Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮބައިހޭ؟…14

Mysterious Woman Level 310 Stories100 Comments
April 13, 2026 4 Mins Read
0 Comments

ތަނަވަސް ކިންގު ސައިޒު އެނދުގައި އޮތް ފައިނާގެ ޚިޔާލުގައި ވަނީ އެންމެ މީހެއްގެ ތަސްވީރެވެ. އެމީހަކަށް މިހާރު އެތައް ފަހަރަކު މެސެޖު ވެސް ކޮށްފިއެވެ. ނަމަވެސް ޖަވާބެއްނައެވެ. މެސެޖުތައް ބަލާފައި ހުރިކަން ސީން ކޮށްފައި ހުރުމުން އެނގެއެވެ. ވީގޮތް ނޭނގި އެގޮތަށް އޭނާ ބާކީކޮށްލުމުން ފައިނާ ދެރަވިއެވެ.

އެހެން އޮށްވާ ފޯނަށް ނޮޓިފިކޭޝަނެއް އައި އަޑު އިވުނެވެ. ފޯނު ބަލައިލި އިރު ‘އޭނާ’ ގެ މެސެޖެއްކަމުން އަވަސް އަވަހަށް ބަލާލިއެވެ. އެމީހަކު ފޮނުވާފައި ވަނީ ފޮޓޯއެކެވެ. އެއީ މިއަދު ހެނދުނު ކޮފީ ކުލަބުގައި ތިއްބާ ނަގާފައިވާ ފޮޓޯއެއްކަން އެނގުނެވެ. އެމީހާ ދެން ފޮނުވީ މެސެޖެކެވެ. “ފައިނާ އަށް އެނގޭނުން އަހަރެން އެހާ ހިތްހަމައެއްނުޖެހޭކަން އެހެން ފިރިހެނުންނާ ވާހަކަދައްކާކަށް….” އެމީހާގެ މެސެޖަކީ މިއީއެވެ. ފައިނާ އަވަސް އަވަހަށް އޭގެ ޖަވާބު ފޮނުވަން އުޅުނެވެ. “ރިލޭކްސް ނުކް……އެއީ ކުޑޭގެ ފްރެންޑްސް އޭ….ދޭ އާރ ރިއަލީ ކްލޯސް ޓު މައި ފެމިލީ ޓޫ…..” ފައިނާ މެސެޖު ފޮނުވާލިއެވެ. “ހެވޭ…..ޚާއްސަކޮށް އެ ރާކިން އާއި ފައިނާ ވާހަކަދައްކާކަށް މަ ބޭނުމެއްނޫން….މީގެ ފަހުން ނުވާނެ ވާހަކަދައްކައިގެން…އެހެންނޫނީ…އައި ވިލް ބްރޭކަޕް ވިތު ޔޫ އަގެއިން.” ‘އޭނާ’ ފޮނުވާލިއެވެ.

އަނެއްކާ ވެސް ‘އޭނާ’ ރުޅިވެދާނެތީ ފައިނާ ބިރުގަނެއެވެ. ކުރިން ރުޅިވީ ޝަދާންއަށާއި ފައިހާއަށް އެމީހުންގެ ގުޅުން ފަޅާއެރުމުންނެވެ. މިފަހަރު ރާކިންގެ ސަބަބުން އެދެމީހުން މައްސަލަޖެހެން ފައިނާ ބޭނުމެއްނުވެއެވެ. އޭނާ މި ވާ ލޯބި ‘އޭނާ” އަށް އެނގޭނެނަމައެވެ.

