
އޯގާވީ ހިތަކުން…1
އިވުނު އަޑުން އީނާއަށް ސިހުން ލިބުނެވެ. ލަސްލަހުން އޭނަ ފަސްއެނބުރި ބަލާލިއެވެ. ކުރިމަތީގައި ހުރި ޒުވާނާ ފެނި އޭނަގެ ދެލޯބޮޑުވެއްޖެއެވެ. އޭނަ ހަލުވިކަމާއެކު އެސްފިޔަތައް ތަޅުވާލިއެވެ. މަންޒަރު ބަދަލެއް ނުވިއެވެ. މުޅިމީހާ ހިސާބަކަށް ގަނޑުވެއްޖެއެވެ. ތަންމިނަށް ހުޅުވާލެވުނު އަނގަ ލައްޕަން ހަނދާންވީ އިރުކޮޅެއް ފަހުންނެވެ.
”ވެލް، އީން ތިވަރަށް ސަޕްރައިޒް ވާނެކަމެއް ކުރިއަކުން ނޭގޭ، އަހަރެންދެކެ ރުޅި އަންނަ މީހަކު ފޫހިއެއްނޫންތަ ވާނީ؟ … އީން ހީވަނީ އަހަރެން ނައިސްގެން އުޅޭހެން، ޔޫ މިސްޑް މީ ރައިޓް؟….” އަލްޔަސް ކުރިއަށް ޖެހިލާފައި އީނާގެ ލޯކުރިމަތިން އަތްހުރަސްކޮށްލިއެވެ. އީނާއަށް ލިބުނު ސިހުމާއެކު ފަހަތަށް ޖެހިލެވުނެވެ. އެއީ ހަމަ އަލްޔަސް އެވެ. އީނާ އެތެރިން ހިނިތުންވިކަމުގައި ވިޔަސް ބޭރުފުށުން ދެއްކީ ތަފާތު ސިފައެކެވެ. ރުޅިވެރިކަމެވެ. ފޫހިކަމެވެ.
”ހަނދާން ވާނެ ސަބަބެއް އޮވެގެންނު ޑެވިލް މަތިން ހަނދާން ވާނީ؟….” އީނާ ދޫނެރެލާފައި ބެލްކަނިއަށް ނުކުތްނަން ހުންނަ ބިއްލޫރި ދޮރުފަތް ހުޅުވާލިއެވެ. ފަތިހު ވެހެން ފެށި ވާރޭ ދެންމެ ހުއްޓާލާފައި ވުމުން ފާޒާ އޮތީ ފިނިކޮށެވެ. އުޑުމަތި ވަށާލެވިފައިވާ ވާރޭ ވިލާތަކުން ދުނިޔެ ވަނީ އަނދިރިކަމުގެ ތެރެއަށް ގެނބިފައެވެ. މާހައުލުގެ ހިމޭންކަން ނަގާލަނީ މާލޭގެ ހަލަބޮލި މަގުތަކުން ދުއްވާ ސައިކަލުތަކުގެ އަޑުންނެވެ.
”ފައިޓް ކުރާނެ މީހަކު ނެތީމަ ހަނދާންވާނެއްނު، ގައިމު އީން ކުރާ ކަންތަކަށް ޖޯކު ޖަހާނެ މީހަކު ނުހުންނާނެ….” އަލްޔަސް ފަހަތުން އައިސް ރެއިލިންގައި އަތްވިއްދާލިއެވެ. އީނާ ލޮލުގެ ހިމަކޮޅުން ބަލާލިއެވެ. މައްސަރެއް ފަހުން އަލްޔަސް ފެނުމުން އޭނަގެ މޭގަނޑުތެރޭގައި ވަރުގަދަ ހައިޖާނެއް އުފެދިފައި ވެއެވެ. އޭނަގެ ހިތަށް ވާގޮތެއް އޭނައަކަށް ނޭގެއެވެ. ބައެއްފަހަރު އަމިއްލަ ނަފްސު މައްޗަށް ބާރު ނުފޯރުވޭ ފަހަރުވެސް އާދެއެވެ. މީ ހަމަ ލޯބި ހެއްޔެވެ؟ ރުޅި އަންނަ ކަމުގެ އެކްޓް އޭނަ ޖައްސަނީ އަލްޔަސް ރަގަޅަށް ދަސްނުވާތީއެވެ. ލޯބި ފޮރުވާށެވެ. ފިރިހެނުންނަށް އެހާ އަވަހަށް އިތުބާރުކުރާކަށް ނުވާނެއެވެ. އޭނަ ކުރީފަހަރު ކުއްޖަކާ ރައްޓެހި ވުމުން ލިބުނީ ވޭނާއި ހިތްދަތި ކަމެވެ. ރޫޔާގެ އެހީއާއި އަޅާލުން ނުލިބުނުނަމަ އޭނަ އެހިތާމާއިގެ ތެރެއަށް އަރަގުވީހެވެ.
