ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 62
އީމަންއަށް ލިބުނު ހައިރާންކަމެއްގެ ސަބަބުން ލޯބޮޑުކޮށްލެވުނެވެ.”ވަޓް؟؟”
“އާނ. މިހުރިހާ ކަމަކީ އީމަންއާ ހެދި ވާކަންތައްތައް. އީމަން ރީމްއަށް މަޖުބޫރުކުރީމަ ރީމް އެހެން ކަންތައް ކުރަން އެއުޅެނީ. ރީމް ނުހުޓުވިއްޖެނަމަ އަހަރެން ދުވަހަކުވެސް އީމަންއަށް މަޢާފެއް ނުކުރާނަން ، ހަނދާންކުރާތި.” ޔާނާ ރުޅިވެރިކަމާއެކު ވާހަކަ ދެއްކުމަށްފަހު ކުރިއަށް ހިގައިގަތެވެ. ވާނުވާ ނޭނގިފައި ހުރި އީމަންވެސް ޔާނާގެ ފަހަތުން ހިނގައިގަތެވެ. އޭނާގެ މޫނުމަތިން ހައިރާންކަން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުވެއެވެ.
ރީމް އިނީ ޑޮކްޓަރުގެ ކޮޓަރީގައެވެ. ޔާނާއާއި އީމަން ގޮސް ވަނުމާއެކު ރީމްގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އިސްޖަހާލުމަށްފަހު އަނެއްފަރާތަށް އެނބުރުނެވެ.
“ރީމް ޔާނާ އެބުނަނީ ތެދުވާހަކައެއްތަ؟” އީމަން ހައިރާންވެފައި ސުވާލުކޮށްލިއެވެ. ރީމްއެއްޗެކޭ ނުބުންޏެވެ.
ޑޮކްޓަރު ހައިރާންކަމާއެކީ ބަލަން އިނެވެ. އީމަންއަށް އެކަން އިހުސާސްވުމާއެކު ޑޮކްޓަރު ކިބައިން މަޢާފަށް އެދުމަށްފަހު ރީމްއަށް އައިސް ދިނުމަށް އެދުނެވެ. ޑޮކްޓަރުގެ އިޖާޒަތާއެކީ ރީމް ބޭރަށް ނިކުތެވެ.
“ބުނެބަލަ! ރީމް ބަނޑުބޮޑީތަ؟” އީމަން ސުވާލުކޮށްލިއެވެ.
ރީމްއެއްޗެކޭނުބުނެ ޔާނާއަށް ބަލައިލިއެވެ.
“އަހަރެން މިއިނީ ބޭރުގަ.” ޔާނާ އީމަންއާ ރީމްއަށް ބަލައިލަމުން އެތަނުން ދާން ހިނގައިގަތެވެ.
“ޔާނާ މަޑޫކޮށްބަލަ.” އީމަން އެދުނެވެ.
“އީމަން. ތިއީ ތި ދެމަފިރިންގެ ދެމެދުގައި އޮތް ކަމެއް. އަހަރެން ތިކަމުގެ ތެރެއަށް ވައްދަން ނޫޅުނިއްޔާ ރަނގަޅުވާނީ.” ޔާނާ ބުނެލިއެވެ.
ކްލިނިކްގެ ބޭރުގައި ހުރި ބެންޗްގައި ޔާނާ އިށީނނިއެވެ. ލޮލުގައި ޖަމާވަމުންދިޔަ ކަރުނަތިކިތައް ފައިބަންފެށިއެވެ. ހިފެހެއްޓުމެއްނެތިއެވެ. ހިތްވަރުކުރުމުގެ ގޮތުން ޔާނާއަށް ތިރީ ތުންފަތުގައި ދަތްއަޅައިލެވުނެވެ.”ޔާﷲ. މިއީ ކޮންފަދަ އިމްތިހާނެއް. ހިތާ ދެކޮޅަށް މަސައްކަތް ކުރަން ޖެހުން މިއީ ކޮންފަދަ ވޭންހުރިކަމެއް. މިކަމުގައި މިއަޅާއަށް އިބަރަސްކަލާނގެ ރަހްމަތްލައްވާނދޭވެ. އަދި ކެތްތެރިކަން މިންވަރުކޮށްދެއްވާނދޭވެ.” ޔާނާ އުޑަށް ބަލައިލަމުން ހެއްދެވިފަރާތަށް ދުޢާކުރިއެވެ. އަދި އޭނާއަށް އެންމެ ރަނގަޅުގޮތް މިންވަރުކޮށްދެއްވުން އެދިވެސްމެއެވެ. ސަބަބަކީ ހިތް ބުނަމުންދިޔަ ވާހަކަތަކެވެ. ތަކުރާރުކޮށް ހިތްބުނަމުން ދިޔައީ އީމަން އެދައްކަނީ ތެދު ވާހަކަ ތަކެއް ކަމުގައެވެ. އޭނާއަކީ އީމަންގެ ޔާނު ކަމުގައެވެ. އެކަމަކު އެނބުރި ދާނީ ކިހިނެތް ހެއްޔެވެ؟ “އީމަން! އަހަރެން މިއީ އީމަންގެ ޔާނާކަމުގައި ވާނަމަ، މިހާރު ވަރަށް ލަސްވެއްޖެ. ނޭގުމުގެ ތެރޭގައި އަހަރެންނަށް މިވަނީ އެނބުރި އިޔާދަކުރަން ދަތި މަގަކުން ދަތުރު ކުރެވިފަ.” ޔާނާއަށް ގިސްލެވުނެވެ.