“އޯކޭ….ރިލޭކްސް އައި ވިލް ނޮޓު ޓޯކު ޓު ހިމް އޯކޭ…..” ފައިނާ ޖަވާބު ފޮނުވާލިއެވެ. އަނެއްކާ ވެސް ދެމީހުން މައްސަލަ ހައްލުކުރުމަށްފަހު މާފޮޅުވަންފެށިއެވެ. ފައިނާ އެހާވަރަކުން ‘އޭނަ’ އާއި ހެދި އުޅެނީ ވާ ލޮތްބެއްގެ ބޮޑުކަމުންނެވެ. ފައިހާއަށާއި ޝަދާންއަށް ސިއްރުން އެ ދެމީހުން ރައްޓެހިވެގެން އުޅޭތާ ދެ އަހަރުވެއްޖެއެވެ. ޝަދާން އެހާވަރުން ‘އޭނާ’ ދެކެ ރުޅި އަންނަނީ ކީއްވެ ހެއްޔެވެ؟ ފައިނާ ރައްޓެހިވެގެން އުޅެނީ ކާކާ ހެއްޔެވެ؟ އެ ދެމީހުން ސިއްރުން އުޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ހައްތަހާ ވެސް ހަގީގަތް ހޯދަންޖެހޭ ކަންކަމެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުންދެއެވެ. މެހެކު މަސައްކަތްކުރަމުންދަނީ މީސަމްގެ ވޭދަނައަށް އަލިމަގެއް ފެނޭތޯއެވެ. އޭނާގެ ރައްޓެހި ފުލުހެއްގެ އެހީގައި އެކަންވޭތޯ މަސައްކަތްކުރާތާ ދެ ހަފުތާވެއްޖެއެވެ. ސުވާލު އުފެދޭ ކަމަކީ އެ ވޭދަނައިގެ މައްސަލަ ބަންދުކޮށްފައި ވަނީ ސަރުކާރުގެ މަތީ މަގާމެއްގައި ހުރި މީހަކަށްވާތީއެވެ. ކާކުކަން ނޭނގޭ ގޮތަށް އެމީހަކު އެކަން ކޮށްފައި ވަނީ ވަރަށް ކުޅަދާނަކަމާއި އެކީގައެވެ.

ހަމައެގޮތުގައި އޭނާގެ ނަފުސާނީ ބައްޔަށް ވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ. މި ދޭތެރެއިން އެކަން ވެސް މެދު ކެނޑިގެންދިޔައީ ޝިމާލު ނިޔާވުމާއި ގުޅިގެންނެވެ. އެކަމަކު މިހާރު އަލުން އެކަން ފެށީ މެހެކަށް ރޭގަނޑު ނުނިދޭތީއާއިއެކު އެވެ. އޭނާގެ ޑަކުޓަރު ނޫރައިން ވެސް ރާއްޖެއަށް ވަރަށް އަވަހަށް އަންނާނެއެވެ. އެއިރުން ވަރަށް ފަސޭހަވާނެއެވެ.

ޝަދާން ވެސް އުޅެނީ ކޮމްޕެނީގެ އަހަރީ ދުވަހަށް ތައްޔާރީތައްވުމުގައި އަވަދިނެތިއެވެ. ރާއްޖެއިން ބޭރުން ގެންނަންޖެހޭ ސާމާނުތައް ނުގެނެވި ލަސްވާތީ އެކަމުގައި އޭނާ އުޅޭތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އޭނާ އެ އައީ ވެސް ސިންގަޕޯރަށް ހަފްތާއަކަށް ގޮސް އުޅެފައެވެ. ހަމައެފަދައިން އާރާ ވެސް އުޅެނީ ވަރަށް ބިޒީކޮށްނެވެ. ބޯޑު މެމްބަރުންނާއިއެކު އޭނާ އިސްވެ މީޓިންތައް ބާއްވާ އިންތިޒާމުތައް ހަމަޖެއްސުމުގައި ޝަދާންގެ ދަށުން އޭނާ ނެތް ދުވަސްކޮޅުތަކުގައި މަސައްކަތްކުރަނީ އާރާއެވެ. އެހެންވުމުން އޭނާއަށް ވެސް އަމިއްލަ ނަފުސަށް ވަގުތުނުދެވެއެވެ.

ފައިނާ އާއި ‘އޭނާ’ ގެ ގުޅުން ވެސް މީހަކަށް ނޭނގި ކުރިއަށް ދެއެވެ. ކޮފީ ކުލަބަށް ދިޔަ ދުވަހަށްފަހު އޭނާއަށް ވެސް ރާކިން އެއް ނުފެނެއެވެ. ރާކިން ވެސް އުޅެނީ ޝަދާންއަށް އެހީވުމުގައިއެވެ. ރާކިން އަކީ ވެސް މުއްސަނދި އާއިލާއަށް ނިސްބަތްވާ ޒުވާނެކެވެ. ފައިނާމެން މާފޮޅުވަން އެއްކަލަ ތިންވަނަ ފިޔަވަހީ ހިތްފަސޭހަ ދިމާލަށް ދިޔުން އާންމު ކަމަކަށްވެއްޖެއެވެ. ދުވާލާއި ރޭގަނޑު ވެސް ސިއްރުން ބައްދަލުކުރެއެވެ. ފައިނާ މާ ގިނައިން ބޭރަށްދާތީ ފައިހާއަށް ވެސް ޝައްކުތަކެއްވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް އަދި އޮތީ ފައިނާ އާއި ވާހަކަދައްކަން ވަގުތުނުވެފައެވެ.

