Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ނޭދެން އުފާ އަދު ޔާރު ނޫން 01

honeybear
honeybear Level 1
March 15, 2026 3 Mins Read
12 Comments

އާދިއްތަ ދުވަހެއްގެ ހެނދުނެވެ. އަލީނާ ލޯއޯ ފާރމް އަށް ދާން ތައްޔާރުވަމުން ދިޔައެވެ. ސޯލްގައި އެންމެ ފަހު ޕިން ޖަހާލާފައި އޭނާ ހެނދުނުގެ ނާސްތާ ކުރަން ދިޔައެވެ. އޭނާ ކާ މޭޒު ދަސަށް ދިޔަ އިރު އަޒާން އާއި އަލައިނާ އަދި އަރިޔަން ނާސްތާ ކުރަމުން ދިޔައެވެ. ” ލީން ރޭގަ ރަނގަޅަށް ނުނުދަނީތަ ؟.” އަރިޔަން އަލީނާގެ ދެ ލޯ ރަތްވެފައި ހުރި ތަން ފެނިފައި އަހާލިއެވެ. ” ނޫން. ތިއީ ދޮންބެ އަށް ހީވާ ގޮތް.” އަލީނާ ހީލަމުން ބުނެލިއެވެ. ” ދަރިފުޅު ދޮންބެ އާ އެކު މިއަދު ދޭ އިރޮންކެލެޑް ލޯ އަށް. ބައްޕަ މިއަދު މަންމަ ގޮވައިގެން ހޮސްޕިޓަލަށް ދާން މި އުޅެނީ.” އަޒާން ބުންޏެވެ. އަލީނާ ހޫމް އަޅާލާފައި ކާން ފެށިއެވެ.

” ލީން ……. އަވަސް ކުރޭ ބާކީ ފަނަރަ މިނެޓު.” އަރިޔަން އަލީނާ އަށް ގޮވަން ފެށިއެވެ. ” މި ދޮންބެ ގަނޑަކާ ހަދައިގެން ރީތި ހީލް އަކަށް ވެސް ނޭރުނޭ. ވަރަށް ފޫހި ވޭ.” އަލީނާ އަރިޔަން އާއި ދިމާލަށް ކުދި ކިޔަން ފެށިއެވެ. ” އޭ ޕްރިންސެސް ލީން ވޯކް އަށް ދަނީ ބޮސް އާއި ފުލާޓް ކުރާ ކަށެއް ނޫނޭ.” އަރިޔަން އަލީނާ ރުޅި އަރުވާލަން އުޅުނެވެ. ” ސަޓް އަޕް މިސްޓަރ ފޮނިގަނޑާ.” އަލީނާ ލޯ އަޅާލަމުން ބުނެލިއެވެ. ” އޯކޭ ޕްރިންސެސް. ހިނގާ ދާން.” އަރިޔަން ހީލަމުން ބުންޏެވެ. ދެ ބެއިން ތަޅާފޮޅޭ ތަން ބަލަން އަޒާން އާއި އަލައިނާ ތިއްބެވެ. ދެ މީހުންގެ ހިތުގައި ވެސް މި އާއިލާ މި ގޮތަށް މުޅި އުމުރަށް އޮއުމަށް ދުއާ ކޮށްލަ ކޮށްލައެވެ. އެކަމު މި އުފާ ކިހާ ގިނަ ދުވަހެއް ވަންދެން އޮންނާނެބާވެއެވެ.

************************************************

މިއަދު ކްރިސްޓަލް ކޯވް އަށް ހީވަނީ އީދެއް އައިސްގެން އުޅޭހެނެވެ. ވާނީ ވެސް އެހެންތާއޭ ޒައިން އަދި ދާނިޔާގެ އެންމެ ހަގު ދަރި އަހްމަދު ޒެއިން ޒައިން 5 އަހަރު ކޮށްފައި ރާއްޖެ އަންނަނީއެވެ. ” އޮލިވިޔާ ހަނދާންކޮށް ޕައެލާ ހަދާތި އިނގޭ ޒެއިގެ ފޭވް އޭ.” ދާނިޔާ އޮލިވިޔާ ކައިރީގައި ބިންޏެވެ. ” ޔެސް މޭމް.” އޮލިވިޔާ އަވަހަށް ބަދިގެ އަށް ކައްކަން ވަނެވެ. ދާނިޔާ ހީލަމުން ސޯފާގައި އިށީނިއެވެ.

