ދިވެހިވަންތަ ރަހަތަކުން ޖަރީވީ ވަޅޯމަހު ސުޕެކެޓީ
ސްޕެގެޓީއަކީ އިޓަލީގެ މަޝްހޫރު ކާނާއެއް ކަމަށްވާ “ޕާސްތާ” ގެ ވައްތަރެކެވެ. މީގެ މައިގަނޑު ސިފަތަކަކުގެ ތެރޭގައި އެކި ބައްޓަމަށް ހުރުމާއި އުފައްދާ ގޮތް ތަފާތުވުން ހިމެނެއެވެ. އެގޮތުން ސްޕެގެޓީ ހުންނަނީ ދިގުކޮށެވެ. ފަލަމިން ހުންނާނީ ދަނޑިތަކެއްހެންނެވެ. މަޝްހޫރު “ސިލިންޑްރިކަލް” ބައްޓަމަކަށެވެ.
މި އާންމުކޮށް ހަދަނީ ‘ޑިއުރަމް ވީޓް’ ކިޔާ ގޮދަނުގެ ބާވަތެއްގެ ފުށުންނެވެ. މި ފުށާއި ފެން އެއްކޮށްގެން ފުއްގަނޑެއް މޮޑޭނެވެ. އަދި ހާއްސަ މެޝިންތަކެއްގެ ތެރެއިން ފިއްތާލައިގެން ދިގު ފޮތިތަކެއްގެ ގޮތަށް އުފައްދާނެއެވެ.
ކޮންމެ ވައްތަރެއްގެ ވެސް ސްޕެގެޓީ ކައްކާނީ ކެކިކެކި ހުރި ފެނުގެ ތެރެއަށް އަޅައިގެންނެވެ. އެއަށްފަހު އޭގެ މަތީގައި ތަފާތު ސޯސްތައް އަޅައިގެންނެވެ. މިސާލަކަށް ޓޮމާޓޯ ސޯސް، ޗީޒް ސޯސް، ނުވަތަ މަސް އެކުލެވޭ ސޯސް ފަދަ ސޯސްތަށް ހިމެނެއެވެ.
ކުރުކޮށް ދަންނަވާނަމަ، ސްޕެގެޓީއަކީ ދިގުކޮށް އުފައްދާފައި ހުންނަ ފުށް ބާވަތެއްގެ ކާނާއެކެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް މަގުބޫލު އެއްޗެކެވެ. އެހާމެ ފަސޭހައިން ތައްޔާރުކޮށްލެވޭ، އަދި ބަނޑުހައިކަން ފިލުވައިދޭ މީރު ކާނާއެކެވެ.
ދެން އަނގަޔަށް މީރު ސުޕެކެޓީ އެއް ތައްޔާރުކޮށް ލެވޭތޯ އުޅެމާހެވެ. މިއަދު އަޅުގަނޑު ގެނެސްދޭން މިއުޅެނީ އެތައް ބައެއްގެ ލޯބި ހޯދާފައިވާ ސުޕެކެޓީ ތައްޔާރުކޮށްލާނެ ރަހަމީރު ގޮތެކެވެ.
ބޭނުންވާ މިންވަރު (މިއީ އަޅުގަނޑުގެ އަންދާޒާއެވެ.)
ސްޕެގެޓީ: 1 ޕެކެޓް
ވަޅޯމަސް: 1 ޖޯޑު (ކުދިކޮށް ކޮށާފައި)
ފިޔާ: 1 ބޮޑު ފިޔާ (ކޮށާފައި)
ލޮނުމެދު: 3-4 (ކޮށާފައި)
މިރުސް: 2-3 ގިތެޔޮ މިރުސް (ކޮށާފައި – ބޭނުންވާ ވަރަކަށް)
ކެޕްސިކަމް : 1/2 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
ޓޮމާޓޯ: 2 މެދު ސައިޒުގެ ޓޮމާޓޯ (ކޮށާފައި)
ޓޮމާޓޯ ޕޭސްޓް: 6-4 މޭޒުމަތީ ސަމުސާ
އޮއިސްޓާ ސޯސް: 1 މޭޒުމަތީ ސަމުސާ
ސޯޔާ ސޯސް 1 މޭޒުމަތީ ސަމުސާ
ލޮނުމިރުސް/އަސޭމިރުސް/ލޮނު: (ރަހަލާވަރަށް)
އަޖިނަމަޓޯ: ކުޑަ މިންވަރެއް (1/2 ސައިސަމުސާ)
ރާނބާފަތް: 1 ފަތް (ތިން ބަޔަށް ބައިކޮށްފައި)
ހިކަނދިފަތް ބޮޑު 2 ފަތް
ލީކްސް އެއްފަޅި (ވަށްކޮން ކޮށާފައި)
ތެޔޮ ފޮދެއް
ދިވެހިވަންތަ ރަހަތަކުން ޖަރީވީ ވަޅޯމަހު ސުޕެކެޓީ
ހަދާނެ ގޮތް
ފުރަތަމަ، ލޮނުކޮޅަކާއި ތެޔޮ ފޮދެއް އަޅައިގެން ފެން ކައްކާށެވެ. ފެން ކެކުމުން ސްޕެގެޓީތައް އަޅައި މަޑުވަންދެން ކައްކާށެވެ. ކެކުނީމާ އެއަށްފަހު ފެންފިލުވައިލާށެވެ.