ހިތްވަރުކޮށްފައި މޫނުފުހެލިއެވެ، އެވަގުތު ޔާނާއަށް ފެނުނީ އީމަން ވަރަށް ބާރު ހިނގުމެއްގައި ކްލިނިކުން ނިކުމެގެން ގޮސް ކާރަށް އެރިތަނެވެ. އަދި އެއަށްފަހު ކާރު ދުއްވާލިއެވެ. ޔާނާއަށް ހައިރާންކަން ލިބި ކޮޅަށް ތެދުވެވުނެވެ. ރީމްކޮބައިބާއޭ ހިތް ސުވާލުކޮށްލިއެވެ.
ޔާނާއަވަސްއަވަހަށް ކްލިނިކްތެރެއަށް ވަދެގެން ދިޔައެވެ.
“އައި އެމް ރެޑީ ފޯރ ދަ އެބޯރޝަން.” ރީމް ޑޮކްޓަރުކައިރީގައި ބުނެލިއެވެ. ޑޮކްޓަރުގެ ކޮޓަރިއަށް ވަން ޔާނާއަށް ނޫނެކޭ ބުނެވުނެވެ. ޑޮކްޓަރުއަދި ރީމްއަށްވެސް އެދިމާއަށް ބަލައިލެވުނެވެ.
“ސޮރީ ޑޮކްޓަރ. އެކަމަކު ރީމްގެ ފިރިމިހާ އެއްބަހެއް ނޫން މި އެބޯރޝަން ހައްދާކަން. ފިރިމީހާގެ ހުއްދަނެތި އެބޯޝަން ހެއްދުމުން ޤާނޫނީ ގޮތުން ފިޔަވަޅުއެޅޭނެ. އަހަރެންނަށްއެނގިފައިވާގޮތުން މިތަނަކީ ހަމައެކަނި ޤަބޫލުވެވޭ ފެންވަރުގެ އުޒުރެއް އޮތްކަމަށް ޑޮކްޓަރުންގެ ޓީމަކުން ކަނޑައެޅުމުން އެބޯޝަން ހައްދާ ތަނެއް. އެހެންވީމަ….” ޔާނާ ޑޮކްޓަރަށް ހުރަސްއެޅިއެވެ.
ޑޮކްޓަރަށް އިތުރު އެއްޗެކޭ ބުނެވުމުގެ ކުރިން ރީމް ރުޅިވެރިކަމާއެކު ޔާނާގެ އަތުގައި ހިފައިގެން ބޭރަށް ނިކުތެވެ.
“ކީއްކުރާނަމޭ ހިތާތަ ތިއުޅެނީ.؟” ރީމް ރުޅިއައިސްފައި ވާހަކަ ދައްކަންފެށިއެވެ. “މިއީ އަހަރެންގެ ދިރިއުޅުން. މިކަން ކުރަން މިއުޅޭ ސަބަބު އަހަރެން ވަރަށް ރީއްޗަށް ކިޔައިދީފިން. ދެން…”
“ތީގަ މައްސަލައަކީ އަހަރެން ތިކަމުގެ ތެރޭގަ ވާތީ. ރީމް ތިކަން ކުރަން ތިއުޅެނީ އަހަރެންނާ އީމަންއާ ގުޅުވާކަށްނު. އެކަމަކު އަހަރެން ބޭނުމެއް ނޫން ތިގޮތެއް……. އީމަން ކީކޭ ބުނީ؟” ޔާނާ ވާހަކަ ދައްކަމުން ގޮސް ސުވާލުކޮށްލިއެވެ.
