Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 41

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
February 6, 2026 11 Mins Read
43 Comments

* “މީ ޔައުލާން..” ޔައުލާން ދިނީ ކުރު ޖަވާބެކެވެ. “ޑިޑް ޝީ ސޭ އެނީތިން..؟” ޝަފްވާންގެ އަޑުގައިވީ މާޔޫސްކަން ޔައުލާނަށް ފާހަގަވިއެވެ. އެއާއެކު އޭނާ ވެސް ކުޑަކޮށް ދެރަވާގޮތްވިއެވެ. “އެލް ދޯ..؟” ޔައުލާން ފުން ނޭވާއެއް ލިއެވެ.*

“އަހަރެމެން ހީކުރިފަދަ އެއްވެސް ކަމެއް ކަލޭ ނުކުރެޔޭ ބުނީ..” ކުރުގޮތަކަށް މިއަލް ބުނިގޮތް ޔައުލާން ކިޔާދިނެވެ. އެކޮޅުން ޝަފްވާން ޗުސް ލައްވާލިއަޑު ޔައުލާނަށް އިވުނެވެ. އެކަމާހެދި ޝަފްވާން ބޯ ގޮވާފައި އިންނާނެ މިންވަރު ޔައުލާނަށް އަންދާޒާ ކުރެވުނެވެ.

“ހަމަހުވާ މަށެއް ނުކުރަމޭ އެއްވެސް ކަމެއް.. އަދި އެވެސް މިއާ ދޮންބެ ކުރިމަތީ.. މިހާރު ހީކުރާނީ ކީކޭކަމެއް ވެސް ނޭނގެ.. ކަލެއަށް ހީވާ ގޮތް ބުނެބަލަ..” ގޮތްހުސްވެގެން ޝަފްވާން އެއްސެވެ. ޔައުލާން ވިސްނާލިއެވެ.

“ހަގީގަތަށް ބުނަންޏާ އެއްގޮތަކަށް ވެސް ނޭނގެ.. އައިމް ސޮރީ.. އެލްއާ އަހަންނާ މިކަހަލަ ވާހަކަތައް ދައްކާ އުޅޭ ބައެއް ނޫން މީ.. ދެކެވިފަ އޮތިއްޔާ އެންމެ ފަހަރަކު ކަންނޭނގެ ދެކެވުނީ.. އެވެސް މަގޭ ވާހަކަ.. އެލް އިޒް ނޮޓް ދި ޓައިޕް ޓު ޓޯކް އަބައުޓް ހަރ ފީލިންގްސް ޖަސްޓް ލައިކް ދެޓް ވިތް ޖަސްޓް އެނީވަން..” ކުޑަކޮށް ހަމްދަރުދީވެގެން ޔައުލާން ބުނެލިއެވެ. ޝަފްވާނާ މެދު އުފެދިފައި އޮތް ނުތަނަވަސްކަން އޭނާ އެއްފަރާތް ކޮށްލަން ނިންމީ އޭނާގެ ހާލަތު ހުރިގޮތް ފެނުމުންނެވެ.

“ޑޭމް އިޓް.. ކަލެއަށް ހޯދައެއް ނުދެވޭނެތަ..؟ ޕްލީޒް..؟ ހަމަ އެއްވެސް ގޮތެއް ނެތިގެން މި ގުޅީ.. އިނގޭ އަހަރެމެން ދެމީހުން މީ ދުވަހަކުވެސް އެހާ ގާތް ބައެއް ނޫންކަން..” އެހިސާބަށް ބުނެފައި ޝަފްވާން ހިނދުކޮޅަކަށް މަޑުޖެހިލިއެވެ.

“ބަޓް އައި ލަވް ހަރ.. އެންޑް އައި ނީޑް ހަރ.. އެހެންވެ މިއާ އިތުރަށް ނުރުހޭނެ ގޮތަކަށް ކަމެއް ކުރާކަށް ބޭނުމެއް ނޫން.. މަށަކަށް ނެތް ސީދާ ގޮސްފަ އެހޭކަށް.. އަހޫ މަ ދެކެ ނައްޓައިގެން ބަޚަބަރު.. ތަނާ ވެސް އޭނަ ބޭނުންވާ ގޮތް ނޫން ގޮތަކަށް ނޭވައެއް ވެސް ނުލާނެ.. މައި ފަސްޓް އިމްޕްރެޝަން ވެންޓް ސައުތް ވިތް ހަރ ބްރަދަރ.. ކަލޭ އެކަނި ބާކީ ހުރީ.. އިފް ޔޫ ކާންޓް، ޓެލް މީ ސަމްވަން ހޫ ކޭން.. އާނ.. އާނާގެ ނަންބަރު އެބައޮތްތަ..؟” ޝަފްވާން ހުއްޓުމެއް ނެތި ވާހަކަދައްކަމުން ދިޔުމުން އޭނާ ހުއްޓުވަން ޖެހުނީ ޔައުލާނަށެވެ.

“ކާމް ޑައުން.. މަށަށް އިނގޭ ވަރަށް ހާސްވެފަކަން ތީނީ.. މަށަށް ވީވަރެއް ކޮށްދީފާނަން.. އައިމް އޯލްސޯ ކިއުރިއަސް ޓު ނޯ ވަޓް ހެޕެންޑް..” ޔައުލާން ހާމަކުރީ ހަގީގަތެވެ. އެކޮޅުން ޝަފްވާންގެ ޝުކުރުގެ ބަސްތައް ޔައުލާންގެ އުނގަށް އޮހިގެން ދިޔައީ އެއް ސިކުންތެއް ތެރޭގައެވެ. ދެމީހުން އިތުރަށް ވާހަކަ ދެއްކިއެވެ. ޝަފްވާން މިއަލްއަށް ޓަކައި ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެކަން ޔައުލާނަށް ޔަގީންވީ ދެނެވެ.

“ކިރިޔާ ކަމެއް އެނގުނަސް އަންގާލަދެއްޗޭ.. ކިތަންމެ ކުޑަ މައުލޫމާތެއް ވިޔަސް ހެޔޮ.. މަށަށް ވެސް ކުރެވުނު ކަމެއް ކުރާނަން މިވަގުތަށް.. އައި ނީޑް ހަރ ބެކް..” އެ އަޑުގައި ކެތްތެރިކަމެއް ނެތެވެ. ޔައުލާން ހައިރާންވިއެވެ. މިޝަލްއާ ހެދި ވެސް ޝަފްވާން މިވަރަކުން ނޫޅެއެވެ. ޝަފްވާނަށް ނުފެންނާނެކަން އެނގިހުރެވެސް އޭނައަށް ބޯ ޖަހާލެވުނެވެ.

“ޝަރުތެއް މަތިން..” ޔައުލާން ހަރުކަށިވެލިއެވެ. ޝަފްވާން ވަގުތުން ކޮންކަމެއްތޯ އެއްސެވެ.

“މިކަން ހައްލުވެއްޖެއްޔާ ދެން ދުވަހަކު ވެސް އެލް ހިތުގަ ޖައްސައިގެންނެއް ނުވާނެ.. އެދުވަހަކުން މަ އަލުން އެހީއެއް ނުވާނަން..” ޔައުލާން ބުނެލިއެވެ. މިއަލް ހިތުގައި ޖެހިފަ އިންނަ މަންޒަރު ބެލުމަކީ އޭނާއަށް ވެސް ފަސޭހަ ކަމެއް ނޫނެވެ.

“އިރާދަކުރެއްވިއްޔާ ދެން ނުވާނެ.. ޕްލީޒް ހެލްޕް މީ..” ޝަފްވާން ޔަގީންކަން ދިނެވެ. ހީވަނީ ގައިން ތަނެއްގައި ރޯވެގެން އުޅޭހެންނެވެ. ޔައުލާން ފުރިހަމައަށް އެއްބަސްވީ އެއަށްފަަހުއެވެ. ޝަފްވާން ކިރިޔާވެސް ހަމަޖެހިލީ ދެނެވެ. އޭނާ ގުޅާނަން ކަމަށް ބުނެ ޔައުލާން ފޯނު ކަނޑާލިއެވެ.

ގޮނޑީގައި ލެނގިލާފައި ޔައުލާނަށް ވިސްނާލެވުނީ މި ވާހަކަ މިޝަލްއަށް ކިޔާދޭނެ ގޮތަކާ މެދުގައެވެ.

**********

ޑިއުޓީ ނިމިގެން މިއަލް ދިޔައީ މިޝަލްގެ ގެއަށެވެ. އޭނާގެ މޫނުމަތިން ވަނީ ކުލަ އޮއްސިފައެވެ. މިއަލް އައުމާއެކީ މިޝަލް ފުޅާ ހިނިތުންވުމަކާއެކީ މަރުހަބާ ކިއެވެ. އަދި ހަވީރުގެ ސައި ތައްޔާރު ކޮށްފައި އިން މޭޒުމަތި ދައްކާލިއެވެ.

