Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 61

nashaa Level 310 Stories
November 24, 2013 4 Mins Read
11 Comments

ޖާހަތުގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ހުމާމު ވާހަކަ ނުދައްކާ މަޑުކޮށްލިއެވެ. އެކޮޅުން ވާހަކަ ދައްކަންދެނެވެ.
“ހަލޯ؟؟!! އަނެއްކާ ގުޅީ؟ އަހަރެން ބުނީމެއްނު ބިޒީ އޭ. ފަހުން ގުޅާނަމޭ.” އެކޮޅުން ޝާމްގެ އަޑު އިވުނެވެ. ހުމާމު ޔަޤީންކުރަން ދަތިވެފައި އަޑުއަހަން އިނެވެ.
“ހަލޯ؟؟ ހަލޯ” ވާހަކަ ނުދެއްކުމުން އެކޮޅުން ޝާމް ގޮވާއަޑުއިވެއެވެ.
ހުމާމު ފޯނު ކަނޑާލިއެވެ. އެއަށްފަހު ކޮންޓެކްޓްސް ހުޅުވައިގެން ނަމުގެ ޑީޓެއިލްސް ބެލިއެވެ.
“ޝާމްބެ؟” ލިބުނު ސިހުމާއެކު ހުމާމަށް ބުނެލެވުނެވެ.
ޖާހަތުއަށް އިނދެވުނީ ހަދާނެގޮތެއް ނޭނގިފައެވެ.
“ޝާމްބެއާ ޖާހަތުއާ………..” ލިބިފައިވާ ސިހުމުގެ ބޮޑުކަމުން ހުމާމަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ.
ޖާހަތުގެ މޫނުމަތިން ހުރިހާކަމެއް ހާމަވަމުން ދިޔައެވެ.
ހުމާމު ދޮރުހުޅުވާލުމަށްފަހު ނިކުމެގެން ދިޔައެވެ.