“އަހަރެން ބުނީމެއްނު މާން ޤަބޫލެއް ނުކުރާނެޔޭ މިއީ އޭނަގެ ކުއްޖެއްކަމަކަށް. އެހެންވިއިރު މިކުއްޖާ މިދުނިޔެއަށް އައުމުގެ އެއްވެސް މާނައެއް ނެތެއްނު؟” ރީމް ދެރަވެލާފައި ބުންޏެވެ.
“އީމަން ޤަބޫލުނުކުރިޔަސް ރީމްއަށް އެބަ އެނގެއެއްނު ތިއީ އީމަންގެ ކުއްޖެއްކަން. ރީމް އީމަންދެކެ ތިހާ ލޯބިވާނަމަ ކީއްވެ ތިވަރު ބޮޑު ކުށެއް ތިކުރަނީ. އެއްދުވަހަކުން އީމަންއަށް އިހުސާސް ކުރެވޭނެ ތިއީ އީމަންގެ ކުއްޖެއްކަން. އީމަންއަށް ވިސްނަދީ. ހަނދާންކޮށްދީބަލަ ތިދެމީހުންގެ ގުޅުން.” ޔާނާ ވިސްނައިދިނެވެ.
ރީމް ފުންނޭވާއެއް ލަމުން އެއްފަރާތަކަށް އެނބުރުނެވެ. “ތިއީ ދެން ބޭކާރުކަމެއް. އަހަރެން މި ހުރިހާ ދުވަހު މިކުރީ ތި މަސައްކަތް. މާން އެންމެ ފަހަރަކުވެސް އަހަރެންނަށް ލޯބިން ބަލައެއް ނުލާ. އަހަރެންނާ މާންކައިރިވީވެސް އެންމެ ރެއެއްގަ. އެކަމަކު އެއީވެސް ޔާނާ ކަމުގައި ހީކޮށް. އެއުފާވެރި އިހުސާސްތަކުގެ ބަދަލުގައި އަހަރެންނަށް މިހާ ބޮޑު އަގެއް ދައްކަން ޖެހިދާނެކަމަކަށް އުންމީދެއް ނުކުރަން……. ޔާނާ. އަހަރެންނަކީ ވަރަށް ބަދުނަސީބު މީހެއް. މުޅި އުމުރުގައި ލޯބި ލިބޭތޯ ސަލާން ޖެހީ. ލޯބި ލިބުމުން އުމުރު ދުވަހަށް ވަކިވާން މިޖެހުނީ. އަހަރެންނަށް ޔަޤީން މާން ދުވަހަކުވެސް ޤަބޫލެއް ނުކުރާނެ މިއީ އީމަންގެ ކުއްޖެއް ކަމަކަށް. އެއީ ޔާނާނޫން އެހެން މީހެއްގެ ހިޔަނި އެޅޭހާ ހިސާބަށް ގާތްވާންވެސް އީމަން އިންކާރުކުރޭ.”
ރީމްއަށް ކޮށްފައިވާ ފުންއަސަރުތަކުގެ ސަބަބުން ޔާނާ ފެންކަޅިވިއެވެ. އެވަގުތު އޭނާގެ ހަޔާތުގައި އަޅަން ޖެހުނު އެންމެ ދަތި ފިޔަވަޅު އެޅިއެވެ.
މަޑުމަޑުން ރީމްގެއަތް ނެގުމަށްފަހު ޔާނާގެއަތުތެރޭގައި ބާއްވާލިއެވެ. އަދި މަޑުމައިތިރިކަމާއެކު ވާހަކަ ދައްކަންފެށިއެވެ.
“މިހުރިހާ ދުވަހު ރީމް މަސައްކަތް ކުރީ ޔާނާއާ އީމަން ގުޅުވަން. އެކަމަކު އެކަމެއް ނުވިއެއްނު. ތަޤްދީރުގައި އެކަން އެގޮތަށް ހަމަ ޖެހިފައެއް ނެތެއްނު. ދެން އޮތީ ރީމްއަށް ރީމްގެ ހައްޤުލިބުން. އަހަރެން އެކަންކޮށްދޭނަން.” ރީމް ހައިރާންވެފައި ބަލައިލިއެވެ. “އާނ! އަހަރެން ރީމްއަށް ރީމްގެ ހައްޤުހޯދަ ދޭނަން.ވެދާނެ އަހަރެން މިއީ އީމަންގެ ޔާނާ ކަމަށްވެސް. އެކަމަކު އަހަރެންނަށް އީމަންގެ ހަޔާތަށް އަނބުރާ ދެވޭނެ ރާސްތާއެއް ނެތް. އަހަރެން މިރޭ ވަޢުދުވަން. ރީމްއަށް ރީމްގެ މާން ހޯދަ ދޭނަން. ރީމްގެ ބަނޑުގައިތިވާ ދަރިފުޅުގެ ބައްޕަ ރީމްއަށް ގެނެސް ދޭނަން. އެކަމަކު ތި ކުރަންއުޅޭ އެއްވެސް ކަމެއް ކޮށްގެން ނުވާނެ.” ޔާނާ ޝަރުތުކުރިއެވެ.