“އޯހް..”

ޝަފްވާނާ އޭނަޔާ ދެމެދު ހިނގި ހާދިސާ ކިޔާދިނުމުން މިޝަލްގެ ދުލުން ބޭރުވީ ހަމައެކަނި އެޔެވެ. ދަތްދޮޅީގައި އަތް ވިދެލާފައި މިޝަލް ވިސްނާލިއެވެ.

“އިޓްސް އޯކޭ.. އެއީ މައްސަލައެއް ނޫން.. މިއޮތީ ދޮންތިގެ ޕްލޭނަކީ..” ކިޔާދޭން ފެށުމުގެ ކުރިން ފަނޑު ރަތްކަމެއް ވެރިވެފައިވާ މިއަލްގެ ދެލޮލަށް މިޝަލްއަށް ނަޒަރު ހިންގާލެވުނެވެ. އެއާއެކު އޭނާގެ ހިތަށް ތޫނު ތަދެއް ވިއެވެ. ހިތުގެ ކަނަކުން މިކަން ހުއްޓާލުމަށް ގޮވާލިއެވެ. ނަމަވެސް އާދައިގެ މަތިން މިޝަލް ހިތުގެ ގޮވުމަށް އިންކާރު ކުރީއެވެ. ތުންފިއްތާލަމުން މިއަލް މިޝަލް ގާތަށް ޖެހުނެވެ.

***********

ހަތަރު މަސް ވޭތުވެގެން ދިޔައީ އެސްފިޔަ ޖަހާލާހާ އަވަހަށެވެ. މިއަލްގެ ފުރަތަމަ ސެމިސްޓަރ ނިމެން ގާތް ވަނީއެވެ. އިމްތިހާނުތައް އަންނާތީ މިއަލް ގިނަވަގުތު ހޭދަކުރަމުން ދިޔައީ ކިޔެވުމުގައެވެ. ޝަފްވާންގެ ޚިޔާލުތަކުން މިންޖުވާން އޭނާއަށް ދުވާލުދާ ހަތަރުދަމުހެން އިނދެވެނީ ލެޕްޓޮޕް ތެރެއަށް ވަދެއެވެ. އަބަދު ސްކްރީނަށް ބަލާބަލާ މިހާރު އޭނާ އައިނު އަޅަން ނުޖެހޭނެ ކަމެއް ނޭނގެއެވެ.

ކިއަނާ އާއި ރީއަލްގެ ފަރާތުން ދޭ ކުޑަ ޕާރޓީއެއް މިއަލްގެ ޓެސްޓްތައް ނިމޭހާ އަވަހަކަށް އޮތެވެ. އާއިލާއާއި ގާތް ރަހުމަތްތެރިންނަށް ބާއްވާ ކުޑަ އެއްވެލުމެކެވެ. ދެމީހުން އެންގޭޖްވީކަމުގެ އުފަލުގައެވެ. އެ ޕާރޓީ އޮތީ ނަވާޒުމެންގެ ރަށުގައި ކަމުން އެ ހަފްލާގައި ބައިވެރިވުމަށް ޓަކައި ކިއަނާ އާއި ރީއަލްގެ އިތުރުން އާއިލާގެ ގިނަ ފަރާތްތަކެއް އަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ. ނަވާޒާއި އެ އާއިލާގެ އިތުރުން ޔައުލާނަށް ވެސް ވަނީ ދައުވަތު ދެވިފައެވެ. އެންމެން ވެސް ކެތްތެރިކަމެއް ނެތި ވަގުތު ގުނަމުން ދިޔައީ އެ ދުވަސް އާދޭތޯއެވެ. ޚާއްސަގޮތެއްގައި ކިއަނާއެވެ.

ޗުއްޓީ ހަމަވުމުން ނަވާލް އެނބުރި ރިސޯޓަށް ދިޔައީ ދާން ބޭނުންނުވެހުރެއެވެ. ހަގީގަތް އެނގުމަށްފަހު މިޝްލާ އޭނާ ދެކެ ރުޅިއެއް ނައެވެ. ކަން ހިނގާގޮސްފައިވަނީ މިޝްލާ ހީކުރިގޮތަށް ކަމަށްވާތީއެވެ. މިޝްލާގެ ހިތުގައި ކުރިިން ޝަކުވާ އުފެދުނަސް އޭނާ މިހާރު ވަނީ ނަވާލަށް ހެޔޮހިތުން މައާފްކޮށްފައެވެ. ރީއަލް އެކޮޅުގައި އުޅޭތީ އޭނާ ވެސް ޚިޔާރުކުރީ އެކޮޅުގައި ދިރިއުޅުމެވެ. މިޝްލާ އެވާހަކަތައް ހިއްސާކުރީ ޒާމިނާއި އަލީސާއަށެވެ. އެނޫން ގާތް ބައެއް މިއަދު އޭނާގެ ނެތެވެ. ނަވާލް ރަށުން ދިޔަފަހުން އޭނާ މިލްރީޝްވޭލީއަށް ބަދަލުވިއެވެ. އެ ހަނދާންތައް އުނދަގޫ ކުރި ނަމަވެސް އިހުސާސްތައް ކޮންޓްރޯލް ކުރެވޭތޯ މިޝްލާ ބަލައެވެ. ކިއަނާދެކެ ވެސް އޭނާ ނުހަނު ބޮޑަށް ލޯބިވެއެވެ. މިހާރު ދެމީހުންގެ ވެސް ބޭނުންވަނީ ދަރިންގެ ކަންކަމުގައި ގުޅިގެން އުޅުމަށެވެ. އެކުވެރިންގެ ގޮތުގައި އުޅެން އެއްބަސްވި ނަމަވެސް…

މިހާރު މިޝަލްގެ ރޭވުމަކަށް ވެފައި ވަނީ އޭނާއަކީ މިއަލް ކަމަށް ހެދިގެން ޝަފްވާނާއި ބައްދަލު ކުރުމެވެ. ޝަފްވާނަށް ކަމުދަނީ މިއަލް ކަމަށް ވާތީއެވެ. އިސްތަށިގަނޑުގައި ވިގެއް ޖަހާލުމުން އޭނައެކޭ މިއަލްއެކޭ ތަފާތެއް ނެތެވެ. ޔައުލާން ނޫން މީހަކަށް ވަކިކުރަން އެނގޭނެކަމަށް ޝައްކެވެ.

ޝަފްވާނާ މިއަލްގެ މެދުގައިވީ ހަމަނުޖެހުންގަނޑު ހައްލުކުރީ މިޝަަލް މިއަލް ކަމަށް ހެދިގެން އޭނަޔާ ބައްދަލު ކުރުމަށް ފަހުއެވެ. މާބޮޑަށް އެ ވާހަކަ އެދެމެދުގައި ނުދެކެވުނެވެ. ހިތަށް ވެރިވި ހަމަޖެހުމުގެ ސަބަބުން ޝަފްވާން ވެސް ވަކި ނާހައެވެ.

މިއަލް ކޮންމެ ދުވަހަކުހެން ވަކި ގަޑިއެއްގައި މިޝަލް އުޅޭ އެޕާޓްމެންޓަށް ދެއެވެ. އެވަގުތު ސިއްރުން އެއްޗެހި ބަދަލު ކޮށްލާފައި މިއަލް ކަމަށް ހެދިގެން މިޝަލް ދަނީ ޝަފްވާނާއި ބައްދަލު ކުރާށެވެ. މިޝަލް ކަމަށް ހެދިގެން އެވަގުތުތަކުގައި މިއަލް އިންނަނީ އެގޭގައި ކިޔަވާށެވެ. މިއަލް ހުންނަ ގަޑިތަކުގައި ކޮންމެވެސް ބަހަނާއެއް ދައްކައިގެން އެ އެޕާޓްމެންޓަށް އައުން މިޝަލް ވަނީ ޔައުލާނަށް މަނާ ކޮށްފައެވެ. ހަމައެއާއެކު ބައްދަލު ކުރަން ނަވާޒުމެންގެ ގެއަށް ނުދާން މިޝަލް ވަނީ ޝަފްވާން ގާތުގައި ވެސް އެދިފައެވެ. ސަބަބަކަށް ބޭނުންކުރީ އެންމެންގަނޑު ހަމައަކަށް އެޅެންދެން ދެމީހުން މި ގުޅުން ސިއްރު ކޮށްލައިގެން އުޅުމެވެ. އޭނާގެ ހަގީީގީ ބޭނުމަކީ މިއަލް އާއި ޝަފްވާން އެއްގޮތަކަށް ވެސް ދިމާނުވާނެ ގޮތް ހެދުމެވެ. އަދި އޭނަޔާ ޝަފްވާނާ އެކުގައި ވަގުތު ހޭދަކުރާއިރު ދަންނަ އެކަކާ ވެސް ދިމާ ނުވުމެވެ.

