Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 66

nashaa Level 210 Stories
November 29, 2013 4 Mins Read
6 Comments

ފްލައިޓަށް އެރުމުގެ ކުރިން ޔާނާ ޒާންއަށް ގުޅިއެވެ.
ކާރުކައިރީގައި ހުމަޔޫންއާވާހަކަ ދައްކަން އިން ޒާން ފޯނު ވައިބްރޭޓްވާން ފެށުމުން ބަލައިލިއިރު ޔާނާ އެވެ. އެއްފަރާތަކަށް ޖެހިލުމަށްފަހު ފޯނު ނެގިއެވެ . ޔާނާ ޒާންއަށް އޭނާ ރާއްޖެ އަންނަން އުޅޭ ވާހަކަ ބުންޏެވެ. ޒާން ކަންބޮޑޫވެފައި ދެކޮޅުހެދިއެވެ. ނަމަވެސް ދެން ކެންސަލް ނުކުރެވޭނަކަން އެނގުމުން އެއްބަސްވިއެވެ.
“ކިހިނެތްވީ؟ ހާދަ ކަންބޮޑުވެފަ؟” ފޯނުބޭއްވުމަށްފަހު އައި ޒާން ކައިރިން ހުމަޔޫން އެއްސެވެ.
“އާނ. ވައިފް އެބައާދޭ މިކޮޅަށް. ކުއްލިއަކަށް އަންނަންޖެހިގެން. އެކަމަކު ދަންވަރާ މިދިމާވަނީ. ދެން ޖެހޭނީ މާލޭގަ މަޑުކުރުވަން.” ޒާން ބުނެލިއެވެ.
“ދެން ކިހިނެތް ހަދާނީ؟ މާލޭގަ ރައްޓެއްސެއް އުޅޭތަ؟” ހުމަޔޫން ސުވާލުކޮށްލިއެވެ.
“ނޫން. ރައްޓެއްސެއް ނޫޅޭނެ. އަހަރެންނަށް ނުވެސް ނެތް މާލެ ދެވޭކަށް. މާދަމާ އެބަޖެހޭ ފޯއްމުލަކަށް ފުރަން. މާލެ ދެވެން އަންނަނީ މާދަން ނޫން އަނެއް ދުވަހުން. އެއީވެސް ފަހަރެއްގަ. އަހަރެން ހުރީ މަންމަ ގޮވައިގެން މާދަމާ ހުރެފަ ފުރަން.” ޒާން އިތުރަށް ކިޔައިދިނެވެ.
“އެހެންތަ؟ އެހެންވީއިރު މަންމަ ކުރިން ފޮނުވަންވީނު އެކޮޅަށް.” ހުމަޔޫން ލަފާ ދިނެވެ.
“އެކަމަކު މިހާ ދަންވަރު، އެކަނި ފޮނުވާކަށްވެސް ނުވާނެއެއްނު؟” ޒާން ކަންބޮޑުވިއެވެ.
“ކޮބާ އެކަނި ވެފަ. އެތިބަ ދެގުރާވެސް ދެން ބޭނުންވާނީ ވީ އެންމެ އަވަހަކަށް ފުރާކަށެއްނު. މިރެއިންމިރެއަށް ހުރިހާ ކަމެއް ހަމަ ޖެހުނީ.” ހުމަޔޫން ކިޔައިދިނެވެ. ޒާން އެއްބަސްވިއެވެ.
“އެހެންވީމަ ހިނގާ އަވަހަށް ތައްޔާރު ވަމާ.” ޒާން ކާރަށް އަރަމުން ބުނެލިއެވެ. އަދި ޖާހަތުމެންނަށް ގޮވަން އެދުނެވެ.
“އޭތް. ދެން މުޅި އުމުރު ތިތަނުގަތަ ހޭދަކޮށްލާނީ. ހިނގާ ދާން.” ހުމަޔޫން އާއިޒުމެންނާ ދިމާކޮށްލިއެވެ. އެކަކު އަނެކަކަށް ބަލައިލުމަށްގަހު ހިނިތުންވެލަމުން އާއިޒުއާއި ޖާހަތު ކާރަށް އަރައި ދުއްވާލިއެވެ.
“ކީއްވެ ކުއްލިއަކަށް އަންނަނީ؟” މަރީނާ ސުވާލުކުރީ ޒާންއާއެވެ. ޔާނާކުއްލިއަކަށް މިކޮޅަށް އަންނަން ޖެހުނު ސަބަބަކާ ބެހޭގޮތުންނެވެ.
“އެއީ ދެން މިކޮޅަށް އަންނަނީ އެއްނު. އަނެއްކޮޅުން މާ ރަނގަޅެއްނު. މަންމައާވެސް ބައްދަލުވީއެއްނު.” ޒާން ހަމަ ޖައްސާލިއެވެ.
“މަންމަގެ މައްސަލައެއް ނެތް. އެހެންވީމަ އަވަހަށް ދަތުރަށް ހަދަންވީ.” މަރީނާ އިށީނދެގެން އިން ގޮނޑިން ތެދުވަމުން ބުނެލިއެވެ.
“މަންމަ ކިހިނެތް އިޔާނާ ފާހަގަ ކުރާނީ؟” ޒާން ސުވާލުކުރިއެވެ.
“އައްދެ. މަންމައަށް ކިއްވެ އިޔާނާ ނޭނގެންވީ. ކުރިންވެސް ފެނިފައެއްނު ހުރީ” މަރީނާ ބުނެލިއެވެ.
“ނޫނޭ. މިހާރު ވަރަށް ތަފާތު. މިހާރު އިޔާނާ ހުންނަނީ މަންމަ ގޮތަށް ކަޅުހެދުންލައިގެން.” ޒާން ބުނެލިއެވެ.
“ކީކޭ؟” މަރީނާ ހައިރާންވިއެވެ. އެއީ އިޔާނާގެ އަމަލުތައް ހުރި ގޮތުން އޭނާ ދުވަހަކަވެސް ބުރުގާ އަޅާފާނެކަމަކަށް ވިސްނިފައި ނެތީމައެވެ. “އެއީ އަނެއްކާ ހަމަ ކުރިންފަހަރު އައި އިޔާނާތަ؟”
މަރީނާގެ ސުވާލުން ޒާންއަށް ސިހުންލިބުނު ނަމަވެސް މާބޮޑު ސަމާލުކަމެއް ނުދިނެވެ.
“އަވަހަށް ޕެކް ކޮށްލާ. ޖާހަތުއާ އާއިޒުވެސް އަންނާނެ ތައްޔާރުވެލައިގެން.” ޒާން ބުނެލިއެވެ. އަދި ބޭރަށް ނިކުތެވެ.

