Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔައީ ހަނދޭ-18

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
March 15, 2026 3 Mins Read
14 Comments

އެއްޗެހި ބަދަލުކޮށްގެން އެނދަށް އެރުމާއި އެކީ ޔޫރާގެ ފޯން ރިންގް ވާން ފެށިއެވެ. އުފާވރި ހިނިތުންވުމަކާއި އެކީ އޭނާ ފޯން ނެގިއެވެ.

*ޕާރޓް-18*

“ނިދަނީތަ..؟” ފޯން ނެގުމާއި އެކީ އަޝްވާން އަހާލިއެވެ.

“ނޫން އަދ މިއުޅެނީ ނިދަން ދާން..” ޔޫރާ އެނދުމަތީ އިށީންދެލަމުން ބުނެލިއެވެ.

“އެހެން.. ކޮ ބަޔަކާ އެކީގަތަ ބޭރަށް ދިޔައީ..؟” އެއްމެ ފަހުން އަޝްވާން އޭނާ އަހަން ބޭނުންވާ ސުވާލު އަހާލިއެެވެ.

“ދެ އެކުވެރިންނާ އެއްކޮށް.. ކިހިނެއްވީ..” އަޝްވާންގެ ރާގުހުތިގޮތުން އޭނާ ޔޫރާ އާއި މެދު ވިސްނާކަން އެނގެއެވެ. އިރުކޮޅަކު އެހން ވާހަކަ ދައްކަން ތިބެލާފައި އަޝްވާން ފޯން ބޭއްވިއެވެ. ނިދަން އޮށޯތީރު ޔޫރާގެ ތުންފަތް މަތީ ވަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އޭނާ މިއަދު އެހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ސަފްވާން އާއި ޖާވިން އާއި އެކީ ވަގުތު ކޮޅެއް ހޭދަ ކޮށްލާ ކަންތަށް ކުރެވުނީމައެވެ.

ދުވަސްތަށް އާދައިގެ ގޮތަށް ދަމުން ގޮސް މިހާރު އެއް މަސް ފާއިތު ވެގޮށްސިއެވެ. ރަޝްނާން އާއި ޒަހްރާގެ ގުޅުން ރާނިޔާ މެންނަށް އެނގެއެވެ. ރަޝްނާންގެ މައިންބަފައިންނާއި ޒަހްރާ ބައްދަލު ކޮށްފިއެވެ. ކައިވެނި އަވަސް ކުރުމަށް ޔޫޝައު ބޭނުންވިއެވެ. އެއީ ޒަހްރާ ވެސް ބޫނުންވާ ގޮތެވެ. ޔޫރާ އަށް އަރްފާންގެ އުނދަގުލެއް މިހާރު ނުޖެހެއެވެ. އަޝްވާން އާއި ދެމީހުންގެ ގުޅުން ދަނީ ދުވަހަކަށް ވުރެއް ދުވަހެއް ވަރުގަދަ ވަމުންނެވެ. އަޝްވާން އާއި ޔޫރާ ބައްދަލު ކުރާ ކޮންމެފަހަރަކު އަލޫކާ ވެސް އެދޭތެރެއަށް އަންނާނެއެވެ. ޔޫރާ އަށް އެއީ މައްސަލައަކަށް ނުވެއެވެ. އެކަމު އެއީ އޭނާ ޤަބޫލު ކުރާގޮތެވެ. ސިކުނޑީތެރޭގައި އަލޫކާ އާއި ދިމާއަށް ކިތައްމެހާ ވެސް އެއްޗެއް ކިޔާފައި އޮންނާނެއެވެ.

އެހެން ދުވަސް ތަކެކޭ ވެސް އެއްފަދައިން މިއަދު ވެސް ޔޫރާ ދިޔައީ ކޮލެޖް ނިއްމާފައި ލައިބްރެރީއަށެވެ. އޭނާ ގޮސް އާމުކޮށް އިންނަ މޭޒު ދޮށުގައި އިށީނެވެ. ލެޕްޓޮޕް ނަގައިގެން ފިލާވަޅު ހަދަން އިންދައި މީހަކު އައިސް އިށީނެވެ. ބަލާލީރު ރީތި ހިނިތުންވުމަކާއި އެކީ އެއިނީ އަލޫކާ އެވެ. ޔޫރާ ވެސް ލެޕްޓޮޕް ދުރުގައި  ބައިދާފައި ޔޫރާ ވެސް އަލޫކާ ކިޔާ އެއްޗެއް އަޑުއަހާށެވެ.