ޔާނާ ސައިބޯންވެގެން ބޭރަށް ނިކުތެވެ. އެކަކުވެސް ފެންނަން ނެތުމުން މިސްރާބު ޖެހީ ރީމްގެ ކޮޓަރިއާ ދިމާއަށެވެ.
އީމަންގެ ކޮޓަރިއާ ޖެހިގެން ތަންކޮޅެއް ދުރުގައި ހުރި ރީމްގެ ކޮޓަރީގެ ދޮރާ އަރާ ހަމަވުމުން މަޑުމަޑުން ދޮރު ހުޅުވާލިއެވެ.
“އަހަރެން މިއަދުން މިއަދަށް އެޕޮއިންޓްމެންޓް ބޭނުން.” ރީމް ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. އަތުގައި ކާޑެއް އޮތެވެ.
ޔާނާ ވަދެ ކުޑަކޮށް ކަރު ކެހިލިއެވެ. ރީމް ފޯނު ބޭއްވިއެވެ.
“ޔާނާ؟!” ރީމް ހައިރާންވެފައި ބުނެލިއެވެ.
“ކޮން ޑޮކްޓަރަކަށް ނުދެއްކިގެންތަ ތިއުޅެނީ؟” ޔާނާ އެތެރެއަށް ހިނގައިގަންނަމުން ސުވާލުކޮށްލިއެވެ.
“އެއީ ގައިނީއަށް.” ރީމް ހިނިތުންވެލަމުން ބުނެލިއެވެ.
“އެކަމަކު ރީމް ދައްކާ ގައިނީއަށް ބޭނުންއިރަކު ދެއްކޭ ގޮތަކަށްނު އޮތީ. އެދުވަހު ގައިނީ ބުންޏެއްނު؟” ޔާނާ ހައިރާންވެފައި ސުވާލުކޮށްލިއެވެ. ރީމް އެއްވެސް ޖަވާބެއް ނުދެއެވެ. “އަނެއްކާ ރީމް ދެއްކިތަން އަދި މިވީ ދެތިން ދުވަސް. މިހާ އަވަހަށް ދައްކަން ތިއުޅެނީ ކީއްވެ؟” ޔާނާގެ ސުވާލަށް ރީމް އެއްވެސް ޖަވާބެއް ނުދިނެވެ.
ރީމްގެ ފޯނު ރިންގުވުމާއެކު ނަގައި ވާހަކަ ދައްކަން ފެށިއެވެ. “އެހެންތަ؟ އެހެންވީމަ މިދަނީ؟”
ރީމް ހިނގައިގަތީ އަލަމާރިއާ ދިމާއަށެވެ. ޔާނާ ރީމްގެ އަތުގައި ހިފެހެއްޓިއެވެ. ކުއްލިއަކަށް އެނބުރުނު ރީމްގެ އަތުގައި އޮތް ކާޑު ވެއްޓުނީ އެވަގުތުއެވެ. ޔާނާ އެކާޑު ނެގިއެވެ. ރީމް ޔާނާއަށް ވުރެ ކުރިން އެކާޑު ނަގަން އުޅުނު ނަމަވެސް ކާމިޔާބެއް ނުވިއެވެ.
ކާޑުގައިވާ ނަން ކިޔާލުމާއެކު ޔާނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ޑޮކްޓަރ ޓިލާ؟” ޔާނާއަށް ސުވާލުކޮށްލެވުނެވެ.އަދި ރީމްއަށް ބަލައިލިއެވެ. “ރީމް ޑޮކްޓަރ ޓިލާއަށް ދެއްކުމަށްތަ އެޕޮއިންޓްމެންޓް ތި ހޯދީ؟”
ޑޮކްޓަރ ޓިލާއަކީ އެބޯރޝަން ހައްދާ ޑޮކްޓަރެކެވެ.
“ރީމް ތިއުޅެނީ ތި ދަރިފުޅު މިދުނިޔެއަށް އައުމުގެ ކުރިން ނައްތާލަންތަ؟” ޔާނާ ކަންބޮޑުވެފައި ސުވާލުކުރަމުން ރީމްގެ ދެއުޅަނބޮށީގައި ހިފަހައްޓާލިއެވެ.
ރީމް ފޫހި ގޮތެއް ދައްކާލުމަށްފަހު އެނބުރި އަނެއްކާ ދާން ހިގައިގަތެވެ. ނަމަވެސް ޔާނާ ދުލެއް ނުކުރިއެވެ. “ކީއްވެ ރީމް؟”
“ސްޓޮޕް ދިސް ޔާނާ. މިއީ އެންމެ ރަނގަޅު ގޮތަކީ. އެހެންވެގެން. ސޯ ޕްލީޒް ޑޯންޓް ޓްރައި ޓު ސްޓޮޕް މީ.” ރީމް ހަރުކަށި ރާގެއްގައި ބުނެލިއެވެ. އަދި އަލާމާރި ހުޅުވާލިއެވެ.
“އަހަރެން ރީމްއަށް މިކަން ވިޔަކަ ނުދޭނަން.” ޔާނާ ކާޑަށް ބަލައިލަމުން ބުނެލިއެވެ. އަދި އެއަށްފަހު ބާރަށް ހިނގާފައި ގޮސް އަލަމާރި ކައިރީގައި ހުރި ރީމްގެ ކޮނޑުގައި ހިފައި ޔާނާއާ ދިމާއަށް ރީމް އަނބުރާލިއެވެ.