މަރީނާމެންނަށް މާލެ ދެވުނީ މެންދަމު 1ގަޑި ބައިގައެވެ.
“އިޔާނާގެ ފްލައިޓް ޖައްސާނެ ބައިގަޑިރު ފަހުން.” މަރީނާ ބުނެލިއެވެ.
“އެހެންވީމަ މަޑުކޮށްލާނީ ދޯ؟”އާއިޒު ޖާހަތަށް ބުނެލިއެވެ. ޖާހަތު އާނއެކޭ ބުނެލަމުން ބޯޖަހާލިއެވެ.
“ނޫނޭ. ދަރިފުޅުމެން ދެން ދޭ. ދައްތަ އިޔާނާ ގޮވައިގެން ހިނގައިދާނަން.” މަރީނާ ބުނެލިއެވެ. ނަމަވެސް އާއިޒު އެގޮތް ބޭނުމެއް ނުވިއެވެ.
މާގިނައިރުތަކެއްނުވެ ފްލައިޓް ޖެއްސިއެވެ. މަރީނާއާއި އިޔާނާ ދިމާވީ ގުޅައިގެންނެވެ. އަނދިރީގެތެރެއިން ޖާހަތުއާ އާއިޒަށް އިޔާނާ ފެނުމުން މާބޮޑަކަށް ފާހަގައެއް ނުކުރެވުނެވެ. ނަމަވެސް އަޑުން ޖާހަތުއަށް ޝައްކު ކުރެވެމުން ދިޔައެވެ.
“އަހަރެން ވަރަށް ބޮޑަށް ޔާނު މަތިން އެބަ ހަނދާންވޭ.” ޖާހަތު ފެރީގައި އިނދެ ބުނެލިއެވެ.
ފެރީއިންފޭބުމާއެކު އާއިޒުއާ ޖާހަތު މިސްރާބު ޖެހީ ގެއަށެވެ. ޖާހަތު އިނީ ސައުދިއްޔާއާ ބައްދަލުކުރާހިތުން ކެތްބަލިވެފައެވެ. ޔާނާއާއި މަރީނާ ދިޔައީ ޒާން ހިފައިފައި ހުރި ގެސްޓް ހައުސްއަށެވެ.
“ދަރިފުޅު ކުރިއާ ހާދަ ތަފާތޭ. އެކަމަކު ކުރިން ދެކެފަ ހުރި ވައްތަރުވެސް އެބަ ޖަހާ.” މަރީނާ ޔާނާއަށް ބަލަމުން ބުނެލިއެވެ.
“އެހެންތަ؟ ޒާން ބުނި ކުރިން ރަށަށް ދިޔަ ވާހަކަވެސް. އެކަމަކު ހަނދާން ނެތީމަ.” ޔާނާ އިސްޖަހާލަމުން ބުނެލިއެވެ. ދެމީހުންވެސް ތިބީ ކޮޓަރިގައެވެ.
ސައުދިއްޔާއަށް ޖާހަތު ފެނުމާއެކީ އޮޅުލައިގަތެވެ. އަދި އުފަލުން ޖާހަތުގެ ނިތްކުރީގައި ބޮސްދިނެވެ. ޖާހަތުއަށްވެސް ވީ އުފަލުން ރޮވުނެވެ.
އެތަކެއް ވާހަކަ ދައްކަން ތިބުމަށްފަހު އެންމެން ނިދަން ދާން ތެދުވިއެވެ. ޖާހަތުގެ ފަހަތުން އާއިޒުވެސް ހިނގައިގަތެވެ.
“އާއިޒު ކޮންތަނަކަށް؟” ސައުދިއްޔާ ގޮވާލުއެވެ.
“ނިދާކަށްނު؟” އާއިޒު ހައިރާންކަމާއެކީގައި އެނބުރި ޖަވާބުދިނެވެ.
“އުނހު. ދެން ތިދެކުދިންނަށް އެއްކޮޓަރިއަކަށްވަދެވޭނީ ކައިވެންޏަށް ފަހުގަ. މަންމަ މެން މިއުޅެނީ އެކަންތައް ހަމަ ޖައްސަން.” ސައުދިއްޔާ ބުނެލިއެވެ. އާއިޒު ހިނިއައިސްފައިހުރެ ބޯޖަހައިލިއެވެ. މަންމަ ދައްކާ ވާހަކައަށް އެއްބަސްވަމުންނެވެ.
ޔާނާ އޮތީ ނިދާށެވެ. މަރީނާއަށް އޮވެވުނީ އެމޫނަށް ބަލާށެވެ. އެއީ އޭނާއަށް ކޮންމެވެސް ތަނަކުން ވަރަށް ގިނައިން ފެނިފައިވި މޫނެކެވެ. ނަމަވެސް ހަނދާނަކަށް ނާދެއެވެ. މަރީނާގެ ހިތުގައި ކަންތައްތައްވަމުންދާ ގޮތާމެދު ޝައްކު އުފެދުނެވެ. ހަނދާނަށް އައީ މީގެ ދެރޭކުރިން ޒާން ދަންވަރު ކުރި ފޯން ކޯލެވެ. އެރޭ ޒާން ފޯނުން އެންމެންނާ ދެއްކި ހުރިހާ ވާހަކަތަކެއްވެސް މަރީނާއަށްވަނީ އަޑު އިވިފައެވެ. އެހެންކަމުން މިކަމުގައި ކޮންމެވެސް ނުބައެއް އުޅޭކަން ހަމަ ޔަޤީނެވެ.

