Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތް ދެވިއްޖޭ ކަލާއަށްޓަކައި (އާ ސީރީސްއެއް)

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
April 13, 2026 2 Mins Read
8 Comments

ހިތް ދެވިއްޖޭ ކަލާއަށްޓަކައި
__________________

17 އަހަރުގެ ޒިވްޔާއަކީ އެސްފިޔަ ވެބްސައިޓުގައި ‘އޭރިއެލް’ ނަމުގެ ފަރުދާގައި ވާހަކަ ލިޔާ ކުޅަދާނެ ލިޔުންތެރިއެކެވެ. އޭނާ ލިޔާ ލޯބީގެ ވާހަކަތަކުން ކިޔުންތެރިންގެ ފަރާތުން އެތަކެއް ތަރުހީބެއް ލިބެއެވެ. އެހެންނަމަވެސް އޭނާއަށް ލޯތްބަކީ ކިހާވަރެއްގެ އެއްޗެއް ކަމެއް އޭރަކު ނޭނގެއެވެ.

……

ޒިވްޔާގެ ނަޒަރު ހުއްޓިފައި ވަނީ ކެފޭގެ އެންމެ ދުރު ކަނުގައި އިން މޭޒުދޮށުގައި އިން އައިކަން އަށެވެ.

އައިކަން އަކީ ކުރެހުންތެރިއެކެވެ. އޭނާގެ ކުރެހުންތައް ކިތަންމެ ފުރިހަމަ ނަމަވެސް ދުވަހަކުވެސް އެ ކުރެހުންތަކުން ދޭހަވާ މާނައެއް ނުބުނާނެއެވެ. ޒިވްޔާއަށް އެކަން ދަސްވީ ވަރަށް ވެސް ފަސޭހައިންނެވެ.

އައިކަން އަބަދުވެސް އުޅޭނީ ކުރެހުމުގައެޗެ. ފޮތްފޮތުގެ ގަނޑުތަކުގައާއި ރިސިޕްޓް ތަކުގެ ފަހަތުގައެވެ. ފާރުތަކުގައާއި މޭޒުމަތީގައެވެ. އޭނާ ކުރުހާ ކުރެހުންތަކުގެ މާނަ މީހަކު އަހައިފިނަމަ އޭނާގެ ޖަވާބަކަށް ވާނީ “އިފް ޔޫ ގެޓް އިޓް، ޔޫ ގެޓް އިޓް.” އެހެން އެކަންޏެވެ.

ކޮންމެއަކަސް އެއީ ޒިވްޔާއަށް ވަރަށް އުނދަގޫވީ ކަމެކެވެ. އޭނާ އަކީ ލިޔުންތެރިއެއް ކަމުން އޭނާ ގަބޫލު ކުރާ ގޮތުގައި ކޮންމެ އެއްޗެއްގައި ވެސް ކޮންމެވެސް މާނައެއް ވާނެއެވެ. ބުނާ ބަސްބަހުގެ ފަހަތުގައި ސަބަބެއް ވާނެއެވެ. ބުނެވޭ ޖުމްލަ ތަކުގެ ފަހަތުގައި މަގުސަދެއްވާނެއެވެ. އަދި ކޮންމެ ވާހަކައެއްގައި ނިންމުމެއް ވާނެއެވެ. މާނައެއް ނެތް ކަމެއް ކުރުމަކީ ނުވާނޭ ކަމެއް ކަމަށް އޭނާ ދެކެއެވެ.

އެހެންނަމަވެސް މާނައެއް ނެތް ކަމަށް ބުނެލުމާއި އެކަން ދެއްކުމަކީ އައިކަނަށް އެހާ ފަސޭހަ ކަމަކަށް ވަނީ ކީއްވެ ހެއްޔެވެ؟ އެކަމާ ވިސްނާވަރަކަށް ޒިވްޔާއަށް އެހާ އުނދަގޫވަނީ ކީއްވެ ހެއްޔެވެ؟

ޒިވްޔާއަށް ބޮޑަށް އުނދަގޫ ވާން ފެށީ އައިކަންގެ ކުރެހުންތައް އިތުރަށް ފާހަގަ ވާން ފެށުމުންނެވެ. އެންމެފުރަތަމަ އޭނާ ނިންމީ އެއީ ހީވި އެއްޗެއް ކަމަށެވެ. ނުވަތަ އިއްތިފާގެއް ކަމަށެވެ.