“ރޭ ރީމް އަހަރެން ކައިރީގަ ދެއްކި ވާހަކަ ތަކުން އަހަރެން ހީކުރީ ތިއީ ވަރަށް ހެޔޮ ވިސްނޭ މީހެއްކަމަށް. އެކަމަކު މިއަދު މިފެނުނީ މިކަމުގެ އިދިފުށް. ރީމް އެއްފަހަރުވެސް ނިކަން ބުނެލަދީބަލަ ރީމް މިގޮތަށް ކަންކުރަން ތިއުޅޭ ސަބަބެއް؟ ރީމް އީމަންކައިރީގަ އަދިވެސް ނުބުނަން ދޯ ރީމް ބަނޑުބޮޑު ވާހަކަ؟” ޔާނާ ސުވާލުކޮށްލިއެވެ.
“އާނ ނުބުނަން. ބުނެގެން ވަކި ތަފާތެއް އަންނާނެތަ؟ އަހަރެން ރޭގަ ވަރަށް ރީއްޗަށް ކިޔައިދިނިން ދޯ މާން ބޭނުންވާގޮތް. މާން ބޭނުންވަނީ އަހަރެންނެއް ނޫނޭ. މާން ބޭނުންވަނީ ޔާނާ.” ރީމް ޔާނާގެ ދެކޮނޑުގައި ހިފަމުން ވިސްނައިދިނެވެ.
“ކިހިނެތް އެނގެނީ އީމަން ރީމްގެ ބަނޑުގައި ތިވާ އީމަންގެ ދަރިފުޅު ބޭނުން ނުވާކަން. އެކުއްޖާ މަރާލަން ތިއުޅެނީ ކީއްވެ؟” ޔާނާ ސުވާލުކުރިއެވެ.
ރީމް ފުންނޭވާއެއްލުމަށްފަހު އެއްފަރާތަށް އެނބުރުނެވެ. “އަހަރެން ބޭނުންނުވާއިރު އަހަރެންގެ ބަނޑުން ވިހާ ދަރިއެއްވެސް ބޭނުމެއް ނުވާނެއެއްނު؟ ޔާނާގެ ބޮލުގަ އެވަރުގެ ވިސްނުމެއްވެސް ނެތީތަ؟” ރީމް ޔާނާއާ ދިމާއަށް ބަލައިލަމުން ބުނެލިއެވެ.
“ތިކަން އޮތްގޮތެއްވެސް އެނގޭނީ އެއްފަހަރު ނަމަވެސް އީމަންކައިރީގަ ތިވާހަކަތައް ބުނެގެނެއްނު. ނިކަން އެންމެ ފަހަރަކު ނަމަވެސް ބުނެބަލަ. އަހަރެންނަށް ޔަޤީން ރީމްގެ ފަރާތުން އީމަންއަށް ލިބޭނެ މިއަށްވުރެ ބޮޑު އުފަލެއް ނޯންނާނެކަން.” ޔާނާ އެދުނެވެ.
“ކިހިނެތް ތިކަން އެނގެނީ؟ ޔާނާ އަށް އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތް ގުޅުމުގެ ހާލަތު ވިސްނާލާކަށްވެސް ނޭނގޭނެ. އީމަން އަހަރެންނާ އިނދެގެން އެއުޅެނީ މަޖުބޫރުން. ކަސްތޮޅު އެޅިފަވީމަ. އަހަރެން ހީކުރީ މަޑުމަޑުން ލޯބި ވެވިދާނެ ކަމަށް. އެކަމަކު އެކަމެއްނުވި. މާންއަށް އަދިވެސް ޤަބޫލެއް ނުކުރެވޭ އަހަރެން މިއީ މާންގެ ހަލާލު އަނބެއްކަމަކަށް. އެހެންވީއިރު އަހަރެންގެ ބަނޑުގައި އޭނަގެ ދަރިއެއް އޮވެދާނެ ކަމަށް އަމުދުން ޤަބޫލެއް ނުކުރާނެއްނު. ” ރީމް ދެރަވެފައި ވާހަކަ ދައްކަމުން ދިޔައެވެ. “މާން ޔާނާދެކެ އިންތިހާއަށް ލޯބިވޭ. މިހާރު ތިދެމީހުންގެ ދެމެދުގައި އެއްވެސް ހުރަހެއް ނެތް. އަހަރެން ރޭ މާން ކައިރީ ބުނިން ޔާނާ ބައްދަލުކޮށްލަން ބޭނުމޭ ބުނި ވާހަކަ. މާންއަށް ޔާނާ ހުރިހާ ވާހަކަތަކެއް ކިޔައިދީ. އެހިސާބުން މާންގެ ދިރިއުޅުން މުޅިން އާބާދުވީ. އަހަރެން ބޭނުމީ މާން އުފަލުގަ އުޅެން. ދެން އޮތީ މިދަރިފުޅުގެ ވާހަކަ. މިދަރިފުޅު ދުނިޔެއަށް އުފަންވެއްޖެނަމަ އެވާނީ ޔާނާއާ އީމަންގެ ގުޅުމަށް އެޅޭ ހުރަހަކަށް. އަހަރެން ބޭނުމެއް ނޫން ތި ދެމީހުންގެ ދެމެދަށް ވަންނާކަށް. އެހެންވީމަ މިކަން މިގޮތަށް ވިޔަ ދީ. އަހަރެން ނުހުއްޓުވާ.” ރީމް އަލަމާރިން އަތްދަބަސް ނަގަމުން ބޭރަށް ހިނގައިގަތެވެ.