ރީމް ދެކޮޅުހަދަން އުޅުނެވެ. ނަމަވެސް ޔާނާ އެއްބަސްކުރުވިއެވެ. ހިތާއި ދެކޮޅަށެވެ. އޭނާގެ ހިތަށް ވަމުން މިދާ ތަދަކީ އޭނާއަކީ ޔާނާއަށް ވުމުގެ ހެއްކަކަށް ވެދާނެއެވެ. ނަމަވެސް މިއަދު އޮތީ މިގޮތެވެ. ކެތްކުރުންނޫން ގޮތެއް މިއަދަކު ނެތެވެ. ޔާނާ ރީމް ގޮވައިގެން ބޭރަށް ހިނގައިގަތެވެ. ރީމްއަށް ރީމްގެ ދިރިއުޅުން ބާއްޖަވެރިކޮށްދޭނެކަމުގައި ވަޢުދުވަމުންނެވެ. ނަމަވެސް އަމިއްލަ ދިރިއުޅުމުގައި ހުޅު ރޯކުރެވެނީކަމުގައި އެންމެފަހަރަކުނަމަވެސް ވިސްނާލެވުނު ނަމައެވެ. އިންސާނުންނަށް އެކަކު އަނެކަކުގެ ހިތުގައިވާ އެއްޗެއް ފެންނަނަމަ ރީމްގެ އެކަރުނަ ތަކުގެ ފަހަތުގައިވި ހީލަތްތެރިކަން ޔާނާއަށް ފެންނާނެއެވެ. މިއިން ކޮންމެ ފިޔަވަޅަކީ ރީމްގެ ހިތުގައި އެންމެ މަޤްސަދެއް ހާސިލްކުރުމުގެ ބޭނުން އޮވެގެން އަޅާފައިވާ ފިޔަވަޅުތަކެކެވެ. އެއީ އީމަން ހާސިލްކުރުމެވެ. ޔާނާގެ ކިބައިގައިވާ އެންމެ ބަލިކަށިކަންކަމަށްވާ މަޢުސޫމުކަމުގެ ފައިދާ ނަގައިގެން ރީމް މިކުޅުނު ޑްރާމާ ވަރަށް ކާމިޔާބެވެ. ޔާނާފަދަ މަޢުސޫމުކުއްޖެއް ރީމްގެ ދަލުގައި ޖެހިގެން ދިޔައިރު ޔާނާ އޭނާގެ އަމިއްލަ ދިރިއުޅުންވެސް ގުރުބާންކުރަން ނިންމީއެވެ. ފަހަށް ވާނެ ގޮތެއް ނުވިސްނައެވެ.
ކްލިނިކުން ނިކުމެގެން ދިޔައިރު ރީމްގެ މޫނުމަތީގައިވަނީ ފަޙްރުވެރިކަމުގެ ހިނިތުންވުމެވެ. އޭނާގެ މަޤްސަދު ކާމިޔާބުވާންއުޅޭކަމުގެ ކޮޅުމަތި ފެންނަމުން ދާތީއެވެ.
“ޝާމްބޭ!” އޮފީހުގެ މޭޒުކައިރީގައި އިން ޝާމްއަށް ކޮޓަރިއަށްވަދެގެން އައި ހުމާމު ގޮވާލިއެވެ. ޝާމްހައިރާންކަމާއެކު ބަލައިލިއެވެ.
“އަހަރެން ހިއެއް ނުކުރަން ޝާމްބެ ތިއީ ތިވަރަށް ދަށްފެންވަރެއްގެ މީހެއް ކަމަކަށް.” ހުމާމު ހިތްހަމަ ނުޖެހި ހުރެ ބުނެލިއެވެ.