ހެނދުނު 8ގަޑި ބައިވިއިރު ސައުދިއްޔާގެ އެންމެން ތިބީ ސައިބޯށެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމާއި ހިތްހަމަ ޖެހުމެވެ. މަޖަލުގައި އެކިވާހަކަ ތަކުގައި ތިބެގެން ސައިބޮއި ނިންމާލުމަށްފަހު އެންމެން ތެދުވިއެވެ.
“އޭ ޖާތު، މަރީނާއްތަގެ ހަބަރެއް ބަލަން ގުޅާލަބަލަ.” އާއިޒު ޖާހަތުއަށް ބުނެލިއެވެ. “ހޮޓަލުން ކާންވީމަ ވަރަށް އުދަގޫވާނެއެއްނު. އަނެއްކާ ޒާންގެ ވައިފް އިނީ ބަލިވެ. ކޮންމެ ކޮންމެ އެއްޗެއް ނުވެސް ކެވޭނެ.”
ޖާހަތު އާއިޒުގެ ފޯނު ނަގައި ގުޅާލިއެވެ. އެކޮޅުން މަރީނާ ހަލޯއޭ ބުނެލިއެވެ.
“ހަލޯ. މަރީނާއްތާ! ސައިބޮއެފިންތަ؟” ޖާހަތު ސުވާލުކޮށްލިއެވެ.
“އާނ. ސައިބޮއެފިން.” މަރީނާ އެކޮޅުން ޖަވާބުދިނެވެ. “ތިކުދިން ގޭގަތަ؟”
“އާނ، ގޭގަ މިތިބީ. ތިކޮޅަށް ދާންވީ ދޯ؟ ޒާންގެ އަންހެނުންނާ ރޭ ރަނގަޅަށް ބައްދަލުވެސް ކޮށްނެލުވުނުވިއްޔާ.” ޖާހަތު ބުނެލިއެވެ.
“އާނ އާދޭ. އެކަމަކު ދައްތަމެން މިހާރު މިތިބީ ހ.ލައިޓްހައުސްގަ.” މަރީނާ ބުނެލިއެވެ.
“ހ. ލައިޓްހައުސް. އެންމެ ރަނގަޅު.” ޖާހަތު ފަހަތުން ނަން ބުނެލަމުން ފޯނު ބޭއްވިއެވެ.
“ހ. ލައިޓްހައުސް؟ ހީވަނީ ދަންނަ ގެއެއް ހެން.” ފޯނު ބޭއްވި ޖާހަތަށް ބަލައިލަމުން އާއިޒު ބުނެލިއެވެ.
“އަހަރެންވެސް މިވިސްނަނީ ތިކަމާ. އެއީ ކޮންގެއެއްބާ؟” ޖާހަތުއަށްވެސް ކޮށްލެވުނީ ސުވާލެކެވެ.
“އާނ… އެނގިއްޖެ. އެއީ އީމަންގެ ގޭ.” ޖާހަތު ކުއްލިއަކަށް ހަނދާންވުމުން ބުނެލިއެވެ.
“އެކަމަކު އީމަންގެ ގޭގަ މަރީނާއްތަމެން ތިބީ ކީއްވެ؟” އާއިޒު ސުވާލުކުރިއެވެ.