“އެކަމަކު ރީމްގެ ދިރިއުޅުމޯ؟” ޔާނާ ފަހަތުގައި ހުރެ ސުވާލުކޮށްލިއެވެ. އެއިރު ރީމް ދޮރުހުޅުވަން އަތްދިއްކުރަނީއެވެ. ނަމަވެސް އެއަށްވުރެ ކުރިން ދޮރުހުޅުވާލާފައި އީމަން ކޮޓަރިއަށްވަނެވެ. ޔާނާގެ ސުވާލު އީމަންއަށް އަޑުއިވުނެވެ.
“ރީމްގެ ދިރިއުޅުމަށް ކިހިނެތްވީ؟” އީމަން ހިނިތުންވެލަމުން ސުވާލުކުރިއެވެ. “ހާދަ ހެނދުނަކާ އިޔާނާ މިކޮޓަރީގަ.؟” އީމަން ހަމަޖެހިލާފައި ވާހަކަ ދައްކަމުން ދިޔައެވެ. އީމަން ބޭނުންވީ ޔާނާ އަމިއްލައަށް އެއީ ޔާނާކަމަށް އެއްބަސްވުމަށެވެ. އެހެންކަމުން އިޔާނާގެ ނަމުން މުޚާތަބުކުރީއެވެ.
އީމަން ރީމް ފަސްދީފައި ގޮސް ހުއްޓުނީ ޔާނާގެ ކުރިމަތީއެވެ. “ރީމް ބުނި ވާހައެއް ބުނަން އުޅޭ ވާހަކަ. އެއީ ކޮންވާހަކައެއް؟” އީމަން ސުވާލުކޮށްލިއެވެ.
ޔާނާއަށް ބަލައިލެވުނި ރީމްއަށެވެ. ރީމް އިނީ އީމަންއަށް ބަލައިގެންނެވެ. ޔާނާއަށް ބަލައިލިހިނދު އެދެލޮލުން ފެންނަމުންދިޔަ ހިތާމާ ޔާނާއަށް ސިފަވަމުން ދިޔައެވެ. ރީމް ހިންދިރުވާލުމަށްފަހު ކޮޓަރިންނިކުތެވެ. ދޮރާ ނިވާވެލަމުން އަދިވެސް އެއްފަހަރު ޔާނާއަށް ބަލައިލިއެވެ. ރޮވިފައި ހުރެގެނެވެ.
“އިޔާނާ؟؟!” އީމަން އިޔާނައަށް ގޮވާލިއެވެ. އިޔާނާ ސިހިފައި އީމަންއަށް ބަލައިލިއެވެ. “ކޮންވާހަކައެއްތަ ބުނަން އުޅެނީ؟” އީމަން އިނީ ކެތްމަދުވެފައެވެ. ޔާނާގެ ދުލުން ހަޤީޤަތަ އަޑުއަހާ ހިތުންނެވެ.
ނަމަވެސް ޔާނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެހެން ހިޔާލުތަކެކެވެ.
“އަހަރެން އެބަ އަންނަން.” ޔާނާ ހިނގައިގަންނަމުން ބުންޏެވެ.
“ޔާނާ!..” އީމަންއަށް ގޮވާލެވުނެވެ. ޔާނާ ސިހުންލިބި ހުއްޓި ބަލައިލިއެވެ.
“އީމަން އަހަރެންނަކަށް ނޭނގެ ހަޤީޤަތަކީ ކޮބައިކަމެއް. އެކަމަކު ހިތްބުނަނީ ކަންތައް ވަމުން މިދަނީ ރަނގަޅަކަށް ނޫނޭ. ތިއީ ޒާންގެ ގާތް އެކުވެރިއެއް. އަހަރެން މިގޭގަ ބަހައްޓާފަ މިހުރީ އެހައިސިއްޔަތުން. އެކަމަކު މިހާރު އީމަން ތިހާވަނީ ހަޑި.” ޔާނާ ބުނެލިއެވެ. ހިތްހަމަ ނުޖެހި ހުރެއެވެ.. އީމަންގެ ހިތްކުދިކުދިވެގެން ދިޔައެވެ. މޫނުމަތި މިލިއެވެ. އުންމީދުތައް ފެނަށްވުމުންނެވެ.ޔާނާގެ މޫނުމަތިން ހިތްހަމަ ނުޖެހުން ފާޅުވަމުން ދިޔައެވެ.
“ރީމް ކީކޭތަ ބުނީ ޔާނާ ކައިރީގަ؟” އީމަން ސީރިއަސްވެފައި ސުވާލުކުރިއެވެ. މިކަމުގައި ރީމްގެ އަތެއް ވާނެކަން ޔަޤީނެވެ.