އަހުނަފް ޝަފްވާނާއި އަނެއްހެން ވާހަކަދައްކައެއް ނޫޅެއެވެ. އެ ގުޅުމަށް އައިސްފައިވީ ހީނަރުކަން ނައްތާލެވޭތޯ ތަނާ މަސައްކަތްކުރި ނަމަވެސް ކާމިޔާބުގެ އަލާމާތެއް ނުފެނެއެވެ. މިޝަލް ގަސްތު ކޮށްގެން ހުރީ ޝަފްވާނަށް ވަކިނުވެވޭނެހާ ލޯބިވެވުމުން އޭނާގެ ހަގީގަތް ހާމަކުރުމަށެވެ. ޝަފްވާނަށް އޭނަޔާއި ނުލާ ނޫޅެވޭނެވަރު ވުމުންނެވެ. އެހާއިރު ވާއިރަށް ޝަފްވާނަށް ހުންނާނީ އޭނާދެކެ ލޯބިވެވިފައިކަމަށް ގަބޫލުކުރަމުންނެވެ. އެކުރެވެނީ ކިހާ މޮޔަ ޚިޔާލުތަކެއް ކަމެއް އޭނާއަކަށް އިހުސާސެއް ނުވެއެވެ. އާދައިގެ މީހަކު ނަމަ ބަލިގަބޫލުކުރާނެތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް މި މިޝަލްއަކީ ގައިމުވެސް އެމީހުންގެ ލިސްޓަށް ފެތޭވަރުގެ މީހެއް ނޫނެވެ.

މިއަލް ވެސް ވަކި އެއްޗެއް ނުބުނެއެވެ. ދޮންތި ހެދިގޮތެއް ހަދަންދެން އިންނަނީއެވެ. ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ޝަފްވާނަށް ވެސް ހަގީގީ އުފަލެއް ލިބެން އޮތީ އެމަގުން ކަމަށް މިޝަލް އޭނާއަށް ވިސްނައިދެމުންދާތީއެވެ. ދޮގު ހަދައިގެން އުޅެންޖެހޭތީ ދެރަވެއެވެ. ފަޅާއަރާފާނެތީ ނުތަނަވަސްވަނީ އެހެނެެއް ބަލާފައެއް ނޫނެވެ. ހަގީގަތުގައި މިއީ ކިހާބޮޑު އޮޅުވާލުމެއްކަން ހިތަށް އަރާއިރަށް ހުއްޓާލަން ބޭނުންވެއެވެ. ނަމަވެސް ކޮންމެފަހަރަކު އޭނާ ހުއްޓުވަނީ މިޝަލްއެވެ. އަދި މީހާ ވަށާލާ ދެވަނަ ވިސްނުންތަކެވެ. އޭނަޔާ އެކުގައި ނޫންވިޔަސް ޝަފްވާން އުފަލުގައި އުޅުމަކީ އޭނާ ބޭނުންވާ ގޮތެވެ. ޝަފްވާން ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެނިކޮށް އޭނާއަށް ނިމުނީއެވެ. ކިއަނާއާ ވެސް އެ ވާހަކަތައް ހިއްސާކުރާނެހާ ހިތްވަރެއް މިއަލްގެ ނެތެވެ. ކިއަނާ ވެސް އެންގޭޖްމެންޓްގެ ކަންކަމާ ބިޒީވެފައި ހުރި ދުވަސްކޮޅަކާ ދިމާވިކަމީ ނަސީބެކެވެ. މިއަލްގެ ފަރާތުން ހިތާމަވެރިކަމެއް ފެންނަމުން ދާހެން ހީވާތީ ކިއަނާ ސުވާލުު ކުރެއެވެ. ނަަމަވެސް މިއަލް އެކަން އޮއްބާލަނީ ކުޅަދާނަކަމާއެކުގައެވެ.

ހަފްލާ ބާއްވާ ދުވަހާ ގާތްކޮށް ރީއަލް އެނބުރި ނަވާޒުމެން ރަށަށް ދިޔައީ ތައްޔާރީތައް ވާންފެށުމަށެވެ. އޭނާ މިފަހަރު ވެސް ހުރީ ޔައުލާންމެންގެ ގޭގައެވެ. އަލީސާމެންނާއި ގާތްވެ އެއީ ވެސް ރީއަލަށް މުހިންމު ބަޔަކަށް ވެއްޖެއެވެ. އެހާ ވެސް ބޮޑަށް އަލީސާ އޭނައަށް އަޅާލައެވެ. ޒާމިން ވެސް އޭނަޔާ މެދު ކަންތައް ކުރަނީ އަމިއްލަ ދަރިއަކާމެދު ކަން ކުރާނެ ބީދައިންނެވެ.

އެ ދަތުރުގައި ނަވާލްގެ އެދުމަށް ރީއަލް މިއަލްއަށް މިޝްލާގެ ވާހަކަ ކިޔާދިނީ އެންމެ ފަހު ޓެސްޓަށް ވެފަ އޮއްވައެވެ. މަންމަ އެރަށަށް އައިސްގެން އުޅޭކަމާއި ވީހުރިހާ ކަމެކެވެ. ކިޔެވުމާއި މިއަލް ދުރުވެދާނެތީ އެވާހަކަ ހިއްސާކުރުން ރީއަލް ލަސް ކޮށްލީއެވެ. ކިއަނާ ވެސް މިއަލްގާތު އެވާހަކަތައް ނުބުނީ ރީއަލް އެދުނުވަރުންނެވެ. މިއަލް މިޝްލާ ދެކެން ބޭނުންވާ މިންވަރު އެނގޭނީ ޚުދު އޭނާއަށް ކަމަށް ވާތީއެވެ. ހައިރާންވެހުރެ ވެސް މިއަލް ޝަކުވާއެއް ނުކުރެއެވެ. އޭނާ ވަށާލީ އުފާވެރިކަމެވެ. އެދުވަސްކޮޅުގައި ލިބުނު ހަމައެކަނި އުފާވެރިކަމެވެ.

ޕާރޓީ އޮތީ އަންގާރަ ދުވަހު ކަމުން ހޯމަ ދުވަހު ކިއަނާ އާއި އެންމެންގަނޑު އާދެއެވެ. ހެދުންތަކުގެ ޒިންމާ އާއި ހަވާލުވެހުރީ ކިއަނާގެ މަންމަ ޝާޒްލީނާއެވެ. މިއަލް ހުރީ ކެތްމަދުވެފައެވެ. އެންމެފަހުން އޭނާއަށް މަންމަ ފެންނަނީއެވެ.

********

“މާތައް އެތަނުގައި ބަހައްޓާ.. މި ޑިޒައިނަށް..” ޑެކަރޭޝަނަށް އައިސް ތިބި މީހުންނަށް ހަދަންވީގޮތް ކިޔައިދޭން ރީއަލް ހުއްޓެވެ. ކައިވެނީގެ ހަފްލާއަކަށް ނުވިޔަސް ކިއަނާ ބޭނުންވާގޮތަށް އެންމެހާ އިންތިޒާމެއް ހަމަޖައްސަން އޭނާ ބޭނުމެވެ. މަންޒިލަކަށް ގޯލްޑް ރޯޒް ރެސްޓޯރެންޓް އޭނާއަށް ހަމަޖައްސާދިނީ ޔައުލާނެވެ.

މިއަލް ވެސް ހުރީ އެތަނުގައެވެ. ކޮލެޖަށާއި މިޝަލްގެ ގެއަށް ނޫންގޮތަކަށް އޭނާ ގެއިން ނިކުމެލީ މިއަދެވެ. ގާތުގައި ކިއަނާ ހުރިއިރު ފިނިފެންމަލެއް ފަދައިން އެ މޫނުވަނީ ފޮޅިފައެވެ. ކިއަނާގެ އަތުގައި ހިފާލައިގެން މިއަލް ހުރީ ހިނިތުންވެގެން ނަމަވެސް އެ ހިނިތުންވުމަކު ދިރުމެއް ނެތެވެ. މެންދުރުގެ ދިލަ އަވި މިއަލްގެ މޫނަށް އެޅެމުން ދިޔައީ ގޯލްޑްރޯޒްގެ ބިއްލޫރިގަނޑު ތެރެއިންނެވެ.

