Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ރާނީއޭ ހިތުގެ މަލާތީ-4

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
March 16, 2026 5 Mins Read
14 Comments

އެރޭ ނައުހާ އާއި ނަތާން އާއި އެކު ބޭރުގައި އުޅެ އުޅެފައި އަލައިކާ ގެޔަށް އައިރު އެގާރަ ގަނޑި ބައިވެ ދާނެއެވެ. މިއީ އޭނާގެ އާދައެވެ. ގޭގައި ހަރެއް ނުލާނެއެވެ. ގެޔަށް ވަނީރު އެކަކު ވެސް ފެންނާކަށް ނެތެވެ. ސިއްރު ސިއްރުން ގެޔަށް ވަދެ ލަސްލަހުން ހިގާފައި އައިސް އޭނާ ވަނީ ކޮޓަރިއަށެވެ. ބުރުގާ ވެސް ނުބޭލި އުޅެނިކޮށް ދޮރުގައި ޓަކި ޖެހިއަޑު އިވުނެވެ. އަލައިކާ ހިއްހުއްޓުނު ކަހަލައެވެ. އަނެއްކާ ޝަބާ އަށް އޭނަ ގޭތެރެއަށް ވަދެގެން އައިތަން ފެނުނީ ހެއްޔެވެ؟ ޝަބާ ކޮށްފާނެހެން ހީވާނެ ކަހލަ ސުވާލުތަކަށް ޖަވާބު ވިސްނަމުން އަލައިކާ ގޮސް ކުޑަކޮށް ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވާލުމާއި އެކީ އަލައިކާ ހައިރާންވެ އަނގަ ހުޅުވުނެވެ.

*ޕާރޓް-4*

އަލައިކާ އަށް ބަލަހައްޓައިގެން ޝިފާން އަށް ވެސް ހުރެވުނީއެވެ. އޭނާ އަށް ދުލާހަމަޔަށް ބަހެއް ވެސް ގެންނާނެހާ ހިއްވަރެއް ނުލިބުނެވެ. އަލައިކާ އިރު ކޮޅަކު ބަލަން ހުރެލާފައި އަހާލިއެވެ.

“ކިހިނެއްވީ..؟” ޝިފާން ގައިގައި ހުރި ހިއްވަރެއް ލާފައި ބުނެލިއެވެ.

“އަހަރެންނާއި އެކީ ބަދިގެޔަށް އާދެވިދާނެތަ..؟ އަހަރެން މިއުޅެނީ އަދި މިރޭ ނުކާ..” އަލައިކާ އަނެއްކާ ވެސް ހަމަ ޝިފާން އާއި ދިމާ އަށް ބަލަން އިނެވެ. އަނެއްކާ އަލައިކާ ނުރުހެނީހެއްޔެވެ؟ އޭނާ އަށް އުނދަގޫވީހެއްޔެވެ؟

“އަލައިކާ ބޭނުން ނޫނިއްޔާ އޯކޭ..” ޝިފާން އަނެއްކާ ވެސް ބުނެލިއެވެ. އޭރު އޭނާގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. އަަލައިކާ ފެންނަ ފަށުގައި ހުރެޖެއްޔާ އޭނާގެ ހިތް ހަމަ މިވަރަށް ތެޅެއެވެ.

“އުހުން.. އޯކޭ.. ހިގާ ދާން..” މަޑުމަޑުން ކޮޓަރި ދޮރުލައްޕާލަމުން އަލައިކާ ބަދިގެޔާއި ދިމާއަށް ހިގައިގަތެވެ. ޝިފާން އަށް މޭގައި އަތްޖައްސާލާފައި ފުން ނޭވާ އެއް ބޭރު ކޮށްލެވުނެވެ. އައްޒާމް އޭނާ އަށް ވަނީ ޔަޤީންކަން ދީފައެވެ. ނަސީބަކުން އަލައިކާ ވެސް އެއްބަސް ވެއްޖެއެވެ. އޭނާ ބޭނުންވަނީ އަލައިކާ އާއި ވާހަކަ ދައްކާލާށެވެ.