އެއާރޕޯޓުގައި ތިބި ހުރިހާ އެންމެން ކަހަލަ ގޮތަކަށް ލޯތައް އަމާޒުވަމުން ދިޔައީ ޒެއިންނަށެވެ. ޒެއިން އޭނާގެ އެސިސްޓެންޓް ރައިހާން އާއި އެކު ކާރަށް އަރައި ކްރިސްޓަލް ކޯވް އަށް ދާން މިސްރާބު ޖެހުނެވެ. އޭނާ 5 އަހަރު ކޮށްފައި މަންމަ އަދި ބައްޕަ ފެންނާތީވެ ހުރީ ވަރަށް އުފާވެފައެވެ. އަދި ދެކިލާ ހިތުން ކެތް މަދުވެފައެވެ. ކާރު ކްރިސްޓަލް ކޯވްގެ ގޭޓު ކައިރީގައި ހުއްޓުުމުން ޒެއިން އަށް ވީ ގޮތް ވެސް ނޭނގެއެވެ. އޭނާ މިވީ 5 އަހަރު ތެރޭގައި މި ގެ މަތިން ހާދަހާ ހަނދާވިއެވެ.

އެ ތެރެ އަށް ވަނުމާއި އެކު އަޑު އިވުނީ ދަރިފުޅާ އޭ ކިޔާފައި ގޮވަނުން އަންނަ ދާނިޔާއެވެ. ޒެއިން ވެސް ދެ އަހަރު ކުޑަ ކުއްޖެއްހެން ދެ އަތް ދިއްކޮށްލާފައި ލޯބިވާ މަންމަ ގައިގަ ބައްދާލިއެވެ. ” މަންމަ އަޅުގަނޑު އައީމަ ތި އުޅެނީ ބައްދާލީނުން މަރާލަންތަ؟.” ޒެއިން ހީލަމުން ބުނެލިއެވެ. މިހެން ބުނުމުން ދާނިޔާ އަވަހަށް ޒެއިން ގައިން ދޫކޮށްލިއެވެ. ” ނޫން ނޫން……. ހިނގާ ކާން ދާން ދޯ މަންމަ ހުންނާނެ ދަރިފުޅުގެ ފޭވޮރިޓް ހަަދާފަ.” ދާނިޔާ ބުންޏެވެ.

************************************************

އަރިޔަން އެކުއާ އެޕާރިއަލް އަށް އައުމާއި އެކު އެ ތާންގެ ހުރިހާ މުވައްޒަފުންހެން އިހްތިރާމުގެ ގޮތުން ގުދުވެލިއެވެ. އަރިޔަން އޭނާގެ އިމްޕްލޮއީ އާހިލް އާއި އެކު އޭނާގެ ކެބިން އަށް ދިޔައެވެ. ” ސާރ… މިއަދު ސާރގެ އެސިސްޓެންޓެއް ހޮއުމަށް އިންޓަވިއުއެއް އޮންނާނެ.” އާހިލް އަރިޔަންގެ ޝެޑިއުލް ކިޔައި ދެން ފެށިއެވެ. ” އެންމެ ރަނގަޅު 2:00 ގަ ދޯ އިންޓަވިއު ފަށާނީ.” އަރިޔަން އަހާލިއެވެ. އާހިލް ލައްބަ އޭ ބުނެލިއެވެ. ” އަދި އެއް ވާހަކަ ޒެއި އަހަރެން އިންޓަވިއުގަ ހުއްޓާ އައި ނަމަ ބުނޭ އެތެރޭގައި މަޑު ކުރާށޭ އިނގޭ.” އަރިޔަން މިހެން ބުނެލަމުން ކެބިން އިން ނުކުތެވެ. އާހިލް ހޫމް އެއް އަޅާލިއެވެ.