ތަވައަކަށް ތެޔޮ އަޅައި ހޫނުކުރާށެވެ. ތެލި ހޫނު ކޮށްލާށެވެ. ހޫނުވުމުން ދެން ލޮނުމެދުކޮޅާއި ފިޔާކޮޅު އަޅާލާށެވެ. ވަކިވަރަކަށް ފިޔާކޮޅު ހެދުނީ މައި ހިކަނދިފަތާއި ރާނބާފަތް އަޅާށެވެ. ކުދިކޮން ކޮށާލި މިރުސްކޮޅުވެސް އަޅާލައިގެން މީރުކުރާލަންފަށާށެވެ. އޭގެ ތެރެއަށް ވަށް ކޮށް ކޮށާލި ރޯ ޓޮމާޓޯ ކޮޅާއި ކެޕްސިކަމް ކޮޅާއި ލީކްސްކޮޅުވެސް އަޅާލަން ވާނެއެވެ. ބޭނުންވާ ވަރަށް މީރުވީމާ ވަޅޯމަސްކޮޅު އަޅައިލާށެވެ. ތެލޮލާ ހަރުކޮށްލާފައިވެސް ބޭނުންނަމަ ވަޅޯމަސް އެޅިދާނެއެވެ.
ދެން ރަހަލާވަރަށް ލޮނުލާނީއެވެ. ގާތްގަނޑަކަށް ދެ ސަމުސާ ވަރު ރަނގަޅު ވާނެއެވެ. ލޮނުމިރުސް، އަސޭމިރުސް، އަދި އަޖިނަމަޓޯ ވަށްތަރަކޮން ސަބުސަލަކާއި ބައި އަޅާލާށެވެ. ސޯހުގެ ބާވަތް ތަށް އާދޭ އޮއިސްޓާ ސޯސް، ސޯޔާ ސޯސް އެތި ފޮދެއް އަޅާލާނީއެވެ. މާގިނައިން އަޅައިފިއްޔާ ލޮނު ގަދަވާނެއެވެ. އެންމެ ފަހު އެއްޗަކަށް ޓޮމާޓޯ ޕޭސް އަޅާނީއެވެ. ހަތަރު ފަސް ސަމުސާ އެޅުމުން ރަނގަޅު ވާނެއެވެ. ސުޕެކެޓީ ކެއްކި ފެނުގެ ފެންފޮދެއް އަޅަލާއިގެން ކުޑަ އިރު ކޮޅަކު ކައްކާލަންވާނެއެވެ. ރީތިކޮން ކެކުމުން ސުޕެކެޓީތަށް އަޅާލާށެވެ. ދެން ސޯސްގަނޑުގައި ރަނގަޅަށް ހޭކެންދެން ސުޕެކެޓީތަށް މަޑު ގިނީގައި ކައްކައިލާށެވެ. އޭރުން ހުންނާނީ ސުޕެކެޓީ ތައްޔާރުކޮށްލެވިފައެވެ. ތައްޓައި އަޅާލައިގެން ހަމަ ކާންވިއެވެ. ކާއިރު މައްޗަށް ކުޑަ ތެޅި މިރުސް ކޮޅެއް ބުރޫވާލުމުން ހީވަނީ ހަމަ އެއްވަނައިގެ ކެއުމެއް ކާލެވޭހެންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް
މިއީ އަޅުގަނޑު ލިޔާ ސުފުރާ ސިލްސިލާގެ ދެވަނަ ބައެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަމެވެ. މިމަހު ނަވާރަ ހިސާބުގައި އާއެކޭ ލޯބިވޭ އަދި ރީމާލް ވާހަކައާއެކު ބައްދަލުކޮށްލާނަމެވެ. މިދުވަސްކޮޅު ބިޒީވީމާއި ކޮންމެ ދުވަހަކު އެއްޗެއް ގެނެސްދޭން ދަތިވަނީއެވެ. މާތް ﷲ ގެ ތަނަވަސް ރަހުމަތާއެކު ކުރިއަށް އޮތްތައި ގެނެސްދެވޭތޯ ބަލާނަމެވެ.
🥀😊🫶♥️🥰
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