“ޕިންޗް މީ..” އޭނާގެ ގައިގައި ވިކާލުމަށް ކިއަނާ އެ އެދުނީ ހަވަނަ ފަހަރަށެވެ. މިއަލް ކިއަނާގެ އަތުގައި މިފަހަރު ވިކާލީ ބާރަށެވެ. މީ ހުވަފެނެއް ނޫންކަން އަންގާލަދިނުމަށެވެ. ވީތަދުން ކިއަނާ ތޫލި އަޑަކުން ހަޅޭއްލަވައިގަތެވެ. އެއަޑުގައިވީ އުފާވެރިކަމެވެ.

“އެލް ދެން ދޭ ގެއަށް.. ޔޫ ހޭވް ހެލްޕްޑް މީ އަ ލޮޓް.. އެލްގެ ޑެކޯ ޕްލޭން ވަރަށް ވެސް ފުރިހަމަ.. ރީއަލް ވިލް ޑްރޮޕް މީ އޯފް.. މިޝްލާ ދައްތަމެން ގޭގައި ހުރެލަން ފުރުސަތު ދިނީތީ ވަރަށް އުފާވެ..” އެހިސާބަށް ބުނެފައި ކިއަނާގެ މޫނު ލަދުން ރަތްވިއެވެ.

“އަދި އިނގޭތަ… ޝީ ޓޯލްޑް މީ… މަންމަ ކިޔާށޯ ދެން.. އިނގޭ އެއީ ވަރަށް އާދައިގެ ކަމެއްކަން.. އެކަމަކު ނަވާލްބެ އާއި މިޝްލާދައްތައޭ މިހުރިހާ ދުވަހަކު ކިޔާފަ މަންމަ ބައްޕަ ކިޔަން ވަރަށް… ދެން ނޭނގެ.. ލަދުގަނޭ..” ކިއަނާ އެހެން ބުނެލުމުން މިއަލް ގާތަށް ހިނިއަންނަ ގޮތްވިއެވެ. އަދި އެއީ މައްސަލައެއް ނޫންކަމަށް ބުނެލިއެވެ.

“އެކްޗުއަލީ އެލް އަންނަންވީނު މިގެއަށް އެއްޗެހި ހިފައިގެން..؟ އަހަންނަށް އިނގޭ އެލް ބިރުންކަން އެންމެން މިކޮޅަށް އައިއިރު ލަފާ ތަނަށް ވެސް ނައީ.. އެލް އާއި މިޝްލާ ދައްތަ ބައްދަލުވީމަ އަހަރެން ވަރަށް އުފާވާނެ..” ކިއަނާ އެދުނެވެ.

މިއަލް ތުންފަތުގައި ދަތް އަޅާލިއެވެ. ކިއަނާ ހާމަ ކުރީ ތެދެވެ. މިޝްލާމެން ލަފާތަނަށް ރީއަލާއި އެއްކޮށް ދާން އޭނާ ހުރީ ނިންމައިގެންނެވެ. ނަމަވެސް ފަހު ވަގުތު އެ ހިތްވަރު ދިޔައީ ކޮންތާކަށް ކަމެއް ނޭނގުނެވެ. މުޅި އުމުރު ދުވަހު ދެކެން ބޭނުންވި މަންމައެވެ. މިއަލްއަށް ދާން ނުކެރުނީ މިޝްލާގެ އިހުސާސްތަކަށް ވިސްނާފައި ވެސްމެއެވެ. މިލީންގެ ތަތްގަނޑެއްފަދަ އޭނާ ފެނުމުން މިޝްލާއަށް އަސަރު ކުރާނެކަން ޔަގީންވާތީއެވެ.

“އޯކޭ..” މިއަލް ދާން ނިންމީ ކިއަނާގެ އެދުމަށެވެ. ހިތުގައި ނެތްކޮޅަށް ނުތަނަވަސްކަންވިއެވެ. އަހުނަފާ އެއްކޮށް ގެއަށް ގޮސް ތައްޔާރުވާން ބޭނުންވާނެ އެއްޗެއްސާ ހެދުން ހިފައިގެން އެޕާރޓްމެންޓް ޕެކޫނިއާ ފެމެލިއާގެ ތެރެއަށް ވަތްއިރު ގޭތެރޭގައި ރަސްކަން ކުރަމުން ދިޔައީ ފަޅުކަމެވެ. ދޮރު ވަނީ ހުޅުވާފައެވެ.

“އައްސަލާމު އަލައިކުމް..” މީހަކު ފެންނަން ނެތުމުން މިއަލް ގޮވާލިއެވެ.

“ވައަލައިކުމުއްސަލާމް..” ބޮލަށް ބުރުގާ ހެޔޮވަރުކުރަމުން އައި މިޝްލާ ސަލާމަށް ޖަވާބުދިނެވެ. އޭނާ ހުރީ ޕާރޓީއަށް ދާން ފިޔާތޮށިކުލައިގެ ހެދުމެއް ލައިގެންނެވެ. އަތުގައި އެއާއެއްކޮށް އަޅަން އޮތް ޝޯލް އޮތެވެ. ކުރިމަތީ ދަބަހަކާއި ގިޓާ ކޭސް ހިފައިގެން ހުރި މިއަލް ފެނި މިޝްލާ ހުރި ފިޔަވަޅު މައްޗަށް ގަނޑުވިއެވެ. އެހެން މީހުންނަށް ކުރެވޭ އިހުސާސް މިޝްލާއަށް ވެސް ކުރެވުނީ ދެނެވެ. ހަމަ ސީދާ މިލީންގެ މޫނެވެ. ނަމަވެސް އެއީ މިއަލްކަން މިޝްލާ އަމިއްލަ ނަފްސަށް ހަނދާން ކޮށްދިނެވެ. ކިއަނާގެ ފަރާތުން މިއަލްގެ ހާލަތު އެނގުމުން އޭނާ ކެތްކުރީ މިއަލް އަމިއްލައަށް އޭނާ ގާތަށް އަންނަން ބޭނުންވަންދެނެވެ. އުފާވެރިކަމުގެ ޝުއޫރުތައް ހިތުތެރެއަށް ވަދެ ޖަޒުބާތުގައި ޖެހުނީ ނުހަނު އަވަހަށެވެ. މައިވަންތަކަމުގެ ކުލުނު އުތުރި އަރައިގަނެ މިޝްލާ ފެންކަޅި ވާގޮތްވިއެވެ.

“އެލް..” މިޝްލާގެ އަޑު ޖެހުމާއެކު މިއަލްއަށް ލޯމަރާލެވުނެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް މިނިވަންވެ ތިރިއަށް އޮހޮރިގަތެވެ. އައުމުގެ ކުރިން ނުރޯން އަމިއްލަ ނަފްސަށް ވައުދުވީ ނަމަވެސް އެ ވައުދު ވަޔަށް ބުރައިގެން ދިޔައީ މިޝްލާ ފެނުނުތާ މިނެޓެއް ވެސް ނުވަނީހެވެ. މޫނުމަތީ އަތް އެޅުމާއެކު މިއަލްއަށް ރޮވިއްޖެއެވެ.

މިޝްލާ ދިޔަގޮތަށް ގޮސް މިއަލް އެ އަތުގެ ތެރޭ ގައިދުކޮށްލީ ސިކުންތެއް ވެސް ލަސް ނުކޮށްލައެވެ. މިޝްލާގެ ހަށިގަނޑުގައި ދެއަތް ވަށާލަމުން މިއަލް ނިކަން ބާރަށް ބައްދާލައިފިއެވެ. ދުވަހަކުވެސް ދޫނުކުރާނަމޭ ބުނާ ފަދައިންނެވެ. މިޝްލާއާއި ދޭތެރޭ އެ ހިތުގައި އޮތް ޝަކުވާތައް ވެސް ހަނދާނުގައި ނެތްފަދައެވެ. އެ އުފާވެރިކަމުގެ ތެރޭގައި ދެމައިންނަށް ވެސް ކަރުނަ އޮހޮރަން ހުރެވުނެވެ. ދުލުން ނުބުނި ނަމަވެސް ހާމަކުރަން ބޭނުންވާ އެތައް ވާހަކައެއް އެ ހަމަހިމޭންކަމުގެ ތެރޭގައި ދެކެވުނީ އަމަލުގެ ޒަރިއްޔާއިންނެވެ.

“މަންމައަށް މާފްކުރޭ..” އިސްދަށަށް ޖަހާލަމުން މިޝްލާ އެންމެފުރަތަމަވެސް އެދުނެވެ. މިޝްލާއަށް މައާފްކޮށްފިކަމަށް މިއަލް އަވަސްއަވަހަށް ބުނެލިގޮތުން މިޝްލާގެ ހިތުގައި އޮތް ލޯތްބަށް ދެގުނަ ވެގެން ދިޔައެވެ. މިއަލް ސަބަބު ވެސް ނާހާލައެވެ. އޭނާއަށް މިއަލް ހިފައިގެން ހުރި ގިޓާރއަށެވެ.