އެކުއާ އެޕާރިއަލްގެ ސީއީއޯގެ އެސިސްޓެންޓު ކަމަށް އިންޓަވިއު ކުރަން އައިސް އިން މަހާގެ ހިތް އެއް މިނެޓަށް ވުރެއް އަނެއް މިނެޓު އަވަސް ވަމުން ދިޔައެވެ. މި ޖޮބު ލިބިއްޖެ ނަމަ އޭނާގެ ދިރިއުޅުން ބަދަލު ވާނެއެވެ. މަހާ އޭނާގެ ނަން ގޮވަން ދެން ގޮނޑި ބަރިތަކުގައި އިށީނިއެވެ. ” އައިމިނަތު މަހާ މަހްމޫދް.” މިހެން ގޮވުމުން މަހާ އޭނާގެ ގޮނޑިން ތެދުވިއެވެ.

” އައިމިނަތު މަހާ މަހްމޫދް ދެއްތޯ.” ޒެއިން އަހަލިއެވެ. ” ލައްބަ.” މަހާ މަޑު މަޑުން ބުނެލިއެވެ. ” އަޅުގަނޑު އަހާލާނީ އެންމެ ސުވާލެއް… އެއީ މަހާ އަށް ކީއްވެ މި އެސިސްޓެންޓު ކަމުގެ މަގާމު މަހާ އަށް ހައްގީ.” ޒެއިން މިހެން އެހުމާއި އެކު މަހާގެ މޫނު އެއްކޮށް ބަނަވިއެވެ. ދެ ވަނަ ސިކުންތު އޭނާ ވަރަށް ޔަގީން ކަމާއި އެކު އޭނާ އަށް އެ މަގާމު ހައްގުވާ ސަބަބުތައް ކިޔައި ދެން ފެށިއެވެ. މަހާގެ ފަރިތަކަން ފެނި އާހިލް ވެސް އިނީ އަނގަ ވެއްޓިފައެވެ. ޒެއިން ވެސް އިނީ އަޖައިބު ވެފައެވެ. ” ދިސް ގާރލް އިޒް ސަމްތިންގ އެލްސް.” ޒެއިން ހިތަށް އެރިއެވެ. ” އިންޓަވިއުގެ ނަތީޖާ މެއިލް ކޮށްލާނަން.” އާހިލް ބުންޏެވެ. މަހާ ސުކުރު އަދާ ކޮށްލަމުން ނުކުތެވެ.

އަރިޔަން އޭނާގެ ކެބިން އަށް ދިޔަ އިރު އޭނާގެ އިންތިޒާރުގައި ޒެއިން އިނެވެ. ” ވަރަށް ދުވަސް ވެއްޖެ ދޯ ނުފެންނަތާ. މިހާރު އިނގޭ ކަމަކަށް ވެސް ހަދާ ނުލައޭ.” އަރިޔަން ސަކުވާ ކުރަން ފެށިއެވެ. ” އަޅޭ މިސްޓާރ ސަޓަބާން ގަނޑާ އަދި މި އައީ އޭ ރާއްޖެ ޕިސް ޕިސް.” ޒެއިން ހީލަމުން ބުނެލިއެވެ. ” އޭ އިނގޭތަ މިއަދު އިންޓަވިއު ކުރަން އައި އަންހެން ކުއްޖެއް. މަހާ ކިޔަނީ….. ހާދަ ގަޓު ހުރި ކުއްޖެކޭ އެއީ. އެއްވެސް ބިރަކާއި ނުލައި އިންޓަވިއު ނިންމާލި.” އަރިޔަން ބުންޏެވެ. ” ދެން ތިއީ ފިއުޗާރ ފަހަރި މަށައް ދޯ.” ޒެއިން އަރިޔަން އަށް ދިމާކޮށްލިއެވެ. އަރިޔަން ޒެއިންގެ ގައިގައި ބޮނޑި އެއް އަޅާލިއެވެ.

