ލާރާ:(6)
ޕާޓް 5 ގެ ނިމޭ ބައި: އެ ސައިކަލު އެއީ ކާކުގެ ސައިކަލެއް ހޭ ލާރާ ސުވާލު އެކުރީ ހަމަ ޔަގީނުންވެސް ލާރާ އަށް މީގެ ކުރިން އެ ސައިކަލު އެތައް ފަހަރެއްގެ މަތިން ފެނިފައިވާތީ ކަން ޔަގީނެވެ.
ޕާޓް (6) : ކޮންމެ ގޮތެއްވިޔަސް ނަތާޝާ ދިރިއުޅޭ އެޕާޓްމަންޓް ހުންނަނީ ގޭގެ ހަތަރު ވަނަ ފަންގިފިލާ ގައެވެ. އެހެނަސް ލާރާގެ ހިތު ތެރެއިގައި ދިޔައީ ކޮންމެވެސް ވަރަަކަށް ނުތަނަވަސް ވެރި ވަމުންނެވެ. ނާތާޝާއާއި އެންމެ ރެޔަކު ބައްދަލުވެ އޭނާގެ ގޭގައި މަޑު ކުރުމަކީ ކޮންމެ އަކަސް ފަސޭހަކަމެއް ނޫނެވެ. ބޭރުފުށުން ފެންނަ މަންޒަރު ތަކަކުންނެއް މީހެއްގެ ގޮތް ބާވަތެއް ވަކި ކުރާކަށް ނޭނގޭނެއެވެ.
ދޮރުގެ ތަޅު ހުޅުވާލުމަށް ފަހު ގޭ ތެރެއަށް ވަނުމަށް އެދުމުން ވެސް ލާރާގެ މޫނުމަތިން ފެންނަމުން ދިޔައީ ތަފާތު އިހުސާސް ތަކެކެވެ. ނަމަވެސް ނަތާޝާގެ އަމަލުތައް ހުރިގޮތުން އަހަރެންގެ ހިތް ބުނަމުން ދިޔައީ ، ހަމަ ޔަގީނުންވެސް އެއީ އަހަރެންނަށް ދެރަ އެއް ދީފާނެ ކަހަލަ މީހެއް ނޫންކަމަށެވެ.
ގޭގެ ކޮންމެ ބިތަކަށް ނަޒަރު ހިނގާ ލިޔަސް ފެނިގެންދަނީ ފުރިހަމަކަމާއި ރީތިކަމުގެ މިސާލެއް ކަން ޔަގީނެވެ. އައިސްފައިވާ ނިދީގެ ވަރުގަދަ ކަމުގެ ސަބަބުން ނަތާޝާ ފާހާނާ އިން ނިކުންނަންދެން ސޯފާގައި އިށީންދެލައިގެން އިން ވަގުތު ލާރާގެ ލޮލުގައި އަޅައިގަތީ އެތާ އެއް ފަރާތުގައި ހުރި މޭޒެއްގެ މަތީގައި ބައިންދާފަ އިން ހެލްމެޓްއެވެ. މީ އަނެއްކާ ނަތާގެ ހެލްމެޓެއް ބާއޭ ހިތާ ހިތާ ސުވާލު ކޮށްލެވުނެވެ .
ސޯފާގެ ބާލީސް ތަކުގެ ތެރޭގައި ބޯ އަޅައިލައިގެން އޮތް ލާރާގެ ހިތަށް ސިހުމެއް ލިބުނީ ނަތާޝާ ގޮވާލި އަޑަށެވެ. ” ކޮބާ އާދެ ނިދަން ”
ދެ ފަރާތަށް ބޯ ހޫރާލުމަށް ފަހު ކޮޓަރިއަށް ގޮސް ނަތާޝާ ގާތު އެއީ ކާކުގެ ހެލްމެޓެއް ތޯ ސުވާލު ކުރިއެވެ . ނަތާޝާގެ މޫނުމަތިން ފެންނަމުން ދިޔައީ އިތުރު ހައިރާން ކުރުވަނިވި މަންޒަރެކެވެ. “ކީއްވެ ތިހެން ތި އެހީ” ނަތާޝާ ބުންޏެވެ.