“ކިހިނެތްވީ؟ ހުމާމު ކީކޭތަ ތިކިޔަނީ؟” ޝާމް ހައިރާންވެފައި ހުރެ ސުވާލުކޮށްލިއެވެ.
އިތުރުވާހަކައެއް ދެއްކުމެއްނެތި ހުމާމު ދައްކާލީ އަތު އޮތް ފޯނެވެ. އެއީ ޝާމް ޖާހަތުއާ ހަވާލުކުރި ފޯނެވެ. ޝާމްއަށް ސިހުންލިބުނެވެ. ނަމަވެސް ވަރަށް އަވަހަށް ހަމަ ޖެހިލިއެވެ.
“ސޯ! ހުރިހާ ކަމެއް އެނގުނީ ދޯ؟” ޝާމް ހަމަޖެހިލަމުން ސުވާލުކޮށްލިއެވެ. ޝާމްގެ އަމަލުހުރިގޮތްފެނި ހުމާމަށް ހައިރާންކަން ލިބުނެވެ.
“އެހެންވީމަ ބޭބެއަށް އެނގިހުރެ ދޯ ހުރިހާ ކަމެއްވެސް ކުރީ؟ ކީއްވެ؟ އަދި އެހާ ހަޑިކޮށް؟” ހުމާމަށް ހައިރާންކަމާއެކު ބުނެލެވުނެވެ.
“ނޯ. ޔޫ އާރ ގެޓިން އިޓް ރޯންގް.” ޝާމް ތަފްސީލުކޮށްދިނެވެ. “މިކަމުގައި ކުށްވެރިވަނީ އަހަންނެއް ނޫން. ޖާހަތުއެއްވެސް ނޫން. ހުމާމު. މިއަދު ހުމާމާ ސުވާލުކުރަންވީ އަހަރެން. ޖާހަތު މިތަނަށް ގެނެވެނު ގޮތާ ބެހޭގޮތުން. އެންމެ ބޮޑު ކަމަކަށް ޖާހަތު މިތަނަށް އައީ އަމިއްލަ ރުހުމުގައެއްވެސް ނޫން. ސޯ….؟ ޔޫ ނޯ ވަޓް އައި މީން. މިކަން ބޭބެއަށް އެނގިއްޖެ ނަމަ ހުމާމު ތިކުރި ހުރިހާ މަސައްކަތެއް…” ޝާމް ބޮނޑުވާއިނގިލިން ތިރިއަށް އިޝާރާތް ކޮށްލިއެވެ.
ހުމާމު ކަންބޮޑުވިއެވެ. ޝާމް ވާހަކަ ކުރިއަށް ގެންދިޔައެވެ. “ދެން އަނެއްކާ އަނެއް މައްސަލަ. ޖާހަތު އެއިނީ ހުމާމަށް ބަލިވެ.” ހައިރާންކަމާއެކު ލޯ ބޮޑުކޮސްލެވުނު ހުމާމު ޝާމްގެ ވާހަކައަށް ވަގުތުން އިންކާރުކުރިއެވެ. “ނޫން އެއީ އަހަރެންގެ ކުއްޖެއްނޫން.”
“އޯހ. ދެން އެހެންވީއިރު ޖާހަތު އެއީ ހުމާމު ދަންނަ މީހެއްވެސް ނޫން.” ޝާމް ބުނެލިއެވެ.”ދެން މިމައްސަލަ ހައްލު ކުރާނީ ބޭބެ.” ޝާމް ހަރުކަށިކަމާއެކު ބުނެލިއެވެ.
“ނޫން ނޫން. ބައްޕަ ކައިރީ ނުބުނޭ. އާނ. އަހަރެން ޤަބޫލުކުރަން އަހަރެން ޖާހަތު ގެނައީ ގަދަކަމުން މަޖުބޫރުކޮށްގެންކަން. އެކަމަކު ޖާހަތު ބަލިވެ އެއިނީ އަހަރެންނަކަށް ނޫން.” ހުމާމު އަވަސް އަވަހަސް ބުނެލިއެވެ.
“ދެން ޔޫ އާރ ޑެފިނިޓްލީ ފިނިޝްޑް މައި ބްރަދާރ” ޝާމް ފޮނިވެލާފައި ބުންޏެވެ. “މިސާލަކަށް ބޭބެ އެއްބަސްވީޔޯ ތި ކައިވެންޏަށް. އެކަމަކު ޖާހަތުގެ ބަނޑުގައި އެވަނީ ކާކުގެ ކުއްޖެއްކަމެއްވެސް ނޭނގެއެއްނު. މާނައަކީ ޖާހަތުއަކީ އަގެއް ނެތް އަންހެނެކޭ. އެކަހަލަ އަންހެނެއް ބޭބެގެ އާއިލާ އާ ގުޅުވަން ހަމަ ހިލާ އެއްބަހެއް ނުވާނެ.” ޝާމްގެ ޖުމުލަތަކުން ހުމާމަށް ބިރުވެރިކަން ލިބެމުން ދިޔައެވެ.
