަމަ ފަހަރަކީ މިއެވެ.

ލީވާން ގޮސް ޒަވިއަންގެ ކޮނޑުގައި ހިފާލުމާއި އެކު އޭނާ އަށް ސިހިފައި އެއް ފަރާތަކަށް ޖެހިލެވުނެވެ. އެމީހުން ފެނުމުން އޭނާއަށް އިސްޖަހާލެވުނީ ކުށްވެރިއެއް ފަދައިންނެވެ. އެ ދެމީހުން ވެސް އޭނާ އަށް ވިސްނައިދޭން ކިހާ މަސައްކަތެއް ކުރި ހެއްޔެވެ؟ ބޯހަރު ކަމާއި އެކު ގޮތުގައި ހިފެހެއްޓީ ޒަވިއަނެވެ.

“ބްރޯ. އިހަށް ތިޔަ ތަނުން ތެދުވެގެން ހިނގާ މަ އެޕާޓްމަންޓަށް.” އިޙުސާނު ޒަވިއަންގެ އަތުގައި ހިފާ ލުތްކެއް ޖަހައިފައި އެ ސޮރު ކޮޅަށް ނެގިއެވެ. އިޙުސާނުގެ އެޕާޓްމަންޓަށް ދެވޭންދެއް ޒަވިއަން އިނީ ހިމޭނުންނެވެ. ފުން ވިސްނުމަކަށް ގެއްލިފައެވެ.

“ކިހިނެއް ވެގެންތަ މިއުޅެނީ. ދެން ވީ ގޮތެއް ކިޔައިދީބަލަ.” އިޙުސާނު އެ ސުވާލު ކޮށްލީ އެޕާޓްމަންޓު ތެރެއަށް ވަނުމަށް ފަހުއެވެ. “އިއްސޭ.. އިލެވެން.. އައި… އައި މެސްޑް އަޕް.” ލަސްލަހުން ޒަވިއަން ބުނެލީ އެހެންނެވެ.

“އަދި ކިރިޔާތަ ބްރޯ ބޮލަށް ހެޔޮ އެއްޗެއް ވަންނަވަރުވީ. މި ހުރިހާ ދުވަހަކު ވެސް ބުނިން ދޯ ރީނެއް ނޫނޭ އެކަން ކުރީ. ތި ގުޅުން ސަކަރާތް ވެފަ އޮތް ކަން އެނގޭ. މިހާރު ކީއްކުރީ؟ ކީއްވެ ރީން ގެއިން ނުކުމެގެން ދިޔައީ.” އިޙުސާނު ހިތްހަމަނުޖެހިފައި ބުނެލިއެވެ. ލީވާން ވެސް ހުރީ މި ވެގެން އުޅޭ ގޮތެއް އެނގެން ބޭނުން ވެފައެވެ. ޒަވިއަން ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

ޒަވިއަން ކައިވެނި ކުރެވުނު ރެއިން ފެށިގެން އެ ވާހަކަތައް ތަފްސީލުކޮށް ކިޔައިދޭން ފެށިއެވެ. “ޒެވްވް! ކީއްވެ. ވައި ދަ ** ޑިޑް ޔޫ ޑޫ ދެޓް. ރަޙުމް ކުޑަވިޔަސް ތިޔަހާ ދަށު ދަރަޖައަކަށް ވެއްޓެން ޖެހޭތަ؟” އިޙުސާނު ޒަވިއަންގެ ގަމީހުގައި ހިފައިގަނެ ކަންކަށިމައްޗަށް ހޫނު އެތިފަހަރެއް ވީއްލާލީ އަރީންގެ ކިބައިން އުފާ ހާސިލު ކުރި ރޭގެ ވާހަކަ ބުނި ހިސާބުންނެވެ. އޭނާގެ ލޮލަށް ކަރުނަ ޖަމާވެފައިވީ އިރު ވިސްނެމުން ދިޔައީ އަރީން އުޅެމުން ދިޔަ ނިކަމެތި ޙާލާއި މެދުގައެވެ. އޭނާ ހީކުރި ވަރަށްވުރެ ކަންތައް ގޯސްވެފައި ކަން އެނގުމުން އެންމެ ގާތް އެކުވެރިޔާ އަށް ވިޔަސް ޒަވިއަން ނަޅާލަން ބޭނުންވިއެވެ.

“ހަމަހޭގައި ހުރި މީހަކު ވިއްޔާ ޒެވް އަށް މާފެއް ނުކުރާނެ. ޔޫ ކްރޮސްޑް ދި ލައިން ޓޫ މެނީ ޓައިމްސް. މަށަކީ ރީން ނަމަ ކައިވެނި ކުރި ރޭ ވަރިއަށް އެދިފަ ގެއިން ނުކުންނާނަން. މިހާރު ޑޮމެސްޓިކް ވައިލެންސަށް ޖަލަށް ލެވޭ ކުށްވެރިއަކާ ޒެވް އާ ހުރީ ކޮން ތަފާތެއް؟” ލީވާން އެއްޗެއް ބުނީ ޒަވިއަން ހުރިހާ ވާހަކައެއް ކިޔައިދީ ނިންމާލުމުންނެވެ.