ކޮންމެ އަކަސް ނަތާޝާ ގާތު އަހައިގެން އެ ހެލްމެޓް ގެ ހަޤީޤަތް ހޯދުމަކީ މާކަ ބޮޑު ކަމެއް ނޫނެވެ. ނަމަވެސް ހެލްމެޓަކާ ޖެހި އަހަރެންގެ ފަރާތުން ފެންނަމުން ދިޔަ ކަންކަމުގެ ސަބަބުން ނަތާގެ ސުވާލުތައް އަމާޒު ވީ ސުމާރެއް ނެތިއެވެ. “ކިހިނެއް ވެގެންތަ ގެޔަށް ވަދުމާއެކު ލާރާގެ ހިތުގައި މާ ބައިވަރު ސުވާލުތަކެއް އުފެދިގެން ތި އުޅެނީ” ނަތާޝާ ބުންޏެވެ.
ނަތާޝާގެ ހިތުގައި ހަމަ ޔަގީނުންވެސް ކޮންމެވެސް ކަމެއް ވެއްޖެ ކަމުގެ އިހުސާސް ތަކެއް ކުރެވެން ފެށިއެވެ. ގެޔަށް ވަދުމާއެކު ތިރީގައި ޕާރކް ކޮށްފައިވާ ސައިކަލަށާއި ، ސިޓިންގް ރޫމުގައި ބައިންދާފަ އިން ހެލްމެޓަށް ލާރާގެ ނަޒަރު ހުއްޓުނީ ކޮންމެވެސް ސަބަބަކާ ހުރެ ކަން ޔަގީނެވެ. މީގެ ކުރިން ވެސް މިގެއަށް ވަންނަން ކޮންމެ މީހަކަށް އެތަކެތި ފެންނަން ހުންނާނެއެވެ. ނަމަވެސް ލާރާގެ ފަރާތުން އެތަކެއްޗަށް ވަނީ ހާއްސަ ސަމާލުކަމެއް ލިބިފައެވެ.
އެތަކެއް އިރަކު ވާހަކަ ދައްކަން ތިބުމަށްފަހު ނަތާގެ ލޮލުގައި ނިދީގެ ވަކި ހިތްޕާލީ ފަޅި ސިކުންތެއްގެ ތެރޭގައެވެ. ނަމަވެސް ގޮތް ނޭނގޭ ދުރު މީހަކަށް އިތުބާރު ކޮށް އެ ގޭގައި ނިދުމަކީ ލާރާއަށް އެއްވެސް ގޮތަކަށް ފަސޭހަކަމެއް ނޫނެވެ. ބޯ މަތީގައި އެނބުރެމުން ދިޔަ ފަންކަލަށް ނަޒަރު ހުއްޓިފައިވާ ލާރާގެ ލޮލުގައި އަޅައިގަތީ ކައިރީގައި ހުރި ފޮތް ކަބަޑެވެ. ކަބަޑު ތެރޭގައިވާ ފެމިލީ އަލްބަމް ނެގުމަށް ފަހު އޭގައި ތިބި މީހުންނަށް ނަޒަރު ހިންގާ ލިއެވެ. ނަމަވެސް ނަތާގެ މޫނު ނޫން އިތުރު މޫނެއް މިތަނުން ވަކި ކުރާކަށް ނޭނގެއެވެ.
އެތައް ސަތޭކަ ފޮޓޯ ތަކުން ފުރިފައިވާ އަލްބަމްގެ އެންމެ ފަހަތުގައި އިން ފޮޓޯ އަށް ލާރާގެ ސަމާލުކަން ހުއްޓުނީ ހިފެހެއްޓުމެއް ނެތިއެވެ. އޭގައި އެވާ ޅަފުރައިގެ ޒުވާނާ އަކީ ހަމަ ޔަގީނުންވެސް އަހަރެން ގޮވައިގެން ޔުނިވަރސިޓީއަށް ދިޔަ މީހާ ބާއެވެ.؟ ހިތުގެ ތެރޭގައި ދިޔައީ ސުވާލުތައް ފުނި ޖެހެމުން ނެވެ. ބޮލުގައި ވާ އިސްތަށިގަނޑާއި ، އޭނާގެ ފިރިހެން ވަންތަ ހަށިގަނޑުން ވެސް އެ ޒުވާނާގެ ސޫރަ އިތުރަށް ފުރިހަމަކޮށްދެއެވެ.
މުޅިރޭ އެ އިހުސާސްތަކާއި ޖަޒުބާތުތައް ހިތުގެ ތެރޭގައި ކަޑައްތު ކުރުމަށް ފަހު ލާރާގެ ކަންފަތުގައި އަޅައިގަތީ ފަތިސް ނަމާދުގެ ބަންގީގެ އަޑެވެ. ނާތާ ވެސް ނިދިން ހޭލުމަށްފަހު ދެ މީހުން ނަމާދު ކޮށްގެން ޔުނިވަސިޓީ އަށް ދިއުމަށްޓަކައި ތައްޔާރު ވާން ފެށިއެވެ. ނަމަވެސް އަމިއްލަ އެޕާޓްމަންޓް އަށް ނުގޮސް ތައްޔާރު ނުވެވޭނެ ވާހަކަ ލާރާ ބުންޏެވެ.