“ކޮންކަމަކަށް އެއްބަހެއް ނުވާނެޔޭ؟” އެތެރެއަށް ވަދެގެން އައި ޝިޔާމަށް އިވުނު އެއްޗަކާ ގުޅުވައިގެން ސުވާލުކޮށްލިއެވެ. ހުމާމަށް ހައިރާންކަން ލިބި ދެލޯ ބޮޑުކޮށްލެވުނެވެ. ޝާމް ނުލަފާ ހިނިތުންވުމަކުން ހުމާމަށް ބަލައިލި ހިނދު ހުމާމު ދެކޮޅަށް ބޯ ހޫރާލީ ނުބުނާށޭ ބުނާކަހަލަ ގޮތަކަށެވެ.
“މިދައްކަނީ ހުމާމުގެ ވާހަކަ. ހުމާމުވެސް ބޭނުން އެބަވޭ ކައިވެންޏެއް ކުރަން،.” ޝާމް ބުނެލިއެވެ.
“ކީކޭ؟” ޝިޔާމް ހައިރާންކަން ލިބި ބަލައިލިއެވެ. ހުމާމު ޝާމަށް ލޯއަޅާލީ ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުންނެވެ.
“އާނ! ބޭބެ ކައިރީގަ ބުނަން ނުކެރިގެން އެއުޅެނީ.” ޝާމް އިތުރަށް ވާހަކަ ދައްކަމުން ދިޔައެވެ. ހުމާމު އިނީ ބުނަންވީ ކީކޭ ކަމެއް ނޭނގިފައެވެ.
“އެހެންވީއިރު މިވީ މާ ރަނގަޅަކަށްނު. ޝާމްވެސް އެބަ ޖެހެއެއްނު އަންހެން ކުއްޖާ ބޭބެއާ ބައްދަލުކުރުވަން. އެހެންވީމަ ދެކުދިންވެސް މިރޭ ގެއަށް ގެންދަމާ، ކެއުމަކަށް. ނޫނީ ބޭބެ ދާންވީތަ އެކުދިންގެ ގެއަށް.” ޝިޔާމް ހިޔާލު ހުށައެޅިއެވެ.
“އަހަރެންނަށް ހީވަނީ ޑިނާރއަށް ގެނައުން މާ ރަނގަޅުހެން، ދޯ ހުމާމު.” ޝާމް ހުމާމަށް ދޯ ދިނެވެ. ޝާމް ދިޔައީ ހުމާމު އެކިކޮޅުކޮޅުން މަޅިފަތީގަ ޖައްސަމުންނެވެ. ސަލާމަތްވާނެ އެއްކޮޅެއްވެސް ނެތީއެވެ.
ޝާމްއަކީ އަމިއްލަ އެދުން ބޮޑު މީހެއްކަން ހުމާމަށް ވަނީ ފާހަގަ ކުރެވިފައެވެ. ނަމަވެސް ނޭނގި އޮތްކަމަކީ މިފަހަރު ޝާމް އޭނާއަށް މި ލަނޑު ދެނީ ކޮން ބޭނުމެއް އޮވެގެން ކަމެވެ.
ޝިޔާމް އެކޮޓަރިން ނިކުތެވެ. ޝާމްވެސް ޝިޔާމްގެ ފަހަތުން ނިކުންނަން ހިނގައިގަތެވެ.
“ބޭނުންވަނީ ކޮންކަމެއް؟” ހުމާމު ޝާމްއަށް ބުނެލިއެވެ.
ފޮނި ހިނިތުންވުމަކާއެކީ ޝާމް މަޑުކޮށްލިއެވެ. “އަދި ކިރިޔާ ތިއާދެވުނީ ޕޮއިންޓަށް.” ޝާމް ހުމާމާ ދިމާއަށް އެނބުރެލިއެވެ. “ކުރިންވެސް ތިސުވާލު ކޮށްލިނަމަ މި ހުރިހާ ސަކަރާތެއްޖަހާކަށް ނުޖެހުނީސް. އަހަރެންނަށް ހީވަނީ ހުމާމުގެ ސިކުނޑީގެ ބޮކި…”
“ކޮންކަމެއް ހެއްޔޭ ބޭނުމީ؟” ހުމާމު ޝާމްގެ ވާހަކަތައް މެދުކަނޑާލަމުން ރުޅިވެރިކަމާއެކު ބުނެލިއެވެ.