“އީމަންގެ ބައްޕައާ އަހަރެންނާ ވަރަށް ރަޙްމަތްތެރި. އީމަންގެ ބައްޕަ ނިޔާވުމުން އީމަންގެ ކަންތައްތައް ކޮށްދިނުމަށް އަހަރެން މިގެއަށް އައިސް އުޅެން ފެށިގޮތަށް މިގޭގެ މަސައްކަތްކުރަމުން ދިޔައީ. އެކަމަކު މިހާރު މަސައްކަތް ކުރަނީ ލާރި ހޯދުމަކަށް ނޫން. އީމަންގެ މައްޗަށް ޖެހިފައިވާ ދަރިކުލުނުގެ ސަބަބުން.” މަރީނާ ވާހަކަތައް ކިޔައިދެމުން ދިޔައީ އެނދުމަތީގައި އިށިނދެލައިގެން ތިބި ޖާހަތުއާއި އާއިޒުއަށެވެ. އެގެއަށް އާދެވުމާއެކު ޖާހަތު އޮޅުންފިލުވަން ބޭނުންވީ އެކަމެވެ.
“އެކަމަކު ތިކުދިންނަށް އީމަން އެނގުނީ ކިހިނެތް؟” މަރީނާ ހައިރާންވެފައި ސުވާލުކޮށްލިއެވެ.
ޖާހަތު ހިނިތުންވެލިއެވެ. “ވަރަށް ގިނަ ގޮތްގޮތުން. އީމަންއަކީ އަހަރެންގެ ކްލާސްމޭޓޭއް. އަދި ރައްޓެއްސެއްވެސްމެ. އަދި އޭގެ އިތުރުން އަހަރެންގެ ބެސްޓްފްރެންޑް މެރީކޮށްގެންވެސް އުޅެނީ އީމަންއާ.” ޔާނާގެ ވާހަކަ ދެއްކުނު ހިނދު ޖާހަތުގެ ލޮލުން އުންމީދީ ކުލަވަރެއް ފެނިގެން ދިޔައެވެ. އެއާއެކު މަރީނާއަށް ބަލައިލަމުން ސުވާލުކޮށްލިއެވެ. “އެހެންވީމަ މަރީނާއްތަ އަށް އެނގޭނެއެއްނު އީމަންއާ ގުޅޭނެ ނަމްބަރެއް؟”
މަރީނާ ޖަވާބުގައި ބޯޖަހާލިއެވެ. ޖާހަތު އުފަލުން ގޮސް ފޮޅުނުފަދައެވެ. ޖާހަތުގެ ހިނިތުންވުންފެނި އާއިޒަށްވެސް ހިނިތުންވެލެވުނެވެ.
މަރީނާ ޖާހަތުއަށް ގުޅައިދިނެވެ.
“ހަލޯ. މަރީނާއްތަ؟” އެކޮޅުން އީމަން ބުނެލިއެވެ.
“އީމަން. މިއީ ޖާހަތުއޭ.” ޖާހަތު ހިނިތުންވެލައިގެން ހުރެ ބުނެލިއެވެ.
“ޖާތު؟” އީމަންގެ އަޑުގައި ވަނީ ހައިރާންކަމެވެ.
“ޕްލީޒް. އިތުރު އެއްވެސް ސުވާލެއް ކުރުމުގެ ކުރިން ޔާނުއާ ވާހަކަ ދައްކުވައިދީ. ޕްލީޒް.” ކެތްތެރިކަން ކޮޅުންލާފައިވާ ޖާހަތު ބުނެލިއެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދަނީއެވެ. އެކޮޅުން ޔާނާގެ އަޑު އިވޭނެ ވަގުތަކަށެވެ.