“ފިލާ ވަޅު ހަދަނީތަ..؟” މޭޒުމަތީ ހުރި އެއްޗެއްސަ ބަލާލަމުން އަލޫކާ ޖަވާބު ދިނެވެ. އޭނާގެ މޫނުމަތިން ފެނުނީ ފަކުރުވެރިކަމެވެ. ޔޫރާ ބޯޖަހާލިއެވެ.

“އަހަރެން މިއައީ ވަރަށް މުހިންމު ވާހަކަ އެއް ދައްކަން..” އަލުކާ ޔޫާ އަށް ބަލަން ހުރެ ބުނެލިއެވެ. ޔޫރާ ހިިތަށް އެރިއެވެ. އަނެއްކާ ކޮންވާހަކައެއް ދައްކަނ ބާއެވެ. ޔަޤީނެވެ. އެއީ އަޝްވާންގެ ވާހަކަ އެކެވެ.

“އަހަރެން ބުނެލަން އޮތީ ޔޫރާ އަޝްވާން އާއި އެކީ ކިތައްމެ ވަރަކަށް އުޅުނަސް.. އެއީ އަހަރެންގެ މީހެކޭ.. ޔޫރާ އަކަށް އަޝްވާން އެއް ނުލިބޭނެ.. ކިތައްމެ ވަރަކަށް މަސަށްކަތް ކުރިއަސް..” އަލޫކާ ދިނީ އިންޒާރެކެވެ. އޭނާގެ ރާގު ހުރިގޮތުން އޭނާ ޔޫރާ އާއި ނުރުހޭ ވަރު އެނގެދެއެވެ. ޔޫރާ އިނީ ބަހެއް ނުބުނެ ބަލާށެވެ. އެއީ އޭނާ އަނގަ ހުޅިވާފިއްޔާ ބުނަން ނުޖެހޭނެ ވަރުގެ އެއްޗެއް ބުނެވޭނެ ތީއެވެ.

“އަޑުއިވެއްޖެތަ..؟” އަލޫކާ އިނގިލި ދިއްކޮށްލަމުން އަހާލިއެވެ. ޔޫރާ އިނީ ހަމަ ބަލާށެވެ.

“ބުނާނެ އެއްޗެއް ވެސް ނޭނގެ ދޯ..” އަލޫކާ ޖެއްސުމުގެ ރާގަކަށް ހީގަންނަމުން ބުނެލިއެވެ. ޔޫރާ އިނީއެވެ. އަލުކާ އަށް ބަލާށެވެ. އަލޫކާ އަށް އުދަގޫވިއެވެ. ޔޫރާ އެއްޗެކޭ ނުބުނެ ހުންނަން ފެށީމައެވެ. އެހެން ހުރެފައި އޭނާ ޔޫރާ އާއި ދިމާ އަށް މެދުވަނަ އިނގިލި ދިއްކޮށްލާފައި ދިޔައީއެވެ. އަލޫކާ ދިޔުމުން ޔޫރާ އަށް ހީގަނެވުނެވެ.

“ޕިސް ޕިސް.. އެހާ ވެސް ޖެވާ އެއްޗެއް.. ކިހިނެއް ދިރިއުޅެވޭނީ.. ހަމަ ރަގަނޅު ޕިކްމީއެއް..” ޔޫރާ ލެޕްޓޮޕް ހުޅުވާފައި އަނެއްކާ ވެސް ފިލާ ވަޅު ހަދަން ފެށިއެވެ. އަލޫކާ ބުނި އެއްޗެއްސާ މެދު އޭނާ މާވަރަކަށް ނުވިސްނައެވެ. އެއީ އެހާ ވަރަށް ވިސްނަން ޖެހޭ ކަމެއް ހެއްޔެވެ؟ ޔޫރާ އަށް ކިޔެއްހެއްޔެވެ؟

ކުރިމަތީ ހުރި ރަޝްނާން ބުނާނެ އެއްޗެއްގެ އިންތިޒާރުގައިން ޒަހްރާ އިނީ ނެޔަފަތި ހަފާލަ ހަފާލަ އެވެ. އޭނާ ރަޝްނާން އަށް ސޫޕް ކޮޅެއް ހަދާލަދިނީ ރަޝްނާން ރޯގާވައްތަރު ވެފައި ހުރުމުންނެވެ.

