Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ޖަވާހިރުގެ ބާރު – 7

leafy Level 210 Stories100 Login
February 7, 2026 4 Mins Read
0 Comments

ރަތް ފިޔާތޮށި އުދަރެހަށް ލޯހުޅުވުނީވެސް އެހާ ހާލުންނެވެ. ކޮޅައްތެދުވަންވެސް ގައިގައި ވަރެއް ނެތެވެ. އިރުކޮޅަކުން ޒައިލީ ދުވެފައި އަހަރެން ކައިރިއަށްއައެވެ. “ކީއްވެ އަހަރެން ދޫކޮއްލާފައި ދިޔައީ!” ޒައިލީ ޝަކުވާކޮށްލިއެވެ. “ދާން މަޖުބޫރުވީ، އޭނާ އަހަރެންގެ ފަހަތުން އެހާ ބާރަށް އާދޭ! އަޅެފަހެ އެއީ ކާކުތަ؟” ހިތްހަމަނުޖެހިފައި ބުނީމެވެ. “މިވަރުން ދާނަމަ އަހަރެންނަށްް އެއްވެސް ޖާދޫއެއްގެ ޢިލްމު ލިބޭނެބާ!” ހިތާހިތުން ކިޔާލީމެވެ.

އަހަރެންނަށް ހޭލެވުމާއެކު، ބާއްވާފައި އޮތްތަން ބަލާލީމެވެ. އަހަރެން ބާއްވާފައި އޮތީ ތިންވަނަ ހަރުފަތުގެ ހަރުގަނޑެއްގެ ކައިރީގައެވެ. ދެއަތުގައިވަނީ ޖާދޫގެ ވެޔޮގަނޑެއް އޮޅާފައެވެ. ހަރުގަނޑުގައި ލެނގިލައިގެން އިށީންދެ އިނީމެވެ. ކުއްލިއަކަށް އެއްކަލަ މީހާ ފާޅުވިއެވެ. އަނެއްކާވެސް އޭނާ ކުރަންފެށީ ސުވާލެވެ. ”ތީ ކާކު؟ ކިހިނެތް މިތަން ހޯދީ؟” އަހަރެން އަނގައިން ނުބުނަން ގަދަދެއްކީމެވެ. އޭނާގެންގުޅުނު ޖާދޫގެ އަސާގަނޑުން އަހަރެންގެ ކަރުގައި އަޅުވާލިއެވެ. “ތީ ކާކުހޭ؟ ޖަވާބު ދީބަލަ!” އޭނާ ހަރުކަށި އަޑަކުން ބުންޏެވެ. އަހަރެންނަކަށް ވާހަކަދެކެވޭވަރެއްނޫނެވެ. ގައިގަ ހަކަތައެއްނެތެވެ.

ވައިގެ ތެރޭގައި ޖާދޫގެއަސާގަނޑު ވިހުރުވާލުމާއެކު އަހަރެންގެ ފައިކޮޅު ގަނޑުވަމުން ދިޔައެވެ. އަނެއްކާވެސް އޭނަ ތަކުރާރުކޮށްލިއެވެ. “ ތީކާކުތަ؟ ޖަވާބު ދީބަލަ!”