“އެނގޭ އަހަރެންގެ އުޅުން ފުރޭތައަކަށް ދޫ ނުކުރާކަން. އަހަރެންމީ ގޮތްކުޑަ ރަޙުމް ކުޑަ ***. މިހާރު އެނގިއްޖެ އަހަރެންނަށް އުޅެވުނީ ރަނގަޅަށް ނޫން ކަން. އެކަމަކު އަހަރެން ބޭނުން ރީން ކިބައިން މަޢާފަށް އެދެން.” ޒަވިއަން މަޑުމޮޅިވެފައި ބުނެލިއެވެ. އިޙުސާނާއި ލީވާން ނަޒަރު ބަދަލުކޮށްލިއެވެ. “ގޮސްފަ ރީއްޗަށް ބުނެބަލަ. ރީން މަޢާފު ނުކުރިޔަސް ދިއުން ރަނގަޅު. ތެދުތެދަށް ބުނާނަމަ އަސްލު ބްރޯ ތި ކުރި ކަންކަމަށް މާފު ކުރަން ފަސޭހައެއް ނުވާނެ. ޖަލަށް ލާންޖެހޭ ވަރުކޮށްލައިފި ވިއްޔާ.” ލީވާން ބުނެލިއެވެ. އިޙުސާނު އެއްޗެއް ނުބުނެ ދަތްތައް ޖައްސާ ބާރުކޮށް އެއް ފަރާތަކަށް ބަލަހައްޓައިގެން ހުރީ އައިސްފައިވާ ރުޅިގަނޑު ހިތަށް ފިލުވާލެވޭތޯއެވެ.

ޒަވިއަން ހަމަޖެހިލަމުން ފޯނު ނަގާ އަރީން ހުރި ހިސާބެއް ހޯދާލިއެވެ. “މި ދަނީ ޑައިމަންޑް ސްކައި ހޮޓެލަށް.” ޒަވިއަން އެހެން ބުނެފައި އެކީ އެ އެޕާޓްމަންޓުން ނުކުތެވެ. “ބްރޯ ބިޓަށް ގުޅާފަ ބުނެބަލަ ރީން ގާތަށް ދާން. ޒެވް އެ ބުނީނުން ޑައިމަންޑް ސްކައި ހޮޓެލްގައޭ ރީން ހުރީ. އެ ތަނުގެ ވީއައިޕީ ރޫމް 2 އެއީ ޒިޔާދުބޭ ކައިވެނީގެ ރޭ ރީނަށް ހަދިޔާ ކުރި ތަނެއް. ޒެވް ދާ ފަހުން ގޮސް އަރީނަށް ހިތްވަރު ލައިދޭނެ މީހަކު ބޭނުން ވާނެއްނު.” ޒަވިއަން ނުކުމެގެން ދިޔަ ފަހުން ލީވާން ބުނެލިއެވެ. އިޙުސާނު ފޯނު ނަގާ ސުމައްޔާ އަށް ގުޅާލީ އަރީނާއި މެދު ކަންބޮޑުވެފައި ހުރުމުންނެވެ.

“އަނެއްކާ މިހެން ދިޔައިމަ ރުޅިއައިސްގެން މިތަނަށް އައިސްދާނެ. އަހަރެން ކިހިނެއް ހަދާނީ؟ މި ކުއްޖާ އަށް ގޮތެއް ހަދާނެބާ” އަރީން ބަނޑުގައި އަތް އަޅާލަމުން އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ. އޭނާ އަށް ވިސްނެމުން ދިޔައީ ޒަވިއަން އައިސްފިނަމަ ކުރާނެ ކަމަކާއި މެދުގައެވެ.

“އަރީން ހުރި ކޮޓަރީގެ ކީ ކާޑް ދެވިދާނެތަ؟” ރިސެޕްޝަނިސްޓް ކުރިމައްޗަށް ހުއްޓިފައި ބުނެލުމުން އެތަނުން ކުއްޖަކު ޒަވިއަނަށް އޭގެ ކާޑެއް ދިނެވެ. އަވަސްވެފައިވީ ހިތަކާއި އެކު އޭނާ ގޮސް ލިފްޓަށް އެރިއެވެ. އެ ޔުނިޓް ކުރިމަތީގައި ހުއްޓިލައިފައި ފުންނޭވާއެއް ލިއެވެ. ދުވަހަކުވެސް މީހެއްގެ ކިބައިން މަޢާފަށް އެދެން އުޅޭ އިރު އޭނާ އެހާ ހާހެއް ނުވެއެވެ.

އެތެރެއަށް ވަދެގެން ދިޔައިރު އޭނާއަށް އެންމެ ފުރަތަމަ ފެނުނީ އަރީން ހިފައިގެން ދިޔަ ފޮއްޓެވެ. ކޮޓަރީގައި ކަމަށް ހިތައި އޭނާ ގޮސް ދޮރުގައި ޓަކި ޖެއްސެވެ.

އަރީން ސިހުނީ މީހަކު ދޮރުގައި ޓަކި ޖަހަން ފެށުމުންނެވެ. ޒަވިއަން ނޫން މީހަކަށް އެހާ ފަސޭހައިން މިތަނަށް ވަދެނުގަނެވޭނެ ކަން އެނގުމުން އެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. އަތް ތުރުތުރު އަޅަމުން ދިޔަ ޙާލު އޭނާ ދޮރު ހުޅުވާލީ ތުންފަތުގައި ދަތް އަޅައިލަމުންނެވެ.

“ރީން” ޒަވިއަން އަރީން ފެނުމުން ކުރިއަށް ޖެހިލިއެވެ. އެއާއެކު އަރީން ވެސް ފަހަތަށް ފިޔަވަޅެއް އަޅާލުމުން ޒަވިއަނަށް އިސްޖަހާލެވުނެވެ. މި އަންހެން ކުއްޖާ އޭނާ ދެކެ ބިރުގަންނަ ވަރު އިހުސާސް ވުމުން އިތުރަށް އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ.

