Skip to content
އެސްފިޔަ

ސަމާސާ ދެލީގެ …

 

ބައިސާ ކަނޑަން ޖޯސުގައި އެތުރިގެން      ފައިސާ ގަނޑުވަރު ރަނުން ފެތުރިގެން     ފައިސާގެ ދުނިޔެއްގައި ނަމަ ފޮރުވިގެން     މާމުއި މުތެކޭ ލޯވަޅުގައި ހިތަކީ

 

އޭގެ ގޯޅި ގޯޅިތަކުގެ މާ ފޮނިކަމުން          އޭގެ ކާރު ކާރުގެ  ހަނި ކަމުން           އޭގެ މޯޅި މޯޅިވުން ލަސް ކަމުން          އޭގެ ތުއިކަންމެ ތަރިކޮން ފިލިދާނެ ހިތަކީ

 

އެންމެ ކެއުމެއްވިޔަސް ހެވިފައި ހުއްޓައިނުލާ   އެންމެ ތައްޓެއްވެސް ހުހާ ދޫކޮށްނުލާ      އެންމެ ކާރެއްގެ ދޮރަކުން ބަލާނުލާ      ޅެންވެރިން އަޅުވައި ފަށުގެ ހިތަކީ

 

އޭގެ ޕަރުވާނުން އެވަސް ލުއިކުރާ.          އޭގެ ބިންނެވުމުން އެބަރުކަން ހިކިކުރާ       އޭގެ އައިބުގައި ދުނިޔެ އަލިކުރާ         ލޮލުގެ ގާއެޅި ބުރިކުރާ ހިތަކީ

 

އިސްޖަހައިގެ އުޅުނު ކޯރެއްގެ ހުއިތް  ފިސްވެދިޔަޔަސް ލޯއަޅައިގެންވި ދޫ ހުއިތް    ގަސް އުފުލިދާ ނޫކުރާގެ ހުއިތް           ޗިސް ކިޔާފައި ގޮއްޖެހޭނެ ހިތަކީ

 

ކާކަށް ފޮޅުނު މަލެއްހޭ ފެނިވެސްނުލާ        ތާކު މާދުރު ޒަމާނުން އެގުމާނުލާ           މާ ކޮޅަށް ދިރިއެޅި ހޮޑުލެވިނުލާ       ގޯހަކުންމީ ސަމާސާ ދެލީގެ ހިތަކީ

ނިމުނީ

 

 

 

(ކިޔުންތެރިންގެ ސަމާލުކަމަށް)

އަޅުގަނޑު މިދުވަސްވަރު މިއުޅެނީ ބަލިވެއެވެ. އަދި ހަމައެޔާއެކު ރޯދަމަހުގެ ކުރުވާހަކަ މުބާރާތަކަށް މިއަންނަނީ ވާހަކަވެސް ލިޔަމުންނެވެ. އެހެންކަމުން އަޅުގަނޑު ވާހަކަތަކުގައި ލަސްތަކެއް އަނެއްކާވެސް އަތުވެދާނެއެވެ. ކަންތައްތައް ދިމާވަމުން މިދާ ގޮތުން ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މާފަށް އެދެމެވެ.

🥀😊❤️🫶🥰