”ދެން ހެވޭ…” ވައިރޯޅިތަކާއެކު މޫނަށް ފޭބި އިސްތަށިކޮޅުތައް އީނާ އެއްފަރާތްކޮށްލިއެވެ. އަލްޔަސްގެ ތޫނު ދެލޯ އަމާޒުވެފައިވާތީ އީނާގެ ނޭވާ ކުރުވާން ފެށިއެވެ. އަޖައިބެކެވެ. ދުރުވާން އުޅުނަސް އިތުރަށް ކައިރުވުން ނޫންކަމެއް ނުވެއެވެ. ފުސް މޫނު ހެދިޔަސް އަލްޔަސް ޖޯކު ޖަހަމުން އޭނަގެ ފަހަތުން ދުވާނެއެވެ. އޭނަ ރުޅިއަރުވާލާނެއެވެ. ނުވަތަ ހެއްވާލާނެއެވެ. އޭނައަށް އުނދަގޫކުރާނެ ފުރުސަތެއް ނުލިބިގެން އުޅޭ ފަހަރުވެސް އާދެއެވެ. ދެޒުވާނުންގެ ހަތަރުކަޅި ސިކުންތުކޮޅަކަށް ވިޔަސް ބައްދަލުވިއެވެ. އީނާގެ ފައިގެ ހުޅުން ވާގީދޫވާހެން ހީވާން ފެށުމާއެކު އޭނަ ރެއިލިންގްގައި ބާރަކަށް ހިފަހައްޓާލިއެވެ. އަލްޔަސްގެ ނަޒަރުން ސަލާމަތް ވެވޭނެ ގޮތެއް ނެތެވެ. ފަހަރިގެ ކޮއްކޮއަށް ވުމުން އަލްޔަސް ގެއިން ނުފެންނާނެ ވަގުތެއް ނުދާނެއެވެ.
”އީންއަށް ދޭން ހަދިޔާއެއް ހިފައިގެން އައީ….” ވެރިވެގެން ދިޔަ ހަމަހިމޭންކަމުގެ ތެރޭން އަލްޔަސްގެ އަޑުން އީނާގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. ބަރު އަޑެކެވެ. ހިތް ވަރަކަށް ތެޅިލައިފިއެވެ. ޤަބޫލުކުރަން ބޭނުން ނުވިޔަސް އަލްޔަސްއަށް ޓަކައި ހިތުގައި ވިންދުތަކެއް ޖަހައެވެ. އީނާ ދެފަރާތަށް ބޯހޫރާލިއެވެ. އެތެރެހަށީގައި އުފެދިފައިވާ ތޫފާންތަކަށް ހައްލެއް ބޭނުން އެބަވެއެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ؟ އަލްޔަސް މިފަހަރުވެސް ގެނައި ހަދިޔާއަކީ އޭނައަށް ޖެއްސުން ކުރަން ގެނައި އެއްޗެއްކަން ޔަޤީނެވެ.
”ކޯޗެއް؟…” ފޫހިކަމާއެކު އީނާ އަހާލިއެވެ.
”ލިޒާރޑްއެއް….” ލާނެތް ރާގަކަށް އަލްޔަސް ބުންޏެވެ.
”ވަޓް!… މަރުވިޔަސް އެ އެކްސެޕްޓް ނުކުރާނަން، އަލްޔަސް ކޮޓަރީގަ އޭތި ބާއްވާ، އެކަނިވެރިކަން އޭރުން ފިލާނެ….” އީނާ ތުންއޫކޮށްލިއެވެ. މޫނުގެ ކުލަވަރުވެސް ބަދަލުވެއްޖެއެވެ. އޭނަ ފަކުރުގަންނަ އެއްޗެހީގެ ވާހަކަ އަލްޔަސް ދައްކަނީ ކީއްކުރަން ހެއްޔެވެ؟
”ސޮރީ އީން، އެ ސަމާސާއަކަށް ބުނިއެއްޗެއް، ޑްރީމް ކެޗާރއެއް ގެނައީ، ހެޕީ؟” އަލްޔަސް ހީގަތެވެ. އީނާ މޫނު ހަދައިގެން ހުރިއިރު ވަކިން ލޯތްބެވެ. އެމޫނުގައި ބީހިލަން ބޭނުންވިއެވެ. ނަމަވެސް ފަސްޖެހެވުނީއެވެ. އީނާ އޭނަ ދެކެ ރުޅިއަންނައިރު ލޯބިވުން އޮތީ ވަރަށް ދުރުގައެވެ.
”ބޭނުމެއްނޫން…” އީނާ އަޑަށް ބާރުލިއެވެ.
***
”އިނޫ…” ކޮޓަރިއަށް ވަން ރޫޔާގެ އަޑަށް އީނާ އެތެރެއަށް ދެމިގަތެވެ. ފަހަތުން އައި އަލްޔަސް ފެނި ރޫޔާގެ މޫނުމަތިންވެސް އުފާވެރިކަން ފެނުނެވެ. އީނާއާ ދިމާއަށް ރޫޔާ ބުމަ އަރުވާލިއެވެ.
”ކޮންއިރަކު އަލްޔަސް އައީ؟…” ރޫޔާ އަހާލިއެވެ. ”އިރުކޮޅެއް ކުރިން…” އަލްޔަސް ޖަވާބުދީފައި ، އީނާއަށް ކުޑަ ގޯނާއެއްކޮށްލާފައި ކޮޓަރިން ނިކުތްނަމުން ބުނީ މިރޭ އޭނަ އަންނައިރު ހަދިޔާ ގެންނާނެ ކަމަށެވެ.