“ކިއްވެ ނުކެއީ..؟” އަލައިކާ އައިސް ގޮނޑިއެއް ދަމައި އިށީން ދެލަމުން އަހާލިއެވެ. ޝިފާން ހީއްކުރީ އޭނާ އަށް އެއްޗެހި އަޅައިގެން އަލައިކާ ގެނެސް ދޭނެ ކަމަށެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. އަލައިކާ އެއިނީ ހަމަޖެހިލައިގެން އިށީންދެލައިގެންނެވެ.

“ހިތަށް އެރީ މިރެއަކު ނުކާނަމޭ.. އެކަމު ދެން ނުހުރެވުނީ..” ޝިފާން ގޮސް ތައްޓެއް ދޮވެލިއެވެ. ޝިފާން އަމިއްލަ މީހާ އާއި މަލާމާތް ކުރީ އަލައިކާ އޭނާ އަށް އެއްޗެހި އަޅައިދީގެން ގެނެސްދޭނެއޭ ހިތަށް އެރުމުންނެވެ. އަލައިކާ އިނީ ފޯނަަށް ބަލާށެވެ. އޭނާ މާޝައުޤު ހުރިހެނެއް ހިއެއް ނުވެއެވެ.

“އަލައިކާ ކޮންތާކަށް ގޮށްސަތަ ތިއައީ..؟” ޝިފާން ވެސް އަލައިކާ ކުރިމަތީ އިށީންނަމުން އަހާލިއެވެ. އަލައިކާ ބަލާލީ ހައިރާންވެ ހުރެއެވެ. އަނެއްކާ އަހަން ނުވާވަރުގެ ސުވާލެއް އެހުނީ ހެއްޔެވެ؟

“މިއައީ ފްރެންޑުން ކޮޅަކާ އެކީ ބޭރަށް ގޮށްސަ..” އަލައިކާ ބުނެލިއެވެ. ޝިފާން ބޯޖަހާލިއެވެ. އޭނާ އެއީ ކޮން އެކުވެރިންނެއްކަން އެނގެން ބޭނުންވިއެވެ. އެކަމު އަލައިކާ ކާރީ އަހާކަށް ބޭނުމެއް ނޫނެވެ.

“ނައުހާ އާ ނަތާން..” އަލައިކާ އަށް އޭނާގެ ހިތުތެރޭ އޮތް އެއްޗެއް އެނގުނީ ކަންނޭނގެއެވެ. އެކަމު ނަތާން އެއީ ކޮން ފިރިހެނެއް ހެއްޔެވެ؟ އަނެއްކާ އެއީ އަލައިކާގެ ލޯބިވެރިޔާ ހެއްޔެވެ؟

ޝިފާން ބަލަން އިންގޮތުން އަލައިކާ އަށް ކިތައްމެހާވެސް އުނދަގޫވިއެވެ. ނަމަވެސް އޭނާ ހިނިތުންވެލައިގެން އިނީއެވެ. މިރެއަކު ޝިފާން ހާދަހާވާ ސުވާލެއް އެބަ ކުރެއެވެ. އޭނާ އެހެން މީހުން ކުރިމަތީގައި އޭނާ އާއި ވާހަކަ ދައްކަން ލަދުގަންނަނީ ހެއްޔެވެ؟

ދެމީހުން އިރުކޮޅަކު ކުޑައިރުގެ މަޖާ ވާހަކަ ދައްކަން ތިބީއެވެ. ޝިފާން އަލައިކާ އަށް ބީރައްޓެހިކަން ވެސް މަޑުމަޑުން ފޮހެވި ގޮށްސިއެވެ. އަނެއްކާ ވެސް ދެކުދިން އެކުވެރިވީ އެވެ. ހެމުން އެކިވާކަހަކަ ދައްކަން ތިއްބައި ކުއްލިއަކަށް ވަރަށް ބާރު އަޑުފައްގަނޑެއް އިވުނެވެ. ހީވީ ފުރާޅު ނަގައިފައި އަނެއްކާ ޖެހިހެންނެވެ. އެހާ ވެސް ބާރެވެ. ނިދާފައި އޮތް އެއްމެން ވެސް ހޭލާނެކަން ކަށަވަރެވެ. އަލައިކާގެ ހިތް ހީވީ ހުއްޓުނު ހެންނެވެ. ޝިފާން ވެސް ހަމަ އެހާ ސިއްސައިގެން ދިޔައެވެ. ދެލޯ ބޮޑު ކޮށްލައިގެން ހުރި އަލައިކާގެ ނޭވާ ވަނީ އަވަސް ވެފައެވެ. އޭނާގެ ދެއަތުގައި ތުރުތުރެއް އުފެދުނެވެ. އަލައިކާ ޝިފާން އަށް ބަލާލީ އޭނާ އަށް ވެސް އެއަޑު އިވުނުކަން ކަށަވަރު ކުރާށެވެ.