ޝާމް މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސާލިއެވެ. ޖެއްސުމުގެ ގޮތުންނެވެ.
އެއަށްފަހު ސީރިއަސް ވެލަމުން “ޒާންގެ ޕްރޮޖެކްޓް” އޭ ބުނެލިއެވެ.
ހުމާމަށް ލިބުނީ ހައިރާންކަމެކެވެ. “ވަޓް؟؟ ބޭބެއަށް ހަމަ ރަނގަޅަށް އެނގޭނެ މި ޕްރޮޖެކްޓް އަހަރެންނަށް މުހިންމު މިންވަރު.”
“އޯކޭ ދެން.” ޝާމް ފަރުވާލެއް ނެތް ރާގެއްގައި ދެކޮނޑު އަރުވާލަމުން ބުނެލިއެވެ.
“އަހަރެންނަށް ވަގުތުކޮޅެއް ދީ.” ހުމާމު އެދުނެވެ. ޝާމް ހިނިތުންވެލިއެވެ. “އޯކޭ ބްރޯ. މިއަދު ހަވީރުވަންދެން ބޭނުންވަރަކަށް ވަގުތު ހޯދާ. ބޭބެ ބުންޏެއްނު މިރޭ އަހަރެން އިންނަން އުޅޭ ކުއްޖާ ދައްކާށެ. ސޯ؟؟” ޝާމް ބޭރަށް ނިކުމެގެން ހިނގައިގަތެވެ. ފުންވިސްނުމެއްގައި ހުމާމު އެކޮޓަރީގައި ހުރިފިޔަވަޅުމަތީގައި ހުއްޓެވެ.
“ކީކޭ؟؟ އެއީ ހަމަ އެޔާނާއޭތަ؟” ޝަކީލާ ހައިރާންވެފައި ސުވާލުކޮށްލިއެވެ. ޝަކީލާއާއި ރީމް ތިބީ ރީމްގެ ކޮޓަރީގައެވެ.
“އާނ މަންމާ އެއީ ހަމަ ޔާނާ.” ރީމް އޮޅުންފިލުވައިދިނެވެ.
“ދެން؟” ޝަކީލާ ސުވާލުކުރިއެވެ.
“ދެން ކޮންކަމެއް؟” ރީމްވެސް ރައްދުގައިކޮށްލީ ސުވާލެކެވެ.
“މިބުނީ ދެން ދަރިފުޅު ކަންތައް ކުރާނީ ކިހިނެތް ހެއްޔޭ؟ ދެން އީމަންއަށް ނުލިބޭނެ ދަރިފުޅާ ދިމާއަށް ބަލައިލާނެ ހިނދުކޮޅެއްވެސް.” ޝަކީލާ ކަންބޮޑުވުން ފާޅުކޮށްލިއެވެ.
“ހާސްނުވޭ މަންމާ. ޔާނާއަށް އީމަންކައިރިއަށް އާދެވިގެނެއްނު އެހެންވާނީ. މިފަހަރު މިހަދާލި އެތިފަހަރުން ދެން އަނބުރާ މިކޮޅަށް އައުމެއް ނެތް. ކުރިންފަހަރު ޔާނާ ދިޔައީ ދާހިތަކުން ނޫން. އެހެންވީމަ އަނބުރާ އެ އާދެވުނީ…. މިފަހަރު އޭނަ ފޮނުވާލާނީ އޭނަގެ އަމިއްލަ އިޚްތިޔާރުގައ. އެހެންވީމަ ދެން ހަމަ ޔަޤީނުންވެސް އަނބުރާ އައުމެއް ނެތެއްނު.” ރީމް ފަހުރުވެރިކަމާއެކު ބުނެލިއެވެ.
ޝަކީލާ ފުންނޭވާއެއް ބޭރުކޮށްލަމުން ހިނިތުންވެލިއެވެ. “މަންމަ ބޭނުމެއްނޫން ޔާނާއަށް ދެރައެއް ދޭކަށް. އެކަމަކު މިހާރު ދަރިފުޅުވެސް ތިއިނީބަލިވެ. އެހެންވެއްޖެނަމަ ދަރިފުޅަށް އީމަންގެ އަޅާލުން ވަރަށް މުހިންމު. އެހެންނޫނަސް މަންމައަކަށް ކެތެއް ނުކުރެވޭނެ ދަރިފުޅު އަބަދު ބަތްތަށީގެ އެއްފަޅިން ކާކަށް. އެކަމަކު….” ޝަކީލާގެ ހިނިތުންވުން ފަނޑުވެ ވާހަކަ ހުއްޓުނެވެ.