ފިނިވަމުން ދިޔަ ހަށިގަނޑާއެކު އަހަރެންނަށް ރޮވެން ފެށުނެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ހޯސްލައިފަ ފައިބާގެން ދިޔައެވެ. މޫނުމަތީގައި އަސާގަނޑުން ޖެހިއެވެ. އެއާއެކު ލޭވެސް ފައިބަން ފެށިއެވެ. އެހާ ހިސާބުން އަހަރެން ރުޅިގަދަވާންފެށިއެވެ. އޭނާ އަދިވެސް ދިޔައީ ސުވާލުކުރަމުންނެވެ. “އަހަރެން ދޫކޮށްލާ!” އަހަރެން ހަޅޭއްލަވައިގަތީމެވެ. ގަނޑުވަމުން ދިޔަ ހަށިގަނޑާއެކު މުޅިގައިގަ ވޭން އަޅަން ފެށިއެވެ. ކަރާ ހިސާބަށް ގަނޑުވުމާއެކު އަހަރެންގެ ދަތްދޮޅީގައި ހިފަހައްޓާ ސުވާލުކުރިއެވެ. “ތިޔައީ ކާކުތަ؟ މި ތަނަށް އައުމުގެ މަގުސަދަކީ ކޮބާ؟ ވާހަކަ ނުދެއްކޭނަމަ ބޯ ހަލުވާ!” އެއްވެސް ޖަވާބެއް އަހަރެން ނުދެމެވެ.

އަހަރެންގެ ރުޅި ހައްދުފަހަނައަޅާ ދިޔައެވެ. ނަމަވެސް އޭނާ ހަދާފައިވާ ޖާދޫގެ ސަބަބުން އަލިފާނެއް ރޮލެއްނުވިއެވެ. ބަހެއް ނުބުނެ ގިނައިރުވުމުން އޭނާ ކޮޅަށްތެދުވެ ކުއްލިއަކަށް ގެއްލުނެވެ. ކޯތާފަތްމަތީން ފައިބަމުން ދިޔަ ކަރުނަތައް ވެޔޮގަނޑާއި ދިމާކުރީމެވެ. އެއްގޮތެއްވެސް ނުވިއެވެ. އެހެން އިނދެ ފިނިވެގެންގޮސް ގައިން ވާގިދޫވެ ހޭނެތުނެވެ.

ރަތްފިޔާތޮށި އުދަރެހަށް ލޯ ހުޅުވާލެވުނީ ޒައިލީ އައިސް ގައިގަ އަތްލި ފަހުންނެވެ. “އަހަންނަކަށް ނުވެސް ނިކުމެވުނު ބޭރަކަށް! މިނާލްގެ ހަށިގަނޑުގައި ވަނީ ވަރަށް ވަރުގަދަ ތަޅެއް އެޅުވިފަ! އެއީ އެ މީހާގެ ކަންތައް ދޯ؟” އެއްޗެއް ފޮރުވަން އުޅޭގޮތަކަށް ބުންޏެވެ. ޒައިލީގެ ހުރިހާ ވާހަކައަކަށް ބޯޖެހީމެވެ. ވާހަކަ ދެއްކެނީކީއެއް ނޫނެވެ. އެހެން އޮއްވާ ހަވަނަ މިނުން ފަނޑުވެ، ހޭލެވުނެވެ. އެއްކަލަ ހުވަފެން ނުފެންނާތީވެ އަހަރެން ހުރީ އަޖައިބުވެފައެވެ.