ނަމަވެސް ދެންވެސް ވާހަކަ ދެއްކީ އީމަންއެވެ. “ސޮރީ ޖާތު. ޔާނު މިވަގުތު ނޫޅެޔޭ ގޭގައެއް. އަހަރެން މިއިނީވެސް އޮފީހުގަ. ޔާނުވީ ޝޮޕިންއަށް ގޮސް.” އީމަން އަވަސްއަވަހަށް ބުނެލިއެވެ.
ޖާހަތު މާޔޫސްވިއެވެ. “އެވަރަށް އުންމީދުކުރުމުންވެސް.” ޖާހަތުއަށް ތުންދަމާލެވުމާއެކު ފޯނު ބެއްވިއެވެ.
“ކަނޑާލީތަ؟ އީމަންއާ ވާހަކަ ދައްކާލިނަމަ.” ޖާހަތު ފޯނު ކަނޑާލިތަން ފެނި އާއިޒު ބުނެލިއެވެ. ޖާހަތުއަށް އެކަން ވިސްނުނީ މާފަހުންނެވެ.
އީމަން ފޯނު ބޭއްވުމަށްފަހު އޮފީހުގެ ގޮޑީގައި ލެނގިލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލިއެވެ. އަނެއްކާ ފޯނު ރިންގުވާންފެށުމާއެކު ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ.
“ހަލޯ އީމަން؟” އެކޮޅުން ވާހަކަ ދެއްކީ އަންހެނެކެވެ. ރާގުގައި އިނގިރޭސި ގޮތްގަނޑު ހުރުމުން އީމަންވެސް އާނއެކޭ ބުނެލީ އިނގިރޭސިންނެވެ.
“މިއީ ސުޒޭން. ހަނދާން އެބަހުރިތަ؟” އެކޮޅުން ވާހަކަ ދެއްކި ސުޒޭން ބުނެލިއެވެ.
“އާނ އާނ. އޯރފަނޭޖްގަ އުޅޭ ދޯ؟” އީމަން ޔަޤީންކޮށްލިއެވެ. ސުޒޭން އާނއެކޭ ބުނެލިއެވެ.
“ކީއްވެ ތިގުޅީ؟ ކަމަކުތަ؟” އީމަން ސުވާލުކޮށްލިއެވެ.
“އާނ. އީމަން ކައިރީ ދައްކަން ބޭނުން ވަރަށް ބޮޑު ވާހަކައެއް އޮތީމަ…” އެކޮޅުން ސުޒޭން ބުނެލިއެވެ. އީމަން އެއީ ކޮންވާހަކަ އެއްތޯ އެއްސެވެ.
“އެއީ އީމަންގެ އަންހެނުން ޔާނާއާ ބެހޭ ވާހަކައެއް.” ސުޒޭން ކުރުކޮށް ބުނެލިއެވެ.
އީމަން ފުން ނޭވާއެއް ދޫކޮށްލިއެވެ. “ތިވާހަކަ ދެން ދެއްކުމުގެ އެއްވެސް މާނައެއް ނެތް. ޔާނާ ހިނގައްޖެ އަހަރެން ދޫކޮށްލާފަ.” އަދި ސުޒޭންއަށް އެކަންތައް ކިޔައިދިނެވެ.
“ނޫން އީމަން. ހިތްވަރު ދެރަނުކުރޭ. ޔާނާ އެއީ މިސްޓަރ ޒާންގެ ވައިފް ނޫންކަން އަހަރެންނަށް ޘާބިތުކޮށްދެވިދާނެ.” އެކޮޅުން ސުޒޭން ބުނެލިއެވެ. އީމަންއަށް ކޮޅަށް ތެދުވެވުނީ އަޑު އިވުނު ބަސްތައް ޤަބޫލުނުކުރެވިގެންނެވެ.
***************