“ދަރިފުޅު އަދިވެސް މި ހިފައިގެންތަ އުޅެނީ..؟ ކިހާ ދުވަސްވީ އެއްޗެއް މީ.. މަންމަ ގަނެދެންތަ އާ އެއްޗެއް.؟” މިޝްލާ ލޯތްބާއެކު މިއަލްގެ ބޮލުގައި ފިރުމާލަމުން އެއްސެވެ. ޖަވާބެއްގެ ގޮތުގައި މިއަލް ބޯ ހޫރާލުމުން މިޝްލާއަށް ހައިރާންކަމެއް ލިބުނެވެ.

“މިއޮއްހާ ދުވަހު މަންމަގެ ހަނދާނެއްގެ ގޮތުގައި އަޅުގަނޑުގެ އަތުގައި އޮތީ މި ގިޓާރ.. ދުވަހަކުވެސް މިއާ ވަކިވާކަށް ބޭނުމެއް ނޫން..” ލޯބިން ފުރިގެންވީ ނަޒަރަކުން ގިޓާރއަށް މިއަލް ބަލާލިއެވެ. މިޝްލާއަށް އަނެއްކާވެސް ރޮވޭގޮތްވިއެވެ. އޭނާ ނެތްތަނުގައި ވެސް މިއަލް އޭނާއަށް ދީފައިވަނީ މަތީ ދަރަޖައެކެވެ. މިއަލް ގޮވައިގެން މިޝްލާ ކޮޓަރިއަށް ވަދެ އެނދުގައި އިށީނެވެ.

“އެލްއަށް އެނގޭ ލަވައެއް ކުޅެލަބަލަ.. މަންމަ އަޑުއަހާލަން ބޭނުން..” މިޝްލާ އެހެން ހެދުމާއެކު ކަނޑާލި ފޮޓޯގަނޑެއް ފަދައިން މިއަލްގެ ޚިޔާލަށް ވެރިވީ ޝަފްވާންގެ ސޫރައެވެ. އޭނާ މިއަލްގެ ގާތު ލަވަ ކިޔައިދޭން ބުނި ހަނދާނެވެ. ކޮރަލްކޯސްޓްގެ ހަނދާންތައް އާވެ ދެލޯ ފުސްވާން އުޅޭހެން ހީވުމާއެކު މިއަލް އަވަހަށް ކުޅެން ފެށީ މިޝްލާ ނާނާ ކިޔާދިން ލަވައެވެ. މިޝްލާއަށް އަނގަމަތީ އަތްއެޅުނެވެ. މިއަލް ނިމެންދެން އޭނާ އަޑުއަހަން އިނީ ކަރުނަތައް ގަދަކަމުން ހިފަހައްޓާލައިގެންނެވެ. މިއަލް އެ ލަވަ މަތިން ހަނދާން ހުންނާނެކަމަށް އޭނާ ހިޔެއް ނުކުރެއެވެ.

“މަންމަގެ ޓަރން..” މިޝްލާ އަތަށް މިއަލް ގިޓަރ ލައިދިނެވެ. ހިސާބަކަށް ނުކެރިފައި އިނދެއެވެ.

“މަންމަ ނޭނގެ މިހާރު ހަނދާން ހުންނާނެކަމެއް ވެސް..” ގިޓަރގެ ނަރުތަކުގައި މިޝްލާ ދެތިން ފަހަރަކު އަތް ހިންގާލިއެވެ. ‘މަސްލް މެމޮރީ’ އައިސް އޭނާއަށް ގިޓާރ ކުޅެވެންފެށީ އަމިއްލައަކަށެވެ. ހަގީގަތަކީ ނަވާލާ ވަކިވިފަހުން އޭނާ މިޔުޒިކާ މުޅިން ދުރުވިކަމެވެ.

މިޝްލާ ލަވައެއްގެ ރާގު އެޅުވުމާއެކު މިއަލްއަށް އެ ލަވަ ވަކިކުރަން އެނގުނެވެ. މިޝްލާ އެ ލަވަ ކިޔަން ފެށިއެވެ. އަޑުއަހަން އިނދެފައި ފަހަތުން މިއަލް އެ ލަވައިގައި ހިފާލިއެވެ. ދެމައިންގެ ރީތި އަޑު ކޮޓަރިތެރޭ ގުގުމާލިއެވެ. އަޑުއަހާލަން ފަސޭހައެވެ. “ސްލިޕިންގ ތްރޫ މައި ފިންގަރސް” މި ލަވަ ކިޔަމުން ގިޓަރ ކުޅެމުން މިޝްލާ މިއަލްއަށް ބަލާލާފައި ހިނިތުންވެލިއެވެ. ރައްދުގައި މިއަލް ވެސް ހިނިތުންވެލީ ކަރުނަވީ ދެލޮލާއެކުގައެވެ.

ކުރާހިތްވާ ކަންކަމާއި ހަޔާތުގެ އެހެނިހެން ސަފްހާތައް މިވަގުތު ހުޅުވާނުލެވުނު ނަމަވެސް މިކަން ވެގެން ދިޔައީ ދެމައިންނަށް ވެސް ނުހަނު މުހިންމު އަދި ޚާއްސަ ކަމަކަށެވެ. އެކަމުން ދެހިތަށް ލިބިގެންދިޔަ އުފާ ބަޔާންކުރަން ދައްޗެވެ. ހަމައެކަނި މަދު ޖުމްލަތަކަކުން ނުކިޔާދެވޭނެކަން ގައިމެވެ. ބަޔާންކުރަން ދަތި އިހުސާސެއް ދެމީހުންނަށް ވެސް ކުރެވުނެވެ. ކުރިމަތީ ހުރި ދިގު ލޯގަނޑުން މިޝްލާ އާއި މިއަލް ފެންނަނީ އުފާވެރި ތަސްވީރެއް ފަދައިންނެވެ.

********

“އަދިވެސް އެދުވަހު އަހަންނަށް ކުރެވުނީ ކޮން ކަމެއްކަން ނުބުނެދޭނަންތަ..؟” ޝަފްވާނާއި މިޝަލް ހުރީ އަތިރިމަތީގައެވެ. އެދެމީހުންނަށް ޚާއްސަ ދިމާގައެވެ. އަތުގައި އޮތް ޖޫގޯ އިން އެތިފޮދެއް ބޯލަމުން މިޝަލް ކަރުކެހެލިއެވެ. އަދި އޭނާގެ ‘އިސްތަށިގަނޑު’ ރީތިކޮށްލިއެވެ. ޝަފްވާން ގާތު ބުނާނީ ކީކޭކަމެއް އޭނައަކަށް ނޭނގެއެވެ.

“ދެން އެވާހަކަ ނުދައްކަމާ.. މިހާރު ޝަފްވާނަށް މާފްކޮށްފިން..” މާބޮޑު ވިސްނުމަކާނުލާ މިޝަލް ޝަފްވާންގެ އަތުގައި ހިފާލިއެވެ.

ޝަފްވާން ސިހުނެވެ. އަދި ގަބޫލު ނުކުރެވިފައި ހުރެ މިޝަލްގެ މޫނަށް ބަލާލިއެވެ. އެފަދައިން އިސްނަގައިގެން މިއަލް އޭނާގެ އަތުގައި ހިފާ ނޫޅޭތީ ހައިރާން ވެގެންނެވެ. އޭނާ ހިތުން މިހުރެވެނީ މިއަލްއާ އެކުގައެވެ. މިޝަލްއަށް މިއިން އެއްވެސް ކަމެއްގެ ހިލަމެއް ނުވެއެވެ. ޚިޔާލެއް ފިކުރެއް ނެތި އޭނާ ޝަފްވާނަށް ނުހަނު ބޮޑު ހިނިތުންވުމެއް ދީފައި އެ ކޮނޑުގައި ބޯ އަޅާލިއެވެ. މިއިން ކޮންމެ ހަރަކާތަކުން ޝަފްވާން ދިޔައީ އިތުރަށް އަންތަރީސްވަމުންނެވެ. އޭނާއަށް ދެން ވިސްނުނީ މިއީ ކުނިޖެހުނު އެ ގުޅުން ބަދަހިކުރުމަށް ޓަކައި މިއަލް ކުރާ ކަމެއްގެ ގޮތުގައެވެ. ވުމާއެކު މިޝަލްގެ ބޮލުގައި އޭނާވެސް ބޯ ޖައްސާލީ މިޝަލްގެ އަތުގައި ހިފާ ބާރު ކޮށްލަމުންނެވެ.