ހޭލެވުނުއިރު އަހަރެންގެ ހަތަރެސްފައިގައި ވަނީ ކަސްތޮޅު އަޅުވާފައެވެ. ހޭއެރުމާއެކުހެން އެ މީހާ އަހަރެން ކައިރިއަށް އައެވެ. އަނެއްކާވެސް ސުވާލުތައްކުރަން ފެށިއެވެ. އެންމެފަހުން ކެތްނުވެގެންގޮސް، އަހަރެންނަކީ ނުބައިމީހެެއް ނޫންކަމަށް އޭނާ ކައިރީ ބުނީމެވެ. ވަގުތުން މުޅިގައިގަވާ ގަނޑުތައް ވިރުވާލިއެވެ. “ކޮންނަމެއް ކިޔަނީ؟” އަދިވެސް އޭނާ ސުވާލު ކުރިއެވެ. “މިނާލް…” ނުބުނަންހުރެ މަޑުމަޑުން ބުނެލީމެވެ. ނަންބުނުމާއެކު އޭނާ މަޢާފަށް އެދެން ފެށިއެވެ. އެއާއެކު އޭނަގެ އަސާގަނޑު ބޭނުންކޮށްގެން އަހަރެންގެ ގައިގައި އެޅުވިފައިވާ ކަސްތޮޅު ނެއްޓިއެވެ. އަދި ތަދުވެފައިވާ ތަންތަނަށް ޖާދޫއެއް ބޭނުންކޮށްގެން ފަސޭހަ ކޮށްދިނެވެ. “ވަރަށް ބޮޑަށް މަޢާފުކުރޭ. އަޅުގަނޑަކީ މި ‘ސަބިޝަލް ލިއަޣްފަފައި’(ޖާދޫގެ ކުތުބުޚާނާ) ބަލަހައްޓާ މީހާ. އަދި ތަމުރީނުވެފައިވާ ޖާދޫގަރެއްވެސްމެއެވެ. އަޅުގަނޑަކީ ކިޒަން. އަޅުގަނޑު ހީކުރީ ތިއީ ރިޒުއާނާ ފޮނުވި މީހެއްކަމަށް.” އަހަރެންގެ ހިތުގައި އެހެންކަހަަލަ އިހުސާސްތަކެއް އުފެދުނެވެ. “ރިޒުއާނާއޭ؟” އަހަރެން ސުވާލުކޮށްލީމެވެ. ކިޒަން ޖަވާބުގައި ބުންޏެވެ. “އާދެ، ރިޒުއާނާ އަކީ ވަރަށް ނުބައި މީހެއް. އޭނާ ކޮންމެވެސް މީހަކާއިއެކު، މިރަށަށް ސިހުރުވެސް ހެދި. މިހާރު މި ތަނަށް މީހުންވެސް ފޮނުވާ! ފޮތްތަކެއް ހޯދަން ތޯއްޗެއް!”

“އެއީ އަހަރެންގެ ދައްތަ. އަހަރެން ހީކުރީ ކިޒަން އަކީވެސް ރިޒުއާނާ ފޮނުވި މީހެއްކަމަށް. އެހެންވެ ވާހަކަ ނުދެއްކީ. އަޅުގަނޑަށްވެސް މަޢާފުކުރޭ!” އަހަރެން ބުނެލީމެވެ. “ކީއްވެ މިތަނަށް ތި އައީ؟” ހިނިތުންވުމެއް ހަދިޔާކޮށްލުމާއެކު ކިޒަން ސުވާލުކުރިއެވެ. އެއްވެސް އޮޅުވާލުމެއްނެތި ތެދުތެދަށް ވީ ހުރިހާކަމެއް ކިޔައިދިނީމެވެ. އަހަރެންނަށް އަލިފާނުގެ ބާރު ދަސްކޮށްދޭން ކިޒަންއަށް އެހީތެރިވެވޭނެތޯ ސުވާލުކުރީމެވެ. ޖަވާބުގައި ކިޒަން ބޯޖަހާލިއެވެ. އަދި އޭނާގެ އަސާގަނޑު ނެގުމަށްފަހު އަހަރެންގެ ‘ސަބިޝް ރެރިޑެން’(ޖާދޫގެ ނާރުތަކު) ގައި އެޅުވިފައިވާ ޖާދޫގެ ތަޅު ނެއްޓިއެވެ. ޖާދޫގެ ނާރުތަކުން ލޭ ދައުރުވާލެއް ފުރިހަމަވެގެންދިޔައެވެ. ޖާދޫގެ ބާރުތައް ލިބެން ފެށިއެވެ.