“އަހަރެންނަ…” ޒަވިއަން ވާހަކަ ދައްކަން ފެށުމުން މެދުކަނޑާލީ އަރީނެވެ. “އަހަރެންނަށް މަޢާފުކުރޭ. އެ ވަގުތު ޖަޒުބާތުގަ ޖެހިފަ ހުރުމުން ވިސްނާނުލާ ވާހަކަ ދެއްކުނީ. އަހަރެންނަށް ގޮތެއް ނުހަދާތި. މި ކުއްޖާ ވިހޭމަ ކަމެއް ކުރިޔަސް ވަރިހަމަ. އެކަމަކު އިހަށް އަނިޔާއެއް ނުދޭތި.” އަރީން ޒަވިއަންގެ ފައިބުޑަށް ތިރިވެ އާދޭސް ކުރަން ފެށިއެވެ. ޒަވިއަނަށް އަރީންގެ ޙާލަތު ފެނި މޭ ފިތިގެން ދިޔައެވެ. އޭނާއަށް މައުސޫމް އަންހެން ކުއްޖެއްގެ ދިރިއުޅުން ނަރަކައަކަށް ހަދާލެވިއްޖެ ކަން އިޙުސާސްވުމުން ބޮލުގައި ތޫނު ގޮތަކަށް ރިއްސައިގަތެވެ. އަރީންގެ މި ކެތްތެރިކަމާއި ހިތްތިރިކަން އޭނާ އަށް ޙައްޤުވެގެންނެއް ނުވެއެވެ.

“ހުއްޓާލާ. ދެން ތިހެން ނޫޅޭ. ކުށް ކުރީ އަހަރެން. އަހަރެންނަށް ރީންގެ މަޢާފު ޙައްޤުވެގެންނެއް ނުވޭ. އެހެނަސް އަހަރެން ބޭނުން މަޢާފަށް އެދެން. މި ހުރިހާ ދުވަހު ރީން އާއި މެދު ކަންތައް ކުރެވުނީ ވަރަށް އިހާނެތިކޮށް. ތި ދިން އޯގާތެރިކަމާއި އަޅާލުމުގެ ބަދަލުގައި އަހަރެންނަށް ދެވުނީ ވޭނާއި ހިތްދަތިކަން. އެތައް ފަހަރަކު ތި ހިތަށް ނުޙައްގުން ދެވުނީ ވޭން. އައިމް ސޮރީ އަރީން. ދެން ދުވަހަކުވެސް ވެސް އެ ކަހަލަ ދެރައެއް ދޭކަށް ބޭނުމެއް ނޫން. ރީން ބޭނުންވެގެން ކުރި ކައިވެންޏަކަށް ނޫން ވީމަ އަހަރެން ބޭނުން ރީން މިނިވަންކުރަން. ތި ހުރީ ވަ…” ޒަވިއަން އަރީންގެ އަތުގައި ހިފާ އެއް ހަމައަށް ތިރިވަމުން ވާހަކަ ދައްކަން ފެށިއެވެ.

“ނޫން. ނުބުނާތި. އަހަރެން ވަރި ނުކުރާތި. މަންމަމެން ވަރަށް އުންމީދާއި އެކު ކުރި ކައިވެންޏެއް މިއީ. ދެން އަހަރެންގެ ބަނޑުގައި މިއޮއް ދަރިފުޅު. އެކުއްޖާއަށް ޓަކައި އަހަރެން ވަރި ނުކުރާތި.” ޒަވިއަންގެ އަނގަމަތީގައި އަތް އަޅަމުން އަރީން އެދުނެވެ. “އެކަމަކު އަހަރެންގެ ސަބަބުން ރީނަށް ހާދަ އަނިޔާއެއް ލިބިއްޖޭ. އަހަރެންނަށް ކޮންމެ ވެސް ޝަރުތެއް ހުށަހަޅާބަލަ. އަހަރެންނަށް ކޮންމެވެސް ގޮތެއް ހަދާބަލަ. ވަރިހަމަ ދެކޮޅަށް މައްސަލަ ހުށަހެޅިޔަސް. ރީން ބުނާ ކޮންމެ ކަމެއް ކުރަން މި ހުރީ ތައްޔާރަށް. ޓޭކް ޔުއަރ ރިވެންޖް ފްރޮމް މީ. ވައި އާރ ޔޫ ސޯ ސެލްފް ލެސް.” ޒަވިއަން ބުނެލިއެވެ. ޒަވިއަންގެ ވާހަކަ ހުރި ގޮތުން އަރީން އަޖައިބުވެ އަންތަރީސް ވިއެވެ. މިއީ އަނެއްކާ އަސްލު މީހެއް ބާއޭ ނޫނީ ލޯމައްޗަށް ފެންނަ ރޫހެއް ބާއޭ ހިތަށް އެރިއެވެ. ހައިރާންވެފައި ޒަވިއަންގެ ތޫނު ލޮލަށް ބަލަން އޭނާއަށް ހުރެވުނީއެވެ.

އަރީން އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުރުމުން ޒަވިއަން އެ ނަމުން ގޮވާލިއެވެ. “އަހަރެން ބުނާ ކަމެއް ކުރަންޏާ ވަރި ނުކުރޭ. އަހަރެން ބޭނުމެއް ނޫން މި ކުއްޖާގެ މައިންބަފައިންނަކީ ކައިވެނި ރޫޅިފައި ތިބި ބަޔަކަށް ވާކަށް. މިތަނުގައި އުޅުނަކަ ދީ. ތިއީ އެހާ ނުލަފާ މީހެއް ނޫން. އަހަރެން އެހާ ވަރަކަށް ޒެވް ކުށްވެރިއެއް ނުކުރަން. އަޒާ ދެކެ އެހާ ލޯބިވަންޏާ އެހެން އަހަރެން ދެކެ ރުޅި އާދެވޭނެ. ޒެވް އަށް ވިސްނުނީމަ ވަރަށް އުފާވެއްޖެ. އެކަމަކު އަލުން އެކުގައި އުޅެން ފެށުމުގެ ކުރިން އަހަރެން އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ބޭނުން. ޒަވިއަނަށް މާފުކުރާކަށް ފަސޭހައެއް ނުވާނެ. އެކަމަކު ދެކޮޅަށް މައްސަލަ ހުށަހަޅާކަށް ބޭނުމެއް ނޫން. އަހަރެން ބޭނުމެއް ނޫން މި ކުއްޖާއަށް ބައްޕަ އަކީ އަނިޔާވެރި މީހެއްކަން އެނގޭކަށް. ބައްޕަ އަކީ ކުށްވެރިއެއްގެ ލޭބަލް އެޅިފައިވާ މީހެެއްކަން އެނގޭކަށް. މައްސަލަ ހުށަހަޅައިގެން އަހަރެންގެ ނަފްސަ ވަގުތީ ހަމަޖެހުމެއް ލިބިދާނެ. އެކަމަކު އެއާއި ވިދިގެން ކުރިމަތިލާން ޖެހޭނެ އެހެން ކަންކަން ބަރުދާސްތުކުރަން ފަސޭހައެއް ނުވާނެ.” ވިސްނާލުމަށް ފަހު އަރީން ރައްދެއް ދިނެވެ. ޒަވިއަން އިސްޖަހާލިއެވެ.

