ގާތުގާ…. 10
އަހަރެންގެ ޒާނާގެ ހިޔާލުތަކުގެ ކަނޑަށް ޣަރަގު ވަމުން ދަނިކޮށް އަހަރެންގެ ކެބުންގެ ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނެވެ.
” ވަދޭ….” އަހަރެން ޖަވާބު ދިނުމުން ދޮރު ހުޅުވައި ލައިފައި އެތެރެއަށް ވަނީ އާކިފްއެވެ.
” ޝައުކަތު ސާރ އިޒް ހިއާރ…..” އާކިފް ބުނެލިއެވެ.
****
” ކީއްކުރަން….؟” ނިތައް ރޫއަރުވައިލަމުން އަހަރެން އަހައިލީ ހަމަ އެއިން ގޮތަށް އިނދެއެވެ. ކެބިންއަށް ވެރިވެފައިވަނީ އަނދިރި ކަމެވެ. އެ އަނދިރިކަން ކުޑަވެފައިވަނީ އަހަރެންގެ ފުރަގަހުގައިވާ ބޮޑު ކުޑަދޮރުން ވަދެފައިވާ ހަނދުވަރުގެ ރިހި އަލިންނެވެ.
” ނޭނގެ ސާރ….” އާކިފް ބުނެލިއެވެ. ރޭގަނޑުގެ މިވަގުތު ވަރަށް މުހިންމު ކަމަކު މެނުވީ ޝައުކަތު އަންކަލް ނާންނާނެ ކަން އަހަރެންނަށް އެނގެއެވެ.
” ވައްދާ….” ގޮނޑީގެ ލެނގޭބައިގެ ފަހަތަށް ކަރުއެލުވައި ލަމުން އަހަރެން ދޮރާއި ފުރަގަސް ވާގޮތަށް އެނބުރިލީމެވެ. ދޮރުން ވަންނަ މީހަކަށް އަހަރެންގެ ފަހަތް ފެންނާނެ ގޮތަށެވެ.
ދޮރު ހުޅުވުނު އަޑާއިއެކު މީހަކު ހިނގާފައި އަންނަ އަޑު އިވުނެވެ. އަދި އަހަރެން އިން މޭޒުގެ ފަހަތު ގައި ހުރި ގޮނޑި ކަހާލި އަޑާއި މީހަކު އިށީންކަން އަހަރެންނަށް އެނގުނެވެ. އެއީ ޝައުކަތު އެވެ. ބައްޕަގެ ޒަމާންވީ ގާތް ރައްޓެއްސެކެވެ. އަހަރެންގެ ބޮޑު ބޭބެއެއް ފަދަ މީހެކެވެ. އާއިލީ ގާތް ރައްޓެއްސެއްގެ އިތުރުން ފުލުހުންގެ މަތީ މަގާމެއްގައި ހުރި މީހެކެވެ.
” ކިހިނެތްވީ އަންކަލް؟…..” އަހަރެން ހަމަ އެއިން ގޮތަށް އިދެ އަހައިލީމެވެ. ޝައުކަތު ފުން ނޭވާއެއް ލިއެވެ..
” ބައެއްފަހަރު ބައެއް ކަންކަން ކޮށްލާއިރު އަންކަލް އަށް އަންގާލުން ކިހިނެތްވާނެ…؟” ވަގުތުން ޝައުކަތު އެބުނަނީ ކީކޭކަން އަހަރެންނަށް އެނގުނެވެ.
” ހާއްސަކޮށް ބޮޑެތި އެމްޕީންގެ ގެއަށް ވަންނައިރު…..” ޝައުކަތު އިތުރުކޮށްލިއެވެ. ކުޑަކޮށް ހިތްހަމަ ނުޖެހުމުގެ އަސަރު އެއަޑުގައި ވިއެވެ.
” އެހާ ޓައިމް ނެތީ އަންކަލް….” އަހަރެން ބުނެލީ އެއީ އެހާ ބޮޑުކަމެއް ނޫނޭ ބުނާކަހަލަ ރާގަކަށެވެ.
” އެންޑް އިޓްސް އާޖެންޓް… ވެރީ އާޖެންޓް….”