ކިޒަންއަށް ދަނީއޭ ބުނެލުމަށްފަހު، ‘ޓެލިޕޮފްޓި’(ޖާދޫ ދަތުރު) ގެ ޖާދޫ ބޭނުން ކުރުމަށް އަހަރެންގެ ކޮޓަރި ހިތުލީމެވެ. ރަތް ފިޔާތޮށި ފުއްކުނޑިތަކެއް ފާޅުވެ އެތަނުން ގެއްލި ކޮޓަރިތެރެއަށް ފާޅުވިއެވެ. ކޮޓަރިއަށް ފާޅުވުމާއެކު، އެނދަށް ފުންމާލީމެވެ. ކިޒަންގެ ވަރުގަދަ ހަށިގަނޑާއި ޖާދޫއަށް ވިސްނާލުމުން ލޭގެ ހިނގުން އަވަސްވިއެވެ. ކޯތާފަތްމަތިވެސް ރަތްވިއެވެ. ލަދުންގޮސް މީހާ ހަލާކުވާވަރުވިއެވެ. އެހެން އޮއްވަ އަހަރެންގެ ވަރުބަލިވެފައިވާ ދެ ލޮލަށް ނިދިއައެވެ.

 

 

ބާބު – 5 ޖާދޫގެ ބާރުތައް

އާ ދުވަހަކަށް އިރުގެ ފިޔާތޮށި ފަނޑު ދޯދިތައް ޖަވާހިތް ގަނޑުވަރަށްް މަރުޙަބާކީ ސަނީޒާގެ މަރުގެ ޚަބަރާއެކުއެވެ. އެހެން އެހީތެރިން ބުނިގޮތުގައި އޭނާގެ ކަރުގައި ލޭބޮއެފާވާކަމުގެ ނިޝާންތަކެއް ހުރިކަމަށްވެއެވެ. އަހަރެންވެސް މި ޚަބަރު އިވުމާއެކު ތައްޔާރުވެލައިގެން ސަނީޒާގެ ކައިރިއަށް ދިޔައީމެވެ. އޭނަ އޮތީ މުޅިން ހުދުވެފައެވެ. މާގިނައިރުތަކެއްނުކޮށް ކަށުކަމާކެމީގެ ކަންތައްތައް ނިމިގެން ދިޔައެވެ. ގަނޑުވަރުގެ ބިތްދޮށުގައި ވަޅުލުމަށްފަހު އަހަރެން ދިޔައީ ސައިބޯށެވެ. ކެއުމުގެ ކަންތައްތައް ނިމުމާއެކު އަވަސްވެގަތީ ކަމުދާ ކަހަލަ ހެދުމެއްލައި ‘ލިއަޣްފަފައި’(ކުތުބުޚާނާ) އަށް ‘ޓެލިޕޮފްޓި’(ޖާދޫ ދަތުރު) ވުމަށެވެ.

ކިޒަން ހޯދުމުގެ ނިޔަތުގައި ގަހުގެ އެންމެ މައްޗަށް ‘ޓެލިޕޮފްޓި’ ވީމެވެ. ރަތް ފިޔާތޮށިކުލަ ފަނޑުވިހެން އެތާ ކުރިމަތީގައި ކިޒަން ހުރިތަން ފެނުނެވެ. އާ ދުވަހަކަށް މަރުހަބާއޭ ބުނެލުމަށްފަހު އަހަރެން ތައްޔާރުވީ އަލިފާނުގެ ބާރު އުނގެނޭށެވެ. އޭރު ޒައިލީވެސް އަހަރެންގެ ހަށިގަނޑުން ނުކުމެގެން ދިޔައެވެ.