“އެންމެ ރަނގަޅު. ރީން ބޭނުން ގޮތެއް. އެކަމަކު އަހަރެންގެ ހިތުގައި މި ނަފުރަތު އުފެއްދި އަޒާޔާގެ ޤާތިލުން މި ދެއަތުން މަރާލާނަން. އިންސ…” ޒަވިއަން ދެއަތް މުއްކަވާލަމުން ކޮޅަށް ތެދުވިއެވެ. އަރީނަށް އެ ވާހަކަ އިވިފައި ދެލޯ ބޮޑުކޮށްލެވުނެވެ. “ނޫން. ޒެވް އެހެން ނުހަދާތި. ހެޔޮނުވާނެ ޤާތިލަކަށް ނުވާތި. އޭރުން ޒެވް ވެސް ވެއްޓޭނީ އެމީހުންގެ ފެންވަރަށް. އަހަރެން ބުނީމެއްނު މި ކުއްޖާގެ ބައްޕަ ކުށްވެރިއެއްގެ ގޮތުގައި ލޭބަލް ވާކަށް ބޭނުމެއް ނޫނޭ. ރުޅިއަކީ އިންސާނާގެ ހަލާކު ކަން މިއަދު އެނގިއްޖެއްނު. ރަނގަޅު ގޮތަކީ ކޯޓަށް އެމީހުން ހާޒިރު ކުރެވޭނެ ގޮތެއް ހަދާފަ އެމީހުންނަށް ގާނޫނީ އަދަބު ދިނުން.” އަރީން ޒަވިއަންގެ އަތުގައި ހިފާލަމުން ބޯ ހޫރާލިއެވެ. އެ އާދޭހުގެ ނަޒަރު ފެނި މިފަހަރު ޒަވިއަންގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔަ ކަހަލައެވެ. ވަގުތުން އަނގަބަންދުވެއްޖެއެވެ. އަނގައިން އެއްޗެއް ބުނަން ނުކެރިފައި އޭނާ އަށް ހަމައެކަނި ބޯޖަހާލެވުނީއެވެ.

“މި… އަތަށް ކިހިނެއްވެފަ؟” އަރީންގެ ލޮލުގައި މަށައިގެން ގޮސްފައިވާ އަތްތިލަ އަޅައިގަތުމުން އެހުނެވެ. ހަން މެށި ލޭގެ އަސަރު ހުރި ގޮތުން ވެސް ދިލަނަގާނެ މިންވަރު އޭނާއަށް ދެނެގަނެވުމުން ހިތަށް އުނދަގޫވިއެވެ. “އަހަރެން ރީނަށް ކުރި ކަންތަކާ ބަލާފަ މި ކޯއްޗެއް. ބަހައްޓާ. އަދި މިއަށް ވުރެ ވޭންދެނިވި ގޮތެއް މި އަތަށް ހަދާލާނަން. މި ނުބައި އަތުން ވިއްޔާ އަރީނަށް އަނިޔާ ކުރެވުނީ.” ޒަވިއަން ނެއްޓިފައިވާ ހަންކޮޅެއްގައި ހިފާ ދަމައިގަންނަމުން ގޮސް ކޮޓަރިން ނުކުމެ ބަދިގެއަށް ވަނެވެ. އަރީނަށް ނޫނެކޭ ކިޔާ ހަޅޭއްލަވައިގަނެވުނީ ޒަވިއަން އަމިއްލަ އަތުގައި ވަޅި އަޅަން ދިމާކޮށްލުމުންނެވެ. ސިހިފައި ޒަވިއަނަށް އަރީނާއި ދިމާލަށް ބަލައިލެވުނެވެ. އޭނާ ހުރީ އަރީންގެ ލޮލަށް ބޮނޑިވަމުން ދިޔަ ކަރުނައިން ދޭހަ ކުރަންވީ އެއްޗެއް ނޭނގިފައެވެ. އެހެން ހުއްޓާ އަރީން އޭނާގެ އަތުން ވަޅި ދަމައިގަނެފައި ދުރަށް ހޫރާލައިފިއެވެ.

އަރީން ދެން އެތަނުގައި ހުރި ކަބަޑުތައް ހާވާލުމަށް ފަހު ފަސްޓް އެއިޑް ބޮކްސް އެއް ހިފައިގެން އައެވެ. ޒަވިއަން އިތުރު ޙަރަކާތެއް ނުކޮށް ބަލަން ހުއްޓާ ނިކަން ފަރުވާތެރިކަމާއި އެކު ޒަވިއަންގެ ކަނައަތު ކުޑަހުޅުގައި ހިފާލަމުން މަށައިގެން ގޮސްފައިވީ ހިސާބުގައި ހުރި ލޭތައް ސާފުކުރަން ޓިޝޫ ޖައްސާލިއެވެ. ޒަވިއަނަށް ލުއި އާހެއް ބޭރުކޮށްލެވުނީ ތޫނު ދިލަޔެއް ނެގުމުންނެވެ.

