ފަރީނާ އަށް މިހުރިހާ މަންޒަރެއްވެސް ފެނުނެވެ. އޭނާއަށް މިދަތުރު ވެގެން ދާނީ އޭނާގެ ޙަޔާތުގައި ވާނެ އެންމެ އުފާވެރި ދަތުރު ކަމުގައި އޭނާގެ ހިތުގެ އަޑިން އެދެމުން ދިޔައެވެ. ހެނދުނުގެ ނާސްތާއަކަށް ތައްޔާރު ކުރެވުނީ މަސްހުންޏެވެ. ލުފްޝާއާއި ނުހާ އާއި ތަށްޓަކަށް މަސްހުނި އަޅައިގެން ގޮސް ހޭޅިފަށުގައި ޖައްސާލިއެވެ. ހާފިޒްގޮސް އިނީ ގޮނޑުދޮށަށް ވެއްޓިފައި އޮތް ގަހެއްގެ މަތީގައެވެ. ނުހާ އާއި ލުފްޝާން އެކަނި ވާހަކަ ދައްކާލުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ފަރީނާ ތަށި ހިފައިގެން އިށީންނާނެ […]
ފަރީނާ ޒާހިދާ ދެއްކި ވާހަކަތައް މަތިން ހަނދާންކޮށްލިއެވެ. “ފަރީ..ދައްތަ ބުނާ ގޮތަކަށް ހަދާ….ދަތުރު ކޮންމެހެން ހަދާފަވެސް ދާންވާނެ…ތިއީ ދައްތަ ފަރީއަށް ހުޅުވައިދިން ފުރުސަތެއް ކަމަށް އަބަދުވެސް ހަނދާން ކުރާތި އިނގެ…ލުފްޝާން އާއި ނުހާ އުޅޭ ގޮތަށް ބަލަން ހަދާނެ ކަމެއް ނެތް…. ފަރީ އުޅޭނީ ދައްތަ ބުނި ކަންތައް ކުރަން އިނގެ…” ޙިޔާލަކަށް ގެއްލިފައިހުރި ފަރީ ސިހިގެން ދިޔައީ ނުހާ ހަޅޭއްލަވައިގައިން އަޑަށްށެވެ. އޭރު ނުހާ އޮތީ ލުފްޝާންގެ އަތު ތެރޭގައެވެ. ލޯންޗަށް އަރަން އުޅުމުގެ ތެރޭގައި […]
ފަރީނާ ޒާހިދާ އާއި ދިމާލަށް ބަލާލަމުން ކަނާއަތް މުއްކަވާލަމުން ބޮޑުވައި އިނގިލި ޒާހިދާއަށް ދައްކާލިއެވެ. ދެވަނަ ސިކުންތުގައި އެދެމީހުންގެ ތުންފަތުގައި ދުވެލީ ނުބައިވެގެންވާ ހިނިތުންވުމެކެވެ. “ނުހާ…ދެންދޭ ފެންވަރައި ހަދާލައިގެން އަންނަން…މަންމަ ހުންނާނެ ނުހާއަށް އެންމެ މީރު ގޮތަށް ޕާސްތާ ހަދާލާފަ…ހަމަ ދަރިފުޅަށް ޙާއްސަކޮށްފަ…” ޒާހިދާ ނުހާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ. ނުހާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލަމުން ހީލިއެވެ. ނުހާ ގޮސް ކޮޓަރިއަށް ހަމަ ވަނުމާއިއެކު ޒާހިދާ ފުން ނޭވާއެއްލަމުން ސޯފާއިގައި އިށީނެވެ. “ފަރީ އާ ބުނާކަށް […]
ފަރީނާ ޒާހިދާ އާއި ދިމާލަށް ބަލާލަމުން ކަނާއަތް މުއްކަވާލަމުން ބޮޑުވައި އިނގިލި ޒާހިދާއަށް ދައްކާލިއެވެ. ދެވަނަ ސިކުންތުގައި އެދެމީހުންގެ ތުންފަތުގައި ދުވެލީ ނުބައިވެގެންވާ ހިނިތުންވުމެކެވެ. “ނުހާ…ދެންދޭ ފެންވަރައި ހަދާލައިގެން އަންނަން…މަންމަ ހުންނާނެ ނުހާއަށް އެންމެ މީރު ގޮތަށް ޕާސްތާ ހަދާލާފަ…ހަމަ ދަރިފުޅަށް ޙާއްސަކޮށްފަ…” ޒާހިދާ ނުހާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ. ނުހާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލަމުން ހީލިއެވެ. ނުހާ ގޮސް ކޮޓަރިއަށް ހަމަ ވަނުމާއިއެކު ޒާހިދާ ފުން ނޭވާއެއްލަމުން ސޯފާއިގައި އިށީނެވެ. “ފަރީ އާ ބުނާކަށް […]
