ހީސަމާސާ ކުރުމުގައި މެންދުރުގެ ކެއުން ނިންމާލިއެވެ. އެކަކު އަނެކަކަށް ދިމާ ކުރުމުގައެވެ. އެނދުގައި ދެފަރާތަށް ފުރޮޅިފުރޮޅިލަ ނުހާ އޮތެވެ. ނުނިދިފައެވެ. ހިތަށާއި ސިކުނޑިއަށް ކުރާ އުނދަގުލެއްގެ ސަބަބުންނެވެ. ގޮތް ނޭނގޭ ގޮތްތަކެއް ވަނީއެވެ. ލޯމަރާލާ އިރަށް ފެންނަނީ ލުފްޝާންގެ ސޫރައެވެ. ކަންފަތުގައި ހަރުލާފައި ވަނީ ދެވަނަ އެހެން މީހެއްގެ އަޑެއް ނޫނެވެ. ލުފްޝާންގެ އަޑެވެ. ލުފްޝާންގެ ނަން ހިތަށް އަޔަސް މުޅިގައިން ހީބިހި ނަގައިގެން ދެއެވެ. ގަދަ ކަމުން ލޯމަރާލަމުން ބާލީހުގައި ވަރަށް ބާރަށް ބައްދައިގަތެވެ. އެނދުން […]
– 22 ފެބްރުއަރީގެ ބަޔާއި ގުޅޭ – މިއަދު މާލެއަށް އައި ގޮތަށް ޝަހުމް އަށް ވިސްނެނީ އޭނާގެ ރެޕެންޒިލް މަތިންނެވެ. އެކުއްޖާ އެފް.ބީ އިން ޗެޓް ކުރާއިރުވެސް ދުވަހަކުވެސް ފޮޓޯއެއްހާ ހިސާބުވެސް ލާފައިވާ ތަނެއް ނުފެނެއެވެ. އެކަމަކުވެސް އެ ކުއްޖެއްގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލު ތަކެއް އަންނަމުންދާކަން ޚުދު ޝަހުމްއަށްވެސް އިނގެއެވެ. އެތައް ދުވަސްތަކެއް ބޭކާރު ގޮތުގައި ހޭދަކުރެވިއްޖެކަމަށް އޭނާވެސް ޤަބޫލުކުރެއެވެ. އެ އަންހެން ކުއްޖާ ނޭނގިނަމަވެސް ވަރަށް ބޮޑަށް އޭނާގެ ދިރިއުޅުމާއި […]
– 15 ފެބްރުއަރީގެ ބަޔާއި ގުޅޭ – “ޝަހުމް އައިއްސި…” ވަރަށް ހިނިއައިސް އިނދެ، ލައިޝާގެ ކަންފަތް ދޮށުގައި އެހެން ބުނުމަށްފަހު ލަޔާ އަވަސް އަވަހަށް އެތަނުން ދިޔައެވެ. ކަން ވީގޮތް އެނގުމުން ލައިޝާއަށް ހަށި ފުރާ ނޭވާއެއްލެވުނެވެ. އަދި ބޯ ހޫރާލުމަށްފަހު ތަށިތައް ނަގާ ސާފުކޮށް، އޭނާގެ މަންޒިލަށް ދިއުމަށް އަވަސްވެގަތެވެ. “އައްސަލާމް ޢަލައިކުމް!..އައްސަލާމް ޢަލްއިކުމް!” ސަލާމް ގޮވަމުން އެތެރެއަށް ވަދެގެންއައި ޝަހުމް އެންމެ ފުރަތަމަވެސް ފެނުނީ ޝެހެނާއަށެވެ. އޭނާ އައީ ބަދިގޭގައި ހުރެފައި މީހަކު […]
އަހަރެންގެ ހިތް ކުދިކުދި ކުރަމުން ދިޔައެވެ. މާޒީވެ ގޮސްފައިވާ އެހާދިސާ އަހަރެންގެ ސިކުނޑީގައި ފެވެމުން ދާން ފެށުމުނެނެވެ. ދެންމެ ވީ ކަމެއްހެން އެހާދިސާ އަހަރެންގެ ކުރިމަތީގައި ތަމްސީލް ވަމުން ދިޔައެވެ. އަހަރެންގެ ފެންކަޅިވެފައިވާ ދެލޮލުން ހިޔާލީ ފިލްމުގެ ރޯލް އަނބުރާލީ މީގެ 7 އަހަރު ކުރިއަށެވެ. އަހަރެންގެ ހަޔާތުގެ ބަހާރުމޫސުމުގެ ދުވަސްތަކަށެވެ. އެދުވަހު އަހަރެން ވެސް ވަރަށް ފޮނި އުންމީދުތަކަކާއި ހުވަފެންތަކެއް ދުށީމެވެ. އަދި އެހުވަފެންތަކުގައި ރީތި އެކި ކުލަތައް ޖައްސައްމުންދިޔައީމެވެ. އެހެނަސް މިއަދު ކުރާނޭ ކަމެއްނެތެވެ. […]
