Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބަދަލް-9

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
April 12, 2026 3 Mins Read
12 Comments

އަހަރެންނަށް މިދިރިއުޅުން ހައްޤުވާންވީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށް ނުބައިކޮށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ އަހަރެންނަށް މިހާލު ނުޖައްސަބަލާށެވެ. އަހަރެންގެ މޭކަށިގަނޑު ތެރޭގާވެސް މިއޮތީ ހިތެވެ. އެހެން އިންސާނުން ފަދައިން އަހަރެންގެ ހިތަށް ވެސް އަސަރު ކުރެއެވެ. އަދި އަހަރެންމީ އެއްމެ 18 އަހަރުގެ ކުއްޖެކެވެ. އަހަރެންނަށް މިހާލު ނުޖައްސަ ބަލާށެވެ. އަދި ރަގަނޅުވާނެ އެވެ. އަދި ހުރިހާ ކަމަކުން ވެސް ސަލާމަތް ވެވޭނެއެވެ. އަދި ކެއްކޮށްލާށެވެ. އަދި މިތަނުން ނުކުމެގެން ދެވޭނެއެވެ. މިއަދު ނޫނީ މާދަމާއެވެ. އަދި ކެއްކޮށްލާށެވެ. ތިއީ ހަޔާތް އެވެ. ހަޔާތް އަކީ ވަރަށް ވަރުގަދަ ކުއްޖެކެވެ. ވަރަށް ކެއްތެރި، ހިތްވަރުގަދަ ކުއްޖެކެވެ. އަދި ހިތްވަރު އެލުވާލާ އަނދިރި ކަނަށް ވަންނަން ދާނެ ކަމެއް ނެތެވެ. އަދި ދެއަތް ތިރިކޮށްލާނެ ކަމެއް ނެތެވެ. އަހަރެންގެ ސިކުނޑި ބެލީ އަހަރެންނަށް ހިތްވަރު ދެވޭތޯއެވެ.

*ޕާރޓް-9*

އެދުވަހު ހަވީރެވެ. އަަރެން އިނީ ބަދިގޭގައެވެ. ޒައިދާން ކާނިމުމުން ތަށިތަށް ދޮންނަން އާސް އެވެ. އަހަރެންގެ އަތް ހަރަކާތް ކުރަމުން ދިޔެއްކަމަކު އަހަރެންގެ ސިކުނޑި ތެރޭގައި ކުރެހެމުން ދިޔައީ އެހެން ތަސްވީރެކެވެ. މަންމަ އާއި ބައްޕަ އެވެ. ޝައިލް އެވެ. އެމީހުން އަހަރެންނަށް ދިން އަނިޔާތަކެވެ. އެމީހުން އަހަރެންނަށް ދިން ގެއްލުންތަކެވެ. އަހަރެން ހަދާންވެއެވެ. އޭރު އަހަރެންނަށް ވާނީ އެއްމެ 13 އަހަރެވެ. އެރެޔަކީ ވިއްސާރަ ރެއެކެވެ. ހަވީރު ބޭރަށް ނުކުމެފައި ގެޔަށް އައިރު 9 ޖަހާ ބޮޑުވެއްޖެއެވެ. އަހަރެންގެ ހިތުން މަންމަމެންނެއް އަޅައެއް ނުލާނެއެވެ. ޝައިލް ވެސް ބޭރަށް ގޮސް ހަދާރު އަޅައެއް ނުލައެއް ނޫންހެއްޔެވެ؟ އަހަރެން އައިސް ގެޔަށް ވަނުމާއި އެކީ ސިޓިން ރޫމް ސޯފާގައި އިން މަންމަ ދުވެފައި ކަހަލަ ގޮތަކަށް އައިސް އަހަރެން ގެއިން ނެރި ކޮއްޕާލިއެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ކޮންތާކު ތެޅި ތެޅިފަތަ ތިޔައައީ.. މިހާރު ގަނޑިން ކިހާރެއްތަ.. ދެން ކޮންމެހެން ގެޔަށް ވަންނަން އަންނާނެ ކަމެއް ނެތް.. ” މަންމަގެ ހަރުކަށި އަޑުން އަހަރެންނާއި ދިމާއަށް ބުންޔެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“އެކަމު މަންމާ އެވާރޭ ވެހެނީ..” އަހަރެން ބުނީމެވެ.