“ސޮރީ. ވަރަށް ތަދުވޭދޯ.” އަރީން މި ފަހަރު އެ ތަނަށް ފުމެމުން އެ މަސައްކަތް ކުރިއަށް ގެންދިޔައީ އިހުނަށްވުރެ ބަލައިގެންނެވެ. ދޭތެރެއަކުން ނޭފަތް ދަމާލަމުން ދިޔައިރު ރުއިމުގެ ސަބަބުން އެ މޫނުމަތީގައި މަޑުރަތް ކަމެއް ހުއްޓެވެ. އަރީންގެ މޫނު އެހާ ގާތުން ފެނި، އެ ހޫނު ނޭވާ އިހުސާސް ވުމުން ޒަވިއަނަށް ފާޑެއްގެ ގޮތެއް ވިއެވެ. ކަޅި ޖަހާ ނުލާ އެ ދޮން މޫނަށް ބަލަހައްޓައިގެން އިން އިރު އޭނާގެ ހިތުގައި އެތައް އިޙުސާސެއް ދައުރުވަމުން ދިޔައެވެ.

“ރީ…ން ދެން ނުރޮއެބަ. ޕްލީޒް. އަހަރެންގެ ހިތަށް މިއަދު އެބަ އުނދަގޫވޭ ރީން ރޯތީ. އައިމް ސޮރީ. އަހަރެން މިތަނުން ދާންވީ ދޯ. އޭ..ރުން ހުއްޓާލާނަންދޯ.” ގޮތްނޭނގޭ އިހުސާސެއްގެ ސަބަބުން މީހާ ތުރުތުރު އަޅަމުން ދިޔަ ޙާލު އަރީންގެ ކަރުނަތައް ފުހެލަން އެ މޫނުގައި އަތް ބީއްސާލިއެވެ. މި ޢަމަލު އަރީނަށް ސިހިފައި ފަހަތަށް ޖެހިލެވުނީއެވެ. ޒަވިއަން އަރީންގެ އަތުން އޭނާގެ ވައަތް ދަމައިގަންނަމުން ތެދުވިއެވެ. “މަ..ޑު ކު..ރޭ. ބޭސް… ކަނައަތުގައި ބޭސް އަޅާލަންދެން.” އަރީން ޒަވިއަންގެ އަތަށް ދަމާލަމުން އެދުނެވެ. ޒަވިއަނަށް އެ އެދުމާއި ދެކޮޅު ހަދަން ބުނާނެ ބަހެއް ދުލުކުރިއަކަށް ނައެވެ. އަރީންގެ އެދުން ފުރިހަމަ ކޮށްދޭން ފުރުސަތު ދެވިއްޖެއެވެ.

“ރީން. ކީއްވެތަ އަހަރެން ކަހަލަ ނުލަފާ މީހަކަށް ތިހެން އަޅާލާ އޯގާތެރިވަނީ. އައިމް އަ ސްޓުޕިޑް *** ***** ދެޓް ބްރޯކް ޔުއަރ ހާޓް އިންޓު އެ ޒިލިއަން ޕީސެސް. ލޯތްބަކީ ކޯއްޗެއްކަން ނޭނގޭ އޭގެ އަގުވަޒަން ކުރަން ނުދަންނަ ގަމާރު އަހަރެންނަށް ވެސް ރުޅިވެރިކަން ދައްކާ. އަހަރެންގެ ކިބައިން ބަދަލު ހިފާ. ހެޔޮނުވާނެ އަހަރެންނަށް ނަފުރަތު ކުރޭ. އަހަރެން… އަހަރެން މިއީ ހާދަ ނުބައި މީހެކޭ. ތި ނާޒުކު ހަށިގަނޑުގައި ވޭނީ ޒަޚަމު ލައްވާލި އަނިޔާވެރިއެކޭ. އެ ނުލަފާ މީހުން އަޅުވާލި އަނދުނަކަސް އަހަރެންނެއް ނޫންތަ އެ މީހުންގެ ގޭމް ޤަބޫލުކޮށްފަ ރީން… ރީނަށް ވޭނާއި ހިތްދަތިކަން ދިނީ.” ޒަވިއަން ވާހަކަދައްކަމުން ގޮސް ވަކި ހިސާބަކުން އަރު ބެދުނެވެ. އޭނާގެ ޢަމަލުތަކާއި މެދު މިހާރު އިންތިހާ ދަރަޖައަށް ހިތާމަ ކުރެއެވެ. އެހެނަސް ދެން ޙާލަތު ބަދަލުކުރުމުގެ ބާރެއް އޭނާގެ އަތަކު ނެތެވެ.

ޒަވިއަންގެ ދެލޮލުގައިވީ އާދޭހާއި ނިކަމެތިކަން ފެނި އަރީނަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. “ނޭނގެ. އަހަރެންގެ ޤާބިލިއްޔަތުގައި ވާނެ ކަމެއް ނޫން ޒެވް އަށް ނަފުރަތު ކުރުމަކީ. ހިތަކީ ވަރަށް ފާޑެއްގެ މަސްކޮޅެއް. ފުރާވަރުގަ ހިތުގައި ބިންވަޅު ނެގުނު މި އިހުސާސް އަހަންނަށް ނުފޮހެލެވުނު.” ކިރިޔަ ކިރިޔާ އިވޭ ވަރަށް އަރީން ބުނެލިއެވެ. ޒަވިއަނަށް އެއަށް ރައްދެއް ދޭން ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރައިފައި އިނދެވުނީ އަރީންގެ މަސައްކަތަށް ބަލާށެވެ.