“ވަރަށް މީރު..” ރަޝްނާން އެހެން ބުނެލުމުން ޒަހްރާ އަށް ހިނިތުންވެލެވުނެވެ. އޭނާ އަށް ހިފާއްޓާލާގެން ހުރި ނޭވާ ދޫކޮށްލެވުނެވެ.

“ތައްޓަކަށް އެތިކޮޅެއް އަޅާގެން ގެނެސް ދޭނަން.. ގޮސް އިށީންދޭ..” ޒަހްރާ އެހެން ބުނުމުން ރަޝްނާން ގޮސް މޭޒު ދޮށުގައި އިށީނެވެ. އޭނާ ޒަހްރާ އާއި ދިމާއަށް ބަލާލިއެވެ. ފަރުވާތެރި ކަމާއި އެކީ ބޯތައްޓަކަށް ސޫޕް ކޮޅެއް އަޅާލާފައި ޒަހްރާ އައިސް ރަޝްނާން ކާރީ އިށީނެވެ. އަދި ސަމުސަލަށް އެތިކޮޅެއް ނަގައި ފުމެލިއެވެ. ރަޝްނާން އިނީ ކަޅި ވެސް ޖަހާ ނުލާ ބަލާށެވެ.

“އަން.. އަނގަ ހުޅުވާ..” ޒަހްރާ ސަމުސަ ދިއްކޮށްލަމުން ބުނެލިއެވެ. އޭނާ ހީވަނި މަންމަ އެއް ދަރިޔަކަށް ކާންދޭން އުޅޭހެންނެވެ. އެހާ ވެސް އޯގާތެރިއެވެ. އެތިކޮޅެއް އަގަޔަށް ލިގޮތަށް ރަޝްނާން ކޮށިއެރިއެވެ. ޒަހްރާ އަށް ތެޅިގަނެވުނެވެ. އަވަސް އަވަހަށް ފެންތައްޓެއް ނަގައި ރަޝްނާން އަށް ދިއްކޮށްލިއެވެ. ކެއްސަމުން ކެއްސަމުން ރަޝްނާން ފެންކޮޅެއް ބޯލިއެވެ.

“ކިހިނެއްތި ހެދީ..؟” ޒަހްރާ އަހާލިއެވެ. ރަޝްނާން ހިނިތުންވެލިއެވެ.

“ޒަހްރާ އަށް ބަލަން ހަދައިގެން ނުބައިމަގަކުން އެދިޔައީ..” އެހެން ބުނެލުމުން ޒަހްރާ ލޯއަނބުރާލިއެވެ. އެކަމު އޭނާގެ ތުންފަތްމަތީ ވަނީ ރަކި ހިނިތުންވުމެކެވެ.

ދެލޯބިވެރިން ވެސް އުފަލުގައި ވަގުތުތަށް ހޭދަ ކުރަމުން ދިޔައިރު ވަގުތު ދިޔަ ގޮތެއް ވެސް ނޭނގެއެވެ.