“ރީމް އަހަރެން ކައިރީގަ ބުނީ އަހަރެން މިއީ އީމަންގެ ދެވަން އަނބި ޔާނާއޭ. އެއަށްފަހުގަ އެދުނީ އީމަންގެ ދިރިއުޅުމަށް އަނބުރާ އައުމަށް. …” ޔާނާ ވާހަކަތައް މެދުކަނޑާލަމުން ފުންނޭވާއެއްލިއެވެ.” އެކަމަކު މިހާރު މިކަންތައް މިދަނީ މާ މައްޗަށް. ރީމް އީމަން ދެކެ ހަޤީޤީ ލޯބިވާއިރު ދެން ކޮން ސަކަރާތެއް ޖަހަން ތިއުޅެނީ. އަހަރެންނަށް އެނގޭ ރީމްލައްވާ މިކަންތައް ކުރުވީ އީމަންކަން. އަހަރެން ހިކުރީ އީމަންތިއީ ވަރަށް ރަނަގޅު މީހެއްކަމަށް. އެކަމަކު މިހާރު ޤަބޫލުކުރެވެނީ ތިއީ ބުއްދިގޯސް ހަމަ ނުޖެހޭ މީހެއްކަމަށް. ޤަބޫލުކުރަން، އީމަންގެ ޔާނާ ގެއްލުމުން ވަރަށް ފުން އަސަރުތަކެއް ކޮށްފައިވާކަން. އެކަމަކު އޭގެ މާނައަކީ ތަނަކުން މީހަކު ފެންނައިރަށް އެއީ ޔާނާ ކަމުގައި ހަދައިގެން އުޅޭށެކޭ ނޫން. އީމަން އީމަންގެ ރަށްޓެހިންނަށްވެސް ނުބަލާކަން މިހާރު އެނގިއްޖެ. ތިމާއަށް ﷲދެއްވި ނިޢުމަތަށް ޝުކުރުކޮށްބަލަ. ރީމްފަދަ ލޯބިވާ އަންބެއް އެކަކަށްވެސް ނުލިބޭނެ. އެކަމަކު އީމަންއަށް އެކަން ވިސްނިގެންތާ ދޯ؟” ޔާނާ އަވަސް އަވަހަށް ބޭރަށް ހިގައިގަތެވެ. އީމަންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
ޔާނާގެ ފަހަތުން ބާރަށް ހިނގައިގަތެވެ. “ޔާނާ މަޑުކޮށްބަލަ.” ކާރާ އަރާހަމަވެފައި އީމަން ބުނެލިއެވެ.
“ކިހިނެތްތަވީ؟” އީމަން ގެ ހިތުގައި އުފެދެމުން ދިޔަ ހުރިހާ ސުވާލުތައް ހުލާސާކޮށް އީމަންއަށް ކޮށްލެވުނީ އެންމެ ސުވާލެކެވެ.
ޔާނާއަށް ދޭނޭ ޖަވާބެއް ނުވިސްނުނެވެ. އަނެއްކޮޅުން ވަގުތެއްވެސް ނެތެވެ. އޭނާ ރީމް ހުއްޓުވަން އެބަޖެހެއެވެ.
“ހިނގާ އަހަރެންނާއެކީ.” ޔާނާ ބުނެލިއެވެ. އީމަން ކާރަށް އެރިއެވެ. އަދި އެއަށްފަހު ރީމް ޑްރައިވަރަށް ދާންވިތަން ބުނެލިއެވެ.
މާގިނަ ވަގުތުތަކެއް ނުވެ ކާރު މަޑުކޮށްލީ ޓެލީ ކްލިނިކްގެ ކުރިމަތީގައެވެ.
“ޓެލީ ކްލިނިކް؟ މިތަނަށް އައީ ކިއްކުރަން؟” ހައިރާންވެފައި އީމަން ޔާނާއާ ސުވާލުކޮށްލިއެވެ.
ޔާނަ ޖަވާބެއް ނުދީ އެތެރެއަށްވަދެގެން ހިނަގއިގަތެވެ. އަދި ކައުންޓަރުކައިރީ މަޑުކޮށްލުމަށްފަހު ރީމްގެ ހަބަރު އޮޅުން ފިލުވިއެވެ.
‘ރީމް މިތަނަށް އައީ ކީއްކުރަން؟” އީމަން ހައިރާންވެފައި ބުނެލިއެވެ. ޔާނާ ޖަވާބެއް ނުދީ ކުރިއަށް ހިގައިގަތެވެ.
“ޔާނާ! އަހަރެން މިއަހަނީ ރީމް މިތަނަސް އައީ ކީއްކުރަންހެއްޔޭ؟” އީމަން ހިތްހަމަ ނުޖެހިފައި ހުރެ ސުވާލުކޮށްލިއެވެ.
ޔާނާ އެނބުރުނެވެ. “އީމަންގެ ތި ގޮތްދޫނުކުރުމުގެ ސަބަބުން ރީމް އެއުޅެނީ އީމަންގެ ދަރިފުޅު މިދުނިޔެއަށް އައުމުގެ ކުރިން ނައްތާލަން.” ޔާނާ ބުނެލިއެވެ ހިތްހަމަ ނުޖެހިހުރެއެވެ. އީމަންއަށް ލިބުނު ހައިރާންކަމެއްގެ ސަބަބުން ލޯބޮޑުކޮށްލެވުނެވެ.”ވަޓް؟؟”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