”ނަސީބެއް ރޫ އައިކަން، ރުޅިވެސް އާދޭ އަލްޔަސް ދެކެ، ބަޓް އެންމެ ބޮޑަށް ހައިރާންވަނީ އޭނައަށްޓަކައި އިހުސާސްތައް އުފެދޭތީ،… ރޫ އަހަރެން ކުޑަކޮށް ސައިކޯވެއްޖެހެން ހީވަނީ….” އީނާ އެނދަށް ވެއްޓިގަތެވެ. ބެލްކަނިން ވަންނަމުން ދިޔަ ފިނި ރޯޅިތަކުން ކޮޓަރި ފިނިވެއްޖެއެވެ.
”އަލްޔަސް އަށް ފުރުސަތެއް ދީބަލަ، ހުރިހާ ފިރިހެނުން އެއް ސްޓައިލަކަށް ނޫޅެނެޔޭ، އަލްޔަސް އިނޫ ފަހަތުން އަބަދު އުޅޭނީ ސަބަބެއް އޮތީމައެއްނު، ޤަބޫލުކުރިޔަސް ނުކުރިޔަސް އިނޫއަށް އަލްޔަސް ދެކެ ލޯބިވެވިއްޖެ، އިނޫ ގޮތްދޫނުކޮށް ހުއްޓާ އަތުން ޖަވާހިރެއް ބީވެގެން ހިނގައިދާނެ…..” ރޫޔާ ވިސްނައިދޭން އުޅުނެވެ. އީނާގެ އެކަނިވެރި ހަޔާތަށް އުފާވެރިކަން ގެނެސްދެވޭނީ އަލްޔަސް އަށެވެ. އަލްޔަސް ހުރިހާ ގޮތަކުން ފުރިހަމައެވެ. އީނާއަށް ވިސްނޭނެ ނަމައެވެ.
”އައި ނޯ، އެކަމަކު އިތުބާރު ކުރަން ވަރަށް އުނދަގޫ، ފައިޒާން ފަދައިން އަލްޔަސް ވެސް ކެހިދީފާނެ، އަހަރެން ހާދަ ވަރަކަށް މަސައްކަތްކޮށްފީމޭ އަލްޔަސްއާ ދުރުން އުޅެން، އެކަމަކު އެކަމެއް ހާސިލެއް ނުކުރެވުނު، ރުޅި އަންނަކަމުގެ އެކްޓްތައް ޖެއްސިޔަސް ވާފައިދާއެއް ނެތް، އޭނަ ފަހަތުން އާދޭ، ބައެއްފަހަރު ރުޅިވެސް އާދޭ، އަނެއްބައިފަހަރު ލޯބިވެސްވޭ، އިޓްސް ކޮމްޕްލިކޭޓެޑް!….” އީނާގެ އަޑު ބެދުނެވެ. ފައިޒާން އޭނަގެ ނާޒުކު ހިތުގައި ހިފާ ޗިސްޗިސްކޮށްލައިފިއެވެ. އެއަނިޔާތަކަށް ޝިފާ ލިބިފައި ވަނިކޮށް އަނެއްކާ ޒަހަމްތައް އާލާވެއްޖެނަމަ އޭނަ މަރުވެދާނެއެވެ. އަބަދު އެއްހިތާމައެއް ލިބެން ފަށައިފިއްޔާ ބަލިކަށިވެދާނެއެވެ. ހިތާމަތައް ބަރުދާސްތު ނުކުރެވޭނެއެވެ.
”އިނޫ، އަލްޔަސް ފަހަތުން އަންނަނީ ލޯބިވާތީ، އޭނަ މަސައްކަތްކުރަނީ އިނޫ ހެއްވާލަން، އިނޫގެ ހިނިތުންވުން ދެކިލަން…. އެކަނިވެރިކަމުގެ ތެރޭގައި އިނޫ ގެނބިގެން ހިގައިދާނެ… އަޅެ އެންމެ ފަހަރަކު ވިޔަސް ވިސްނާލަބަ…” ރޫޔާ ދެރަވިއެވެ. އީނާގެ ގޮތް ދޫކުރަން ވެއްޖެ ނޫން ހެއްޔެވެ؟ އުފާވެރި ކަމުގައި ކޮޅުފައިން ޖެހުމުން ފަހުން އޭގެ ހިތި ނަތީޖާ ފެނިދާނެއެވެ. އެދުވަހަކުން އީނާއަށް ލިބޭވޭން ބޮޑުވާނެއެވެ. ލޯބިވާ މީހަކު އެހެން މީހެއްގެ ހައްގަކަށްވާން އެދޭނީ ކާކު ހެއްޔެވެ؟
”ޕްލީސް، ދެން ތިވާހަކަ ހުއްޓާލަބަ…” އީނާ އާދޭހާއެކު ބުންޏެވެ. ފައިޒާންގެ ހަނދާންތަކުން ދެލޮލުން ކަރުނަ ނީރާލިއެވެ. ރުޅިއައުމުން އީނާ ވަރުބޭލީ ބާލީސްތަކަށެވެ. ރޫޔާ ވަރަކަށް ވިސްނައިދިނެވެ. ނަމަވެސް އީނާ އިނީ އޭނަގެ ގޮތުގައެވެ. ލޯބިވިޔަސް އެކަން ފާޅުކޮށް އާހަޔާތަކަށް ފުރުސަތުދޭކަށް ބޭނުމެއް ނުވިއެވެ. ޓަކިދެމުން ދިޔަ އުފާތަކަށް އީނާ ދިނީ ފުރަގަހެވެ.