– 04 މާރޗްގެ ބަޔާއި ގުޅޭ – މާލެއައި ފަހުން ދިމާނުވެގެން އުޅުން ޝަހުމްއާއި ލަޔާއަށް ދިމާވެވުނީ އޭގެ ތިންދުވަސް ފަހުންނެވެ. އޮފިހުން ކޮންމެރެޔަކު ލަހުން ގެއަށް އާދެވުމާއިއެކު ނަމާދު ކޮށްލާތަނުން ލަޔާއަށް ނިދެނީއެވެ. އެފް. ބީގައި ޝަހުމް ބުނާއެެއްޗަކަށް ޖަވާބެއް ދެވެނީވެސް ފޯނުން އެސް. އެމް. އެސް އެެއްގެ ސިފައިގައެވެ. އެހެންކަމުން މިއަދު ލަޔާ ބެލީ އޭނާއާއި ޙަވާލު ކުރެވިފައިވާ މަސައްކަތްތައް ނިންމާލުމަށްފަހު، ޝަހުމްއަށް އޭނާ އިނީ އޮންލައިންކަމުގައި ބުނެ މެސެޖް ފޮނުވާލިއެވެ. މާގިނައިރެއްނުވެ ޝަހުމްގެ ވާހަކަތައް […]
ނުހާ ފަހަތަށް އެނބުރި ބަލައިލިއިރު ލުފްޝާން ހުރީ ނުހާ އާ ދިމާލަށް ބަލަހައްޓައިގެންނެވެ. ލުފްޝާންގެ ލޮލުގެ ތެރެއިން ވިދަމުން ދިޔަ ކަރުނަތަކުން ނުހާއަށް އެތައް މާނައެއް ދޭހަވިއެވެ. އެހިތުގެ ތެޅުމުގެ އަޑު ނުހާއަށް އިވޭ ކަހަލައެވެ. ނުހާ މަޑުމަޑުން ގޮސް ފައްތާހްގެ ކުރިމަތީގައި ހުއްޓުނެވެ. “ބޭބޭ….” ފައްތާހް ހީލަމުން ނުހާގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ. “ދަރިފުޅު ބޭނުން ގޮތަކަށް ކަންތައް ކުރީމަ ރަނގަޅުވާނެ….ދަރިފުޅު ބޭނުންތަ މަންމައާއި އެކު ދާން…” ނުހާގެ ކަރުނުން ފުރިގެންވީ ލޮލަށް ބަލަމުން ފައްތާޙް […]
ހަލުވި ފިޔަވަޅު ތަކެއްގައި ގޮސް ފަރީނާ ވަނީ ގެއަށްށެވެ. މޫނު މަތިން ފެންނަނީ ހިތްހަމަ ނުޖެހުމުގެ ކުލަވަރެވެ. ކޮނޑުގައި އަޅުވާފައި ހުރި ކުޑަ ހޭންޑް ބޭގް ސޯފާ މައްޗަށް ހޫރާލަމުން ޒާހިދާއަށް ވަރަށް ބާރަށް ގޮވިއެވެ. ޒާހިދާ ކޮޓަރިން ދުވެފައި ކަހަލަ ގޮތަކަށް އައެވެ. ” ކިހިނެއްވީ ތިހާ ބާރަށް ތިހަޅޭއްލަވަނީ…” ޒާހިދާގެ ދެލޯ އިނީ ނިތްކުރީގައެވެ. “ޒާހިދައްތާ….ލުފްޝާން…..އަހަރެންގެ ލޯކުރިމަތިން މިއަދު ދިޔައީ އެހެން އަންހެން ކުއްޖެއް ގޮވައިގެން….” ޒާހިދާ ފަރީނާ މައިތިރި ކުރެވޭތޯ މަސައްކަތް ކުރިއެވެ. […]
ފަރީނާ ޒާހިދާގެ ކަރުގައި އޮޅުލައިގަންނަމުން ބުންޏެވެ. ” އަސްލުވެސްތަ؟..ކޮން ނަމެއްތަ އެގެއަށް ކިޔަނީ…އާން…ފިނިހިޔާ….” ފަރީނާ މިހެން ބުނުމުން ޒާހިދާގެ ދެލޯބޮޑުވިއެވެ. “ކީކޭ… މުއްސަނދި ފައްތާހްގެ ދަރިއެއްދޯ އެއީ…ޒާހިދައްތައަށް ހީވަނީ އޭނަ އަތުގަ ތިބުނާ ކުއްޖަކު އެކަނި ކަންނޭނގެ ހުންނަނީވެސް…ހޫމމ…ތިއީ ކުރަން ވަރަށް ރަނގަޅު ކަމެއް…ފަރީނާ މަންމަ ގާތު ދައްތަ ތިވާހަކަ ދައްކާނަން….” ޒާހިދާ މިހެން ބުނުމުން ފަރީނާގެ އެ އުފާވެރިކަން ދެގުނައަށް ބޮޑުވި ކަހަލައެވެ. އަނެއްކާވެސް ބާރަށް ކަރުގައި އޮޅުލައިގަންނަމުން ބުނެލިއެވެ. “އަސްލުވެސްތަ…އޯ…ޔޫ އަރ ސޯ ސްވީޓް.. […]
ނުހާ ހުރީ ލުފްޝާން އާއި ހަތަރު ކަޅި ހަމަ ކުރަންވެސް ނުކެރިފައެވެ. ފުށް ގަނޑު މޮޑެލުމަށް ފަހު ރޮށި ދަމަން ފެށިއެވެ. ލުފްޝާން ފެންފުޅި ހިފައިގެން އައިސް ނުހާގެ ފުރަގަހުގައި ހުއްޓުނެވެ. “އެއީ އެހާ ވަރުގެ ކަމެއް ނޫން…ނުހާ ބިރުގަތީއެއްނު…އޯކޭ…އެކަމާ ދެން އެހާވަރަށް ވިސްނާ އެއްޗެއް ނޫން… އަހަރެން ވާހަކައެއް އަހާލަންތަ؟…” ތަވާ މައްޗަށް ރޮށިލަމުން ނުހާ އާނއެކޭ ބުނުމުނގެ ގޮތުން ދެފަހަރަކު ބޯޖަހާލިއެވެ. ފެން ކޯވަރެއް ބޯލުމަށް ފަހު ލުފްޝާން ވަރަށް ނޫން ގޮތަކަށް އަހާލިއެވެ. […]