Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުރަތަމަ ފެނިލުމުން

Pooohbear Level 2
February 7, 2026 3 Mins Read
3 Comments

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ރަޝިއަން އެއާވޭސް އިން ފައިބައިގެން އައި އަންހެން ކުއްޖާ އޭނާގެ ލަގެޖްތައް ހިފައިގެން ބޭރަށް ނިކުމެ ފޯނުގައި ފަރިތަކަމާއެކު ނަމްބަރެއް ޖަހާލުމަށްފަހު ގުޅާލިއެވެ. “ކޮބާ؟ ކޮންތާކުތަ؟ އިވްރިއާ ގުޅާލީ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށެވެ. “ފަހަތް ބަލާބަލަ މިހިރީ އޭ” ބުނުމުން ފަސްއެނބުރި ބަލާލާފައި އަދީ އޭ ކިޔާ ގޮސް އެއަންހެން ކުއްޖާގެ ގައިގައި ބައްދާލިއެވެ. އަހަރެމެންގެ ޑޮކްޓަރު ދޯ މީ؟ މަރުޙަބާ. އައި އޭމް ސޯ ހެޕީ ފޯ ޔޫ. އަދީވާ އަށް އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ އިވްރިއާ ތަޢުރީފް ކޮށްނުލައި ނުހުރެވުނެވެ. ހެހެ. ހިނގާ ދާން އަވަހަށް. ކާންޓް ވެއިޓް ޓު ސީ މައި ފެމިލީސް ރިއެކްޝަން. އޮޅިގެންވެސް ނުބުނަން ދޯ ނަސީބަކުން.އެ ދެ ރަޙުމަތްތެރިން ދެއްކި ވާހަކައިން އެނގިގެން ދިޔައީ އިވްރިއާގެ އާއިލާ އަށް އިވްރިއާ އަންނަ ކަން ނޭނގޭ ކަމެވެ.