“މިރޭ މިގެއަށް ކާން އަންނާނަންތަ.؟ ސިފްރާ ދައްތަ އޮތީ މިއާއަށް ދައުވަތު ދީފަ.. އޮފިޝަލްކޮށް ޝައްޔާނާއި ސިފްރާދައްތަ އާއި ބައްދަލުކޮށްދޭން ބޭނުން..” ޝަފްވާން އެދުނެވެ. ހުރިގޮތަށް ހުރެ މިޝަލްއަށް ވިސްނާލެވުނެވެ. މަތިމަތިން މިއަލް އޭނާއަށް ކިޔާދިން ވާހަކަތަކުން ސިފްރާ އަކީ ކާކުކަން މިޝަލް ހަނދާންވީ ދެނެވެ.

“ޔޭސް..!!” އުފަލުން މިޝަލް ދެތިންފަހަރަކު ފުންމާލިއެވެ. އަދި ޝަފްވާނާއެކު ގެއަށް ދާން މިސްރާބު ޖެއްސެވެ. އަށްގަޑިބައިގައި ބަލާ ދާނަން ކަމަށް ބުނެ ޝަފްވާނާއި އޭނާ ވަކިވިއެވެ. އޭރު ގަޑިން ހަތަރުގަޑި ބައިވަނީއެވެ.

ހަފްލާ ނިމުނީ އަށެއް ޖަހަނިކޮށެވެ. ނިންމާލަން ގަސްތުކުރީ ހައެއް ޖެހުމުގެ ކުރިއަށްވީ ނަމަވެސް ކިއަނާ އަރާފައި ހުރި ފޯރިގަނޑުން އަވަހަށް ނުނިންމުނީއެވެ. ފިޔާތޮށި ހެދުން ލައިގެން ތިބި އެންމެން ފެންނަނީ އުފާވެރި ބޮޑު އާއިލާއެއް ފަދައިންނެވެ. ފިނިފެންމާތަކުން ފުރިފައިވީ ބަގީޗާއެއް ފަދައެވެ. އަނގޮޓި ބަދަލުކުރުމަށްފަހު އޮތީ ކެއުމެވެ. ތަފާތު ވައްތަރު ހެދިކާ އާއި މީރުވާނެހެން ހީވާފަދަ އެތަންމެ އެއްޗެއް ހުއްޓެވެ. ވާވަރަށް ފޮޓޯ ނަގާ ހީނ ސަމާސާކޮށް ހެދިއިރު އެންމެންގެ ހިތްތަކުގައިވީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.

ނިންމާލުމުގެ ކުރިން އެންމެންގަނޑު އެއްކޮށް ކަރޯކޭ ޖައްސައިގެން ނުހަނު މަޖަލެވެ. އެންމެ ގިނައިން ލަވަ ކިޔަން ޖެހުނީ މިއަލްއަށެވެ. ނުވިތާކަށް ގިޓާރ އިން ޚާއްސަކޮށް ކިއަނާއަށް ލަވައެއް ކިޔައިދޭން ޖެހުނެވެ. އޭނާ ބުނާ ކޮންމެ ކަމެއް މިއަދު ކުރަން އެއްބަސްވެފައިވާތީ ކިއަނާ އެކަމުގެ ފައިދާ ނެގީ އެންމެ މޮޅަށެވެ. އަހުނަފާއި ތަނާވެސް ލަވަކީ ފޯރިއާއެކުގައެވެ. ކިއަނާގެ އާއިލާ ފަރާތްތަކުން ވެސް ގިނަ ލަވަތަކެއް ކިޔާދިނެވެ. ޔައުލާނަށް ވެސް ލަވައެއް ނުކިޔާ ހުންނަން ކިއަނާ ފުރުސަތެއް ނުދިނެވެ. މިޝްލާ އާއި މިއަލް ވެސް އެކީގައި ލަވަކިއެވެ. ނަވާލާއި ރީއަލް އެ މަންޒަރު ބެލީ ހިތް އުފަލުން ފުރި ބަންޑުންވާ ހާލުގައެވެ. ހައިފާ އާއި ނަވާޒު ވެސް ލަވަ ކީ އެކީގައެވެ. އެންމެންގެ ހޫނު އަތްތިލަބަޑިއެއް އެދެމަފިރިންގެ ރީތި ހުށަހެޅުމަށް ލިބިގެން ދިޔައެވެ.

އެންމެފަހުން ލަވަކިޔަން ޖެއްސީ ނަވާލަށެވެ. ލަވަ ކިޔަން ނޭނގޭކަމަށް ބުނެ ނަވާލު އެކަމުން އަތް ފޮޅާލަން އުޅުނު ނަމަވެސް މިޝްލާ ނަވާލު ބޭޒާރުކޮށްލީ އެމީހުންގެ ޅަ ދުވަހު އޭނާއަށް ލަވަ ކިޔައިދިނީ ހަންޑިއެއްތޯ އަހަމުންނެވެ. އެންމެންގެ ހުނުމާ ދިމާކުރުމާއެކު ނަވާލަށް ޖެހުނީ ލަވަ ކިޔަން އަރާށެވެ. އޭނާއަށް ލިބުނީ ކުރީގެ ލޯބީގެ ލަވައެކެވެ. އަލަތު ލޯބި ވަކިވުމުން ކުރެވޭ ހިތާމަ އާއި ކެކުޅުންތައް ފުރިހަމައަށް ބަޔާންކޮށް އެފަރާތް ދެކެ އުމުރަށް ވެސް ލޯބިވާނެކަމުގެ ވައުދުތައް އެކުލެވޭ އަސަރުގަދަ ލަވައެކެވެ. ކަރުކެހިކެހިފައި ވެސް ނަވާލު އެ ފުރިހަމަކޮށް އިށީންގޮތަށް ހަފްލާގެ ބާކީ އޮތްބައިގައި އިނީ ނުހަނު ހިމޭނުންނެވެ. ލަވަ ކީ ވަގުތު އޭނާގެ ކަޅި ހުއްޓިފައިވީ މިޝްލާއަށްކަން އެންމެންނަށް އެނގުނު ނަމަވެސް ނޭނގޭ ކަމަށް ހަދާލައިގެން ހުރީއެވެ. ހަފްލާ ނިމިގެން ދިޔައީ ރީއަލް ކިއަނާއަށް ކިޔާދިން ވަރަށް ރީތި ލަވައަކުންނެވެ.

“ތިއްތި ކާރު ގަރާޖުގަވީ..” ހިނގާފައި ގެއަށް ދާންޖެހޭތީ އިޒާ ޝަކުވާކޮށްލުމުން އަހުނަފް ބުނެލިއެވެ. ޔައުލާން ވެސް އައީ މިމްރާހާއެކު ސައިކަލުގައި ކަމުން އޭނާގެ ކާރެއް ވެސް ނެތެވެ. އެއާއެކު ނަވާލް އިސްނެގީ އޭނާ ސައިކަލުގައި އިޒާ ގެއަށް ލައިދޭން ގެންދާނަން ކަމުގައި ބުނަމުންނެވެ. ނަވާޒު ގާތަށް ގޮސް ނަވާލް ބަލާލިއެވެ. ނަވާޒު ކުޑަކޮށް ހިނިތުންވެފައި އިޒާ ދިއްކޮށްލިއެވެ. ދެން އޭނާ ކުރިމަތިލީ ފަހަތުގައި ހުރި މިޝްލާއާއެވެ.

“ކޮއްކޮ ކިހިނެއް..؟” ނުހަނު ލޯތްބާއެކު ނަވާޒު އަހާލުމުން މިޝްލާއަށް ހީވީ މީހަކު އޭނާގެ ހިތުގައި ވިކާލިހެންނެވެ. އެއް ފަސްގަނޑެއްގައި އުޅުނު ނަމަވެސް ނަވާޒު އެމީހުންނާއި ދުރުދުރުން އުޅުނީ ނަވާލާއި އެއްވެސް ގުޅުމެއް ނުބާއްވަން އޭނާ ނިންމި ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ. އެވީހާ ދުވަހަކަށްފަހުވެސް ނަވާޒުގެ ހިތުގައި ބުރަކަމެއް ނެތްކަން އެޖުމްލަ ހާމަކޮށްދިނެވެ. މިޝްލާއަށް ހިތާހިތުން ހަމްދުކުރެވުނެވެ. މިހާ ހިތްތިރި އޯގާތެރި އާއިލާއެއް އޭނާއަށް މިންވަރު ކުރެއްވީތީއެވެ. ހައިފާވެސް އައިސް މިޝްލާގެ ބުރަކަށީގައި ފިރުމާލައިފިއެވެ. އެދެމަފިރިންނާއި ވާހަކަ ދައްކާލަން މިޝްލާ އިރުކޮޅެއް ވަންދެން ހުއްޓެވެ. މަޑުމަޑުން ނަމަވެސް އެދެމެދުގައިވީ ބީރައްޓެހިކަމުގެ ފާރު ދިޔައީ ތިރިވަމުންނެވެ.