“ހެޔޮ މަށަށް.. މިތާ ހުރޭ..” އެހެން ބުނެ މަންމަ އަހަރެންގެ މޫނުމައްޗަށް ދޮރުޖެހިއެވެ. އަހަރެން އިނީ ހުރިފިޔަވަޅުމަތީ ގަނޑުވެފައެވެ. އަހަރެންނަށް މިހެން ހަދަންވީ ސަބަބެއް އަހަރެންކަށް ނޭނގެއެވެ. އަހަރެން އެތާ އިނީރު ފިނިވެގެން މުޅިމީހާ ތުރުތުރު އަޅަނީއެވެ. އަހަރެން ހަދާންވެއެވެ. އެދުވަހު ޝައިލް އައިސް އަހަރެންނަށް ހޫނު ކަޅު ސައިތައްޓެއް ދިނެވެ. އެދުވަހަކީ ޝައިލް ފުރަތަމަ ފަހަރަށް އަހަރެން ގަޔަށް އަތްލާން އުޅުނު ފަހަރެވެ. އޭރު އަހަރެން ކުޑަވީމަައި އަހަރެންނަކަށް ނޭނގެއެވެ. އެކަމު ބޮޑުވަމުން އަންނަވަރަކަށް އެނގެމުން ދިޔައެވެ. ޝައިލްގެ މަޤްސަދަކީ އެހާ ވެސް ނުބައި މަޤްސަދެކެވެ.

ހިޔާލުތަކުގެ ފުންކަނޑުން ބޭރުވެވުނީ ޒައިދާންގެ އަޑުއިވުމުންނެވެ. އަހަރެން ބަލާލީމެވެ. އޭރު ޒައިދާން ހުރީ ޖިންސް ޖީބަށް އަތް ޖަހާލާގެންނެވެ. އޭނާ ލާގެން ހުރި ކަޅު ކުލާގެ ޓީޝާޓްގައި އޭނާ ފެންނަލެއް ރީއްޗެވެ. އެއީ ދޮގެެއް ނޫނެވެ. މީހަކަު ރީއްޗޭ ބުނެލިއަސް އެއީ މައްސަލަ އެއް ނޫނެއް ނޫންހެއްޔެވެ؟

“ކިހިނެއްތޯވީ..؟” އަހަރެން އަތް ދޮވެލާގެން އައިސް ޒައިދާން ކާރީ ހުއްޓިލީމެވެ. އޭނާގެ މޫނުމައްޗަށް ބަލާލާފައި ހީވަނީ ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި އޮތީ ހެންނެވެ.

“ހަޔާތް.. އަހަރެންނަށް ފެންނަނީ ހަޔާތް އެެހެން ތާކަށް ދާން.. މިހެން މިބުނީ ހަޔާތް އަށް ދެރައަކަށެއް ނޫން..” ޒައިދާން އެހެން ބުނުމާއި އެކީ އަހަރެންގެ ސިކުނޑި ސުމަކަށް ދިޔަ ކަހަލައެވެ. އަނެއްކާ ވެސް އަހަރެން މަގުމަތި ވަނީ ހެއްޔެވެ؟ މީވާ ކުޅި ވަރެކެވެ.