“ދެން ޔާނުއަށް އަދި ފަހުން ގުޅާނީ.” ޖާހަތު އީމަންއަށް ފޯނު ދިއްކޮށްލަމުން ބުނެލިއެވެ.
“ކޮބާތަ ޒާންގެ ވައިފް. ނުވެސް ފެނޭ.” ޖާހަތު ސުވާލުކުރިއެވެ.
” ސައިބޯން އިނީ.” މަރީނާ ޖަވާބުގައި ބުނެލިއެވެ. ތިންމީހުންވެސް މިސްރާބުޖެހީ ކާކޮޓަރިއަށެވެ.
“މިގެއަށް އާދެވުނީމަ ހާދަ ޔާނު މަތިން އެބަ ހަނދާންވެޔޭ.” ކޮރިޑޯގައި ހިނގަމުން ޖާހަތު އެކިދިމަދިމާއަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ.
ފަހަތުގައި ހުރި މަރީނާގެ ހިޔާލަށް އައީ އޭނާ ހެނދުނު ޔާނާ ގޮވައިގެން އެގެއަށް ވަތް ވަގުތުކޮޅެވެ. “ހީވަނީ ވަރަށް ދެކެފަރިތަ ގެއެއްހެން.” ހައިރާންކަމާއެކު އެކިކޮޅުކޮޅަށް ނަޒަރުހިންގަމުން ދިޔަ ޔާނާއަށް ބުނެވުނެވެ.
ޖާހަތުމެން ގޮސްވަނީ ކާކޮޓަރިއަށެވެ. ސައިބުއިމާއިގެން މަޝްއޫލުވެފައި އިން ޔާނާ ފެނި އާއިޒުއާއި ޖާހަތުގެ ފިޔަވަޅުތައް ގަނޑުވިކަހަލައެވެ. “ޔާނު!!؟؟” ހައިރާންވެފައި ޖާހަތަށް ބުނެލެވުނެވެ.
ޔާނާއަށް އަޑުއިވި އެދިމާއަށް ބަލައިލެވުނެވެ.