“ދެން ނަވާލަށް ވެސް މިހާރު އެނގިއްޖެއެއްނު..؟ ކޮއްކޮގެ ނިޔާވި ފިރިމީހާއަށް ވަރަށް ޝުކުރު އަދާކުރަން.. އޭނާއަށް މަންމަގެ ޑައިރީ ލިބުނީ ކިހިނެއްކަމެއް ނޭނގެ. މިއަދު އަހަރެމެންނާއެކު ނެތަސް ހަގީގަތް ހާމަވުމުގެ މެދުވެރިއަކަށް ވީ އޭނާ.. އޭނާއަށް ސުވަރުގެ މިންވަރު ކުރައްވާށި..” ވީގޮތް މިޝްލާ ބުނެދިނުމާއެކު އޭނާއަށް ވެސް ޒައިހާނަށް ޝުކުރު އަދާކުރެވުނެވެ. މިޝްލާދެކެ އޭނާ ވީ ތެދުވެރި މަތިވެރި ލޯތްބެއްކަން އެނގެން އިތުރު ހެއްކަކަށް ބޭނުމެއް ނުވެއެވެ.

“އަދިވެސް އެއްފަހަރު މަންމަގެ މައްޗަށް އަހަރެން މާފަށް އެދެން.. ނޭނގޭ މަންމަ އަހަރެމެންގެ އަންހެނުންދެކެ އެހާ ނަފްރަތުކުރަން ޖެހޭ ސަބަބެއް.. ގަބޫލެއް ނުކުރަން ކޮއްކޮދެކެ ރުޅި އައީ މަންމަ ހިތްހަމަނުޖެހޭ މީހެއްގެ ދަރިއަކަށް ވީމަ ކަމެއް.. ސަބަބަކީ އަހަރެންގެ ހައިފާއަށް ވެސް ތިކަން ތަހަންމަލުކުރަން ޖެހުނު.. އެކަމަކު ކޮއްކޮ ތަޖުރިބާ ކުރަން ޖެހުނު ދަތިތަކާއި އަޅައެއް ނުކިޔޭނެ.. މައާފްކުރޭ..” ނަވާޒު އެދުނީ ހިތްދަތިވެފައެވެ.

“ނަވާޒުބެ އާއި ނަވާލް ވެސް އަދި ރަނގަޅަށް ވާހަކަ ދައްކަންވީ.. އެނގޭ ނަވާލް އެހުންނަނީ ވާހަކަ ދައްކަން ބޭނުންވެފަކަން..” މިޝްލާ ބުނެލިއެވެ. އެހާ ދުވަސްފަހުން ވެސް އޭނާއަށް ނަވާލު ނުލާހިކު ރަނގަޅަށް އެނގެއެވެ. ނަވާޒު ބޯ ޖަހާލީ އެއްބަސްވަމުންނެވެ.

“ބައްޕަ އަންނާނަން އިންނު ގެއަށް ލާފަ އެލް ބަލާ..” ރެސްޓޯރެންޓުން ނިކުންނަމުން ނަވާލު ގޮވާލިއެވެ. މިއަލް ވަރުބަލިވެފައި ހުރުމުންނެވެ. އޭރު ބާކީ ތިބި އެންމެންގަނޑު ގެއަށް ދާން ނިކުންނަނީއެވެ. ޔައުލާން ދިޔައީ އެނބުރި އޮފީހަށެވެ. އަހުނަފާއި ތަނާ ދިޔައީ ފިލްމެއް ބަލާށޭ ކިޔާފައެވެ. ޔަގީނެވެ. އެ ދިޔައީ ހަމަ މާފޮޅުވާށެވެ. ރީއަލާއި ކިއަނާ އެކަނި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާތީ މަޑުކުރީއެވެ. ދެމީހުން އެކަނި ފޮޓޯ ނަގަން ވެސް ބޭނުންވާތީއެވެ.

މިއަލް ބަލާ އަންނަންދެން މަޑުކުރީ ބޭރުގައެވެ. މަގުގެ ދެކޮޅު ބަލަން ހުއްޓާ ސައިކަލެއްގައި އައިސް މަޑުކޮށްލީ ޝަފްވާނެވެ.

“ޕާރޓީ އޮތް ވާހަކަ ބުނެލިނަމަ ޑިނަރ ލަސްކޮށްލީހޭ..” ހަނާއަޅާލަމުން ޝަފްވާން ބުންޏެވެ. މިއަލްއަށް ހުރެވުނީ އެ ހިނިތުންވުމަށް ގެއްލިފައެވެ. ދުވަސްގަނޑެއް ކޮށްލާފައި ޝަފްވާން ފެނިލުމުން އެހިތަށް ފުން އަސަރުތަކެއް ކޮށްފިއެވެ. މިއަލް ގަދަކަމުން ހިނިތުންވެލިއެވެ. އޭނާއަށް އަހުނަފްގެ ސްޓޯރީތަކުން މިތަން ފެނުނީ ކަމަށް ޝަފްވާން ބުންޏެވެ.

“ޔޫ ލުކް ސޯ ޕްރިޓީ..” އޭނާއަށް ބަލަންހުރެ ޝަފްވާން ބުނެލުމުން ބަޔާންކުރަން ދަތި އުފަލެއް މިއަލްއަށް ލިބުނެވެ.

“ލެޓްސް ގޯ.. ދައްތަ އެބައުޅޭ ތަނެއްގައި ނުވެސް އިށީނދެވިގެން މިއާ ނާންނަނީސް.. ކައްކާލިވަރުން އަވަށަކަށް ކާންދޭން ތައްޔާރުކުރި ޖާފަތެއްހެން ވެސް ހީވެދާނެ..” ޝަފްވާން ބުނެލިއެވެ. ހަދާނެ ގޮތެއް ނޭނގިފައި މިއަލް ބަލަން ހުރުމުން ޝަފްވާން ބުމަ ހިއްލާލިއެވެ. ހިތާދެކޮޅަށް މިއަލް ސައިކަލަށް އެރީ މި ވާނީ މިޝަލްގެ ރޭވުމަކަށްކަން އެނގޭތީއެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ހިތި މާޒީ 1

Next

ދެވުނީ ވޭނޭ 42

Next
February 6, 2026

ދެވުނީ ވޭނޭ 42

Previews
February 6, 2026

ހިތި މާޒީ 1

43 Comments!

  1. juman says:
    February 5, 2026 at 2:58 pm

    me first today 😉
    v salhi mi bai.. mishal maa over vany miharu
    aslu bunelan othy timeskip v kamudhe ey
    yoon es v kamudhey ❤️ love u pretty girl

    1. yooon yooon says:
      February 6, 2026 at 11:50 am

      yess you first today! Thankyou sm juman💕
      I’m so glad you liked it! Lym dear💕

  2. anaa says:
    February 5, 2026 at 3:02 pm

    i am out of words mishal moya vegen tha eulheny 😔 navaal and mishla get married again plzz plzz..! reeyal and Kiaan engage vy dho varah salhi party eh..🫶🏻 shafwaan ah haadha bodu dheraekey e dheveny mial plz plz visnaaba mishal baindhaafa 😔 Yaulaan ves plz help them alhe.. can’t wait for the next part. Konme baeh ves nimigen dhany enme kiyaalaa hithun ovvaa.. yoon dhen oi bai kon dhuvahakun..? Goodluck to u and have a happy day yoon 🫶🏻 lysm

    1. yooon yooon says:
      February 6, 2026 at 11:52 am

      Haha lets see dhww! yay i’m glad u liked the party🥹
      Thankyouu sm anaa💕 Next part saturday, 7th Feb ga insha allah
      aww thanks dear you too, have a great day 💕🥹 lym!