– 1 ފެބްރުއަރީގެ ބަޔާއި ގުޅޭ – ތަނުގެ ވެރިޔާ ޑޮކްޓަރ ނާފިޒް، ތަނުގެ ކުރިއެރުމަށާއި އެހެނިހެން ގޮތްގޮތުން އެތަނުގައި ކުރަން ރާވާފައިވާ ކަންކަމާއި ބެހޭ ގޮތުން ވާހަކަ ދައްކައި، މަޝްވަރާކޮށް، ލަފާ އަހައި އޮޅުންފިލުވަމުންދެއެވެ. އޭނާއަކީ ހިތްހެޔޮ، މުވައްޒަފުންނަށާއި ބަލި މީހުންނަށް އޯގާތެރި، ކަމަށް ޤާބިލް ވެރިއެކެވެ. އެހެންކަމުން އެތައްބައެއްގެ ރުހުމާއި އިހްތިރާމް އޭނާއަށްވަނީ ލިބިފައެވެ. އޭނާގެ ދެދަރިން ކަމުގައިވާ ނާހިލްއާއި އަންހެންދަރިފުޅު ޒަވުޝްއަކީވެސް އެކުދިންގެ ބައްޕަ ފަދައިން ނަމޫނާ ކުދިންތަކެކެވެ. މިއަދުގެ ބައްދަލުވުމުގެ އެއް […]
– 25 ޖެނުއަރީގެ ބަޔާއި ގުޅޭ – މިއަދު އެދެމީހުންގެ އެންމެ ފުރަތަމަ ބައްދަލުވުމުންވެސް ލައިޝާގެ ފަރާތުން ފެނުނު ލަދުރަކި ހިނިތުންވުން ނިހާލްއަށް ވަރަށް ކަމުދިޔައެވެ. އަދި ހީނުކޮށް ހުއްޓައި ލައިޝާ ދާދި ދެންމެއަކު އެ ވަތް ކޮޓަރީގެ ދޮރުގައި ލިޔެފައިވާ ނަމުގެ ސަބަބުން ލައިޝާއާއި ބެހޭގޮތުން އޭނާ ހޯދަންބޭނުންވާ އެއްޗެހި އެނގުމަށް ފަސޭހަވިއެވެ. މަޢުނަވީ ހިނިތުންވުމެއް އޭނާގެ ފިޔާތޮށި ކުލައި ދެތުންފަތަށްވެރިވިއެވެ. “ޑޮކްޓަރ ލައިޝާ!…އާހް!.. ވަރަށް ރީތި” ނިހާލް މަޑު މަޑުން އެނަން ކިޔައިލިއެވެ. ފަތިހު […]
– 23 ޖެނުއަރީގެ ބަޔާއި ގުޅޭ – “އެހެންވީމަ ދޮންތިއަށް ހަމަ ހީވީ ރަނގަޅަށް. އޭރުވެސް ދޮންތި ބުނަމުންއައި އެއްޗެހި ހަނދާންކޮށްބަލަ!…އިފް ޔޫ ލަވް ސަމްވަން، ވެއިޓް އެން ވެއިޓް ޓިލް ހީ ސީކްސް ޔޯ ލަވް…..ބިލީވް މީ، މައި ލިޓްލް އެންޖަލް… ވަން ޑޭ، ޔޫލް ބީ ދި މޮސްޓް ހެޕިއެސްޓް ސިސްޓަރ އެވަރ…” ލައިޝާ ދިޔައީ އަދިވެސް ހިތްވަރު ކުރުމަށް ލަޔާއަށް ނަޞެޙަތްތެރި ވަމުންނެވެ.ކަމެއް ޙާޞިލުނުވިއޭ ބުނެ ފަހަތަށް ނުދުވެ، ކުރިއަށް ބެލުމަށެވެ. […]
– 13 ޑިސެމްބަރު ބަޔާއި ގުޅޭ – ޝަހުމްގެ ޙާލަކީތޯއެވެ. ނީޒާ އޭނާއާއި ދޭތެރޭ ކަންތައް ކުރިގޮތުން ޝަހުމްވަނީ ދިރިއުޅުން މަތިން އެއްކޮށް ފޫހިވެފައެވެ. މިކަމާއި އޭނާގެ މައިންބަފައިންނަށްވަނީ ފިކުރު ކުރަން ޖެހިފައެވެ. އެންމެފަހުން އެމީހުންނަށް ފެނުނު އެންމެ މޮޅު ގޮތަކީ ދުވަސްކޮޅަކަށް ނަމަވެސް ފަޒާލްއާއި އެކު ޝަހުމް ލަންކާއަށް ފޮނުވުމެވެ.މިކަމާއި ޝަހުމް ދެކޮޅެއް ނުހަދައެވެ. ވަރަށް ފަސޭހައިން އެންމެންގެ އެދުމުގެ މަތިން އެކަމަށް އެއްބަސްވެ، ދަތުރަށް ތައްޔާރުވެލިއެވެ. ފަޒާލް ވަރަށް ގިނައިން ލަޔާއަށް ގުޅޭތޯ މަސައްކަތް […]
– 2 ޑިސެމްބަރު ބަޔާއި ގުޅޭ – ވެފައިހުރި ވަރުބަލި ކަމާއެކީ ފަޒާލްކައިގެން އައިސް ޖައްސާލި ތަނުން ނިދީގެ ތެރެއަށް ގެނބިގެން ދިޔައެވެ. މެންދަމުގެ ވަގުތެވެ. އޭނާއަށް ހޭލެވުނީ ހޫނުވާތީއެވެ. ނަމަވެސް ފަޒާލް ވަނީ މާ ބޮޑަށް ވަރުބަލިވެފައެވެ. އެހެންއޮއްވައި އޭނާގެ ހަނދާނަށްއައީ މާލެ އައިފަހުން ވެސް ލަންކާގައި ގެންގުޅުނު ސިމް އޭނާގެ ފޯނުގައި އޮތްކަމެވެ. އޭނާއަށް ޔަޤީނެވެ. މިހާރު އެތަކެއް ކޯލްތަކެއް މިސްވެފައި ހުންނާނެއެވެ. ގެއަށް އައި ގޮތަށް ލަޔާލް މަޑު ހިނގުމެއްގައި ގޮސް އޭނާގެ […]