Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާދީނީލޯބި

ހިތް އަވަސްވާ ގޮތް ވިޔޭ 1

eenaas_nash Level 1
April 11, 2026 4 Mins Read
3 Comments

އެ ރެޔަކީ އަސްލު އަހަރެން ސަލާމަތްވާން އޮތް ރެއެއް ނޫން. އެ ބިޔަ ބޮޑު ޖަންގަލި ތެރޭ ރޭގަނޑުގެ ނާމާން އެވަގުތު އަހަރެން ދުވަމުން ދިޔައީ އެތަނުން ނުކުމެވޭތޯ، މީހެއްގެ ހިލަމެއް ވޭތޯ އެތަން މިތަން ހޯދަމުން. އެކީ ދަތުރު ދިޔަ ރައްޓެއްސެއްގެ ހިލަމެއްވޭތޯ. ކުއްލިއަކަށް ގަހެއްގެ މުލުގައި އަޅައިގަނެފައި އަހަރެން ވެއްޓުނީ.ވީ ތަދުންނާ ގަނެފަ ހުރި ބިރެއްގެ ބޮޑުކަމުން އަހަރެން އޮތީ ހިރިލަން ވެސް ނުކެރިފަ.ދެން ވެދާނެ ކަމަކާ ދޭތެރޭ އަހަރެން ވިސްނަނިކޮށް ޓަޕް…..ޓަޕް… ކިޔައި ފެންތިކި ޖަހާ އަޑެއް އިވެން ފެއްޓީ،އެޔާއެކު ނިތްކުރީގައި ދިޔާ އެއްޗެއް އުނގުޅުނުހެން ހީވީ. އަހަރެންނައް ހީކުރެވުނީ ބިރުން ހުރިވަރުން މާބޮޑައް ދާހިތްލެވެނީ ކަމައް. އަތުން ދާހެލި ފޮހެލައި އަތް ބަލައިލި އިރު ރަތް ކުލަ! ސިއްސައިގެން ދިޔަ ވަރުން އަހަރެންނައް ހަޅޭއްލަވައިގަނެވުނީ، ހީވާންފެށި ކަހަލަ އަހަރެން ކައިރީގަ މީހަކު އުޅެނީޔޭ. ދެން ހުރެފަ އަހަރެނަނައް އިވެނީ އަންހެނަކު ބިރުވެރި އަޑަކުން އަހަރެން ކަންފަތް ބުޑުގައި ޔުމާން އޭ ކިޔައި ގޮވާލި އަޑު……

”ޔުމާން” މީހަކު ބާރަކަށް ޔުމާން އޭ ކިޔައި ހަޅޭލައްވައިގަތް އަޑައް ސިޓިންރޫމުގަ އިންނަ ވަށް މޭޒު ވަށައިގެން ޔުމާން ކިޔައިދޭން އިން މޮޅު ވާހަކަ އަޑުއަހަން ތިބި އެންމެން ސިއްސައިގެން ގޮސް ހަޅޭލައްވަން ފެއްޓިއެވެ. އިޝާޔަށް އެމީހުންށް ވީގޮތް ފެނުމުން އޮތީ ހީހީ ގަޔައް ލެވޭވަރުވެފައެވެ.އިޝާ! ސަހާދަތް މަމި ބުނީ މީނަ މަގޭ އަތުން ބޮނޑިއެއް ބޯނެ! މާ ބިރުނުގަންނަ ކަމަށް ހެދިގެން ހުރެ އަހުޝަމް އިޝާޔާ ދިމާޔަށް ބުނެލިއެވެ.އިޝާއޭ! ދޮންތަ ކިޔާ! އެހެންނޫނީ މަންމަ ކައިރީ ބުނެލަފާނަން! އިޝާ ވެސް ތުން ހަދާފަ އަހުޝަމަށް އިންޒާރު ދިނެވެ.އެންމެ 5 މިނުޓުން ބޮޑީމަ ދޮންތަޔޯ!އަހުޝަމް ބުނެލިއެވެ. އެނޫންގޮތެއް ނުވާނެ، ހަމަ ކަޑަވެފަ ހުންނަން ޖެހޭނީ!އިޝާ ވެސް ޖަވާބުގައި ބުނެލިއެވެ.އަހުޝަމް ފާޑަކައް މޫނެއް ހެދީއެވެ.