“ތިކަމާ ހާސް ނުވޭ ” ނަތާ ބުންޏެވެ. ދޮންބެ އާއެކު ވީނު ގެޔަށް ދާން .
ނަމަވެސް ނުދަންނަ މީހަކާ އެއްކޮށް ދާން ނުކެރޭނެ ވާހަކަ ލާރާ ބުންޏެވެ. ކޮންމެ އަކަސް ލާރާގެ ދުއްތުރާތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު ނަތާ ގޮސް ދޮންބެ ކޮޓަރީގައި ޓަކި ޖަހާ ލާރާ ގެންގޮސް ދިނުމަށް އެދުނެވެ. ލާރާގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ އަށް ރުޅިވެރިކަމެވެ.
ސޯފާގެ އިށީންދެލައިގެން އިން ލާރާ ގާތުގައި ޖައްސާލަމުން ނަތާ ބުންޏެވެ. ” ދެން ތި ހަމަ ޖެހިބިލަ ، ދޮންބެ ވަރަށް ކޫލް ވާނެ” ނަތާ ހަމަ ޔަގީނުންވެސް އެކަން އެކުރީ އަހަރެންނާއި ދޮންބެ އާއި އަޅުވާ ކިޔަންކަން ޔަގީނެވެ.
އިރުކޮޅަކު މަޑުކޮށްލައިގެން އިންދާ ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލުމަށް ފަހު ނުކުމެގެން އައީ ނަތާގެ ދޮންބެ އެވެ. ލާރާއަށް ހީވީ އާ ދުނިޔެއެއް ގައި ހުރެވުނު ހެންނެވެ. މުޅި މީހާގެ ހިތަށް ހީވީ ތޫނު ހަންޖަރެއް ހަރާލި ހެންނެވެ. އަހަރެންގެ ކުރިމަތީގައި މިއަދު ހުއްޓިލައިގެން އެ ހުރީ އެއް ކަލަ ޒުވާނާ ކަން ޔަގީނެވެ. މީ އަޅެ ކިހާ ބޮޑު އިއްތިފާޤެއް ހެއްޔެވެ.
ތިރިޔަށް ފޭބުމަށް ޓަކައި ލިފްޓް އަށް އަރާ ހުރި ލާރާގެ ކޮނޑުގައި މަޑުމަޑުން ކޮށްޓާލަމުން ކޮން ނަމެއް ތޯ ކިޔަނި ސުވާލު ކުރިއެވެ. ބޭ އިހުތިޔާރުގައި އަހަރެންނަށް ކިޔަނިިިިިިިިިިިިިިިިިިިިިިިި ލާރާާއޭ ބުނެވުނެވެ.
“ވާއު”” ނަމުން ވެސް ހަމަ އެހާ ރީތި ” އެ ޒުވާނާ ބުންޏެވެ. އަހަރެންގެ ނަމަކީ ނާފިޒްއެވެ.
ގެޔަށް ދިއުމަށްޓަކައި ސައިކަލަށް އަރާ އިން ނާފިޒް ލާރާ ގާތު ގެ ހުންނަނީ ކޮންތާކު ތޯ ސުވާލު ކުރި އެވެ. ނަމަވެސް ލާރާގެ ގެ ހުންނަ ތަނެއް ނޭނގި ލާރާ ގޮވައިގެން ޔުނިވަރސިޓީއަށް ގެންގޮސް ދޭން ނާފިޒްއަށް އެނގުމަކީ އަޖައިބެއް ފަދަ ކަމެކެވެ.
ގެޔަށް ދާނެ މިސްރާބު ނާފިޒްއަށް ކިޔައި ދިނުމަށް ފަހު ، ބާރު ދުވެލީގައި ދުއްވާފައި ދިޔަ ސައިކަލު ގޮސް ލާރާގެ ގެޔާ ހިސާބަށް މަޑުކޮށްލުމުން “ތެންކިއު ” އޭ ބުނުމަށް ފަހު ލާރާ ގޭ ތެރެއަށް ވަދުނީ ލަދުރަކި ހިނިތުން ވުމެއްގެ ހަދިޔާ އެއް ނާފިޒްއަށް ދިއްކޮށްލާފާއެވެ.