“ކިހިނެއްބާ ރީން އަހަރެންނަށް ފޯލްވީ؟ މަ ކަހަލަ ތާކުންތާކު ނުޖެހޭ އަނިޔާވެރިއެއް ދެކެ ތެދުވެރި ލޯބިވާ ކުއްޖަކަށް ރީން ވީ ކިހިނެއް؟ އެއީ އެހާ ހިތްތިރި އޯގާތެރި ކުއްޖެއްކަން އަހަރެންގެ ގަމާރު ސިކުނޑިއަށް ނަގައިގަނެވޭ ވަރު މިވީ ހާދަ ފަހުންނޭ. ނަފްރަތާއި ރުޅީގެ ސަބަބުން އަހަރެންގެ ދެލޯ ކަނުވެފައި ހުރި ކަހަލަ. އެ ހޫރު ޕަރީއެއްހާ ރީތި ކުއްޖާގެ މިޒާޖު ވެސް ހަމަ އެހާ ފުރިހަމަ. އަހަރެން ނޫން ކޮންމެ ފިރިހެނަކަށް ރީން ލިބުނު ނަމަ ބިއްލޫރި ކޮޅެއްހެން ރަނގަޅަށް ބަލައިގެން ގެންގުޅުނީސް. ޖަވާހިރެއްގެ އަގު މި އެނގެނީ އަތުން ބީވެގެން ދިއުމުން. އަޒާއަށް ވީ ގޮތުގެ އަސްލު ޙަޤީޤަތް މަންމަމެން ބުނެދިންނަމަ. އަހަރެން ބޯހަރުވެގެން ގޮސް އެމީހުންނާއި ކުރިމަތިލިޔަސް ރީނަށް ގޮތެއް ނުހެދޭނެއްނު. ރީނަށް ހަމަޖެހޭ ދިރިއުޅުމެއް ކުރިއަށް ގެންދެވުނީހެއްނު. ދެރައީ މިހާރު ކުރިމަތިލިއްޔާ އެ ނުލަފާ *** ރީނާއި އަހަރެންގެ މައިންބަފައިންނަށް ވެސް ބެހޭނެތީ.” ޒަވިއަން ހިތާހިތުން ބުނެލިއެވެ.

އަރީން އޭނާގެ މަސައްކަތް ނިމުމުން ދުރަށް ޖެހިލިއެވެ. ޒަވިއަން އިތުރަށް މަޑުކުރަން ނުހަދާ އެ ތަނުން ނުކުތީ އޭނާ ހުރިއްޔާ އަރީނަށް އުނދަގޫ ވާނެތީއެވެ. ނުކުތުމާއި އެކު އޭނާ އާއި ކުރިމަތިލާން ޖެހުނީ ސުމައްޔާ އާއި އެވެ. ޒަވިއަން ލޮލަށް ފެނުމާއި އެކު ސުމައްޔާ ހިވީ އައި ރުޅިން ހަމައިން ނެއްޓިހެންނެވެ. ޒަވިއަންގެ ގަމީހު ގިރުވާނުގައި ހިފާ ފާރުގައި ޖައްސާލަމުން އެ މޫނު މައްޗަށް ހޫނު އެތިފަހަރެއް ވީއްލާލިއެވެ.

“ކަލޭ ހާދަ ގޮތްކުޑައޭ. އަމިއްލަ ނަފްސު ދިފާއުކުރަން ނުކެރޭ ކުއްޖަކަށް ވީއޭ ކިޔާފަ ޖެހޭތަ އެ ފަކީރަށް އެ ވަރަށް އަނިޔާކުރަން. އޭނ. ކަލެއަށް ހަމަނޭނގެނީތަ މިއަދު އެއިނީ ކަލޭގެ ދަރިއަކަށް ބަލިވެކަން. އެކަން ވެސް ގަދަކަަމުން ކުރިއިރު އެ ފަކީރުގެ ހަށީގައި އަޅާނެ ވޭނާއި މެދު ވިސްނާލިންތަ؟ އެ ނިކަމެތި އަންހެންކުއްޖާގެ ހިތުގަ ޖެއްސީމަ ކަލެއަށް ކޮން އުފަލެއްތަ ލިބެނީ. ކަލޭގެ ސަބަބުން ކިތައް ފަހަރު ކަމެއް ނޭނގެ އަހަންނަށް ނޭނގި ކަރުނަ އަޅާފަ ހުންނާނީ.” ސުމައްޔާ ޒަވިއަންގެ މޫނުމަތީގައި ގޮށްމުށުން ތަޅަމުން އަޑުވީއްލައި އެތިވަރު ގޮވައިގަތެވެ. ޒަވިއަން ސުމައްޔާ ހުއްޓުވާކަށް މަސައްކަތް ނުކުރެއެވެ. އިސްޖަހާލައިގެން ހުރީ ސުމައްޔާ އެ ދައްކަނީ ޙައްޤު ތެދު ވާހަކަތަކެއް ކަން މިއަދު އެނގޭތީއެވެ.

“މި އޮތީ ކީކާޑު” ސުމައްޔާ ކުޑަކޮށް މައިތިރިވުމުން ޒަވިއަން އެ ދިއްކޮށްލިއެވެ. ސުމައްޔާ ލޯއަޅާލައިފައި އޭގައި ހިފަމުން އެތެރެއަށް ވަންނަން އުޅެގަތީ އަރީނާއި މެދު ކަންބޮޑުވެފައި ހުރުމުންނެވެ. އެހެން ފަހަރަކުން ރަނގަޅަށް ބަދަލު ހިފަން ނިންމައިފައެވެ.