“އެެއީ ކޮންއަޑެއް..؟” ތުރުތުރު އަޅާ އަޑަކުން އަލައިކާ ވާހަކަ ދެއްކިއެވެ. ޝިފާން އަށް އޭނާ ބިރުގެންފާވަރު އެނގިގެން ދިޔައެވެ.

“އެވާނީ އަނބެއް ކަހަލަ އެއްޗެއް ވެއްޓުނީ ކަމަށް.. މީ އަނބު މޫސުމެއްނު..” ޝިފާން ބެލީ އަލައިކާގެ ބިރު ފިލުވޭތޯއެވެ. ނަމަވެސް އަލައިކާ އެވާހަކަ އެއް ގަނބޫލެއް ނުކުރެއެވެ.

“އެކަމު ފުރާޅާ ދިމާ އަކަށް ނީންނާނެ ގޮފިގަނޑެއް..” އަލައިކާ އެކިތަންތަނަށް ކަޅި އުކަމުން ބުނެލިއެވެ. ޝިފާން ޖަހާލީ ހިނިގަނޑެކެވެ.

“ވާ ވެސް އުޅެއޭ.. ދެން ތިހާ ބިރުގަންނަ އެއްޗެއް ނޫނޭ.. ދެން ދޭ ނިދަން..” ޝިފާން ތެދުވަމުން ބުނެލިއެވެ. އަލައިކާ ވެސް ތެދެވިއެވެ. ދެމީހުން ވެސް ކޮޓަރިއާއި ހަމައަށް ދެވުނީރު ވެސް އަލައިކާގެ ހާލު ވަކި ރަގަނޅެއް ނޫނެވެ. އޭރު ވެސް އޭނާ ދެލޯ ބޮޑުކޮށްގެން ހުރެ އެކިތަންތަން ބަލަނީއެވެ. އަލައިކާ ކޮޓަރިއަށް ވަނުމުން ޝިފާން ވެސް ވަނަނެވެ. އެއްޗެހި ބަދަލު ކޮށްގެން ޝިފާން އެރީ ނިދާށެވެ. ކާރީގައި ބާލީހުގައި ބައްދާލާގެން އައްޒާމް އޮތީ ގަދަ ނިދީގައެވެ. އޭނާ އަށް އެއަޑަކުންނެއް ހޭލެވުނު ހެނެއް ހީނުވެއެވެ. ޝިފާން އެހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އަލައިކާ އާއި ވާހަކަދައްކާލެވުނީމައެވެ. އުފާވެ ހުރެމެ އޭނާ ދެލޯ މަރާލީ ނިދޭތޯއެވެ.

ޝިފާން ކިތައްމެ ހިތްހަމަ ޖެހިގެން އުފާވެ ހުރެމެ ނިދަން މަސަށްކަތް ކުރިއަސް އަލައިކާ އަށް އެއްވެސް ހިތްހަމަ އެއް ނުޖެހެއެވެ. އޭނާގެ ހިތް އަދިވެސް ހަމަ އަކަށް ނޭޅެއެވެ. އަތުގެ ތުރުތުރު ލުމެއް އަދި ވެސް ނުހުއްޓެއެވެ. އޭނާ އަވަހަށް އެއްޗެހި ބަދަލު ކޮށްގެން އޮށޯތީއެވެ. ބިރުން ފާޙަނާ އަށް ވަދެ މޫނުވެސް ނޮދޮވެއެވެ. އޭސީ ޖައްސާފައި ވުމުން ކިރިޔާ އަޑެއް އިވުނަސް އެއަޑު ވަރަށް ސާފުކޮށް އަލައިކާ އަށް އިވޭނެއެވެ. އިރުކޮޅަކު އެހެން އިންދައި ބޭރު ކުޑަދޮރާއި ދިމާއިން މީހަކު ހިނގާހެން ހީވިއެވެ. ކަށިވެލިގަނޑުގައި ފިޔަވަޅު އަޑާ އަޑު ކިތައްމެހާ ވެސް ރީއްޗަށް އިވެއެވެ. ބަލައިލަފާނެމޭވެސް އަލައިކާ ހިތަށް އެރިއެވެ. ނަމަވެސް އޭނާ އަކަށް ނުކެރުނެވެ. އެއީ ކޮންމެ ފަދަ އެއްޗަކަށް ވެސް ވެދާނެއެވެ. ފޯނުން ޤުރުޢާން ޖަހައިގެން އެއާއި އެއްވަރަށް ކިޔަވަން އޮށްވައި އަލައިކާ އަށް ނިދުނެވެ.