އެކަމަކުވެސް ދޯ މަ ހަމަ އަޖައިބުވެއްޖެ ތިމީހުން މިއޮއް އުޅޭ ދަންނަ ނުދަންނަ ދައްކާ ވާހަކަ އަޑުއަހައިފަ ތިވަރުވީމަ! އަނެއްކާވެސް ހިނިގަނޑެއް ޖަހަމުން އިޝާ ބުނެލިއެވެ. އޭ ދޮންތާ ކޮންމެ އެއްޗަކާ ބެހުނަސް މަގޭ ހުނަރާ ބެހިގެން ނުވާނެ، ޔައުނީ ކަޓްޕަނިރުވަންޑާ(ކޮށާލަން) ކުރަން ޖެހިދާނެ! އޭނަގެ ވާހަކަ ދެއްކުމުން ޔުމާން ހުރެފަ ބުނެލިއެވެ. ބަސް ކަރޯ، ޔައުނީ އިލޮށިފަތީގެ ފަލަކޮޅުގެ ބުންވަރު ދައްކައިދޭން ޖެހިދާނެ!ޖަވާބުގައި އިޝާ ބުނެލުމުން ވަތުން ޔުމާންގެ އަނގަ ބަންދުވިއެވެ.

ހުއްޓާލާ އެއްކަލަ ބުޅާގަނޑުތަށް ފެއްޓުނީ ދޯ! އަހަރުމެން އޯވާނައިޓަކަށޭ ކިޔައިފަ މިގެޔަށް ގެނެސްގެން މިހިރީ މިމީހުން އުޅޭ ގޮތް! ދޯ ޔުސް! ޔުސްރާޔަށް ދޯ ދެމުން ރީނާ ބުނެލިއެވެ. ހޫނ އެކަމެއް ނޭނގެ ތިދެމީހުން މަތިކިބައި ފަނޑިޔަށް އަރައި ސޯ ކޯލްޑް ބިރުވެރި ވާހަކަ އަޑުއަހަން ވިއްޔާ ތި ތބީ، އަދި މަށެއް ހިއެއް ނުކުރަމޭ މިއޮއް އަހުޝަމްގަނޑު ވެސް މިގޭ ދަންނަ ނުދަންނަގެ އަވައިގަ ޖެހޭނެ ކަމައް! އިޝާ ރައްދު ދިނެވެ. އެ ދެން ތިހާވެސް ތައުރީފު ނުކުރިޔަސް އެންމެ ރަނގަޅުވާނޭ، އަހަރެން ލަދު ގަނޭ! ޔުމާން އަންހެން ދުޅާ ވައްތަރަކައް ބުނެލިއެވެ. އެއާއެކު އެތާ ތިބި އެންމެން ހޮޑު އަންނަ ވައްތަރުގެ މޫނެއް ހެދީއެވެ. ޗީ މިއޮއް އެތިގަނޑު އުޅޭ ގޮތެއް ދޯ، މަ ހައިރާނެއް ނުވާނެ މާދަން މީނަ ފިރިހެނަކާ ހިތާވެއްޖެއްޔާވެސް، ގޭ! ދޮޅިތުއްތު ގަނޑު! އަހުޝަމް ހުރެފަ ޔުމާންއާ ދިމާލައް ބުނެލިއެވެ. ތިއެއް ނޭނގެ ދެންމެ މިއެންމެގަނޑު ބިރުން ހަޅޭ ލެއްވި ގަޑީ އެންމެ ރަނޑު ވައްތަރައް އެންމެ ބާރައް ހަޅޭލެއްލެއްވީ ދޮންބެ ހަމަ، އެޓްލީސްޓް އައި ވޯސް ޖަސްޓް އެކްޓިން، ދުނިޔެ މަތީ އުޅެން ޖެހޭނީ ހުރުހާ ގޮތެއްވެސް ދަސްކޮއްގެން. ޔުމާން ބުނެލިއެވެ.އަހުޝަމް ވަގުތުން ޔުމާން އާ ދިމާލައް ލޯ އަޅައިލިއެވެ. ޔުމާންގެ މޮޅު ވާހަކަތައް އަޑުއަހައިފަ އެންމެވެސް ތިބީ ހިނިގަނޑު މަތަ ކޮއްލައިގެންނެވެ.

އޭ އޯކޭ އޯކޭ ދެން!އަހަރުމެން އެކަމަކު ކީއް ކުރާނީވެސް ދެން، ހާދަ ފޫއްސޭ! ކުސް ތަޅައިފަ ސޯފާޔައް ވެއްޓިގަންނަމުން އިޝާ ބުނެލިއެވެ.މިހައި ފޫހިވާނެ ކަން އެނގުނު ނަމަ އަހަރުމެން ނުވެސް އައިމުސް. ރީނާ ވެސް ހުރެފަ ބުނެލިއެވެ.