”އޯކޭ، އިނޫ ބޭނުންނުވާނަމަ އަހަރެން ހުއްޓާލާނަން، އެކަމަކު އަލްޔަސް ގެއްލިއްޖެނަމަ އިނޫ މުޅި އުމުރަށް އެކަން ރިގްރެކްޓް ކުރާނެ….” ރޫޔާ ބުނެލި ޖުމްލައިން އީނާ ކުއިލްޓް އަތަށް ބޮނޑިކޮށްގަތެވެ. އެނދުގެ ހެޑްބޯޑަށް ލެނގިލަމުން އޭނަ ފުން ނޭވާތަކެއް ލިއެވެ. ބަސްނާހާ ހިތަށް ވިސްނައިދެވޭނެ ނަމައެވެ. އަލްޔަސްއަށް ފުރުސަތެއް ދެވޭނެ ނަމައެވެ.
ރޫޔާ ދިއުމުން ވެސް އީނާ ބާލީހުން މޫނު ފޮރުވާލައިގެން ވިސްނަން އޮތެވެ. ދެރަވާ ވަގުތުތަކުގައި އަލްޔަސްގެ ލާނެތް މިޒާޖުން އޭނަ ހެއްވާލައެވެ. ސިކުނޑިއަށް ބަރުވެ ބާލީހުން ބޯހިއްލާނެ ވަރެއް ނުލިބުނެވެ. މައްސަރެއް ފަހުން އަލްޔަސް އައުމުން އޭނައަށް ހިތްހަމަޖެހުމެއް ލިބިއްޖެކަން ގައިމެވެ. އީނާ ތުންފަތުގައި ދަތް އަޅާލިއެވެ.
ރޭގަނޑު ކާގަޑިއަށް މޫނު ދޮވެލައިގެން އީނާ ކާކޮޓަރިއަށް ދިޔައެވެ. ކާކޮޓަރިން އަލްޔަސް ފެނުމުން އީނާ ހުއްޓުން އެރިއެވެ. ހޭވެރިކަންވީ ރޫޔާ އަތުގައި ކޮއްޓާލުމުންނެވެ. އޭނަ އަވަސް އަވަހަށް ގޮނޑީގައި އިށީނެވެ. ”އަލްޔަސް ހެދުންތައް ހިފައިގެން މިގެއަށް ބަދަލުވާން ފެނޭ، މިގެއިން ނުފެނޭ ގަޑިއެއް ނުދާނެ….” ބޮޑުދައިތަ މައިމޫނާގެ ނަޒަރު އަމާޒުވީ އީނާއަށެވެ. އީނާ އިސްދަށަށް ޖަހާލަމުން ކާން ފެށިއެވެ.
”ތިކަމާމެދު އެބަ ވިސްނަން، އެކަމަކު މަންމައާއި ބައްޕަ ދޫކޮށްލާފަ ނާދެވޭ…” އަލްޔަސް ކޯކްތަށި ތުންފަތުގައި ޖައްސާލަމުން ކަތި ނަޒަރަކުން އީނާއަށް ބަލާލިއެވެ. އެއީ އީނާވެސް އަލްޔަސްއާ ދިމާއަށް ބަލާލި ވަގުތެވެ. އަލްޔަސް އެއްބުމަ އަރުވާލިއެވެ. ކަރުބުޑުގައި ދިރުވާލަން އުޅުނު ބަތް ތާށިވެ އީނާ ކެއްސަން ފެށިއެވެ. މައިމޫނާ މިމަންޒަރު ބަލަން އިނދެފައި އަނގަހަދާލިއެވެ. މިދެމީހުން ލައްކަ ގަނޑެއް އެބަގަނެލައެވެ. މައިމޫނާ ފޫހިކަމާއެކު ސަމުސާ ތަށީގެ ތެރެއަށް ދޫކޮށްލިއެވެ. މުޅި ދުވަސް ހަރާބުވީއެވެ. މިރޭ ރަގަޅަށް ނިދިޖެއްޔާވެސް ރަގަޅެވެ.
”ދަރިފުޅާ، އަވަސް އަރުވާލައިގެން ކާކަށްނުވާނެ….” ފަޒްލާ ގޮނޑިން ތެދުވެގެން އައިސް ފެން ތައްޓެއް ދިއްކޮށްލިއެވެ. އަދި ނިކަން ލޯބިން އީނާގެ ބުރަކަށީގައި ފިރުމާލިއެވެ. ”މިހާރު ރަގަޅުވެއްޖެ…” ފެންފޮދަކުން ކަރުތެރެ ތެތްމާލަމުން އީނާ މަންމަގެ އަތުގައި ހިފާލިއެވެ.