ފަތިސް ގަނޑިއަށް އެލާމް ކޮށްފައިވާ ފޯން ރިންގްވާން ފެށުމުން އަނާ އަށް ހޭލެވުނެވެ. އޭނާގެ އުނަގަނޑުގައި އައި އަޅުވައިލައިގެން ނިދާފައި އޮތް ޝާއިން އަށް އުނދަގޫނުވާނެހެން އަނާ އަވަަހަށް އެލާމް ކަޑާލިއެވެ. ޝާއިން އާއި ދިމާއަށް އެނބުރިލާފައި އަނާ ޝާއިންގެ އަތުގައި ވިކާލިއެވެ. ނުހޭލިއެވެ. އަނެއްކާ ވެސް ވިކާލިއެވެ. މިފަހަރު އެސްފިޔަތަށް ތަޅުވާލާފައި ޝާއިން ދެލޯ ހުޅުވާލިއެވެ. ކާރީގައި ހިނިތުންވެލައިގެން އޮތް އަނާ ފެނިފައި އޭނާ ވެސް ކަންނެތް ހިނިތުންވެމެއް އަނާ އަށް ރައްދުކޮށްލިއެވެ. އަދި އަނެއްކާ ވެސްް ދެލޯ މަރާލިއެވެ.

“އަނެއްކާ ވެސް ނިދަނީތަ.. ޕިސް ތެދުވޭ.. އިރުކޮޅަކުން ބަންގި ގޮވާނެ..” ތެދެވަމުން އަނާ ގޮވާލިއެވެ. ޝާއިން ހޫން އަޅުވާލާފައި ތެދުވެއްޖެއެވެ. އަނާ ވަނީ ފާޙަނާ އަށެވެ. އިރުކޮޅެއްވިފަހުން އަނާ ނުކުތެވެ. ޝާއިން ނުލަފާ ގޮތަށް ހިނިތުންވެލާފައި އައީ އަނާ ކާރިއަށެވެ. ޝާއިންގެ އިހްސާސް ވުމުން އޭނާ ދުރައްޖެހިލިއެވެ. ޝާއިން އަނެއްކާ ވެސް ކާރީއަށް އައެވެ.

“ޕްލީސް.. އަހަރެން ބޭނުމެއް ނޫން އަނެއްކާ ވުޟޫކުރާކަށް..” އަނާ އާދޭސް ކޮށްލިއެވެ. ޝާއިންގެ ހިނިތުންވުން ފުން ވިއެވެ. އޭނާ އަނާގެ އުނަގަނޑުގައި އަތް އަޅުވާލާފައި ކާރިޔަށް ލާފާލިއެވެ.

“ދޭންން.. ޝާއިންންން.. ހަމަ ބުނީމަ..” އަނާ ޝާއިން އާއި ދިމާއަށް ލޯ އަޅާލަމުން ބުނެލިއެވެ.

“އަނާ އަށް އެނގެހުރެ މާއަވަހަކަށް ގޮސް ތި ވުޟޫކުރީ..” އެހެން ބުނެ ޝާއިން އަނާގެ ކޮލަށް ދޮނެއް ދިނެވެ. އަދި ތުވާލި ހިފާގެން ގޮސް ފާޙަނައަށް ވަނެވެ. ތުން ދަމައިގެން ހުރެ އަނާ ގޮސް އެނދުގައި އިށީންދެލިއެވެ.