ހ.އެކްރޯޕޮލިސް ގޭގެ ކުރިމައްޗަށް ކާރު މަޑުކުރުމާއެކު ގޭގެ ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާ އައިސް ގޭޓް ހުޅުވާލަދިނެވެ. ގެއަށް ވަދެގެން ދިޔައިރު އިވްރިއާގެ ހިތުގައި ތަފާތި އިހުސާސް ތަކާއި ޝުޢޫރުތައް ހިނގަމުން ދެއެވެ.އޭނާ ރާއްޖެ އެއައީ ޑޮކްޓަރުކަން ކިޔަވަން ދިޔަގޮތަށް 8 އަހަރު ފަހުންނެވެ. ކިޔަވާ ނިންމުމަށްފަހު އިމިއުނޮލޮޖީގެ ދާއިރާއިން ސްޕެޝަލައިޒްވެ 1 އަހަރުގެ އިންޓަރންޝިޕް ވެސް ނިންމާފައެވެ. ގޭގެ ބެލް އަޅާލުމަށްފަހު އަތުގައި އޮތް މާބޮނޑިން މަލެއް ބިންމަތީގައި ބޭއްވުމަށްފަހު އިވްރިއާ އާއި އަދީވާ އެތާ ހުރި ތަނބެއްގެ ބިއްދޮށަށްވަދެ ފިލިއެވެ. އިރުކޮޅެއްނުވަނީސް އޭނާގެ މަންމަ އައިސް ދޮރު ހުޅުވުމަށްފަހު ބޭރު ބަލާލިއިރު މީހެއްނެތުމުން ގެއަށް ވަނުމަށް އެނބުރުނު ވަގުތު އޭނާގެ ލޮލުގައި ދޮރު ކުރިމަތީގައި އޮތް މާ އަޅައިގަތެވެ. އެ މާ ނެގުމަށްފަހު ފަރާތް ފަރާތް ހޯދާފަައި އަނެއްކާ ގެއަށް ވަދެ ދޮރު ލެއްޕިއެވެ. އަނެއްކާވެސް އިވްރިއާ ގޮސް ހަމަ ކުރިންހެން މަލެއް ބޭއްވުމަށްފަހު ބެލް އަޅާލައިފައި ކުރިން ހުއްޓި ހުރި ތަނބު ކައިރީގައި އައިސް ހުއްޓުނެވެ. މި ސަކަރާތުގައި ދިހަ ވަރަކަށް މިނެޓު ހޭދަ ކުރުމަށްފަހު އޭނާގެ އަތުގައި ހުރި ބާކީ މާތައް ހިފަިގެން ދޮރުމަތީގައި ހުއްޓި ބެލް އަޅާލިއެވެ.ނަމަވެސް މިފަހަރު ދޮރުހުޅުވީ އޭނާގެ ބައްޕަ އެވެ. އަދި ފަހަތުން މަންމަ ކާކުހޭ މިއަދު މޮޔަވެގެން މިކަހަލަ ސަކަރާތް ޖަހަނީ ކިޔަމުން އާދެއެވެ. ދޮރުހުޅުވާލި ވަގުތު އެމީހުންނަށް ފެނުނީ މޫނު މަތީގައި ރަތް މާ ބޮނޑިއެއް އަޅަަިގެން ހުރި ޒުވާން އަންހެން ކުއްޖެކެވެ.އަދީވާ ދިޔައީ މިހުރިހާ މަންޒަރެއް ތަނބުގެ ފަހަތުގައި ހުރެ ވީޑިއޯ ކުރަމުންނެވެ. އިވްރިއާގެ މަންމަ ވާރިޝާ އެނބުރުނީ އިވްރިއާގެ ބައްޕަ އާފްތާބް އާއި ދިމާލަށެވެ. މިއުމުރަށް ދިޔައީމަ އުޅޭގޮތްތަ މީ؟ ސާބަސް އެކަމް އާފްތާބަށް. ލަދުން ބޯ ހަލާކު. އާފްތާބް ހުރީ ބުނާނެ ޢެއްޗެއް ނޭނގިފައެވެ. އޭނާ ވަކި ބުނާނީވެސް ކީކޭ ހެއްޔެވެ. އޭނާ ދަންނަ މީހެއްވެސް ނޫންވިއްޔާއެވެ. އިވްރިއާއަށް އެންމެ ފަހުން ހިނިގަނޑު ކޮންޓްރޯލް ނުކުރެވި މޫނި މަތީގައި އިން މާ ބޮނޑި ނެގުމަށްފަހު ސަޕްރައިޒް އޭ ކިޔައި ހަޅޭލަވައިގަތެވެ.އާފްތާބަށާއި ވާރިޝާއަށް ހީވީ ދެޢީދު އެއްފަހަރާ ލައިގަތްހެންނެވެ. ވާރިޝާ އަނހަ މަގޭ ދަރިފުޅާ އޭ ކިޔައި އައިސް އިވްރިއާ ގައިގައި ބައްދަގަނެވުނު އިރު ޅޮލުން ކަރުނަ އަންނަން ފަށައިފި އެވެ.ބުނެފަ އައިނަމަ އެއްނު މަންމަ މެންނަށް ބަލާވެސް ދެވުނީހީ.ކަރުނައިގެ ތެރެއިންވެސް ލޯބިވާ ދަރިފުޅަށް ހިނިތުންވުމެއް ދިނުމަށްފަހު އަތުގެ ހިކަނދި މަސްގަޑުގައި ތަދުނުވާވަރަށް ބޮނޑިއެއް އަޅާލިއެވެ.އާފްތާބް ވެސް މަގޭ ދަރިއަށް ލާނެތް ކަމެއް ދެއްވާފައި އެބަހުއްޓޭ ކިޔާ އައިސް އިވްރިއާ ގައިގައި ބައްދާލިއެވެ. އެވަގުތު އަދީވާ ވެސް ތަނބުގެ ބިއްދޮށުން ހެމުން ހެމުން ނިކުމެގެން އައިސް އެތަނަށް މަޑުކޮށްފިއެވެ. ބުނެފަ އައިނަމަ މިހާ ކިއުޓް ވީޑިއޯ އެއް ލިބޭނެތަ؟