ރާނިޔާއާއި އަވްޝަން ބޭސްފަރުވާއަށް ލަންކާއަށްދާ ވާހަކަ އޭގެ އިރުކޮޅެއް ފަހުން ދެކެވުނެވެ. ”އިރާދަކުރެއްވިއްޔާ މިފަހަރު އަލިމަގެއް ފެންނާނެ…” އަލްޔަސް ލޯބިވާ ދައްތަގެ އަތުގައި ހިފާލިއެވެ. ”ތޭންކްސް…” ރާނިޔާ އުފާވެރި ހިނިތުންވުމަކާއެކު ބުންޏެވެ.
”ޝާން، ފައިސާއަކީ ގަހެއްގައި އަޅާއެއްޗެއް ނޫނޭ، ތި ބޭކާރު ހަރަދުކުރުމަށްވުރެ ރަގަޅުވާނެ ދެވަނަ ކައިވެންޏެއް ކުރިއްޔާވެސް، އަހަރަކު ފަސްފަހަރު ލަންކާއަށް ނޫނީ ސިންގަޕޫރަށް ދާން ޖެހޭ، ވާކަމެއް ހަރާން…” މައިމޫނާ ފުސްމޫނަކާއެކު ބުންޏެވެ. ރާނިޔާގެ ބޭސްފަރުވާއަށް ދިޔަ ރުފިޔާ ގުނާ އަދަދު ނުކުރެވޭނެއެވެ. އެފައިސާ އޭނައަށް ލިބުނުނަމަ ކިހާ ރަގަޅު ހެއްޔެވެ؟ ޔަޤީނުންވެސް އޭނަ މުއްސަނދިވީހެވެ.
”މައިމޫނާ…” ޝިޔާޢުގެ އަޑުން މައިމޫނާ ހިމޭންވިއެވެ. ބޭބެގެ ރުޅިވެރިކަން ފެނި މައިމޫނާ އިނީ ހާސްވެފައެވެ. މަންމަގެ ވާހަކަތަކުން ރޫޔާ ދެރަވިއެވެ. ރާނިޔާ ދައްތަ ދެރަވާނެވަރު އޭނައަށް އަންދާޒާ ކުރެވުނެވެ. ހިތުގައި ޖެހުމުން ރާނިޔާގެ ދެލޮލުން ކަރުނަ ހިލުނެވެ. ލިބުނު ހިތާމައިގައި މެޔާއި ދިމާލުން ރިއްސާލިއެވެ. އަވްޝަން އިނީ ރުޅިއައިސް ރަތްވެފައެވެ. ބައްޕަ ނެތްނަމަ އޭނަ މައިމޫނާއާ ދިމާއަށް އެއްޗެއް ބުނީހެވެ.
ރާނިޔާ ދުވެލާފައި ގޮސް ކޮޓަރިއަށް ވަނެވެ. ސޯފާއަށް ތިރިވެވުނުއިރު އޭނަ ހަށިގަނޑުގައި އަޅަންފެށި ވޭނަށް ކެތްކުރަން ދަތިވިއެވެ. އޭނަގެ ނުކުޅޭދުންތެރިކަން އިހުސާސް ކުރެވިއްޖެއެވެ. ދުވަހަކު އަވްޝަން ބޭނުންވާ އުފާވެރިކަން ގެނެސްނުދެވޭނެއެވެ. މުޅިއުމުރު ނިމިގެންދާނީ އެކަނިވެރިކަމުގައި ހެއްޔެވެ؟ ގިސްލެވިދާނެތީ ތުންފަތުގައި ދައިގަނެވުނެވެ. އަވްޝަންގެ ހަޔާތުން ދުރަށްދާން ވީއެވެ. އެނޫންގޮތަކަށް އަވްޝަންއަށް އުފަލެއް ލިބޭކަށް ނެތެވެ.
”ގޯސް އެއްޗެއް އަހަރެން ނުބުނަން…” މައިމޫނާ ދެއަތް ޖޯޑުކޮށްލިއެވެ. އަވްޝަން އެއްޗެއް ބުނަން އުޅެފައި ހިމޭންކަމާއެކު ކޮޓަރިއަށް ދާން މިސްރާބު ޖެހިއެވެ. އަލްޔަސްގެ ރީތި މޫނުމަތިވެސް މިލައިގެން ދިޔައެވެ. މުށްކެވުނު އަތް އޭނަ ޖިންސުގެ ޖީބަށް ކޮއްޕާލިއެވެ.
ޝިޔާޢުގެ ރުޅިވެރި ބަސްތައް މައިމޫނާއަށް އަމާޒުވިއެވެ. ފަޒްލާ ޝިޔާޢުގެ ކޮނޑުގައި އަތްބޭއްވުމުން ވިދުވަރުގެ ހަލުވިކަމާއެކު އޭނަ ނިކުމެގެން ދިޔައީއެވެ.
”މަށަކީ މިގޭގައި އިން އެންމެ ނުބައި މީހާ…” މައިމޫނާ ގަދަކަމުން ލޮލަށް ކަރުނަ ގެނައެވެ. އެއީ އަބަދުގެ އާދައެވެ. ކަމެއްކޮށްފައި މައިމޫނާގެ ކަމަކީ ރުއިމެވެ. ދުވަހަކު އެކަމަށް އެއްބަސް ނުވާނެއެވެ. ފަޒްލާ ދެފަރާތަށް ބޯހޫރާލިއެވެ.