އަލައިކާ ވެސް ހޭލީ ފަތިސް ނަމާދު ކުރާށެވެ. އޭނާ ވުޟޫކޮށްލައިގެން އައިސް އިސްޓާކީނަށް އަރަން އިންދައި ބަންގި ގޮވިއެވެ. އަދި ވެސް ނިދި އެއްކޮށް ނުފިލާތީ އަލައިކާ ލައިޓް އެއް ވެސް ނުދިއްލައެވެ. ލައިޓް ދިއްލާފިއްޔާ އޭނާގެ ލޮލަށް އުނދަގޫވާނެ ތީއެވެ. ނަމާދުގެ ފުރަތަމަ ރަކުއަތުގައި އަލައިކާ އިންދައި މީހަކު އޭނާގެ ކޮޑުގައި އަތްބާއްވާލި އިހްސާސް ވިއެވެ. އަލައިކާގެ މުޅި ހަށިގަނޑު ގަނޑުފެންކޮޅެއްހާ ފިނިވެގެން ދިޔައެވެ. ހުއްޓުންއެރިއެވެ. ހަމަގައިމު ވެސް އޭނާގެ ކޮޓަރިއަކު މީހަކު ނެތެވެ. އަނެއްކާ އެއީ ކޯއްޗެއްބާ އެވެ. އޭނާ މީނީ ނަމާދަކަށް ނޫންހެއްޔެވެ؟ އެއްޗަކަށް އޭނާގެ ގަޔަށް އަތްލެވެންވީ ކީއްވެ ހެއްޔެވެ؟ އެއަތް އޭނާގެ ކޮޑުން އަނެއްކާ ނެގުނެވެ. ބިރުން ހުރެ އަލައިކާ ރުކޫޢަތް ދާން ވެގެން ﷲ އަކްބަރް އޭ ބުނެލިއެވެ. ފަހަތުން ފިރހެނެއްގެ އަޑުއިވުނެވެ. އަލައިކާ ބޭނުންވީ ދުއްވައިގަންނާށެވެ. އެކަމު ނަމާދަށް ހުރެފައި އެހެން ދާކަށް ނުވާނެއެވެ. ހިއްވަރު ކޮށްފައި އޭނާ އަނެއްކާ ވެސް ތެދުވިއެވެ. އެއެއްޗެއް އޭނާގެ ފަހަތުން ތެދުވިއެވެ.

އަވަހަށް ނަމާދު ކޮށްލައިގެން އަލައިކާ ފަހަތް ބަލާލިއެވެ. އެއްވެސް މީހެއް ފެންނާކަށް ނެތެވެ. އަވަހަށް ގޮސް ލައިޓް ދިއްލާލިއެވެ. ހަމަ އެއްވެސް މީހެއް ފެންނާކަށް ނެތެވެ. އެއީ ރޫހާނީ އެއްޗެއްކަން އޭނާ އަށް ކިތައްމެހާ ވެސް ރަގަނޅަށް އެނގެއެވެ. އެކަމު ނަމާދަށް އިންނާއިރު އެބެހުނީ ކީއްވެހެއްޔެވެ؟ އަލައިކާ ކިތައްމެހާ ވެސް ބިރުގަނެއް ޖެއެވެ. އޭނާ އަކަށް ދެނެއް މިކޮޓަރިއަކު އެކަނި އިންނާކަށް ނުކެރޭނެއެވެ. އޭނާ ނުކުތީ ބޭރަށެވެ. އޭރު ޝަބާ އާއި އަނާ އުޅުނު ގޯތިތެރެ ކުނިކެހުމުގައެވެ. އަލައިކާ ވެސް އެމަސަށްކަތުގައި ބައިވެރިވިއެވެ. ޝަބާ ކާރީ މިވާހަކަ ބުނެފާނަމޭ އޭނާ ހިތަށް އެރިއެވެ. އެކަމު ޝަބާ ޤަބޫލު ކުރާނެ ހެއްޔެވެ؟

އެދުވަހު ގާތްގަޑަކަށް ދިހައެއް ޖަހާލީރު އެވެ. ނައުހާ އަލައިކާ މެންގެ އެހެނީ އޯކިޑްވިލާ އަށް އައީ އަލައިކާ ބުނެގެންނެވެ. ގޯތި ދޮރު ހުޅުވާލާފައި ނައުހާ ސަލާމް ގޮވާލިއެވެ. ސަލާމް ބަލައިގަތީ އައްޒާމް އެވެ. ނައުހާ އިނީ އައްޒާމް އަށް ބަލާށެވެ. އައްޒާމް ވެސް އިނީ ނައުހާ އަށް ބަލާށެވެ.