nashaa

Level 310 Stories

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 60

Next

ހަތިޔާރު (ހަތަރުވަނަ ބައިގެ 1)

Next
November 24, 2013

ހަތިޔާރު (ހަތަރުވަނަ ބައިގެ 1)

Previews
November 23, 2013

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 60

11 Comments!

  1. aisha says:
    November 24, 2013 at 10:47 am

    vvvv reethi mibai
    :(?????? alhe mioh vaa gotheh dhaw
    dhen avahah yaanu aa eeman gulhuvabala
    dhen jaathu aa aaizu aa dhen yaanu ah hageegaiy engeyny kon irakun tha
    ….. aneh bai avahah upload kohladhehchey nashaaaa
    keep it up:)

    1. nashaa says:
      November 24, 2013 at 1:20 pm

      ތެންކްސް އައިޝާ

  2. niha says:
    November 24, 2013 at 11:54 am

    Nashaa mibai ves varah reethi 🙂 alhey kaaku he kujjeh tha reem GE bandhuga othee? nashaa nimey thee kuru koh genesdhenee dhoa 🙂 keep up the good work Nashaa

    1. nashaa says:
      November 24, 2013 at 1:23 pm

      ހެހެހެ. ނޫނޭ ނިހާ. އަސްލު ކޮންމެ ދުވަހަކު ގެނެސްދޭތީ ދިގުކޮށް ނުލިޔެވެނީ. އަދިވެސް ދިގުކުރެވޭތޯ މިދަނީ މަސައްކަތް ކުރަމުން. އެނީވޭ. ތޭންކްސް ފޯރ ކޮމެންޓިން.
      ވާހަކަ ކިޔާލުމަށްފަހު ކޮންމެ ދުވަހަކު ކޮމެންޓްކޮށްލާތީ ވަރަށް އުފާވޭ!!

  3. aisha says:
    November 24, 2013 at 1:44 pm

    nashaa maadhan ves baeh upload kohdhehchey
    dhen faharakun dhigukoh genes dheh chey
    nihaa ebuny thedheh
    maa kury mivaahaka mihaaru ge nes dheyleh
    ?????? aneh bai miadhaku upload eh nukohdheveyne thaaaaaaaaaaaaaaaaaa
    once again v reethi mi bai nashaaaaa 🙂 🙂

  4. hhhhhhhhhhhh says:
    November 24, 2013 at 4:11 pm

    aisha bunihen makury mivaahaka……….but this story is amaxing and most beautiful story i am ever reading

  5. munA says:
    November 24, 2013 at 5:33 pm

    nashaa mibaives varah reethi, please anehbai avah up kohdeythi ingey

    thanks naash

    1. seller those says:
      September 22, 2014 at 9:40 pm

      That’s really thinking at a high level

  6. ޒިންކު says:
    November 24, 2013 at 6:00 pm

    މިވާ ހަކަ ވވވވވވވވވވވރީތި .ވާހަކަ ނިމެންތަ އުޅެނީ މިހާރީތި ވާހަކަ އެއް ގެނެސް ދޭތީ ވަރައް ބޮޑަށް ތޭންކުސް. އަނެއްބައިވސް އަވަހައް ކިޔާލން ލިބޭނެކަމައް އުންމީދުކުރަން . ވަރައް ރީތި.

  7. ރަސް says:
    November 24, 2013 at 11:58 pm

    ދެންބޭނުމީ މިވާހަކަ ނިމޭގޮތް ބަލައިލަން… މިހާރު މާދިގުވެޖެހެން ހީވަނީ….ވ.ރީތި

  8. aisha says:
    November 25, 2013 at 3:07 pm

    ?????? nashaa kobai midhuge bai
    ????? midhu aneh bai upload nukurany tha
    plxxxxxxxxxxxxxxxxxxx up kohdheebalaaaaaaaaaaaaaaaaaaaaaa 🙁

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 62←


All Right Reserved!