މިއެންމެނަކީ އެއްކޮއް ކަހަލަ ގޮތަކައް ބޮޑުވި މީހުނެވެ. އިޝާ އަދި އަހުޝަމް އަކީ އެއްމާބަނޑު ދެކުދިންނެވެ. އެދެމީހުނައް ވުރެ 2 އަހަރު ހަގައް ހުންނަނީ ދެން އެމީހުންގެ ކޮއްކޮ ޔުމާންއެވެ. މި ތިން ކުދިންވެސް ބޮޑުވީ ހަމައެކަނި މަންމަ އެއްގެ ލޯބި ލިބިގެން އެކަންޏޭ ބުންޏަސް ދޮގަކައް ނުވާނެއެވެ. ބައްޕައެއް ނަމެއްގަ ހުރިކަމެވެ. ކުރަންޖެހޭ ޙަރަދުތަކާ ދޭންޖެހޭ ހުރިހައި އެއްޗެއް ހުންނަނީ ފުރިހަމަކޮއްދީފައެވެ.ނަމަވެސް ބައްޕައެއްގެ ފަރާތުން ލިބެންޖެހޭ ލޮތްބާ އަޅަލުމުން މަހުރޫމްވިއެވެ. ޔުމާންއައް އެއް އަހަރު ނުވަނީސް އެމީހުންގެ މަންމަ ޔަމީނާއާ ބައްޕަ އަފްސަލް ވަރިވީ، އަފްސަލްގެ އޭރުގެ ސެކްރެޓަރީ ޖަމީލާއާ ކައިވެނީގެ ބޭރުން ގުޅުން ހިންގައި އިޝާމެން ވަރު އަންހެންކުއްޖެއްވެސް ހުރިކަން ޔަމީނާއައް ފަޅައި އެރި ހިސާބުންނެވެ.

މިހެދުނީ ގޯހެއްކަން އަފްސަލައް ފަހުމްވީ ވަގުތު ފާއިތުއިވި ފަހުންނެވެ. އެހެންކަމުން މިހާރު އަފްސަލު އެކުދިންނާ ގުޅުން ބާއްވަން ކިތަންމެ މަސައްކަތް ކުރިޔަސް ދެން އެކަމެއް ވާނެ ހެއްޔެވެ. އަފަސަލާ އޭނަގެ ތިން ކުދިންނާ ދުރުވުމުގައި އޭނަގެ މިހާރުގެ އަންހެނުން ޖަމީލާގެ ވެސް ވަރައް ބޮޑު އަތެއް ވެއެވެ. ޖަމީލާ ބޭނުންވަނީ އަފްސަލު ހަމައެކަނި އޭނަގެ ދަރިފުޅުގެ ބައްޕަގެ ގޮތުގައި ހުރުމަށެވެ.އެހެނަކަމުން އެކަން ކާމިޔާބު ކުރުމައް ޖަމީލާ އެތައް ކަމެއް ކުރިއެވެ. އަދި ކާމިޔާބުވެސް ވިއެވެ.

އެގޮތުން ޔުސްރާ އައް ލޯބިވާ މަންމަ އާމިރާ އަދި ބައްޕަ ޔަޒާންގެ ލޯބި ލިބުނެއްކަމަކު ރީނާ ބަލައި ބޮޑުކުރީ މަންމަ ރާނިޔާ އެކަންޏެވެ. ރީނާގެ ބައްޕައަކީ ކާކުކަން ހުދު ރީނާއައްވެސް ނޭނގެއެވެ. ނަން އެނގެއެވެ.ކާކު ކަމެއް ނޭނގެއެވެ.އެ ނަމަކީ ރީނާ ބޭނުން ކުރާ ނަމެއް ނޫނެވެ، ބޭނުން ކުރާކައް ބޭނުމެއްވެސް ނުވެއެވެ. ރީނާގެ މަންމައާ ބައްޕަގެ ދޭތެރޭ ދިމާވީ ކޮން ކަމެއްކަން ރީނާއައް ނޭނގެއެވެ، ނަމަވެސް ހިނގި ކަމަކުން ރީނާގެ މަންމަ އިތުރު އެއްވެސް މީހަކާ އިންނަން ހިޔާލެއްވެސް ނުކުރާކަން އެނގެއެވެ. އެކަނިމާ އެކަނި ނިކަމއތި ޙާލުގައި ރީނާ ބަލައި ބޮޑުކުރީތީބއަބަދުވެސް މަންމަޔައް ޝުކުރުވެރި ވެއެވެ.ވީ ކިހިނެތްކަން އެނގެން ރީނާ ނުހަޖު ބޭނުމެވެ. ނަމަވެސް މަންމަ އެކަމާ ދެރަވެދާނެތީ އަހާކައް ނުކެރެއެވެ. ރީނައައް އެނގޭ ކަމަކީ މަންމަ އެ ވަހަކަ ކިޔައި ދޭނެ ހިތްވަރު ހުރި ދުވަހަކުން ކިޔައިދޭނެ ކަމެވެ.