“އެހެއެހެ.. އަލައިކާގެ ކަޒިން އެއްތަ..؟” ނައުހާ އެހިއެވެ. އޭނާ އަށް އެނގެހުރެއެވެ. ނަމަވެސް އޭނާ ބޭނުންވީ އައްޒާމް ލައްވާ ވާހަކަ ދައްކުވާށެވެ.

“ނޫން.. ކަޒިންގެ ފްރެންޑް އެއް.. އައްޒާމް..” އެހެން ބުނެ އައްޒާމް އޭނާގެ ތަޢާރަފް އެއް ދިނެވެ.

“އަހަރެންމީ އަލައިކާގެ ބެސްޓީ.. ނައުހާ..” ނައުހާ ވެސް އޭނާގެ ނަން ބުނެލިއެވެ. ދެން ވެސް ދެމީހުންގެ މެދުގައި ހަމަހިމޭން ކަމުގެ ސިކުންތުކޮޅެއް ވޭތުވިއެވެ.

“އަލައިކާ ބުނި އައްޒާމް އާ އަލައިކާ އާތީ ބަޑީސް އޭ..” ނައުހާ އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ. އައްޒާމް ބޯކަހާލަމުން ރަކި ގޮތަކަށް ހީލިއެވެ.

“ނައުހާ.. ޕިސް ޕިސް.. ނުވެސް ގޮވާލަ.. އާދެބަ..” އަލައިކާ އަށް ނައުހާ ފެނުމުން އައުމަށް އިޝާރާތް ކޮށްލިއެވެ. ނައުހާ ޓާޓާ އަޅާލާފައި ވަދެގެން ދިއުމުން އައްޒާމް ޖޯލީގައި އޮށޯވެލިއެވެ. އޭނާގެ މޫނުމަތީ ވަނީ އުފާވެރިކަމެވެ. ހިޔާލުތަކަށް ގެއްލިފައި އޮތް އައްޒާމް ސިހުނީ ޝިފާން އައިސް ޖެހިގެން ހުރި ޖޯލީގައި އިށީނުމުންނެވެ.

“ހާދަ ހެވިފަ.. ކިހިނެއްވީ..؟” އައްޒާމްގެ މޫނުމަތީވީ އަސަރުތަކުން ޝިފާން އަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުނެވެ.

“ކަލޯ.. ދެންމެ ވަރަށް ރީތި މަންޖެ އެއް މަށާ ވަހަކަ ދެއްކީ.. އަލައިކާގެ ބެސްޓީ.. އޭނާގެ ރީތިކަމުގެ ވާހަކަ ރަގަނޅުވާނީ ނުދެއްކިއްޔާ..” އައްޒާމް އަނެއްކާ ވެސް އޭނާގެ ފޮނި ހިޔާލުތަކަށް ގެބުނެވެ. ޝިފާން ހީލާފައި ޖޯލީގައި ހަމަޖެހިލިއެވެ. އައްޒާމްގެ މިޒާޖަކީ އެއީ އެވެ. ތާކުން ފެންނަހާ އަންހެން ކުއްޖަކު ރީތިވާނެއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ބަދަލް-3

Next

ބަދަލް-4

Next
March 16, 2026

ބަދަލް-4

Previews
March 16, 2026

ބަދަލް-3

14 Comments!

  1. Miss rose says:
    March 16, 2026 at 8:04 pm

    Mi part ves varah reethi . alaika ah aslu kihinaybaa evanee ? Curiously waiting for next part?

    1. _MuXo_ _MuXo_ says:
      March 16, 2026 at 8:07 pm

      Glad you liked this part Miss rose!!
      Vhk nimumuge kuriyah thi suvaaluge javaabu ves libeyne!!
      Next part dhen in 2 vhk liyelaafa IA!