“އަހަރެން އޮންނާނެ ހަޔާތް އަށް ތަނެއް ހޯދަދީފަ.. ޖޮބް އެއް ވެސް ހޯދަދީފިން.. ދެން..” ޒައިދާން ވާހަކަ ހުއްޓާލިއެވެ. އަހަރެންނަށް އިނދެވުނީ ހަމަ އޭނާ އަށް ބަލަހައްޓާގެންނެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަހަރެންނަށް މިހެން ނަހަދާށޭ ބުނާނީ ވެސް ކިހިނަކުން ހެއްޔެވެ؟

“އޯކޭތަ..؟” ޒައިދާން އަހާލިއެވެ. އަހަރެން ބޯޖަހާލީމެވެ.

“އަސްލު ހަޔާތް އަށް އެހެން ދިމާވީމަ އަހަރެން ބޭނުންވަނީ ހަޔާތް ރައްކާތެރި ކުރަން.. އެއީ އެހެން އަވަށެއް..” ޒައިދާން އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. އަހަރެެންނަށް އެޕާރްޓްމެންޓް އެއް ހޯދަދިން ވާހަކައާއި އަހަރެން އުޅޭ ބިލްޑިން އާއި ވަރަށް ކާރީ ހުރި ކެފޭ އަކުން އަހަރެންނަށް ވަޒީފާ ހަމަޖެއްސިކަން ވެސް އަހަރެންނަށް ކިޔާދިނެވެ. އަހަރެން ގޮވާގެން މާދަމާ އެގެޔަށް ދާނެކަމާއި މިއަދު ހަވީރު އެގެ ދައްކާލަން އަހަރެން ގޮވާގެން ދާނެކަމަށް ބުންޔެވެ. އަހަރެން އެއްބަސްވީމެވެ. އެހެން ގޮތެއް ނެތީމައެވެ. އަހަރެންނަށް އަޅާލާނެ ހަމައެކަނި ހުރި މީހަކީ ޒައިދާން އެވެ. އޭނާ ބުނާގޮތަށް ނަހަދާފިއްޔާ އަހަރެން އަނެއްކާ ވެސް މަގުމަތިވެ އެކަނިވެދާނެއެވެ.

އަހަރެން ތަށިތައް ދޮވެ ހަދާގެން ވަނީ ކޮޓަރިއަށެވެ. ޒައިދާން އެދުނު ފަދައިން ފޮއްޓަށް އެއްޗެހި އަޅާށެވެ.

ހަވީރުގެ ވަގުތު ފަހަނައަޅައި މިހާރު ރޭގަނޑު ވީއެވެ. އަހަރެން އިނީ ކޮޓަރީތެރޭއެވެ. މާދަމާ ހެދުނު އަހަރެން އަހަރެންގެ އާ ގެޔަށް ދާން ޖެހޭނެއެވެ. އެހެން ކަމުން އަހަރެން އިނީ ކުޑަކޮށް ބިރުންނެވެ. އެތަނަށް ގޮށްސައި އަހަރެންނަށް ރައްކާތެރިކަން ލިބޭނެ ހެއްޔެވެ؟ ނޭނގެއެވެ. އަހަރެންގެ ހަޔާތަށް އަންނާނެ ބަދަލެއް ވެސް ނޭނގެއެވެ.

ދެން އެވަރަށް ނުވިސްނާށެވެ. ކޮންމެ ކަމެއްވެސް ވާނީ ރަގަނޅަކަށެވެ. އެހެންތާކަށް އަހަރެންގެ ދިރިއުޅުން އަނެއްކާ ބަދަލު ކުރަން ޖެހުނީ ރަގަނޅަކަށް ކަންނޭނގެއެވެ. ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން އަހަރެންނަށް ފަސޭހަކަމާއި އެކީ ނިދުނެވެ.

“ހަޔާތް.. ހަޔާތް..” ބޭރުން މީހަކު ކޮޓަރި ދޮރުގައި ޓަކި ޖަހާ އަޑު އެވެއެވެ. އަހަރެން ފުންމައިގެން ތެދުވެ ގޮސް ދޮރު ހުޅުވީމެވެ. އަަހަރެންގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލާލާފައި ޒައިދާން “ޕިސް” ކަޑާލިއެވެ.