ކީ ކާޑު ޖައްސާލަމުން ސުމައްޔާ އެތެރެއަށް ވަދެ ދޮރު ލޮކް ކޮށްލިއެވެ. އެއަށްފަހު އެ ތަނުގައި ހުރި ކޮޓަރީގެ ދޮރުގައި ޓަކި ޖެއްސެވެ. “ރީން. މިއީ ސުމީއޭ ދޮރު ހުޅުވަބަ.” ސުމައްޔާ ބުނެލިއެވެ. އެއާއިކު އަރީން ދޮރު ހުޅުވާލައިފިއެވެ. އަރީންގެ މިލައިފައިވާ މޫނާއި ރަތް ވެފައި ހުރި ދެލޯ ފެނި ސުމައްޔާގެ އަތް މުއްކެވުނެވެ.

“ރީން. ދެން ނުރޮއި. އެ ނުލަފާ ސިންގާ އަށް ތި އަގުހުރި ދެލޮލުން ކަރުނަ ހުސްކުރާނެ ކަމެއް ނެތް. ހިނގާ މައްސަލަ ހުށަހަޅަން.” ސުމައްޔާ އަރީންގެ މެދު ހަށީގައި ލުއި ގޮތަކަށް ބައްދާލަމުން ބުނެލިއެވެ. “ނޫން. ޒެވް އަށް މިހާރު ވިސްނިއްޖެ. ދެން އޭނާ އާއި މެދު ވިސްނާނެ ކަމެއް ނެތް. އިންސާނަކަށް ވީމަ ކުށްކުރެވިދާނެ. އަހަރެންނަށް ދެން އެ ވޭނީ ދިރިއުޅުމުގައި ކަސްތޮޅު އެޅިފަ ހުންނާކަށް ނުޖެހޭނެ. އަނބުރާ ޒެވް ގާތަށް ދިޔަޔަސް ހިޔެއް ނުވޭ ގޯނާ ކުރާނެ ހެންނެއް. ދުވަސްކޮޅެއް ވާންދެން މިތަނުގައި އުޅޭނީ. އަހަރެންނަށް އަދި ފަސޭހައެއްނޫން މާފުކޮށްފަ އޭނާ އަށް އިތުބާރު ކުރާކަށް.” އަރީން ސުމައްޔާ ދުރަށް ޖައްސާލަމުން ބުނެލިއެވެ.

“ދެންންންން. ނިކަން އާދައިގެ އިންސާނެއް ހެން ބަދަލު ހިފާބަލަ. ރިވެންޖް ސީރީޒް ތަކުގަ ހަދާލާހެން ޒަވިއަން ކޮށާލަބަލަ. މި ރީނެއްގެ ހިތްތިރިކަން ފެނި މީހަކު އަޖައިބެއް ނުވާނެތަ؟” ސުމައްޔާ އަރީންގެ މޫނުގައި ހިފާލަމުން ބުނެލިއެވެ. “ޕިސްޕިސް. ދެން ވެސް އެ ސީރީޒްތައް ނުބަލާ ހުރޭ. އަހަރެން އަދިވެސް އޭނާ ދެކެ ލޯބި ވެޔޭ. ކޮން ބަދަލެއްތަ. ބަދަލު ހިފާކަށް އަހަރެން ބޭނުމެއްނޫން.” އަރީން ހިނިތުންވުމަކާއި އެކު ބުނެލިއެވެ. “ދެން ހެވޭ. މިހާރު ދެން ފުލް ރެސްޓް ނަގަންވީނުން. މެޓާރނިޓީ ލީވް އަށް އެޕްލައި ކުރެވޭ ވަރަށް ދުވަސް ވެއްޖެއްނު.” ސުމައްޔާ އަށް އަރީންގެ އަނގައިން ނޭރޭނެތީ ވާހަކަ ބަދަލުކޮށްލިއެވެ. “ހޫމް. މާދަން ލާނަން.” އަރީން ސުމައްޔާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އެފަދަ އެކުވެރިއެއް ލިބުނީތީ އަރީނަށް މާތް ﷲ އަށް ޙަމްދުކުރެވުނެވެ.

ޖެހިގެން އައި ދުވަހެވެ. އަބާޔާއެއްގެ ބަދަލު މިއަދު އަރީން ލައިގެން ދިޔައީ ފައިތިލަ ނިވާވާ ވަރުގެ ގަޔަށް ދޫ ހެދުމެކެވެ. އެހެނަސް ބަނޑުމަތިން އައްސާލެވިފައިވާ ބަންދު ވާކޮޅުގެ ސަބަބުން ކޮންމެވެސް ވަރަކަށް އެ ބައްޓަން އެނގެން ހުއްޓެވެ. އޭނާ ނާއިލްގެ ކެބިނަށް ވަދެފައި އެ މޭޒު ކުރިމަތީގައި ހުއްޓުނެވެ.

“ވަޓް ދަ **. މެޓާރނިޓީ ލީވް އޭ. އަރީ ކޮން އިރަކު ބަނޑުބޮޑުވީ” ނާއިލަށް ސިހިފައި ކޮޅަށް ތެދުވެވުނެވެ. އަރީން ހިންދިރުވާލިއެވެ. ނާއިލަށް މިކަން އެނގުމުން ކޮށްލާނެ ގޯނާއެއް އޭނާއަށް ޚިޔާލަށް ގެންނަން ވެސް އުނދަގުލެވެ. މިތަނުގައި ގިނަ އިރު ހުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އެ ސިކުނޑިން އެލާމު އަޅަން ފެށިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ތި ސޫރަ ނޫން 41

Next

ޖަވާހިރުގެ ބާރު – 7

Next
February 7, 2026

ޖަވާހިރުގެ ބާރު – 7

Previews
February 6, 2026

ތި ސޫރަ ނޫން 41

20 Comments!

  1. Shav says:
    February 6, 2026 at 4:52 pm

    Nubai hisaabakah thi nimmaali white rose 😭
    Anyways, mi part vx vrh reethi n I’m so happy zev ah visnunyma. Haadha dhuvahegge inthizaarekey eii.
    Whn next?