  2. Your fav bab says:
    March 16, 2026 at 10:31 pm

    Aha! Alaika haadha fakkaley!😹 Gaimu alai ah vx egeynu badhigeyga kaa ehchis hutta shifan ais badu hai vejje vhk nubunaane kan! Ekm hama jehilaigen ais e ishynee godeega, shifaan fakeeru amilla ah kaan elhi iruvx! Nooneyvaa fakka😂😂
    Wallahi!! Alhe e koacheh😱??? Alai namaadhu continue kuriyas I nama dhuvvaa gatheemus! E heyo aga vathah vettunas😂 ey muslim ghosts vx ulhe ey!
    This part made my day!! Was rlly entertaining!!💗 bravo👏
    LYSM💋

    1. _MuXo_ _MuXo_ says:
      March 17, 2026 at 6:16 pm

      Hahahaha!!
      Girll I’m cryinggg!! The way you said that!! Fr that would be me too!!
      Happy to know that you enjoyed this part!!
      LOVE YOU MORE!!
      Btw really sorry that I replied late! Actually your comment was on pending!!

  3. Sheex says:
    March 16, 2026 at 11:27 pm

    Omg v v reethi mi part MA ❤️
    Alhey alaika ah anehka kihineh evanee 🤔
    Sheex ves buruganejje 😖
    Azaam ah good luck bunedheythi sheex ge faraathun eves nauhaa ge hiy athilumuge masahkathah ingey🤭😁
    Can’t wait for the next part💚
    LY &TC MuXo 💛

    1. _MuXo_ _MuXo_ says:
      March 16, 2026 at 11:32 pm

      Glad you like this part aswell Sheex! 🥰
      Vhk nimumuge kurin egeyne Alaika ah vaagoii! 😄
      Alhe sheex birunuganey! 😭
      Hehe, bunedheynann 🤣
      Love you more, you also take care! 😘💙

  4. ~Lunive~ says:
    March 17, 2026 at 6:38 am

    Pulchritudinous!!This part so so interesting…🩶
    Has ghost gone to Alaiii??🤔🤔
    But Alaiii ah Dhera gotheh nuhadhahcheyy!
    Shifaan X Alaiii cute cute moment!🥰🥰
    Edhemeehun Gulhuvahchey Feels like Lunive ge name aa Vrh vahtharu dhw Alaii aai Sometimes,I read the story Alaika as My name!
    Eyy..Lunive ah nunidheyne ingey Alaika ah dhera gotheh vehjehyaa!!
    Eyrun…I’m gonna die ✨🖤 Jk to you!!😭😂😂
    Finally Azzam gonna fall for Nauu!✨
    Nauu ah ves evaru eba veyvihyya She knows but..She want Azzam ah talk kuran…🖤🖤
    Anyways,IA When’s next?✨🥀
    Lysm & Tc of yourself 🫶🏻
    🖤🖤🖤

    1. _MuXo_ _MuXo_ says:
      March 17, 2026 at 4:59 pm

      Yeah alaika ah eba undhagoo kurey dhw konmeves ehcheh!!
      IA, alaika akah dhera gotheh nuvaane!!
      Hehe!! Yeah maybe azzam will for nauha!
      Next part hama V avahaha!!
      Love you too, you also take care!!

  5. Verrr says:
    March 17, 2026 at 7:52 am

    Hey hey hey wait what..is this roohaanee biruveri jinni vhk eh😭😭😭
    Varah reethi mi part ves
    Love yahhh 💕

    1. _MuXo_ _MuXo_ says:
      March 17, 2026 at 5:00 pm

      Yes, this is!!
      Thank you Verrr!!
      Love you more!!

  6. Shaba_73 says:
    March 17, 2026 at 3:27 pm

    Mi part ves vrh Reethi <3 MA! ✨
    Curiously waiting for the next part
    When's next
    Ly & Tc 💗

    1. _MuXo_ _MuXo_ says:
      March 17, 2026 at 5:02 pm

      Glad you like this part aswell!!
      Next part ves hama V avahah IA!!
      Love you more!! You also take care!!

  7. Azx_10 says:
    March 18, 2026 at 12:30 am

    Can u make that I a little longer pls
    But I very like this part as well

    1. _MuXo_ _MuXo_ says:
      March 18, 2026 at 10:20 am

      Ofc I can!! IA next part kudakoh dhigu kohdheynan!!
      Glad you like this part!!

Comments are closed.

Next Episodeރާނީއޭ ހިތުގެ މަލާތީ-5←


All Right Reserved!