ނޫރާ އާއި އެލްޒިން މަދުމަދުން ޓެލެގުރާމިން ވާހަކަދައްކައެވެ. މަޑުމަޑުން އެ ދެމީހުންގެ ގުޅުން ވެސް ކުރިއަރަމުންދެއެވެ. ނޫރާގެ މަޑުމައިތިރިކަން އެލްޒިން އާއި ވާހަކަދައްކަން ފެށިފަހުން މަޑުމަޑުން ނެތެމުންދެއެވެ. ދެ މީހުންގެ ހިތުގައި ވެސް ކުޅެނީ އެއް ރާގެކެވެ. ޖަހަނީ އެއް ވިންދެކެވެ. ނަމަވެސް އެކަކު ވެސް އިސްވެ ލޯބިވާކަން ހާމަކުރަން ނުކެރިފައި ތިބީއެވެ.

ޝަދާންމެންގެ ކޮމްޕެނީގެ އަހަރީ ދުވަހެވެ. ކޮމްޕެނީގެ އެންމެ މަތީ ފަންގިފިލާގައި ހުރި ބަންކުއެޓް ހޯލު ޒީނަތްތެރިކޮށްފައި ވަނީ މިރެއަށްށެވެ. ބަންކުއެޓް ހޯލަކީ ހާހެއްހާ މީހުންނަށް ތިބެވޭހާ ބޮޑު ތަނެކެވެ. އެތަނުގެ ތައްޔާރިތައް ވުމުގައި އާރާ އާއި ބައެއް މުވައްޒަފުން ޙަރަކާތްތެރިވަމުންދެއެވެ. އާރާގެ އިރުޝާދުގެ ދަށުން އެމީހުން މަސައްކަތްކުރަމުންދެއެވެ.

އެތަނުގެ ތައްޔާރިތައްވުމުގައި އެހީތެރިވުމުގެ ގޮތުން ޝާފިއު އަދި ޝާއިން ވެސް އުޅެއެވެ. މިރޭގެ ޑިނަރ ނައިޓަށް ދައުވަތު ދީފައިވާ މީހުންގެ ލިސްޓަށް ބަލަހައްޓައިގެން ހުރި ޝާއިން އިސްއުފުލާ ބަލާލީ އަންހެންވަންތަ ހީލުމެއްގެ އަޑު އިވުމުންނެވެ. އެއާއިއެކު ވަށައިގެންވާ އަޑުތައް ހިނދި ހަމައެކަނި އެ އަންހެން ކުއްޖާގެ ޖާދުވީ އަޑުގައި ޖެހޭކަށް މާ ގިނަ އިރެއް ނުނެގިއެވެ. އެވަގުތު ޝާފިއު ގޮވާ ކަމެއް ވެސް ޝާއިންއަކަށް ނޭނގެއެވެ.

އެހެން މުވައްޒަފަކާއި ވާހަކަދައްކަން ހުރި އަންހެން ކުއްޖާ ވެސް އިސްއުފުލާލިތަނުން އޭނައަށް ބަލަން ހުރި ޝާއިން ފެނުނެވެ. ވަގުތުން އެ ކުއްޖާގެ މޫނުން ލަދުވެތިކަމެއް ފެނުނެވެ. އެކުއްޖާ ހީލި އިރު ކޮލަށް އެޅިގެންދިޔަ އަޑިކޮޅުގެ ސަބަބުން އެކުއްޖާގެ ރީތިކަން ހާމަވެއެވެ. އެކުއްޖާ އިސްޖަހައިގެން ހުރުމުން ކުރިމަތީގައި ހުރި އާރާއެއް ނުފެނުނެވެ. މީގެ ނަތީޖާއަކީ އާރާގެ ގައިގައި ޖެހިފައި އެކުއްޖާގެ އަތުގައި ހުރި މާ އަޅާފައި ހުރި ޓްރޭ ވެއްޓުމެވެ. އެއާއިއެކު ވަގުތުން އެކުއްޖާގެ މޫނުން ބިރުވެތި ކަމެއް ފެނުނެވެ.

“ކިހާ ދެރަކަމެއްތަ މީ މައިޝާ….ކަލޭގެ ދެ ލޯ ކަނީ ތަ؟…..ތީ މިރޭ އަންނަ މެހެމާނުންނަށް ދޭން ޖެހޭ އެއްޗެކޭ……ހަމަ މިހާރު ނަގާ…..” އާރާ މައިޝާ އާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. މިތަން ފެނުނު ޝާއިންގެ ދެ ބުމަ ވެސް ގޮށްޖެހުނެވެ. މީހެއްގެ އަތުން އެއްޗެއް ވެއްޓުނެކޭ ކިޔާފައި އެވަރު އަރުވަން ޖެހޭ ހެއްޔެވެ؟ ޝާފިއު ވެސް ހުރީ ހިތްހަމަނުޖެހިފައެވެ.