Share Article

Follow Me Written By

nashaa

Level 210 Stories

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 65

Next

އޯގަސްޓް 12-13 (ތިންވަނަ ބައި)

Next
November 30, 2013

އޯގަސްޓް 12-13 (ތިންވަނަ ބައި)

Previews
November 28, 2013

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 65

6 Comments!

  1. afsa says:
    November 29, 2013 at 11:10 pm

    yaana sifa jaathu hama fenna thanun engihje? mivanee kihineh? ekam reem eemaan n shakeelaa akah neygun? ma heekohgen mi huree mi hurihaa dhuvahu plastic sergary hadhaafa huree kamah

  2. Shaama says:
    November 29, 2013 at 11:12 pm

    varah varah varah varah reethi mibae, kury bae kiyaafa roi roi, ekm mihaaru hiyhama jehijje.. 🙂 keep it up..

  3. Niha says:
    November 30, 2013 at 12:50 am

    varah reethi mibaives 🙂 alhey Eman haadha dheravefaey Yaanu dhiyaeema 🙁 anehbayah varah inthizaaru kurevey ingey Nashaa

  4. Niha says:
    November 30, 2013 at 11:22 am

    Nashaa, hama konme reyakuves upload veema mivaahaka kiyaalan 🙂 mihaaru heevanee hurihaa mumma thah eheevaane hen Yaanu aai Eman ah 😀 meehama reyga vaahaka kiyaaleema hama hithah eri ehceh. Kuree 65 part kiyaalaafa hithah eri yaanaa aai Jaahathu dhimaavaane ey hehehhehe,

    Kureega mivaahaka upload vaan gina dhuvas nagaathee varah shaguverikan geley ekamu mihaaru varah kiyaahih vey 🙂 asluga ingey hama busy kamum kan liyuntheriyakah avahah post nukurevenee 🙁 ekamuves hama varah inthizaaru kurevey aa baeh kiyaalan 🙂 avahah post kureema varah ufaavey 😀

  5. nashaa says:
    November 30, 2013 at 12:16 pm

    ކޮމެންޓްކޮށްލި ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.!

    Niha! Thanx for ur support. actually all we want is a comment in return of each of our udate. By checking the page views i can see how many people read this story, but a comment really does matter. I always look forward to see a comment of my readers. Thax for all ur suppot

  6. faathy says:
    November 30, 2013 at 1:09 pm

    commenteh dhenya faathy ah buneveyny…..mivaahakaige kureekolhu v reehchey….ekam fahulolhu v hama nujheyey…asfa bunihen yaanuge sifa badhalu nuvaairu yaanu neygen v keehve….accident investigate kuri polihun nahves hama hageegaiy nuhoadhuneetha…….sorry to say this……but its not realistic…..hageevatha v dhuru….just like a hindhi series….i hope next time you will think abt that…..otherwise story is nice

Comments are closed.


All Right Reserved!