    1. White rose White rose says:
      February 6, 2026 at 6:25 pm

      Dhww, enme fahun zev ah haqeeqiay enguny 😮‍💨😮‍💨
      IA next Tuesday
      Shukran Shav ✨✨

  2. Aisha says:
    February 6, 2026 at 5:18 pm

    Masha Allah vrh reethi ♥️.. zev ah visnuneethy ufaakuran❤️ reen bunihen nail kibain salaamatheh nuvevyne nail maithiri kurevynee zev ah ekani.. white rose ale hafuthaaku 3 days genesdhybala plxxxxxxx

    1. White rose White rose says:
      February 6, 2026 at 6:28 pm

      Naail maithiri kuran faseyha eh nuvaane aan 😔😔
      I’m sorry but is is my maximum, hope u understand 🥺🥺
      Shukran Aisha ✨✨

  3. Anonymous says:
    February 6, 2026 at 6:03 pm

    Yeah plsss
    3 days
    Anyway zev ah visnuneema I am so happy …I’ve been waiting for this moment 🥰
    Zev naail maithiri kohba

    1. White rose White rose says:
      February 6, 2026 at 6:30 pm

      Aan, enme inthizaaru kurevunu dhuvas mi aee 😌😌
      2 ep a week is the best I can do, hope u understand 🥺🥺
      Shukran Anonymous ✨✨

  4. Anonymous says:
    February 6, 2026 at 6:06 pm

    How many episodes

    1. White rose White rose says:
      February 6, 2026 at 6:30 pm

      Will be definitely more than 80
      Shukran Anonymous ✨✨

  5. Your fav bab Your fav bab says:
    February 6, 2026 at 7:48 pm

    Inthizaaru koh koh falhaaigen dhaahaa varu vefa hutta up vee😭
    Alhey this ep is so touching!😭 Zev congratulation for turning into a human again! Haadha ufaa viey zev ah visnuneema😁! But reen deserves a hug tho!
    Ihsaan, I just love that energy! Bro doesn’t care friend akah viyas, goas veema hama ethifahareh moonu machah!
    Sumy ves hama hes kiyaafa jahaa e soru gaige. Bro deserves more!
    Naail omg he can do anything to her! Zev be her bodyguard to make it up!
    Well when next?
    Ly💗

    1. White rose White rose says:
      February 7, 2026 at 9:15 pm

      Yeaa, finally zev ah visnihjje 😄😄
      IA next Tuesday
      Shukran Your fav bab ✨✨
      Lyt darl 🫶🏻🫶🏻

  6. Miss jennie says:
    February 6, 2026 at 8:19 pm

    Mi part ves varah reethi. Yay finally zev ah hageegay engijje. Ziyaadhu zev ah dhekkee hageegathuga azaa maraalee kon baeh baa? Dhen vaanee kihinay baa? Cant wait zev and areen cute couple eh hen ulheythan balan. Curiously waiting for next part???

    1. White rose White rose says:
      February 7, 2026 at 6:05 am

      Yeaa, adhi kiriyaa zev ah haqeeqiay engey varu mi vee
      Dhen vaane gotheh balamaa hingaa 😄😄
      Shukran Miss jennie ✨✨

  7. Diva_gurly says:
    February 6, 2026 at 8:43 pm

    OMG ZEV HAS FORGIVEN AREEEE
    TSK NAAIL AREE AH GOTHEH HADHAAFIHYAA I VANAANAN MI STORY THREAH HAHA😂😂
    Sumee is so protective I love her
    Anyways mibai varah salhi
    Nubai husaabakah this ninmaalevuny
    Whn nextttt?????

    1. White rose White rose says:
      February 7, 2026 at 6:08 am

      She didn’t forgive him ehnu, bunee maafu kuran faseyha eh nuvaaney
      Hehe, try to get in and teach him a lesson 😄😄
      Ouhh, keehkuraany, I just like ending episodes in cliffhangers 😒😒
      IA next Tuesday
      Shukran Diva_gurly ✨✨

  8. Svetlana says:
    February 6, 2026 at 11:47 pm

    Wow.heeves nukoh huttaa mulhi story ge direction ekkoh badhaluvegen mi dhiyaee.adhi kiriyaathaa rangalhu gotheh mi v.still pretty mad at Zavian but..nvm ekamaku vrh ufaa vejje eyna ah visnuneema.keep up the good work 🤗🥰

    1. White rose White rose says:
      February 7, 2026 at 6:09 am

      Yeaa, complete twist eh
      Shukran Svetlana ✨✨

  9. Anonymous says:
    February 7, 2026 at 6:43 am

    Soo happy that Xev knew the truth and asked for forgiveness. Reen will forgive Xev. Ehaa bodah loabi vey. Save reen from Naail. He is a bad devil. Anyways mi part vs vrh reethi MA! 💗 appreciate your hard work!
    Whn nxt????
    Luv u💗💗💗

    1. White rose White rose says:
      February 7, 2026 at 9:16 pm

      Naail kibain reen salaamaiy kurevidhaane tha 🤔🤔
      IA next Tuesday
      Shukran Anonymous ✨✨
      Lyt darl 🫶🏻🫶🏻

  10. Trknm says:
    February 9, 2026 at 8:31 pm

    Girl have you submitted the next part?

    1. White rose White rose says:
      February 9, 2026 at 8:50 pm

      Yes, around 2pm
      Shukran Trknm ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 43←


All Right Reserved!