“މިހާރު ބުނި ގަނޑި ދިޔައީ.. ދެން ވެސް އަވަހަށް ތައްޔާރުވޭ..” ޒައިދާން އެހެން ބުނުމާއި އެކީ އަހަރެންގެ ލޮލުގައިވީ ނިދިކޮޅު ހަވަޔަށް އަރައިގެން ދިޔައެވެ. ފެންވަރައި ތައްޔާރުވެގެން ޒައިދާން އާއި އެކީ ކާރުގައި އިނީރު އަހަރެންގެ ސިކުނޑި ދިޔައީ އަހަރެންނަށް ނަސޭހަތް ދެމުންނެވެ.

އެހެންތާކަށް ބަދަލުވުމުން އަހަރެން އުޅެން ޖެހޭނީ އެކަންޔެވެ. އަހަރެންގެ ކަންތަށް ބަލަން އަންނާނެ އެެހެން މީހަކު ނުހުންނާއެވެ. އަމިއްލަ ރައްކާތެރިކަން ވެސް އޮތީ އަހަރެންގެ އަތް މަތީއެވެ. ހުރިހާ ކަމެއް ދެން އޮންނާނި އަހަރެންގެ އަތްމަތީއެވެ. އަހަރެންނަށް މިކަން ވާނެއެެވެ. އަހަރެންމީ ހަޔާތް އެވެ.

ކާރު މަޑުކޮށްލީ ބިލްޑިން އާއި ފުދޭވަރަކަށް ދުރުގައެވެ. ޒައިދާން އާއި އެކީ ހިގާފައި ދިޔައިރު އެތަކެއް މީހުންނެއް އަހަރެންނަށް ބެއްޔެވެ؟ ބައެއް މީހުން އަހަރެންނާއި ދިމާއަށް ބަލާލާފައި ހިނިތުންވުމެއް ވެސް ރައްދުކޮށްލައެވެ. އަހަރެންގެ ހިތަށް ކިތައްމެހާ ވެސް ފަސޭހަ ވިއެވެ. ލިފްޓް ގައި ގޮސް އަހަރެންގެ އެޕާރޓް މެންޓް ދޮރާއި ހަމައަށް ދަނިކޮށް މީހެއްގެ ގާގައި ޖެހިފައި ނުވެއްޓުނީ ކިރިޔާއެވެ. ނަސީބަކުން އެމީހަކު އަހަރެންގެ އުނަގަނޑުގައި ހިފައި ވެއްޓުނަ ނުދީ ހިފާއްޓާލިއެވެ. އަހަރެންގެ ނަޒަރު ސީދާވީ ގަދަ ކަޅު ކުލާގެ ކަޅިރަވައަކާއެވެ.

*ނުނިމޭ*

ނޯޓް: ވާހަކަ ނުގެނެސް ގިނަސް ދުވަސްވީތީ އެއްމެހާ ކިޔުންތެރިންގެ ކިބާން ވަރަށް ބޮޑަށް މަޢާފަށް އެދެމެވެ. އަޅުގަނޑުގެ ލެޕްޓޮޕް ކުޑަ މައްސަލައެއް ދިމާވެގެން ވާހަކަ ގެނެސް ދިނުން ކުޑަކޮށް ލަސްވީއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 28

Next

މި އިހްސާސްތަކަށް ތަބާވާނީ ކިހިނެއް ހެއްޔެވެ؟

Next
April 12, 2026

މި އިހްސާސްތަކަށް ތަބާވާނީ ކިހިނެއް ހެއްޔެވެ؟

Previews
April 12, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 28

12 Comments!

  1. Sheex says:
    April 12, 2026 at 8:01 pm

    V v v reethi mipart MA
    Alhey v muxo ,think missvi
    I thought muxo test thakaa vegen ulheythee ey madujahsaalee vhka liyun
    But mi part ves v reethi
    Alhey I ge hiy dhw I hithah aranee zai ah hayaa ar v avahah rlsp akah dhaaneyey
    OMG
    CW4THENEXTP
    Tc ly