އައިކަންގެ ކުރެހުންތަކުގައި އެއީ ކޮން ކުއްޖެއް ހެއްޔެވެ؟ އެއްބައި ފަހަރު ދޮރު ދޮށުގައި އިށީނދެގެން އިން މަންޒަރެކެވެ. އަނެއްބައިފަހަރު ނޯޓުފޮތެއްގައި ލިޔަން އިސްޖަހައިގެން އެ ކުއްޖާ އިންދައެވެ. އެ އަންހެން ކުއްޖާ ޒިވްޔާއާ އެހާ ވައްތަރީ ކީއްވެ ހެއްޔެވެ؟

ހިތުގައި އެތައް ސުވާލެއް އުފެދުނު ނަމަވެސް ޒިވްޔާ އެއާ ބެހޭގޮތުން އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޒިވްޔާ އެ ސުވާލުތައް ކޮށްފިނަމަ އޭނާގެ ހިތުގައި އައިކަން އާއި މެދު ވީ އިހުސާސްތައް އެނގިދާނެތީއެވެ. އެއީ ޒިވްޔާ ބޭނުންވާ ކަމެއް ނޫނެވެ.

އެހެންކަމުން އޭގެ ބަދަލުގައި ޒިވްޔާ ލިޔުނީ ވާހަކަ އެކެވެ. ނުނިންމާ ހުންނަ ކުރެހުންތަކެއްގެ ފަރުދާގައިވާ ޒުވާނެއްގެ ވާހަކައެވެ. އެތައް އިހުސާސްތަކެއް ވީނަމަވެސް އެކަން ސިއްރު ކުރާ ޒުވާނެއްގެ ވާހަކައެވެ. އެވާހަކައިގައި އެ ޒުވާނާގެ ކުރެހުންތަކަށް ‘ސްޓްރިކްޓް’ ޓީޗަރެއް ފަދައިން ޒިވްޔާ ފާޑު ކިޔާ ހެއްޖެވެ. އެއީ ހިޔާލީ ވާހަކައެއް ކަމަށް ހީވި ނަމަވެސް އެ ޒުވާާނާ ދަންނަ މީހަކު އެވާހަކައަށް ވަރަށް ވިސްނައިގެން ކިޔައިފިނަމަ އެ ޒުވާނާ އަކީ ކާކުކަން ނޭނގި ނުދާނެއެވެ.

…..

ޒިވްޔާ އިސް އުފުލާ ބަލާލީ އައިކަން އައިސް އޭނާ ކާރީގައި އިން ގޮނޑި ދަމާލި އަޑަށެވެ. “ޔުއާ ކެރެކްޓާސް އާ ބޯރިން. ދޭ ތިންކް ޓޫ މަޗް.” ގޮނޑީގައި އިށީންނަމުން އޭނާ ބުނެލިއެވެ. “އެޓް ލީސްޓް ދޭ ހޭވާ ސަމްތިން ވޯތު ތިންކިން އެބައިޓް.” ޒިވްޔާ ރުންކުރު ގޮތަކަށް ރައްދު ދިނެވެ.

“ޖޯކެއް ދޯ ތިބުނީ؟’ އައިކަން ހެމުން ބުނެލިއެވެ. “ނޫނޭ. އައިކަން އާ އަހަރެންގެ ތަފާތު ބުނަންތަ؟” ޒިވްޔާ އޭނާގެ ލެޕްޓޮޕް ލައްޕާލުމަށްފަހު ދަތްދޮޅީގައި އަތްވިއްދާލިއެވެ. ” އަންލައިކް ޔޫ..އައި ކްރިއޭޓް ސަމްތިން މީނިންފުލް.” ޒިވްޔާގެ ތިންފަތުގައި ހިނިތުންވުމެއް ކުޅެލިއެވެ.