ކިޒަން ކިޔައިދޭން ފެށިއެވެ. “އަލިފާނުގެ ޖާދޫ ނުވަތަ ‘ޖިފެ’ އަކީ އަލިފާނާ ގުޅުންހުރި ހުރިހާ ކަމެއްގެ ޖާދޫ. އެގޮތުން ފުރަތަމަ ދަސްކުރަންވާނީ ރުޅިހިފެހެއްޓުން. ރޭގަވެސް ވަރަށް ރުޅި އަންނަފަދަ ކަންތައްތަކެއް އަހަރެންނަށް ކުރެވެނު. ނަމަވެސް އެ ފަދަ ހާލަތްތަކުގައި ވެސް ރުޅި ހިފެހެއްޓުމަކީ ވަރަށް މުހިންމުކަމެއް. ރުޅި އާއި ޖިފެއަކީ ހަމަ ގާތްގަނޑަކަށް އެކައްޗެއް. އެއީ ރުޅި ގަދަވި ވަރަކަށް އަލިފާނުގެ ބާރުވެސް ކުލަވެސް ގަދަވާނެ. އޭރުގެ ޖަޒުބާތެއް ހުރިގޮތަކަށް އަލިފާން ރޯވާނެ.” އަހަރެން އެކިޔައިދިން ހުރިހާ އެއްޗަކަށް ބޯޖެހި ނަމަވެސް ފަހުމުވީ އޭގެން ވަރަށް މަދު އެއްޗެކެވެ. އެ ހުރިހާއިރު އަހަރެން އިނީ އޭނާގެ ލޮލުގެ ކަޅިއަށް ގެއްލިފައެވެ.

ކިޒަން ތެދުވެ، ރުޅިގަދަވެފައިވާ އަލިފާންގަނޑެއް ދެއްކިއެވެ. އެއަށްފަހު އެކި ވައްތަރުގެ އަލިފާން ދެއްކިއެވެ. އެކި ޖަޒުބާތައް އެކި ކުލަތަކެވެ. އުފަލާއި، ދެރަވުމާއި، އެހެން ޖަޒުބާތުތަށް ދައްކައިދިނެވެ. އަހަރެންވެސް ތެދުވެ ކިޒަންއާ ބައިވެރިވެލީމެވެ. ނަމަވެސް އަހަންނަށް އުފެއްދުނީ ފިޔާތޮށިކުލައިގެ ބިޔަ އިސްކޮޅުންދިގު އަލިފާންގަނޑެކެވެ. އެއީ ކޮންވައްތަރެއްތޯ ސުވާލުކުރުމުން ކިޒަން އަނގަމަތީ އަތް އަޅައިގެން ހުއްޓެވެ. ހީވަނީ ހިނިގަނޑު ހިފަހައްޓައިގެން ހުރިހެންނެވެ.

“މިނާލް ރުޅި އަންނަފަދަ ކަމަކަށް ވިސްނާ. އޭރުން ރަތްކުލައިގެ ގިނި ފާޅުވާނެވެ.” ހިނިތުންވުމަކާއިއެކު އޭނާ ބުންޏެވެ. އެހެން ބުނުމާއެކު އަހަރެންގެ ވިސްނުން ދިޔައީ ރިޒުއާނާއަށެވެ. އަދި އޭނާ ކޮށްފައިވާ ގޯސް ކަންތައްތަކަށެވެ. އެއާއެކު އަހަރެންގެ އިސްކޮޅަށްވުރެވެސް ދިގު ބޮޑު ލޭ ރަތްކުލައިގެ އަލިފާންގަޑެއް އަހަރެންގެ އަތުން ފާޅުވިއެވެ. ޚުދު އަހަރެންވެސް ހައިރާންވެފައި ހުރެވުނެެވެ. އިރުކޮޅަކުން ‘ސަބިޝް ރެރިޑެން'(ޖާދޫގެ ނާރު) ތަކުގައި ހޫނުވާކަމުގެ އިހުސާސެއް ކުރެވުނެވެ. “ރިޒުއާނާދެކެ އައިސްފައިތިވާ ރުޅި ހިތުން ފިލައިގެން ދިޔަވަރަކަށް އަލިފާނުގެ ކުލައާއި ބާރުވެސް ދެރަވާނެ.” ކިޒަން ބުނެލިއެވެ.