    1. _MuXo_ _MuXo_ says:
      April 12, 2026 at 8:11 pm

      Happy to know that you enjoyed this part too!!
      Muxo ves sheex mathin v miss vi!!
      Hehe!! Ekamu ehenneh noon kanne vaanee
      Next part dhen in vhk liyelaafa!
      You also take care, Love you more sheex!!

  2. Black_18 says:
    April 12, 2026 at 8:12 pm

    MA…SO Incredible 😻😻!
    Ooowhh…Muxoo…Ur the top as my Fav one!
    I thought Muxo was In a little stress to handle everything for Ur exams..;)
    Hehe…Xau ur so so Gud for.Our Hayer.
    I appreciate for you. For taking care of my hayer…💗💗;)
    Anyways,When’re u publishing Next part of “Badhal”??Juss asking
    Curiosity for the next part of my Fav one
    Lysm & Tc BBG 🩶💋💋

    1. _MuXo_ _MuXo_ says:
      April 12, 2026 at 8:30 pm

      Happy to know that you enjoyed this part!
      Awwnn!! Really happy to know thatt!! If you are infront of me right know I will give you a big kiss!!
      Muxo liyelaa kuru vhk eh liyelaafa sehrish menge vhk liyelaafa, badhal ge next part neredheynan!
      Love you more, you also take my baby!!

  3. Alu says:
    April 12, 2026 at 8:14 pm

    As you know ,Black ge Full- support libeyne kuriyah ohthaaga ingeyy…
    I mi’ee Black ge frnd ehh ..She phone battery gone that’s why!
    *Xaii

    1. Alu says:
      April 12, 2026 at 8:17 pm

      MaAsha Allah.💗💗 Vrh Vrh reethi…
      Keep it up!🩶💋💋
      Dheme, Black bunegen I balaali iru Fenunee Hehe…I wx heekuree Muxo believe kamah story publish nukuraathyy..I really appreciate Ur tales!

    2. _MuXo_ _MuXo_ says:
      April 12, 2026 at 8:33 pm

      Glad you like this part Alu!!
      IA I will keep the good work!
      Hehe!!

    3. _MuXo_ _MuXo_ says:
      April 12, 2026 at 8:32 pm

      Awwnn!! Happy to know that black ge support libeytheeve!!
      Its okay.. Everyone is welcome here!!

    4. 6 7 says:
      April 12, 2026 at 10:46 pm

      Everyone is wlcm hear accept me 🙄😭

    5. _MuXo_ _MuXo_ says:
      April 13, 2026 at 3:26 pm

      Ofc not darls.. You are also welcome 🤗

  4. Shaba_73 says:
    April 13, 2026 at 7:12 am

    Wauu Wauu Mi part ves vrh Reethi MA! 💗
    Omg Haya ekani ulhey iru meehaku kmh kuriyas neyngey ehnu 😱 pls hayer ah dhera gotheh nuhdhaathi ! Kaaku gaiga baa ejehuny Anehkaa shail baa 🤔… Uhh Haadha curios kohlaafa thi ninmaaly 😅…. Owhh My curiosity mhr iny 💯 ga…Curiously waiting for the next part When’s next?
    Lysm & Tc my dear 💗

    1. _MuXo_ _MuXo_ says:
      April 13, 2026 at 3:28 pm

      Happy to know that you enjoyed this part too
      Thibunee ves thedheh.. IA hayaath akah kameh nuvaane ✨
      Neinge dhw.. 😁 next part ga egeyne kaaku kan eii dhw 🤭
      Next part ves hama v avahah IA ✨
      Love you more, you also take care of your self bbg 😘💙

Comments are closed.



All Right Reserved!