***********************************************

” ކީކޭ…. އޭނަ ރާއްޖެ އައީ އޭ.” އޭނާ އަޅެއްލަވައި ގަތެވެ. ” އަޅޭ ބޭބީ ތި ރުޅި މަޑުކޮށްބަލަ…. ކާމް ޑައުން.” ޒުވާން އަންހެން ކުއްޖަކު ބުންޏެވެ. ” ކާމް ޑައުން އޭ…. އޭ ބަލަ ކަލޭގެ ޒެއި އެއޮށް އައީ އެއްނު ދޭ އޭނަ ގާތަށް މަށައް ތި ބ****** ނުޖައްސާ.” އޭނާ ނުލަފައި ހިނި ގަނޑެއް ޖަހާލަމުން ބުންޏެވެ. ” ކީއްވެ ދާންވީ އައި ލަވް ޔޫ އޭ.” އެ ކުއްޖާ އެ ފިރިހެން މީހާ ގައިގަ އޮޅުލައި ގަންނަމުން ބުންޏެވެ. ” ހައް ޖެހޭނީ މަ ދެކޭ ލޯބި ވާށޭ. ކަލޭ ހީކުރީ މަގޭ ތި މަލުގެ ފޮނި ބޮއުނަސް އެ ޒެއިން ކަލޭ ދެކޭ ލޯބިވާނޭ…. ހައް ކަލޭގެ މޮޔަކަން މަ ބޭނުން ކުރާ އެންމެ މަލެއް ވެސް އޭނަ ބޭނުމެއް ނުވާނެ.” މިހެން ބުނަމުން އޭނާ ގަދަކަމުން ލޯބި ހާސިލް ކުރަން ފެށިއެވެ.

= ނުނިމޭ =

 

 

Share Article

honeybear
Follow Me Written By

honeybear

Level 1

writing and reading stories is my way of escaping reality. i accept all negetive and positive comments from my readers.

Other Articles

Previous

ދެވުނީ ވޭނޭ 53

Next

އެދިގެން ކަލާ ލިބޭތޯ 52

Next
March 15, 2026

އެދިގެން ކަލާ ލިބޭތޯ 52

Previews
March 15, 2026

ދެވުނީ ވޭނޭ 53

12 Comments!

  1. aa says:
    March 15, 2026 at 1:24 am

    wow

    1. honeybear honeybear says:
      March 15, 2026 at 2:17 am

      thank u aa

  2. Anonymous says:
    March 15, 2026 at 1:42 am

    Vrh Reethi

    1. honeybear honeybear says:
      March 15, 2026 at 2:16 am

      thank u

  3. Anonymous says:
    March 15, 2026 at 2:27 am

    V Reethi
    When’s next

    1. honeybear honeybear says:
      March 15, 2026 at 3:23 am

      thank u.
      inshaallah tuesday or wednesday.

  4. Sheex says:
    March 15, 2026 at 12:15 pm

    V reethi 1st part MA❤️
    Hmm! Sheex ah kudakoh akruthahkuge mistakes fenunu 😖
    DW! I don’t hate ur story❤️‍🩹
    Mi story v loabi 💜
    Ekam mistake hureema bunelee☺️
    hope 2 part in feshigen nufennaane kamah 😊
    CAN’T wait 4 the next part🤗
    LOVE & TC 💛

    1. honeybear honeybear says:
      March 15, 2026 at 2:02 pm

      thank u. dhen faharakun ranglhu kohlaanan.
      love u too & take care.

  5. Lamha💋 says:
    March 15, 2026 at 5:16 pm

    varah nice
    Dialogue thah fashaany vaki paragraph akun eyrun v v furihama vaane
    Keep it up dear ❤️

    1. honeybear honeybear says:
      March 15, 2026 at 6:38 pm

      thaank u. i will try my best to do that.

  6. Anonymous says:
    March 16, 2026 at 12:53 am

    Vrh reethi
    Ginain dhivehi words use kohleema adhi vhk adhi vrh furihama vaane

    1. honeybear honeybear says:
      March 16, 2026 at 4:16 am

      thank u. will try my best ginain dhivehi word beynun kuran.

Comments are closed.



All Right Reserved!