”ރިނީ…” އަވްޝަން ނިކަން ލޯބިން ރާނިޔާގެ ބޮލުގައި ފިރުމާލިއެވެ. މޫނުން އަތް ދުރުކޮށްލަމުން ރާނިޔާ އަވްޝަންގެ ބިޔަ ހަށިގަނޑުގައި ބައްދައިގަތެވެ. ރާނިޔާގެ ލޮލުން ފޭބި ކަރުނަތަކުން އަވްޝަންގެ ހިތަށް ތޫނު ކަށިތަކެއް ހަރާލެވުނެވެ. މައުމޫނާދެކެ އޭނަ އައީ އަމަށަކުރުޅިއެއް ނޫނެވެ.
”ބޭބީ ރުއިން ހުއްޓާލަބަ. އޭނަ ދައްކާ ވާހަކަތައް ސީރިޔަސްކޮށް ނުނަގާތި، މާތްﷲގެ އިރާދަފުޅާއެކު ދެމީހުންގެ ހުވަފެން ސީދާވާނެ….” ލޯބިން ފުރިފައިވާ އަޑަކުން އަވްޝަން ބުންޏެވެ. ޒަހަމްވެފައިވާ ރާނިޔާއަށް އިތުރަށް ރޮވުނީއެވެ. އަވްޝަންގެ ތަނަވަސް މޭގައި މޫނު ޖައްސާލެވުނެވެ. އޭނަގެ ދުނިޔޭގައި ހުޅު ރޯވެއްޖެއެވެ.
”ދައްތަ ބުނީ ތެދެއް… ފޫނެތްފަޔަށް ފެންފުރުމަށްވުރެ ރަގަޅުވާނެ ޝާން ދެވަނަ ކައިވެންޏެއް ކުރިއްޔާ….” ރާނިޔާ ރުއިން ކޮންޓްރޯލް ކުރިއެވެ.
”ޝްޝްޝްޝް، އަހަރެން ދުވަހަކު ރިނީ ދޫކޮށެއް ނުލާނަން، ތީ އަހަރެންގެ ފުރާނަ، ދެން ކިހިނެއް ދޫކޮށްލެވޭނީ؟، ކުއްޖަކު ނުލިބުނަސް ވަރިހަމަ،…. މިހާރު ކުދިން އެޑޮޕްޓް ކުރެވެއެއްނު….” ރާނިޔާގެ ކޯތާފަތް ފޮހެލަމުން އަވްޝަން އެމޫނަށް ބޮސްދިނެވެ. ”ސްމައިލް…” އަވްޝަން ރާނިޔާގެ މޫނުގައި ހިފަހައްޓާލިއެވެ. ކަރުނައިގެ ތެރޭން ރާނިޔާ ހީލިއެވެ. ތެމިފައިވާ ރާނިޔާގެ އެސްފިޔަތަކުގައި ތުންފަތް ޖައްސާލަމުން އަވްޝަން ފުންނޭވާއެއް ލިއެވެ. ރާނިޔާ ހިތާމަކުރަން ފުރުސަތެއް ނުދެވޭނެއެވެ.
ރާނީޔާ ހަމައަކަށް އެޅެން އިރުކޮޅެއް ނެގިއެވެ. އަވްޝަންގެ ލޯބިން އޭނައަށް ހަމަޖެހުން ލިބުނެވެ. އެފަދަ ބައިވެރިޔަކު ލިބޭނީ ނަސީބު ވެރިންނަށެވެ.
****
”މަންމާ!” އެނދުގައި އޮށޯވެލައިގެން އޮތް މައިމޫނާ ރޫޔާގެ އަޑަށް ތެދުވެލިއެވެ. ބުނެވުނު ބަސްތަކާމެދު އޭނަ ދެރައެއް ނުވެއެވެ. އޭނަ ދެރަވަނީ ފައިސާ ބޭކާރުވެގެން ދާތީއެވެ. ބޭބެގެ ހިތްހެޔޮކަމުގެ ސަބަބުން ބޭބެގެ ގޭގައި އުޅޭއިރު ފައިސާކޮޅެއް ލިބެނީ މަދު ފަހަރަކުއެވެ. ފިރިމީހާ އޭނަ ވަރިކޮށްލާފައި އުޅޭނީ އަރާމުގައެވެ. އުފަލާއި، އަރާމުން މަހްރޫމްވެފައިވަނީ އޭނައެވެ. އޭނަގެ ދަރިފުޅާކީ ބުނާއެއްޗެއް އަޑުއަހާ ކުއްޖެއް ނޫނެވެ. އީނާއާ ދުރުން އުޅެން ބުނީމައިވެސް އެކަމެއް ނުކުރިއެވެ. އީނާއާއި ރޫޔާގެ އެކުވެރިކަން ކަނޑުވާލަން އެބަޖެހެއެވެ. އީނާ ހުރިހާ ގޮތަކުން ރޫޔާއަށް ވުރެ ކުރީގައި އުޅޭތީ އޭނަ ވަކިން ބޮޑަށް ރުޅި އާދެއެވެ.
”ކިހިނެއްވީ؟…” މައިމޫނާ އެހި އެވެ.