މިއެންމެން ފުރަތަމަ ދިމާވީ އަވައްޓެރިންގެ ގޮތުގައެވެ.އެއީ އިޝާމެންގެ މައިންބަފައިންވެސް އިނދެގެން އުޅުނު ހިސާބުއްސުރެ އެވެ. އެހެނަކަމުން ދިމާވި ހިތާމަ ތަކުގައި އެކަކު އަނެކަކައް އެހީވެ އުޅުނު އިޝާމެންގެ މަންމައާ ރީނާ ގެ މަންމައާ ޔުސްރާގެ މައިންބަފައިންނަކީ ވަރައް ގާތް އެކުވެރިންނެވެ. ފަހުން ގޭތައް ބަދަލުވިއެއްކަމަކު ވީ ވަރަކުން އެ ކުވެރިކަން ދެމަހައްޓައެވެ. ހަމަ އެގޮތައް އެމީހުންގެ ދަރިންނަކީވެސް މިހާރު ވަރައް ގާތް އެކުވެރިންނެވެ. އުމުރުފުރާގެ ގޮތުން އެއްވަރުވެ، އެންމެން މިއަދު ސްކޫލް ނިމި މިހާރު ދަނީ އެމީހުން ބޭނުންވާ ދާއިރާއަކުން ކޮލެޖްގައި ކިޔަވަމުންނެވެ. އިޝާ، އަހުޝަމް އަދީ ރީނާ އަކީ އެއް އުމުރެއްގެ އެއް ކުލާހަކުން އެއްކޮއް ކިޔެވި 3 ކުދިންނެވެ،އިޝާ އާ ރީނާ އަކީ ބެސްޓްފްރެންޑްސް އެވެ. ޔުސްރާ އާ ޔުމާން އަކީ އެއް އަހަރެއްގެ ދެކުދިންނެވެ. އަދި އެކަކު އަނެކަކުގެ އެންމެ ގާތް އެކުވެރިންވެސް މެއެވެ. މި ދެމީހުން އޯލެވެލް ނިމުނީ އަދި ކިރިޔާއެވެ. އެއާ ޙިލާފައް ދެން ތިބި ތިން މީހުން އޭލެވެލް ނިންމައި ކިޔަވަން ކޮލެޖައް ދާން ފައްޓައިފިއެވެ.

އޭ ތިއެއް ނޫނޭ! ކޮބާ ޝަމްގެ ބެސްޓީ؟ އައި ރޯލް ކޮއްލަމުން އިޝާ ޖެއްސުން ފާޑަކައް އަހުޝަމް ކައިރިން އަހައިލިއެވެ. އެ ތެދެކޭ މީނަ ކޮބަޔޯ! އެއޮއްގެން 11 ޖެހީ! އަނެއްކާ ނާންނާނެބާ! އިމޯޝަނަލް ބްލެކްމެއިލް ކުރީމަވެސް އެ ހިލަގަނޑު ނައީ ދޯ ހަމަ!އަހުޝަމް އެހެން ބުނެލިތަނާ ގޭގެ ބެލް އެޅި އަޑު އިވުނެވެ. އަގހް…..ސްޕީކް އޮފް ދަ ޑެވިލް! ފޫހިގޮތަކައް އިޝާ ބުނެލިއެވެ.އޭރު އިޝާ ކިޔާ އެއްޗަކައް އަޅަލުމެއްނެތި ދެންތިބި އެންމެން ގޭގެ ބޮޑުދޮރާ ދިމާޔައް ހިނގައިގަތެވެ.