“ދެން އޮތީ އަލިފާނުން ތަކެތި އުފެއްދުން!” އޭނާގެ އަތުގައިވާ ފޮތައް ބަލައިލަމުން ބުނެލިއެވެ. ކިޒަން އޭނާގެ އަތް ބޭނުންކޮށްގެން އަލިފާން ކަނޑިއެއް އުފެއްދިއެވެ. އަދި އެ ކަނޑިން ދިމަދިމާއަށް ހޫރާލިއެވެ. އަހަރެންވެސް އަލިފާނުން އެއްޗެއް ހެދޭތޯ ބެލީމެވެ. އަތުގެ އިނގިލިތަކުން އަލިފާންގަނޑެއް ނިކުމެ، ތުތިމަހެއްގެ ބައްޓަމަކަށްވިއެވެ. ‘ސަބިޝް ރެރިޑެން’(ޖާދޫގެ ނާރު) ތަކުގައި ހޫނުވާކަމުގެ އިހުސާސެއްވިއެވެ. މާގިނައިރެއްނުވެ، އަލިފާންގަނޑު ނިވިގެން ދިޔައެވެ. ހިއްވަރު އެލުވާނުލާ އަދިވެސް މަސައްކަތްކުރީ އަލިފާންގަނޑު ބޮޑުކުރެވޭތޯއެވެ. އަހަރެން ސިފަކުރަމުން ދިޔައީ ޒައިލީއެވެ. އިރުކޮޅެއްތެރޭގައި އަލިފާންގަނޑު ރޯވެ، ސިފަތައް ފުރިހަމަވެގެން ދިޔައެވެ. ވައިގެ ތެރޭގައި އަނދަމުންދިޔަ އަލިފާންގަނޑައް ބަލާލުމަށްފަހު ކިޒަން ހިނިތުންވުމެއްދިނެވެ.

“މިހާރު ތިހުރީ ‘ޖިފެ’ގެ މައގަނޑު ބާރުތައް ދަސްވެފައި.” ކިޒަން ބުނެދިނެވެ. “އިތުރަށް ދަސްކުރަންވީ ގިނަ އަލިފާން އެއްފަހަރާ އުފެއްދުމާއި، ގެންގުޅުމަށް!” އަހަރެންނަށް ބަލާލަމުން ކިޒަން ބުނެލިއެވެ. މުޅި އެ ދުވަސް ހޭދަކުރީ ‘ޖިފެ’(އަލިފާނުގެ ޖާދޫ) ގެ ބާރުތައް ދަސްކުރުމާއި ފުރިހަމަކުރުމުގައެވެ. އިރުގެ އަލިކަން ފަނޑުވެ ދިޔުމާއެކު އަހަރެން ޖާދޫހެދުން ހުއްޓާލީމެވެ. ކިޒަންވެސް އޭރު ‘ލިއަޣްފަފައި’ގެ ތެރެއަށް ވަދެއެވެ.

އެ ގަހުގެ ހުޅަނގުފަރާތު އޮފިގަނޑެއްގައި ހަމަޖެހިލައިގެން އަހަރެން އޮތީމެވެ. ޒައިލީވެސް އަހަރެންގެ ގާތުގައި އޮށޯވެލައިގެން އޮތެވެ. ފަނޑުވަމުންދާ އިރުގެ ފިޔާތޮށި ދޯދިތަކަށް ބަލަމުން ދިޔައެއްކަމަކު، އަހަރެންގެ ސިކުނޑިތެރޭގައި ކިޒަންގެ ޚިޔާލުތައް ރަސްކަންކުރަމުން ގެންދިޔައެވެ. އެ ބުޅި އިސްތަށިގަނޑާއި، މުތެއްފަދަ ދެލޮލެވެ. އޭނާގެ ބިޔަ ފިރިހެންވަންތަ ހަށިގަނޑާއި، ޖާދޫގެ ވަރުގަދަކަމެވެ.

