އަހަރެންގެ ހިތް ކުދިކުދި ކުރަމުން ދިޔައެވެ. މާޒީވެ ގޮސްފައިވާ އެހާދިސާ އަހަރެންގެ ސިކުނޑީގައި ފެވެމުން ދާން ފެށުމުނެނެވެ. ދެންމެ ވީ ކަމެއްހެން އެހާދިސާ އަހަރެންގެ ކުރިމަތީގައި ތަމްސީލް ވަމުން ދިޔައެވެ. އަހަރެންގެ ފެންކަޅިވެފައިވާ ދެލޮލުން ހިޔާލީ ފިލްމުގެ ރޯލް އަނބުރާލީ މީގެ 7 އަހަރު ކުރިއަށެވެ. އަހަރެންގެ ހަޔާތުގެ ބަހާރުމޫސުމުގެ ދުވަސްތަކަށެވެ. އެދުވަހު އަހަރެން ވެސް ވަރަށް ފޮނި އުންމީދުތަކަކާއި ހުވަފެންތަކެއް ދުށީމެވެ. އަދި އެހުވަފެންތަކުގައި ރީތި އެކި ކުލަތައް ޖައްސައްމުންދިޔައީމެވެ. އެހެނަސް މިއަދު ކުރާނޭ ކަމެއްނެތެވެ. […]