އެންމެން އެކީ ގެޔައް ވަދެގެން އައި ހައިޒަލް އައް އިޝާގެ ނަޒަރު ހުއްޓުނެވެ. ހައިޒަލް ލައިގެން ހުރީ ކަޅު ޓީޝަޓަކާ ނޫ ކުލައިގެ ޖިންސެކެވެ. ލައިގެން އިން ގަޔައް ދޫ ކަޅު ކުލައިގެ ޓީޝާޓުން އެ ބާމަތީގެ ފުޅާކަން ވަރައް ރީއްޗައް އެނގެއެވެ. ހިކި ހަށިގަނޑަކާ ދޮން މޫނެއް ލިބިފައިވާ ހައިޒަލް ގެ ރީތިކަން އިތުރު ކޮއްދެނީ ހައިޒަލް އައް ލިބިފައިވާ އަޅިކުލައިގެ ދެލޮލުނަނެވެ. ބަލައިލި ކޮންމެ މީހަކުވެސް އެންމެ އަޅައިގަންނަ ސިފައަކީ އެ ދެލޮލުގެ ރީތިކަމެވެ.އެ ރީތިކަން އަންހެން ކުދިންގެ ހިތްތައް މޮޔަ ކޮއްލާނެ ފަދައެވެ. އެންމެ އާދައިގެ ގޮތައް ހުއްޓަސް ހައިޒަލް ހީވަނީ ހަމަ މޮޑެލެއްހެނެވެ.

އިޝާޔައްވެސް ގެއައްވަދެގެން އައި ހައިޒަލް ފެނިފަ ހިތައް ގޮތެއް ވެލިއެވެ. ހައިޒަލްއާ ދިމާޔައް ބަލަން ހުރެވުނީއެވެ. ހައިޒަލްގެ ހާލަކީތޯ އެވެ. އަތްދިގު ކަޅު ކުލައިގެ ހުޑީއަކާ ހަމަ އެކުލައިގެ ގަޔައްދީ ސްވެޓް ޕޭންޓެއް ލައިގެން ހުރިއިރު އަޅައިގެން އިނީ ހަމަ ކަޅުކުލައިގެ ވައް ބުރުގަލެއް އަޅައިގެން އިން އިރު އެ މައުސޫމުކަމާ އެރީތިކަމް އެތއްގުނައެވެ. ހައިޒަލް އައްވެސް އިޙްތިޔާރުން ބޭރުގައި، އިޝާގެ މޫނައް ބަލަން ހުރެވުނީއެވެ.އެހާ ސާދަކޮއް ހުއްޓަސް ބަލައިލި ފިރިހެނެއްގެ ހިތައް އަސްރު ކުރާނެކަން ގައިމެވެ.ހައިޒަލްއައް ވެސް ވީ ހަމަ އެވަރެވެ. އެކަކު އަނެކަކައް ބަލަން ގެއްލިފަ ތިބި ދެމީހިން ސިއްސައިގެން ދިޔައީ………

ނުނިމޭ……

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eenaas_nash

Level 1

Other Articles

Previous

ނޭދެން ވަކިވާކަށް – 2 ވަނަ ބައި

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 27

Next
April 11, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 27

Previews
April 11, 2026

ނޭދެން ވަކިވާކަށް – 2 ވަނަ ބައި

3 Comments!

  1. Shaba_73 says:
    April 11, 2026 at 12:36 pm

    Your first story aa balaafa rangalhu 😊…
    Ginain liunu varakah improve vamun dhaany…
    Haizal nand Ishaa vrh cute Hehehe 😅
    Curiously waiting for the next part When’s next?

  2. Un_known says:
    April 11, 2026 at 1:11 pm

    MA vrh reethi 🤩💯🔥
    Curiously waiting for the next part
    When is next??
    Btw, keep it up 👏🏻

  3. Sheex says:
    April 11, 2026 at 3:12 pm

    Wow 1st part v reethi MA😲🤗🥰
    Wow sleepover akah gosgen ulhey baeh 🥱
    Ekamu sheex ah heevanee ishaa are haizal fiyavaa ehmen ethanan aii romantic movie eh balan hen 🤭🤭🤭
    NEXT part ga sheex ready vaanee popcorn hifaigen 🍿
    Omg is this ur first story 🫣🫢
    Overall asluves v reethi ⚘️
    But keep ot upp gurll🧚‍♀️
    CW4THENEXTP 🎀
    TC & LOTS OF LOVE 🫰❤️

Comments are closed.

Next Episodeހިތް އަވަސްވާ ގޮތް ވިޔޭ 1←


All Right Reserved!