ޚިޔާލީ ދުނިޔެއިން އަރައިގަނެވުނީ ފަހަތުން އިވުނު އަޑަކާއިއެކުއެވެ. އެއީ ރިޒުއާނާއެވެ. އޭނާގެ އަތުގެ އިޝާރާތާއެކު ވައިގެތެރޭގައި އަހަރެން އޭނާގެ ގާތައް ގެންދިޔައެވެ. ހަށިގަނޑު ގުޑުވައިވެސް ނުލެވުނެވެ. ޒީލަގަދަ ހިނިގަނޑަކާއިއެކު އޭނާ ހަޅޭއްލަވައިގަތެވެ. “ކަލެއައް ވަރަށް ކަމުދާ ހަދިޔާއެއް ގަނޑުވަރުތެރޭގައި އޮންނާނެ! ނިކަން ދޭބަލަ! އާނ އެއީ ތެދެއް. މިއަދު އަހަރެންގެ އަތަކުން ކަލޭ ސަލާމަތެއް ނުވާނެ!” ރިޒުއާނާ ބުނި އެއްޗަކަށް ރައްދެއް ނުދެމެވެ. އިރުކޮޅެއްފަހުން، އަހަރެންގެ އަތުގައި ހިފާލިއެވެ. ކިޔެވެލިތަކެއް ކިޔަވަންފެށިއެވެ. އެއާއެކު އަހަރެންގެ ކަނާތުފައި ކުނޑިތަކަކަށް ބަދަލުވާން ފެށިއެވެ. ވަމުންދާ ތަދުގެ ސަބަބުން ބާރުބާރަށް ހަޅޭއްލަވައިގަނެވުނެވެ. އިސާހިތަކު ކިޒަން ފާޅުވިއެވެ. އަހަރެން ދޫކޮށްލުމަށް އަމުރުކުރިއެވެ. އަދި ގަދަ ރީނދޫކުލައިގެ އަލިފާންގުޅައެއް ރިޒުއާނާއާ ދިމާއަށް އެއްލިއެވެ. އަލިފާންގުޅަ ޖެހުމާއެކު ރިޒުއާނާ އަނދަންފެށިއެެެވެ. އަހަރެން ހުރިތަނައް ވެއްޓުނެވެ. ދަނބުކުލައިގެ ކުނޑިތަކަކާއި ރިޒުއާނާ ހުރިތަނަށް ކުއްލިއަކަށް ގެއްލުނެވެ.

“އަހަރެންގެ ފައި.” އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. ކިޒަން އައިސް އަހަރެންގެ ފަޔަށް ކިހިނެއްވީތޯ ބެލިއެވެ. ހޯސްލާފައި ލޭތައް ފައިބަމުން ދިޔައެވެ. އަދި އެ ލެއާއެކު ރަތްފިޔާތޮށި ދިޔަތަކެއްވެސް ފައިބަމުން ދިޔައެވެ. ކިޒަން އޭނާގެ ހެދުމުގެ ފަސްބައި އިރާލާފައި އަހަރެންގެ ފައިގެ ވަށައިގެން އޮޅާލިއެވެ. ލޭ މަނާވީހެން ހީވުމާއެކު، އޭނާގެ ޖާދޫގެ އަސާގަނޑުން ވައިގެ ތެރޭގައި ވިހުރުވާލިއެވެ. އެއާއެކު ފައިގެ ތަދު މަޑުވާކަން އިހުސާސްވިއެވެ. ކޮޅަށް ތެދުވުމަށް ކިޒަން އަހަރެންނަށް އެހީތެރިވިއެވެ. ކޮޅަށް ނުހުރެވޭނެތީވެ، އުރާލައިގެން ގަނޑުވަރާ ދިމާއަށް މިސްރާބު ޖެހިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leafy

Level 210 Stories100 Login

Other Articles

Previous

ދެވުނީ ވޭނޭ 42

Next

ފުރަތަމަ ފެނިލުމުން

Next
February 7, 2026

ފުރަތަމަ ފެނިލުމުން

Previews
February 6, 2026

ދެވުނީ ވޭނޭ 42



All Right Reserved!