ހެޑްފޯން އަޅައިގެން ހިގާލާފައި އައިރު ޔޫރާ އަށް ވިސްނެމުން ދިޔައީ އަލޫކާ ކީއެއްޗެއްސާ މެދުއެވެ. ކިތައްމެ ވަރަކަށްް އެކަމާއި ވިސްނަން ބޭނުން ނުވިއަސް ޔޫރާގެ ސިކުނޑި އޭނާ އަށް ބާރުއަޅުވަނީއެވެ. އަޝްވާން އާއި އޭނާގެ ގުޅުމަށް އަލޫކާ ނުރުހެނީ އެވެ. އެކަމުގައި އޭނާ ކުރާނެ ކަމެއް ނެތެވެ. އޭނާގެ އެކުވެރިކަމަށް އެދި އާދޭސް ކުރަމުން އައީ އަޝްވާން އެވެ. ޔޫރާ ފޯން ހުޅުވާލީރު އަޝްވާންގެ މެސެޖް އެއް އިނެވެ. މެސެޖް ހުޅުވާލުމާއި އެކީގައި ޔޫރާގެ ދެލޯ ބޮޑުވިއެވެ. ވަގުތުން އޭނާގެ މަންޒިލް ބަދަލުވިއެވެ. ބާރު ހިގުން ބާރުކޮށްލާފައި ޔޫރާ އަޝްވާން އަށް ގުޅަން ފެށިއެވެ. ދެތިން ރިންގަކާއި އެކީ އަޝްވާން ފޯން ނެގިއެވެ.

“އަޝްވާން ކިހިނެއް..؟ ވަރަށް ހާލު ބޮޑުތަ..؟ ކީއްވެތަ ކުރިން އަހަރެން ކާރީ ނުބުނީ..؟” ޔޫރާ އަށް އެތަކެއް ސުވާލެއް އެއްފަހަރާ ކޮށްލިއެވެ.

“އަހަރެން-”

“ދެން ހެޔޮ މިދަނީ..” އަޝްވާން އަށް އެއްޗެކޭ ބުނަން ފުރުސަތުނުދީ ޔޫރާ ފޯން ކަޑާލިއެވެ.

ބަލި އެނދުގައި އޮތް އަޝްވާން އަށް ހެވުނެވެ. ޔޫރާ ހަމަ އަސްލުވެސް އޭނާ އާއި މެދު ވިސްނައެވެ. އޭނާ އަށް އަޅާލައެވެ. އެހެން ނޫންނަަމަ އޭނާ އެކްސިޑެންޓް އެއް ވާރަކަށް ނާންނާނެއް ނޫންހެއްޔެވެ؟

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 52

Next

ލާރާ :(5)

Next
March 15, 2026

ލާރާ :(5)

Previews
March 15, 2026

އެދިގެން ކަލާ ލިބޭތޯ 52

14 Comments!

  1. Alaika_22 says:
    March 15, 2026 at 9:20 pm

    Alhey Yoora haadha Rangalhey…..
    How dare u Alooka…. Yoora and ashvaan dhuru kuruvan 😤
    Mi part ves Vrh rythi MA! 💗
    Rashnaan ah Zahra Soo cute!! 🙈❤️
    Curiously waiting for next part
    Whn nxt????????
    Lysm and Tc my darling

    1. _MuXo_ _MuXo_ says:
      March 15, 2026 at 11:45 pm

      Thank you for the lovely comment Alaika_22! 🥰
      Next part ves V avahah IA!
      Love you too, you also tc! 😘💙

  2. Sheex says:
    March 15, 2026 at 10:53 pm

    Wow v reethi mi part MA🧡
    Alhey Zahra haadha caring ey v loabi cpls eh MA❤️
    alhey alooka dhw yoora ah inzaaru ves mi haalu dheefi 😖
    Sheex bunaanee enme vhk eh😤
    Ashwaan akee sheex ge meeheh he is not for yoora and also not for his girl bestie
    Alooka 😒
    Ly & tc muxo 💛

    1. _MuXo_ _MuXo_ says:
      March 15, 2026 at 11:47 pm

      Haply to know that you liked this part! 🥰
      Hehe 🤣 Okay ashwaan is all yours! 😭
      Love you more, you also take care Sheex! 💙

  3. Miss rose says:
    March 16, 2026 at 1:44 am

    Mi part ves varah reethi. Alooka ashwaan thihaa beynumiyyaa ashwaan kaireega rattehivaan ahaabala yoora ah inzaarunudhee. Woah rashnaan and zahra marry kuran eulhenee. Can’t wait to see rashnaan and zahra marry koggen ulhey goy. Curiously waiting for next part???