” ލެޓްމީ ގެސް …… މައްސަލަ ޖެއްސީ ދޯ…..؟” އަހަރެން ހީލަމުން އަހައިލީމެވެ.
” ނުޖައްސަ ހުންނާނެހެން ހީވޭތަ…؟” ޝައުކަތު އަހައިލިއެވެ. އެ ބަރު އަޑުގައި ޔަގީން ކަން ވިއެވެ.
” ދެޓް ބާސްޓާރޑް…..ހައްހައް….” އަހަރެން ކައިރިއަށް އިތުރަށް އައީ ހިންޏެވެ.
” ސޯ ޑިޑް ޔޫ…..”
” ހެލް ނޯ….” އަހަރެން ބުނަން އުޅުނީ ކީކޭކަން ޝައުކަތު އަންކަލްއަށް ފަހުމް ވިއެވެ. އަހަރެންނަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޝައުކަތު ޖަވާބުދިނެވެ.
” ދެން ވަޓްސް ދަ ޕްރޮބްލަމް އަންކަލް…….؟” އަހަރެން އަހައިލީ ޝައުކަތު އަންކަލް އެއައި ބޭނުމެއް އެނގެން ބޭނުން ވެފައެވެ.
އުދަރެހުން ފާޅުވާން ހުރި ބުރުހަމަ ރީތި ސާދަވިލޭރޭގެ ހަނދަށް އަހަރެން ބަލައިލީމެވެ. އެހިނދު އަހަރެންނަށް އެހަނދުން ސިފަވީ އެންމެ ސޫރައެކެވެ. ޒާނާގެ ރީތި ވަށް މޫނެވެ. ކުޑަކޮށް މަސްޖަހާލައި ފުފިފައިވާ ދޮން ޖަންބުކުލަ އަރާ ކޯތާފަތާއި ފިޔާތޮށި ފިނިފެންމަލެއްގެ ފިޔައެއްފަދަ ފިޔާތޮށި ތުންފަތެވެ. ހިތަށް ވެރިވި ނުސިޔާނު، ލާނެއް ހިޔާލަކުން އަހަރެންނަށް ހީލެވުނެވެ. އެހިނދު ގައިން ހީބިހި ނަގައިގެން ދިޔަކަމުގެ އިހުސާސެއްވެސް ކުރެވިގެން ދިޔައެވެ. އަހަރެންގެ ފިރިހެންވަންތަ ހިއްސުތައް އަހަރެންނާއި ސަމާސާއެއް ކޮށްލިއެވެ. ޒާނާ މިވަގުތު އަހަރެންގެ ކުރިމަތީގައި ހުރިނަމަ ހިތް ފަހުން ހިތާމަ ކުރާނެ ލާނެއް ސަމާސާއެއް ކޮށްލެވުނީސްކަން ޔަގީނެވެ. އެއީ އަބަދުގެވެސް އާދައެވެ. އެނޫން އަންހެން ކުއްޖެއް ފެނިގެން އަހަރެންނަށް އަހަރެންގެ ހިއްސުތަށް ހިފަހައްޓަން އުނދަގުވެފައެއް ނެތެވެ.
” ދެޓްސް ދަ ކުއެއްޝަން އައި ވޯންޓް ޓު އާސްކް ޔޫ ސަން…..” އަހަރެންނަށް އަހަރެންގެ ރީތި ހިޔާލީ ދުނިޔެއިން ނިކުމެވުނީ ޝައުކަތު އަންކަލްގެ ބަރު އަޑުންނެވެ.. އެކަމަކު އެ ސުވާލުން އަހަރެންނަށް މަޑުޖެހިލެވުނެވެ. ޒާނާގެ ވާހަކަ ބުނާކަށް އަހަރެންގެ ހިތެއް ނުރުހުނެވެ. ބުނެގެން އެއަށް ޝައުކަތު އަންކަލް ރިއެކްޓް ކުރާނެ ގޮތެއްވެސް ނޭނގެއެވެ. އަދި އަމުދުން ، މިހާ އަވަހަށް ބައްޕައާއި ހަމައަށް އެހަބަރު ދާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ.
” ޑޯންޓް ވޯރީ އަންކަލް … އެކަން ނިމިއްޖެ އަންކަލް….” އަހަރެން އާދައިގެ ގޮތަކަށް ބުނެލީމެވެ. އިތުރު ތަފްސީލަކަށް ދާން ބޭނުން ނުވީއެވެ.