”މަންމަގެ ސްޓައިލް ދޫކޮށްލަން ވެއްޖެއެއްނު، މަންމަގެ ސަބަބުން ރިނީ ދައްތައަށް ލިބުނު ވޭން އަންދާޒާ ކުރަން ދަތިވާނެ، އަންހެނަކަށްވެހުރެ އެފަދަ ބަސްތައް ބުނިއިރު މަންމައަށް އިހުސާސް ނުކުރެވޭތަ ދައްތައަށް ލިބޭނެ ވޭނާއި ހިތްދަތިކަން؟…” ރޫޔާ އެތެރެއަށް ނޭފަތް ދަމާލިއެވެ. މަންމަގެ ނުބައި ސިފަތައް އޭނައަށް ވަނީ ކިތަންމެ ފަހަރަކު ފެނިފައެވެ. ވިސްނައިދިނަސް ވާކަމެއް ނޯވެއެވެ.
”މަށަށް ކީއް؟، އޭނައަށް ދަރިން ނުލިބެންޏާ ޝާންގެ ދިރިއުޅުމުން ދުރަށް ދިޔައީމަ ނިމުނީއެއްނު، ލައްކައިން ފައިސާ ބޭކާރު ވެއްޖެ. އެފައިސާކޮޅު މަށަށް ލިބުނުނަމަ ނުޖެހޭނެ މިގޭގައި އުޅޭކަށް…” މަންމަގެ ވާހަކަތުން ރޫޔާ ދެރަވިއެވެ. މަންމައަކީ ހާދަ އަމިއްލައެދުން ބޮޑު މީހެކެވެ. ވިސްނައިދީ ރޫޔާ ބަލިވިއެވެ.
ވިއްސާރައަށް ބަދަލެއް ނައެވެ. ބާރު ވައިރޯޅި ތަކާއެކު ކަނޑުގައި އުފެދިފައިވާ ބާނީތާ ދުރުން ފެނެއެވެ. ތޮށިގަނޑުމައްޗަށް ރާޅުތައް ބިންދާލާއިރު ނާމާން އަޑެއް ފެތުރިލައެވެ. އަލިގަދަ ވިދުވަރާއެކު އުދަރެސް ފަވާލަނީ ހުދު ރޮނގުތަކުންނެވެ. އެއާއި ވިދިގެން އިވިލާ ހޮނު ގުގުރީގެ އަޑުފަށްގަނޑު ކެނޑިގެން ނުދެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު ފަތުރު ނުކުރެވެއެވެ. ބެލްކަނީގައި ހުރެފައި އީނާ ދިޔައީ މަންމަ ބުނެގެން ޓެރެސްއަށެވެ.
ހިމަފޮދު ވާރޭ ތިކިތައް އީނާގެ އޮމާން ހަންގަނޑުގައި އޭރު ވިދައެވެ. އަލިމޫނުގައި ބޮސްދީފައި ފެންތިކިތައް ތިރިއަށް ދެމެން ފަށާއިރު ވަރަށް ލޯތްބެވެ. މަޑު ރަތް ކުލައިގެ ތުންފަތް ފިނީގެ ސަބަބުން އިތުރަށް ރަތްކޮށްލާފައި ވެއެވެ.
ޓެރެސްގައިވާ ހެދުންތައް ނަގަން ހުއްޓާ އަލްޔަސްގެ ބަރުއަޑު ކަންފަތުގައި ގުގުމާލުމުން އޭނަ އަތުން ހެނދުންތައް ދޫވިއެވެ. ގަނޑުވެފައި ހުއްޓާ ވާރޭ ބޯކޮށްލުމުން އީނާގެ ހަށިގަނޑު ތުރުތުރުއަޅައިގަތެވެ. ރުޅިވެރި ނަޒަރަކުން އަލްޔަސްއަށް ބަލާލަމުން ތެމިފައިވާ ހެދުތައް ނަގަން އީނާ އަވަސްވެގަތެވެ. އެހެނަސް ވާރޭގެ ސަބަބުން ހެދުންތައް ތެމި ފޯވިއެވެ.
”އަލްޔަސް! ކިހިނެއްވެގެންތަ ތިއުޅޭނީ! ބިކޯޒް އޮފް ޔޫ އޯލް ދިސް ހެޕެންޑް….!” ރުޅިވެރިކަމާއެކު އީނާ ހަޅޭއްލަވައިގަތެވެ. އޭނަ ހުރީ އަޒުމު ވަރުގަދަކޮށްގެންނެވެ. އަލްޔަސްއާއި ދުރަށް ދާށެވެ. ލޯބި ހިތުގައި ވަންހަނާ ކުރެވިދާނެއެވެ. ވާރޭ ތިކިތަކުން މަންޒަރު ފުދޭވަރަކަށް ނުސާފުވެފައި ވިޔަސް ވާރޭ ތެރޭން އަލްޔަސް ފެންނަނީ ނިކަން ފުރިހަމައަށެވެ. އީނާ ފަހަތަށް ޖެހިލި ވަގުތު އޭނަ ޕޮޓެއްގައި ޖެހިފައި ނުވެއްޓުނީ ކިރިޔާއެވެ.