ލާރާގެ ފަރި ހިނގުމަށް އެތައް އިރެއްވަންދެން ބަލަން ހުރުމަށްފަހު ނާފިޒް ވެސް ގެޔާ ދިމާއަށް މިސްރާބު ޖެހީ ޔުނިވަސިޓީއަށް ދިޔުމަށް ތައްޔާރު ވުމަށެވެ. ނާފިޒް އަކީ ވެސް ލާރާ އާއި އެއް ކްލާހެއްގައި ހިމެނިފައިވާ މީހެއްކަމުން ، ދެ މީހުން ދެމެދުގައިވާ ގުޅުން އިތުރަށް ފުރިހަމަ ކުރުމަށް ފަސޭހަވެގެންދާނެ ކަން ޔަގީނެވެ.
އުޑުމަތީގައި ވާ ބޯ ވިލާގަނޑުގެ ހިޔަލުގައި ހިނގަމުން އައި ލާރާ އަށް ޔުނިވަރސިޓީއަށް އާދެވުނުއިރު ގަޑި ޖެހެން ބާކީ އޮތީ އެންމެ ފަސް މިނެޓެވެ. މީ ހަމަ ޔަގީނުންވެސް ލާރާ އަށް ގަޑި ނުޖެހި ތަނަކަށް އާ ދެވުނު ފުރަތަަމަ ފަހަރޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އަބަދުވެސް ތަންތަނަށް ދިއުމަށްޓަކައި ގަޑިއަށް ސަމާލުވުން އެއީ ލާރާގެ މަންމަ އަބަދުމެ ދެމުން އަންނަ ދުވަސްވީ ނަސޭހަތެކެ އެވެ.
ކޮންމެ ދުވަހަކު ވެސް ޔުނިވަރސިޓީގެ ބްރޭކް ގަޑި އަކީ އެންމެ މެދުގައި ވެސް އެންމެ އަތްމަތި އަވަސް ވަގުތޭ ވެސް ބުނެވިދާނެ އެވެ. ސަކަރާތް ޖެހުމާއި ތަފާތު އަޑުތަކުން ގުގުމާލައިފައިވާ މާހައުލެއްގައި ވަގުތުތައް ވޭތު ކުރުމަކީ ލާރާއަށް ފަސޭހަކަމެއް ނޫނެވެ. އެތައް އިރެއްވަންދެން ކެންޓީނުގައި ހިންދެމިލައިގެން އިން ލާރާގެ އިސްތަށިގަނޑުގައި މީހަކު ހިފާލިއެވެ.
އެއީ ހަމަ ޔަގީނުންވެސް ނަތާޝާއެވެ. ” ހާދަ ޑައުންވެފަ” ނަތާޝާ ބުންޏެވެ. ތިހާ މޫޑު ކަޓާފަ އިންނާކަށް ނުވާނެ ، “ހިނގާބިލަ އަހަރުމެން ވެސް ކޮންމެވެސް ސަކަރާތެއް ގަންނަން” ނަތާގެ ވާހަކަތަށް ހުރި ގޮތުން އަހަރުމެން ދެ މީހުން މެދުގައި ދިޔައީ ވަރުގަދަ އިތުބާރާއި ގުޅުން އުފެދެމުންނެވެ.
އެތައްކެއް ވާހަކަ އެއް ދައްކަން ތިބުމަށްފަހު ދެ މީހުން ކްލާހަށް ވަދުން އިރު ނާފިޒް ބަލަހައްޓައިގެން އިނީ މަލާމާތުގެ ނަޒަރަކުން ނެވެ. ” ކަލޭމެން ދެ މީހުން ވެސް ހަމަ އެހާ ޕާޓްތަ “ނާފިޒް ސުވާލުކުރިއެވެ.
ނާފިޒްގެ ސަކަރާތަށް ބީރު ކަންފަތެއް ދިނުމަށް ފަހު ދެ މީހުން ގޮސް ގޮނޑީގައި އިށީނުމާއެކު މުޅި ކްލާސްރޫމް ހިމޭން ވި ކަހަލައެވެ.
(ނުނިމޭ)!!!
12 Comments!
Comments are closed.


Mi part ves vrh Reethi MA! <3 ❤️
Curiously waiting for the next part
When's next ???
Thx 😊
Soon ⏳
Ummm…. Nathaa and thi naafiz eh twins eh thr?
Siblings 😊
Then why are they in the same class dude??
Wait for other parts than u will know 👍
Mi part vx Masha Allah vrh reethi 😻
Curiously waiting for the next part..
Keep it up shail👏🏻👏🏻
Thx 😊
Mi part vx vrh reethi Masha Allah ☺️
Thx 😊
omg I can not wite for the next part can u up the story fast plssssss
It’s on the way