” މައްސަލައެއް ނެތް…” އަހަރެން ބުނަން ބޭނުން ނޫން އެއްޗެއް އަހަރެން ލައްވައި ނުބުނެވޭނެކަން ޝައުކަތު އަންކަލްއަށް އެނގޭތީ ބުނެލިއެވެ.
” އެކަމަކު ނަވީން ނުގޮސްވެސް ކަންކަން ނިމުނީސްދޯ….އާޖެންޓްވިޔަސް…. އަންކަލްމެން މިތިބެނީ ކަމެއްވެޔޭނުން ދޯ.. ނޫނީ އާކިފްވެސް އެހުރީ…..” ޝާއުކަތު ބުނެލިއެވެ.
“ނަވީންއާއި ވަރަށް ނުގުޅޭ ކަމެއް…..” ޝައުކަތު އަންކަލް އަށް ކޮންމެވެސް ވަރަކަށް ކަންކަން އެނގޭހެން އަހަރެންނަށް ޝައްކުވިއެވެ.
” އިޓްސް ކައިންޑަ ޕާސަނަލް ތިންގް…. އަހަރެންނަށް ވަރަށް މުހިންމުވީމަ އަހަރެން ދިޔައީ…” އަހަރެން އެންމެ ފަހުން ބުނެލީމެވެ.
” ނަވީން…..” ޝައުކަތު އެއްޗެއް ބުނަން އުޅެފައި ހުއްޓަލިއެވެ.
” ޑޯންޓް ވޮރީ އަންކަލް…….” އަހަރެން ބުނީމެވެ.
” އެންޑް އައިލްބީ ފައިން……” އަހަރެން އިތުރަށް ބުނެލީ ޝައުކަތު އަންކަލް އިތުރު ވާހަކައެއް ދައްކަން ފުރުސަތު ނުދިނުމުގެ ނިޔަތުގައެވެ.
” އައިނޯ..އައިނޯ……. އައިނޯ ޔޫ ވިލްބީ ފައިން އެންޑް ނޯވަން ކޭން މެސް ވިތް ޔޫ…….” ޝައުކަތު ބުނެލިއެވެ.
” ދެންވަޓް އަންކަލް…..” ހަމަ އެހިނދުން އަހަރެން އެހީމެވެ. ޝައުކަތު އަންކަލް އަހަން އެއުޅެނީ ކީކޭކަން ގާތްގަނޑަކަށް މިހާރު އަހަރެންނަށް ޔަގީން ވެއްޖެއެވެ. …
” ހަމަ އެންމެ ކަމެއް ސާފުކޮށްލަން ބޭނުމީ….” ޝައުކަތު ކުޑަކޮށް މަޑުޖެހިލިއެވެ. އެއަޑުގައި ކަންބޮޑުވުމެއް އެކުލެވިގެން ވީހެން އަހަރެންނަށް ހީވިއެވެ.
” އައި ޖަސްޓް ވޯންޓް ޓު ނޯ ދިސް އިޒް ނޮޓް އެބައުޓް އަ ވުމެން….” ޝައުކަތު ބުނެލިއެވެ.. އަހަރެންނަށް މަޑުޖެހިލެވުނެވެ. މާހައުލަށް ބުނަން ނޭނގޭ ހަމަހިމޭން ކަމެއް ވެރިވެގެން ދިޔައެވެ… އަހަރެން ބޭނުން ނަމަ ދޮގު ހެދުމުގެ ފުރުސަތުވެސް އެބައޮތެވެ.. ނޫނީ ތެދަށް ބުންނަންވީ ހެއްޔެވެ؟. އެނގޭހާވެސް އެއްޗަކީ ކޮންމެވެސް ދުވަހަކުން އަދި އެންމެންނަށް ވެސް އަންގަން ޖެހޭނެ ކަމެވެ. އެހިނދު އަހަރެންނަށް ޝައުކަތު އަންކަލްގެ އެ ސުވާލުތަކަކީ ޝައުކަތުގެ ސުވާލު ތަކެއް ނޫން ކަން ވެސް ފަހުމްވިއެވެ…
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