މައިޝާ ހުރި ގޮތުން ޝާއިންގެ ހިތަށް ރަޙުމްވަނެވެ. “އެ ދެން އެވަރު ކަމެއް ނޫނެއްނުން އާރާ…..އާރާ ވެސް އެއްޗެހި ކިޔުމުގެ ބަދަލުގައި މީތި ނަގަން އެހީތެރިވީމަ ނިމުނީނުން…..” ޝާއިން އައިސް ބުނެލިއެވެ. އަދި މައިޝާއަށް އެހީވުމުގައި އުޅުނެވެ. “އޯ އެމް ޖީ އާރާ…..ދިސް އިޒް ހައު ޔޫ މެނޭޖު ޔޯ ވޯކު؟….” އެވަގުތު އެތަނަށް އައިސް ހުއްޓުނު ޝާފިއު މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

އާރާ ވަރަށް ހިތްހަމަނުޖެހުނެވެ. މި ނުދަންނަ އަންހެން ކުއްޖާއާއި މި މީހުން ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟ ކޮންމެ މީހަކު ވެސް އައިސް އޭނާ އެބަ ދިފާއުކުރެއެވެ. ޝަދާންއަށް ކުރަންޖެހޭ ގަދަރު އާރާ އަށް ވެސް އެމީހުން ކުރަންޖެހޭނެއެވެ. ޝަދާން އާއި އޭނާ އަކީ އެއް އުމުރެއްގެ މީހުން ވިއްޔާއެވެ.

“ކީއް ކުރަން ދެ މީހުން އައިސް ތި އުޅެނީ؟…….” އާރާ އަހާލިއެވެ. “ކީއްވީ؟….އަހަރުމެން ވިއްޔާ ނާދެވެނީތަ؟….މިހާރު މަށަށް އޮޅިއްޖެ..މި ކޮމްޕެނީގެ ވެރިޔަކީ ކުޑޭ ތަ ނޫނީ އާރާ ތަ؟…..” ޝާފިއު މަލާމާތުގެ ރާގަގަކަށް އަހާލިއެވެ. “ބުނަން ވާހަކައެއް ޝަދާންއަށް ކުރަން ޖެހޭ ގަދަރު މަށަށް ވެސް ކުރަންޖެހޭނެ…..ތި ގޮތަށް ވާހަކަދެއްކުމުގެ ހައްގެއް ޝާފިއުއަކަށް ނޯންނާނެ….” އާރާ ހިތްހަމަނުޖެހުން ފައުޅުކުރިއެވެ.

“އަހަރުމެން ކޮން ހައިސިއްޔަތަކުން އާރާ އަށް އިޚުތިރާމުގެ ނަޒަރަކުން ވާހަކަދައްކަންވީ؟…ތީތަ ކުޑޭގެ ވާން އުޅޭ އަނބިމީހާއަކީ؟..” އެވަގުތު މައިޝާއަށް މާތައް ޓްރޭއަށް އަޅަން އެހީވެދިނުމަށް ފަހު ހިތްދެމިލި ޝާއިން ބުނެލިއެވެ. “ތޭންސްކް….” މައިޝާ ލަދުވެތިކަމާއިއެކު ބުނެލިއެވެ. “ނޯ ޕްރޮބްލެމް….ގޯ ވިތް ޔޯ ވޯކު ނައު….” ޝާއިން ހިނިތުންވެލަމުން ބުނެލިއެވެ. މިތަން ފެނުނު އާރާގެ ދެބުމަ ގޮށްޖެހުނެވެ. “ހޯހޯ…އެ ފަކީރާ ދިމާލަށް ބަހެއް އެއްލާނެ ކަމެއް ނެތް…..ޑޯންޓު ފޮގެޓް ޔޯ ޕްލޭސް ޓޫ….” ޝާފިއު އެތަނުން ދިޔައީ އާރާއަށް ބަހެއް އެއްލާފައެވެ. ޝާއިން ވެސް އެއްމިޔަކަނުން ހީލާފައި ދިޔައީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 29

Next

އިންސާފް (ސައުރަޔާޅީސްވަނަ ބައި)

Next
April 13, 2026

އިންސާފް (ސައުރަޔާޅީސްވަނަ ބައި)

Previews
April 13, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 29



All Right Reserved!