“އެކަމަކު ކިހިނެތްވީ؟” ރީމް ސުވާލުކުރިއެވެ.
“ޔާނާ ބުނީ އީމަން ޤަބޫލެއް ނުކުރެޔޯ ތިއީ އީމަންގެ ކުއްޖެއްކަމަކަށް؟” ޝަކީލާ ޔާނާ ދެއްކި ވާހަކަތައް ހަނދާންކޮށްފައި ސުވާލުކޮށްލިއެވެ. ރީމްގެ ދިރިއުޅުން އާބާދުކޮށްދޭނެކަމުގެ ޔަޤީންކަން ޔާނާ ޝަކީލާއަށްވެސް ދިނެވެ.
ޝަކީލާގެ ސުވާލުން ރީމް ކަންބޮޑުވާގޮތްވިއެވެ. މޫނުމަތިން ހާސްކަންފެންނަން ފެށިއެވެ. ރީމް އެއްޗެކޭ ނުބުނުމުން ޝަކީލާ ގޮވާލިއެވެ. ރީމް ސިހުނެވެ.
“މަންމާ. އެއީ މާން އަހަރެންދެކެ ހިތްހަމަ ނުޖެހި ހުރުމުގެ ސަބަބުން ބުނި އެއްޗެއް. ފަހުން ރަނގަޅުވާނެ.” ރީމް އަވަސް އަވަހަށް ބުނެލިއެވެ. ރީމްގެ ޖަވާބުން ޝަކީލާއަށް ހަމަޖެހުމެއް ނުލިބުނެވެ.
“ދަރިފުޅު ތިދައްކާ ވާހަކަ މަންމަ ޤަބޫލުކޮށްފިން. މަންމަ ހީކުރަން ތިއީ ތެދުވާހަކައެއްކަމަށްވާނެކަމަށް. އެކަމަކު ނުވެއްޖެނަމަ، މަންމަ ޚުދު ދަރިފުޅު އީމަންގެ ހަޔާތުން ދުރުކުރުވާނަން.” ޝަކީލާ ލޯބިން ވާހަކަ ދައްކަމުން ދިނީ އިންޒާރެކެވެ. އެއަށްފަހު ނިކުމެގެން ދިޔައީއެވެ.
9 Comments
Comments are closed.
Nashaa alhey Eman aa Yaanu Hama nugulhenee tha ? 🙁 haadha deraey 🙁 mibai ves varah reethi, Reem GE malheega Hama rangalhah ves Yaanu jehunee dhoa, anehbai GE inthizaaruga 🙂
Adhi kithah bai eba ohtha
haadha reecheyyy mivaahaka…mifahakah iais mihaareethi vaahaka eh nukiyannn…nashaa thankolhehhh bodahhh sifa kurun thahhh gennan feneyyyy..mee rish ge hiyaalehhh
haadha reecheyyy mivaahaka….nashaa thankolhehhh bodahhh sifa kurun thahhh gennan feneyyyy..mee rish ge hiyaalehhh
މިބައިވެސް ވަރަށް ރީތި، އާއިޒުއަށް ޖާހަތު ލިބޭނޭތަ؟ ރީމް ގެ ޕޮލޭން ފަޅާއަރާނެތާ؟ އީމަން އަށް ޔާނާ ލިބޭނެތަ؟
އަނެއްބައި ވަރަށް އަވަހަށް އޕޮކޮށް ދޭތި އިނގޭ ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ
އީމަންއަށް ޔާނާ ނުލިބޭނަމަ ދެންވަރަށް ފޫހިވޭ… މުޅިވާހަކައިގެ މެއިން ކެރެކްޓަރ ބަކަލުވީ
Varah reethi vaahaka
v v v v v v v reethi mibai vessssssssssssssss
?? aneh bai kon irakun tha up kohdheyny
aneh bai v kiyaa hithun mi inee
🙂 🙂 🙂 keep it up nashaa
ރީމް އަށް އީމާން ލިބެންޏާ ވާހަކަ ވަރަސް ހަޑިވާނެ ފޫހި …. ވަރަށް ގޯސް ރީމް