“އޮހް ޕްލީޒް. ޔޫ ރައިޓް ފީލިންގްސް. އައި މޭކް ޕީޕަލް ސީ ދެމް.” އައިކަން ވެސް ޒިވްޔާއެކޭ އެއްފަދައިން ދަތްދޮޅީގައި އަތް ވިއްދާލިއެވެ. ހީވާ ހީވުމުން އެހެން ހެދީ ޒިވްޔާއަށް ޖއްސުމަށެވެ. އެވަގުތު އައިކަން ދެލޮލުން ތަފާތު ވިދުވަރެއް ފެނިގެން ދިޔައެވެ.

*********************************

އަޅުގަނޑަކީ ‘އަންނަން ދެން ހުންނާނަން ލޯބިން’ ވާހަކައިގެ ލިޔުންތެރިޔާއެވެ. ތާރާ އަދި ކިޔާންގެ ވާހަކައެވެ. އަދި މީގެ އިތުރުން އާލިޔާ އަދި ޔަކްޒަލް އުޅޭ ވާހަކަ ކަމަށްވާ ‘ލޯބި އޭގެ އަސްލުގައި’ ގެ ވެސް ލިޔުންތެރިޔާއެވެ. ‘ލޯބި އޭގެ އަސްލުގައި’ ވާހަކަ މިހާރު ވާނީ އެކި އެކި ސަބަބުތަކާ ހުރެ ލިޔުން ހުއްޓާލާފައެވެ.

އަޅުގަނޑު އަލުން އާ ވާހަކައެއް މިލިޔަނީ ވަރަށް ވެސް ގިނަ އަހަރު ތަކަށް ފަހުއެވެ. އުންމީދު ކުރަނީ ކިޔުންތެރިންނަށް މި ވާހަކަ ވެސް ކަމުދާނެ ކަމަށެވެ.

އިންތިޒާރު ކޮށްލައްވާ.
ޝައީ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

އިންސާފް (ސައުރަޔާޅީސްވަނަ ބައި)

Next

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 9)

Next
April 13, 2026

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 9)

Previews
April 13, 2026

އިންސާފް (ސައުރަޔާޅީސްވަނަ ބައި)

8 Comments!

  1. Shav says:
    April 13, 2026 at 12:06 pm

    Omgggg after such a long timeeeee you’re finally backk
    I missed ya soo muchh
    And this story sounds interesting
    Im looking forward to it
    Anyways i cant wait for this
    Lots of love, xoxo, 💗🫶
    Shav

    1. Shyyyms Shyyyms says:
      April 13, 2026 at 3:34 pm

      Lots of love u to u too🩷🫶🏻
      I’m also excited to write again.

  2. Aikko says:
    April 13, 2026 at 12:30 pm

    Kudathihthaaaaaaaaaa
    Cant wait for ur storyyyyy

    1. Shyyyms Shyyyms says:
      April 13, 2026 at 3:33 pm

      🩷

  3. Sheex says:
    April 13, 2026 at 12:53 pm

    Wow
    sheex keen ur previous story v reethi MA
    I rlly luv mega ulhey characters thah some cux some names are sheex ge cousins + sibling ge name ah veema hehe!!!!
    CW4THE STORY GE 1ST P UP!!!
    TC

    1. Shyyyms Shyyyms says:
      April 13, 2026 at 3:34 pm

      Ooh.. family names dhw use kurevifa mihurii😂🩷

  4. Shyyyms Shyyyms says:
    April 14, 2026 at 12:11 am

    Plz ignore the name on the picture. It’s the wrong name.. I wrote it by mistake. The story’s actual name is: Hiy dhevihjey kalaa ah takaa

  5. Shyyyms Shyyyms says:
    April 14, 2026 at 10:03 am

    I have made an Instagram page for story updates. @shyyyms_writes
    Follow for updates 🫶🏻

Comments are closed.

Next Episodeހިތް ދެވިއްޖޭ ކަލާއަށް ޓަކައި 1←


All Right Reserved!