    1. ~Lunive~ says:
      March 16, 2026 at 3:10 am

      MA..Muxo Mi part Vrh Vrh Furihama!💜☺️
      Rashnan & Xahra ❤️…They both’re making dream!
      Heyonuvaane ehnnu Yoora ah egothah
      Warning dheykah!!🥀⚠️⚠️
      Lun Bunaanee!! Ashwern libidhaane His bestie I meant Alooka ah ves!! & Yoora ah ves!!
      Curiousity on next part!☺️🖤
      Anyways, When’s next?🥀💜💜
      Lysm & Tc Myy BBg

    2. _MuXo_ _MuXo_ says:
      March 16, 2026 at 3:45 pm

      Glad to know that you enjoyed this part aswell! 🥰
      I agree with you Miss rose
      Next part hama v avahah kiyaalan libeyne! 💙

    3. ☆Berrycake☆ ☆Berrycake☆ says:
      March 18, 2026 at 7:11 pm

      When did miss jennie upgrade into miss rose?

  4. ~Lunive~ says:
    March 16, 2026 at 3:13 am

    I Miee Cer eyy jahagen Ulhunu reader ingey..
    Muxo ah Neygidhaane thy mi bunely!
    From now on,You can call me *Lunive *

    1. _MuXo_ _MuXo_ says:
      March 16, 2026 at 3:47 pm

      Happy to see your comment too Lunive! 🥰
      Hehe IA you will get someone like ashwaan! 🤣
      Next part ves hama V avahah IA!
      Love you more! 💋 You also take care! 💙
      Okayy dear!! 💚

    2. ~Lunive~ says:
      March 16, 2026 at 6:13 pm

      Nahh…I ge life ga dhuvahakuves Hama huvaa I’ll never start a life!🩶

  5. Shaba_73 says:
    March 16, 2026 at 6:38 am

    Mi part ves vrh Reethi MA! 😍
    Rashnaan and xahra Haadha cute eyy 🖤🥀…
    Awwn xahra Haadha caring eyy I love it 😊…
    What’s wrong with u Alooka huhh 😡…..
    Yoora and Ashwaan dhuru kuran Mi ulheyny 😒
    Ashwaan aa Yoora perfect match 💗
    Alooka handhaan kuraathi Ashwaan eii Yoora ge 🙃
    Can’t wait Rashnaan and xahra marry kuraa dhuvahakah
    Ashwaan accident v eyy.. Yoora Haadha rangalhey 🤗
    Story kiyaa iru heevany story therey ulhevey hen…
    Mhr maa bodah comment Dhigu vehje kanne! 😔
    Curiously waiting for the next part
    When’s next???
    Lyy and Tc Always Fav author 💋
    When’s next

    1. _MuXo_ _MuXo_ says:
      March 16, 2026 at 3:49 pm

      Hehe thank you for the lovely comment Shaba!🥰
      Hehe story therey ulhevenyaa ragalhehnnu dhw
      Its okay if your comment js too long, it doesn’t bother me at all! 🤗
      Next part ves hama V avahah IA!
      Love you too, you also take care my fav reader! 💋💙

  6. ☆Berrycake☆ ☆Berrycake☆ says:
    March 18, 2026 at 7:56 pm

    Hi _MuXo_! I am back home with a baby boy n he is 3 week old now. Alhamdhulillah we both are good in health. I was able to catch up this story after putting him to sleep 😃
    I did go back and read ur reply, thank you for well wishes dear ☺️🤍 My kokko comments to this story as miss jennie and she really loves ur story. (she is too shy and told me not tell, but ngl I could not help myself cux her comments r so lovely u know…) I think I have to be prepared for her flying sandal now if she sees this comment 😂😭

    I need popcorn to watch Alooka drama 😂 The Ashwaan I know will choose wisely, if not then that’s a different Ashwaan bro 😅
    Anyways good luck MuXo and Eid Mubarak 🌙🌙🌙
    Lysm 🤍🤍🤍
    Will comment again after catching up In sha Allah

Comments are closed.

Next Episodeތިޔައީ ހަނދޭ-19←


All Right Reserved!