  3. Lim says:
    February 5, 2026 at 3:02 pm

    v.v.v rythi mi bai ves 🩷🩷

    1. yooon yooon says:
      February 6, 2026 at 11:52 am

      thankyouu sm Lim!💕

  4. anaa says:
    February 5, 2026 at 3:07 pm

    yoon i love the way you present these kind of characters. Furathama ekujja 1 gai rana. dhen fiyafaiy ga aulkeen aa baaree.. dhen ekujja 2 ga maayaa aa eoohaan. Hiyaan too.. dhn Meega mishal.. Every character is unique in their own way. Ekamaku The insanity is hama neygey bunaane echeh. Mi kahala meehun hageegathugai ulhey kan ihusaas veema goosebumps hama. Vaahaka kiyaa iru feel vey huriha kame yoon present kodheefa hunnale reethi kamun. Directly abadhu nukiyaa dhinas indirect ko igey aan mee nubaa meehekey. It’s perfect. I want you to know you are the best author ever 🫶🏻🫶🏻 I will always continue to support you

    1. zuka💗 says:
      February 6, 2026 at 12:30 am

      i think so too she does grt job with charecters every time💗 our yoon is so amazing

    2. yooon yooon says:
      February 6, 2026 at 11:54 am

      aww this made my dayy🥹💕 Thankyou so so much anaa
      I am delighted to know that you liked them sm!
      thankyou for the kind words dear i appreciate it a lott! 💕

    3. yooon yooon says:
      February 6, 2026 at 11:56 am

      thankyouu sm zuka 💕🥹

  5. Anonymous says:
    February 5, 2026 at 3:08 pm

    yoon magey mental health ah takaa mishal ehen thaakah gendhey

    1. yooon yooon says:
      February 6, 2026 at 11:57 am

      HAHAH PLS!😭 mishal ge transfer hamajahsan vefa miothy thihenviyya.
      thankyou sm 💕

  6. Hamnerrr🎀 says:
    February 5, 2026 at 4:02 pm

    damn!! is mishal crazy?? and mial plz think about yourself and others first mishal bahattaafa😭
    shafwaan ah dhevey vrh bodu dhera eh assu
    and I think fahun shafwaan will hate mishal for what she did
    love the story gurll💕
    lysm💕
    when next?
    lowkey wanna know what mishal will do next

    1. yooon yooon says:
      February 6, 2026 at 11:58 am

      she is out of her mind😓 yes mial listen to the readers!
      Thankyouu sm Hamnerrr💕 Lym dear
      Next part insha allah Saturday, 7th Feb ga
      Lets see what her next move is

  7. 😶‍🌫️Raajiha 😶‍🌫️ says:
    February 5, 2026 at 4:03 pm

    Alhey no no no mishal don’t do that
    Pls
    So curious 🤨
    Looking forward for next part
    Pls pls Yoon 2 parts ekkoh geneba

    1. yooon yooon says:
      February 6, 2026 at 11:59 am

      yeah mishal 😓
      Thankyou sm Raajiha!💕
      2 parts ekkoh dhw haha that’ll be kinda hard but i’ll think about it ingey!

  8. aimee says:
    February 5, 2026 at 4:57 pm

    mishal/mileen another level eh 😵‍💫😵‍💫
    curiously waiting for the next

    1. yooon yooon says:
      February 6, 2026 at 12:00 pm

      FRR 😭 Thankyou sm aimee💕

  9. aimee says:
    February 5, 2026 at 4:57 pm

    luvvv u yoony❤️

    1. yooon yooon says:
      February 6, 2026 at 12:00 pm

      Lym aimee💕

  10. mary says:
    February 5, 2026 at 4:58 pm

    v reethi

    1. yooon yooon says:
      February 6, 2026 at 12:00 pm

      Thankyou sm mary!💕

  11. Anonymous says:
    February 5, 2026 at 5:01 pm

    Alhey mishal ah visneykah nuvey tha shafwaan mishal aa ehkoh dhanee ves mial kamah heekoh kan. Plzz heyo nuvaane thi hen hadhan. 😭😭 Plzz plzz dhen mihaaru shafwaan ah ingen vejje kanneynge eii Mishal kan. Next part ga bunedhehchey shafwaan ah. Plz plz plz. Mishal and mial ehkoh fenunyma shafwaan ah ingeyne ehnun. I felt mishal is too selfish for this but mishal dheke rulhi eh naadhey dhw. Ekm vess. Plzzz Ahnaf ah ves bunedheeba shafwaan ge ehves kusheh neh kan 😭😭😭.
    And also I’m happy for aana and Reyal. Yoon aana and reyal kairy Congrats bunedhehchey Your fan ge.
    Once again mishal is crazyyyyy. She has feelings for yaulan i promise ekm kury ge love v ma mishal ah heevany shafwan dheke a loabi vany. Ahhhh i need next part vrh avahah. Please two parts ehkoh or tomorrow genesdheyn v nu 🫢. Hama vaguthu gunan fashaifin mihaaru ves. This story is sooo gooooood. My favourite storyyy. Hama aslu ves mi buny neynge keevve kameh but yoon

    1. Your fan says:
      February 5, 2026 at 5:02 pm

      Yoon ge story enme reethyyy… And your my favourite author ❤️❤️❤️.
      Lyyy <3
      Eii your fan ge comment eh ingey. Comment post kurevuny olhigen 😐

    2. yooon yooon says:
      February 6, 2026 at 12:03 pm

      Yeah aslukohvx I completely agree w you😭 Lets see Lets see dhww!
      Yess ofcs bunelaanan your congrats, 🥹 Reeal and kiana would be over the moon for sure
      Hahah insha allah 7th Feb vaa Saturday ga part 42 upload kollaanan ingey!
      I’m so so happy to hear that dear💕🥹 Thankyouu sm your fan

    3. yooon yooon says:
      February 6, 2026 at 12:04 pm

      Haha yess i figured it was you🥹💕 Thankyouu smmm dear Lym!

  12. Anonymous says:
    February 5, 2026 at 6:08 pm

    ” but I love her.. and I need her ”
    shafwaan the man u are 😍😍😍

    1. yooon yooon says:
      February 6, 2026 at 12:05 pm

      Hahah!🥹💕thankyou dear

  13. Anonymous says:
    February 5, 2026 at 6:23 pm

    why is no one mentioning mial and mishla meeting..?? its v nice u bring it in emotional way.
    typical noon gothakah.. guitaa gulhu vaafaii in goii v salhi 💘

    1. yooon yooon says:
      February 6, 2026 at 12:07 pm

      yeah i thought that was the scene that would get the most attention hahah but mishal ge evil tendencies took the spotlight 😭 Thankyou sm dear glad you enjoyed💕

  14. siu says:
    February 5, 2026 at 6:28 pm

    ahunaf aa shafwaan friend nuvejjeeya siu annaanan ige yoon hodhan.🙁
    mishal hama bo haree yuel bunaahn
    waitin for the next. ly so much

    1. yooon yooon says:
      February 6, 2026 at 12:09 pm

      Oh.. 😓 lets see dhw!
      Yeah she’s boaharukamuge ehvana.
      Thankyouu sm siu, Lym dear💕🥹

  15. Miss jennie says:
    February 5, 2026 at 6:47 pm

    Mi part ves varah reethi. Varah foohi vey mishal. Haadha boa harey dhww. Shafwaan aa hedhi ulheyvarun mishal dheke yuel ehaa loabi vaa iru ves mishal akah yuel ge e loybe nufeney. Mishal pls alhe mial ah shafwaan dheeba. Curiously waiting next part???

    1. yooon yooon says:
      February 6, 2026 at 12:10 pm

      Thankyouu sm Miss jennie💕 Yeah asluvxx. Lets seee dhww!

  16. zuka💗 says:
    February 6, 2026 at 12:29 am

    v rythi 💗 expt mishal evrythin was perfect
    Lysm yoon💗💗

    1. yooon yooon says:
      February 6, 2026 at 12:10 pm

      Hahaha thankyouu sm Zuka Lym!💕

  17. 😶‍🌫️Raajiha 😶‍🌫️ says:
    February 6, 2026 at 6:31 am

    Subboohun guddoosun mi mishal guraidhoo ah gendheba 😂 I think she is really crazy 😧
    Pls pls Yoon don’t do tht mishal yaulaan aa gulheba not shafwaaan
    Mial and shafwaaan 100/100
    Mishal and shafwaaan 0/100
    Mishal and yaulaan 100/100
    Mishla and naval 100/100
    Reeal and aana 100/100
    Ahunaf and thanaa 100/100
    Thanaa and ahunaf ge baeh gennachey
    When next

    1. yooon yooon says:
      February 6, 2026 at 12:11 pm

      HAHAH 😭😭 Me too i share the same thoughts.
      Lets see dhww haha love the ratings💕
      Next insha allah 7th Feb vaa Saturday ga!
      Thankyou sm Raajiha💕

  18. Anonymous says:
    February 6, 2026 at 10:52 am

    How many episodes

    1. yooon yooon says:
      February 6, 2026 at 12:12 pm

      Probablyy around 50 varakah episodes

  19. Anonymous says:
    February 6, 2026 at 7:09 pm

    mee same bayeh noontho miadhu uplwd kollaafa. ?

    1. lalli says:
      February 6, 2026 at 9:12 pm

      alhuga vs heekuri aa part eh kamah v ufaa vefa iny ekam kuree dhuhu bai mee

    2. yooon yooon says:
      February 7, 2026 at 4:42 pm

      Oh I didnt even realize 😭 yoon akah vx neynge kihinehvy kameh

Comments are closed.

Next Episodeތި ސޫރަ ނޫން 42←


All Right Reserved!