ވާރިޝާ ދައްތަ ހީކުރީ އިވީ އަކީ އާފްތާބްބެގެ ބިޓެއް ކަމަށް ދޯ؟. އޭރުވެސް އަދީވާ ގެ ހިނިގަނޑު މަތަ ކުރެވޭ ކަމަކަށް ނުވިއެވެ. މި އަދީ ވެސް ލާނެތް ވެއްޖެ ދޯ އިވީ އާއި އެކު އުޅެމުން ގޮސް. ވާރިޝާ އެހެން ބުނުމާއެކު ހެން އިވްރިއާ ތުން ދަމާލުމަށްފަހު ދެން މަންމާ އޭ ކިޔާ ގޮވާލިއެވެ. ދެން ތިތާ ދޮރުމަތީ ތިބެގެންތަ ހުރިހާ ވާހަކަ އެއް ދައްކަނީ. އެމަންޖެ ވައްދަބަލަ އެތެރެއަށް. އެހާ ދިގު ދަތުރެއް ކޮށްފަ އައިމަ ވަރުބަލި ވެފައެއްނު ހުންނާނީ ވެސް. ދޮންބެ އަށް އިނގޭތަ ދަރިފުޅު އައިކަން؟ ގޭގެ އެތެރެއަށް ވަންނަމުން އާފްތާބް އަހައިލިއެވެ. ނޫން ނުބުނަން. ދޮންބެ ވާނީ އޮފީހުގައި ދޯ؟ފުރަތަމަ މިދަނީ ފެންވަރާލައިގެން. އެހެން ކިޔާ އިވްރިއާ އާއި ޢަދީވާ ވަނީ އިވްރިއާ އަށް ޚާއްޞަ ކުރެވިފައިވާ ކޮޓަރިއަށެވެ. 20 ވަރަކަށް މިނިޓް ފަހުން އިވްރިއާ މާ ނަލަ ހެދިލައިގެން ކޮޓަރިން ނިކުމެގެން ބޭރު ދޮރާ ދިމާލަށް ދާތަން ވާރިޝާއަށް ފެނިގެން ދަރިފުޅު އެހާ އަވަހަށް ނުވެސް ކައި ދަނީ ކޮންތާކަށްތޯ އަހައިލިއެވެ. މަންމާ. މިދަނީ މިގޭގެ ސީއީއޯގެ ފައިންޕުޅު ދެކިލަން. މިގޭގަ ކިތަންމެ ޢިރަކު އޮތަސް އެބޭފުޅާ ދުރެއް ނުވާނެ ގެޔަކަށް އަވަހަކަށް. ދޮންބެ އާއި އެެއްކޮށް ބޭރަށް ކާން ދާނީ ދޯ އަދީ. އަދީވާ އަށް ދޯ އެއް ދެމުން އަވަސް ވެގަތީ ބޭރަށް ނިކުންނާށެވެ. ތެޅެމުން ފޮޅެމުން އަވަސް އަވަހަށް އަދީވާ ގޮވައިން އޭނާ ދިޔައީ އާފްތާބްގެ އޮފީސް ކަމަށްވާ ކްއަންޓަމް އަށެވެ. ސީއީއޯ ޔޫސުފް ލުއައްޔު އެބަ އުޅުއްވާތޯ؟ ރިސެޕްޝަންގައި އިން ކުއްޖާ ގާތު އަހާލުމާއެކު ވީ މީޓިންގ އެއްގައި ކަމަށް ބުނެލިއެވެ. އޮފީސް ދައްކާލަ ދެއްވާ މަޑުކޮށްލާނަން ނިމެން ދެކަށް. ހަމަ އެހެން ބުނެވުނު ކަމެއް ނޭނގެ އައި ނައި ތަނެއް ނޭނގި އައި އަންހެން ކުއްޖަކު އިވްރިއާގެ ކަންފަތް މަތީގައި ޖަހާލައިފިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Pooohbear

Level 2

Other Articles

Previous

ޖަވާހިރުގެ ބާރު – 7

Next

ހިތް އެދޭ މަންޒިލަކީ… 26

Next
February 7, 2026

ހިތް އެދޭ މަންޒިލަކީ… 26

Previews
February 7, 2026

ޖަވާހިރުގެ ބާރު – 7

3 Comments!

  1. Shaba_73 says:
    February 7, 2026 at 2:22 pm

    Mi part vrh reethi MA!!
    Vrh reethi characters ge names thah
    Curiously waiting for the next part when’s??
    Lyyy and Tc ♥️

  2. Pooohbear says:
    February 8, 2026 at 1:04 pm

    Thank you. ❤️
    Insha Allah dhedhuvahun ehdhuvahu upload kohleveytho try kohlaanan.

  3. Sha123 says:
    February 9, 2026 at 7:37 am

    What a nice story love this

Comments are closed.

Next Episodeފުރަތަމަ ފެނިލުމުން 2←


All Right Reserved!