”ދުރުގަ ހުރޭ!…” އަލްޔަސް ކުރިއަށް ޖެހިލުމުން އީނާ އަތް ހުރަސްކޮށްލަމުން އެކަން މަނާކުރިއެވެ. އަލްޔަސް ޖިންސްގެ ޖީބަށް އަތްކޮށްޕާލިއެވެ. އީނާ މޫނު ކުނިކޮށްލަމުން ބާރަކަށް ދުވެލާފައި ގޮސް އެތެރެއަށް ވަދެއްޖެއެވެ. ލޮލުގެ ކޮޅަށްގޮސް ގެއްލެންދެން އަލްޔަސް ބަލަހައްޓައިގެން ހުއްޓެވެ. ފުންނޭވާއެއްލަމުން އަލްޔަސް ލޯމަރާލިއެވެ. އޭނަ އެހާ ފަސޭހައިން ބަލި ގަބޫލު ނުކުރާނެއެވެ. އީނާ އޭނަގެ މީހަކަށް ހަދާފައި ނޫނީ ދުލެއް ނުކުރާނެއެވެ. ރުޅީގެ ފަހަތުގައި ތަފާތު ޝުއޫރުތަކެއް ފޮރުވަން އީނާ މަސައްކަތް ކުރެއެވެ.
(ނުނިމޭ)
31 Comments!
Comments are closed.
Hope that readers will like this new story, after a long break back to writing, I will upload this story on evey Monday, Thursday and Saturday.Inshaallah…. vaahakaiga rangalhu kura jehei kameh vaana angaaladihun edhen <3 ,
mi story kiyaaves nulaa mi comment kolly.. zamaan gandakah fahu muthaage story eh kiyaalan libuneema v happy vejje.. hope reethi vaane kamah 🙂
this is perfect gud luk t.c
thankolheh spelling mistakes thah gina.any way v salhi…… keep it up
First time reading a story of yours. I can say starting is completely amazing. Hope to get see nxt part soon.
Best of luck Muthaa
muthaaa ur back…..so happy to see u…. vaahaka hama habeys…..mi vaahaka araamaguga up kuraachey… n hiythakun hama nufilaaney up koadhey chey……..s0000000000000 happy to seeeee u……..<3 😀
frst time muthaa ge vaahakaei mi kiyaalaniii…..v salhi…frst prt…v intrsting vaahakaei…mai life aa v gulhn ebahuri…waitng fr da nxt ort …….
mutha…u r back..sooo happy…muthage ehn vaahaka thakekey ehgothah mivaahakaves hama varah reethi.. hope you will upload this story continuously
Vara habeys
yageen mivaahakai ge hurihaa baithah ves vara reethi vaane. vara h ufaavehje muthaage vaahaka eh kiyaalan libeythee. abadhuves inthizaaru kureve muthaage vaahakayakah
hey muthaa… im also rooya 😀 frnd call me roo… btw nice story…
….. v nice mi story
Wow! vrh salhi….
ވާހަކައަށް ކޮމެންޓްކޮށްލި ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ 🙂 ހަޒޫ: ހިތަކުން ހަމަ ނުފިލާނެ ވާހަކަ ނުކުންނާނެ ފޮތެއްގެ ގޮތުގަ(އިންޝާﷲ) ﷲގެ އިރާދަފުޅާއެކު މިވާހަކަ ނިމެންދެން ގެނެސްނޭނަން….
ކަމަނާ: ދެން ފަހަރަކުން އަޕްކުރުމުގެ ކުރިން ޕްރޫފްރީޑްކޮށްލާނަން، އަވަސް އަރުވާލައިގެން އަޕްކުރަން އުޅުނީމަ ކުށްތައް ނުފެނުނީ…. ޝުކުރިއްޔާ…. ޗޯ ހެޕީ ޓު ސީ ޔޫ އޯލް 3>
mithaaaaaaaaaa
thnkxx muthaa egothah vx muthage vaahakaeh ki iyjeyaa owk..gudluck
varah salhi ingey ekamaku aisha menma beykaaru vaahaka dakaafa ewwwwwwwwwwwww
Wow vara salhi
not bad ..
varah loabi feshun..
kobaatha? lasvani kihve? anywys nyc <3
ޝުކުރިއްޔާ ހަޒޫ، އީނާޝް، އައިޒް، ނިނީ، އީނާ އަދި މަޒީ، 3> ވަރަށް ބޮޑަށް ޝުކުރިއްޔާ
Owww salhi
THIS STORY HAMA HABEYS V V V V NICE …. SPECIALLY MAIGANDU V SALHI UHMEEDH KURAN NIMUNVS V HOT VAANE KAMAH……..BEST OF LUCK MUTHAA……. KYP IT UP
v v salhi feshumeh…
GuDu vx alah Muthaage vaahaka eh mi kiyaalee. . I can say u r a Top level writer. . V.furihama sifa kurun thaka Directions vx. . 😀 will read this story. .
*name
gud…gud..loabi..feshumeh
Hama supperb ey buneveyny…………. v v v v reethi
Fahkaa ingey
Interesting….alhugadu alah thibeyfulhaa ge vaahaka ey mi kiyaaly….heekuran kurian oh bayakee ves v shaugu veri kamaa eku kiyaalevigen dhaane baey kamah…. 🙂